الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިއިތުރުކޮށްދޭ ކަންކަމުގެ ތެރޭގައި އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވުމުން އަތާ އަތްޖޯޑުކޮށް ސަލާމްކުރުން ހިމެނެއެވެ. މިއީ މާތް ޞަޙާބީ ބޭކަލުންގެ ރިވެތިވެގެންވާ ނަމޫނާގެ ތެރޭން ހިމެނޭ ވަރަށް މަތިވެރި ސުންނަތެކެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިފަދައިން އަތާ އަތްޖޯޑުކޮށްފިނަމަ ލިބޭނެ މަތިވެރިކަމުގެ ވާހަކައިން ޚަބަރު ދެއްވާފައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

"مَامِنْمُسْلِمَيْنِيَلْتَقِيَانِفَيَتَصَافَحَانِإِلَّاغُفِرَلَهُمَاقَبْلَأَنْيَفْتَرِقَا" رواهأبوداود

މާނައީ: "ދެމުސްލިމަކު ބައްދަލުވެ އަތާއަތްޖޯޑުކޮށް ސަލާމްކޮށްފިނަމަ، އެދެމީހުން ވަކިވުމުގެ ކުރިން އެދެމީހުންގެ ފާފަ ފުއްސެވޭނެއެވެ."

(عَنْقَتَادَةَقَالَ : قُلْتُلِأَنَسٍأَكَانَتْالْمُصَافَحَةُفِيأَصْحَابِالنَّبِيِّصَلَّىاللَّهُعَلَيْهِوَسَلَّمَقَالَ :نَعَمْ) رواهالبخاري

ޤަތާދާ ގެ ކިބައިން ރިވާވެގެންވެއެވެ. "އަނަސް (ރަޟިޔަﷲ ޢަންހު)އަށް ދެންނެވީމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީ ބޭކަލުން އަތާއަތް ޖޯޑުކުރައްވައި އުޅުއްވާ ހެއްޔެވެ؟ ދެންނެވިއެވެ: އާދޭހެވެ."

ނަމަވެސް ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އަތާއަތްޖޯޑުކުރުން މިއީ އިސްލާމްދީނުގައި މަނާކުރާ ކަމެކެވެ. އަދި އިސްލާމްދީނުގައި މަނާކަންކަމުން ދުރުވާން ޖެހޭނެއެވެ.

މިކަންކަމުން ލިބޭ ޢިބުރަތްތައް.

ހ. އެއްބަޔަކު އަނެއްބަޔަކަށް އަތާއަތްޖޯޑުކޮށް ސަލާމްކޮށް އުޅުމަކީ ވަރަށް މަތިވެރި ސުންނަތެއްކަން އަދި ޞަޙާބީ ބޭކަލުންވެސް ކުރައްވާ އުޅުއްވިކަމެއްކަން.

ށ. ދެ މުސްލިމަކު ބައްދަލުވެ އަތާއަތްޖޯޑުކޮށްފިނަމަ ލިބޭ ޘަވާބުގެ މަތިވެރިކަން.

ނ. ހިލޭ އަންހެނަކާ ހިލޭ ފިރިހެނަކު އަތާއަތްޖޯޑުކުރުމަކީ ޙަރާމްކަމެއްކަން.

އަދި އިސްލާމްދީނުގައި އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް ބާރުއަޅާ މިންވަރު މިކަމުން އެނގިގެންދެއެވެ. މިކަމުގެ ސަބަބުން ބަދަހި މުޖުތަމަޢެއް ބިނާކުރެވިގެންދާނެއެވެ.

وصلى الله وسلم على محمد وآله و صحبه.

ކިޔުންތެރިންގެ ހިޔާލު