ބޭނުންވާ ތަކެތި:

1 ½ ޖޯޑު އަލުވި ކައްކާފައި

1 ސަމުސާ ކޮރިއަންޑާ

2 ސަމުސާ ފިޔާ (ކޮށާފައި)

¼ ޖޯޑު ކޯން ނިބްލެޓްސް އޮށް

1 ސަމުސާ ގްރީން ޕެޕާ (ކޮށާފައި)

2 ސަމުސާ މިންޓް ފަތް (ކޮށާފައި)

1 ސަމުސާ ރެޑް ޕެޕާ (ކޮށާފައި)

1 ސަމުސާ އިނގުރު (ކޮށާފައި)

1 ސަމުސާ ޔެލޯ ޕެޕަރު (ކޮށާފައި)

1 ފެހި މިރުސް (ކޮށާފައި)

ލޮނު (ރަހަލާ ވަރަށް)

1 ޖޯޑު ފުށް

5 ޗީޒް ކިއުބް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަލުއްވާއި، ފިޔައާއި، ކޯންއާއި، ޕެޕާތަކާއި، އިނގުރާއި، މިރުހާ ތަކެތި އަޅާލައި ރަނގަޅަށް އެއްކޮލުމަށް ފަހު، ވަށްކޮށްލާނީއެވެ. ޗީޒް ކިއުބް ނޫން ބޭނުންވާ ހުރިހާ އެއްޗެއް މި ގޮތަށް އެއްކޮށްލާނެއެވެ.

އޭގެ ފަހުން އޭގެ ތެރެއަށް ޗީޒް ކިއުބް ލާނީއެވެ. ދެން ޗީޒް ބޯލް ފުށުގައި ހާކާނީއެވެ. ފުށުގައި ޗީޒް ބޯލް ހޭކުމުގެ ކުރިން އެ ފުށުގައި ރަހަލާ ވަރަށް ލޮނު އަޅަން ވާނެއެވެ. އެއަށް ފުށްގަނޑު ތެތް ކޮށްލުމަށް ފެން ފޮދެއް އަޅާލަން ވާނެއެވެ.

ތެތް ފުށުގައި ޗީޒް ބޯލް ހޭކުމަށް ފަހު، އެ ވަށައިގެން ބްރެޑް ކްރަމްބްސް ހާކާނީއެވެ. އޭގެ ފަހުން ތެލަށް ލައިގެން ތެލުލުމުން ޗީޒް ބޯލް ތައްޔާރުކުރެވޭނެއެވެ.