ޞަދަޤާތް ކުރުމަކީ ވަރަށް މަތިވެރިވެގެންވާ މާތް އަޅުކަމެކެވެ. މިކަމުގެ މާތްކަން އަންނިވި ޢިބުރަތްތެރި ޙާދިޘާއިން އެނގިގެންދެއެވެ. މިވާހަކަ ބަޔާންވެފައި ވަނީ ޞަޙީޙް މުސްލިމުގައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.

(بَيْنَا رَجُلٌ بِفَلاةٍ مِن الأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ: اسْقِ حَدِيقَةَ فُلانٍ؟ فَتَنَحَّى ذَلِكَ السَّحَابُ, فَأَفْرَغَ مَاءَهُ فِي حَرَّةٍ, فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَد اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ, فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ, فَقَالَ لَهُ: يَا عَبْدَ اللَّهِ مَا اسْمُكَ؟ قَالَ: فُلانٌ. لِلاسْمِ الَّذِي سَمِعَ فِي السَّحَابَةِ, فَقَالَ لَهُ: يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَن اسْمِي؟ فَقَالَ: إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ: اسْقِ حَدِيقَةَ فُلانٍ لاسْمِكَ, فَمَا تَصْنَعُ فِيهَا؟ قَالَ: أَمَّا إِذْ قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ, وَآكُلُ أَنَا وَعِيَالِي ثُلُثًا, وَأَرُدُّ فِيهَا ثُلُثَهُ)...وفي رواية: (وَأَجْعَلُ ثُلُثَهُ فِي الْمَسَاكِينِ وَالسَّائِلِينَ وَابْنِ السَّبِيلِ) (رواه مسلم في صحيحه: 2984)

މާނައީ: "ބިންމަތީގައި ވާދަނޑެއްގެ ތެރޭގައި ހުރި މީހަކަށް އެތަނުގައި ހުއްޓާ ވިލާގަނޑުގެ ތެރެއިން އަޑެއް އިވިއްޖެއެވެ. "މިޔަނި މީހެއްގެ ބަގީޗާއަށް ވާރެ ވެހޭށެވެ." ދެން ވިލާގަނޑު އެދިމާއަށް ގޮސްފިއެވެ. އަދި ހިލަ ބިމާއި ދިމާއަށް އެތަން ފުރެންދެން ވާރެ ވެހިއްޖެއެވެ. ދެން ފެން ދާންކޮނެފައި ހުރިކޯރުތަކުގެ ތެރެއިން ކޯރަކަށް ފެން އެޅި އެތަން ފެނުން ފުރިއްޖެއެވެ. އަދި އެފެން ދާދިމާޔަށް މީނާ ހިނގައްޖެއެވެ. އެތަނުގައި މީހަކު އޭނާގެ އުދަލިން (ފަކީރާއިން) ފެން ދިމާތަކަށް ފޮނުވަމުން ދިޔައެވެ. އޭނާގެ ކައިރިން (އޭނާ ހޯދަމުން އައި މީހާ) އެހިއެވެ. އޭﷲގެ އަޅާއެވެ. ތިބާގެ ނަމަކީ ކޮބައިހެއްޔެވެ؟ އޭނާ ބުންޏެވެ. މިޔަނި މީހެކެވެ. އެއީ ވިލާގަނޑުގެ ތެރެއިން އަޑުއިވުނު ނަމެވެ.

އެމީހާ (ނަންއެހީ) މީހާގެ ކައިރިން އެހިއެވެ. އޭﷲގެ އަޅާއެވެ. އަހަރެންގެ ނަން ތިއަހަނީ ކީއްވެހެއްޔެވެ؟އޭނާ ޖަވާބުދިނެވެ. "އަހަރެންނަށް މިހިރަފެން ވެހުނު ވިލާގަނޑުގެ ތެރެއިން ބުނާތީ އަޑުއިވުނެވެ. މިޔަނި މީހެއްގެ އެބަހީ ތިބާގެނަމުން (ތިބާގެ) ދަނޑަށް ފެން ވެހޭށެވެ. ތިބާއަށް (އެކަން ލިބުނީ) އެޔާ މެދު ގައިކޮންކަމެއް ކުރާތީ ހެއްޔެވެ؟އޭނާ ބުންޏެވެ. "ތިބާ ސުވާލުކުރުމުން އަހަރެން ބުނެފާނަމެވެ. ދަނޑުގައި އަޅާއެއްޗެހީގެ ތެރެއިން ތިންބައިކޮށްފައި އެއްބައި އަހަރެން ޞަދަޤާތް ކުރަމެވެ. އަދި އަނެއްތިންބައި ކޮށްފައި އެއްބައި އަހަރެންނާއި އަހަރެންގެ އިޔާލުން ކާން ބޭނުންކުރަމެވެ. އަނެއް ތިންބައި ކޮށްފައިއެއްބައި އަލުން ގޮވާން ކުރަން ބޭނުންކުރަމެވެ." އަދި އެހެން ރިވާޔަތެއްގައި: "އަދި ތިންބައިކޮށްފައި އެއްބައި މިސްކީނުންނާއި އަދި ޙާޖަތަށް ޖެހިގެން އެދޭ މީހުންނަށާއި އަދި ޖިހާދު ކުރާމީހުންނަށް ބަހަމެވެ."

މިވާހަކައިން ލިބޭ އިބުރަތްތައް:

ހ. ޞަދަޤާތް ކުރުމުގެމާތްކަން.

ށ. ޞަދަޤާތް ކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވާކަން.

ނ. ﷲ އަށްޓަކައި ޞަދަޤާތް ދިނުމަކީ މުދާގިނަވެ ބަރަކާތްތެރިކަން އިތުރުވުން ދިމާވާ ސަބަބެއްކަން.