ރައީސް ޔާމީން އަކީ "ހަމަ ސީދާ ބިރު ކުޑަ އަލީ" ކަމަށް ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ އިއްޔެ ކުރެއްވި ޓުވީޓް ތަކެއްގައި ވިދާޅުވީ "އީރާގްގެ ކުރީގެ ރައީސް ސައްދާމު ހުސެއިން ވެސް އެންމެ ފަހު ވަގުތު ވެސް ބުނަމުން އައީ އޭނާ އަށް ރައްޔިތުންގެ 90 އިންސައްތަ ތާއީދު އޮތް ވާހަކަ. އަދި އޭނާގެ ކޮމާންޑަރުންނާއި ޖެނެރަލުން ވެސް ބުނި އެމެރިކާ ސިފައިން އަރައިފއްޔާމުން ފަސްގަނޑު ދަށުން އަލިފާން ކަނޑާ ލާނަމޭ. އޭރު އެމެރިކާ ސިފައިން ދިޔައީ އެމީހުން ބޮލަށް ބޮން އަޅަމުން. ރައީސް ޔާމީން އަކީ ހަމަ ސީދާ ބިރު ކުޑަ އަލީ." އެވެ.

ރައީސް ޔާމީން ވެރިކަމުން ބޭލުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި ރައީސް ޔާމީން އަކީ ވެރިކަމުގެ ސައްހަކަން ގެއްލިފައި ހުރި ބޭފުޅެއް ކަމަށް ވެސް މުސްތަފާ އިއްޔެ ވިދާޅުވިއެވެ. "ރައީސް ޔާމީންގެ ވެރިކަމެއް މިހާރަކު ނެތް އެކަމަކު މިހާރު ވެސް އެ ހުންނެވީ ސިފައިންނާއި ފުލުހުންގެ ބާރު ބޭނުން ކޮށްގެން ގޮނޑީގައި ރައީސް ޔާމީން ވެރިކަމުން ބޭލުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއް." މުސްތަފާ ވިދާޅުވިއެވެ.

"ބިރުކުޑަ އަލީ" އަކީ މީގެ އަހަރުތަކެއް ކުރިން ޓީވީއެމް އިން ދެއްކި ކޮމެޑީ ޑްރާމާއެއް ކަމަށްވާ "ސަޅި ބައިސާ" ގައި އުޅޭ މީހެކެވެ. އެޑްރާމާގައި ބިރުކުޑަ އަލީގެ ބައި އަދާކުރީ މަޝްހޫރު ޑައިރެކްޓަރު އަހްމަދު ނިމާލެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖައި

    މީހަމަ ވާންޗޯ މެންބަރެއް.

  2. ފަގުޑި

    ކަލޯ ހިނދުކޮޅު އައީ ދޯ! ރީ. ހުމުގައި އުޅުންވާ ބޭފުޅުންނަށް ދޭތެރެ ދޭތެރެއިން ހިނދުކޮޅު އަންނާނޭ އަޅުގަނޑުމެން ޝައްކެއްނުކުރަން!

  3. ބިރު

    ތީ ލަޑާ ބާޓާ ފައިވާން

  4. ބޮލުރޮދި

    ކަލެއަށް "ބިރުކުޑަ" ކަން ދައްކާލުމުގެ ވަގުތު ވަރަށް ގާތް ވެއްޖެ. ތި ކުނި އަނގަގަނޑު މައިތިރި ކުރެވޭތޯ ދެންވެސް ބެލިއްޔާ މާތާހިރުވާނެ.

  5. މުހައްމަދު

    ކަލެޔަކީ ހަމަ ޖުގާ. ކަލޭތިޔައެޅެނީ ޖުހާ އުޅޭގޮތަށް.

  6. ނާވީ

    ރައީސް ޔާމީން އެވެ. ވަރަށް އާދޭހާއި އެކު ދަންނަވަމެވެ. އިބްރާހީމް ސިޔާދް ގާސިމް މިނިވަން ކޮއްދެއްވާށެވެ. އެބޭފުޅާ އަކީ ޕޮލިޓީޝަނެއް ނޫނެކެވެ. ކުށަކާ ނުލާ އެގޮތަށް އެބޭފުޅާ ބަންދުގައި ނުބަހައްޓަވާށެވެ. ގާސިމް އިބްރާހީމްގެ މުޅި ފެމިލީދެކެވެސް ވ ލޯބިވަމެވެ. ގާސިމް އިބްރާހީމްގެ އާއިލާއަށް މިވަގުތު ލިބިފައިމިވާ ހިތާމައިގާ އަޅުގަނޑު ބައިވެރިވަމެވެ. ޔާ ﷲ ގާސިމް އިބްރާހީމްގެ އާއިލާއަށް ކެތްތެރިކަން ދެއްވަވާފާންދޭވެ. އަދި ގާސިމް އިބްރާހީމްއާއި އެބޭފުޅާގެ ދަރިކަލުން އިބްރާހީމް ސިޔާދް ގާސިމް އަވަހަށް މިނިވަން ވާނޭގޮތެއް މިންވަރު ކޮށްދެއްވަވާފާނދޭވެ. އާމީން...

  7. އަހަރެން

    މުސްތަފާ ކަލޭ ރަޖަމް ކުރުން ވާޖިބު ވެއްޖެ

  8. ވަކަހަންގަނޑު

    އެހެންވީމަ ޔާމީނު ވަރެއް ނެތް... ބިރު ކުޑަ އަލީ އިޒް މައި ފޭން

    • ނަސީދު

      މަގޭ ފޭން އަކީ ސޮނި މުގާބޭ... ވެލެޒިނީގެ ބިޓް އެއީ. ކެނެރީ މުނާފިގު ޝެރޯންވެސް ކިޔާ އެވަގަށް

  9. ރޮންދާ ރިޔާޒް

    މަހުވާ ކަލޭތީ ގުރައިދޫއަށް ގެންދަންވެފައި ހުރި މީސްގަނޑެއް

  10. އެޑަމް

    ކަލޯ ހާދަ މޮޅު މިސާލެއް ހިތުން ތިޔަ ޖަހާލީ. ތިޔަކަހަލަ މިސާލު ޖަހާނީ އިސްލާމް ދީންދެކެ ކުޑަކޮށްވެސް ހަމްދަރުދީއެއް ނެތީމަ.