ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ފެބްރުއަރީ 16 އަކީ ބޮޑު ދުވަހަކަށް ހެދޭތޯ އެބަބަލަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ "ދަ ވަޔާ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން އިހްތިޖާޖް ކުރައްވަން ގަސްދު ކުރައްވަންތޯ ރައީސް ނަޝީދާއި ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ 16 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ރާވަމުން އަންނަ ކަމަށާއި އެދުވަހަކީ ބޮޑު ދުވަހަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެބްރުއަރީ 16 ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ އަށް އަތޮޅުތެރެއިން މީހުން ގެނައުމަށް ޚަރަދު ކުރަން ގާސިމް އިބްރާހިމް ވަނީ އެއްބަސްވެފައެވެ.

ފެބްރުއަރީ 16 އަކީ ބޮޑު ދުވަހަކަށް ހެދޭތޯ މަސައްކަތް ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވީނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ރައްޔިތުން މާލެ އަންނަން އެމްޑީޕީ އިން ދެފަހަރެއްގެ މަތިން ފާސްކޮށްފައިވާ ޤަރާރަށް ވެސް ރައްޔިތުންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

އަދާލަތު ޕާޓީ އާއި ޖޭޕީ އިން ވެސް ވަނީ އެޕާޓީތަކުގެ މެންބަރުން މާލެ އަންނަން ޤަރާރު ފާސްކޮށްފައެވެ. ނަމަވެސް އެއިން ޕާޓީއެއްގެ މެންބަރުން ވެސް މާލެ އައިކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ފެބްރުއަރީ 16 ގައި މުޒާހަރާ ކުރަން އިދިކޮޅު ފަރާތްތަކުން ރާވަމުން ދިޔަ ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

74 ކޮމެންޓް

  1. ކަލޯ ތަންތާ ފިލާ ލިބޭ ރަނޑާލި ރަނޑުން ނަކަށް އެއްކަމެއްވެސް ނުވާނެ އިން ޝާ ﷲ . ތީ މި ދުނިޔެ މީގެ ކުރިން ދެކެފަ ނުވާވަރުގެ ބޮޑު ފިނޑިއެއް.

  2. މި ބުނަނި ފާޅުގަ ކަސްތޮޅު އެޅޭކައް މާލެއަކަށް ނުދާނަން. މިއަދުން ފެށިގެން ރައީސް ނަޝީދު އާ އަހަރެންނާ އަހަރެންގެ އާއިލާ ދެކޮޅު.

  3. އަހުމަދު ނަސީން

    ތިކަމެއް ނުވާނެ . ޢަހަރެންގެ ބައްޕަ އަށްވެސް ދޮކޮޅު ޓިކެޓާ ހުރުން ހަމަ ޖައްސަދޭން ޖޭޕީން ބުނި. ޢެކަމު މަ އޮންނާނި އައުން ކެންސަލް ކުރުވާފަ.

  4. މޮޔަފުޅު ވީ ތޯ.... ކަލޭގެ ދެފުއްވަނީ ފެނިފަ..

  5. ވެރިކަން ވެރިކަން ނުކިއާ ސުބްހާނަﷲ ކިއާބެލަ

  6. ފުޅި އެއް ކަނޑާލަނީ ތަ. ހަހަހަ

  7. ޔާﷲ މި ގައުމު މި ޔަހޫދީ ނަސީދު އާއި އޭނާ ގެ އައުވާނުންގެ ކިބައިން ސަލާމަތް ކޮއްދެއްވާންދޭވެ.

  8. ރޮންދާ ރިޔާޒް

    ނުވާނެ ކަލެއަކަށް ތިކަމެއް، އަހަރުމެން މިތިބީ ދީނާއި ޤައުމަށްޓަކައި ޖިހާދުވާންވެސް ތައްޔާރަށް، ކަލޭތިއީ މާޒީ މިޤައުމަކުނެތް ކަލެއަށް ތާޢީދުކުރާ މާކަގިނަ ބަޔަކު މޮޔަނުގޮވާ ހުރޭ ގައިދީ....

  9. ފެބްރުއަރީ 16ކީ ޗައިނީސް ނިއު ޔެއަރ! ޢެއީ ބޮޑުދުވަހެއް؟

  10. ބަކަރި ނަޝީދު އަގަ މައިތިރި ކޮއްބަލަ

  11. ޔާﷲ މި ގައުމު މި ޔަހޫދީ ނަސީދު އާއި އޭނާ

    ގެ އައުވާނުންގެ ކިބައިން ސަލާމަތް

    ކޮއްދެއްވާންދޭވެ.

    • ﷲގެ ނަންފުޅު ބޭނުން ކޮއްގެން ހިތުހުރި އެއްޗެއް ތިކިޔަނީ ﷲ ރަހުމަތް ލައްވާނެތަ.ބިރުވެތިވެބަލަ އިންސާނާ

  12. ރާމިލް ޔޫނުސް / ހުޅުމާލެ

    މީސްކޮޅު ހިފަހައްޓާތި ގަޅަހައްދައިގެންވެސް! ބަޔަކު އެބަތިބި ހެދިފަ!

  13. ސާބަހޭ ނަސީދު

  14. ސައިތާނާ ބައެއްފަހަރު ފެނިގެން އައިސްވެސް ވަސްވާސް ދެއެވެ.ނުފެނިވެސް ވަސްވާސް ދެއެވެ.

  15. ބޮޑު ދުވަހެއް ފެބުރުއަރީ 1 ވެސް 7 ވެސް، ހަރާމުންހަރާން ވީކަމެއް. ބޮޑުކަމަކަށް ދިވެހިންނަށް ރައްޔިތުންނަށް ގައިމަށް ވަނީ ގެއްލުމާ ދެރަ.

  16. ކަލޯ ޔާމީނަކަށް ނުލިބޭ އެއްވެސް ދެރައެއް. އެކަމަކު ނިކަމެތިވަނީ ދިވެހިން. އަންނިމެންގެ ތިކަހަލަ އަމިއްލަ އެދުމުގެ ސަބަބުން.

  17. 24 ގަޑިއިރު ބޮއެގެން، ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭންގެ.

  18. ޢެއީ މީނާ ހިންދޫ ދިން ގަބޫލް ކުރާދުވަސް ....... އެބުނީ ނު

  19. 1 ފެބްރުއަރީ ގައިނުވި ކަމެއް ދެން ދުވަހަކުވެސް ނުވާނެ އިންޝާﷲ. އަންނި ފަރުހަލަން ދޭ.

  20. މިހާރަކު ދިވެހިރައްޔިތުންނެއް ގުނބޯ ހެދޭކަށް ނޫޅޭ އިނގޭ ބޮޑުބާޣީ....!!!

  21. މޮޔަނުގޮވާ ނަޝީދޫ..ވެރިކަމާ ބޫތުައިފަދޯ.މަވާ ސަލާން ކަލެޔަށް

  22. ބޯބުރާންޗާ! ރަބަރެއްހެން ދަމާ ދިގުކޮށްގެންތަ ދުވަސް ދިގުކޮށް ބޮޑުކުރަނީ. ދުވަހެއްގައި އޮންނަނީ 24 ގަޑިއިރު. ދެން އޮތް ގޮތަކީ 25 ގަޑިއިރަށް ބަދަލުކޮށްލުން. އަހަރެމެންގެ ފަލަކީ ޢިލްމުވެރިޔާ ކައިރީގައި ބުނުމުން 24 ވަނަ ގަޑީގައި ސިކުޑީގެ ހަދުކޭތައެއް ހިފައި 25 ގަޑިއަށް ބަދަލުކޮށްދިނުމަކީ ވަރަށް ފަސޭހަކަމެއް.

  23. ބޮޑުދުވަހެއް ގެނެވޭވަރުމީހަކު ތިފާޑަކަށް ތެޅިނާރުވާނެ އިރެއްގަކަންވިޔަސް މިހާރުނުވާނެ މިހާރު ތިހުރީ ބޯހަލާކުވެފ ދެންދާނީ ވެލްޒިނީގެމަގާމަށް ދެންގޮވާނީ މަގޭވެރިކަން މަގޭވެރިކަން ،،،،، ބޯހަލާކް

  24. އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ވެރިކަން ލިބޭތޯ ހަމަހޭރެނީ

  25. މިކަލޭގެ މިހިރީ ވެރިކަމަށް ބޫތު ހިފާފަ. އަދިވެސް މީހުންނަށް މީނައަކީ ކާކުކަން ނޭނގެނީ ބާ؟؟

  26. ގުޅިގެންވަކިވެފައިވާ ޕާޓީ

    ފެބްރުއަރީ 16 ވަނަ ދުވަހު ޝޭމްޕޫ ފުޅި ހިފައިގެން ފާޚާނާއަށް ވަދެ އޮވެބަލަ.

  27. ކަލޭ އާދެބަލަ ރާއްޖެ އަށް ބޮޑު ދުވަހަކަށް ހަދަން. ހީލަތާއި މަކަރުން ދުރުގަ ހުރެ އެހެން މީހުން ގޮޑިކޮއްކޮ ހައްދާފަ މަގުމައްޗަށް ނެރެފަ ކަލޭ ފިލާދޯ ތިއޮތީ.ނެތޭ މިތަނުގަ ކަލޭބުނެގެން ނުކުންނާނެ މީހުންނެއް

    • އެއީ ތެދެއް. ތިޔަ ހަޅޭކެއް ނުލަވާ ކަލޯއާދެބަލަ. މަދީފާނަން ދެކޮޅުޓިކެޓާ ހުރުންވެސް. ފިލާއޮވެ ނިކަމެތި ރައްޔިތުންގެ އާއިލާތައް ހަލާކުކުރަން ނޫޅޭ.

  28. އިގިރޭސިވިލާތައް އެންމެން މުޒާހަރާއަށް

  29. ދެން ބޭކާރު ކަންތައް ކުރަން ނޫޅޭ. މިހާރު ތިގޮލާ މަތިން ވަރަށް ބޮޑަށް ފޫހިވެއްޖެ. ތީ ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ވެރިއެއް ނޫންކަން މިހާރު އިންގިއްޖެ. ދުވަހަކުވެސް ރާއްޖެ އަށް ނައްޔާ ރަނގަޅީ.

  30. މިހާރު އެ މަސައްކަތްކުރަނީ ޤާސިމު ގޮއްވާލަން! ވިސްނާ

  31. ޕިންކީން ތައް އެއްވެ އުޅުމަކީ މައްސަލައެއް ނޫންތަ؟

  32. އަމިއްލައަށް ކުޑަގޮޅިއަށް ވަންނަން ބޭނުންކުދިން އާދޭ. އަހަރެމެންގެ މައްސަލައެއްނެތް.

  33. އަނެއްކާ ގާސިމް ހުލިކުރަން ދޯ ތިވިސްނަނީ، ގާސިމްވެސް ވެއްޖެނުން ވިސްނަން މިހިނގާ ކަންތަކާދޭތެރޭ

  34. އަންނި އެއީ ބޮޑު ފިނޑިއެއް ޔާމީނަކީ ގަޓު ހުރި ރައީސެއް

  35. ނަސީދޫ އައިސް ކޮންތާކު ހުންނަންވީ. ޢެ އެއް ސާފު ކޮއްދީ ބަލަ ޓްވީޓަކުން ނަމަވެސް

  36. މިކަލޭގެ ދުވަހެއްގައިވެސް މިމޮޔަގަނޑު ނުފިލާނެތަ؟ ގައިމު ހަނދުކޭތަ އެހިފައިދިޔައީ އިހަށްރޭ ވިއްޔަ. އެރޭ ކޭތަ ހުއްޓަ އަހިފަތް ގަނޑަކުން ބުރިން ހަންދާވަރަށް ބުރީގަ ތެރޅިނަމަ މިހާރު ހުރީހީ ތިޔަ މޮޔަކަން ފިލާފަ.

  37. މިގޮލާ މިފަހަރު އަތަށް ގޮއްވާލަން ހިނގާ ކުދިންނޭ. މިނޫން މީހަކު އެމް.ޑީ.ޕީން ވެރިކަމާ އެކަށީގެން ނުވަނީތަ؟ ކެމްޕޭނަށް ތައްޔާރުވުމުގެ ބަދަލުގަ މިއުޅެނީ ވަކަރުގޭ ކުދިން ހެދިފަ މަގުމައްޗަށް ނުކުމެ ހަޅޭއްލަވައިގެން ވެރިމީހާ ވެރިކަމުން ބާލަން. ބަލަ ތިއީ ވަރަށް ގަދީމީ ނާތަހުޒީބީ ގޮތެކޭ. ތިގޮތް މިހާރު މިގައުމުގެ ތައުލީމީ މީހުނަކަށް ކަމަކު ނުދެއޭ.

  38. އަޅެ، މިއިދިކޮޅު 3 ޕާޓީން ކުރެ ޕާޓީއެއްގަ ވެރިކަމަށް ކުރިމަތިލާ ފެންވަރުގެ އެކެއްވެސް ނެތީތަ، މިގަލު ކަލޭގެއާއި، ޖޭޕީގެ ޖަލު ކަލޭގެއާއި، އިމްރާން ޖަލު ކަލޭގެ ނޫން މީހަކު ނުވެގެން މިއުޅެނީ.

  39. މިހާރު ދެން އެނގިއްޖެ އިދިކޮޅުގަ ނެތްކަން ރިޔާސީ ކެންޑިޑޭޓަށް ވެވޭވަރުގެ ގާބިލް މީހެއް. އާއްމުކޮށް އިއުލާނު ކުރަންވީނު އިދިކޮޅުގެ ކެންޑިޑޭޓެއްގެ މަގާމަށް މީހަކު ބޭނުންވެއްޖެކަމަށް ބުނެ. ބޭނުން ޝަރުޠެއްގެ މީހަކު މި ތަހުޒީބު މުޖުތަމައުން ލިބޭނެ. މަގުމަތީ އުޅޭ ނާތަހުޒީބު އިދިކޮޅު ކުދިންކޮޅު ދޫކޮށްލާ

  40. ދެން ނަޝީދުމެން ދޫކޮށްލާފަ ރަނގަޅު މެނިފެސްޓޯއަކާއެކު ކެމްޕޭން ފަށާބަލަ. މާބޮޑަށްވެސް ފައިދާވާނެ. ތިއުޅޭގޮތަކުން ސަޕޯޓަރުން ގެއްލި އިތުރަށް ފަޟީހަތްވާނީ. ދެންވެސް ތި އުޅޭ ޖަންގަލީގޮތްގަނޑު ދޫކޮށްލާ ކުރި ކަންތަކުގަ ކުއްވެރިވި މީހުން އެކުށަށް ހައްޤު އަދަބަށް ދޫކޮށްލަބަލަ.

  41. ލާހިކެއްނޫން އަހަރެމެން ރަށުން އެކަކުވެސް ތިޖަހާ ގާނޫނާ ގަވާއިދާ ހިލާފު ސަކަރާތުގަ ބައިވެރިކުރާކަށް. ވެރިކަން ބޭނުމިއްޔާ މިއަހަރު އޮންނަ އިންތިހާބުގަ ވާދަކުރޭ. އަހަރެމެންގެ ވޯޓުގެ ހައްގު ފޭރިގަންނަން މިމީހުން ޖަހާ ލަނގިރިއެއް މިއީ. ޑިމޮކްރަސީގަ އޮންނަނީ ވެރިއަކު ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރުމަށް. މަގުމަތިން ވެނިގެން ޖަހާ ވައްޓާލާފަ ވެރިކަން ނަގާކަށްނޫން.

  42. ނަޝީދު ކަލޭ ރައްކާވެ...ކުރިން ސަޕޯޓަރެއް އެކަމް ވެރިކަމާ ހެދި ރައްޔިތުން ނުރައްކަލައް ވައްޓާލި ހިސާބުން ވިސްނުން ބަދަލުވެއްޖެ...މާޒީން އިބުރަތް ހާސިލް ކޮއްބަލަ.

  43. މިހާރު އެބަހީވޭ އަންނި ކަމަކާއުޅޭހެން ބަލާބެލުމުން ހީވާކަހަލަ މިއީ މީނަގެ ފަހުތަޅާލުމޭ މީހާއެއްކޮށް ރަތްވެއްޖެ ކަޑުން ބާނާ މަސްވެސް އޮޑިޔަށް ލުމުން ވަރަށްބާރަށް ތެޅިފޮޅެން ފަށާނެ މީހުން ބުނާނެ މަރަށް ތެޅިނިއްޔެ މިހާރު އެބަހީވޭ އަންނިވެސް މިއުޅެނީ ސިޔާސީ ގޮތުން މަރުވާށޭ

  44. ވެއްޓޭތޯ ބަލާލާ.... މިހާރުވެސް ވެއްޓިފަ އޮތީ

  45. 16 ފެބުރުއަރީ ބޮޑު ދުވަހަކަށް ހަދަން ބޭނުމިއްޔާ ފުރުތަމަ ސަފައް އަރަން ރާއްޖެ އާދޭ ރައްޔިތުން ގުނބޯހައްދައިގެނެއް ދެނެއް މާލެ މީހަކު ނާރާނެ ... މަވެސް ނާންނާނަން ކަލޭ އޮންލައިން ކޮއް ވެރިކަން ކުރަން އޮވޭ ކަލޭ ހިތަކު ނެއް މިގައުމައް އެއްވެސް ލޯއްބެއް ދިވެހިލެޔެއް 16 ވެސް ދާނެ 17 ވެސް އަންނާނެ .. އެމް ޑީ ޕީ ހޭސް ބީން އެކްސްޕަޔާރޑް އޯލްރެޑީ..

  46. ގަދަބަސްބުނަނީ ފިލާއޮވެގެން. މީކީ ތިޔަހީކުރާ އިނގިރޭސި ވިލާތެއްނޫނޭ މޮޔަޔާ. ފެބްރުއަރީ 1ވަނަ ދުވަހުގެރޭ އ.ބީޗްގަ ޝާހިދުއަރާ ތަކުބީރުކިޔާލިއިރު ހީކުރީ އެރޭ ތިމަންނަމެންއަތަށް ވެރިކަން ނެގުނީކަމަށްދޯ. އަޗި.. ހުސް ޚާއިނުންތީ ބާގީން ތިޔައީ.

  47. ﷲ އިރާދަފުޅާއި އެކު ތިކަންވެސް ވާނީ ހަމަ ނާކާމިޔާބު.

  48. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ ނަޝީދު ފެބްރުއަރީ 16 ގައި ހިންގަން އުޅޭ ޖަރީމާ ﷲ އިރާދަފުޅާއި އެކު ނާކާމިޔާބުވާންދޭވެ. އާމީން.

  49. ކަލޭ ތިހެންބުނީމަ، ލަންކާގަ އުޅޭ ހައެއްކަ ދިވެހި ކަނޑުކޮހުން އުޅޭނަ ވަރަށް އުފަލުން.... އެ ކޮހުންތައް އުޅޭނެ ތިވާކަ ސޯޝަލް މީޑިޔާގަ ފަތުރަން... އެންޑް އޮފް ޑޭ ނަތިންގް ވިލް ހެޕެން... ޖަމަލު ފަޮޑިއަކަށްވާނީ ތިވެސް.

  50. ކަލޯތިދައްކާވާހަކަތައް މިހާރުގަބޫލެއް ނުކުރަން ތީދެބޯ ގެރިއެއް

  51. ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި ރައްބް: މި ނުބައި ނުލަފާ ކެނެރީގޭ ނަޝީދުގެ ދުލާއި އަތުގެ ނުބައި ކަމުން އަޅަމެން ރައްކާތެރި ކުރައްވާނދޭ.أمين

  52. ތިޔަ ނުވާނެ ރަނގަޅު ދުވަހަށްނަސިދުގެ ވަރަށް ބޮޑު ދުވަހެއް 17 އަކީ 16 ކިޔަނީ ދުވަސް ވެގެންދާނީ 17 އަށް. ވަރަށް ގިނަ 17 ގަ ވަރަށް ގިނަކަންކަން ކުރަންރާވާފަ ތޮޅިއަށް ގޮސްފައިވޭ

  53. ރަނޑާލިން ތިބޭނީ ސިފައިންނާ ޕޮލިހުން ގެ ޕަވަރުގަ ވެރިކަމުގަ 2 ފަނޑިޔާރުން ވަގަށް ނަގައިގެން

  54. .ޔާމީން ވެރިކަން ކުރާ ގޮތް އަންނީ އަށްވެސް އޮތެއްނޫން. ޢެކަމަކު ޔާމީން އިންޑިއަން ހައިކޮމިޝަންގެ ތެރޭގައި އިންނަވައިގެން އަންނީގެ ވެރިކަން ނިންމާލިގޮތް ކިހާ ސަޅި.

  55. ބޮޑު ދުވަހެއްގެ ހިތި ރަހަ މިކަލޭގެ އަރުގައި ލައްވައިފިއްޔާ ވެސް ހެޔޮ ދޯ.

  56. އޯކޭ އެބޮތް ވަރަށްރަންގަޅުގޮތެއް އެނބޫދޫ ހިއްކިތަނައްގޮސް މުޒާހަރާ ކޮށްލާފައާދޭ.

  57. ސޭޓު ދަރަނިތައްއަދާކޮށްފަ އެހެން ކަންތައްކޮއްބަލަ

  58. ދުނިޔެއިން ތިހިރީމޮޔަވެފަ ވެރިކަމާހެދި

  59. ފެބްރުއަރީ 16 ވަނަ ދުވަހު ރާއްޖެއަށް ނުފެނުނުނަމަވެސް އިރުކޭތައެއް ހިފައި. އެވާހަކަތަ އެ ބުނަނީ؟

  60. އިންޑިޔާއަށްގޮސް ސައިބާބާ ހެދިގެން ތެޅިއަރުވަބަލަ

  61. މީ ކޮންތާކުން ނުކުމެގެން އުޅޭ ގުއި ބެއްޔަ އެއްތަ؟ އަމިއްލަ އަށް ވެރިކަމުން ފައިބަާފަ އަލުން އެބަ އުޅޭ ވެރިކަން ހޯދަން. 16 ފެބްރުއަރީ ގަ ކިހިނެތް ވާނެޔޯ؟ދޭބަލަ ބުއްފުޅި ބޯން.

  62. ރާއްޖެތެރެއިން މީހުން ގެނެސް މުޒާހަރާ ކުރުވާފަ އެމީހުން ޖެހޭނީ ޖަލަށް ވަންނަންވެސް މި ބޭފުޅުން ތިއްބަވާނީ ޔޫކޭގަޔާ ޖަރމަންގަ މިހާރު އެމީހުން ގެ ސިނކުޑިވެސް ތެތްވެއްޖެ އަމިއްލަ އަށް ޖަލަށްވަދެ.އަނިޔާލިބި އަނބިދަރިން ބިކަ ކުރާހާ ބުއްދި ގޯހެއްނޫން މާލެ އަންނައިރަށް ހިފާ ހައްޔަރު ކުރާނެކަންވެސް އެނގޭނެ

  63. ނަސީދޫ މަގެ ދީނާ މަގެ ގައުމާ ނުކުޅެއްޗޭ ބޭރު ގައުމުގަ ހުރެގެން ހިތްވަރު ހުރިއްޔާ މި ގައުމަށް އަރާފަ ކިޔާބަލަ

  64. މިހާރު ރަގަޅަށްއޮށްވައި ކީއްކުރަންވަންތޯ ބޮޑުދުވަހަކަށްހެއްދެވޭތޯ ބައްލަވަނީ ދުރުގަހުންނަވައިގެން މިގައުމުގެ އަމާންކަން ނެތިކޮށްލައްވަންތޯ؟

  65. ނަސީދާ ކަލޭ އަށް މަކުރި ސަޕޯރޓް ދޫކޮށްލީ ދެންމި،،،،ކަލޭ ތިހުރީ ކޯއްޗެއް ބޮއިގެންތަ

  66. މިއަދު17. ވަކި ކުޑަ ދުވަހެއްނޫން.