އެސްފީނާއަކީ ވާ އެއްޗެއްކަން ޤުރުޢާނާއި ސުންނަތުންވެސް ސާބިތުވެއެވެ. އެސްފީނާ އާންމު ގޮތެއްގައި ޖެހެނީ ތިމާއަށް ދެއްވާފައިވާ ނިއުމަތަކާއި މެދު ހަދަސަވެރިވާ ފަރާތެއްގެ ވިހަ ބަސްތަކުންނެވެ. އެސްފީނާ ޖެހިފައިވާ މީހުންގެ ކިބައިން އެތަކެއް އަލާމާތެއް ފެންނާނެއެވެ. އެގޮތުން ފެންނާނެ ބައެއް އަލާމާތްތަށް ތިރީގައި އެވަނީއެވެ.

1- އެކަނި އުޅެން ބޭނުންވުން: އެސްފީނާ ޖެހިފައިވާ މީހުން އެކަނި އުޅުމަށް ބޭނުންވާނެއެވެ. އަދި އެހެން މީހުންނާއި އެކަހެރިކޮށް އުޅެން ބޭނުންވެދާނެއެވެ.

2- ކަންނެތް ވުން: ކަންކަމަށް ފަރުވާ ކުޑަކުރުމާއި ކަންކަން ކުރަން ފީހިވެ ކަންެނެތްކަން އިހްސާސް ކުރެވުމަކީވެސް އެސްފީނާ ޖެހިފައިވާ މީހުންގެ ފަރާތުން ފެނިދާނެ އަލާމާތެކެވެ.

3- ކަމަކާ ނުލާ ރުޅި އައުން: ކޫސަނި ކަންކަމާއި ރުޅި އައުމަކީވެސް އެސްފީނާ ޖެހިފައި ތިބޭ މީހުންގެ ފަރާތުން ފެނިދާނެ އަލާމާތެކެވެ. އަދި އެސްފީނާގެ ސަބަބުން އަންނަ ރުޅި އަކީ ކޮންޓްރޯލް ކުރަން އުނދަގޫ ރުޅިއެކެވެ.

4- ދީނީ ކަންކަމަށް ފަރުވާ ކުޑަވުން: އިސްލާމްދީނުގައި އަންގަވާފައި ވާ ކަންކަން ކުރުމަށް ފޫހިވެ ދީނީ ކަންކަމަށް ފަރުވާ ކުޑަ ކުރުމަކީވެސް އެސްފީނާ ޖެހިފައިވާ މީހުންގެ ފަރާތުން ފެނިދާނެ އަލާމާތެެކެވެ.

5- ނިދަން އުނދަގޫވުން: ނިދި އައިސްފައި ހުރެ ނަމަވެސް ނުނިދުމަކީ އެސްފީނާގެ އަލާމާތެކެވެ.

6- ބަނޑުގެ ވަކި ތަންކޮޅެއްގައި ރިއްސުން: މިސާލަކަށް ބަނޑުގެ އެއް އަރީގައި ނުވަތަ ދަށް ބަނޑުގައި

7- ޑަކްޓަރީ ބޭހުން ބަލިތަށް ފަސޭހަ ނުވުން: ކިތަންމެ ވަރަކަށް ޑަކްޓަރީ ބޭސް ކައިގެންވެސް ބަލި ފަސޭހަ ނުވެ ދިގުލައިހެން ދިޔުމަކީ ވެސް އެސްފީނާގެ އަލާމާތެކެވެ.

އިސްވެ ބަޔާނަކޮށްފައިވާ އަލާމާތްތަކުގެ އިތުރަށްވެސް އެތަކެއް އަލާމާތެއް އެސްފީނާ ޖެހިފައިވާ މީހުންގެ ފަރާތުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ެމަންޖެ

  އެކަމަށް އޮތް ހައްލު ލިޔެލިނަމަ ފުރިހަމަވީސް!

  • މަރިޔަމް

   ދެން މިކަމުގެ ހައްލުވެސް ލިޔުނުނަމަ ފުރިހަމަ ވީސް

 2. މީހާ

  ތި އަލާމާތްތައް ބޮޑަށް ވައްތަރީ ޑިޕްރެޝަން ޖެހިފައިވާ މީހެއްގެ އަލާމާތްތަކާ!