الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ސިޙުރު އަދި ޖިންނި ބަލީގެ ބައެއް ޢަލާމާތްތައް އިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެވެ. އޭގެތެރޭގައި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ދުރުހެލިވެ މިކަންކަން ކުރާހިތްނުވުން އަދި ކުރާއިރު އުނދަގޫވުން ހިމެނެއެވެ. (މިހެންވާނަމަ ގިނަގިނައިން أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ) ކިޔާށެވެ. އަދި ކޮންމެދުވަހަކު 11 ފަހަރު كَافِرُون ސޫރަތް ކިޔަވާށެވެ. މިގޮތަށް މެދުނުކަޑައި މަދުވެގެން 11 ދުވަހު ޢަމަލު ކުރާށެވެ. އިރާދަކުރެއްވިއްޔާ އަޅުކަމާ މަޝްޢޫލުވާހިތްވެ ނަމާދާއި ގާތްވާހުއްޓެވެ.
ޢާއްމުކޮށް ބޮލުގައި ރިހުން (މެންދުރުވެގެން އަންނަ ވަގުތު އަދި ބޮޑަށް އިރުއޮއްސިގެން އަންނަ ވަގުތު ވަކިން ބޮޑަށް ރިހުން) އަދި ބޮލުގައި މީހަކު ހިފާފަ ހުންންގޮތަށްވެ ބަރުޖެހުން މިއީ ވެސް ދިމާވެދާނެ ކަމެކެވެ. މީގެ އިތުރުން ހުވަފެނުގައި ތަންތަނުން ވެއްޓޭތީފެނުން ވެސް ހިމެނެއެވެ. ޢާއްމުކޮށް ފެންނާނީ އުސްތަންތަނުން ވެއްޓޭތީއެވެ. (އަދި ހޭލެވޭއިރު ވެއްޓެން ދާގޮތަށް ވުން.)
މީހާ މަޑުނެގިވެފައި ހުރުމަކީ ވެސް ވެދާނެ ކަމެކެވެ. (ކަންކަން ކުރާހިތްނުވުން، މަސައްކަތްކުރާހިތްނުވުން ކަންކަމުގައި އަޅައިނުގަނެ ހަރަކާތް ލަސްވުން) ފާޚާނާގައި ގިނައިރުވުން، ފާޚާނާ ކުރާވަގުތު އަމިއްލަ ހިތާ ނުވަތަ އަމިއްލަ އަމިއްލައަށް ވާހަކަދެއްކުން މިއީ ވެސް ދިމާވެދާނެ ކަމެކެވެ. އަންހެނެއްނަމަ ޙައިޟުގެ މައްސަލަ އާއްމުކޮށްޖެހުމަކީ ވެސް މިފަދަ ކަމެއްގެ އަލާމާތަކަށް ވެދާނެއެވެ. (މާގިނައިން ވުން، ވެފަ އަވަހަށް ރަނގަޅުނުވުން)
ދެމަފިރިންގެ އެއްވެސް ޖިސްމާނީ މައްސަލައެއް ނުވަތަ ޑޮކްޓަރީ ބައްޔެއްނެތި ކިތަންމެ މަސައްކަތް ކުރިނަމަވެސް ދަރިން ނުލިބުމަކީ ވެސް ސިހުރުގެ ކަމަކަށް ވެދާނެއެވެ.
ހުވަފެންތެރޭގައި ޖިންނީން ފެނުން އެތަކެއްޗާ ތަޅާފޮޅާތީ ނުވަތަ މުޢާމަލާ ކުރާތީ ފެނިދާނެއެވެ. އަދި ބިރުވެރި ހުވަފެން ޢާއްމުކޮށް ފެނުމަކީ ވެސް ވެދާނެ ކަމެކެވެ. ޢައުރަ ނިވާނުކޮށް ތިބޭމީހުން ގިނައިން ފެނުމާއި ހަރުފަ ބުޅާ ފަދަ ޖަނަވާރު ފެނުން ބިރުވެރި ސިފައިގައި ތިބޭ މީހުން ފެނުމަކީ ވެސް ވެދާނެ ކަމެކެވެ.
އެކަނި އިންނަ ވަގުތު ސިއްސަސިއްސައިގެން ދިޔުމާއި ގިނައިން އެކަނިވެރިވުން ނުވަތަ އެކަނި މީހުން ނޫޅޭތަންތާގައި މާގިނައިން އިންނަ ހިތްވުން ވެސް މިއީ މިފަދަ ބައްޔެއްގެ އަލާމާތަކަށް ވެދާނެއެވެ. ކަމަކާ ނުލައި ފިކުރު ބޮޑުވުން، އަދި ހާސްވުމަކީ ވެސް ކުރިމަތިވެދަނެ ކަމެކެވެ.
އެކަނި ހުންނައިރުވެސް ކައިރީ މީހަކު އުޅޭހެން ހީވުމާއި ޒިނޭކުރާތީ ޢާއްމުކޮށް ހުވަފެނުގައި ފެނުން އަދި މިފަދަ ހުވަފެނުންހޭލެވޭ އިރު ޝަހުވަތްތެރިވުން ނުވަތަ އެދުން ފުދިފައި އޮތުމަކީ ވެސް ވެދާނެ ކަމެކެވެ. ނުވަތަ އެމީހަކު މިފަދަކަމެއް ކުރަން ހިތްކިޔާ މީހަކާއެކު މިފަދަ ގޮތަކަށް މާގިނައިން ފެނުމަކީ ވެސް ވެދާނެ ގޮތެކެވެ.
ކާހިތްނުވުން، ކެއުމުގައި އުނދަގޫވުން ނުވަތަ އާދަޔާ ޚިލާފަށް ގިނައިން ކެވުމާއި ކިތައްމެވަރަށް ކެއަސް ބަނޑުހައިހޫނުކަން ނުފިލުން ނުވަތަ މާއަވަހަށް ބަނޑުހައިވުމަކީ ވެސް ކުރިމަތިވެދަނެ ކަމެކެވެ. ފާޚާނާ ކުރާއިރު މީހަކު ހުންނަހެންހީވުމާއި މާގިނައިން މީހަކު ގައިގައި އަތްލާހެން ހީވުން (ޢާއްމުކޮށް އެކަނި އުޅޭވަގުތު) އަދި ގޮވާހެން ހީވުމަކީ ވެސް ވެދާނެ ކަމެކެވެ.
އަނދިރީގައި އުޅޭހިތްވުން ނުވަތަ މާބޮޑަށް ބިރުގަތުން އަދި އެކަނިވާނަމަ ބިރުގަތުމަކީ ވެސް ކުރިމަތިވެދާނެ ކަމެކެވެ. މާބޮޑަށް ހަނދާންނެތުން، ކުރަން އުޅޭކަންތައްވެސް އެވަގުތެއްގައި ހަނދާންނެތުން އެއީ ވެސް ވެދާނެ ކަމެކެވެ. ސަބަބަކާނުލައި ގައިގެ އެކިތަންތާގައި ރިއްސުމާއި ރިހުން އެކިފަހަރު އެކިތަނުގައި ހުރުން އެއީ ވެސް ކުރިމަތިވެދާނެ ކަމެކެވެ. ގައިގެ ތަންތަނުން ދިލަނެގުން، ކުރިމަތިފަރާތުން ދިލަނެގުން، ކުޑަކަމުދިއުމުން ދިލަނެގުން އެއީ ވެސް ކުރިމަތިވެދާނެ ކަމެކެވެ.
ދެމަފިރިން ޖިމާޢު ވާއިރު ދިލަނެގުން ، ރިހުން، ނުވަތަ ޖިމާޢުވެ ނިމުމުން އާދަޔާ ޚިލާފަށް މިފަދަ ކަމެއްވުމަކީ ވެސް މިއީ ސިޙުރު ނުވަތަ ޖިންނީގެ ބައްޔެއް ޖެހިފައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް ޢާއްމު ޢަލާމާތެވެ. މިނޫންވެސް އެކި އެކި ތަފާތު އަލާމާތް ތަފާތު ވައްތަރުގެ ސިޙުރުގެ އަދި ޖިންނީގެ ޢަލާމާތްތައް ވެއެވެ.
ދަންނަންޖެހޭ ޙަޤީޤަތަކީ މީގެން ޢަލާމާތެއް މީހެއްގައި ހުންނަ ކޮންމެ ފަހަރަކު އެއީ ޖިންނި ބަލި ނުވަތަ ސިޙުރު ކަމުގައި ނުވެދާނެއެވެ. އެހެންކަހަލަ ބައްޔެއްގެ ސަބަބުންވެސް މިފަދަ ޢަލާމާތެއް ފެނުން އެކަށީގެންވެއެވެ. ޖިންނި ނުވަތަ ސިޙުރު ކަމުގައި ބެލެވޭނީ ޖުމްލަކޮށް ހުރިހާ ޢަލާމާތްތަކަކަށް ބަލައިގެނެވެ. އަދި ރުޤުޔާ އަޑުއެހުމުން މިފަދަ ކަމެއް ހުރިނަމަ އުނދަގުލެއްވާނަމައެވެ.
މައުލޫމާތު: އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
ކޮވިޑް19 ޖެހުން. މިވެސް ސިހުރުގެތެރޭ ހިމެނޭ ކަމެއް.
ސިހުރު ޖެހިފާ ހުރިކަން އެނގޭ ރައްޔިތުން ގޭކުއްޔާއި ބިލްތައް ނުދެއްކި ކެވޭނެ ފަދައެއްވެސް ނެތި ހާލުގައި އުޅޭއިރު ވެރިމީހާ ކަހާތަން ހިރުވާނުލާ ބޮނދާ އޮތީމާ.