މި ރާއްޖޭގައި ކުރަމުން އައި ދިގު 30 އަހަރުގެ ވެރިކަން 2008 ވަނަ އަހަރު ބަދަލުކުރީ "ވަތަން އެދޭ ގޮތަށް" އުފެދުނު ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަންގެ އެންމެ ބޮޑު ހިއްސާދާރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމެވެ. 2009 ވަނަ އަހަރު އައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައިވެސް ޤާސިމް ކުރެއްވި މަސައްކަތާއި ވެ ވަޑައިގެންނެވި ޤުރުބާނީ ކުޑައެއް ނޫނެވެ. ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި އެއް ލީޑަރުގެ ޙައިޞިއްޔަތުން ޤާސިމު ކުރެއްވި މަސައްކަތް ބަލައިނުގަތުމުގެ ނަތީޖާއަކަށްވެގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް "ސޭޓު" ނިކުންނެވުމެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައިވެސް ޤާސިމްގެ ދައުރު ކުޑައެކޭ ނުދެންނެވޭނެ އެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަދައިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ޕާޓީ ތަކުން ވާދަކުރީ ވަކި ވަކިންނެވެ. ނަމަވެސް އެއްވެސް ޕާޓީއަކަށް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ނުކުރެއްވުމުން، އެންމެ ފުރަތަމަވެސް ޔަޤީން ކުރައްވަން ބޭނުންފުޅުވި އެއް ކަމަކީ "ސޭޓު" ވިސްނުންފުޅު ގެންގުޅުއްވާ ގޮތެވެ. 2013 ވަނަ އަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރި ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޔާމީން ވެސް އެންމެ ފުރަތަމަ ވަޑައިގަތީ މާފަންނު ވިލާއަށެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށް "ސޭޓު" ގެ އެހީތެރިކަން ހޯދުމަށެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ގޮތް ނިންމާ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށް އޭރުގެ ސިޔާސީ ހުރިހާ ލީޑަރުންވެސް ގެންދެވީ ޤަބޫލުފުޅު ކުރައްވަމުންނެވެ.

ޖެހިގެން އައި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައިވެސް "ގުޅިގެން" ކޯލިޝަންގެ ތެރެއިން އޭރުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދިއެވެ. އެ މަސައްކަތުގައިވެސް ޤާސިމް އިބްރާޙިމް އާއި އެމަނިކުފާނުގެ ޓީމުން ކުރައްވާފައިވަނީ ބުރަ މަސައްކަތްތަކެވެ. މިލްކިއްޔާތުން ބޮޑު ހޭދަތަކެއް ކުރައްވާ، ވެރިކަން ދިފާޢު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް އާޚިރުގައި، ސޭޓަށް ޖެހިވަޑައިގަތީ ޖަލުގައިވެސް ދުވަސް ތަކެއް ހޭދަކުރައްވާށެވެ. ނުވިތާކަކަށް ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނަވަންވެސް މަޖުބޫރު ވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ކަންމިހެން ހުރިކަމުގައި ވިޔަސް، ޖުމްހޫރީ ޕާޓީން އަބަދު ވެސް ބުނާ ވާހަކައެއް އޮވެއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މޮޅުވާ ކޮޅު ކަނޑައަޅާ ޕާޓީއަކީ އެ ޕާޓީ ކަމެވެ. ނުވަތަ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަރުއްވާ ކޮޅެއް އެއީ މޮޅުވާ ކޮޅު ކަމަށް އެ ޕާޓީން އަބަދު ވެސް ގަބޫލުކުރެއެވެ. އެގޮތުން ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ކަންދިމާވެފައިވަނީ ދާދި އެއްގޮތަކަށެވެ. "އަނިޔާވެރިކަން ނިންމަން" މި ނަމުގައި އުފެދުނު ކޯލިޝަންގެވެސް އެންމެ މުޙިއްމު އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޤާސިމް އިބްރާޙިމެވެ. ޤާސިމް އިބްރާޙިމް ނުލާ، ރިޔާސީ އިންތިޚާބަށް ދިއުމަށް އެމްޑީޕީން ބޭނުމެއްވެސް ނުވިއެވެ. އެމްޑީޕީން އެ ވިދާޅުވާ "ސޭޓު" ގެ ބޭނުން އެ ޕާޓީ އަށް އޮތީ އިންތިހާއަށް ޖެހިފައެވެ.

2018 ވަނަ އަހަރު "ޖަޒީރާ ރާއްޖެ" ހޯދުމަށް ކުރި ދަތުރުގައި އެންމެ ބޮޑު ހޭދައެއްވެސް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާޞިމް އިބްރާޙިމެވެ. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ އެވެ. ކުރި އަޙުދާއި ވަޢުދު ހަނދާންނެތި، "ސޭޓު ނޫން ގޮތެއް" ހޯދުމުގެ އަޑުތައް އެމްޑީޕީ ތެރޭގައި ގަދަވެ އެންމެ ފަހުން، މިއަހަރު މި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ހަމައަށް އައިއިރު ޤާސިމް އިބްރާޙިމަކީ އެއްވެސް ބޭނުމެއް ނެތް ބޭފުޅަކަށް ވެއްޖެ އެވެ. ނަމަވެސް މާޒީގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އެއީ މުޅިއަކުން އައު ކަމެއްވެސް ނޫނެވެ. އެއީ ކަންހިނގާ އުޞޫލެވެ. ނަމަވެސް އާޚިރުގައި ކޮންމެ ކަމެއް ފެށެނީވެސް އަދި ކޮންމެ ކަމެއް ނިމެނީވެސް ޤާޞިމްގެ ހިއްސާ އެކަމެއްގައި އޮވެގެންނެވެ. އަދިވެސް "ސޭޓު ނޫން ގޮތެއް" އޮންނާނެ ކަމަކަށް ޤަބޫލުކުރަން ދަތިވާ ސަބަބަބީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަރީފް

    މަޖްލިސް19 ގައި ގާސިމް އަކީ ގޭމް ޕްލޭން ނޫންކަން ސާފުކޮށް ފެނިއްޖެ. ޤާސިމް ނޫން ގޮތެއް އޮތްކަން ވ ސާފް.

    29
    13
  2. ާަާަަައަސްލު

    ވެރިމީހާ ވެރިކަމުން ބޭލޭނީއެމީހަކު ސަރީހަބަހުން ކުފްރުވީމަ...މައުމޫން، ވަހީދް، ޔާމިން..މީކުފްރުވެފަތިބިބައެއްތަ.!!!ސުބުހާނަﷲ.
    ތިކުރެވެނީ ތައުރީފް ދީނާހިލާފްވީމަވެސް..ވައިޔާޒްބިﷲ...މިހާރު ސޭކު އިމުރާންމެންނައްބަލާލުމުން އިނގޭނެ މިމީހުންގެނައި ބާތިލްއަގީދާ...

    16
    7
  3. އަލީ

    ހަޖަމު ވިޔަސް ނުވިޔަސް ރިޕޯޓުގަ ތިއޮތީ ހުސް ތެދުވާހަކަތައް

    28
    9
  4. ބުރޯ

    ރާއްޖޭގަ އުފެދުނު މައިގަނޑު ސިޔާސީ 2 ޕާޓީ އަކީ އެމްޑީޕީ އާ ޑީއާރުޕީ .މި 2 ޕާޓީ މަސައްކަތް ކުރަމުން އައިސް 2008 ގެ އިންތިހާބާ ހަމަޔަށް އައިއިރު ޑީއާރުޕީ ރޫޅި އިތުރު ޕާޓީތަކެއް އުފެދުނު އަދި އެމްޑީޕީ ތެރޭންވެސް ބައިވުމެއް އުފެދުނު ނަމަވެސް ހަގީގީ ބައިވުމެއް އުފެދުނީ ޑީއާރުޕީން ކަމާމެދަކު ސައްކެއްނެތް އެއީ ގާސިމް. އުފެއްދި ޖޭޕީ . މިހިސާބުން ގައެުމުގެ ސިޔާސި ބައިވެރިވުން 3 ބަޔަށް ބެހިގެން ގޮއްސި އެހިސާބުން ގާސިމަ ނިކުނނަކޮޅު މޮޅުވާން ފަށައިފި. އަދި އެމްޑީޕީ ހުރިހަމައިގަ ހުރެފަ ޑިއާރުޕީ ބައިބައިވެގެން ގޮއްސި މިގޮތުން ޕީޕީއެމްއާ ޖޭޕީ މައިގަޑު 2 ޕާޓީ އުފެދުނީ ޑީއާރުޕީ ފަޅިންކަމުގާވަނި ވެފަ. ވީމާ ގާސިމް ބައިވެރިވާ ފަޅިއަކީ މޮޅުވާ ފަޅިއަށް ވެއްޖެ. ވީމާ މިހާރު ގާސިމާ މައުމޫނު އެއްފަޅިއަކަށް އަރުއްވާފަ އެމްޑީޕީއާ ޗެލެންޖް ކޮށްގެން މެނުވީ މިހާރުގެ ހާލަތަށް ބަލާއިރު އެމްޑީޕީ ފެއިލް ކުރުމަކީ ވާނެކަމެއްނޫންކަން ޔަގީން.

    8
    1
  5. ާައައިސާ

    ރިޕޯޓްގަ ތިޔޮތީ ތެދު ވާހަކަ

    5
    3
  6. އަބޯ

    މަޖިލީހުގެ އިންތިހާބު މިހެންވީ ކުދިޕާޓީތައް އުފެދި ޕިޕިއެމްފަޅިން ބައިވެގެންދިޔަލެއް ބޮޑުވުން .އަދިވެސް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށް ގާސިމް ބޭނުންވާނެ . ގާސިމާ ނުލާ ރިޔާސީ ރޭސް ކާމިޔާބު ކުރުން އެމްޑީޕީ އަކަށް ހަމަ ނުވާނެ ކަންޔަގީން . އެއީ އެމްޑީޕީ އެއް ވުޖޫދަށް ގެނައުމަށްވެސް މައުމޫނުގެ ސަރުކާރު ތެރޭގަ ހުރެ ހަރަދުކޮށް އެންމެ ބޮޑު ގުރްބާނީއެއް ވީވެސް ހަމަ ގާސިމް .ނަސިދަކީ އެއްވެސް ކަމެއް ކުރި މީހެއްނޫން . ވެރިކަމަށް ކުރިމަތި ނުލާނަމޭ ޕާޓީގެ މަގާމްބޭނުމެއްނޫނޭ ކިޔާފަ ޗެއާޕާސަންކުނަ ރައީސްކަމުން ޕާޓީގެ ރައީސް ކަންވެސް ހަމަ ހޯދީ މަކަރުން . އިބުރާވެސް ބޭރުކޮށްލީ ، މުނައްވަރު ވެސް ބޭރުކޮށްލީ ދީދީ އާ އަލްހާނު ވެސް ބޭރުކޮށްލީ އިބޫގެ ސަރުކާރު ވައްޓާލަން ނަސީދު ނުރާވާނެ ކަމެއްނޭގެ .ނަސީދަކީ މަކަރު ވެރިކަމާއެކު ހަސީލަތް ވަރަށް ނުބައިމީހެއް. ގާޒީހައްޔަރު ކުރިފަހަރުވެސް ލިއުނީ ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ ގާނޫނުއަސާސީ ހުއްޓުވި ކަމަށް . މިއީހާދަ ނުބައި ޖަރީމާ އެއްކަމަކު ދިވެހިންނަކަށް އެކަން ތަސައްވުރެއްނުކުރެވުނު .

    9
    3
  7. ޖާސިމް

    ޢެހެންވީމާ ސޭޓު ވަނީ ކަތުރުފަންްޏަކަށްތާ އާޙިރުގަ..

    6
    7