ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެމްޑީޕީގެ ފަރާތުން ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނެވި އިއްޒަތްތެރި މަނިކުފާނެވެ. އެމްޑީޕީގެ ސިޔާސަތަކީ ހަމަހަމަކަމެވެ. އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމުކޮށްދިނުމެވެ.
މިއަދަކީ ރައީސް ޞާލިހްގެ ވެރިކަމަށް 610 ވަނަ ދުވަސް ފުރިހަމަވާ ދުވަހެވެ. އެއް އަހަރާއި އަށް މަސް ދުވަސް ރައީސް ޞާލިހްގެ ވެރިކަމުން ފުރިހަމަ ވެގެން ދިޔައީ އެވެ. ހަމަހަމަކަމާއި އިންސާފުގެ ވަކިކޮޅަކަށް ބަރުނުވެ އޮންނަ އެމްޑީޕީގެ ތިލަފަތުން މިއަދު ފެންނަ މަންޒަރު ބަލާލުމަކީ ވަރަށް މުނާސަބު ވަގުތަކަށް މިވަގުތު ވެއްޖެއެވެ.
މާދުރަށް ނުގޮސް ފާއިތުވި މަހެއްހާ ދުވަހު ފެނުނު ބައެއް މަންޒަރުތަކަށް ނަޒަރު ހިންގާލާ، ހަމަހަމަކަން ފެންނަ ގޮތް ވަޒަން ކޮށްލަމާ ހިންގަވާށެވެ.
މިހާރު އެންމެ ހަރުއަޑުން މިދެކެވެނީ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތަކުގެ ވާހަކައެވެ. ސަބަބަކީ މައްސަލައިގެ ސީރިއަސް ކަމެވެ. މައްސަލައިގެ ނުރައްކާތެރި ކަމެވެ. މައްސަލައިގެ ބިރުވެރިކަމެވެ. އަދި ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބައެއް ބޭފުޅުންގެ ކަށީގައި ޖިންސީ ފުރައްސާރަ ކުރުމުގެ ނުބައި އާދަ އޭގެ އެންމެ މަތީ މިންވަރަށް ހިފާފައި ހުރުމަކީ ވެސް މިވާހަކަ އަޑުގަދަކޮށް ދައްކަން ޖެހޭ އެއް ސަބަބެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތު ރައީސް ޞާލިހްގެ އެންމެ އަރިސް އެއްބޭފުޅާ ކަމަށްވާ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ މައްޗަށް ވަނީ ކުރެވިފައެވެ. އޭނާގެ މައްޗަށް އެތުހުމަތު ނޫސްވެރިޔަކު ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ނަމަވެސް އަދި މިހާތަނަށް އޭނާ އާއި މެދު އެއްވެސް ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ. އާއްމުކޮށް ރައީސް ޞާލިހްގެ ސަރުކާރުގައި ކަމެއް ކުރަން ބޭނުން ނަމަ އެންމެ ފަސޭހަ މަގަކީ ޓްވިޓާގައި އެމައްސަލައެއްގެ ވާހަކަ ގަދައަށް ދެއްކުމެވެ. ހަސަން އިސްމާއިލްގެ މައްސަލައިގައި ވެސް ރައީސް އޮފީހަށާއި އިދާރާތަކުން "ކަހާ ކަންފަތް ހިރުވާވެސް ލީ" ޓްވިޓާގައި މައްސަލަ ހޫނުވުމުންނެވެ.
ނަމަވެސް ހަސަން އިސްމާއިލްގެ ބަޔާނެއް ފުލުހުން ނުނަގައި 18 މަސް ދުވަހު މަޑުކުރުމަށް ފަހު ވިދާޅުވީ މައްސަލައިގެ ތަޙްޤީޤު ލަސްވެ، ހަސަން އިސްމާއިލްގެ ބަޔާނެއް ނުނެގި ލަސްވީ ކޮވިޑް-19 އާއި ގުޅިގެން ކަމަށެވެ. އެހެން ފުލުހުން ވިދާޅުވިއިރު ކޮވިޑް-19 ރާއްޖެ އިން ފެނުނީ ވެސް އެވިދާޅުވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިތާ އަހަރެއް ފަހުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ހަސަން އިސްމާއިލްގެ މައްސަލަ ލަސްވިއިރު، ފުލުހުން ތަޙްޤީޤު ކުރަމުންދާ އެހެން މައްސަލަތައް ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. މިސާލަކަށް ބަލާނަމަ އެމްއެމްޕީއާރްސީ މައްސަލައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަރަށް ހާއްސަ މައްސަލައެއް ކަމުގައި ދެކެވަޑައިގެން، ކުރެއްދޫ ރިސޯޓުން ފަތުރުވެރިޔަކު ފުރުވާލި މައްސަލަ ވެސް ތަޙްޤީޤު ކޮށްލީ ކޮވިޑް-19 ބާރަށް ފެތުރެމުން ދަނިކޮށެވެ. އަދި އެއީ އެރިސޯޓް މޮނިޓަރިންގެ ހާލަތުގައި އޮއްވާ ފުލުހުން ރިސޯޓަށް ފޮނުވައިގެންނެވެ.
އެހެންކަމަށް ވާއިރު ތިވިދާޅުވާ ހަމަހަމަކަމާއި އިންސާފުވެރިކަން ކޮބައި ހެއްޔެވެ؟ އެމްޑީޕީގެ ދިދައިން ފެންނަ ވަކިކޮޅަކަށް ބުރަނުވެ ސީދަލަށް އިންނަ ތިލަފަތް މިހާރު އެބަފެނޭ ހެއްޔެވެ؟
ދެން އޮތީ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައެވެ. އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކްވެ، އޯޑިއޯތަކުގެ ވާހަކަތައް މީޑިއާގެ ފަލަ ސުރުހީން ޖާގަ ހޯދިއިރު ވެސް ރައީސް ޞާލިހަށް އެއީ ސީރިއަސް މައްސަލައެއް ކަމަށް ފެނިވަޑައެއް ނުގެންނެވިއެވެ. އޭގެ މާފަހުން ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އެމަނިކުފާނާއި ބައްދަލުކޮށް ދެއްކެވި ވާހަކައެއްގެ ސަބަބުން އިންތިހާއަށް ކީރިތި ކުރެއްވެވި، އަލީ ވަހީދު އިސްތިއުފާ ދެއްވަވަން އެންގެވީއެވެ.
އަލީ ވަހީދާއި މެދު "ގަޓު ނިންމުމެއް" ނިންމަވަން ރައީސް ޞާލިހަށް ކެރިވަޑައި ނުގެންނެވިއިރު، ވަޒީރުކަމުން ވަކިކުރުމަށް ވުރެ ވެސް ހުތުރުކޮށް އޭނާ އާއި މެދު ކަންތައްތައް ކުރީވެސް ހަމަހަމަ "ޒީރޯ ޓޮލަރެންސަކުން ނޫނެވެ." ހަސަން އިސްމާއިލްގެ މައްސަލަ ކޮވިޑް-19 ގެ ސަބަބުން ތަޙްޤީޤު ނުކުރެވުނުއިރު އަލީ ވަހީދުގެ މައްސަލަ ކޮވިޑް-19 ބާރަށް ފެތުރެމުން ދަނިކޮށް ތަޙްޤީޤު ކުރަމުން އެގެންދަނީ ފަސްވަނަ ގިއަރުގައެވެ.
ދެން އޮތީ ޓްއަރިޒަމް މިނިސްޓްރީގެ އެހެން ވެރިންގެ މައްސަލައެވެ. އެމިނިސްޓްރީގެ ސިޔާސީ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް ރައްޔިތުންގެ ޓެކްސް ފައިސާއިން "ނާޗަރަންގީ ކުޅެ" ކޮޓަރިއަށް ޒުވާން ޖިންސުންލަތީފުންތަކެއް ވައްދައިގެން ކަންތައްތަކެއް ކުރިކަން ޝައްކަތް ނެތް މިންވަރަށް ޔަގީނެވެ. ނަމަވެސް އެބޭފުޅުންގެ މައްސަލައެއް ބެލޭ ކަމަކަށް ނުވިއެވެ. އެއިން ބޭފުޅަކާއި މެދު އެންމެ ކުޑަވެގެން އިދާރީ ފިޔަވަޅެއް ވެސް އަޅަން ރައީސް ޞާލިހަށް ކެރިވަޑައެއް ނުގެންނެވިއެވެ.
"ރޯޔަލް ރޭޕް" މައްސަލަ ވެސް އޮތީ އެވެ. ނިކަމެތި ރައްޔިތު މީހާގެ "ހަކުރު ޕީސްކޮޅަކާއި އެކު" ހައްޔަރު ކުރި ނަމަވެސް ފޮޓޯ އާއި ވަނަވަރު ހާމަކޮށް، ފުލުހުން ތަޙްޤީޤު "ރާސްޓަސް" ކިޔާފައި ނިންމާލައެވެ. ނަމަވެސް "ރޯޔަލް" މީހުންގެ މައްސަލަ އޮތީ ގާތްގަނޑަކަށް ބުރަކި ޖެހިފައެވެ. މައްސަލަ ފެންމަތިވިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވަނިކޮށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ސާފުވި އިތުރު އެއްވެސް ކަމެއް ނެތެވެ.
މިކަންކަން މިހެން ހުރުމުން ފެންނަނީ ރައީސް ޞާލިހްގެ ސަރުކާރުގައި އެމްޑީޕީގެ ހަމަހަމަ ކަމުގެ ތިލަފަތް އެއްކޮޅަށް މާބޮޑަށް ބަރުވެފައި އޮންނަ މަންޒަރެވެ. ހަމަހަމަކަމެއް ނެތެވެ. އިންސާފުވެރިކަމެއް ވެސް ނެތެވެ. އެވިދާޅުވާ "ޒީރޯ ޓޮލަރެންސް" އަށް ވެސް ދެނީ ފެންކައްކާ ބޮލީގެ އިއްޒަތެވެ. އެއީ ރައީސް ބޭނުންފުޅުވީމަ ބޭނުންކުރަން، ބޭނުންފުޅު ނޫންވީމަ ބޭނުން ނުކުރަން ގެންގުޅުއްވާ ސިޔާސަތެކެވެ.
ތިލަފަތް ރަމްޒަކަށް ނަގައިގެން މި ޤައުމު ފަނާކުރުމުގެ ވިސްނުމުގައި އަމިއްލަ އެދުމުގެ މައްޗަށް ފޯވެފައިވާ ވަލުޖަނަވާރުން ތަކެއް ފަދަ ވެރީން ތިބި ފާޓީ އެއް އެމްޑީޕީ އަކީ. އެ ވެރީންގެ ބޭނުމަކީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް މި ޤައުމު ބޭރު ޤައުމަކަށް ދަރައި ވިއްކާ އެ ވެރީން ޔޫރަޕްގެ ބޮޑެތި ސިޓީތަކުން އެޕާރޓްމަންޓްތައް ގަނެ ގައުމު ވިއްކާލާ ގަދުބަޑުކޮށް ފިލުން. މިކަން އެމްޑީޕީ ސަޕޯޓަރުންނަށް ވިސްނޭނީ މި ޤައުމު އަލުވެތިކޮށް އެމީހުންގެ އަބިދަރީންވެސް ގައުމެއްގެ އަޅުންނަށް ވާ ދުވަހު..
ތިލަފަތް ރަމްޒަކަށް ނަގައިގެން މި ޤައުމު ފަނާކުރުމުގެ ވިސްނުމުގައި އަމިއްލަ އެދުމުގެ މައްޗަށް ފޯވެފައިވާ ވަލުޖަނަވާރުން ތަކެއް ފަދަ ވެރީން ތިބި ފާޓީ އެއް އެމްޑީޕީ އަކީ. އެ ވެރީންގެ ބޭނުމަކީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް މި ޤައުމު ބޭރު ޤައުމަކަށް ދަރައި ވިއްކާ އެ ވެރީން ޔޫރަޕްގެ ބޮޑެތި ސިޓީތަކުން އެޕާރޓްމަންޓްތައް ގަނެ ގައުމު ވިއްކާލާ ގަދުބަޑުކޮށް ފިލުން. މިކަން އެމްޑީޕީ ސަޕޯޓަރުންނަށް ވިސްނޭނީ މި ޤައުމު އަޅުވެތިކޮށް އެމީހުންގެ އަބިދަރީންވެސް ގައުމެއްގެ އަޅުންނަށް ވާ ދުވަހު
ތިޔަވިދާޅުވާ ތިލަފަތް ރަގަޅުވާނީ ގުއިރޭން
ބޮޑުވަރު
އިންސާފާ ހަމަ ހަމަ ކަމޭ ކިއައިގެން ވެރިކަމައް އައި މީހުން، ވެރިކަމައް އައިސް އިންސާފް ރޭޕްކޮއް މަރާލީ...
ޢިންސާފް ލިބެނީ ރީނދޫ ކުރިންނައް އެކަނި..
މުނާފިގު ތިލަފަތް.
ރޯޔަލް ރޭޕުތަށްވެސް މިވަނީ ރޯޔަލް ލުތުފީގެ އެމްބަސީ ދަރަޖަ ދެއްވާފަ ވެރިކަމުގެ އާރާއިބާރު ވެސް މި ވަނީ މަޖިލީހުގަ އިންނަ ދެބަންދިހާރުވެފަ އިންނަ މީހަކަށް ވެދުމަށް އަރުވާފަ ނުވިއެއްނު އަވަހަށް ފައިބާ....
އެމްޑީޕީ ބުއްޅާއަށް މޮޔަވެފައިވާ ބައިގަނޑަށް ދުވަހަކުވެސް ނުވިސްނޭނެ. އެމީހުންނަށް "މިނިވަން"ކަމަކީ ދީނުންބޭރުވުމުގެ މިނިވަންކަމާއި އެލްޖީބީޓީއާއި ޒިނޭކުރުމާއި ރާބުއިމާއި ކެސިނޯއާއި ޕާޓީކުރުމާއި ޑްރަގް ބޭނުންކުރުމާއި އޮރިޔާމުން އުޅުމުގެ މިނިވަންކަމާއި އިންޓަރެސްޓްގެ މުއާމަލާތްތައް ހުއްދަ ކުރުމާއި ހުޅަނގުގެ އެންމެހާ މުޑުދާރު ކަންކަން. އިސްލާމްދީނަކީ މިބައިގަނޑަށް އަޅުވެތިކަން. ހުޅަނގުގެ މިމުޑުދާރުކަންކަން ކުރެވޭހާ ހިނދަކު ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭ ހާލަތައް ދިޔަސް މިބައިގަނޑަށް ވަރިހަމަ. އިބޫއަކީވެސް ހަމަ ބުއްޅަ ބައިގަނޑުގެ ޝައިތާނެއް. ޖާބިރާއި "ކޯލިޝަން" ބައެއް ކަމަށް ހެދިގެން އުޅޭ އެންމެނަކީވެސް ހަމަ ބުއްޅަ ބައިގަނޑުގެ ޝައިތާނުން.
ފޮތިގަނޑެއްގައި ޖަހާ ތިލަފަތް އޮންނާނީ އެއްކޮޅަށް ބަރުކޮށް ކަން މި ދިވެހިން ނުދަންނާނެ. އެމީހުންގެ ހޭ ބުއްދި ވާނީ ކަންވެ ނިމޭ ފަހުން، ހޫނުހިސާބުން ކައިހުސްކުރާނެ
ކެނަރީގޭ ނަޝީދަކީ ދިވެހި އުއްމަތުގެ އުބައްޔުބިން ސަލޫލް. އެބީތާއަށް ކިޔަންވީ " ކެރަފާ އުބައްޔު ބިން ލާދީނީ " އެވެ.
އާދަނާ ދެން ހެލްމެޓު އަޅައިގެންއޮވޭ.
ބިދޭސީރައީސް. ގައުމުވިއްކާލުމުގައި އަވަދިނެތި. ދިވެހިންގެ ވަޒީފާގެއްލި، ގެދޮރުނުލިބި ހާލުގައި އުޅޭއިރުވެސް ބިދޭސީ ރައީސް މިއުޅޭނީ ބިދޭސީންނަށް ގައުމުވިއްކާފަ ފިލަން. މީނައާއި މީނައަށްސަޕޯޓްކުރާ މީހުންވެގެން.
ލަދުން ބޯހަލާކު މިވެރިން ވެރިކަމަށް އައިފަހުން ރާއްޖޭގެ ހާލަތު ވަރަށް ގޯސްވެއްޖެ ކުދިން ރޭޕްކުރުން ގިނަވެ ފަސާދަކަން އިތުރުވެ ވަށްކަމާއި މާރާމާރީތަށް އިންތިހާ ދަރަޖައަށް އެހަރަދަނީ އަރަމުން ގަޢުމު އަޑި އަޅާލައިފި. ދުވެލި ސްޕީޑް ދަށްވެއްޖެ ގައުމު މިދަނީ ގާދޫކޮލުން ކަމެއް ޖަވާ ކަރައިން ކަމެއް ދިވެހިންނަކަށް ނޭގޭ
ބޭރުމީހުންގެ އަޅުވެތި ކަމުގެ ދޮށަށް ރާއްޖެ ވައްޓާލުމުގެ ވިސްނުން ތިލަފަތުން ދިވެހިންނަށް ސިފަވޭ.
ހީކުރާހާ ފަސޭހަ ތިލަފަތެއް ނޫން ތީކީ
ތިލަފަތަށް ދަލޭކަފުޅު އަރުވަބަލަ
ކެނެރީގެ ބުއްޅަބޭ އަކީ ވަލުޖަނަވާރުން ފަދަ ގޮތް ކުޑަ ގައުމަކަށް ގައްދާރު ދައްޖާލެއް. 07 ފެބުރުއަރީ 2012 ގައި މުޅި ގައުމުގައި ހުލުޖެހި ބޮޑު މުޖުރިމު.
ތިބުނާ ތިލަފަތަށްވުރެ ޔާމީން ކޮށްގެންގެން އެ އުޅޭ ކަންތައްގަނޑު މާބޮޑު ކަލޯގެއާ
ކޮންކަމެއް ޔާންޓޭ ކޮށްގެން އުޅެނީ އެވަރުގެ އަދި އަދައްވެސް ތި ބުނާ ކަމެއް ސާބިތު ކޮށްދެވުނު ކޯޓެއް މި ދުނިޔެއަކު ނެއް ސަދޫމުގެ ހުކުމެއް ކޮށް އެ މަނިކުފާނުގެ އަބުރު ކަތިލާ ހުރަގެއަށް ލީ ކަމަކު އެ މަނިކުފާނަށް ރައްޔިތުންގެ ތާއީދު އަންނަނީ އިތުރުވަމުން ހަމައިގާ ތިބެން ނުޖެހޭ ބަޔަކައް ހަމަ ބުއްދިން ވިސްނޭނީ ކޯންޗެއް އަޅެފަހެ ތިތިބެނީ ދެލޮލައް މިރުސް އެޅިފާތަ ޢާން ވާނީވެސް އެހެންތާ ކަނު ލޮލަކަށް ނުފެންނާނެ ބީރު ކަންފަތަކަޢް އަޑެއްވެސް ނީވޭނޭވިއްޔާ ދެލޯފުޅާ ބަޔަކައް މަރުދިނަސް ތީ ފުކެއް ބޮޑުވަރު
ދެރަކަމަކީ މިބައިގަނޑަށް ތާޢީދު ކުރާމީހުންނަށްވެސް ހީވެފައި އޮންނަނީ ތިމާމޭންނީ މީމިހުންގެ ތެރެއިން ވާ ބައެއްހެން! ނަމަވެސް ޒައްރެއްގެ މިންވަރުވެސް ގިނަމީހުންނަކަށް ނޭގޭ! ވަރަސް ނުބައި އަޑިނޭނގޭ ބައިގަޑެއް!
މިރާއްޖޭގެ ވެރިކަމަށް ގެނައީ އިބްރާހީމް މުހައްމދު ސޯލިހް، އެކަމަކު މިހާރު ވެރިކަމުގެ މައްޗަށް ވެރިވެގަންނަނީ މަޖްލީހުގަ ހުންނަ ރައީސްއެއް! ސިސްޓަމް އެރޯ! މިނިޒާމް ކަމަކު ނުދޭ!
އަހަރެމެން އަތޮޅުގަ 5 ދާއިރާ އޮވޭ. 4 ދާއިރާ އެމްޑީޕީ. 1 ދާއިރާ ޕޕމ.
އެމްޑީޕީއަށް ގޮނޑި ނުދިން ދާއިރާއަށް މާގިނަ ކަންކަން އެބަކޮށްދޭ. މީ އަހަރެމެން އެމްޑީޕީ ސޮހޯމަންޑެލިން ދެކެ ނައްޓާކަމަކީ