މައިންބަފައިންނަކީ ތިމާ ދުނިޔެއަށް އައުމުގެ އަސްލެވެ. އަދި މައިންބަފައިންނަކީ މާތްﷲގެ ހަޟްރަތުގައި ހާއްސަ މަގާމެއް ދެވިގެންވާ ބައެކެވެ. އެހެނީ މައިންބަފައިންނަށް ކިޔަމަންތެރިވުމަށް ޤުރުޢާނުގެ އެތަށް އާޔަތެއްގައި އަންގަވާ ވަހީކުރައްވާފައިވާތީއެވެ.

މައިންބަފައިންގެ ގަދަރު އެހާ އުފުލިގެންވަނީ ދަރިންނަށްޓަކައި މައިންބައިން އުފުލި ބުރަ އާއި ވެދެއްވި ޤުރުބާނީގެ ސަބަބުންނެވެ.

މައިންބަފައިންނަށް އުރެދުމަކީ އެންމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ދަރިންނަށް އަމުރުވެ ވޮޑިގެންވަނީ އިސްލާމްދީނުގެ ހުކުމަކަށް އުރެދުމަށް އަމުރު ނުކުރާ ހިނދެއްގައި މައިންބަފައިންނަށް ކިޔަމަން ވުމަށެވެ.

މައިންބަފައިންގެ ފުށުން ސުވަރުގެ ލިބުމަށް މަގުފަހިވާއިރު މައިންބަފައިންނަށް ހެޔޮދުޢާ ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އަދި މައިންބަފައިންނަށް ހެޔޮ ދުޢާ ކުރުމުގައި ކުރުން އެންމެ މޮޅު އިތުރުވެގެންވާ ދުޢާ ތިރީގައި އެވަނީއެވެ،

( وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ) الإسراء/23-24

މާނައީ: "އަދި ބުނާށެވެ! ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ކުޑަކުއްޖަކު ކަމުގައި، ތިމަންނާ ވީ ދުވަހު، ތިމަންނާގެ ޙާލު ބަލައި، ބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!

މި ދުޢާ އަކީ ކީރިތި ޤުރުޢާނުގައި މައިންބަފައިންނާ ގުޅޭ ގޮތުން ވާރުތަ ވެފައިވ ދުޢާތަކުގެ ތެރޭގައި ހިނެނޭ އެންމެ މޮޅު އިތުވެގެންވާ ދުޢާއެވެ.

އެހެންކަމުން މައިންބަފައިން ދުނިޔޭގައި ތިއްބަސް ނުވަތަ މަރުވެ ދިޔުމަށް ފަހުވެސް މި ދުޢާ ކުރުމަކީ މޮޅު އިތުވެގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު