އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ބަނީ އިސްރާއީލުގެ މީހަކު އޭނާއަށް އެއްހާސް ދީނާރު ދަރަންޏަށް ދިނުމަށް އެހެން މީހެއްގެ ކައިރީގައި އެދުނެވެ.

ދެން އޭނާ ބުންޏެވެ. އަހަރެންނަށް އޭގެ މައްޗަށް ހެކިވާނެ ހެކިންތަކެއް ގެންނާށެވެ.

ދެން (ދަރަންޏަށް އެދުނު) މީހާ ބުންޏެވެ. : ﷲ ހެއްކަކަކަށް ފުދެއެވެ.

ދެން (ދަރަންޏަށް އެދެވުނު) މީހާ ބުންޏެވެ: އެހެންވިއްޔާ ޒިންމާވާނެ މީހެއް ގެންނާށެވެ.

ދެން (ދަރަންޏަށް އެދުނު) މީހާ ބުންޏެވެ.: ﷲ ޒިންމާވާ މީހަކަށް ﷲ ފުދިވޮޑިގެންވެއެވެ.

ދެން (ދަރަނި ދޭ) މީހާ ބުންޏެވެ: ތިބާ ތިހެދީ ތެދެވެ. އަދި ވަކިވަގުތެއް ކަނޑައަޅާފައި އެ ދީފިއެވެ. ދެން އޭނާ ކަނޑަށް ނުކުމެ އޭނާ ބޭނުންވާ ކަންތައްތައް އަދާކޮށްފިއެވެ. އެޔަށްފަހު އޭނާއަށް ދައްކަން ކަނޑައެޅި ދަރަނި އެވަޤުތުގައި އަދާކުރުމަށްޓަކައި ދާނެ ދޯންޏެއް ހޯދައި ދަތުރުކުރާނެ އެއްވެސް އެއްޗެއް ނުލިބުނެވެ. އެޔަށްފަހު އޭނާ ލަކުޑި ގަނޑެއް ހޯދައިފިއެވެ. އަދި ކޮނުމަށްފަހު އެތަނަށް އެއްހާސް ދީނާރާއި އަދި އޭގެ ވެރިމީހާއަށް ސިޓީއަކާ ލައިފިއެވެ.

އެޔަށްފަހު ކަނޑުގެ (އައްސޭރިފަށަށް) އައިސް ބުންޏެވެ. އޭﷲއެވެ. މިއަޅާ މީހެއްގެ އަތުން އެއްހާސް ދީނާރު ދަރަންޏަށް ވަކިމުއްދަތެއްގައި ދެއްކުމަށް ނެގިގެން އިބަ ﷲ ދެނެވޮޑިގެންވާނެއެވެ. އަދި އޭނާ ޒިންމާނަގާނެ ފަރާތަކަށް އެދުމުން އަހަރެން އިބަ ﷲ ޒިންމާ ނަގާނެ ފަރާތަކަށް ފުދިގެންވާ ކަމަށް ބުނީމެވެ. އަދި އޭނާ އިބަﷲ އާއި މެދު ރުހުނެވެ. އަދި އޭނާ ހެއްކަކަށް އެދުމުން އަހަރެން އިބަ ﷲ ހެއްކަކަށް ފުދޭކަމަށް ބުނީމެވެ. އަދި އޭނާ ރުހުނެވެ. އަދި ތިމަންނާ އޭނާއަށް ދައްކަން ޖެހޭ މުދާ ދިނުމަށް ދޯންޏެއް ހޯދަން ގަދައަޅައި މަސައްކަތްކޮށް ނުފެނުނެވެ. އަދި ތިމަން ﷲ އިބަ ﷲގެ ބެއްލެވުމުގެ ދަށަށް މިދޫކޮށްލައްވަމެވެ. އެޔަށްފަހު އޭތި ކަނޑަށް މޫދުގެ ތެރެއަށް ވަންނަގޮތަށް އެއްލައިފިއެވެ.

އަދި އެޔަށްފަހު އޭނާގެ ރަށަށް އެނބުރި ދިޔުމަށް އޭނާ ދޯންޏެއް ފެނޭތޯ ބެލުމަށް އޭނާ ދިޔައެވެ. އަދި އޭނާއަށް ދަރަނި ދިން މީހާވެސް އޭނާގެ މުދާ އަނބުރާ އައިތޯ ބެލުމަށް (ކަނޑުގެ އައްސޭރިފަށަށް) ނުކުތެވެ. ދެން އޭނާ އަށް އޭނާގެ މުދާ ލާފައި އޮތް ލަކުޑިގަނޑު ފެނިގެން އެ އޭނާގެ އަހުލުންނަށް ދަރެއްގެ ގޮތުގައި ނަގައިގެން ގެނެސްފިއެވެ. އަދި ގެންގޮސް ފެޅުމުން އޭގެން އޭނާގެ މުދަލާއި އަދި ސިޓީ ފެނިއްޖެއެވެ.

އަދި އެޔަށްފަހު އޭނާ ދަރަނި ދިން ފަރާތް އެނބުރި އަތުވެއްޖެއެވެ. އަދި އޭނާ އެއްހާސް ދީނާރު ހިފައިގެން އަތުވެއްޖެއެވެ. އަދި ބުންޏެވެ. ﷲ ގަންދީފައި ބުނަމެވެ. އަހަރެން ތިބާގެ މުދަލައިގެން އެނބުރި އައުމަށްޓަކައި ދޯންޏެއް ހޯދުމުގައި ހިތްމަތް ކުރީމެވެ. އަދި އަހަރެން މިއައި އުޅަނދުގެ ކުރިން އެހެން އެއްވެސް އެއްޗެއް ނުފެނުނެވެ.

ދެން (ދަރަނި ދިން) މީހާ ބުންޏެވެ. އަހަރެންނަށް ތިބާ އެއްވެސް ފޮނުވިން ހެއްޔެވެ؟

އޭނާ ބުންޏެވެ. އަހަރެން ތިބާއަށް ޚަބަރު ދެމެވެ. އަހަރެން މިއައި އުޅަނދުގެ ކުރިން އެހެން އެއްވެސް އެއްޗެއް ނުފެނުނެވެ.

ދެން (ދަރަނި ދިން) މީހާ ބުންޏެވެ. ފަހެ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ކިބައިން އެދަރަނި، ތިބާ ފޮނުއްވި ލަކުޑިގަނޑުގައި ފުއްދަވައިދެއްވައފިއެވެ. ތި އެއްހާސް ދީނާރު ހިފައިގެން ރިވެތިގޮތުގައި އެނބުރި ދާށެވެ."

ޙަދީޘް ގެ މަޞްދަރު: ޞަޙީޙް ބުޚާރީ.

 

މިވާހަކައިން ލިބޭ ޢިބުރަތްތައް:

ހ. ﷲއަށް އަދާކުރުމުގެ ނިޔަތުގައި ނަގާ ދަރަންޏެއް އަދާކުރުމުގެ ކުޅަދާނަކަން ﷲ މެދުވެރިކޮށްދެއްވާނެކަން.

ށ. ހެކިވެރިއެއްގެ ގޮތުގައި އަދި ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި ﷲ ފުދިގެންވެއެވެ.

ނ. ﷲއަށް ވަކީލުކުރުމުގެ މާތްކަން.

ރ. ﷲ ރަޙުމަތުގެ ތަނަވަސްކަން.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ޝުބުޙާނަﷲ