ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާ ގޮތުން ގާސިމް އިބްރާހިމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރެއް ނޫން ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު ޖަލު ޙުކުމެއް ކޮށްފިނަމަ ޕާޓީގެ ލީޑަރު ކަމުގައި ހުރި މީހަކަށް ވެސް ލީޑަރުކަން ގެއްލޭނެ ކަމަށެވެ.

"އެހެންވީމާ ގާސިމް އިބްރާހިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެއް ނޫން. އޭނާ އަކަށް އެއްވެސް ޙައްޤެއް ނޯންނާނެ ޖުމްހޫރީ ޕާޓީގެ ނަމުގައި ވާހަކަދައްކާކަށް. ގާސިމް ވޯޓް ދެއްވައިގެން މިއިސްލާހް ފާސްކޮށްފައި މިއޮތީ ވެސް. އަޅުގަނޑު ގޮވާލަން ގުޅުމެއް ނެތް ޕާޓީއެއްގެ ނަން ބޭނުން ކުރައްވައިގެން ތިގޮތައް ވާހަކަ ނުދެއްކެވުމަށް." އަބްދުލްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީ އިން ވަނީ އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ހާއްސަކޮށް ބޭރުގެ ސިފައިން ރާއްޖެ އަންނަން ރައީސް ނަޝީދު ގޮވާލެއްވުމުން ޖުމްހޫރީ ޕާޓީގެ އެއްވެސް ބޭފުޅަކު ފުރަތަމަ އެކަމާއި ދެކޮޅު ނުހެއްދެވުމުން ޕީޕީއެމް އިން ވަނީ ފާޑުކިޔާފައެވެ.

އަބްދުލްރަހީމް ވިދާޅުވީ ޝަރުޢީ ދާއިރާގެ ތެރެއިން ކުރަން އުޅުނު ބަޣާވާތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ.

"މިހާރު މިއުޅެނީ ނަޝީދަށް ދެން ފުރުސަތެއް ނުލިބޭނެކަން އެނގޭތީ އަވަހަށް ތިމާމެން ސަލާމަތްވާން." އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ މިހާރު ޖޭޕީ އިން ދިވެހި ރައްޔިތުންނާއި ފުލުހުންނާއި ސިފައިންނަށް ވެސް މާހެޔޮއެދޭ ބަޔަކަށް ވެގެން ވާހަކަދައްކަވަން ފަށައިފި ކަމަށެވެ. "ނަމަވެސް މިކަން ރާވާ ހިންގީ މިކަމުގެ އެންމެ އަޑީގައި ގާސިމް އިބްރާހިމް ހުރެގެން." އަބްދުލްރަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ހައްޕު

  ހޫ މިމީހުންނަށްވިއްޔަ އެގޭނީ ލީޑަރުން ކަނޑައަޅަން. މީވާ ބައެއް!

 2. މަރީ

  އަސްލުވެސް ދޯ؟

 3. އަހްމަދު މާހިރު

  އަދުރޭމީ މިގައުމުގެ ހުރިހާ އެއްޗެއް ދަންނަ ރަސްގެފާން ތޯ؟

 4. ހުސޭނުބޭ

  ތިކަމާ އޮޅުލުަމަކީ ރަގަޅުކަމެއްނޫން. ޤާސިމް އެހެން ތެޅެން ދޫކޮށްލާފައި ޕީޕީއެމް ކުރިޔަށްދިއުން ބުއްދިވެރި.

 5. ފާޠިމަ

  ޔާމީނަކީ ދިވެހިރާއްޖޭގެ ރައީސސެއްނޫން އެއީ ލެއްގިބަބުރު

  • އަސްލުވެސް

   ހަހަހާ ގުޑް ޕޮއިންޓް. ހެޓްސް އޮފް

 6. ހަމަބުނެލީ...

  ޕީޕީއެމް އަކީ މައުމޫންގެ ޕާޓީއެއް

 7. ތުނިޔަ

  އެއްކަލަ ރޯނު އެދުރު

 8. ނިބިހޫރު

  ރޭގަ އަނެއްކާ ގާސިމު އެބުނީ ފުލުހުން އަދި ސިފައިންނަށް އިތުބާރުކުރާވާހަކަ!! މިފަހަރު އުމަރު ލައްވަ ކުރަން މިއުޅެނީ ކޮންކަމެއްބާ އަނެއްކާ!!

 9. ކަމާލު

  ގާސިމަކަށް ޖޭބީގެ ރައީސްގެ މަގާމަކަށް އަައުުން ނާދިރު ، އުމަރު ނަސީރުވަނީ އެކަމަށް ފައި ވިއްދާފައި ، ސާބަހޭ ދެގެރި ތެޅެންނާ ރައްޔިތުން ހަނާވަނީ ފަނާވަނީ އަދިވެސް ގޮވާ

 10. އިއްމަ

  ނަޝީދުއަށް ފުރުސަތު ނުލިބޭތީތަ އަބްދުލްރަހީމް އިރުއިރުކޮޅާ ޓީޥީއަށް އަރަން މިޖެހެނީ؟

 11. ރައްޔިތުން

  .ޔ އަކީ ޕީޕީ އެމް އާ ބެހޭ މީހެއްނޫން ނ އަކީ އެމްޑީޕީ އާ ބެހޭ މީހެއްނޫން ގ އަކީ ޖޭޕީއާ ބެހޭ މީހެއްނޫން ވަރަށް ރަނގަޅު

 12. ވޮޗިންގް

  އަލިފުދާލުގެ ސެކިއުރިޓީ ކައުންސިލަށް އެެއް ކަމެއްވެސް ނުކުރެވޭނެއޭ މިހާރު އަލިފުދާލަކީ އެއީ ފީގުދާނެކޭ. މިރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓިއްޖެނަމަ ޔޫރަޕްގެ ޓުއަރ އޮަޕަރޭޓަރުންނަށް ވެސް ގެއްލުން ވާނެއޭ އެހެން ކަމުން އދ. ގެ ސަލާމަތީ މަޖްލީހުން ކޮންމެ ކަނޑުކޮހެއް ގޮވި ނަމަވެސް އަދި އީޔޫން ކޮންމެ ކަނޑުކޮހެއް ގޮވި ނަމަވެސް އެ ޓުއަރ އޮޕަރޭޓަރުން އެމެންގެ ސަރުކާރު ތަކުން ނެރޭ ޓްރެވެލް އެޑްވައިޒަރީ އާއި އަދި އެހެނިހެން ޖެލަސީ އެން އެންގަރ ވޯރ ފެއަރ ހިމެނޭ ނޯޓިފިކޭޝަންސް ތަކަށް ނުވިސްނާނެއެވެ. މަމެން ނަށް ރަނގަޅީ އަދި ވެސް ސްޓޭޓް އޮފް އެމެޖެންސީ މިމެސް އަޕް ކްލީން އަޕް ވަން ދެން އަދި މިހާރު އޮތް 15 ދުވަސް ވެސް އަދި އިތުރު 15 ދުވަހަށް އެކްސްޓެންޑް ކޮށްލިނަމަ އެވެ. އެއިރުން ހުންނާނެ ރަނގަޅަށް ރާކަނި މަސް ކެވިފައި ކެނެރީގެ ނަޝީދަށް ވެސް ފެބްރުއަރީ 16 ވަނަ ދުވަހަކީ ވެސް ބޮޑު ދުވަހަކަށް ނުވާނެއޭ އެވްރީ ސްޓެޕް ޔޫ މޫވް ފޯރވާރޑް ވީ ވިލްބީ ވޮޗިންގް ވޮޗިންގް ޔޫ. އޯ ކާންޓް ޔޫ ސީ އިޓް.

 13. ތަތަތަތާތާތާ

  "ބަޣާވާތު"ގެ އެންމެ އަޑީގައި ހުރީ ގާސިމް ކަމަށް އަދުރޭ ވިދާޅުވުމުން އެކަމުން މަމެންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދެއޭ ލިބިގެން ދެއޭ ލިބިގެން ދެއޭ. ހޭއް ހޭއް ހޭއް އައި ހޭވް ބީން ލުކިންގް ފޯރ ސަޗް އަމޯމެންޓް. ގާސިމް ބޭނުންވަނީ މިގައުމުގެ ވެރިކަމަށް އަންނަން ވެގެން ރޮކް ސްޓަރ އަކަށް ވާންތޭ ނުވާނެއޭ އެކަމެއް. ޔޫ ލުކިންގް ލައިކް އަ ލޫޒަރ ޔޫ ނޫ ޔޫ އާރ ލުކިންގް ލައިކް އަ ލޫޒާރ. ހޭއް ހޭއް ހޭއް ވީއާރ ލުކިންގް ލައިކް އަ ރޮކް ސްޓާރ ރޮކް ސްޓަރ ރޮކް ސްޓަރ ތަތަތާތާ ތަތަތަތާތާތާ ތަތަތާތާތާތާ...

 14. ވޮޗިންގް

  ގާސިމް އަކީ އެއީ މިގައުމަށް ހެޔޮ އެދޭ މީހެއް ކަމަށް އެއް ގޮތަކަށް ވެސް މަމެންނަށް ގަބޫލުކުރަން ވަރަށް ދަތިއޭ ދަތިއޭ. ކަން މިހެން ހުރުމުން ގާސިމް އިބްރާހިމް މެން ނަކީ އެއީ އިދިކޮޅު ކްރިޓިކްސްގެ އިންޖީނު ކަމަށްވާނަމަ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އެންމެ ބޮޑަށް މަސައްކަތް ކުރާ މީހުންގެ ތެރޭގައި ގާސިމް ޕާރޓީގެ ކުނޫޒު ކިއްލާ ވާ ކަން އެއީ ފާހަގަ ކުރަން ޖެހޭނެ ކަމެކެވެ. އަސްލަށް ބަލާއިރު ގާސިމް އަކީ އެއީ ޕޮލިޓިކަލް ސައެންސް މަސައްކަތް ކުރާ ގޮތް އެއް ގޮތަަކަށް ވެސް ދަންނަ މީހެއް ނޫނޭ އެވްރީ ސްޓެޕް ހީ މޫވް ފޯރވާރޑް އިޒް ޑެޑް ރޯންގް އޯ ކާންޓް ޔޫ ސީ އިޓް.

 15. ރޮކްސްޓަރ

  ހޭއި ހޭއި ހޭއި އިސްލާހީ ހަރަކާތުގެ އިންޖީނަށް ވުމުންތޭ އެމެން ޖަރުމަނުގައި ދިވެހިންނަށް ނުފެންނަ ހިސާބުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް އިން ރައްޔިތުންނޭ ރައްޔިތުން ތިބި ގޮތޭ ކިޔާ ވާހަކަ ދައްކާ އިރު މަމެން ގާތުން އަހައިގެނެއް ނޫން މަމެން ގެ ނަމުގައި ރައްޔިތުންނޭ ކިޔައިގެން ގާސިމް މެން ވާހަކަ ދައްކަނީ، ގާސިމް މެން ރޮކް ސްޓަރ އަށް ވާން އުޅެނީ އެމެންނަކީ ރާއްޖޭގެ ސިޔާސީ ދާއިރާގެ ރޮކް ސްޓާރުންނޭ.

 16. ޖައްސާތި

  އދ. ގެ ސެކިއުރިޓީ ކައުންސިލުން ސަރުކާރަށް ތާއީދު ނުކުރިއޭ ދެން ވަރަށް ލޯ ޕްރޮފައިލްޑް އެމްޕީ އެއް ބުނުމުން އެއީ ކަނޑުގައި އަޅާލާ ރޮނގު ތަކަށް ނޫންތޭ ވާނީ. މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދައްކާ ވާހަކަ އޭ އެއީ ބުރަދަން ހުންނަ ވާހަކަ އަށް ވާނީ ކަން މިހެން ހުުރުމުން ތަމެން ތިޔާ ދައްކާ ވާހަކަ ތަކަކީ އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ވާހަކަ ތަކެއް ނޫނޭ. އދ. ގެ ސެކިއުރިޓީ ކައުންސިލަށް އެއް ކަމެއް ވެސް ނުކުރެވޭނެއޭ ޗައިނާ އާއި ރަޝިޔާ އާއި އަދި ސަައުދީ ދެކޮޅު ހަދާނަމަ އެކަން އެއޮތީ ފާޅު ގައި ކޮށް ނިންމާފައޭ އަލިފުދާލުގެ ސެކިއުރިޓީ ކައުންސިލުގެ ނުރަސްމީ ޖަލްސާ ގައި ދެން އިދިކޮޅު އެމްޑީޕީ އަށް ހެދޭނެ އެއް ގޮތެއް ވެސް ނޯންނާނެއެވެ. ފެބް ސޯޅަ ވެސް އަންނާނެއޭ އެއް ކަމެއް ވެސް ނުކުރެވޭނެއޭ މިގައުމަށް ނުގެނެވޭނެއޭ އެއްވެސް ބަގާވާތެއް ދެނެއް ޝަރުއީ ދާއިރާގެ ތެރޭން ވެސް އަދި ކެނެރީގެ ނަޝީދަށް މިރާއްޖޭގެ މިލިޓަރީ ތަބާ ނުވާނެއޭ އަދި ޕޮލިސް ވެސް ތަބާ ނުވާނެއޭ އޭނާ ޖެހޭނީ މަހަށް ދާން މަހަށް މަހަށްދޭ.

 17. ޖޮއްބެ

  ގާސިމަކީ ހެދޭމީހެއް. އެހާފަސޭހައިން ކައްކާލެވޭނެ. އޮނަރަބަލް ގާސިމޭ ހަމަބުނާއިރަށް ހެދޭނެ ދެން ހުންނާނެ ވަރަށްވެފަ. ވެރިކަންކުރަން މަނިކުފާނަށްވުރެ އެކަށީގެންވާ މީހަކު ނެތޭ ހަމަބުނާއިރަށް ކެކެންފަށާނެ ދެން ޖަޒްބާތުގައި ޖެހިގެން ކޮންމެ ފަދަ ލަދެއްވެސް ކިޔާފާނެ.