ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރެވޭނެ ވަރަށް ގިނަ ގޮތްގޮތް އެބަހުއްޓެވެ. ރައީސް ނަޝީދުގެ ސިޔާސީ ދުރު ހަޔާތުން ފެށިގެން އައިސް 2012 ވަނަ އަހަރު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށް މެދުވެރިވި ސަބަބުތަކާއި، އިސްތިއުފާ ދެއްވުމާއި އަދި އެއަށް ފަހު ދެން މިހާރު އެކުރައްވާ ކަންތައްތައް އެންމެ ރީއްޗަށް ސިފަކުރެވެން އޮތީ ހުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ޅެން ބައިތަކުންނެވެ.
އެޅެންބައިތުގައި ބުނެފައި އޮންނަނީ
"ވަޅި ނެރޭ ތަން ދެކެފައި ހާ ކުޅައޭ އަސްތަޣުފާރު"
"މަޅިފަތީގައި ޖެހުމުން ކުކުޅު ޙަރާމް ކުޅައެ އެ ބާޒު"
މިޅެންބައިތުގެ ޞަލާހުއްދީން ލިޔުއްވާފައިވާ ވާހަކައިގެ މާނައަކީ އަޖަލު ޖެހުމުން އަނިޔާވެރިޔާ ވެސް ވޮޑިގެންވާކަން ހަނދާންވެ އެވެ. ކުށުގައި ބެދުމުން މުޖުރިމާ އޭނާގެ ހިކި ހިތްވަރު ދޫކުރެ އެވެ. އެކަމަކު ސަލާމަތްވެ މިންޖުވަންދެނެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ވެރިކަން ކުރާނެ ގޮތް އެނގިވަޑައި ނުގެންނެވުމުންނެވެ. ދައުލަތުގެ ހަރުމުދާ ވިއްކާ، ލިބުނު ފައިސާ އިން އެމްޑީޕީ މެންބަރުންނަށް ބަހާލައިގެން ވެެސް ވެރިކަން ދިފާޢު ނުކުރެވުނީއެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތުގެ މުއައްސަސާތައް ހިންގުން ބޮއްސުންލައިގެން ދިޔައީއެވެ.
ދައުލަތް ހިންގަން ނޭނގި، ދޮން މީހުން އުޅޭ ގޮތައް ދިވެހި ގައުމު ބަދަލު ކޮށްލަން ކުރި މަސައްކަތް ކާމިޔާބުނުވެ، ފަނޑިޔާރަކު ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް، އޭނާ ދޫކޮށްލަން ކޯޓުން ކުރި ތަފާތު އެތައް އަމުރުތަކަކަށް ކިޔަމަންނުވެ ހުއްޓާ "އެކުށުގައި ނަޝީދު ބެދުނީ" އެވެ. އެހައި ހިސާބުން ނަޝީދުގެ "ހިކި ހިތްވަރު ދޫކޮށްލީ" އެވެ.
ވަރަށް ކިޔަމަންތެރިކަމާއި އެކު ބަސް އެހިއެވެ. ތިމަންގެ ނެތް ފެންވަރަކުން ވެރިކަން ކުރަން ތިމަންނާ ނޫޅޭނަމޭ ވިދާޅުވިއެވެ. ތިމަންނަ ވެރިކަމުގައި ހުރެގެން ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ލިބޭނި ދެރަ އާއި ގެއްލުން ކަމަށް ވެސް ވިދާޅުވިއެވެ. އެންމެ ރަނގަޅު ގޮތަކީ ތިމަންނާ ވެރިކަމުން އިސްތިއުފާ ދީފައި ގެއަށް ދިއުން ކަމަށް ގަބޫލު ކުރެވޭތީ ތިމަން މިއަދު އެގޮތް މިއިހްތިޔާރު ކުރަނީ ކަމަށް ވެސް ވިދާޅުވިއެވެ.
ދެން ވެސް ފެނުނީ ހަމަ ޞަލާހްދީންގެ ޅެން ބައިތުގައި ވިދާޅުވެފައި އޮންނަ މަންޒަރެވެ. ނަޝީދު "ހިކި ހިތްވަރު ދޫކޮށްގެން" ހުރީ މިންޖުވަންދެންނެވެ. މިއަދު އަނެއްކާވެސް ނަޝީދަށް ކުރިން ޖެހުނު ހާލު ހަނދާން ނައްތާލައިފިއެވެ.
ނަޝީދުގެ ވެރިކަން ވެއްޓެން ޖެހޭ ހާލަތައް ދިއުމުގެ އެންމެ އިސް ރޯލެއް އަދާކުރީ ނަޝީދުގެ "އިސްލާމްދީނާއި ބީރައްޓެހި ސިޔާސަތެވެ." އިސްލާމީ އިލްމުވެރިންގެ ބަސް ނަޝީދު ނޭހިއެވެ. ހިކި އެއްޗެއްސާއި ދުރުވެ ބަނގުރަލާއި ކައިރިވުމަށް ނަޝީދު ހަމައެކަނި ހިތްވަރު ދިނީކީއެއް ނޫނެވެ. އެމަގަށް ކަންކަން ފަހިވާނެ ގޮތައް ސަރުކާރުގެ ސިޔާސަތުތައް ވެސް އަނބުރާލިއެވެ. ބޯފެން ލިބެން ހުންނަ ގޮތައް ބަނގުރާ ލިބުން އާންމު ވިއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ބަނގުރާ އާންމު ކުރަން ލައްކަ މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ނުވަނީސް ވެރިކަން ވެއްޓުނީއެވެ.
ކޮންމެ ކަމަކަށް ދީނުގައި އޮންނަ ގޮތައް އަމަލު ކުރުމުގެ ބަދަލުގައި ކޮންމެވެސް އެހެން ހައްލެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވީ ނަޝީދެވެ. އިސްރާއީލާއި ދެކޮޅު ވިސްނުން ދިވެހިންގެ ތެރެއިން ނައްތާލުމަށް ދިވެހި ކިޔަވާ ކުދިންގެ މަންހަޖު ބަދަލު ކުރުމުގެ މަސައްކަތް ކުރި ކަމަށް ވިދާޅުވީ ނަޝީދެވެ. ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާނެ ތަންތަން އެޅުމާއި މެދު ލަފައެއް ހޯދާނެ ކަމަށް ވިދާޅުވީ ނަޝީދެވެ.
މީގެ އިތުރުން ވެސް ނަޝީދު ދެއްކި އިސްލާމްދީނާއި ދުރު އެތައް ވާހަކައެއް ލިޔެވި، ރެކޯޑް ކުރެވި، ވީޑިއޯ ކުރެވިފައި އެބަހުއްޓެވެ. އެވާހަކަތަކުގެ ހަނދާން އާކޮށްލުން ފަހަށް ބާއްވާފައި މީގެ ދެދުވަސް ކުރިން ނަޝީދު އާންމު ކުރި އޯޑިއޯ މެސެޖްގެ ވާހަކަ ދައްކާލަން އެބަޖެހެއެވެ.
ވަރަށް ފާޅުގައި ނަޝީދު އެދެއްކީ ލާދީނީ ވާހަކައެކެވެ. "ދީނަށް އުޅޭ މީހުންނާއި ދީނަށް ނޫޅޭ މީހުންނަށް" ވެސް ރާއްޖޭގައި އުޅެވެން ޖެހޭނެ ކަމަށް ވިދާޅުވެއްޖެއެވެ. ނަޝީދުގެ މައްސަލައަކީ އަދިވެސް "ގަޓް ހުރެގެން ހަޤީޤީ މަޤުޞަދު ހާމަކުރަން ނުކެރުމެވެ." އެގަޓު ނަޝީދުގެ ކިބައިގައި ނެތް ސަބަބު ވެސް ވަރަށް ސާފެވެ. އެއީ ދީނާއި ބީރައްޓެހި ސިޔާސަތަކަށް ގިނަ ދިވެހިން އަދިވެސް ދެކޮޅު ހަދާނެކަން ނަޝީދަށް ވަރަށް ރަނގަޅަށް އެނގުމެވެ. އެހެންކަމުން ނުސީދާކޮށް ދައްކާ ވާހަކައެއްގެ ތެރެއިން މިކުރެވެނީ ކީއްކަން ނޭނގި އަނެއްކާވެސް ވެރިކަން ފުރޮޅާލާ ބާރު ހޯދުން ނޫން އިތުރު އެއްވެސް މަޤުޞަދެއް ނަޝީދުގެ ކިބަޔަކު ނެތެވެ.
ނައްކަވާރު !ކަލޭ ހާދަގަޓްހުރެޔޭ
ޔަޤީން
ބަރާބަރު ލިޔުމެއް. ތަންބްސް އަޕް
ވަޒަނާއި ރަށާ މޮޅުވުން އެދިގެން މިޒަމާނަށް މަތިވެރިވާނޭހެން،
އެންމެން އެކުގައި ވާހެން ފެނިގެން ޢަމަލުން ހެޔޮމަގުތައް ހިފަމާހޭ!
ކިޔަމަންތެރިކަން ކުރިޔަށް ނެރެފާ ނިޔަނެތި ގޮތްތައް ހަމަގެންގުޅޭފާ
އިޔަހޫދި މަކަރުތައް ނެއްތާފާ ވިޔަވެތިކަން ކުރިޔަށް ނެރެމާހާ!
މަތިވެރިވުން އެދިގެން އެންމެތަކުން ކަތިގޮތްތައް ނެތްތާނޭ ގޮތަކަށް
ވަތިވިޔަކަން ލިބުމަށް ދިވެހިތަކުން ދަތިހިތްނުވެ ކުރިޔަށް ހިނގަމާހޭ!
"ޙުސެއިން ސަލާޙުއްދީން"
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ލާދީނީ ފިކުރުތައް ކުރިއަރުވަން ހަދައިގެން ތަމެން އަތަށް މަމެން ކުރި ކަމަކީ ތަމެންގެ ވެރިކަން ގޮއްވާލީއޭ ތަމެން އެއަށް ބަގާވާތް ކިނަމަވެސް އޯކޭ އޭ ތަމެންނަށް ކުރެވޭނެ ކުރާނެ ކަމެއް ވެސް ނޯންނާނެއޭ ދެން ތަމެން މަމެންގެ ވެރިކަން ވައްޓާލަން އުޅުމުގެ ބަދަލުގައި ތަމެން ކޮއްޅަށް ތިބެ ސީލަ ބަލަ ސީލާ ސީލާ ސީލާ ސީލާ ދޯ. ޑޯން ގޯ ލުކް އެޓް މީ ވިދް ދެޓް ލުކް އިން ޔުއަރ އައިޒް ޔޫ ރިއަލީ އާރ ގޮއިން ޑައުން ލައިކް އަ ފެއިލިއަރ އައި ޓޯލްޑް ޔޫ ވަން ޓޫ ތްރީ ފޯރ ފައިވް ތައުޒަންސް ޓައިމް ޔޫއާރ އަ ފެއިލިއަރ ހޭވް ޔޫ ގޯން ނޯ ޝޭމް ޔޫ ލުކިން އިންސޭން. ޔޫ ކާންޓް ވިން ފްރޮމް އަސް އައި ޓޯލްޑް ޔޫ ވަން ޓޫ ތްރީ ފޯރ ފައިވް ތައުޒަންޑް ޓައިމްސް ޔޫ އާރ އަ ފެއިލިއަރ ހެވެންޓް އައި މޭޑް އިޓް ކްލިއަރ ހެވެންޓް އައި މޭޑް އިޓް އޮބްވިއަޒް ހެވެންޓް އައި މޭޑް އިޓް ކްލިއަރ ހެވެންޓް އައި މޭޑް އިޓް އޮބްވިއަޒް ހެވެންޓް އައި މޭޑް އިޓް ކްލިއަރ ޔޫއާރ އަ ފެއިލިއަރ ހަހަހަހާހާހާހާހާ ހޮހޮހޮހޮހޮ ޑާންސް ޑާންްސް ޑާްނސް ޑާްންސް ޑާންސް ޑާންސް ޑާންސް..
ކީއްވެބާ މިއަދު ސީލާ އާ ނުބެހުނީ
މި ބަލާވެރިކަމުން މި ދިވެހި އިސްލާމީ އުންމަތް ރައްކާތެރިކުރައްވާ، މަކަރުވެރި ރޭވުންތަށް ﷲ މިގައު ސަލާަތް ކުރައްވާންދޭ
ކަލޯ ބޮޑު މޮޔައެއްދޯ
މިޤައުމުގެ ހަލާކު މިއިބިލީސް އަށް ބޮޑުވެގެންވާ ކޯފާއެއްޖައްސަވާދެއްވާންދޭ
އާދަމް ނަވާޒައް ދަންނަވަން އޮތީ ކިތަންމެ ވަރަކައް ދެ ކޮޅައް ލިޔުނަސް ދިވެހި ރައްޔިތުން ގެ ހިތްތަކުގަ ވަނީ ހަމަ ކެނެރީ ގޭ މުހައްމަދު ނަޝީދު އޭ . 2018 އިންތިހާބް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން . ދިވެހި ރައްޔިތުންނައް ހެޔޮވެރިކަމެއް ކޮއްދޭނެ.
ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރު ނެރުނު 17 ވަނަ ގަޒިއްޔާ ގައި ވަރަށް ރަނގަޅަށް ބަޔާން ކުރޭ އެންޓިޑިފެކްޝަން ގާނޫނެއް އުފަން ކުރަން ޖެހޭނެ ކަމަށް ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކޮށްގެން ކަޓް ކާމީހުން ކަޓް ކެއުން ހުއްޓުވުމަށް ޓަކައި. އެއްގޮތަަކަށް ވެސް އެގަޒިއްޔާގެ ހުކުމް ގައި ވެސް ނެތޭ ބަޔާން ކޮށްފައި މަޖްލީހުގެ ދެބައިކުޅަ އެއް ބައި މެމްބަރުންގެ އަގްލަބިއްޔަތުން އެންޓިޑިފެކްޝަން ގާނޫނު ފާސް ވާން ޖެހޭނެ ކަމަށް އަދި ފާސް ކުރަން ޖެހޭނެ ކަަމަށް. އެގަޒިއްޔާ ގައި ބަޔާން ކޮށްފައި އޮތީ އެންޓިޑިފެކްޝަން ގާނޫނު ފާސްކުރަން. އެއޮތީ ފާސް ކޮށްފައި. ދެން ބުނެވޭނީ ތިޔާ 12 މެމްބަރުންގެ ގޮނޑި އެއޮތީ ގެއްލިފައިއޭ ދެން އެ އަނބުރާ ނާންނާނެއޭ ގެއްލިއްޖެ އެއްޗަަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނޭ އެެހެންވެއޭ ގެއްލިއްޖެ އޭ އެކިޔަނީ އިނގޭތޭ ތަމެންނަށް. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
މިހާރޯ؟ މިހާރު ހުރިމީހާ ހުރިހާ ގޮތަކުންވެސް ނުބައި ނުލަފައެވެ.
މިހާރު އެމްޕީއެލް ސަރަހައްދުން ރޭގަނޑު މުދާ ބޭރުކުރުން އޯކޭ ދޯ. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތެ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ތަމެން ދަ ރާއްޖެތެރޭ ސްޓޭންޑަރޑް މާލެ އަށް އެޕްލައި ކޮށް ގެން ނުހިނގާނެ ކަން މިހާރު ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ އެޒާތުގެ ސެންސްލެސް ލޭޒީ ބިންމަތި ފައިވާން ދަމަމުން މަގުމައްޗަށް ރަތް ކުޅު ތަޅަމުން ދާ އުސޫލު ޖެހޭނީ މާލޭން ފުހެވެން. އެކަން މަމެން ކުރާނަމޭ. ތަމެން ދެން ސީލަ ބަލަ. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ. ހޭވް ޔޫ ގޯން ނޯ ޝޭމް ޔޫ ލުކިންގް އިންސޭން. ސީލާ ސީލާ ސީލާ ސީލާ. އައި ޓޯލްޑް ޔޫ ވަން ޓޫ ތްރީ ފޯރ ފައިވް ތައުޒަންޑް ޓައިމްސް ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދަ ސީލާ..
ލިޔުން ހަމަ ބަރާބަރު . ވެރިކަން ހިންގަންނޭގުނުވާހަކަ ލިއުއްވި އިރު ކުންފުންޏަކާ ވަޑާންގެ އެއް ހިންގަން ވެސް ނޭގުނު ވާހަކަ ވެސް ލިއުއްވިނަމަ އެމީހާގެ ފެންވަރު ވަޒަން ކޮށްލެވުނީސް .
ވަރަށް ތެދު ލިޔުމެއް. ކެރަފާ މުނާފިގު ނަޝީދަކީ ތުރުކީގައި ނަމަ އެގައުމުގައި ކުރީން ރައީސްކަން ކުރި މުސްތަފާ ކަމާލް އަތާތުރުކު އެވެ.
ކެނެރީގެ ނަސީދުތަ އެމްޑީޕީގަ އެމްމެ ލާދީނި ފިކުރުބޮޑި އެހެންވެދޯ އޭނަޔަށް ތާއީދުބޮޑި
އެހެންވީމާ ލާދީނީ އެމްޑިޕީ ހެހެހހހެހެހެހެހެހހެހެހެ
ނަސީދަކީވެރިކަމަށް ކުފޫހަމަވާވަރުގެ ސަރުތު ހުރިމީހެއްނޫން
އެއަށްވުރެމާގަޅިކަންބޮޑު
ގިނައިން ދައްކަނީ ހަމަނުޖެހޭވާހަކަ