އިލްމަކީ ސުވަރުގެއަށް ދިޔުމަށް ކޮށޭނެ މަގެއް ކަމަށާއި ދަރިވަރުންނަށް އިލްމު އުގަންނައިދިނުމުގައި އިހުމާލު ނުވެ، ގަދައަޅައި މަސައްކަތްކޮށްފިނަމަ ދުނިޔެ އާއި އާޚިރަތުގައިވެސް މަންފާކުރާނެ ކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާ ހާއްސަކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އައު އަހަރަށެވެ.

ޙުތުބާގައި ވަނީ ދަރިން ތަރުބިއްޔަތުކޮށް ދަރިންނަށް އިލްމު އުގަންނައި ދިނުމުގައި މައިންބަފައިންނާއި ބެލެނެވެރިން ޒިންމާ އުފުލައި އިހުމާލު ނުވުމަށް ގޮވާލާފައެވެ. އެކުދިން އިލްމު އުގެނުމަށް އެހީތެރިކަން ފޯރުކޮށްދީ އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރަންވެސް ވަނީ ގޮވާލާފައެވެ.

"މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އަދި އެފަދައިން ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދޭށެވެ!އެ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަބޮޑު ޒިންމާއަށް އިހުމާލު ނުވާށެވެ! އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބަލާށެވެ،". ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވި ގޮތުން ދަރިވަރުންނަކީ މާދަމާ ގައުމުގެ ވަހްދަތު ހިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންނެވެ. އަދި މަދްރަސީ މަރުހަލާއަކީ، އެ މަރުހަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުހަލާއެއް ނޫން ކަމަށާއި އެ މަރުހަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށް ޙުތުބާގައި ވެއެވެ.

އިލްމަކީ އިންސާނުންނަށް ދެއްވާފައިވާ ނޫރަކަށްވާއިރު އިލްމު އުގެނެން ވަކި އުމުރެއް ނޯންކަނަށްވެސް ހުތުބާގައި ހަނދާންކޮށްދެއްވާފައި ވެއެވެ. އަދި އިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި އިލްމަކީ އަރަހުށި މާތް ގެ އެއްކައުވަންތަކަން މައުރިފާކޮށް ދެނެގަތުމުގެ އިލްމުކަމަށާއި އެއްޗެއް އިތުރުކޮށްދެއްވުން އެދިވަޑައިގެން ކީރިތި ރަސޫލާ ދުއާ ދެންނެވުމަށް އަމުރު ކުރައްވާފައިވަނީ ހަމައެކަނި އިލްމުވެރިކަން އިތުރުކޮށްދެއްވުމަށް ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯވެއެވެ. ވަކި ޖިންސެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. މާތްގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ.އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެކެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވި ގޮތުން އިލްމަކީ ސުވަރުގެއަށް ދިޔުމަށް ކޮށޭނެ މަގެކެވެ. އިލްމު ފިޔަވައި ދުނިޔެވީ އެއްވެސް މާލީ މުދަލެއް އިލްމުވެރިން ނުވަތަ ނަބިއްޔުންގެ ވާރުތަވެރިން ކިބައިން ވާރުތަ ނުވާ ކަމަށްވެސް ޚުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު