ފުލުހުން އަންގައިގެން ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންގެ ވޯޓްލުމުގެ ހައްގު ފޭރިގެންފައިވާ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމުހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ފުލުހުން ތަހުގީގުކުރަމުންދާ ސީރިއަސް މައްސަލަތަކަކާ ގުޅިގެން ކަމަށް ފުލުހުން އަންގައިގެން ރާއްޖެއިން ބޭރުގައި ތިއްބެއްވި ޖުމުހޫރީ ޕާޓީގެ ފަސް މެންބަރެއް ވޯޓުލުމުގެ ހައްގު އިލެކްޝަން ކޮމިޝަނުން ނިގުޅައިގެންފައިވާ ކަމަށެވެ.

" އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް , ޕާޓީގެ ރައީސް އަލީ ވަހީދު , އަމީން އިބްރާހިމް , ސޮބާހު ރަޝީދު ގެ އިތުރުން ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ވޯޓް ލުމަށް ކޮއްފައިވާ ރީ- ރެޖިސްޓްރޭޝަން ވަކި ފަރާތަކުން ބުނެގެން އިލެކްޝަން ކޮމިޝަނުން ބަދަލު ކުރުމަކީ ސުވާލު އުފެދޭ ކަމަށް. މިއީ އިލެކްޝަން ކޮމިޝަންގެ މައްޗަށް ފުލުހުންގެ ބާރާއި ނުފޫޒު އޮތްކަން ދައްކައިދޭ ކަމެއް" ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ ކަންތައްތައް މިގޮތަށް ވަމުންދާނަމަ ރިޔާސީ އިންތިހާބުގެ ވޯލުމަށް ރައްޔިތުންނަށް ލިބިފައިވާ ހައްގުގެ ބޭނުން ފުލުހުން ނާޖާއިޒު ގޮތެެއްގައި ބޭނުން ކޮއްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

" މި ފަދަ ކަންތައްތަކުން ދުރުހެލިވުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގައި ތިއްބެވި ގާނޫނު ދަންނަ އަދި ގާނޫނަށް ބޯލަނބާ ބޭފުޅުން މިކަންތަށް ހުއްޓުވަން އެބަޖެހޭ " ސަމީރު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަން ހިންގަމުން ދަނީ ފުލުހުންގެ އިދާރާގެ އެތެރޭގައި ކަމަށް ތުހުމަތު ކުރައްވައި ސަމީރު ވިދާޅުވީ މި ފަހަރު ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް ޔާމީން އަންގައިގެންވިޔަސް އަދި ދިވެހި ފުލުހުން އަންގައިގެން ވިޔަސް ހިންގާ ހުރިހާ އަމަލެއް ހުއްޓުވައި ދިނުމަށް ސަލާމަތީ ބާރުތަކުގައި ތިބޭ ސިފައިންނަށް ގޮވާލާ ކަމަށެވެ.

" އަޅުގަނޑުމެން މި ދައްކަވަނީ ކުޑަ ކުޑަ ކަންތަތަކެއްގެ ވާހަކަ އެއް ނޫން. ވޯޓް ލުމުގެ ހައްގަކީ ރައްޔިތުންގެ ދިރިއުޅުމާއި ވެސް ގުޅިފައިވާ ކަމެއް. އިލެކްޝަންސް ކޮމިޝަން އަށް ބާރު ލިބިގެން ނުވޭ މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގާ އެގުމަކަށް ތަބާވާން " ސަމީރު ވިދާޅުވިއެވެ.

ސަމީރު ވަނީ ރާއްޖޭއިން ބޭރުގައި އަރުވާލެވިގެން ތިއްބެއްވި ފަރާތްތަކަށް އެބޭފުޅުން ބޭނުންވާ ތަނަކަށް ވޯޓުލުމުގެ ހައްގު ދެއްވުމަށް ތަކުރާރުކޮށް އިލެކްޝަން ކޮމިޝަން އަށް ގޮވާލާފައެވެ. ސަމީރު ވިދާޅުވީ އިލެކްޝަން ކޮމިޝަން އިން މިގޮތަށް އަމަލު ނުކުރާ ނަމަ ވޯޓަށް ނުފޫޒު ފޯރުވަން އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

" މީހަކު ކުށެއް ކުރިނަމަވެސް އެމީހަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ވީ ނަމަވެސް އެ މީހަކަށް ވޯޓް ލުމުގެ ހައްގު ގާނޫން އަސާސީގެ ދަށުން ލިބިގެން ވޭ " ސަމީރު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދީ ރާއްޖެއިން ބޭރުގައި ފިލައިގެން ތިބި ކަމަށް ބުނާ ބައެއް މީހުން ރީރަޖިސްޓްރީ ކުރި ތަނުން އެމީހުންގެ ނަން އުނިކޮށް، އެމީހުންގެ އަސްލު ރަޖިސްޓްރީ އޮތް ތަނުގައި ނަން ހިމަނާފައެވެ.

އެ ކޮމިޝަންގެ މި ނިންމުމުގެ ސަބަބުން މިވަގުތު ރާއްޖެއިން ބޭރުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެހެން ބައެއް ސިޔާސީ ބޭފުޅުންނަށް ވަނީ ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ގެއްލިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކުމާރު

    މިހާރު ޖަލުގަ ތިބި މީހުންވެސް މެލޭސިއާއައް ރަޖިސްޓްރީ ކޮއްފަ ވޯޓުލާން ދެވޭނެއޭދޯ ސަމީރު ތިޔަބުނަނީ. އަނެއްކާ އަންނިއާ ގާސިމުއާ ލަންޑަންގަ ހުކުމް ތަންފީޒުކުރަނީތަ. މޮޔަނުގޮވާ ސަމީރު

  2. ޔާމިން

    ސަމީރުފެލޭނެކަމެއްނެއް2018ރައީސްޔާމިންއިންޝާﷲ

  3. ހުސޭނުބޭ

    އެހެއްވިއްޔާ ދަގަނޑު ފޭރަޔަކާ ކުރެދި ފޭރަޔަކާ ދެފޭރަ ހިފައިގެން ކަލޭ ހަމަ ގަދަޔަށް ކާށިހެހެން އޮވޭ!

  4. އަސްލަމް

    ވަރައްުފާވެރިހަބަރެއްސާބަހޭރައީސްޔާމިން

  5. ކަމަނަ މުހައްމަދު

    ގާސިމްގެ ހަލާކަކީ ސަމީރު.

  6. ސަރީފާ

    " މި ނިންމުމުގެ ސަބަބުން މިވަގުތު ރާއްޖެއިން ބޭރުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެހެން ބައެއް ސިޔާސީ ބޭފުޅުންނަށް ވަނީ ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ވޯޓު ލުމުގެ ހައްގު ގެއްލިފަ އެވެ." ރާއްޖެއިން ބޭރުގަ ތިބީ ފިލައިގެން ގޮސް ދޮތަ

  7. ނަފީސް

    ތެޅިތެޅިތިއްބާ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން އިންތިޚާބުކޮށްފަ ދައްކާލާނަށް! ޑިޕްލޮމާފެންވަރުވެސްނެތް ނުކިޔަވާތިބި މީހުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ގެނައުމަށްވުރެ ރަގަޅުވާނެ ބުޅަލެއްވެސް އެ މަޤާމަށް! އެވެސް ކާންދިނީމާ ކައިގެން ގޮވަގޮވާ އޮންނާނީ!

  8. މޫސާމަނިކު

    މި ސަމީރު ބީތާކަމުން ނޭނގެނީބާ ނުވަތަ ނޭނގޭކަމަށް ހަދަނީބާ އެ ފަސް މީހިންންކީ ރާއްޖޭގެ ޤާނޫނީ ހަފޮޅުން ބޭރުވެފަ ތިބި ބައެއްކަން. ސަމީރުގެ އައިނު މާ ގިނަދުވަސްވެ ނަންބަރު ނުބަިވެގެނ ނުފެންނަނީތަ އެމީހުން ޝަރުޢީ ޙުކުމަށް ފިލާރައްކާވެގެން ތިބިތަން. އެމީހުން އެތިބީ ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ޙައްޤު ނިގުޅައިގަނެގެންކަން ނޭނގޭތަ؟

  9. ސަމަންދަރު

    ބުރާންޗާ ހާއިނުން ގައްދާރުން ފިލައިގެން އުޅޭ މީހުންނަކަށް ވޯޓުލެވިގެންނުވާނެ މިމީހުންގެ އައިޑީ ކާޑު ޕާސްޕޯޓް ވާނީ،ކެންސަލު ވެފަ.

  10. ގިޔާސް ދޮންބެ

    ބަލަ! ދިއްދޫ ސަމީރޫ ، ކަލޭ ހޭބަލިވަނީތަ؟ ތިފާޑަށް ތިޔަ ފެލެނީ.

  11. ނަސީ

    ސާމިރުގެ ހައްގުބާ.ބަލަ ގައިދީންނާއި ފިލާއިގެން އުޅޭބަޔަކަށް ނުދެވޭނެ