2007 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތައް ރައްޔިތުންނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ލާމަރުކަޒީ އުސޫލުން ފަސޭހައިން ލިބޭނޭ އިންތިޒާމްތައް ފެށުނެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ފެމިލީ އެންޑް ޗިލްޑްރެން ސާވީސް ސެންޓަރުތައް ގާއިމްކުރެވި ފަންނީ މުވައްޒަފުންނާއެކު ހިދުމަތްތައް ދޭންފެށުން ވެގެން ދިޔައީ އަތޮޅުތެރޭގައި ދިރިއުޅޭ ނާޒުކު ޙާލަތުގައިވާ ފަރާތްތަކަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. އިޖްތިމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާއި އެފަދަ ޙާލަތްތައް މެދުވެރިވާ ފަރާތްތަކަށް ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފޯރުކޮށްދިނުމަށް އޭރުގެ ސަރުކާރާއި ޖެންޑާ މިނިސްޓަރު އަދި މިހާރުގެ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ފެއްޓެވި މަސައްކަތްޕުޅުން 2008 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިނިސްޓްރީގެ ސެންޓަރެއް ގާއިމްކުރެވި ހިދުމަތް ދޭން ފެށުނެވެ.
ސެންޓަރުތަކުން ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކޮށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ނަތީޖާއަކަށްވީ މިފަދަ ކަންކަމަށް އޭރު ގެނެވުނު މުހިއްމު އިންގިލާބެއް ކަމުގައެވެ.
އިޖްތީމާޢީ ހިދުމަތުގެ ސަބަބުން އެތައް ކުޑަކުދިންނަކާއި ރައްޔިތުންގެ ދިރިއުޅުން ސަލާމަތްވެ ރަނގަޅު އެދެވޭ ހެޔޮ ބަދަލުތަކެއް އައިސްފައިވީ ނަމަވެސް މި ހިދުމަތަކީ ސަރުކާރުތަކުން ފަހަކަށް އައިސް މާބޮޑު އިސްކަމެއްދޭ ކަމަކަށްވަނީ ނުވެފައެވެ.
ފަހަކަށް އައިސް ދިމާވާ މިފަދަ ބޮޑެތި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އިންތިހާއަށް މިދަނީ ފެންނަމުންނެވެ. މަރަކަށް ފަހު މަރެކެވެ. އިހުމާލުގެ މައްޗަށް އިހުމާލެވެ. ސަބަބުތައް ވަރަށް ސާފެވެ. އެނގުނަސް އެނގެން ބޭނުން ނުވަނީއެވެ. ރައްޔިތުންގެ ތާޢިދާއި ލޯބި ހޯދުމަށް ސަރުކާރުތަކަށް މުހިއްމުވީ ތަރައްގީގެ ނަމުގައި ބޮޑެތި ބިލްޑިންތަކާއި ބަނދަރާއި ނަރުދަމާއެވެ. ގައުމުގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވި ނަމަވެސް ފަރުވާލެއް ނެތެވެ.
ޖެންޑާ މިނިސްޓަރުވެސް ނުވަތަ ދެން ހުރި މިނިސްޓަރަކަށްވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ކޮންމެވެސް މޮޅު ވާހަކައެއް ދެއްކުން ނޫން ކަމެއް ނުވެއެވެ. މިވެނި ކަމެއް ކުރީމޭ އެވެނި ކަމެއްގެ ސަބަބުން ރައްޔިތުންނަށް ފަސޭހަވާނެ ބުނެ ރައްޔިތުން "ގުނބޯ ހެއްދުން" ނޫން ކަމެއް މިއިން އެއްވެސް ބަޔަކަށް ކުރެވޭ ތަނެއް ނުފެނެއެވެ. ސެންޓަރުތަކާއި މިނިސްޓްރީގެ ބެލުމުގެ ދަށުން ހުރި ކުޑަކުދިން ގެންގުޅޭ ތަންތަން ބޮއްސުންލައިގެންދާއިރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަބަދުވެސް ދައްކަނީ އެއް ވާހަކައެކެވެ. "އަޅުގަނޑުމެން މިކަންތައް ރަނގަޅުކުރާނަން. އެހެން އިދާރާތަކުން އެއްބާރު ނުލިބޭ" މިހެން ބުނެލާފައި ނިންމާލަނީއެވެ. މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރިޔަސް ކޮމިޓީއަށް ޖަވާބުދާރީވުމަށްވުރެ ބޮޑަށް ވަގުތު ދިގުލައިގެން ދަނީ އެހެން އިދާރާއެއް "ބޮލަށް" މައްސަލަ ކަނޑާލާށެވެ.
ޕީއާރް ޖެއްސުމުގައި މިވެރިން ވަރެއް ނެތެވެ. ކަމެއްވިޔަސް ތިބޭނީ އެކަންވެސް ފޮރުވައިގެންނެވެ. މަތި އޮމާންކޮށްގެން ކަމެއް ނުވާކަމަށް ހެދިގެންނެވެ. ކުޑަކުދިންގެ މައްސަލަތަކުގައި މިނިސްޓްރީ ފޭލްވެފައި އޮތް ވަރު އެނގެނީ ކޮންމެސް ބަޔަކު މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެ ވާހަކަތައް ފެންމަތި ކުރުމުންނެވެ. އެހިސާބުން ދިގު ބަޔާނެއް ނެރެ އެކަން ދިފާއުކުރުން ނޫން ކަމެއް ނުވެއެވެ. އެކަމަކު ތިމަންނަމެންގެ ގޯހެއް އުޅޭކަމަކަށް ދުވަހަކުވެސް ނުވެެއެވެ.
މިނިސްޓަރު ޒިންމާދާރުކޮށްލާނެ މީހަކުވެސް ނެތް
މި ސަރުކާރުގައި އެންމެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ ވަޒީރުކަމުގައި ޖެންޑާގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އެތައް ކަމެއް ހިނގައި ދިޔުމުން ސަރުކާރުގެ އެންމެންވެސް ގޮވަމުން ދިޔައީ ހަރުއަޑުން ޝިދާތާ ބޭރުކުރަންށެވެ. ވަރަށް ބާރު ސްޕީޑުގައި ޝިދާތާގެ މައްސަލަތައް ބެލި ވަކިކުރަން މަޖިލީހަށްވެސް ހުށައެޅިއެވެ. އެންމެ ފަހުން ގޮތްހުސްވެ ޝިދާތާއަށްވެސް ޖެހުނީ ވަޒީރުކަމުން އިސްތިއުފާ ދެއްވަންށެވެ. ޝިދާތާ ބަދަލުކުރުމުން މިނިސްޓްރީގެ ހާލަތުވީ ގޯހެވެ.
ތަފާތަކީ ޝިދާތާ ހުންނެވިހުރި މިޑީއާތަކުން ފެންނަކަމެވެ. ގެންދެވީ ނޫސްވެރިންނަށް ޖަވާބު ދެއްވަމުންނެވެ. އެއާ ހިލާފަށް އައިޝަތު މުހައްމަދު ދީދީ ހުންނަވަނީ މަންޒަރުން "ގެއްލިފަ" އެވެ. ބައެއް ފަހަރު ޖެންޑާ މިނިސްޓަރަކު ހުންނަހެން ހީވެސް ނުވެއެވެ. އެހާވެސް ބޮޑަށް އެކަމަނާ ހުންނަވަނީ ތަސްވީރުން ބޭރުގައެވެ. 13 އަހަރުގެ ކުއްޖަކުގެ މަރުގެ މައްސަލައާއި މި ފަހުން ފެންމަތިވި އެހެނިހެން މައްސަލަތަކުގައި ޝިދާތާއަށް ފާޑުކީ ވަރަށް ގާތަަށްވެސް އައިޝަތު ދީދީއަށް ސިޔާސީ ބޭފުޅުން ފާޑުނުކިޔައެވެ. ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ މެންބަރުން ޝިދާތާ ޖަވާބުދާރިކުރުވަން ދެ ފަޔަށް "ހިނި އަަރައިގެން" އުޅުނުހެން އައިޝަތު ދީދީ ޖަވާބުދާރީކުރުވަން މަސައްކަތް ނުކުރަނީ ކީއްވެބާވައެއް އެތައް ބަޔަކު ސުވާލު އުފެދެއެވެ.
ސިޔާސީ ހާލިތަކުގެ އައްޑާއަކަށް
ވީދި ހަލާކުވެފައިވާ އިޖްތިމާއީ ފޭރާމުގައި އިތުރު ބާގަނޑުތަކެއް ވަނީ އެޅިފައެވެ. ކުޑަކުދީންނާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އޯގާތެރިވެ އެހީތެރިވުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގެ ނެތެވެ. މިހެން ދަންނަވަން މިޖެހުނީ އަތޮޅުތެރޭގައި މި ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ގާއިމް ކުރެވިފައިވާ ސެންޓަރުތަކަށް ފަންނީ އިދާރީ މުވައްޒަފުން ހޯދުމަށް ސަރުކާރުން ފަހަތު ފަޔަށް ބުރަވެ އެ ސެންޓަރުތަކަށް ބޮޑު މުސާރައާއެކު ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުންދާ މަންޒަރު ސާފުކޮށް ރައްޔިތުންނަށް ފެންނަމުންދާތީއެވެ.
ބޮޑެތި އާބާދީތައް އޮންނަ ބައެއް އަތޮޅުތަކުގައި ފަންނީ އެންމެ މުވައްޒަފަކު އެބަހުއްޓެވެ. ދައުލަތުގެ ބެލުމުގެ ދަށުން އަތޮޅުތަކުގެ ސެންޓަރުތަކުގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަށް މުއައްޒަފުން ނެތްކަން މިއީ އެންމެން ދަންނަ ހަގީގަތެކެވެ.
ސެންޓަރުތަކުގެ އާދައިގެ މަގާމުތަކަށް މުއައްޒަފުންލުމަށް ދައުލަތުގެ ބަޖެޓުގައި ފައިސާއެއް ނެތެވެ. ނަމަވެސް އެންމެ ހައިރާންވާން ޖެހޭ ކަމަކީ މިސެންޓަރުތަކަށް ބޮޑު މުސާރައާއެކު ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާއިރު ދައުލަތުގެ ބަޖެޓުގައި ފައިސާ ހުންނަކަމެވެ. އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދީ މިފަދަ ފަންނީ ހިިދުމަތްތައް ދިނުމަށް، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު ރަނގަޅު މަގުސަދެއްގައި ޤާއިމްކުރެވުނު ސެންޓަރުތައް އެންމެ ފަހުން މިވީ އިންތިހާބުތަކުން ފެއިލްވާ ސިޔާސީ އެކްޓިވިސްޓުންނާއި ސިޔާސީގޮތުން ސަރުކާރަށް ބަލަދު އަރާ މީހުންނަށް ބޮޑު މުސާރައާއެކު ސިޔާސީ ވަޒީފާތައް ދޭން އޮންނަ ހާއްޔަކަށެވެ.
ސެންޓަރުތަކަށް ބޮޑު މުސާރައާއެކު ސިޔާސީ މަގާމުތަކަށް ސަރުކާރަށް ބަލަދު އަރާ މީހުން މި ލަނީ ކޮންކަމެއް ހާސިލް ނުވެގެން، ކޮންކަމެއް ކުރަންތޯ އެއީ މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް އުފައްދަމުންދާ ސުވާލެކެވެ. އަދި އިޖްތިމާޢީ ދާއިރާގެ ފަންނީ ބައެއް ބޭފުޅުން ދެކިލައްވާ ގޮތުގައި މިއީ މިފަދަ މުހިއްމު ޚިދުމަތަކަށް ރައްޔިތުންގެ އިތުބާރު ގެއްލި ދާއިރާގެ ކުރިމަގު ބަނަވެގެންދާނޭ ކަމެކެވެ. މި ހަޤީޤަތް މިއަދުވެސް ދަނީ ފެންނަމުންނެވެ. ނަމަވެސް ފެންނަނީ ޖެންޑަރ މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން މިކަމަށް ހަނުތިއްބަވާ މަންޒަރެވެ.
ނިމިދިޔަ ސަރުކާރުގައި ޖެންޑާގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރެން ސާވީސް ސެންޓަރުތަކުގެ ތެރެއިން ސިޔާސީ މަގާމަކަށް މީހަކު އައްޔަން ކޮށްފައިވަނީ އެންމެ ސެންޓަރަކަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒު މިހާރު ހުރިގޮތުން ފެންނަނީ ހުރިހާ އަތޮޅެއްގެ ސެންޓަރުތަކެއްގައި ސަރުކާރަށް ބަލަދު އަރާ ސިޔާސީ އެކްޓިވިސްޓުންނަށް ބޮޑު މުސާރައާއެކު ސިޔާސީ މަގާމުތައް އުފައްދައި އައްޔަން ކުރާނެ ތަނެވެ.
ކޮވިޑާއެކު ގައުމުގެ އިގްތިސާދީ ހާލަތު ކިތައްމެ ދަށުގައި އޮތްކަމުގައިވީ ނަމަވެސް، ދައުލަތުގެ ބަޖެޓުގައި ފަންނީ މުއްޒަފުން ހޯދުމަށް ނެތް ފައިސާ، ސިޔާސީ މަގާމުތައް އުފައްދައި ބޮޑު މުސާރަދޭން އެބަހުއްޓެވެ.
މިއީ ކޮންމެ ސަރުކާރެއްގައިވެސް މި ގައުމުގެ ހާލަތެވެ. ބަދަލެއް ފެންނަތަނެއް ނުފެނެއެވެ. ހަމަ ވަނީ އެއް ކަމެކެވެ. ސަރުކާރު މިމައްސަލަތަކަށް ސީރިޔަސް ވާން އެބަ ޖެހެއެވެ. އާއިލާ މީހުންނާ ގާތް މީހުންނަށް މަގާމުތައް ދިނުން ހުއްޓާލައި ގާބިލު މީހުން އައްޔަން ނުކުރާހާ ހިނދަކު ވާނީ ގޯހެވެ.
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ޗަރުކޭސް
މިއީ އިބޫ ގެ ކްލާސްޓީޗަރޭ. ވީމާ މިނިސްޓްރީ ބޮއްސުންލާ އިރުވެސް އިބޫ ކަހާތަން ހިރުވާވެސްލާ.
މިނިސްޓްރީ އޮފް އެކްސްޓްރާ މެރިޓަލް އެފެއަރޒް!
ސްކޫލް ދައުރުގައި މޭޒު ދޮށުން ފެށުނު ބަނާތުގަޑު. ރަގަޅުވާނެ ހިއްވަރުކޮށްލާ
މިހުރިހާކަމެއް މިހެން ވާން ދިމާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ މީހާ އަށް ނެފަތު ކުރިއަށް ވުރެން ދުރަށް ވިސްނަން ނެގުމާއި ރައީސް އޮފީހުގެ ހިންގުން ބޮއްސުންލުމާއި ޖެންޑަރ މިނިސްޓްރީ ގައި ތިބި ސްޓޭޓް މިނިސްޓަރުނާއި ނައިބުން ނާގާބިލް ކަމުން!
ނޫސް ވެރިން މީހާރަކަށް އައިސް ޖެންޑާރ މިނިސްޓްރީއާ ޖައްސާލާފަ އުޅޭކަން ވަރަށް ބޮށަށް ފާހަގަވޭ.
ޢެމްޑީޕީ މީހެއް ވީމާ ހެލްތް މިނިސްޓަރާ ދިމާއަށް ވެސް ޗުއްޕުވެސް ނުބުނޭ ވެކްސިން ގަންނަން ދެއްކި 62 މިލިޔަން ރުފިޔާ އަށް ވީގޮތް ނޫސް ވެރިން ހޯދާ ބަލަން ޖެހޭ...ދަމާސް ޝިހާބާ .. ގަހާ ނާޝިދަށް ވެސް ބޮޑު މަގާމެއް ދީފި...ހެ ހެ
ވރށ ވހކ!
އެމް ޑީ ޕީ މަރުމޯލުން ދެން އަތްޖަހާ ފެއިލް ވީމަވެސް އަތް ޖަހާ
އަމާ މަރު ވީމަ އަމާ ނެތް އިހުސާސް ކުރެ ވޭނީ..ޝިދާތާ އަސްލު މާރަގަޅު..އޭނަ ހޫރާލި ގޮތް ކަޑަ..
ހަގީގަތަކީ 2008 ގައި އެމްޑީޕީ ސަރުކާރު އައިސް ޖެންޑަރ މިނިސްޓްރީ ފުނޑާލުމެ ވެ. އެތާތިބި ފަންނު ވެރި މު ވައްޒަފުންތައް ލޯނު ސްކީމެއް ދަށުން ބޭރުކޮށް ، ހެލްތު މިނިސްޓްރީ ދަށަށް ގެންގޮސް އެ މިނިސްޓްރީގެ ސެކަޝަނަކަށް ހަދާ ލިއެ ވެ. ފަހުން ޕުރެޝަރު ބޮޑު ވެގެން ޑިޕާޓްމަންޓަކަށް ބަދަލުކުރިއެ ވެ. އޭރު މު ވައްޒަފުންތައް ތަން ދޫކޮށް ހިގައްޖެއެ ވެ. ދެން އެތަން ދިޔައީ ޒިންދާރު ކަމެއް ނެތް ތަޖުރިބާ ނެތް ސިޔާސީ އެކްޓި ވިސްޓުންގެ އަތް މައްޗަށެ ވެ.ނަތީޖާއަކަށް ވީ ގާއިމު ވަމުން ފައްކާ ވަމުން އައި ސިސްޓަމް ގެއްލި ގޮސް ހަލާކު ވެ ދިއުމެ ވެ. އެންޑީއޭ އަށް ވެސް ހެދީ ހަމަ މިހެންނެ ވެ. ޔާމީން ސަރުކާރުގައި ކޮންމެވެސް ކުރިއެރުމެއް ލިބުނެ ވެ. ލިބެން ވާ ވަރަކަށް ނުލިބެއެ ވެ. މިހާރު އެންޑީއޭ ތަންދޮރު ނުދަންނަ ބއެއްގެ އަތްމައްޗަށް މުޅިތަން އެ ހަލާކު ވެ ދަނީ އެ ވެ. މަސްތު ވާތަކެއްޗާ ބެހޭ ގާނޫނު އޮތްތާ ބާއް ވާފައި ތަން ހިންގަނީ އެއް ވެސް އުސޫލެއް ނެތިއެ ވެ.
ދެބައިންބާވެފަހުރިއޮޑިއެއް ކިތަންމެވަރަކަށްއިލިޖަހާކޮށާމަށާ ކޮޅާފުޓުނިއަޅާހެއްޖަސް ކަނޑުދުއްވަންނިކުންނައިރުދިޔަވާނެކަން ވިސްނަންޖެހޭނެ!
އިބޫ އަށް 59 ވާއިރު އިބޫ އަށް ކިޔަވާދިން ކްލާސްޓީޗަރަށް ކިހާވަރެއް ވެދާނެ ؟
މުޅި ދައުލަތް ތިހެން ވެފަ. ކޮންމެ މުއައްސަސާއެއް ފޭލިވެފަ