މިއީ "ފެކްޓް" އެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދު ކަން އޮތް ގޮތެވެ. އެއް ސިޔާސީ ޝަޚްސިއްޔަތަކަށް ގިނަ ބަޔެއްގެ ތާއީދު އޮތް ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. މީގެ ހަތް އަހަރެއްހާ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮތް "އިންތިޚާބީ ޓްރެކް ރެކޯޑް" އެނބުރެމުން އަންނަނީ، ރައީސް ޔާމީނާ ދިމާއަށެވެ.

ދެހާސްތޭރައިގެ ރިޔާސީ އިންތިޚާބުގައި ނަޝީދު އެކަނި ނުކުމެ ލައްކައަކާ ގާތް ކުރާ އަދަދަށް ވޯޓު ހޯއްދެވިއެވެ. ހަމަ އެހާ އަދަދަށް ދެހާސްއަށާރައިގެ އިންތިޚާބުގައި ޔާމީން ހޯއްދެވިއެވެ. މި ސަރުކާރު އެކުލެވުނު ފަހުން، ޔާމީން ފާހަގަ ކުރެއްވި ގިނަ ކަންކަން ދިމާވަމުން ދިއުމާއެކު، އެމަނިކުފާނުގެ "ފިޔާތޮށި ލަޝްކަރު" ބޮޑުވަމުން ދިޔަ ކަން ނިމުނު ކައުންސިލް އިންތިޚާބުން ވެސް އެ އޮތީ ފެންނާށެވެ.

އިދިކޮޅު ވާދަވެރި ސިޔާސީ ލިޑަރު ޖަލުގައި ބަންދުވުމުގެ ތާރީޚު ވެސް އިއާދަވީއެވެ. 2023 ގެ ރިޔާސީ ރޭހަށް ގިނަ ސިޔާސީ ޝަޚްސިއްޔަތުތަކުން ނުކުންނަވަން ތައްޔާރަށް ތިއްބެވި ދަނޑިވަޅެއްގައި އެ ޖަލު ހުކުމުން ޔާމީން މިންޖުވެގެން ދިއުމަކީ މިއިން އެންމެންގެ ސަމާލުކަން ވެސް އަންނާނެ ކަމެއް ކަން މާ ކުރިން ވެސް ސިޔާސީ އެނަލިސްޓުން ހިސާބު ޖަހައިފިއެވެ.

"ދެ އަހަރު ދުވަހު ކޮއްޓެއްގައި ކުކުޅަކު ބަންދުކޮށްފައި ބޭއްވުމަށް ފަހު ދޫކޮށްލުމުން ނިކަން ގިނަ ތަންތަނަށް ދުވަން ބޭނުންވާނެ" އެވެ. މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް އެތައް ސަތޭކަ ސަޕޯޓަރުންގެ ކުރިމައްޗަށް އެރުމުން ޔާމީން ވިދާޅުވީ މިހެނެވެ. އަމަލު ކުރެއްވީ ވެސް އެހެނެވެ. ދޮޅު ގަޑިއިރުން މުޅި ގައުމު އޮތް ހާލަތު ވިދާޅުވީއެވެ. އޮތްހާ މައްސަލައަކަށް އެމަނިކުފާނުގެ އޮތް ޚިޔާލުފުޅު ފާޅު ކުރެއްވީއެވެ.

ސިޔާސީ އެނަލިސްޓުންގެ "ޕްރެޑިކްޝަން" އަށް ވުރެ މާ ބާރު ދެވެއްޔެއްގައި މަސްރަހު ކެކި ގަނެއްޖެއެވެ. ޔާމީންގެ އެންމެ ދޮޅު ގަޑިއިރުގެ ވާހަކައަށް މުޅި ސަރުކާރު "ސަމާލު ވެއްޖެ" އެވެ. ސިޔާސީ މަސްރަހަރަކީ "ފުޓުބޯޅަ" ނަމަ، ޔާމީން ދެއްވި "އެޓޭކްތަކަށް" ނުވަތަ ހަމަލާތަކަށް މުޅި ސަރުކާރު "ދިފާއު" އަށް ނުވަތަ ޑިފެންސަށް ފާބައިގެން އެ އުޅޭ ކަހަލައެވެ. ސަރުކާރަށް ކުރެވުނު ކަމަކަށް ވުރެ ބޮޑަށް ޔާމީން ކުރި ކަންކަން ނޫނީ ނުވި ކަންކަން ކިޔައިދިނުމުގައި އިސް ވެރިން މަސްއޫލުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ޔާމީނަށް ނުދޭ ލަގަބެއް ނެތް!

ރައީސް ޔާމީން ދޮޅު ގަޑިއިރު ތެރޭ ދެއްކެވިހާ ވެސް ވާހަކައަކީ މިއެވެ؛ ޖޭއެސްސީ މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމެވެ. އިންޑިއާގެ އަސްކަރީ ބާރު ދިވެހި ދައުލަތުގެ މައްޗަށް ފޯރުވޭނެ ގޮތަށް އެތައް ކަމެއް ރޭވީ ކަމެވެ. އިންޑިއާގެ ދަރަނި އިތުރުވެ ދައުލަތް ބަނގޫރުޓުވެދާނެ ބިރު އޮތް ކަމެވެ. ސަރުކާރުން ކުރާހާ ވެސް ކަމަކީ ޔާމީން ފެށި މަޝްރޫއުތަކުގެ "ރިބަން" ކެނޑުން ކަމުގައެވެ.

އެންމެ ރަނގަޅެވެ. ސިޔާސީ ރައްދު ދޭން ވާނެއެވެ. ސަރުކާރުން ވެސް ސަރުކާރަށް އަމާޒުވާ ހަމަލާއަށް ރައްދު ހަމަލާއެއް ވެސް ދޭން ވާނެއެވެ. އެކަމަކު، ވާދަވެރިޔާއަށް "ލަގަބު" ދެމުން ދެމުން ގޮސް "ބުއްދި ސަލާމަތުން ނެތުން" ނޫނީ "ސިކުނޑީގެ އާލާސްކަންފުޅެއް ހުރި ބޭފުޅެއް" ގޮތުގައި ސިފަކުރާ ހިސާބަށް ދިއުމުން، ދައްކާނެ ވާހަކަ ހުސްވީހެން ހީވާ ފަދައެވެ. އެންމެންގެ ސަމާލުކަން އޮތީ ޔާމީނަށް ރައްދު ދިނުމުގައެވެ.

ސަރުކާރުން ސިޔާސީ ވަޒީފާ ދީފައިވާ އެކްޓިވިސްޓުން ހުއްޓުމެއް ނެތި ދަނީ ޓްވީޓް ކުރަމުންނެވެ. ޔާމީނަށް ފާޑުކިޔާފައި ހުރި ޕޯސްޓަރުތަކެއް ވެސް ތައްޔާރުކޮށް މީސް މީޑިއާގައި ދަނީ ދައުރު ކުރުވަމުންނެވެ. ބޭކާރު ގޮތުގައި މި ސަރުކާރުން އުފައްދާފައިވާ ސިޔާސީ ވަޒީފާތަކުގައި ތިބެ، މިއިން ދުވަހަކު މަންޒަރަށް ނުފެނި ތިއްބެވި ބައެއް ބޭފުޅުން ވެސް ޓްވީޓާގައި ޔާމީނަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވަން އެބަ ގެންދަވައެވެ.

މި ވަރުން ނުނިމެއެވެ. ޓީވީ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވެގެން ރައީސް ޔާމީން "ނުބައި މީހެއް" ގޮތުގައި ސިފަކުރެވެން އޮތް ވާހަކައެއް އެބަ ދައްކައެވެ. ސަރުކާރުގެ މަސައްކަތްތަކާއި މަޖިލީހުގެ ތެރެއިން ކުރާ މަސައްކަތްތަކުގެ ވާހަކަތައް ދޫކޮށް، އެންމެންގެ މަސްއޫލިއްޔަތަކަށް އޮތީ ޔާމީން ނުބައި މީހަކަށް ހެދެވެން އޮތް ގޮތަކަށް ހެދުމެވެ. އެންމެ ފަހުން ރައީސް ޔާމީނަކީ "މޮޔައެއް" ކަމުގައި ވެސް ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވެއްޖެއެވެ.

ހަނދާނަށް އައީ ރައީސް ނަޝީދު ދެއްކެވި ވާހަކައެކެވެ؛ ސިޔާސީ ޕޮއިންޓް ޖެހުމުގައި ހައްދެއް އޮންނަން ވާނެއެވެ. ދިވެހިންގެ ތެރެއިން ވަކި ބަޔަކު އެއީ ދެން ދީން ގަބޫލު ނުކުރާ، ނޫނީ ޤައުމަށް ޣައްދާރުވި ބަޔެއް ގޮތުގައި ސިފަ ކުރުމަކީ ފަސާދައެކެވެ. އެކަނިކުފާނު ވެސް ބައިވެރިވާ ސަރުކާރުގެ ވެރިން ފަރާތުން ފެނުނީ އެ ކަމެވެ. ވާދަވެރިޔާގެ ވާހަކައަށް ރައްދު ދެމުން ގޮސް ގޮވަން ނުވާނެހާ ލަގަބެއް ދީ ނިންމާލީއެވެ.

ބައެއް ސިޔާސީ ވެރިންނަށް އަމާޒު ކުރާ މިފަދަ ލަގަބުތަކުގެ ކަންބޮޑުވުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ފާޅުކުރައްވައެވެ. ނުބައި ލަގަބުތަކުން ގޮވުން ހުއްޓުވައި އަބުރު ރައްކާތެރިކުރަން ޖެހޭ ކަމުގައެވެ. ސިޔާސީ މަސައްކަތުގައި ބައެއް ބޭފުޅުންގެ ފެންނަ ނުރަނގަޅު އާދައެއް ގޮތުގައި އޭނާ މިކަން ސިފަ ކުރައްވައެވެ. މިއީ ސިޔާސީ މަސައްކަތުގައި އެންމެން ވެސް އިސްލާހު ކުރަން ޖެހޭ ކަމެއް ކަމުގައެވެ.

ޔާމީންގެ ވާހަކައިން ދިފާއުއަށް ކުޅެން ޖެހިގެން މި ފެންނަނީ "އެތިކްސް" ދޫކޮށް "ފައުލް" ވެސް ކުރާ މަންޒަރެވެ. ސަރުކާރުން ވާދަވެރިންނަށް "ފައުލް" ކުރުމުގެ އުކުޅު ދޫކޮށް، ރައްޔިތުންނަށް ކަމެއް ކޮށްދޭން މި ވަގުތު އުޅުން މާ ރަނގަޅެވެ. ނޫނީ ސަރުކާރުގެ މަގުބޫލުކަން ގެއްލި، ހާސްވެގެން އެ އުޅޭ ކަންތައް ވާނެއެވެ. މަގޫބުލު ކަން އިތުރުވާނީ ޔާމީނަށެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. Anonymous

  ފިނދަނަ ސަރުކާރެއް. މމޕރސ ގެ ހިޔާނާތުގެ 980 މިލިއަން ކައްވާލައިގެން ތިބި މީހުން ބިރުން މިހާރު ފިތްކެނޑޭނެ. ރައީސް ޔާމީން 1 މިލިއަން ނެގިއްޔޭ ކިޔައިގެން އަޑުގަދަކުރީމަ ބާކީއޮތް 979 މިލިއަނަކީ ދިވެހިންނަށް ވާއެއްޗަކަށްވެސް ނުވި.
  ބަޔަކު ގަޅިހައްދައިގެން ގެންގުޅެވޭނީވެސް ވަކިވަރެއްވަންދެން. ރައީސް ޔާމީން އަޒުލުކޮށް ބްރޯ ވެރިކަމަށް އަންނަން އޭރުގެ މަޖްލިސް މެންބަރުންނަށާއި، ފުލުހުންނާއި ސިފައިންނަށްވެސް ރިޝްވަތުދިން ކަމަށް ކިޔާއަޑުއިވޭ.
  ބޯމައްޗަށް ޖަހައިގެން ހިނގާ މީހަކަށް އެނގޭނެ ބުރޯ އެފައިސާ ރައީސް ޔާމީނަށް ނުދޭނެކަމާއި ރައީސް ޔާމީންއަށް އެފައިސާއާ ގުޅޭ އެއްވެސް ކަމެއް ނޭނގޭނެކަން.

  98
  3
  • މުބީނު މާރނީ

   37 މިލިއަން އިބޫ އަށް އަދީބު ދިން މައްސަލަ އަދީބު ފަޅާ އަރުވާލަފާނެތީ އިބޫ އަދީބު ގޭގަ ބަހައްޓާފަ ހުންނަނީ.

 2. ހުސޭނުބޭ

  ކެކެކެ ބަރާބަރު ވާހަކައެއް

  82
  2
 3. އައުޓް

  އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް

  87
  1
  • ރައްޔިތުމީހާ

   ވ.ފުރިހަމަ ރިޕޯޓް އެއް

   44
   1
 4. Anonymous

  ތަގުންނާއި ވަކަރުގޭ ސޮރުމެން ލައިގެން ހިންގާ މަޖްލިހަކާ ސަރުކާރަކުން އަދަބު އަހްލާޤުގެ "އެތިކްސް" ފެންނާނެކަމަށް ހިތަށް އެރުވުމަކީވެސް މޮޔަކަމެއް.

  87
  1
 5. ސަނީ

  އެ ސްޕީޗް އަލުން ބެލޭނީ ކޮންތާކުން.. ؟
  ޥަރައް މޮޅު ސްޕީޗެއް އެއީ

  108
  4
 6. Anonymous

  ތެދެއް. ގަރާޖު ހިންގާ މެކެނިކުން ބްރެއިން ސަރޖަންޓުންނަށްވެސް ވެއްޖެ.
  ދެލޮލަށް ފެންނަ މީހުން ކަނު މީހުނަށްވެ "ރައްޔިތުން ގަބޫލުނުކުރާނެ" ކަމަށް ބުނަމުންދިޔައީ 3 ދުވަސްތެރޭ އެއްވި ފިޔާތޮށި ލަޝްކަރު ނުފެނި ޓީވީން ބަލަން އިންއިރު ހަމައެކަނި އަޑު އިވުނުމީހެއް ފަދައިން.

  69
  2
 7. ފދސަ

  ކޮބާތަ ސޯލިހު! އެސޮރު ދިފާއަށް ނުކުމެކުރާކަމެއް މަބަލާހިތްވަނީ.
  ލަފާކުރެވެނީ އެސޮރަށް ރޮވޭވަރުން ހަމައެކައްޗެއްވެސް ނުބުނެވޭނެކަމަށް.

  81
  1
 8. ޙިސާންބިލް އެޕްލައި ކުރަނީ އެނމެމީހަކށް

  #އިންޑިއާ އައުޓް
  އިންޑިއާގެ ރައްޔިިތުންނާ ޤައުމާ މިލިޓަރީއާ ދެންވެސް ހުރި ތަނަކާ ބަޔަކާ އަހަރުމެންގެ ނެތޭ މައްސަލައެއް.އޭޝިއާގެ ބެސްޓްއެއް ހމަ. ގަބޫލު ކުރަން އެންމެ ފާސްޓް ރެސްޕޮންސް އަންނަނީ އިންޑިއާއިންކަން، އެގުޅުން އެގޮތުގައި ބާއްވައިގެން މިއޮށް ހުރހާ ޒަމާނަކު ވެރކަންކުރީ 2ގއުމުންނަމވެސް ދިވެހި މިމާތް އިސްލާމްދީނުގެ އަލިކަމުގަ ބޮޑެތިވެފަ ތިބި ޕޭރެންޓްސްގެ ދަރިން ގައުމަށް ބޭވަފާތެރި ވާތީއޭ މިއުޅެނީ.ގާތް ބައެއް ވިޔަފާރިކޮށް ކިޔެވުމަށާ ބޭހަށް ޒަމާނުއްސުރެ މަގުބޫލު.މޯދީ ސަރުކާރުން މާ އަތްބާނަނީ ސިޔާސީ ކަންތަކާ ދާޚިލީ ކަންތަކަށް.ކަޝްމީރުގޮތަށް ރަންބިސް އަޅާ ކުކުޅެއް ރާއްޖެއަކީ، އަތުލާފަ ޓޫރިޒަމަށް ޚާއްސަކޮއްފަ ދިވެހިން އިންޑިއާގެ ސްލަމް އަކށް ބާލާނީ.ލޮޓްސް އޮފް ޕޮސިބިލިޓީސް. ބޮޑު އަގުގަ އެކި ގއުމުގެ ރިޗް މީހުންނަށް ޕްރައިވެޓް ރަށް ވިއްކުމާ ފިލައިގެން އުޅޭމީހުނނަށް ހިމާޔަަތްދިނުމާ މީހުސް ރާއްޖެއިން ކުރެވޭނެ ކަންކަން...ހިތަށް ވ އަސަރުކުރޭ ކާބަފައިންވީ ގުރުބާނީ މަތިން..ރ.ޔާމީން ކެއްތެރިވެ ހިކުމަތާއެކީ ކުރިޔއށް..ޖަލަށް އަނބުރާ ދާންނުޖެހޭ ވ ބަލައިގެން އުޅޭތި. ސަރުކާރަށް އެޓޭކް ނުކޮށް އެންމެންގެ ސަޕޯރޓް ހޯދާ އިންތިޚާބު އަންނަންވާއިރަށް.

  48
  1
 9. ސަމާސާ

  ހަގީގަތަކީ ޔާމީން ވަރުގެ ސިޔާސީ ހިތްވަރު ހުރި މީހެއް ނެތް
  ދަގަނޑޭ ވަރުގެ ކުޅުންތެރިއެއް ނުއުފެދޭ
  ސާއިދުވަރުގެ ބާރު ދުވުންތެރިއެއް ނެތް
  އެއުޅޭ ަނެއް މަންޖެ ޓީޓީ އަށް ހަމަ މޮޅު.
  އޯލެވެލް ގައި އަދި އޭލެވެލްގައި ދުނިޔޭގެ އެއްވަނަ ހޯދި ކުދިން ހަމަ މޮޅު.

  މިހަގީގަތް ގަބޫލު ނުކޮށް ދައްކާ ވަހާކަ ދެން ގަބޫލުކުރާނީ މޮޔައިން.

  87
  3
 10. ޢޭޜ

  ވަގުތުގެ ނޫސްވެރިންނަށް މި އުޅެނީ އެކަން ހަޖަމުނުވެގެން

  21
  39
 11. ވިސްނާލުމަށް އެދެމޭ

  ހާސްވިޔަސް ދެހާސްވިޔަސް ރޔާ މީން ނުހުއްޓުވޭނެ އިންޝާﷲ....ސަރުކާރުން ބާރުގެ ބޭނުކޮށް ނުހައްގުން ޖަލަށްލައިގެން ރޔާ މީން ގައިދުކުރިކަން މުޅިދުނިޔެއަށް ހާ މަވެއްޖެ ދެން އަލުން ނުހައްގުން ޖަލަށްލިޔަސް ދުނިޔޭގެ ކުރި މަތީގަ މިސަރުކާރު ފަލީހަތްވެއްޖެ..ރޔާ މީން ކާ މިޔާބު ވެއްޖެ...ހައްގުކުރިއަރާނެ ބާތިލްނެތޭނެ..އުފުދި މުގަވެސް ބާތިލް ސަރުކާރެ މިއީ..

  62
  4
 12. އައުޓް

  މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް މިސަރުކާރުގެ ކެބިނެޓް އައުޓް އިންޑިއާ އައުޓް

  45
  3
 13. ކިޔުންތެރިއެއް

  މުހައްމަދު އުސާމް. ވަރަށް ފުރިހަމަ ލިއުންކޮޅެށް. އެއްވެސް ކޮޅަކަށް ބުރަނުވެ ނޫސްވެރިއެއްގެ އަސްލު މަސައްކަތް މިއޮތީ ފެއްނެން.

  69
  2
 14. އހ

  ފައްފަށުން ސުކުރު ވަގުތު ނޫހުން ހަގީގަތް ހާމަ ކުރީތީ

  29
  2
 15. އާދަމް ނަވާޒު

  މުހައްމަދު އުސާމް މޭ ކަރުވާނެ . ހަމަ ކަށަވަރުން އޭނާ ދާނީ ޖަލު ގޮޅިއަށެވެ. ތިޔަބޭފުޅުން ތިބޭނީ ހަމަ ރޯން ، ފަރަގަކީ ހިތާމާގެ ކަން މިފަހަރު .

  7
  14
 16. ޙައްޕު

  ޔާމީނު ވެރިކަމަށް ގެންނަން ގިނަބަޔަކު އުޅޭނަމަ ދޭހަވަނީ ދިވެހިންގެ ވިސްނުން އަދިވެސް ހުރީ ވަރަށް ދެރަވަރުގަކަން.ފެނއ ގެންނަންވީ އައު މީހެއް.

  2
  41
 17. އަހުމަދު

  ރ ޔާމީނަކީ ހަމަ ބެސްޓް.. އެޓޭކަށް ކުޅުނަސް ކަެުންޓް އެޓޭކަށް ކުޅުނަސް މުޅި އެމްޑީޕީ ޑިފެންސް ކޮއްގެން ކުޅުނަސް ރޔާމީން ފިލާކަށް ނުދާނެ. އެއީ އަހަރެމެންގެ ގަޓު ރައީސޭ...

  39
  1
 18. ބަލަންތިބޭ

  މާމޮޅައް ކުޅެވޭބަޔަކައްވެގެން ދަނޑައްނުފަރިތަ ކުދިންކޮޅެއް ގޮވައިގެންއަރާ ކިތަންމެވަރަކައް އެޓޭކް ކުރަންވެގެން އުޅުނަސް އަހަރެމެންގެ ފޯވާޑު މިޑްފީލްޑް ސެންޓަރ އެހެން ގޮތަކައް ބުނަނީނަމަ ވަންއެނޑް އޮންލީ ރައީސްޔާމީން ކޮޅަކައް ސްކޯކުރެވޭހާ ފެންވަރެއް ތިޔަކުޅުންތެރިންގެ ނުހުންނާނެ އިންޝާﷲ ދެހާސް ތޭވިހުގަ ނިކަންރީއްޗައް ބަލިކޮއް ތަށިއުފުލާލާތަން ދައްކާނަން

  29
  2
 19. ނައިން

  ޔާމީން ބިރަކަށްވީ މިހާރަކު ނޫން. މާކުރިން ޔާމިންގެ 800 މިލިއަނޭ ކިޔައިގެން އަޑުއެރުވީވެސް ޔާމީނަކީ ބޮޑު ބިރަކަށް އޭރުވެސްވާތީ. މިހާރު އެވާހަކަ ނުދައްކާ ބޮޑު ސަބަބެއްވެސް އޮވޭ. އެ ލަދުވެތިކަން ފުހެލަންވެގެން ދެން ބޭނުންވީ ޔާމީންއަކީ ކޮރަޕްޓް މީހެއްކަން ދައްކަން. އަދީބު ކަހަލަ ކޮރަޕްޓް މީހަކު ނައިބު ރައީސަކަށް ލީ އޭނަގެ ބޭނުންކޮށްގެން ސީދާ ޔާމީންގެ އަގުވައްޓާލަން. ޔާމީންވެސް ރައްޔިތުންގެ ހިތުގަ އުފެދޭ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ. އެހެން ނުހަދާނަމަ ބަޔަކު ދިން ލޭބަލްއިން ދުވަހަކުވެސް ސަލާމަތްނުވާނެ ކިތަންމެ ވަރުގަދަ ޝަޚުސިއްޔަތަކަށްވިއަސް. އެކައުންޓްގަ ހުރި ފައިސާގެ އަދަދު އެންމެންނަށް އަންގައިގެން އެމްޑީޕީން ކުޅުނު ގޭމުން އެމީހުން ބަލިކުރަންޖެހޭ.

  19
  1
 20. ސސ

  ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް! ބޮޑެތިހާ ދަރަނި ލޯން ބޭރު ޤައުމުތަކުން ނަގާފަ ދިވެހިން ދަރަނި ދަންތުރާގައި ޖެހި ތާށިވެފައިމިވަނީ !

  13
  1
 21. ހާމިދު ޝާޙިދު

  އެތިކްސް ގެ ކަންފުޅެއްވެސް އެމްޑީޕީ ގައި ނުހުންނާނެ. ނަމުން ޑީމޮކްރެޓިކް ސަރުކާރު. އެކަމަކު ވަރަށް ލާދީނީ ގައްދާރުވެރި، ހަޔާތް ކުޑަ ބައެއް އެއީ. އެހެނީ، އެޕާޓީ ވުޖޫދަށް ގެނައުމުން ޕާޓީއާ އެންމެ ފުރަތަމައިނުންވެސް ގުޅުނީ، އަވޮގޮރާނަ ގޮވަމުންދިޔަ މައުމޫނު ދެކެ އިންތިހާއަށް ރުޅިއަރާ ބަޔަކަށްވާތީ.

 22. އައުޓް

  ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް

 23. Anonymous

  އިބުރާ ކަޅުދަބަސްހިފައިގެން ދުވާތަން ފެންން ވީޑިއޯ ދައްކާލަބަލަ

 24. ގަރުނޭ

  ބަި ގަރުނު ފަހުން އެވަރަށް ވޯޓް ހޯއްދެވިއިރު ވޯޓް ލީ އަދަދާ އަޅާ ކިޔަން ވާނެ އިނގޭތޯ!

 25. ބަލާބަލަ

  "މިރާއްޖޭގައި އިންޑިޔާ ސިފައިން ބައިތިއްބަން ޖެހެނީ މިރާއްޖޭގެ ސަލާމަތަށޯ....!!!!"
  އަޖާއިބުވަން! އިންޑިޔާ ސިފައިން މިތަނުގައި ނެތީވިއްޔާ، މިރާއްޖެއަށް ނުރައްކާ އަންނަން އޮތް ތަނެއް ނުވަތަ ބައެއްގެ ނަންވެސް ވިދާޅުވާން ވާނެތާ! ދިވެހިރާއްޖެއަކީ ދުނިޔޭގެ އެއްވެސް ބައަކާއި ހަނގުރާމައިގެ ޙާލަތުގައި އޮތް ޤައުމެއްނޫން. މިއޮތް ވީހައި ދުވަހު އެއްވެސް ބައެއްގެ ގޯނާއެއް މިތަނަށްފޯރީއަކީނޫން. އަދި މިރާއްޖޭއިން ބޭރުގެ އެއްވެސް ބަޔަކަށް ނުފޮރުއްޕާނެއް ނުކުރޭ. ދެން މިތަނަށް އޮންނަންވީ ކޮންބައެއްގެ ފަރާތުން އަންނަ ބިރުވެރިކަމެއް؟؟ ފެންނަން އޮތީ ހަމަ އެންމެ ބިރުވެރިކަމެއް! އެއީ މާ އިހުޒަމާނުއްސުރެން ވެސް މިރާއްޖޭގެ މައްޗަށް އަތްގަދަކޮށް، އެމީހުންގެ ބާރުގެދަށުގައި ތަޅުވަން ބޭނުންވެގެން، އުޅެމުން އަންނަ އުތުރުކަރަ. ދެން އޮތީ ބަޔަކު ބުނަމުންދާ ވާހަކައެއް.... އެއީ އިންޑިޔާގެ އަޝްކަރިއްޔާ މިރާއްޖޭގައި އޮތުމުން އޮތީ ކޮން ގެއްލުމެއްހޭ؟...... ވާނީ ފައިދާއޭ.... ދެން މިފާޅުކުރަނީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތް:
  އިންޑިޔާއަކީ މިހާރުވެސް އެތަނާއި އެންމެ ގާތުގައި އޮތް އަވައްޓެރި ދެ ގައުމަކާއި ހަނގުރާމައިގެ ޙާލަތުގައި އޮތް ގައިމެއް. އިންޑިއާއެކޭ އެއްފަދައިން އެ ދެފަތާތުގައިވެސް، ފަނާކުރަނިވި އެންމެ ނުރައްކާތެރި ހަތިޔާރާއި، އެ ހަތިޔާރުތައް އުފުލާނެ އުޅަނދުތަކުގެ ގާބިލުކަން ވެސް އެބަހުރި. އެއިން އެއް ގައުމަކާއިވެސް އިންޑިޔާއިން ' ފުލް ސްކޭލް ' ހަނގުރާމައެއް ކުރަން ފަށައިފިއްޔާ، އިންޑިޔާ އަޝްކަރިއްޔާގެ އައުޓްޕޯސްޓެއް ކަމުގައި ބެލެވޭ އެއްވެސް ތަނެއް ހަމަލާތަކުން ސަލާމަތެއް ނުވާނެކަން ޔަގީން. އެއީ ޝީޝެލްސް ކަމަށް ވިއަސް، އަދި މޮރޭޝަސް އާއި ދިވެހިރާއްޖެ ކަމަށް ވިއަސް، ޙަމަލާ އަންނާނެކަން ކަށަވަރު. އެންމެ އަކަ ކިލޯމީޓަރެއް ހަލާކުކޮށްލެވޭ ވަރުގެ އެންމެ މިސައިލެއް އައްޑޫ ހިތަދޫއަށް ނުވަތަ ލ.ކައްދޫއަށް، ނޫންނަމަ ހދ.ހަނިމާދޫއަށް އަރައިފިނަމަ އެއިން ރަށަކަށް ލިބޭނީ ކިހާވަރެއްގެ ގެއްލުމެއްތޯ؟؟!!!! މިރާއްޖޭގައި އިންޑިޔާގެ އަޝްކަރިއްޔާ އަތްފައި ބާނާފައި އޮތިއްޔާ، މިމީހުންގެ ދުޝްމަނުންނަށް އެކަން ސިއްރެއް ނުވާނެކަން އަޅުގަނޑުމެންވެސް ދަންނަންވާނެ.
  " އިންޑިޔާ މިލިޓަރީ އައުޓް " އޭ މިގޮވަނީ މި ސަބަބައްޓަކާ. ހޭއަރާ ތިބުން ބުއްދިވެރި.

 26. ބުރުހާން

  ސޯލިހު ކަލޭހަމައިން ނުނެއްޓޭތި ކިރިޔާވެސް ކަތިފިޔަވަޅެއް ނާޅާތި ނަމަނަމަ ރައީސް ޔާމީނާ ދެންނުކުޅެވޭނެ.

  10
 27. މިހާ

  މިސަރުކާރަކީއަބުއްފުޅާއި ދަނބުއްފުޅު ސަރުކާރު

 28. ށުވޭސް

  މި ސްޕީޗް ދީގެން ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދެވުނީތަ ،

 29. Anonymous

  ޕްރޫފެއް ނެތި ގޮތް ހުސްވީމަ ދެން ހަޖޫ ޖެހުން ފިޔަވާ އިތުރުކަމެއް ނޯންނާނެ ދެއްތޯ
  މުޝްރިކުން ވެސް މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މޮޔައެކޭ ކާހިނެކޭ ސިޙުރު ވެރިޔެކޭ އެއް ނޫންތޯ ގޮވީ

 30. ވާގޮނުސްކޮ

  އިލްމާއި ހިލްމު ހުރިޝަހްސިއްޔަތަކާ ނެތް ޝަޚްސިއްޔަތެއްގެ ތަފާތު. ހަމަޔަގީނުން ވެސް ރ ޔާމީން އެއްކޮޅުގަ ބަހައްޓާފަ
  މިހާރު އޮތް ރައްޔިތުންމަޖިލީހުގެ އިދިކޮޅު ހުރިހާމެމްބަރުން އަނެއްކޮޅުގަ ތިބެ ކުރެވޭއންމެސުވާލަކަށް އުރިހާމެމްބަރުން ދޭޖަވާބާއި ރ ޔާމީން ދެއްވާޖަވާބު ފުރިހަމަވެފާބާރުގަދަވާނެ
  ކަންޔަގީން. ސަބަބަކީ ރ ޔާމީން ފަދައިލްމް ހުރިގާބިލް ތަޖްރިބާކާރު އެންމެ މީހަކުވެސް އެމްޑީޕީގަ ނެތުން. ދެން
  ކުރވޭނެ ކަމަކީ ރ ޔާމީން އެކިގޮތްގޮތުން ބަދުނާމް ކޮށް އަބުރުކަތިލުން. އެކަންވެސް ކުރަންއުޅެއުޅެ ނުވި ގަބޫލްކުރވޭފެންވަރު ހުރި ހުއްޖަތެއް ނުވިއްކުނު. ގަންނަންތިބި މީހުންވެސް ދުވަހެއްދުވަހަކަށް ދަނީ ދުރައްޖެހި
  މަދުވަމުން .ގުޅެމުންދަނީ ފިޔާތޮށިކުލަޔާ. ޕޮހް ޕޮހް. ކިޔާފަ ދަނީއަތައްގޮވަމުން . ދަނީޗޮކުން.

 31. ނަފީހާ

  އަނެއްކާ ސަރުކާރުން ރޔ އަށް ފާޑުކިޔާ އެއްޗެހި ގޮއްވަނީވެސް މަހުޖަނުގެ އބިމީހާގެ ފިރިމީހާ ރައިސް އޮފީސްތެރެއަށް ވައްދާފަ ތިބޭ "ވުޒާރާނެތް" "ވަޒީރުން" ލައްވައެވެ. ފޮނިކަމުން ރައިސްއޮފީހަށްވެސް ޚުދު ރައީސަށްވެސް ނުކަތައިގެން އުޅޭ ފެންވަރެއްނެތް، އުރައްޕެއްނެތް ކަޑާލީމަ ގައިން ލޭއަންނަ ފަދަ މީހުން ޓްވީޓް މި ކުރަނީ ރޔ އާ ބެހޭގޮތުން ހަޑިހުތުރުބަހުން. ފެންވަރުގެ ގޮތުން އުޑާ ބިމާ ދެމެދުގެ ތަފާތު ހުރިއިރުވެސް އަޅޭ މިފަދަ މީހުންގެ ލަދުހަޔާތް ހަމަ ނެތީބާ؟ހަމަ ހީވަނީބާ ލިބިގެން މިއުޅޭ ކަމަކީ ހަގީގަތެކޭ.. ބަލަ ތީ ހަގީގަތެއް ނުނޭ.. ހުވަފެނެކޭ...އާދެ! ހަރުބަހުގަ އޮންނަނީ "ތިމާއަށް ނޭގޭކަން ނޭގޭ ޖާހިލަކީ އެންމެ ބޮޑު ޖާހިލޭ". ހަމަ ބޮޑެތި ޖާހިލުން މިއުޅެނީ ބޮޑު މުސާރަ ނަގައިގެން މަސައްކތެއްނުކޮށް މިނިސްތަރު ފެންވަރުގައި ކޯޑިނޭޓަރުކަން ކުރަމުން...ސަހަރޯ