އިންޑިއާގެ ބެންގަލޫރުގައި "ދަ ހިންދޫ" އިން އިންތިޒާމް ކުރާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ނޫހެއްގައި ބުނެފައި ވަނީ "ހިންދޫ" އިން އިންތިޒާމް ކުރާ އަދަބީ ފެސްޓިވަލު އޮންނާނީ ފެބްރުއަރީ 17 އިން 18 އަށް ކަމަށެވެ.

ރައީސް ނަޝީދު އިންޑިއާ އަށް މިވަޑައިގަންނަވަނީ އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވައި ދިނުމަށް ތަކުރާރުކޮށް އިންޑިއާ ސަރުކާރުގައި އެތައް ފަހަރަކު އެދިވަޑައިގެންނެވުމަށް ފަހުއެވެ.

އިންޑިއާގެ "ދަ ވަޔާ" ގައި ބުނެފައި ވަނީ ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގަންނަވަން އުޅުއްވާކަން ހާމަކޮށްފައި މިވަނީ ފަހަކަށް އައިސް އެމަނިކުފާނު ދަތުރުކުރައްވާ ތަންތަން ސިއްރު ކޮށްފައި އޮތުމަށް ފަހުއެވެ. ރައީސް ނަޝީދު ދަތުކުރައްވާ ތަންތަން ސިއްރުކޮށްފައި އޮންނަނީ ފަހަކަށް އައިސް ލިބެމުންދާ މަރުގެ އިންޒާރުތަކުގެ ސަބަބުން ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

ރައީސް ނަޝީދު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިންޑިއާގައި ރަސްމީ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވާއިރު އެމަނިކުފާނު ރޭ "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަން ކުރަން އިންޑިއާ ސަރުކާރުން އަންނަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަކަރޭ

    ދިވެހިރާއްޖެއަށް ހުރި ބޮޑު ލަދެއް މިއީ

  2. ސަންޓޯސް

    ތީނަ ތިގައުމުގެ ބޮޑުވަޒީރަށް ހަދާބަލަ. އަހަރެމެންނަށް ބަ-ބޮޑުނުކޮށް.

    • ސައިނީ

      މުޅިންވެސް ފޮޓޯއަށް ހުއްޓި ގެން އެހެން ކަމެއް ކުރަން ދަންނަ މީހެއްނޫ ދޯ މީ!

  3. ހާއްހަހަހާހާހާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. އައި ނީޑް ޓު ފައިންޑް އަ ކޮމްޕެޓިޓަރ އިޓް ޑަޒް ސީމް ގަންޖާބޯ ފެއިލްޑް ތޭ. އާންއެކޭ ފެއިލްޑް އޭ. ހާއްހަހަހާހާހާޙާ ހޮހޮހޮހޮހޮ...

  4. ޔޔޔ

    ހިންދޫ އެއްތަ މީ

  5. ސީނު

    ވަގުތު ކުދިން ހުންނަނީ ރައީސް ނަޝީދުގެ ގައިގަ ސީކްރެޓް ކެމެރާ ހަރުކޮށްފަތަ؟

    • މަރިއްތަ

      އަސަރެއް ކޮށްފި.

    • އާސީނު

      ކެމެރާ ވެސް ހަރު ނުކުރާ ގޮތަކަށް ނޫނެއްނު ތި ގަންޖާބެ އުޅޭ ގޮތުން

      ްބެ

  6. އެކަމަކު

    މަ ފުލް އެމްޑީޕީ.. އެކަމަކު މަ ގަބޫލެއްނުން މި ފަސް ގަނޑަކަށް ބޭރުގެ ސިފައިން އަންނާކަށް.. އަންނި ތީ މޮޔަވަނީ...ތީ ހަމަ އޯވަރ....!

  7. ރީތި މޫސަ

    މިކަލޭގެ އިންޑިޔާމީހުންމިގެންގުޅެނީ ކުޅޭކުޅޭ ސޮރެއްގެގޮތުގަ އެހެންޏާފަހެ އިންޑިޔާގަ ދެތިން ރަނޑަކު ނެށުމެއްބޭއްވިޔަސް މިސޮރު އެބަހައްދަ އެމީހުނަށްވެސް މިހާރުއެބައެނގޭ މީ ދެއުޅި އެއްނުވާ ސޮރެއްކަން ރައީސްކަންހޯދަންނޫޅެ ތިޒާތުގެ ކަންކަމާ އުޅުނިއްޔާ މާރަނގަޅުވާނެ

  8. ހަލި

    އަހަރެމެންގެ މިލޮބުވެތި ގައުމުގެ މާޒީގައި ދިރިއުޅުއްވި އަހަރެމެންގެ ކާބަފައިންގެ ލޮލުން ކަރުނަ ހިލުވާލީ އަމިއްލަ އެދުމައިގެން މިފަދައިން ގައުމުގެ ރައްޔިތުންނަށް ބޭރުފުށުން މާއޯގާތެރި ލޯބިވާ ކަމަށް ހެދިގެން އުޅުނު ގައުމުގެ ޚާއިނުންގެ ހުރި ނުބައިކަމުގެ ސަބަބުން. ތާރީހުގެ ފަތްފުށް ތަކަށް ނަޒަރު ހިންގާލާއިރު ފެށުނީއްސުރެ އަންނި ބޭނުންކުރަމުން މިދަނީ އެއްތިއަރީއެއް ކަމާއި މެދު ޝައްކެއްވެސް ނެއް.