الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:
މާތްﷲ ރުއްސުންލެއްވި އިމްރާން ބިން އަލްޙުސައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާކުރައްވާފައިވެއެވެ.
(خَيْرُكُمْ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ ...إِنَّ بَعْدَكُمْ قَوْمًا يَخُونُونَ وَلَا يُؤْتَمَنُونَ وَيَشْهَدُونَ وَلَا يُسْتَشْهَدُونَ وَيَنْذرُونَ وَلَا يَفُونَ وَيَظْهَرُ فِيهِمْ السِّمَنُ) متفق عليه.
މާނައީ: "އެންމެ ރަނގަޅު ޖީލަކީ ތިމަންކަލޭގެފާނުގެ ޒަމާނުގެ މީސްތަކުންނެވެ. ދެންއެޔަށްފަހު އަންނަ މީހުންނެވެ. ދެން އެޔަށްފަހު އަންނަ މީހުންނެވ.... އަދި ތިޔަބައިމީހުންގެ ފަހުން ޙިޔާނަތްތެރިވާ އަދި އަމާނާތްތެރިނުވާ ބަޔަކު އަންނާނެއެވެ. އެއީ އެމީހުންގެ ކިބައިން އެހުމެއްނެތި ހެކިދޭ ބަޔަކު މީސްތަކުންގެ ތެރެއިން ފާޅުވެދާ ހުއްޓެވެ. އެބައިމީހުން ނުފުއްދާ ނަދުރުތައް ބުނާނެއެވެ. (ނުވަތަ ވަޢުދުތައް ކުރާނެއެވެ.) އަދި އެބައިމީހުންގެ ތެރެއިން ފަލަވުން ޢާންމުވާނެއެވެ"
ޤިޔާމަތްކައިރިވުމުން ފަލަވާބަލި ނުވަތަ ފަލަކޮށް ޗަބީކޮށް ތިބޭ މީހުން ގިނަވަމުންދެއެވެ. އެކަން މެދުވެރިވާ އެއްސަބަބެއްކަމުގައިވެފައިވަނީ މޮޅެތި ކެއުންތަކާއި ފާޑުފާޑުގެ ބުއިންތައް ޢާންމުވެފައިވާތީއެވެ. އަދި ފޮނިތަކެއްޗާއި ހަލުވާފަދަ ތަކެތި ކެއުން އިތުރުވެފައިވާތީއެވެ. މީސްތަކުން އެބައިމީހުންގެ ހަށިގަނޑުތައް ބޭނުންކުރުމުގެ ބަދަލުގައި ޚިދުމަތުގައި ގެންގުޅެނީ ތަފާތު މެސިންތަކެވެ. ޒުވާނުންނާއި މުސްކުޅިންނާއި އަދި އެނޫން މީސްތަކުންގެ މެދުގައިވެސް ފަލަވުމަކީ ޢާންމުކަމެއް ކަމުގައިވެއްޖެއެވެ. ދުނިޔޭގެ ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ ހަމީހަކުން އެކަކީ ފަލަވާން ޖެހޭ ނިސްބަތަށްވުރެ ބޮޑަށް ފަލަވެފައިވާ ނުވަތަ ފަލަބަލި ޖެހިފައިވާ މީހެކެވެ.
މިއަދު އަޅުގަނޑުމެންނަށް ފަލަވާ ބަލިން ސަލާމަތްވުމަށް ބޭނުންކުރާނެ ތަފާތު ބޭސްތަކާއި އަދި ބަނޑުހިންދާނެ ތަފާތު ސާރޖަރީތައް އާންމުވެފައިވާ އެއްޗެހީގެ ގޮތުގައި ފެންނަމުންދަނީއެވެ.
وصلى الله وسلم على محمد و على آله و صحبه أجمعين. آمين.
ހަވާލާ: ނިހާޔަތުލް ޢާލަމް.
މިހާރުދެންކޮންމެކަމަކާވެސްގުޅުވަނީ ފަހުޒަމާނާ .. ކަށަވަރުވެއެނގޭކަމަކީ މިހާރަކުދެން ކުރީޒަމާނެއްނާންނާނެކަން ދެންއަބަދުވެސްއަންނާނީފަހުޒަމާންކަން
ކޮންމެ އެއްޗެއް ލިޔުނަސް ގަބޫލު ކުރާ މީހުން ތިބޭނެ.