ދެ އެކުވެރިންނެވެ. ދެ އެކުވެރިންގެ ޕާޓީ އެންމެ އުހަށް ގެންދަން އަބަދުމެ އުޅުނެވެ. އިންތިޚާބުތަކުގައި ބޮޑެތި ކާމިޔާބީތައް ވެސް ގުޅިގެން ހޯއްދެވިއެވެ. އެކަމަކު ދެ އެކުވެރިންގެ މެދުގައި ބާރު ހޯދުމުގެ ކޯޅުމެއް އުފެދި އޮތެވެ. އެ ކަން ފޮރުވަން ވެސް ކިތަންމެ ކަމެއް ކޮށްފިއެވެ. އެކުގައި ފޮޓޯ ޝޫޓް ވެސް ޖައްސައެވެ. އެއް ލަވައަށް ނަށައި ވެސް ހެދީއެވެ. މަޖިލީހުގައި "ފިލްމު" ވެސް ކުޅެނީއެވެ. އެކަމަކު ނިމުނު ހަފުތާގައި "ސްކްރިޕްޓް" އޮތީ ބަދަލުކޮށްފައެވެ. އެކަކު ވެސް ދޫދޭކަށް ބޭނުން ނުވާ ފަދައެވެ. ފޮރުވަން ވެސް ދެން ބޭނުން ނުވަނީއެވެ. ބާރު އޮތް ވަރު ދައްކާލަން މައިދާނަށް ނުކުތީއެވެ.
މި ބަދަލުގެ އަސަރު ފެށި ހިސާބަކީ ނިމުނު ކައުންސިލް އިންތިޚާބެވެ. އެމްޑީޕީއިން ބޭނުންވި ނަތީޖާ ނުހޯދުނީއެވެ. ކުރިން އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް މާލޭގައި ތާއީދު ކުޑަވެއްޖެއެވެ. މާލޭގެ އަޣުލަބިއްޔަތު ވެސް ވާދަވެރި ފަރާތްތަކުން ހޯދީއެވެ. ގިނަ އަތޮޅު ކައުންސިލްތަކުގެ ކޮންޓްރޯލް ވެސް ނުލިބުނީއެވެ. ކިރިޔާ ވެސް ބުނެވެން އޮތީ އެންމެ ގިނަ ގޮނޑި ތިމަންނަމެން ހޯދީމެވެ. އެ ލަވަ ޖަހަމުން ވެސް ތިބެވުނީ ހިނދުކޮޅަށެވެ. އެއް ލީޑަރަށް އަނެއް ލީޑަރު ފޮނުވި މެސެޖްއާއެކު މުޅި މަންޒަރު ހާމައަށް ނުކުމެއްޖެއެވެ.
ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތައް އައީ ވެސް ތަފާތުކޮށެވެ. މީގެ ކުރީގައި އެއްބަސްވެވޭ ގޮތެއް ހޯދައެވެ. ކޮންމެ ވެސް އެއް ބަޔަކަށް އެ ވަގުތަށް ދޫވެސް ދެއްވައެވެ. ނޫނީ އަޣުލަބިއްޔަތު ފާސްކުރާ ގޮތަކަށް އެންމެން ވެސް ވޯޓް ދެއްވައެވެ. އެކަމަކު ސިއްހީ ކުއްލި ހާލަތުގެ ބާރާއި ޒިންމާތަކާ ގުޅޭ ބިލުގެ ނިންމުން ދޫކޮށްލީ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓް ދޭށެވެ. ބެލެވޭ ގޮތުގައި ޚިޔާލު ދެކަފިވުން އިހުނަށް ވުރެ ބޮޑުވެގެން އައީއެވެ. އަދި ބާރާއި އަޣުލަބިއްޔަތު އޮތް ދިމާ ދައްކައިލަން އެއް ލީޑަރު ބޭނުންވީއެވެ.
އެމްޑީޕީގެ މެންބަރުންގެ އުދާސްތަކާއި ޝުއޫރުތައް ވެސް މި ޖަލްސާތަކުގައި ހާމަކޮށްލިއެވެ. ދެ ފެކްޝަން އޮތް ކަން ހާމަވެގެން ވެސް އައެވެ. ޕާލިމެންޓްރީ ގްރޫޕް ހިންގާ ގޮތާ މެދު ބައެއް މެންބަރުންގެ ނުރުހުން އޮތް ކަން އެނގުނެވެ. އެމްޑީޕީގެ އެއް މެންބަރު އަނެއް މެންބަރަށް ބަހުގެ ހަމަލާތައް ދިނުން ވެސް އިހުނަށް ވުރެ ގިނައެވެ. ބައެއް ބިލްތަކަށް ގޮތެއް ނިންމަން ގާތްވި ވަރަކަށް މެންބަރުންގެ ބަހުސް ހޫނުވިއެވެ. ދޭތެރެއަކުން "ޚިޔާނާތުގެ ވާހަކަ" ވެސް ފުންމައިގެން އާދެއެވެ. އެއް މެންބަރު އަނެއް މެންބަރަށް "ވަގަށް" ގޮވުން ވެސް އޮތެވެ.
ދެ ފެކްޝަން އޮތް ކަން، ތަޅުމުގައި މެންބަރެއްގެ ދުލުން
މީގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ދެ ފެކްޝަން އޮންނަ ކަން ވިދާޅުވެ މެންބަރުން ވާހަކަ ދައްކަވަނީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުން ބޭރުގައެވެ. މީޑިއާތަކަށް މައުލޫމާތުތައް ވެސް ފޯރުކޮށްދެއްވަމުން ގެންދެވީ ނަން ހާމަނުކޮށް ޝަރުތުކޮށްގެނެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ފެކްޝަންއާއި ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ ވާހަކަ ވަރަށް ހާމަކޮށް މެންބަރަކު މަޖިލީހުގައި މިދިޔަ ހަފުތާގައި ވިދާޅު ވެސް ދެއްވީއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވާ ގޮތުގައި، މަޖިލީހުގައި ކޮންމެ މެންބަރަކު ވެސް މަސައްކަތް ކުރައްވަނީ އޭރެއްގައި ފައިދާ އޮންނަ ދިމާއަށެވެ. ބައެއް ފަހަރު ރައީސް ޞާލިޙްގެ ފަޅީގައި ތިއްބެވުމަށް ފަހު، އަނެއް ފަހަރު ރައީސް ނަޝީދުގެ ފަޅީގައި ވެސް ބައެއް މެންބަރުން ތިއްބަވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ ބައެއް ފަހަރު ދެ ރައީސުންގެ ތެރެއިން އެކަކުގެ ލަފާ ވެސް ނުހޯއްދަވައި ކަންކަން ނިންމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު އެ ބޭފުޅުންނަށް ބޭނުންވި [ރައީސް] އިބްރާހިމް މުޙައްމަދު ޞާލިޙެއް ވެސް ނެތް، އެމަނިކުފާނުގެ ލަފައެއް ވެސް އަހާކަށް ބޭނުމެއް ވެސް ނެތް. އަމިއްލަ ނާޖާއިޒު ފާއިދާ ނަންގަންށޭ، އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ ފަހަތުގައި، އަނެއް ފަހަރު ރައީސް ނަޝީދު ފަހަތުގައި، މިހާރު ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަހަތުގައި، އެއީ ކޯއްޗެއް؟ މި ފަހަރު ގަރާޖު ސިޓީ ދެއްވަނީ އެ މެންބަރު، އެހެންވެގެން،" އެމްޑީޕީގެ ގިނަ މެންބަރުން އަމަލު ކުރައްވާ ގޮތާ މެދު ނުރުހުން ފާޅުކުރައްވައި ބޮންޑެ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މެންބަރުން މަންޒަރަށް، ބަރުލަމާނީގެ އަޑު ގަދަކޮށްލުން
ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ހުރިހާ މެންބަރުން ކޮންމެ މައްސަލައަކަށް ވެސް ބަހުސަށް ތެދުވެއްޖެއެވެ. މިއިން ކޮންމެ މެންބަރަކު ވެސް ގެންދެވީ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ މެޖޯރިޓީއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވޯޓު ދެއްވާ ގޮތް ބަދަލު ކުރައްވަނީ ސަރުކާރުގެ އެތެރެއިން އަމިއްލަ ވިޔަފާރިތަކާއި ބޭނުންތަކަށް މަންފާ ވާނެ ގޮތުގެ "ޑީލްތައް" ހައްދަވައިގެން ކަމުގައި ތުހުމަތު ކުރެއްވިއެވެ.
"އެޖެންޑާ 19 ތަފާތުވާނޭ، ނަޒާހަތްތެރިވާނޭ، ޖަވާބުދާރީކުރަވަނިވި ދައުލަތެއް ގާއިމްކުރާނަމޭ ކިޔައިގެން އައިސް ތިބޭއިރު މިއަދު އަޅުގަނޑުމެންގެ ޒަމީރުގެ އަގަކީ ކުންފުންޏެއްގެ ބިޑެއްތޯ؟ މިއަދު އަޅުަގނޑުމެންގެ ޒަމީރުގެ އަގަކީ އާއިލާ މީހަކަށް އެމްބަސީއަކަން ދޭ ވަޒީފއެއްތޯ؟ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެކި ދިމާއިން ނުފޫޒު އަންނަ ކަން މިއަދު އަޅުގަނޑުމެން ބޭނުން ހާމަ ކުރަން، އަޅުގަނޑުމެން ނެތިން މިކަން ފޮރުވާކަށް،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ ނުރުހުން ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީއަށް އަމާޒުކުރިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ ފަރާތުންދެން ހުށަހަޅުއްވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށެވެ. ގެންނަން ޖެހޭ ސަބަބަކަށް ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންގެ ފަރާތުން ފެންނަ "ނަޒާހަތްތެރިކަން ނެތް" އަމަލުތަކާއި ސަރުކާރުގެ ފަރާތުން މަޖިލީހަށް އަންނަ ނުފޫޒުތަކާއި ވާދަވެރިކަމުގެ ބޮޅުތައް ނިމުމަކަށް ގެނައުމަށެވެ. ބިނާކުރަނިވި ދައުލަތެއް ގެނައުމަށެވެ. ނަޝީދަށް ތާއީދު ކުރައްވާ ގިނަ މެންބަރުންތަކެއް ކޮންމެ ބިލަކަށް ބަހުސް ކުރައްވަމުން މި ވާހަކަ ގެންނަވައެވެ.
"ދުނިޔޭގެ ތަޖުރިބާއަކީ ޤާބިލް އެންމެ މީހެއްގެ، މޮޅު އެންމެ މީހެއްގެ ސިކުނޑިން ނިންމާ ނިންމުމަކަށް ވުރެ މާ ރަނގަޅޭ ޖަމާއަތެއްގައި މަޝްވަރާ ކޮށްގެން ނިންމާ ނިންމުން، ރާއްޖެއަށް ހަމަޖެހުމަށް ހޯދުމަށްޓަކައި މިދިޔަ ހުރިހާ ރިޔާސީ އިންތިޚާބެއްގައި ރައްޔިތުން ދައްކާ ނަތީޖާގެ އަލީގައި އަދި ފަސް އަހަރުގެ ދައުރެއް ދިނުމަށް ފަހު ދެ އަހަރު ނުވަނީސް ރައްޔިތުން ސާފުކޮށް އެބަ ބުނޭ، ދެން ތިމަންނަމެން އިންތިޒާރު ކުރާކަށް ބޭނުމެއް ނޫނޭ، ސަރުކާރުގެ ކަންކަން ތިމަންނަމެނަށް މާ ބޮޑަށް ހާމަވާން އެބަ ޖެހޭ، ޖަވާބުދާރީވާނެ ނިޒާމެއް ބޭނުންވެއޭ، އެއީ ބަރުލަމާނީ ނިޒާމު،" އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ މެންބަރުން ޗެލެންޖަށް، މަޖިލިސް ވޯޓުން ކާމިޔާބު
މީގެ ކުރީގައި ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން އަދި ރައީސް ޞާލިޙް ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން ނިންވަމުން ގެންދެވި ނަމަވެސް އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތުގެ ޤަރާރުގެ ބިލަށް ރައީސް ޞާލިޙް ދުލެއް ނުދެއްވިއެވެ. ރައީސް ނަޝީދުގެ ފަރާތުން ވެސް ދުލެއް ނުދެއްވައެވެ. އެމަނިކުފާނުގެ މެންބަރުން ވެސް ގެންދެވީ ރައީސް ޞާލިޙްގެ ފަރާތުން އަންނަ ހުށަހެޅުއްވުމަކީ "ޤާނޫނު އަސާސީ" އާ ޚިލާފް ހުށަހެޅުއްވުމެއް ކަމަށް ވިދާލުވެ އެ ހުށަހެޅުއްވުމަށް ވޯޓަށް ނޭހުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.
އެހެން ވިޔަސް ރައީސް ނަޝީދު އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވި ހުށަހެޅުއްވުން ފާސްވީ 37 މެންބަރުންގެ ވޯޓުންނެވެ. ރައީސް ނަޝީދު ބޭނުންވާ ގޮތަށް ފާސްކުރުމަށް ޓަކައި އިސްލާހަށް ވޯޓް ނުދެއްވީ 31 މެންބަރުންނެވެ.
ރައީސް ޞާލިޙަށް ތާއީދު ކުރައްވާ މެންބަރުންގެ ތެރެއިން މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނަށް ރައްދު ދެއްވައި ވާހަކަ ދެއްކެވީ ވެސް ޝާހިދާއި ރޮޒައިނާ އެކަންޏެވެ. އެހެން މެންބަރުން އެއްޗެއް ވިދާޅެއް ނުވެއެވެ. އެ މެންބަރުން ބަސް ވިދާޅުވީ ވޯޓުންނެވެ.
ރައީސް ޞާލިޙް ބޭނުންވާ ގޮތަށް ވޯޓް ދެއްވި 37 މެންބަރުންގެ ތެރޭގައި އަމިއްލަ ބައެއް މެންބަރުން ވެސް ތިއްބެވިއެވެ. އަދި ރައީސް ނަޝީދު ބޭނުންވާ ގޮތަށް ވޯޓް ދެއްވި 31 މެންބަރުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވެސް ތިއްބެވިއެވެ. އެ މެންބަރުން ވަނީ ރައީސް ނަޝީދު ބޭނުންވާ ގޮތަށް، ސިއްހީ ކުއްލި ހާލަތުގެ ބާރުތަކާއި ޒިންމާތައް ރައީސްއާއި މަޖިލީހަށް ދެއްވާ ގޮތަށް ތާއީދު ކުރައްވާ ވާހަކަ ވެސް ދައްކަވާފައެވެ.
ރައީސް ނަޝީދުގެ ތަފާތު މެސެޖެއް: "މި ކަން ދަނީ ތުނިވަމުން"
ސިއްހީ ކުއްލި ހާލަތުގެ ގަރާރުގެ ބިލުގެ ވޯޓުގެ ނަތީޖާ ވިދާޅުވުމަށް ފަހު ރައީސް ނަޝީދު ވަރަށް ތަފާތު ވާހަކައެއް ވެސް ދެއްކެވިއެވެ.
"މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މި ކަން މިހާރު ތުނިވެފައި އޮތް މިންވަރު އަޅުގަނޑު ހިތުން އެނގިވަޑައިގަންނަވާތީ ތިހެން ތިއްބަވަނީ ވަރަށް މަޑުން،" ސަމާސާ ރާގެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވަރަށް އަރިސް މެންބަރަކު ނަން ހާމަނުކުރާ ގޮތަށް ވިދާޅުވީ، އެމަނިކުފާނު ދެއްވި މެސެޖަކީ ކުރިން އެމަނިކުފާނުގެ އަރިހުގައި ތިއްބެވި މެންބަރުންގެ އަދަދަށް ވުރެ މިހާރު އެމަނިކުފާނުގެ އަރިހުގައި ތިއްބެވި މެންބަރުންގެ އަދަދު ގިނަވުން ކަމަށެވެ. އެ މެންބަރު ވިދާޅުވީ ފަރަޤު ތުނިވަމުން ދިއުމަކީ އެމަނިކުފާނަށް މަޖިލީހުގެ ސުޕަ މެޖޯރިޓީގެ މެޖޯރިޓީ ލިބޭނެ ކަމަށް ކުރައްވާ އުއްމީދު ހާމަކުރެއްވީ ކަމަށެވެ.
"ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސިޔާސީ ދާއިރާގެ ކަންކަމާ ގުޅުވައި މަޒާޖީ ގޮތަކަށް ބަސް ވިދާޅުވާނެ، ވޯޓްގެ ފަރަގު ތުނިވާ ވަރު އެނގޭ ވާހަކަ އެމަނިކުފާނު ވިދާޅުވި ކަމަށް މި ބަލަނީ ވެސް، އެހެންވިޔަސް އެމަނިކުފާނަކީ ޑިމޮކްރެޓިކް ބޭފުޅެއް، ޑިމޮކްރެޓިކް ބޭފުޅަކަށް ވާތީ އެ ހުށަހެޅުއްވުމަށް ވޯޓަށް އެހީ ވެސް، އެމަނިކުފާނު ވިދާޅުވި ނޫންތޯ މެންބަރުންނޭ ގޮތް ނިންމަވާނީ ވެސް،" މެންބަރު ވިދާޅުވިއެވެ.
ވޯޓަށް އެއްސެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅު ވެސް އެބަ އޮތެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ "އަޅުގަނޑަކީ މި މަޖިލީހުގައި އިންނަ ގޮނޑި ކޮއްކޮއެއް، މަޖިލީހުގެ ރައީސަށް މި އޮންނަނީ ވޯޓަށް އެހުން، މަޖިލީހުގެ ކަންކަން ފާސްކުރާނީ ތިޔަ އިއްޒަތްތެރި މެންބަރުން،" ކަމަށެވެ.
ރައީސް ނަޝީދުގެ ބަސްފުޅުތަކާއި ރައީސް ޞާލިހްގެ އަމަލުފުޅުތައް ހުންނެވި ގޮތަށް ބަލާނަމަ، މިހާރު ދެ ރައީސުން ވެސް ތިއްބެވީ ޗެލެންޖް ކުރައްވަން ނުކުމެވަޑައިގެން ކަން ސާފުކޮށް ފެނެއެވެ. މިއާއެކު، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަށް އޮތީ "ގުޑުމެއް" އައިސްފައެވެ.
މި އައްނިއަކީ ދިވެހި ބަހައްވެސް ހުރި ނުރައްކަލެއް ..ފަރަގު ތުނި ވަނީޔޯ.. ކިޔާބަލަ..
މިރާއްޖޭގައި މިހާރު މިއޮތް ބަލާވެރިކަން ނިންމަންޖެހެއެވެ! ރައްޔިތުންނަށް ދޮގުބުހުތާނު ވައުދުވީމަ ރައްޔިތުންވަނީ ވެރިއަކު ހޮވާފަ!! ރައްޔިތުންނަށް ބުހުތާނު ދޮގުތައް ހެދީމަ ރައްޔިތުންވަނީ މަޖްލިސް ސުޕަ މެޖޯރިޓީދީފަ!! އެކަމަކު ރައްޔިތުން ހީކުރިގޮތާ ޚުލާފަށް ކަންކަންގޮސް މިވެރިކަންވެފައިމިވަނީ ރައްޔިތުންނަށް ބަލާވެރިކަމަކަށް އަދި ބޮޑު މުސީބާތަކަށް!! ވަޒީފާއެއްނެތް!! ކުރާނެ މަސައްކަތެއްނެތް!! ގައުމުގެ ޢިގުތިސޯދު ފުނޑާލައިފި!! ގައުމުގެ މާލިއްޔާއިން ބަދަލުގަ ގޮތުގައޭބުނެ މާލިއްޔާ ބަހާ ހުސްކޮށްފި!! ކުރަނީ ދިވެހިންގެ ނޭވާހޮޅިންވެސް ވައްކަން!! މިނިސްޓަރަކަށް ހުރި މިހަކު ނާޗަރަންގީކުޅެ ދިވެހި ޒުވާން އަންހެންކުދިންގެ އިތްފަތްތެރިކަން ނަގާލި އަަޑުއިވުނު!! ގައުމުގައި އިންޑިޔާ ސިފައިން ބޭތިއްބީ އަޑިނޭގޭ އެއްބަސްވުންތައް ހަދައިގެން!! ރައްޔިތުންނަށް އަދިވެސް އޮޅުވާލަނީ!! ދޮގުހަދަނީ!! މާލިއްޔާ ހުސްކޮށްލާފަ ކޮންމެ އަހަރަކު ފައިސާ ޗާފްކުރަނީ!! އިންފްލޭޝަން އެހާމަތިވެ މުދާ 12%އަށް އަގުތައް އުފުލިއްޖެ!! ފައިސާގެ އަގުވައްޓާލައިފި!! ކުރަންބުނި އެއްވެސް ކަމެއްނުކުރެވުތާ ބާރުތައް އަތުލަން ރައްޔިތުންކުރިމަތީވި އެއްވެސް ވަޢުދެއްވެސް ނުފުއްދުނު!! އިންޑިޔާގެ އުނގަށްވެއްޓި ގޮނޑޮކޮށްކޮއަކަށްވެގެން އުޅޭ މިނާގާބިލް ވަގު އަނިޔާވެރި ސަރުކާރު ބޭރުކުރަންޖެހޭ ރައްޔިތުން މިހާރު!! މިހާރު މިއީ ހަމަ ގައުމީ ވާޖިބެއް!! އެއިރުން ގައުމު ސަލާމަތްވެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ބިނާކުރެވޭނީ!!
ޜ ނަޝީދު ފެކްޝަނާ.. ޕޕއމ ކޮއިލިޝަން އެއްކޮށް މަސައްކަތްކުރަން އެބަޖެހޭ!
ޕޕއމ އިރާދަ ކުރެއްވިއްޔާ ނަޝީދާ އެއްކޮށް ދުވަ ހަކުވެސް މަސައްކަތެއް ނުކުރާނެ.
އަންނިއަކީ ދިވެހި ބަހަށްއޮތް ފަރުވާ އެއް
މިނިސްޓަރުންތަށް ބަ ދަލުކިރާއިރު ފަރެސްމާތޮޑާ އަސްލަމް ބަދަލުކުރަން އެބަޖެހޭ. ވަރަށް ފާޅުކޮން އޭނާވަނީ ގއ ގ ދ އަ ދި މާލޭ ސިޓީ މޭޔަރުގެ ގޮނޑި ގެއްލުވާލާފަ. ވޯޓު ލާން 3 ދުވަހަށަ ވެފައި ވަނިކޮން ޓީވީއަށް އަރާ ފުލޯޓިން ހައުސްތަކަކީ މިއްސަދދިންނަށަ ހަދާ ތަނެކޭ ކިޔައިގެން ނިކަމެތިން ރުޅި އަރުވައިފިއެވެ. ކާޑެއް ދޫ ތަރައްގީކުރަން ލިބުނު ބަޖެޓުން ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކޮއް މަޑަވެލި ހޯޑެއް ދޫ ތިނަ ދޫ މީހުން ރުޅި އަރުވައި ގ ދ އަތޮޅު ގޮނޑި 1700 ތަފާގަކުން ގެއްލުވާލަިފިއެވެ. 1700 އަކީ ބޮޑުވަރެވެ. ޕާޓީތެރެ ހަލާކުކުރަން ފަރެސްމާތޮޑާ އަސްލަމް މިނިސްޓަރުކަމުގައި ބެހެއްޓުމުގެ އެއްވެސް ބޭނުމެއްނެތް.
ސަރުކާރު ހިންގާ މައި ޕާޓީއާ އިދިކޮޅު ޕާޓީތަކުގެ ވާދަވެރިކަމަށްވުރެ މައި ޕާޓީގެ ދެ ފެކްޝަނުގެ ދެމެދުގެ ވާދަވެރިކަން މިހާރު މާބޮޑު. ކޯލިޝަން ބޯކިބަލުގައިވެސް ރަގަޅަށް ނުފިހެވެނީސް ރެދު އަޅައި ރޫޅޭ ގޮތްވެއްޖެ.....
ކުރިޔަށް ހުރި އިންތިޚާބުތަކުގެ ކަރުދާސް ތަކުގައި އެމް.ޑީ.ޕީ އަށް މިހާރުވެސް ރަސްގެޔޮ ޖެހެން ފަށައިފި.
ސަރުކާރުގެ ދޯހަޅި ސަިޔާސަތު ތަންފީނުވެގެން ގުރުބާންވާންމިޖިހެނީ މިނިސްޓަރުން ވައުދުތައްވީ އެމްޑީޕީ އެވައުދުތައް ފުއްދަންމިޖެނީ މިނިސްޓަރުން ނެތްއެއްޗަކުން ކިތައްމެވަރަކައް ފެލިއަސް ފައިބާނެއެއްވޗެއް ނުހުންނާނެ ދައުލަތުގެ ހަޒާނާ ހުސްވެ ވެރިން ތިތިބީ ބޮލާފޮށާއެޅި ގޮތްހުސްވެފަ އެތަންފޫަބައްދަން ފަހަރަކު ގުރުބާން މިކުރަނީ މިނިސްޓަރުން
ﷲ ގެ އިރާދަފުޅާއެކު މިވެރިކަން ވީދި ހަފުސްވާނަެ
ﷲ އިރާކުރެއްވީޔާ ވަހުންގެ އަތްދަށަކަށްވެރިކަންނުދާނެ
ޢޫސާމާ، ކަލޭ ގަދަ އިނގޭ!
އާަން! ބަލަން ނުތިބޭ! މަގުމަތިން ވިޔަސް މިލާދީނީ އެޖެންޓުންގެ މިވެރިކަން ނިންމާ! އަދި ދެ އަ ހަރާބައި މިގޮތަށް ހަމަ ތެޅެންވީ ތަ،؟ މި ހާރުއްސުރެ އުޅެގެން މިވަގުން ގޮނޑިތަކުން ވައްޓާލާ؟ ބޮއެކޮޓް ކުރަން ގޮވަގޮވާ ގައުމުން ބޭރުގައި ތިބެދާނެނު ޢެޖެންޓުން ލަޜީ ދިނީމައި ކައިކައިގެން. ޢަހ ހަރުމެން ރައްޔިތުން އެކިީގައި ގުޅިގެން ބަސްއަ ހައިގެން ތިބެ، ޔާމީނަށް އެއްބާރުލުން ދެނިކޮށް 10 އަހަ ހަރުތެރެޭގައި މިގައުމު 2 ވަނަ ސިންގަޕޫރަށް ހަދާނެ. މަށަށް މި ހާރު ޔަގީން. ދެރަވެ މިއަދ! ޢަބަދުވެސް އަންނި އަށް ސަޕޯޓުކުރި ޒުވާނެއް މަށަކީމީވެސް. މި ކައްޒާބު މިގައުމު ނަރަކައަށް ހަދައިފި. ދިވެ ހިން އަދި ބޭރުގައުމުގެ އެތަށް ފިއްތުންތަކާއެކުވެސް ޔާމީނު ތަރައްގީ ގެ މަލަމަތި ދައްކައި ރައްޔިތުންނަށް ފައިދާ ހުރި ހެޔޮ ވެރިކަމެއް ކޮށްފި. ޔާމީނަކީ ގަަދަ ފަދަ ކޮލިޓީ ވެރިއެއްކަން ދައްކައިފި. ޢޭނައަށް ވާނެ ކަން އަރި ކުރާނެކަންވެސް ޔަގީންކޮށް ރައްޔިތުންގެ ލޯތްބާއި އި ހުތިރާމް އަދި އިތުބާރު ހޯދައިފި. މި ފާދިރީ ބުއްޅަބޭ ކަލޭގެ، ފިތުނަވެރިކަމުން ގައުމު ހަލާކު ކޮށްފި. ޙާލާކު ހުރި!
ކިތަންމެ ލޮކޭޝަންތަކަކުން ފިލްމް ޝޫޓްކުރިޔަސް ތިފިލްމެއް ނުހިގާނެ ތިފިލްމް ބަލަންތިބި ބެލުންތެރިންނައް މިހާރު އެބައެނގޭ ކޮންބައެއްކަން ލީޑްރޯލްކުޅެނީ އަދި އެންމެފަހުން ވިލަންގެ ރޯލެއްނެތި ފިލްމްނިމޭނީކަން
ރަންނަމާރި އަރަނީ! ބޮޑުމަންޒަރު ފާޅުވަނީ! ކުދިންނޭ ބަލަންތިމާ ބަހީ!
ބަރުލަ މާނީގެ ފެށުން.