ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދިމާއަށް "ލާދީނީ" ބަސްތައް އަމާޒު ކުރުމުން އެމްޑީޕީގެ އިސް ބޭފުޅުން ނުރުހެއެވެ. ނަޝީދަށް ކުރައްވާ ސީރިއަސް ތުހުމަތުތައް އެމަނިކުފާނު ދޮގު ކުރައްވާއިރު، އެފަދަ "ލޭބަލްތައް" އަޅުވައި ނަފުރަތު އުފައްދައިގެން ނުވާނެ ކަމުގައި ނަޝީދުއާއި އަރިސް ބޭފުޅުން އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި، ނަޝީދުގެ އެންމެ އަރިސް ސިޔާސީ ބައިވެރިޔާ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން "އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތް އެމްޑީޕީގެ ބޭފުޅުން ސިފަކުރައްވަނީ އެ ގޮތަށެވެ. ސިޔާސީ ބޭނުމަކަށް އިންޑިއާއާ މެދު ނަފުރަތު އުފައްދަނީ ކަމުގައެވެ.

ނަފުރަތު އުފެއްދުމުގެ މައުޟޫއަށް ޖެހިލާ އިރު، މާޒީގައި ކޮންމެ ފަޅިއަކުން ވެސް ތާއީދު ހޯދަން ކުރާ ދެ ކަމެއް އޮވެއެވެ. އެއް ކަމަކީ އެއް ބަޔެއްގެ މޮޅު ކަމުގެ ވާހަކަ ފެތުރުމެވެ. އަނެއް ކަމަކީ ވާދަވެރި ފަޅީގެ ގޯސް ވާހަކަތައް ފެތުރުމެވެ. އިންތިޚާބުތަކުން ބާރުތައް ހޯދެން އޮތް ނިޒާމެއް ރާއްޖޭގައި ވެސް އަމަލު ކުރަމުންދާ އިރު، ވާދަވެރި ސިޔާސީ ހަރަކާތް މިހާތަނަށް ހިންގާފައި އޮތީ މި ގޮތަކަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމެވެ. މައުމޫންގެ އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި އުފެދުނީ ނަޝީދެވެ. އޭރު އާންމުން ކިޔައި ގޮތުން ނަމަ، "އަންނި" އެވެ. ބައެއް ނޫސްތަކުގައި ލިޔުއްވައި އިރު އާއި ޕޯޑިއަމްތަކަށް އަރުއްވައި ވާހަކަ ދެއްކެވި އިރު މައުމޫނަށް އެކި ޒާތުގެ ލަގަބު ދެއްވާފައިވެއެވެ. "މުސްކުޅިބެ" އާއި "މުނާފިގު މީހެއް" ފަދަ ލަގަބުތަކުން މައުމޫނަށް ނިސްބަތްކޮށް ބޭނުންކޮށްފައިވެއެވެ. ނޫހެއްގައި ލިޔެވޭނެ ހަމަތަކަށް ނުފެތޭ ހުތުރު ބަސްތަކާއި ލަގަބުތައް ވެސް ހުއްޓެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް - ފޮޓޯ: ރައީސް އޮފީސް

ފެބްރުއަރީ 7، 2012 ގައި ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވި ފަހުން ވެސް ހިނގައިދިޔައީ މިކަމެވެ. ރައީސްގެ މަގާމު ހުސްވުމުން ގާނޫނު އަސާސީގައި އޮންނަ ގޮތުން، ނައިބު ރައީސް އެ މަގާމާއި ހަވާލުވެވަޑައިގަތީއެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އެ ވެރިކަމުގައި އެމަނިކުފާނަށް ވެސް ޒާތްޒާތުގެ ލަގުބުތައް އެރުވީއެވެ. "ބަޣާވާތް" ކުރި ކަމުގެ ތުހުމަތުކޮށް "ބާޣީ" އެއްގެ ލަގަބު އެރުވިއެވެ. ވެރިކަން ޖަހައިގަތީ ކަމަށް ބުނެ "ކަޅު ކާޅު" ފަދަ ލަގަބުތަކުން ގޮވިއެވެ. "ކަޅު މީހެކޭ" ވެސް ގޮވައި ހެދިއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެވެ. ރާއްޖޭގެ ހިނގިހާ މަރެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަން އުޅުނެވެ. މުޒާހަރާތަކުގައި ހިނގާއިދާ ކަންތަކަށް ފަހު ޔާމީނަށް "ގުންޑާ" އެކޭ ކިޔާފައި ވެސް ގޮވިއެވެ. ކޮންމެ ސަރުކާރެއްގައި ވެސް ޚިޔާނާތުގެ މައްސަލަތައް ފެންމަތިވިހެން އެ ސަރުކާރުގައި ވެސް އެފަދަ މައްސަލަތައް ފެންމަތިވިއެވެ. ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ އޭރު ހިނގުމާއެކު ޔާމީނަށް "ވަގެއްގެ" ލަގަބު ވެސް ދިނެވެ. އިސްލާމް ދީނާ ދުރު ބޭފުޅެކޭ ކިޔާފައި އެމްޑީޕީގެ ޕޯޑިއަމްތަކުގައި ދެއްކި ވާހަކަތައް އެ ހުރީ ފެންނާށެވެ.

ރައީސް ނަޝީދު އާއި ރައީސް ޔާމީން

އެމްޑީޕީއާއި ޕީޕީއެމް ނޫން ބައެއް ޕާޓީތަކަށް ބަލާއިރު ވެސް މަންޒަރު އެހެން ފެނެއެވެ. އަދާލަތު ޕާޓީން ފެނުނު މަންޒަރަކީ މަރުތަކުގެ ތުހުމަތު ވެސް އެކި ފަހަރު އެކި ގޮތަށް ދެކެވުނު މަންޒަރެވެ. ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އެމްޑީޕީއާއި ގުޅުވައި އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް ފެންނަން އެ ހުރީއެވެ. ހަމަ އެ މަރު، ރައީސް ޔާމީނާއި ގުޅުވައި ވެސް އިމްރާން ވާހަކަ ދައްކަވާފައި އެބަ ވެއެވެ. ފަހުން އެ ސުވާލުތައް އަމާޒުވުމުން ސީދާ ޖަވާބެއް ވެސް ނުދެވެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ދިވެއްސަކާއި ދިމާއަށް "ލާދީނީ" ގޮވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް "ވަގުތު" އަށް ދެއްވި އިންޓަވިއުއެކެވެ. އޭނާ ވިދާޅުވެފައި ވަނީ މައުމޫންގެ ވެރިކަމުގައި އެމްޑީޕީގެ ބޭފުޅުން ވެސް އެމަނިކުފާނާއި މެދު ނަފުރަތުގެ ކިތަންމެ ބަހެއް އަމާޒު ކުރެއްވި ކަމުގައެވެ.

"އެމްޑީޕީގެ އިސްލާހީ މަސައްކަތްތައް ފެށިގެން އައި އިރު އޭރުގެ ރައީސް މައުމޫންގެ ވެރިކަން ނިންމުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގައި ހުރި އެތައް ގޯހެއްގެ ވާހަކަ އެމްޑީޕީން ފެތުރުމުން އެމަނިކުފާނާއި މެދު އާންމުންގެ ގިނަ ބަޔަކުގެ މެދުގައި ނަފުރަތު އުފެދުނު، އެމަނިކުފާނަށް ވެސް ލަގަބުތަކެއް ދެވުނު،" ސަނީފް ވިދާޅުވިއެވެ.

އެމްޑީޕީއަށް އަމާޒުވާ ބައެއް ފާޑުކިއުންތައް ހުއްޓުވުމުގެ ބޭނުމުގައި އާއި، ނަޝީދުއާ ދިމާއަށް "ލާދީނީ" ގޮވުން ހުއްޓުވުމުގެ ބޭނުމުގައި ހުށަހެޅުނު އިސްލާހާ ގުޅޭ ގޮތުން ސަނީފް ވިދާޅުވީ، އެއްވެސް މުސްލިމަކީ ދީނުން ބޭރު މީހެއް ކަމުގައި ބުނުމަކީ އޭނާ ވެސް ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު ފުރަތަމަ ބިލު އޮތީ ދީނީ ނަސޭހަތް ދިނުމާއި ވަކި ޚިޔާލެއް ފާޅު ކުރުން ވެސް ހުއްޓޭނެ ގޮތަކަށް ކަމުގައި ވިދާޅުވިއެވެ.

"އެމްޑީޕީގެ ވިސްނުމެއް ނޫން އެއީ ބަސް ބުނުން ހުއްޓުވުން، އަނގަ މަތީ ޓޭޕް އެޅުމަކީ އެމްޑީޕީގެެ ވިސްނުމެއް ނޫން،" އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ވާދަވެރި ސިޔާސީ ލީޑަރުންނަށް ފާޑުކިޔައި ދައްކާފައި ހުރި ވާހަކަތައް އިޝާރާތް، ފޯނުން ދެއްވި އިންޓަވިއުގައި ސަނީފް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް - ފޮޓޯ: މަޖިލީސް

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް "ވަގުތު" އާ ވާހަކަ ދައްކަވަމުން މި ކަންބޮޑުވުންތައް ފާޅުކުރެއްވިއެވެ. އެކި ޕޯޑިއަމްތަކުގައި ވެސް އޭނާ ފާޅު ކުރައްވާފައިވާ ކަންބޮޑުވުމެކެވެ. ވަކި ސިޔާސީ ބަޔަކު ފާހަގަ ނުކުރައްވައި ވިދާޅުވަނީ ސިޔާސީ ބޭނުމަކަށް ޓަކައި، އަނެކާއަށް ދޮގު އިލްޒާމް އެޅުވުމައި ނުރަނގަޅު ލަގަބުތަކުން ގޮވައި ހެދުން ވަރަށް އާންމު ކަމަށެވެ.

"އިސްލާމް ދީނުގައި ވަރަށް މަތީ އަގެއް ދެއްވާފައި އޮންނަ ކަމެއް އިންސާނާގެ އަބުރަކީ، އިންސާނެއްގެ ބޮލުގައި ދޮގު އިލްޒާާމްތައް އަޅުވައި އަބުރު ކަތިލެވިގެން ނުވާނެ، އަނެކާގެ ނުރަނގަޅު ލަގަބުތަކުން ގޮވުމާއި، ސިޔާސީ ބޭނުމަކަށް ޓަކައި އަނެކާގެ ޝަޚްސު ކަތިލުން ހުއްޓައިލަން އެބަ ޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް މި ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އެއީ ސިޔާސީ މަސްރަހުގައި މި އޮތް ސިޔާސީ ސަގާފަތާ ގުޅިގެނެވެ. ވާދަވެރި ކޮންމެ ސިޔާސީ ޕާޓީއެއްގެ ބަޔަކާއި މެދު އަނެއް ޕާޓީން ދެކޭ ގޮތާއި، އެ ބަޔަކާއި މެދު ނަފުރަތު އުފައްދާފައި އޮތް އޮތުމަށެވެ.

"ތިމަންނަގެ ޕާޓީ ނޫން އަނެއް ޕާޓީގައި ގައުމަށް ހެޔޮ އެދޭ ބަޔަކު ނެތް، ދީނަށް އިޚްތިރާމް ކުރާ ބަޔަކު ނެތް، މިއީ ދެން ކޮންމެ ޕާޓީއެއްގެ މެންބަރުން ވެސް ގަބޫލު ކުރަން ޖެހިފައި އޮތް ގޮތަކަށް މި ކަންތައް މި ހިނގަނީ، ވަރަށް ބޮޑު ގޯސް އޮއިވަރެއް އައިސް މި އޮތީ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް މައުމޫން:- ވަގުތު އިމޭޖެސް: އަހްމަދް އަލީ

ގާނޫނުލް އުގޫބާތަށް އިސްލާހުތައް ގެނައުމުގެ ބަދަލުގައި ޝަހީމް ގަބޫލު ކުރައްވަނީ، ޚިޔާލު ފާޅުކުރުމުގެ އިންސާނީ ހައްގަކާއި، މީހުންގެ އަބުރާއި ޝަޚްސަކާއި ވެސް ގުޅުން ހުރި ކަމެއްގައި އޮންނަން ވާނީ ރަނގަޅަށް ދިރާސާކުރެވި، ތަފްސީލީ ގޮތެއްގައި ބަޔާން ކުރެވިފައިވާ ގާނޫނީ މާއްދާތަކާއި ނުކުތާތަކެއްގެ މައްޗަށް އެކުލެވޭ ނަފުރަތުގެ ބަސްތައް ހުއްޓުވުން ނުވަތަ "އެންޓި ހޭޓް ސްޕީޗް" ގެ ގާނޫނީ އޮނިގަނޑެކެވެ.

"ރާއްޖޭގައި މި ކަމަށް ވަކިން ގާނޫނެއް އޮންނަން ޖެހޭ، ވަރަށް ތަފްސީލީ ގާނޫނެއް، ޓެރަރިޒަމް ހުއްޓުވަން ވެސް ގައުމުތަކުގައި ވަކި ގާނޫނެއް އޮންނަނީ، ހޭޓް ސްޕީޗް ހުއްޓުވަން ވެސް ވަކި ގާނޫނެއް އޮވޭ، މި ދެ މައުޟޫއު އެކު އެކީ ހިމެނޭޙެން ވެސް ހުރޭ، އެކަމަކު ގެންނަން ވާނީ ވެސް ވަރަށް ފުރިހަމަ ދިރާސާތަކެއްކޮށް އޭގައި އެއްވެސް ގޯހެއް ނުހިމެނޭނެ ގޮތަށް،" ޝަހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނާއެކު - ފޮޓޯ: ދައުލަތުގެ މީޑިއާ

ފާރިސް ވެސް ގަބޫލު ކުރައްވާ ގޮތުގައި އެ ކަންކަމަށް ރަނގަޅު ގާނޫނީ އޮނިގަނޑުތަކެއް އޮންނަން ޖެހެއެވެ. އޭނާގެ ވިސްނުން މި ވަގުތަށް ހުންނެވީ އެމްއާރުއެމްއިން ސިޔާސީ ފިކުރެއް އުފެދި، އެ ފަލްސަފާ ފެތުރުމެވެ. އެ ކަން ވެސް ކުރަން ބޭނުން ވަނީ ރަނގަޅު ރޭވުމެއްގެ ތެރެއިން "ހަމަޖެހިލައިގެން" ރައްޔިތުންނަށް އެ ވިސްނައިދީގެނެވެ. ފާރިސް ވިދާޅުވާ ގޮތުން، މިހާރު ރާއްޖޭގައި ސިޔާސީ ފިކުރެއް ވަކި ނެތެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކީ ރައްޔިތުންނަށް މިވާ ކަންކަން ވިސްނައިދިނުން، އަޅުގަނޑުމެން ރަށްރަށަށް ދަތުރުކޮށްގެން ރައްޔިތުންގެ ކައިރިއަށް ގޮސްގެން ރައްޔިތުންނަށް ވިސްނައިދޭނަން، އެހެންވިޔަސް މިއީ ވަގުތު ނަގާނެ ކަމެއް، އަޅުގަނޑުމެން މި ތިބީ އެ ދިގު މުއްދަތު ނަގައިގެން ވެސް މި ކަން ކުރަން،" ފާރިސް ވިދާޅުވިއެވެ.

ނަފުރަތު އުފެއްދުމުގެ މައުޟޫއުގައި މި ފެންނަނީ "އެނބުރޭ ބޮޅެ"ކެވެ. އެ ބޮޅު ވަށައިގެން އެންމެން އެނބުރެނީއެވެ. އެނގިގެން ވިޔަސް، ނޭނގިގެން ވިޔަސް، ވާދަވެރިންގެ މެދުގައި ނަފުރަތު އުފައްދަން އެބަ މަސައްކަތް ކުރެވެއެވެ. ސިޔާސީ މަސްރަހު "ޅަފަތުގައި" އޮވެ ދިގުލައިގެން ގޮސްގެން ނުވާނެއެވެ. "ހަރުފަތަކަށް" އަރައި، ރަނގަޅު ރީތި އަޚްލާގެއް ދައްކަން އެބަ ޖެހެއެވެ. އަނެއް ނަޒަރިއްޔާތުގެ ބަޔަކަށް "އިޚްތިރާމް ކުރުން" ވެސް ނެތިގެން، ސިޔާސީ މަސައްކަތް ވަރަށް ބޮޑަށް "ކިލަނބުވެއްޖެ" އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހޯސްފޯސް

    ތިޔަ ކިލަނބެއް ވެގެން މިއުޅެނީ ހުރިހައި ޕާޓީތަކާއި ހެދި. އެހެންވީމާ ކިލަނބުކަން ފިލާނީ ޕާޓީތަކާއި ބެހޭ ޤާނޫނު އުވާލައި ހުރިހައި ޕާޓީތަކެއްވެސް އުވާލައިގެން. އޭރުން ތިޔަ ކިލަނބުކަން ފިލައި ޠާހިރުވާނެ.

    33
    • ރައްޔިތުމީހާ

      ދެން މިހާރު ޕާޓީތައް އުވާލިއަސް އެ ކިލަނބުކަމެއް ނުފިލާނެ
      ޕާޓީތައް އުވާލިކަމުގައި ވީނަމަވެސް މީހުންގެ ފިކުރެއް ދެނެއް ބަދަލެއް ނުވާނެ އެމީހަކު ތާއިދުކުރާ ލީޑަރަކީ އެންމެ ރަނގަޅު ގާބިލް ލީޑަރުގެ ގޮތުގައި ކޮންމެ މީހެއްވެސް ޤަބުލުކުރާނެ އެހެންނޫނީ އެމީހަކަށް މަންފާތަކެއް ލިބޭނީ މިވެނި ލީޑަރަކު ވެރިކަމަށް އައީމާކަމުގައި ދެކެގެންވެސް ބައެއްމިހުން މަސައްކަތްކުރާނެ އެލީޑަރަކީ ދީނާއި ޤައުމަށް ވަފާތެރިއެއްތޯއެއް ނުބަލާނެ މިއީ މިހާރު ކަން އޮތްގޮތް އަދި ކަން ވެގެންދާގޮތް
      އެހެންވީމާ، ކޮން ބާފުޅަކުވެސް ހަމަޖެހިލައިގެން ރަނގަޅު ވިސްނުމަކުން ވިސްނުން ވަރަށް މުހިންމުވާނެ

      6
      1
  2. Anonymous

    އަމިއްލަޔަށް ފޭއްސި އިލޮށި އަމިއްލަ ލޮލަށް....ނަފުރަތު އުފެއްދުމުގެ ރިކޯޑު އޮތީ ދިވެހިންގެ އަތުގަ..ދިވެހިން އުޅެނީ މުޅި ދުނިޔޭން އެއްވަނައިގަ.....ލިއުން ވަރަށް ފުރިހަމަ..

    24
  3. އައުޓް

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

    29
    2
  4. އަމާން ވަޠަނަކަށް

    ތިކަމަށް (މީހުންގެ އަބުރުކަތިލުން ހުއްޓުވުމަށް) ވަރަށް ފުރިހަމަ ހައްލެއް ބުނެދީފާނަން. އެމީހަކު ދައްކާ ވާހަކައަކަށް އެމީހަކު ޝަރީއަތުގައި އަވަހަށް ޖަވާބުދާރީ ކުރުވުން. ދޮގުވާހަކަ ދައްކާ، މީހުންގެ އަބުރު ކަތިލާމީހުން ބޮޑު އަދަދަކުން ޖޫރިމަނާކޮށް ގިނަވެގެން ތިން މަސްދުވަހަށް ޖަލަށް ހުކުމް ކުރުން. ވަކި ފަންތިއެއްގެ މީހަކަށް ވީމާ ތަފާތުކުރުން ނުގެންގުޅުން. މީހުންގެ އަބުރުކަތިލާފައި އުޒުރަކަށް ސިޔާސީ ގަބޫލު ނުކުރުން. މަޖިލިސް މެމްބަރުންނާއި މަޖިލިސްކުރާގެއާއި އެތާނގެ ތަޅުންވެސް އިސްތިސްނާ ނުކުރުން. މިހިރަ މިހިރަ ކަންކަން މިމަގުން ކުރިއަށް ގެންދިޔައިމަ އަނިޔާލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބި ދޮގުވާހަކަ ދެއްކުން މިގައުމުގައި ބޮޑުތަނުން މަދުވާނެ.

    27
  5. ލޮލް

    މިގައުމުގައި ހޭޖެހޭ ސިޔާސީ މީހަކަށް ހުރީ އުމަރު ނަސީރު. ދެން މިއުޅެނީ ކޮންމެ ގޮތެއް ހަދާފައިވެސް ވެރިކަން ނުލިބިގެން އުޅޭބައެއް. އެވަރިހަމަ އަނެކާގެ އަބުރު ކަތިލައިގެން ވިޔަސް.

    16
    6
  6. Anonymous

    ކިތަންމެ ވާހަކައެއް ދެއްކިޔަސް ކިތަންމެ ޤާނޫނެއް ހެދިޔަސް، ކެނެރީގޭ ނަޝީދަކީ ލާދީނީ މީހެއްކަން ދިވެހިންގެ ހިތްތަކުން ފޮހެވިގެނެއް ނުދާނެއެވެ. އޭނާއަކީ ލާދީނީ މީހެއްކަން ކަށަވަރުކޮށްދެނީ ހަމަ އޭނާއެވެ. މިކަމުގައި މީހަކަށް އަދަބެއް ދޭނަމަ ފުރަތަމަ އަދަބު ދޭންޖެހެނީ ވެސް ހަމަ އޭނާއަށެވެ. ލާދީނީ ނަޝީދަށެވެ.

    29
    4
  7. ޖުލައި

    އެންމެ ނުބައި ޝައިތާނީ ވިސްނުން ހުރެ ނަފްރަތު އުފައްދަނީ އެމްޑީޕީ

    39
    4
  8. ވަރަށް ފުރިހަމަ ރިޕޯރޓެއް

    މުޙައްމަދު އުސާމަށް ޝުކުރިއްޔާއެވެ! ކުރުކޮށް ފޮނިކޮށް ތިގެނެސްދިނީ ސިޔާސީ ވެރިން ނަފްރަތު އުފައްދާ ގޮތެވެ.

    19
    1
  9. ާައަލީ

    ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ވެރިކަމައް ކޫފޫ ހަމަނުވޭ.. ނޯ ލީޑަޝިޕް ކުއަލިޓީ...ނޯ ވިޝަން...

    29
    8
  10. ހަވާސާ އިބޫ

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

    22
    3
  11. އައުޓް

    އިންޑިޔާއައުޓް އިންޑިއާއައުޓް އިންޑިއާ އައުޓް އިންޑިއާއައުޓް

    10
    2
  12. މުޖޫ

    ނަޝީދަކީ އެމްޑީޕީ. އެމްޑީޕީ އަކީ ލާދީނީ. އެކަމަކު ރައީސް އިބޫ އަކީ އެމްޑީޕީއެއްނޫން. ރައީސް އިބޫ އަކީ ހުރިހާ ޕީޕީއެމް ނޫން ހުރިހާ ޕާޓީއެއް.

  13. ހަނިތިލަ

    ޢަންނި މައުމޫނަށް “ގޮޅާބޯ” ނުކިޔާތޯ!
    ޢަންނި ދީނަށް ފުރައްސާރަ ކުރިކަންކަން މިލިޔުމުގެ މުޞައްނިިފު ނުލިޔުއްވީ ކީއްވެތޯ! ޢެކަން ކިރިކަމަށް
    ޢިތުބާރު ހުރި ފަރާތަކުން ބުނާއިރު އަދި ކުރީގެ މިލިނޫހުގެ
    ޅިޔުންތަކުން ފެންނަން ހުރިއިރު އެވާހަކަ ނުބުނެބުނީ ކީއްވެތޯ! މިކަންކަން ފުރައްސާރައަކަށް ނަފްރަތަކަށް
    ޏުވަނީތޯ!