ކެނެރީގޭ، ނަޝީދަކީ ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގައި ތިން އަހަރާއި، ދުވަސްކޮޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ފުރުއްވާފައިވާ ސިޔާސީ ލީޑަރެކެވެ. ޤައުމުގައި 30 (ތިރީސް) އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ބަލިކޮށް، ރާއްޖޭގެ ވެރިކަމަށް އަރާވަޑައިގަތް ފުރަތަމަ ޑިމޮކްރަޓިކް ރައީސްވެސްމެއެވެ. ޒުވާން އުމުރުންސުރެ އަދި އަދަށްދާންދެންވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ތަފާތު ލީޑަރެއްގެ ގޮތުގައި ނަޝީދުގެ ފައިތިލަ ސާބިތު ކުރައްވާފައިވާކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކޮންމެ ޝަޙުޞިއްޔަތެއްގެވެސް ދެ ފަރާތް އޮންނާނެ ކަމީ ހަޤީގަތެކެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ ވެރިކަން ކުރައްވަން ލިބިވަޑައިގެން، ވެރިކަމުގައި ހުންނަވައިގެން ދައްކަން ނުވާ ޒާތުގެ އެތައް ވާހަކައެއް ދެއްކެވި ބޭފުޅެކެވެ. ދިވެހިން އެ ދީނަކަށް ބޯލަނބާ މާތްވެގެންވާ އިސްލާމް ދީނުގެ ހުކުމްތަކަށް ފާޅުގައި ގޮންޖެއްސެވި ދީނާ ދުރު ބޭޅެއްވެސް މެއެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމުގެ ދައުރު ފުރިހަމަ ކުރުމުގެ ޚިކުމަތްތެރިކަން ނެތި، ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް ރައީސެކެވެ.

ރައީސް ނަޝީދު މިއަދު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ރައީސް ނަޝީދަކީ ތަފާތު ލީޑަރެއް ކަމަށް ދިވެހި ރައްޔިތުން އިއުތިރާފް ވާނެކަން ޤައިމެވެ. ކަނޑު އަޑީގައި ކެބިނެޓް ބައްދަލުވުން ބާއްވާ ބޭރު ދުނިޔޭގެ ސަމާލުކަން ހޯއްވެވިއެވެ. ފަޅުތަކަށް އެރި ކަރުތާފެނުގައި ފިލްމު ކުޅުއްވައިގެން ބެލުންތެރިންގެ މަޤްބޫލުކަންވެސް ހޯއްދެވިއެވެ. އެއްގޭ ބަދިގެ ތެރެއިން، އަނެއްގޭ ކާގެ ތެރެއަށް ބޯ ދިއްކުރައްވަމުން ރައްޖޭގެ ރަށްތަކުގައި ހިންގެވި ރައީސަކަށް ހުންނަވާނީވެސް ރައީސް ނަޝީދެވެ. ބޮއްކުރާ ފަހަރުގައި ރަށްރަށަށް ފަސޭހަކަމާއެކު އަރާ ހަލުވި ކަމާއެކު ބޮއްކުރާތަކުން ރަށު ގޮނޑުދޮށަށް ފުންމަވާ ހެއްދެވި ރައީސަކަށްވެސް ވާނީ ހަމަ ގައިމުވެސް ނަޝީދެވެ.

މިއަދަކީ އަނެއްކާވެސް ނަޝީދުގެ ތަފާތު މަންޒަރެއް ފެނިގެންދިޔަ ދުވަހެކެވެ. މިއަދު ތިލަދުންމަތީ އުތުރުބުރީ ރަށަކަށް އަރާ ބަޔަކާ ޒުވާބު ކުރެއްވީކީ ނޫނެވެ. މިއަދު ފެނުނީ ނިކަން ސަޅިކޮށް، ހުދު ގަމީހެއް ތުރުކުރައްވައިގެން، ބޫޓަށް އަރުއްވައިގެން އިތުރު ފިލްމެއްގެ މަންޒަރެއް ކުޅުއްވިތަނެވެ. ފިލްމުގެ މިއަދު ބެލުންތެރިންނަށް ފެނުނު ޓްރެއިލާއިން ފެނިގެންދަނީ، ރައީސް ނަޝީދު ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުން ބުއިމަށް ބޯފެން ރައްކާ ކޮށްފައިހުރި ފެން ތާނގީއެއްގައި ހަރުގަނޑެއް ލައްކޮށް، ތާނގީ މައްޗަށް އަރައި، ތާނގީ ތެރެއަށް ބޯކޮށްޕާލާ މަންޒަރެވެ.

ރައީސް ނަޝީދު ފެން ތާނގީއެއްގެ މައްޗަށް އަރާ ބައްލަވާލައްވަނީ- ފޮޓޯ: މީސްމީޑިއާ

ނަޝީދު ދިވެހި ރައްޔިތުންނަށް މިއަދު ދޫކޮށްލި ޓްރެއިލާއަކީ އަދުގެ ރައީސް ޞޯލިޙަށް ދައްކުވައިދިން ނަމޫނާއަކަށް ނޫނީ ދިވެހި ރައްޔިތުންނަށް ދައްކުވައިދިން ނަމޫނާއަކަށްވެސް ވެދާނެއެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ އެމްޑީޕީގެ 87 ކެންޑިޑޭޓުންނަށް ދައްކުވައިދިން ނަމޫނާއަކަށް ވުންވެސް ގާތެވެ. ކޮންމެއަކަސް މިއަދަށްފަހު ވެރިން ރަށްރަށަށް އަރާ ވަޑައިގެން ހުރިހާ ފެންތާނގީއަކަށް ބޯ ނުކޮށްޕައިފިއްޔާ ރަނގަޅެވެ.

ފެންމަތިވެފައިވަނީ ސިޔާސީ މޫސުމެކެވެ. ދިވެހިންނަކީ ސިޔާސީ ބަޔަކަށްވި ނަމަވެސް، ދިވެހިންނަކީ މިހާރު ތަޢުލީމީވެސް ބައެކެވެ. ރަށްރަށަށް އަރާ ޖައްސަވާ ސަކަރާތާއި، ކުޅުއްވާ ފިލްމާއި، ޖައްސަވަން އުޅުއްވާ ސްޓަންޓްތަކާއި، ފޮނުވާލަން އުޅުއްވާ ރޮކެޓްތައް ދިވެހިންގެ ރާޑަރުތަކަށްވެސް ނުލާހިކު ފަސޭހައިން ފެންނަ ޒަމާނަކަށް ރާއްޖެ މިވަނީ އަލިވިލިފައެވެ. 2000 ގެ ކުރީކޮޅުގެ އަހަރުތަކުގައި ދިވެހިން ޖެއްސެވި ސިޔާސީ މަޅީގައި މިއަދު ދިވެހިން ނުޖެހޭނެކަން ޤައިމެވެ.

https://twitter.com/MaalimeeIbbe/status/1076334733255049216?s=19

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެއްކަން ދިވެހިންނަށް އެނގެއެވެ. އެ މަޖިލީހަކީ ރައްޔިތުންގެ އަޑު އިއްވާ މަޖިލީހެއްކަން ދިވެހިން ދެނަހުއްޓެވެ. އެއީ ވެރިޔާ ވިދާޅުވާހާ ކަމެއް ކުރަން އޮތް ތަނެއް ނޫންކަމީ ދިވެހިން ދަންނަ ހަޤިގަތެކެވެ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާ ބަޔަކު ވަޢުދު ފުއްދަން ޤާނޫނު އަސާސީއާއި ޤާނޫނުތައް ކޮށާ މަށަން އޮތް ތަނެއްވެސް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރަން އޮތް ވަކި ބާރެކެވެ.

ކަން މިހެން ހުރުމާއެކު، އަންނަ އޭޕްރިލް ހަވަނަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ފިކުރެއްގެ ބޭފުޅުންނާއި، ކަނބަލުން އަދި މިނިވަން ޚިޔާލުގައި ވާދަކުރައްވާ ފަހުލަވާނުންވެސް "މަޖިލިސް ކެމްޕޭން 2019" ގެ ނަމުގައި ބޭކާރު މަސައްކަތްތަކާއި، ބޭކާރު ވަގުތުތައް ހޭދަކުރެއްވުމުގެ ކުރިން ވިސްނާލައްވަން ޖެހެއެވެ. އިލްމީ ޤާބިލް ކެންޑިޑޭޓުންނަށް އާބަސް ބުނުމަކީ ދިވެހި ރައްޔިތުންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއްވެސް މެއެވެ. ކެމްޕޭނަށް ދިމާކޮށް ދާއިރާ ފެންނަ ބޭފުޅުންނަށް ކެރިގެން ނޫނެކޭވެސް ބުނަން ޖެހޭމެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މިއަދު ތިލަދުންމަތީ ދެކުނު ބުރީ އިހަވަންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވުމީ ރަނގަޅު ކަމެކެވެ. ރައްޔިތުންގެ ހާލު އަހުވާލު ބެލުމަކީ މާތް ސިފައެކެވެ. ނަމަވެސް އެ ދަތުރުފުޅުތަކުގެ ތެރެއިންވެސް ދިވެހިން ދަންނަ، ބާވެފައިވާ ސިޔާސީ ސްޓަންޓް ޖައްސަވަން އުޅުއްވުމަކީ ގޯހެކެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ގާސިމު

    **** އޮންނާނެ ތާނގީތެރޭގަ.

  2. ޖައުފަރު

    އިސްލާމް ދީނުގެ ހުކުމްތަކަށް ފާޅުގައި ގޮންޖެއްސެވި ދީނާ ދުރު ބޭޅެއްވެސް މެއެވެ.
    ބޭޅެއްވެސް ނޫން އެއީކީ ***** އެއީ

  3. ގިޔާސް

    ހަޖަމް ވިޔަސް ނުވިޔަސް ރައީސް ނަޝީދަކީ މިގައުމުގެ އެންމެ ތާެިދު ބޮޑު ލީޑަރ ، އެންމެ ލޯބި ވާ ރައީސް މިލޯތްބެ ގަދަރެއް އެހެން ލީޑަރަކަށް ނުލިބޭނެ ، ވަގުތު ކުދިންކޮޅު އެކޮޅުކޮޅުން ޖެހުނަސް މިކަމެއް ބަދަލެއް ނުވާނެ ގުންޑާއަކަށް ރައްޔިތުން ތާއިދެއް ނުކުރޭ! ވ ސަލާމް!

    • ޔަޒީދު

      ހިޓުލަރަކީވެސް ވަރައް ތާއީދު ބޯޑު އަދި އެހާމެ މަގުބޫލުކަން ލިބިގެން ވެރިކަން ކުރި ލީޑަރެއް.. އެކަމަކު އޭނާ އަކީ ވެރިކަން ކުރަން ކުފޫ ހަމަ ނުވާ ނުބައި މީހެއްކަން ތާރީޚް ހެކިދޭ.. ވީމާ މީހަކު މަގުބޫލު ވުމަކީ ވެރިކަމައް ކުފޫހަމަވާނެ ކަމެއް ނޫންކަން މިކަނުން އެބަ އިނގޭ..

      • އަސްލުހާލަތު

        ހިޓްލަރ ހޯދިހެން ގަދަބާރުން ތާއީދު ހޯދި އަނިޔާވެރިޔާ އެހުރީ ސައްޕެއްޖަހާ ބޭރުކޮށްފަ.. ދެން ވެރިކަމާ 5 ފޫޓަށްވެސް ގާތްނުވެވޭނެ އިރާދަފުޅުން..

      • އަމާ ރެހެންދި

        ހިޓިލަރޭ ތި ބުނީ ރައީސް ޔާމީނަށް ދެއްތޯ!

    • ގައުމުގެ ދަރިއެއް

      ދަތްޖާލު އެރުމުންވެސް ވަރަށް ގިނަބަޔަކު އޭނާގެ ފަހަތުން ދާނެ އޭނާއަށް އޮތް ލޯއްބެއްގެ ބޮޑުކަމުން، ދުނިޔެ މަތީގެ ދަތްޖާލު

    • ދޮގެއް؟

      ރައްޔިތުން ތާއީދު ކުރަނީ ގުންޑާއިންނަށް. ކަލެއަށް ތި ބުނެވުނީވެސް އެވާހަކަ.

    • މުޙައްމަދު ފިކުރީ

      މިތާގަ ބުނެލަން ބޭނުންވާ ހަމައެކަނި ވާހަކައަކީ އަންނިއަށް ތާއީދުކުރާ ގިނަ ދިވެހިންނަކީ ދީނީ ކަންކަމާއި ދުރުމީހުންނޭ. ފަސްވަގުތު މިސްކިތުން ފެންނަ ބަޔަކު ތިއްބަސް އެމީހުންނަކީ މުނާފިޤުކަމުގެ ފޭރާމުން ފޭރާން އަޅައިގެންތިބި ބައެކޭ. ދިވެހިންގެ ގިނަ ބަޔަކީ ނަމެއްގަތިބި ިއސްލާމުން. ވީމާ އަންނި ފަދަ މީހަކަށް އޮންނަ ތާއީދު ކުޑަނުވާނެ. ޔާﷲ ދިވެހިންނަކީ ދީނީ ކަންކަމަށް ސަމާލުކަންދޭ ބަޔަކު ކަމުގައި ލައްވާށި.

  4. ޖޭމުސްބޮންޑު

    ހާދަ އަސަރެއްކޮއްފިތާދޯ؟ ރައީސް ނަޝީދުފަދަ ރައްޔިތުންދެކެ ލޯބިވާ ވެރިއެއް އަދި މިދިވެހިރާއްޖޭގެ ވެރިކަންކޮއްފައެއްނުވޭ.

    • ޢަލީ

      އެހެންވެގެންތަބުނީ މަގޭ ޕާޓީގެ މީހަކު އަތުވެއްޖެއްޔާ މަގޭ ހެޔޮކަން ދައްކާލާފަ އެހެން ޕާޓީއެއްގެ މީހަކު އަތުވެއްޖެއްޔާ ހުރި ނުލަފާކަން ދައްކާލާނަމޭ. އަދި ޢަބްދުﷲ ޤާޟީއާއި ޤާސިމާއި ޔާމީނު ހައްޔަރުކޮށްހެދީވެސް ލޯބިވާލެއް ބޮޑުކަމުންދޯ

    • ކެކެކެ

      އެހެރަ ފޮޓޯތަކާއި ވީޑިއޯ ފެނި ކަލޭމެންވެސް ކުޑަކޮށް ލަދު ގަނެ އަނގަ ޗޭވެފަ ތިބިހެން ހާދަ ހީވެޔޭ.

  5. ނަން

    މިހަބަރު ކިޔާލުމުން ބައެއްގެ ހިތްތަކުގަ ނުތަނަވަސްކަން އުފެދިފައިވާ މިންވަރު ހާމަވޭ.

  6. Anonymous

    ރޔާމީނަކަށް ނުކެރޭނެ އެގޮތަށް އުޅޭކަށް.. ތާގީއަށް އަރާއިރަށް އެނގޭވިއްޔާ ބޯކޮޅުތިރިއަށް ވެއްޓޭނެކަން..

    • ޯލޯލް

      ބައެއް ފަހަރު މަޝަށް ހީވޭ ތީ ދެފުއް ކެހެރިއެއް ހެން

  7. ޖަހާންގީރު

    ވ އުފަލުން ދޯ ތިހިރީ ކާފަރަކަށް ތާއީދު ބޮޑުވެގެން

  8. ައަސަރު

    ކަލެއަށް ވ އަސަރު ކޮށްފިދޯ ކިތައްމެ ވަރެއްވިޔަސް ނަށީދު އަކީ ދިވެހިން އެއްމެ ތާއިދުކުރާ ލީޑަރު

  9. ށަނޫން

    މި **** ނަޝީދު ހަގީގަތުގައި ވެސް މޮޅު. މީގެ ގަމާރީ އެންމެ އަގަ ފުޅާ ކޮއްފަ އޭނަ ފަހަތުން ދުވާ ބައިގަޑު.
    ނަށީދު ދަމާލާ ކޮއްމެ މިކަހަލަ ގުއި ރޯނެއެްގަ މިބައިގަޑު ޖެހެނޭ.
    30 އަހަރު ވެރިކަން ކުރި މައުމޫނު ވެސް ނިކަމެތި މީހާ ޖީއެސްޓީ އޭ ކިޔައިގެން ފެލާ ގައުމު ނުހިންގާ.
    މިކަލޭގެ ވެރިކަމަށް އެރިތާ 2މަސް ނުވަނީސް ރައްޔިތުން އަތުން ޖީއެސްޓީ ނެގި އަދި އެކަމަށް އެންމެ ހޭރުނީވެސް މިރީދޫ ބައިގަޑު.
    ނުކިޔަވާ ތިބި ބާބޭރިއަންސް ގިނަ ޕާޓީ އެއް ވީމަ. ބޮޑޭބެ ފޮޑި އެއްޖެހިއަސް އެމީހުން ބުނާނެ. މަސާހިބު ހާދަ މީރު ހުވަނދު ވަހެކޭ ....

  10. Koba

    ކެ* ވެގެން

  11. ޖޮއްބެ

    ހަޖަމުވިޔަސް ނުވިޔަސް ކެނެރީގޭ ނަޝީދަކީ މިގައުމުގައި ރައީސް ކަން ކުރަންލިބުމުން ގައުމަށް އެންމެބޮޑު ނިކަމެތިކަމަކާ ފޫނުބެދޭވަރުގެ ގެއްލުންދިން ވެރިޔާއެވެ.

  12. ހާދީ

    ވަގުތުގެ އަލީ ވިޝާމް ވަރަށް ސަލާމް

  13. ކަޅުސޮރު

    ޓިނު މެން ކަހަލަ ހިސާބު އިލްމަށް މޮޅު ބޭފުޅުން މަޖިލިސް ގަ ތިއްބަވަން ވާނީ.. ބަނާނާ މެން ކަހަލަ ވަފާ ތެރިން ނާ...

    • ބަނާނާ ރައީސް

      މިފަހަރު އަހަރުމެން މިއުޅެނީ ޝަހިމެޓިކްސް ފޯމިއުލަރ އުފެއްދި ހުސެން ޝަހީމް ކަހަލަ ގަދަ މީހުން މަޖިލިހަށް ވައްދަން. ހުޅުމާލެ ފްލެޓްތަކުގަ ދިރިއުޅޭނެ މީހުންގެ އަދަދު ހިސާބު ކޮށްލީ އަންތަރީސް ވާހާ މޮޅަކަށްނު. ކަލޭ އަސަރު ކުރާނެ.

  14. ޝާކިރު

    ކުޑަކުދިން އެކަހަލަ ތަންތަނަށް ވަރަށް އަރާހިތްވާނެ. އަންނި އަކީ ކުޑަކުއްޖެއް. ވަރަށް ސިޔާސަވާނެ. ދަތްވެސް ޢަޅާފާނެތީ އެމްޑީޕީ މީހުން ހަމަ ބިރުގަންބަނީޔޭ.

  15. ޕާޓޭ ގެ ޑެޑީ

    ރައިސް ނަޝީދު ފެން ތާނގިމަތީ އެކޮޅު ކޮޅުން ހިންގިޔަސް ވަގު ޔާމީނަކައް ނުކެރޭނެ އަދި ވަގުތު ނޫހުގެ ޢަލީ ވިސާމް އަކައްވެސް ނުކެރޭނެ ހަރުގަނޑަކައް ކީއްކުރަން ބިންމަތީ އޮންނަ ގާކޮޅަކައްވެސް އަރާކައް. އަރާއިރައް ބިރުން ގަޔައް ******.

    • ޯލޯލް

      ކަލެ އައް ވެސް ނުކެރޭނެ..

  16. ާަާަަައަސްލު

    ބޯގަޅި ހެވެއްނުވިސްނޭ ރައްޔިތުންގެބޯކަނީ...ދީނައްފުރައްސާރަކޮއްފަ އެނެއްދުވަހު ދާނިދަނޑިން ވުލޫކުރާތަން ރައްޔިތުންނައްދައްކާލީމަ ބޯގަޅިން ހެދިފަތިބޭނީ.

  17. ޝާހް،ވާދޫ

    މިދެންކާކުތަ؟ އަހަރުން ކުރާ މަސައްކަތާ ޖެހިފަ ތިދެން ކޯއްޗެއް؟ ތަނަކަށް އަރާ ބަލާލުން.. އެހެން ނޫނަސް ތިކަލޭގެ ތީ އަބަދުވެސް މީޑިޔާގެ ސަމާލުކަމަށް ޑްރާމާކުޅޭ ބުއްޅަބެއެއް..

  18. މޭން

    ރައީސުލް ފެންތާނގީ..

  19. ކުޑަމީހާ

    ހަމަ ނަޝީދު ފަހަތުން ކޮޕީ ކުރުން ނޫން ކަމެއް ތިޔަ އިނދި ކޮޅީންނަށް ނޭނގޭނެ. ނަޝީދު ޖައްސަވަނީ ސްޓަންޓަކަށް ވިޔަސް އެކަން މިޤައުމުގެ މެޖޯރިޓީ ބަލައިގަނޭ.

  20. ޓިނެ

    ޔާމީން މޮޔަނުވޭއެވެ

  21. އައްޔު

    އަންނަނީ ހިނި ރައްޔިތުމީހާ ތާންގީތެރެއަށް ފައިބާ ސާފުވެސް ކުރޭ ޚަބަރަކަށް ހަދަންވީނުން ނޫސްވެރިންދޯ

  22. ހަލީމާ

    ހަމައިގަ ހުންނަވަންވެގެން ހެން ހީވަނީ.

  23. ވަހީދު

    ތިޔަ އަންނި ތިޔަ އުޅެނީ ބޮޱު ވަޒީރުކަން ނުލިބިގެން މޮޔަ ވެގެން. ދެން މާފަހަކުން އައިސް ކޮން ކަމެއްތަމީ.

  24. Anonymous

    ތިފެންނައް ސިހރު ނާޅާކަމެއް ކިހިނެއް އެނގެީ މިހާރު.. ރައްޔިތުން ތިބޭނެ ނައިސްވެފަ

    • ނޫސްވެރިއެއް.

      ނަބީލް...

  25. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    މި ދެން ކާކު... ވެލިޒިނާގެ ކާހިނު ކަލޭގެ

  26. ޙައްވަ

    ނަސީދުގެ ކިބާގައި ކިބުރުވެރިބޮޑާކަމެއްނެތް. އެކަމާ ވަގުތުން ވަރށް ޖޭވޭ. ޢެއީ ފިސާރި ބޭފުޅެއް. ޔާނު ކަހަލަ ބޮޑާވެރި މީހެއް ނޫން.

  27. ކަލޯ

    ބޮޑުކާފަރެއް އަންނިއަކީ..ދީނުގެ ޙުކުމްތަކަށް ފާޅުގައި ގޮންޖެހި ބޭފުޅެކޭ؟؟..މުރުތައްދެކޭ ބުނަން ނުކެރެންޏާ ނުލިޔެބަލަ..