ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިގައި އެންމެ ރަނގަޅަށް ހުރި ހުނަރަކީ އެމަނިކުފާނު ބޭނުންފުޅު ކަމެއް ހާސިލް ކުރުމަށް ބޭނުންފުޅު ވާހަކަފުޅެއް ދެއްކެވުމުގެ ހުނަރެވެ. ބޭނުންފުޅު ކަމެއް ކުރެއްވުމަށްޓަކައި އަމަލުތައް ބަހައްޓަވާ ގޮތަކުން ދެން ނިކުންނާނެ ނަތީޖާ އެއް ރައީސް ނަޝީދަށް މުހިންމެއް ނުވާނެއެވެ. އެމަނިކުފާނު ބޭނުންފުޅުވާ ހަމައެކަނި ކަމަކީ އެމަނިކުފާނު ބޭނުންވާ ކަމެއް ހާސިލް ކުރުމެވެ. އެކަން ކުރުމަށްޓަކައި "ޙައްޤެއް ބާތިލެއް" ރައީސް ނަޝީދަށް މުހިންމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ "ބޮލުގައި ބަޑި ޖެއްސުމުން" ކަމަށެވެ. އެކަން ސަރަހައްދީ ގައުމުތަކުގެ ސަމާލުކަމަށް ގެންނަން 2012 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ނަޝީދު އިންޑިއާ އަށް ދަތުރުފުޅެއް ކުރެއްވެވިއެވެ. އެދަތުރުފުޅުގައި ރައީސް ނަޝީދު "އިންޑިއަން އެކްސްޕްރެސް" ނޫހަށް ދެއްވެވި އިންޓަވިއުއެއްގައި ވިދާޅުވީ "ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ނަރަކައަށް ގޮސްފައި އެނބުރި އަންނަން ޖެހުނަސް އެކަން ވެސް ކުރާނަން." ކަމަށެވެ.

ނަޝީދަކީ ޑިމޮކްރަޓިކް ބޭފުޅެއް ނޫނެވެ. ވެރިކަން ފިޔަވައި އިތުރު އެއްޗެއް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. ވެރިކަން ލިބުމުން ކަން ކުރެވުނު ގޮތުންނާއި އަދި 2013 ގެ އިންތިޚާބުން ބަލިވުމުން ޑިމޮކްރަޓިކް ބޭފުޅެއް ނަމަ ފަހަތައް ޖެހިވަޑައިގެން އެހެން ބޭފުޅަކަށް ޖާގަ ދެއްވީހެވެ.

ރައީސް ނަޝީދު "އިންޑިއަން އެކްސްޕްރެސް" ނޫހަށް ދެއްވި އިންޓަވިއު އިން ވެސް އަދި އޭގެ ކުރިންނާއި ފަހުން ފެންނަ މަންޒަރުތަކުން ވެސް އެނގުނީ ވެރިކަމަށް އަންނަން އެމަނިކުފާނު ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ ކަމެވެ. މިއަދު މިފެންނަނީ ވެސް އެމަންޒަރެވެ.

ރައީސް ވަހީދުގެ ވެރިކަމުން ފެށިގެން އިނގިރޭސިވިލާތް މެދުވެރިކޮށް ކޮމަންވެލްތުގެ ތެރެއިން ސަރުކާރު ނޭވާ ހާސްކޮށްލައިގެން ވެސް ރައީސް ނަޝީދު ކުރަން އުޅުނު މަސައްކަތަކީ ވެރިކަން ހޯދުމެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ރާއްޖެ ކޮމަންވެލްތުގެ މެންބަރު ކަމުން ވަކިވުމުންނެވެ.

މިއަދު އީޔޫ މެދުވެރިކޮށް ދިވެހިންނާއި މެދު ފިޔަވަޅު އަޅަން އުޅެނީ ވެސް ނަޝީދެވެ. އީޔޫ އަށް ދިވެހިރާއްޖެ އިން ބޭރުކުރަނީ ކަނޑުމަހުގެ ބާވަތްތަކެވެ. ދިވެހި ވިޔަފާރިތަކާއި ވިޔަފާރިވެރިންނަށް އީޔޫ އިން ހުރަސް އަޅަން ނަޝީދު ގޮވާލާއިރު އެކަން ތަންފީޒު ކުރުމުން ގެއްލުން ވާނީ ހަމައެކަނި ބޮޑު ވިޔަފާރިވެރިޔާ އަކަށް ނޫނެވެ. އެކަމުގެ ގެއްލުން ރީޓެއިލް ވިޔަފާރިތަކާއި، މަސް ފެކްޓްރީގައި މަސައްކަތް ކުރާ ރައްޔިތު މީހާ އާއި އޮޑިފަހަރުގައި މަހަށް ނިކުންނަ މީހާ އާއި ގޭގައި ދަރިން ބަލަން ހުންނަ އެމީހުންގެ އަނބިންނާއި، ސްކޫލަށް ދާން ތިބި އެމީހުންގެ ދަރިންނަށް ޖުމްލަކޮށް ހުރިހާ ދިވެހިންނަށް ވެސް ކުރާނެއެވެ.

އެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް އީޔޫ މެދުވެރިކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބޭނުމަކީ ދެން ލިބޭ ގެއްލުމަކީ ރައީސް ޔާމީންގެ ސަބަބުން ލިބޭ ގެއްލުންކަމާއި މިމައްސަލަ ހައްލު ކުރެވޭނީ ނަޝީދު ވެރިކަމަށް ގެނެސްގެން ކަން ރައްޔިތުންނަށް ވިސްނައިދިނުމެވެ.

ނަޝީދު މީގެ ދެމަހެއްހާ ދުވަސް ކުރިން އެންމެ ހަރުއަޑުން ދެއްކެވި ވާހަކަފުޅަކީ އިންޑިއާ ސިފައިން ރާއްޖެއަށް އަންނަން ޖެހޭ ވާހަކައެވެ. ނުވަތަ އަސްކަރީ ބާރުގެ ބޭނުން އިންޑިއާ އިން ރާއްޖެއާއި ދެކޮޅަށް ހިފަން ވެއްޖެ ކަމެވެ.

އިންޑިއާ ނުވަތަ އެހެން އެއްވެސް ގައުމެއްގެ ސިފައިން މިނިވަން ގައުމަކަށް އެރުމުން ދެން ވާނެ ގޮތް ދުނިޔޭގެ ހަތަރު ބިތުން އިއްޔެ ވެސް މިއަދު ވެސް މިދަނީ ފެންނަމުންނެވެ. އަފްޣާނިސްތާން، އިރާޤު، ޔަމަން، ސީރިއާ ގައި މިއަދު ހިނގަމުން އެދާ ކަންތައްތައް ރާއްޖޭގައި ތަކުރާރު ކުރަން ނަޝީދު ގޮވާލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

އިރާޤަށް އެމެރިކާ ސިފައިން އަރާ ސައްދާމު ހުސައިން ވެރިކަމުން ދުރުކުރުމަށް ފަހު އިރާޤުގައި ގާއިމު ކުރީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. އެމެރިކާ އިން ބޭނުން ހުރިހާ ކަމަކަށް އާނބަސް ބުނާނެ ސަރުކާރެކެވެ. އިސްތިއުމާރީ ބާރުތަކުން ގައުމެއްގެ ކޮންޓްރޯލް ނަގައިފިނަމަ އަބަދުވެސް އެގައުމެއްގެ ވެރިކަމަށް ގެންނާނީ އެމީހުންގެ ބަސް އަހާ އެމީހުންނަށް ކިޔަމަންތެރިވާނެ މީހެކެވެ.

ނަޝީދަށް ވެސް ޔަގީންވާ ކަމަކީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް އެހެން ބަޔަކު ހަތިޔާރާއި އެކު ރާއްޖެ އައިސް ވެރިކަން ވައްޓާލުމުން ދެން ވެރިކަން ލިބޭނީ ނަޝީދަށެވެ. އެހެންކަމުން ނަޝީދު ދެއްކެވި ވާހަކައިގެ ހަޤީޤީ މަޤުޞަދު މިއޮތީ ފެންނާށެވެ.

މިދިޔަ ހަފްތާގައި ނަޝީދު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ވެސް ރާއްޖޭގައި މުޒާހަރާ ކުރަން ޖެހޭ ކަމަށެވެ. ފަތުރުވެރިން މުޒާހަރާ ކުރަންވީ ގޮތް ވެސް ރައީސް ނަޝީދު ވިދާޅުވެ ދެއްވެވިއެވެ.

ފަތުރުވެރިން ރާއްޖޭގެ ސިޔާސީ މައްސަލަތަކަށް ވެއްދުމަށް ނަޝީދު ކުރާ މަަސައްކަތުގެ މަޤުޞަދަކީ ވެސް ސިޔާސީ މަސްރަހު އިތުރަށް ހަނލަބޮލި ކުރުމެވެ. ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއް ނޫންކަން ދުނިޔެ އަށް ވިސްނައިދިނުމެވެ.

ރާއްޖެ އަންނަ އެންމެ ފަތުރުވެރިޔަކު ވެސް ރާއްޖޭގެ ޤާނޫނަކާއި ހިލާފު ވެގެން ހައްޔަރު ކޮށްފިނަމަ ނަޝީދު ކޮންޓްރޯލް ކުރާ މީޑިއާތަކާއި އެކި ގައުމުތަކުގައި ތިބި ނަޝީދުގެ އެކުވެރިން ބޭނުންކޮށްގެން ޚަބަރު ވަރަށް ބޮޑަށް ފަތުރާލާނެއެވެ. އަދި ދިމާވި ހާދިސާގެ ނާޖާއިޒު ފައިދާ ނަޝީދު ނަގާނެވެ.

ބޭނުމަކީ ދެން ރާއްޖެ އަށް އަންނަ ގޮންޖެހުންތައް އެއީ ރައީސް ޔާމީން ވެރިކަމުގައި ހުރުމުން ކުރިމަތިވާ ގޮންޖެހުންތަައް ކަމަށް ރައްޔިތުންނަށް ވިސްނައިދީގެން އަނެއްކާވެސް ވެރިކަމަށް އައުމަށް މަގެއް ކޮށުމެވެ.

ނަޝީދުގެ އަމަލުތަކުން ފެނި ޔަގީންވަނީ ވެރިކަން ހޯދުމަށްޓަކައި ކޮންމެ ވާހަކައެއް ދައްކަން ޖެހުނަސް، ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން ޖެހުނަސް އެމަނިކުފާނަށް އެއީ މައްސަލައެއް ނޫން ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އަލީ

    މީނަ އަކީ މަގައުމަށް ފާވެފައިހުރި ބޮޑު މުސީބާތެއް

  2. ޑާޑާޑާޑާ

    ފްލެޓްސް ތައް ހައްގު ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ ކެޓެގެރީގެ އެންމެންނަށް އެއީ ޔަގީން ކަމެއް. ދެން އަނެއް ކޮޅުން މަމެން ގަބޫލު ކުރާ ގޮތުގައި ހައުސިންގް މިނިސްޓްރީ އަށް މިހާރު ފްލެޓްްސް ތަަކަށް އެދި ފޯމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ހައްގުވާން ޖެހޭނެ ހައްގު ވާނެ އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް. ކަން މިހެން ހުރުމުން އެމެން ނުޖެހޭނެއޭ އަލުން ފޯރމް ފުރައިގެން ލާން މިޙާރު ފޯމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭން ޖެހޭނެއޭ ދެޓްސް އަވަރ ސްޓޭންޑް އިޓްސް ނޮޓް ގޮނާ ޗޭންޖް އަންލެސް ޔޫ ޝޯ އަ ބެޓަރ ވޭ ފޯރ އިޓް. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ސަމްބަޑީ ހެލްޕް މީ އޮން ދިސް އީކްއޭޝަން..

  3. ރައްޔަތު މީހާ

    މިކަލޭގެ ހައްޔަރު ކުރުން ކިހިނެއްވާނެތަ؟ ރައްޔިތުމީހާ ދާއިމަށް ޖަލުގައިބޭއްވިދާއިރު މިކަލޭގެ އާއި މިކަލޭގެއަށް ވާގިވެރިވާ މީހުން ދުނިޔޭގެ އެތައްމިތަނުގައި

  4. Anonymous

    ވެރިކަން ފިޔަވައި އިތުރު އެއްޗެއް ޔާމީނު ބޭނުންފުޅެއް ނުވެއެވެ. 2 ފަނޑިޔާރުން ވަގަށް ނަގައިފި
    ތާކުން ބުޅަލެއް ގޮވާލިޔަސް އެބަ ޖަލަށްލާ ނުވެސް ނެތް ކަންކަމުގެ ތުހުމަތުގަ

  5. އަލިބެ

    އަންނިބޭ އިގެރޭސި ވިލާތަށް ދިޔައީ ދަރިގެ ޓެސްޓް ޕޭޕަރު ޓެސްޓްގެ ކުރިން ގަނެލާ ބައެއް ފައްޅިތަކުން ފާދިރީން އަތުން ވެސް ލާރިކޮޅެއް ހޯދާގެން ނޫން ގޮތަކަށް ދެން ގޭމެއް ނުޖެއްސޭނެ

  6. ޏހދހަޖ

    ޢަންނި އަށް ދަންނަވާލަން ބޭނުމީ ރާއްޖޭގެ ރައްޔިތުންނަށް ގެއްލުމެއް ލިބޭ ކަހަލަ ކަމެއް ކަލޭގެ މިއްލަތުގެ މީހުން ލައްވާ ކޮށްފާ ހީނުކުރައްޗޭ ކަލޭގެ އިސްތައްޓެއްވެސް މިގައުމުގަ ޖައްސާލެވޭނެ ކަމަށް. މީލައްކަ ވާހަކަ.

  7. ޓިނު ދޮންކެޔޮ

    ތީ ގަޓު ރައީސުންނަކީ.. ޔާމީނަކީ ރަނޑެއް! ޕަކާސްސް

    • ޙާފިޒް

      ކެނަރީގޭ ނަސީދަކީ ލާދީނީ ފައްކާ ކަނޑު ކޮހެއް އިސްލާމްދީނުގެ އަދުއްވެއއ އަިސްފިއއޔާ ކުޑަގޮޅި ސަލާމް

  8. ނަސީދު

    މީނަވީގަންހިންގަން

  9. ކަލޭ

    މިލިޔުމުގަ ބަޔާން ކޮއްފަ މިވަނީ ހަމަ ޙަޤީޤަތް

  10. ތަރޮށިއޭ

    ކެނެރީގެ ނަޝީދު އޭނާގެންގުޅޭ މާގެށޭ ރަންރީނދޫ ޓްވިޓަރޭ ބަތާހަރާމީ މީ ދެން ރާއްޖޭން ބޭރުން ކިޔަވަން ނަމުގައި ޔުނިވަރސިޓީ ތަކުގެ ވަގުތު ތަކުގައި އެންޖޯއި ކޮށްލާ ފޭކް ސެރޓިފިކެޓްސް ތަކެއް ހިފައިގެން ރާއްޖެ އައިސް އެމެންނަކީ ދެން މާމޮޅު ގަމާރުން ކަމަށް ދެއްކެން މަސައްކަތް ކުރާ ތެޔޮ ބިޑި ބޮއި ގަންޖާ ބޮއި ފެން ބޯ ގޮތަށް ފެގް ބޮއިގެން އެއިން ބޮޑީ ކޮންޓްރޯލް ކޮށްގެން އުޅޭ ދެ ބުރާންތިންނޭ. މިބީތާއިންނަށް މިރާއްޖެ އަށް ގެނެވޭނެ ޑިމޮކްރަސީ އެއް ނޯންނާނެއޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ފަދަ ކަންޓްރީ ސައިޑް ލޯލެވެލޭ މެން ބުނާ ގޮތަށް މަމެން ހަދަން ނުޖެހޭނެއޭ ނުވެސް ހަދާނަމޭ އަދި ތަމެން ބޭނުންވާ ފޭކް ޑިމޮކްރަސީ އެއް ވެސް ކުޅަދާނަ އެއް ނޫނޭ ދެން މިރާއްޖެ އަށް ގެންނާން ބަދައްވާ. ތަ ރޮށިއޭ ނުކިޔާތި މަމެން ގާތު އިނގޭތޭ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ޓައިޕް އޮފް ބަތާހަރާމީ ދަ ހަރާމްކޯރު ރަންރީނދޫ ޓްވިޓަރޭ ނަގޫކެނޑި ގެ ދެބައޮޑުވާ ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  11. ރަސީދު

    މީރާއްޖެއަށް ޖެހިފައިވާ ބަލާވެރިކަމެއް ތީމުޅިރާއްޖެ ހަލާކުރަމުނަދާ މީހެއް އިރާދަކުރެއްވިއްޔާ މިޤަމުގައި ރައީސް ޔާމީނު ވެރިކަމުގައި ހުރިހާދުވަހަކު ތިޔައަނަިއަކާސް ވޭނުނަވާހާކަމެއްކުރުމުގެ ފުރުސަތުނުދޭނޭ ސާބަސް ރައީސް ރައީސް ޔާމިނުއަށް

  12. ފިލި

    އަހާ މީކާކު ކީކޭ އަޑުނުއިވުނު.

  13. ވަގުންނޭ

    ކެނެރީގެ ނަޝީދު ރާއްޖޭގައި ވެރިކަން ކުރި 3 އަހަރު އޭނާ ބެލީ ދައުލަތުގެ ޚަޒާނާ ދަވާލައިގެން އޭނާގެ ބައްޕަ މާލޭގެ ވިޔަފާރިވެރިންނަށް ކުރިއަށް އޮތް 100 އަހަރަށް ދަރާ ވިކިފައިވާތީވެ އެދަރަނިން ސަލާމަތް ކުރެވޭތޯއޭ އެގޮތުން އޭނާ އެ ދަރަނިން ސަލާމަތް ވުމަށްޓަކައި އިންޑިއާގެ ޖީއެމްއާރަށް އެއާރޕޯރޓް ފުރަތަމަ ވެސް ވިއްކާލީ އޭނާ އަށް 1000 މިލިއަން ޑޮލަރުގެ ކަޓެއް ލިބޭގޮތަށް އެފައިސާ އޭނާ އަށް ދޭން ޖެހެނީ 10 އަހަރު ދުވަސް ތެރޭގައި ކަމަށް ޖީއެމްއާރާއި އޭނާ އާއި އެކު ވެފައިވާ އެއްބަސްވުމުގައި އޮތީ. އެއީ އޭނާ އަށް ކޮންމެ އަހަރަކު އެޑްވާންސް އަށް 100 މިލިއަން ޑޮލަރު ޖީއެމްއާރުން ދޭ ގޮތަށޭ އެކަން ރޭވިފައި އޮތީ. އެހެންވެ އޭނާ އުޅުނީ އެ މަޝްރޫއުގެ ދަށުން މާލޭގެ މަޖީދީމަގު ވެސް ވިއްކާލައިގެން ކަޓް ކާލެވޭތޯއޭ އެކަން އޭނާ އަށް ނުވީއޭ. މަމެން ޕިންކީން މިހާރު މިދަނީ އޭނާ އުކުރި ވައްކަން ތައް ރިކަވަރ ކުރަމުން ރާއްޖެ ލިޓިލް ޓޯކިޔޯ އަށް ބަދަލު ކުރަމުންނޭ. އެހެންވީމާ 24 ގަޑިއިރު ފިހާރަ ތައް ހުޅުވައިގެން ނަމަވެސް އެބަޖެހެއޭ ގަންޖާބޯ މިރާއްޖޭގެ ބައިތުލް މާލިއްޔާ އިން ކުރި ވައްކަން ފޫބެއްދޭތޯ ދޯ. އެނަގޫކެނޑި މިރާއްޖޭގެ ވެރިކަމާއި ހަވާލުވެގެން ކުރީ ހަމަ ސީދާ ވައްކަމޭ ޑީބީ މެން ފަދަ ފަސްމާމުލު ފަސް ވަގުން ގޮވައިގެން ފޯ.

  14. ޙަސަނު

    އެކަލޭގެ ހައްޔަރުކުރޭ

  15. އަޙުމަދު

    މިކަލޭގެ ދުނިޔޭގައި ހުރިހާހިދަކު، މި ރާއްޖޭގެ އެހެން އެއްވެސް ވެރިއަކަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދޭނެ! ޤައުމާއިގެން ކުރިއަށްދިއުމުގެ
    ޙުރިހާ ދަތިތަކާ ހުރަސްތައް އެޅުމުގެ ހުރިހާ މަގެއް ފަހިކުރާނެ! މިކަލޭގެ އަށް ވެރިކަން ލިބުމުގެ މަގު ފަހިކޮށްދިނީ މައުމޫން! މިޒިންމާ މައުމޫން އުފުލަން ޖެހިވަޑައިގަންނަވާނެ!

  16. ޑާޑާޑާޑާ

    މާލޭގެ މަގުމަތީގައި ތޮށް ޖެހުމުގެ ކަންކަން ހައްލު ކުރަންއޭ ކިޔާ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަންކަން ކުރީ އެއީ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ ސަރަނގޭ ފަދަ ކަނޑުކޮހަކު މެދުވެރިކޮށް އެވެ. މިހާރު މަމެން ޕިންކީން މާލޭގެ މަގުމަތީގައި ކޮންޖެސްޝަން ކަނޑުވާލަން ކުރާ ކަންކަމަކީ އެއީ އިނޮވޭޓިވް ބައި މީންސް ފީލްވާނެ އުސޫލުން މަމެން ކުރާ ކަމެކޭ އެކަން ދަނީ ފެންނަމުން ނޫންތޭ މިހާރު ވެސް އާންމުންގެ ބޮޑު ތަރްހީބެއް ވެސް އެކަަމަށް ލިބިއްޖެއޭ އަދި މިކަމުން ދުނިޔެ އަށް މިސާލު ވެސް މަމެންނަށް ދައްކާލެވިއްޖެއޭ ދެން ދުވަސް ކޮޅަކުން ސިންގަޕޯރ ވެސް ކޮޕީ ކުރާނީ މަމެން ޕިންކީންގެ ތިއަރީއޭ މީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ފަދަ ގަމާރު ސިކުނޑި ތަަކަށް ނަގައިގަނެވޭނެ ކަންކަމެއް ނޫނޭ. ތަމެން ތިބެބަލަ ގޭގައި ހަނޑޫހޮވާލަ ހޮވާލާ ބަދިގޭގައި. އައި ކާންޓް ޓޭކް ދިސް ބަލާ ބޮޑު ރަންރީނދޫ ޓްވިޓަރޭ ސްޓަފް ނޯމޯރ. ކޮންކުއްޖެއްތޭ އެއީހެއް ވާނީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް ޑާޑާޑާޑާ...

  17. ލިވްއިން

    މާލޭގެ މަގުތަކުގައި ވެހިކަލްސް ތައް ކޮންޖެސްޓް ނުވާނެ އުސޫލުން ހަމަ އެކަނި އެކަން އިނޮވޭޓިވް ބައި ޕާރފެކްޓް ވޭސް މިއުސޫލުން ހަމަ އެކަނި މިކަން މިކުރަން ފެށީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން އެކަނިއޭ. މަމެން މިހާރު މިގެންދަނީ އެއީ ސްޓޭޖް އެކެއް ސްޓޭޖް ދޭއްގައި އޮތީ މާލެ އާއި ފުނަދޫ އާއި ދެމެދު އޮތް ތިލަ ކަނޑުއޮޅި ހިއްކާލާ އެތަނުގައި 100 ބުރިއަށް ޕާރކިންގް ބިލްޑިންގްސް ތައް ހަދާ އަދި މާލޭގެ މަގުތައް 10 ބުރިއަށް ނަގާ މަތީގައި ގްރައުން ފްލޯރ އަކީ އެއީ ހަމަ އެކަނި ހިނގަން އޮންނަ ތަނަކަށް ހަދާ ދެން ހުރި ފްލޯރސް ތަކުގައި އެކަނި ދުއްވާ އެއްޗެހި ދުއްވާ ގޮތަށް ހެދުމޭ. މަމެން ޕިންކީން މިކަން ކުރާނަމޭ ޗައިނާ އާއި ގުޅިގެން. މޭކް އަ ލިޓިލް ޓޯކިޔޯ ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް. ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން.

  18. ޑާޑާޑާޑާ

    ވިޔަފާރި ތައް އަލުން 24 ގަޑިއިރަށް ބަދަލު ކުރުން އެއީ ރަނގަޅު ކަމެކޭ ރަންރީނދޫ ޓްވިޓަރޭ މެން ފަދަ ރާއްޖެތެރޭ މައިންޑް ހުންނަ މީހުންނަށް ފައިގެ ބޮޑުވާއިނގިއްޔަށް ވުރެން ދުރަށް ނުވިސްނޭނެއޭ ބިކޮޒް ދަ ރާއްޖެތެރޭ މީހުންނަކީ އެއީ ވަރަށް އަމިއްލަ އެދުން ބޮޑު މީހުންނަށް ވާތީއޭ. ދަ ރާއްޖެތެެރޭ މީހުން ނޫންތޭ އެރަށުގެ ފަޅު ތެރެއަށް ވަންނަ މުށި މަސް އައިނު ވެސް ކުދި ބޮޑު އެންމެން ވެގެެން ދާ ޖަހައިގެން ނަގަ ނަގަިއގެން ރިހަގަނޑު ކައްކައިގެން އަނގައިން ޗައްޕް ޗައްޕް އަޑު ގޮއްވަމުން ކައި ނަގަނީ ދޯ. އެމެންނަށް ނޭގޭނެއޭ ގައުމެއްގެ ތަރައްގީ ކޮށް ލިޓިލް ޓޯކިޔޯ ފެންވަރަށް މާލެ ގެންދާނެ ގޮތް. އެކަން ކުރެވޭނީ 24 ގަޑިއިރު ފިހާރަ ތައް ވެސް ހުޅުވައިގެން ނޭ މިކަން ޖެހޭނެއޭ ސަރުކާރުން ލާރޖް ކޮށް ޖައްސާ ރަންރީނދޫ ޓްވިޓަރޭ މެންނަށް ބޯންދީފައި ނަމަވެސް މިކަން ކުރަން އައި ނީޑް ޓު ޑޫ ދިސް. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ރައިޓް ފޯރ މީ އައި ކޭން ޓޭކް 24 ގަޑިއިރު ފިހާރަ ހުޅުވާ ސީން އޯލްވޭޒް ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާާޑާޑާ ޑާޑާޑާޑާ ޑޯންޓް ޑޯންޓް ޑޯންޓް ގިވް އަޕް ޑޯންޓް ގިވް އަޕް ޑޯންޓް ގިވް އަޕް..

  19. أحمد.

    މި ނުލަފާ ކެނެރީގޭ ނަޝީދުގެ ދުލާއި އަތުގެ ނުބައިކަމުން ﷲ އަޅަމެން ރައްކާތެރި ކުރައްވާނދޭވެ أمين

  20. ބާއުކަލޯ

    ކޯޓް ތައް ހުޅުޖެހި ލުއްޗޭ ލަފަންގޭ ރާއްޖެ އާފެހޭ ވެށެ ދަށިބާވައި ކެށެ ހިލަލާނެއި

  21. ޝީހޭޒް

    ދުވަސްތަކެއް ވަންދެން ޑިޕްރެޝަނާ ހަނގުރާމަކުރިން ކަމަށް ރޮކް ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކޮންމެ މީހަކު ވެސް ލައިފް ގައި ދިރިއުޅުން މުއްސަނދި ވަމުން ދާ ވަރަށް އަދި ގިނައިން ފައިސާ ލިބި މުދާ ވެރި ވަމުން ދާ ވަރަށް ސްްޓްރެސް ފުލް ވާނެއޭ ބިކޮޒް އެއީ އެމެން ދެން އަނބުރާ ފަގީރު ކަމަށް ދާން ބޭނުން ނުވާތީއޭ. މުއްސަނދި ކަމުގެ ތެރެއަށް ބޯންވެ މުއްސަނދި ކަމުގެ ތެރޭގައި އުޅޭ މީހުން ބޮޑަށް ބޭނުންވާނީ މަޖާ ކޮށްގެންނާއި އެންޖޯއި ކޮށްގެން އެމެންގެ ސްޓްރެސް ރިލީޒް ކުރަންއޭ އެއީ އެންމެ ބޮޑު މައްސަލަ އެމެންނަށް ދިމާވާކަމަކީ ސަބަބަކީ އެމެން އުއްމީދު ކުރާ ވަރަށް އެމެންނަށް ލައިފް އެންޖޯއި ނުވެވޭނެއޭ ނަތީޖާ އަކީ ސްޓްރެސް އަށް ގޮސް ޑްރަގްސް އަށް ދިއުމޭ ދެން އެ ފަތަން ފެށީ އޯޝަން އޮފް ސްޓްރެސް އެއްގެ ތެރޭގައޭ އެއީ އޭ ދިވެހި މުއްސަނދިންގެ އަންހެން ކުދިން ފެގް އެވަރަށް ބޯ ކަމަކީ ސަބަަބަކީ އެމެން ބޭނުންވާ ވަރަށް އެމެން މަޝްހޫރުވެ ޕަބްލިކް އިން އެމެން ރޯލް މޮޑެލް އެއް ކަމަށް ނުދެކޭތީ. ވަކި ފެންވަރަށް ކިޔެވުނީމާ އަންހެން ކުދިންނަށް ހީވަނީ ޓަފް ސްޕެޝަލީ ހެވިލީ ސްކިލްޑް ކެރޭ ފިރިހެނުން ނާއި އެމެންނަށް ޗެލެންޖް ކުރެވިދާނެ ކަަމަށޭ އެކަން ކުރަން އެމެން ދިމާ ކުރުމުން އެމެންގެ ޖެހެނީ 24 ގަޑިއިރުގެ ބްރެއިން ޓެސްޓިންގް ގޭމްސް ތައް ގޯ ތްރޫ ކުރަންއޭ ނަތީޖާ އަކީ އެމެންނަށް ވުރެން މަތިން ދާ ކަންކަން ކަމަށްވާތީވެ އެމެންގެ ސިކުނޑި އޯވަރ ފްލޯވެ އެމެން 24 ގަޑިިއިރު ސްޓްރެސް އަށް ގޮސް މީހާ ރިބާރތް ކޮށްދެނީ އެއީ ސްޓްރެސް ފުލް ވުމެން އަށޭ. އިޓްސް ޖަސްޓް ދަވޭ އިޓްސް ހެޕެެނިންގް ހޭވް ޓު ކެޗް ދަ ސީން އޮފް އިޓް..

  22. ޖައްސަބަލަ

    ސަރުކާރުން މާލޭގެ ޓްރެފިކްގެ މައްސަލަ ތައް ހައްލު ކުރަން މުދާ ނެރޭ ގަޑިތައް ބަދަލު ކުރުމުން އެކަން އެއީ ރަނގަޅު ނޫން ކަމެއް ކަމަށް ދައްކަން އުޅެނީ އެއީ މިހާރު ނޫހުންނޭ. މިހާރު ނޫހުން ބަލަނީ މަމެން ޕިންކީންގެ ސަރުކާރު ވައްޓާލެވޭނީ ރައްޔިތުންނާއި ސަރުކާރާއި ޖައްސައިގެން ކަމަށްވާތީވެ އެމެންނޭ މަޖޫރީންނަށް ވަސްވާސް ދީގެން ނޮއިސް މޭކް ކޮށްގެން މިހާރު ނޫސް މެދުވެރިކޮށް ރައްޔިތުންނާއި ސަރުކާރާއި ޖެހޭ ގޮތަށް ޚަބަރު ގެނެސްދެނީ. ދެން ދިރާގުން ކީއްވެތޭ ސްޕޮންސަރ ދޭން ޖެހެނީ މިހާރަށް ދެން ބީއެމްއެލް އިން ކީއްވެތޭ މިހާރަށް ސްޕޮންސަރ ދެނީ އެކަން ޖެހޭނީ ހަމަ މިހާރުން މިހާރަށް ޖެހޭނީ އެކަން ހުއްޓާލާ މިހާރު ނޫހާއި ދެކޮޅަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅަންއޭ އެއިރުން އެމެން މުލުން ލުހިގެން އަންނާނެއޭ. މީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަން ޖެހޭނެ ކަމެކޭ.

  23. ޝީއިޒްޝީ

    ކެނެރީގެ ނަޝީދާއި ރަންރީނދޫ ޓްވިޓަރޭ މެން އެއުޅެނީ ތެޔޮ ބިޑި ބޮއިގެން މާލޭގެ މަގުމަތީގައި އެނބރެވޭތޯ އޭ އެކަން ކުޅަދާނަ އެއް ނޫނޭ އެބަތާހަރާމީން ނަށް ކުރަން.

  24. އައިވިޝް

    ސްކޫލުތަކުގައި ޕްލާސްޓިކް ބޭނުންކުރުން އާދިއްތަ އިން ފެށިގެން މަނާ ކުރާނަމަ ދުނިޔެ އިން މިހާރު އެމެން އަލިފުދާލުގެ ތެރޭން ފަތުރާ ޕްރޮޕެންޑާ ގައި މަމެން ބައިވެރި ވެވުނީއޭ ތިމާވެށި ހިމާޔަތް ކުރާ ނަން ނުވަތަ ލޭބަލް ބޯރޑް ލިބެން. ޕްލާސްޓިކް އެމެޓީރިއަލްސް އިން އުފައްދާ ހުރިހާ ތަކެއްޗަކީ އެއީ ތިމާވެއްޓަށް ގެއްލުން ދޭ އެއްޗިއްސޭ ނުބުނެވޭނެއޭ ސުޕާރީ ޕެކެޓްސް އެއީ ގެއްލުން ދޭ އެއްޗެކޭ އެކަމަކު ބޯން ބޭނުން ކުރާ ފެންފުޅި ޕްލާސްޓިކް އިން ހަދާފައި ހުރުމާއި ހަމަ އެފުޅި ބިއްލޫރިން ހަދާފައި ހުރުމާއި މިދެފުޅިން ބަލާނަމަ މޫދުގައި ނުވަތަ ކަނޑުގެ އަޑިއަށް ނުވަތަ މޫދުގެ ފަރުތަކަށް ގެއްލުން ދޭނީ ޕްލާސްޓިކް ފުޅިއެއް ނޫނޭ ގެއްލުން ދޭނީ ބިއްލޫރި ފުޅިއޭ. ސަބަބަކީ ބިއްލޫރި ފުޅި ފަރު މައްޗަށް އުކާލުމުން އެ ފުޅިއަޑިއަށް ގޮސް ފަރު ގެ މުރަކަތަކުގެ ތެރޭގައި އޮންނާނެއޭ ހަލާކު ނުވެ 1000 އަހަރު ދުވަސް ވިނަމަވެސް އެކަމަކު ޕްލާސްޓިކް ފުޅި ނުދާނެއޭ ކަނޑުގެ އަޑިއަށް. އައި ވިޝް އިޓްސް ޓުއިސްޑޭ އައި ޑޯން ހޭވް ޓު ސޭ މޯރ.

  25. Anonymous

    ވަގުތުނޫސް ކިޔާނެ މީހަކު ނުވެގެން ކަމެއް ކޮށްލީދޯ. ނަޝީދު އޭ ކިޔަިގެން ނުލިޔެ ކަލޭމެންނަށް ނުވެސް ނިދޭނެ.

  26. ޙުސައިން

    މި ލިޔުން ލިޔުނު މީހާ އައިސް މިއުޅެނީ ނަރަކަޔަށް ގޮއްސަ ބާވައޭ ހިތަށްއަރާ... މީނަގެ ހުރި މުނާފިގު ކަމާއި ޖާހިލުކަން ހިތަށް އަރަނީ..