ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާފައި ހުރުމުން އުމުރުން ދުވަސްވީ މީހުން އެކަމާއި ވަރަށް ދެރަވެގެން އެވާހަކަ ދައްކާހަދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިގޮތަށް ވިދާޅުވީ، އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އަނާރާ ވިދާޅުވީ، "ރައީސް މައުމޫން އުމުރުން 80 އަހަރުގަ ޖަލަށްލާފައ ހުރުމުން، އުމުރުން ދުވަސްވީ މީހުން އެކަމާ ވަރަށް ދެރަވެގެން އެވާހަކަ ދައްކާހަދާ" ކަމަށެވެ.

ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަލީ ބޭ

    މުސްކުޅިވީމަވެސް މައިތިރި ނުވަންޔާ ޖަލަށްވެސް ލާނެ... މައުމޫން ނޫނަށް މުސްކުޅިން އެބައުޅޭ ރާއްޖޭގަ... ކުށެއްކޮށްފިއްޔާ ބަންދު ކުރާނެ.... މަޑު މަޑުން ހުއްޓާ ގެންދިޔައީ އެއް ނޫން،...

  2. ޙޮއްކޮ

    އަދިއެއް އަޑެއް ނާހަން

  3. ޮފޖފ

    އޯ އެމް ޖީ. މުސްކުޅިން އުފަލުން ފޮޅިފަތިބީ. 30 އަހަރު އެމީހުނަށް އެކައްޗެއްނުދީ އެންމެ ކުޑަމިނުން ހިލޭ ބޭސްކޮށްލެވޭނެ ފަދައެއްނެތިފަ ތިއްބަ މިދައުލަތުން އެކަންކަން މިހާރު ފުރިހަމަވެފައިވާތީ.

  4. ލަލަލާ

    ނުބައިކަން ދައްކާތި އަދިވެސް

  5. ޮފޖފ

    މިގޮއްޔެ މިހާރު މިއީ ފުރިހަމަ އެމްޑީޕީ މީހެއް. ބިރަކާ ނުލާ ދޮގުހަދަން ކެރުމަކީ، އެމްޑީޕީގެ ކޮންމެ މީހެއްގެވެސް ފުރަތަމަ ޝަރުތު

  6. ގަޅިބެ

    ވަގުތު މީހުންމަގޭދެކެރުޅި އައިސްފަތަ ތިހުރީ؟

  7. ގަޅިބެ

    އަނާރަހާދަލޯބިއޭ..ދޯ ..މުސްކުޅިންނޭ އަޑުއަހާށޭ ތިމައުމޫނަކާ ހުރެމިއުޅެނީ ހަމަ ނޭވާނުލެވިގެން

  8. ނައިފަރު ޗަކޮއި

    ޗަކޮއި އަޑުއެހީމުތަ ނައިފަރު ދޮހޮއްކޮ ހައްޤުން ކަމަކާނުލައި ދަމާކޫއްތާފައި ގެންދިޔަ ވާހަކަ. އެމީހާގެ ކޮން ކުށެއް އޮވެގެން އެހެން ހެދީ. އެދުވަހު ރާއްޖޭގެ މުސްކުޅިންގެ އިތުރުން ޒުވާނުންވެސް ރޮއިހެދި. މައުމޫނަށް ދޮހޮއްކޮބޭ ފެނުނީ ރީތި އަންހެއްކުއްޖެއްގެ ސިފާގައިތަ؟

  9. ައދ.

    30 އަހަރު ވެރިކަން ކޮއްފާވާ މީހަކު އެފަދަ މުޑުދާރު ކަން ކަން ކުރާތީ ދުވަސް ވީމީ ހުން ދެރަވެގެން އެވާހަކަ ދައްކާ

  10. ޙާލު ތިމަރަ ބުރިއެއް

    ތިމަރަފުށި 40މީޙުން ޖަލަށްލީ ކޮންކުށެއް އޮވެގެން ބާ؟ މައުމޫން ޖަލަށް ދާން ހައްގުވާނީ

  11. ސީނު

    މަޖިލިސްއަށް ހޮވުނުފަހުން ބުރުގާއަށް ވަރަށް ބަދަލު އައިސްފި

  12. ގަންޖާ

    އަނާރާ އަޅެ ކަނބަލުންނަށް ކުރާ އިޙްތިރާމްވެސް ގެއްލުވާލަން ކަލޭ ތި އުޅެނީ... އަޅެ ކަލޭ ކީއް ކުރަންތަ ތިޔޮށް ޢިލްމީ ޤާބިލް ތަންދޮރުފިލާ މީހާ، ވެލާނާގެއިން ވައްކަން ކުރި ވަގު ޓެރަރިސްޓް ލާދީނީ ކެނެރީ ގަންޖާ ފަހަތުގަ އަޅައިގަނެގެން ތި އުޅެނީ ހެޔޮނުވާނެ އެއްފަރާތްވޭ...

  13. ހައްވަ

    ހެކި އެބަހުއްޓޭ މީހުން ފްރޭމްކުރުމުގެ ރެކޯޑު އޮތް ބަޔަކު ޓީވީއަށް އަރާ ބުނުމުން އެއޮތީ ކުށްވެރިވެފައެއް ނޫން. މިޖަލުރައީސް ނުރުހޭ ކޮންމެ މީހެއްގެ މުޅި ޢާއިލާ ދުއްވާލަން ފުލުހުން ޣައިރު ގާނޫނީ މަސއްކަތް ފަށާފައިވާ ކަން އެއީ ބޮޑު މަންޒަރު. މައުމޫން ޢާއިލާއިން 3 މީހުން، ޢަލީ ޙަމީދު ޢާއިލާއިން 4 މީހުން ގާސިމުގެ ޢާއިލާއިން ދުވަހަކު ސިޔާސީ ސީނު ނުކިޔާ ޒުވާން ދަރިވެސް ޖަލަށް ލާފައި ހަފްތާއެއް ވީއިރު އަދި ސުވާލެއްވެސް ނުކުރޭ! މީން މީހަކު ބަލިވެގެން އަވަސް ފަރުވާ ލިބޭ ކަމެއވެސް ނޭގޭ. ކޯދުލާފައި ގޮދަޑި ދަށުން ޑޮލަރު އަރާ ވާހަކަ އާއި ވާރޭ ވެހޭ ހެން މަތިން ހެކި ފައިބާ ވާހަކަ ދެއްކީމާ ގަބޫލު ކުރާނީ ހައެއްކަ މޮޔައިން!!!

  14. އާބިދާ

    މަންޖޭ ކޮންތާކުތިބި މުސްކުޅިންނެއްތައް ދެރަވެގެން އުޅެނީ، ތިގޭގެ....ތަ؟

  15. ރޮންދާ ރިޔާޒް

    އަހަރުމެން މާދެރަވޭ ކަލޭ ތިއުޅޭ ވައްތަރުން،

  16. ލުއްޗާމާރީ

    ތިރިސް އަހަރު ދުވަހު ކިތައް މީހުން ހައްގަކާއިނުލާ ޖަލަށް ލައި އަނިޔާކޮށް ނިޒަމުން ބޭރުކޮށްލި މިދުނިޔޭގެ ބަރަކީ ކުޑަ ހިނދުކޮޅެއް މިހާރު ވިސްނޭނެ އަދި ޖަލުގައި އިހައް ބައްވާ. މުސްކުަޅިވި ކަމެއް ނޭނގުނެން އަދި ވެސް އެއުޅެނީ ޅަދުވަސް އައިގެން އުޅެ، ވެރިކަމަށް ދަރިގެންނަން.

  17. އަލީ

    ފޯނުކޮއްފަތަ ބުނީ... އަހަރެމެންނަކަށް އަޑެއްނީވޭ.