މާތް ﷲ ރުއްސުންލެއްވި އުމަރު ބިން ހައްތާބް ޝަހީދުވުމަކީ އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެ ބޮޑު ފިތުނަ ކަމުގައި ޖަމިއްޔަތުއް ސަލަފުން އިންތިޒާމް ކޮށްގެން ބޭއްވި ދީނީ ދަރުސްއެއްގައި އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

"ޤިޔާމަތުގެ އަލާމާތް" މި ސިލްސިލާގެ ދަށުން ޖަމިއްޔަތުއް ސަލަފުން އިސްނަގައިގެން ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށްފަހު ފުރުގާން މިސްކިތުގައި ދެއްވަމުންގެންދާ ސިލްސިލާ ދަރުސްތަކުގެ ތެރެއިން މިއަދަށް ހާއްސަ ކުރެވިފައިވާ ދަރުހުގައި ޝައިހް ސަމީރު ވިދާޅުވީ ފިތުނަތަށް ގިނަވުމަކީ ޤިޔާމަތް ވުމުގެ އަލާމާތެއް ކަމަށާއި އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެ ބޮޑު ފިތުނައަކީ އުމަރުގެފާނު ޝަހީދުވުން ކަމަށެވެ.

"ފިތުނައަކީ މީހުންނަށް ޖެހޭ ބަލާ އާއި މުސީބާތް. އަދި މީހާގެ ގޮތް ދެނެގަތުމަށް ޖެހޭ ގިލަންވެރިކަން ވެސް ފިތުނައިގެ ތެރޭގައި އިލްމުވެރިން ހިމަނުއްވާފައިވޭ. ފިތުނަތަށް ގިނަ ވުމަކީ ޤިޔާމަތް ވުމުގެ ކުރިން ޔަޤީނުން ވެސް ވާނޭ ކަމެއް ކަމަށް ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ޚަބަރު ކުރައްވާފައިވާ ކަމެއް. އަދި އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެ ބޮޑު ފިތުނައަކީ މާތް ﷲ ރުއްސުންލެއްވި އުމަރު ބިން ހައްތާބް ޝަހީދުވުން" ޝައިހް ވިދާޅުވިއެވެ.

އުމަރުގެފާނު ޝަހީދުވުމުން ފިތުނައިން ރައްކާތެރިވުމުގެ ދޮރު އެއްކޮށް ހަލާކުވެގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް މުސްލިމުންނެއްގެ ލޭ އޮހޮރިފައިވާ ކަމުގައިވެސް ޝައިހް ސަމީރު ވިދާޅުވިއެވެ. އަދި އުޝްމާންގެ ފާނުވެސް ޝަހީދުވެގެން ގޮސްފައިވަނީ އުމަރުގެފާނު ޝަހީދުވުމުން ފެތުރުނު ބޮޑު ފިތުނަވެރިކަމުގެ ތެރޭގައި ކަމުގައިވެސް ޝައިހް ވިދާޅުވިއެވެ.

ފިތުނައަކީ ބޮޑުވެގެންވާ މުސީބާތެެއް ކަމަށާއި ފިތުނައިގައި ޖެހިއްޖެ ނަމަ އެމީހެއްގެ ދީނާއި ދުނިޔެވެސް ގެއްލި ހިނގައިދާ ކަމެއް ކަމުގައި ޝައިހް ސަމީރު ވަނީ ވިދާޅުވެފައެވެ.

ފިތުނައިން ސަލާމަތްވުމަށް ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ އުންމަތުގެ އެންމެހާ ފަރާތްތަކަށް އަންގަވާފައިވާ ކަމަށާއި އެކަމުންވެސް ދޭހަވަނީ ފިތުނައިގެ ނުބައިކަން ކަމުގައި ޝައިހް ވަނީ ވިދާޅުވެފައެވެ.

"އަދި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރެއްވި ކަމަށް އަބޫ މޫސަލް އަސަހަރީ ރަލިއަﷲ އަންހްގެ އަރިހުން ރިވާވެގެން އައިސްފައިވާ ހަދީޡެއްގެ މާނައިގައިވޭ، "ހަމަ ކަށަވަރުން ގިޔާމަތް ކައިރިވެއްޖެ ނަމަ ބޮޑެތި ފިތުނަކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އެއީ ރޭގަނޑުގެ އަދިރިކަން ފަދަ ފިތުނަތަކެވެ." އެހެންކަމުން މިކަމުންވެސް ދޭހަވަނީ އެ ފިތުނަތަކަކީ ހައްޤާއި ރަނގަޅު އޮޅުވާލާ ފިތުނައެއް ކަން" ޝައިހް ސަމީރު ވިދާޅުވިއެވެ.

ފިތުނައިގެ އަސްލު މަސްދަރަކީ މަސްރިގުކަމަށްވެސް ޝައިހް ވަނީ ވިދާޅުވެފައެވެ.

"ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ މަސްރިޤާއި ދިމާއަށް އިޝާރަތް ކުރައްވާ ހަދީޡް ކުރައްވާފައިވޭ. "ހަމަ ކަށަވަރުން ފިތުނަތަށް ފެތުރިގެން އަންނާނީ މި ދިމާލުންނެވެ." އަދި ބައެއް ރިވާއަތްތަކުގައި އައިސްފައިވޭ ޖައްޖާލު ފާޅުވާނީވެސް މަސްރިގުން ކަމަށް. އަދި މަސްރިގަކީ ކުފުރުގެ މަޒަހަބްތަށް ފެށިގެން އައިތަން. މަސްރިގަކީ މިހާރުގެ އީރާޤް އަދި ފާރިސް ކަރައާއި އޭގެ ފަހަތުގައިވާ ރަށްތައް" ޝައިހް ސަމީރު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ދިވެހިރާޢްޖެދުށް ފުންނާބުއުސް ދީނީ ޢިލްމުވެރިޔާ " ޝައިޚް ޢަބްދުﷲ ޖަލާލުއްދީން " ލިޔުއްވި "ޤިޔާމަތުނާމާ" ވިދާޅުވެލައްވާ! އެ ޅެމުިގައި އެހުރީ ކީރިތި ޤުރުއާނާ މާތްރަސޫލާގެ ސުންނަތުން ސާބިތުވާ ޤިޔާމަތުގެ ޢަލާމާތްތައް ވަރަށް ފުރިހަމަޔަށް! މިއަދު ދިނިޔެ ހިނގަމުންމިދާ ގޮތް އެމަނިކުފާނު 1940 ގެ އަހަރުތަކުގައިު ލިޔުއްވި އެ ޅެމުން ތަފާތުނެތި އެދަނީ ފެންނަމުން! ބައްލަވާ ލައްވާ! މިއަދުގެ ޢިލްމުވެރިންގެ ނަޒަރުގައި އެމަނިކުފާނަކީ ސަންގޯރެއް!

  2. ތުއި

    ކަލޭ މަރު ހަނދާންވީތަ މާ ގިޔާމަތާ އަޅައިގަނެގެން ތިއުޅެނީ. ކޮންއިރަކުތަ ފިތުނަމަދީ؟

    1
    1
    • ދަންޑެހެލު

      ކަލޭ މަރު ހަނދާންނުވަނީތަ؟ ތިހާ ފިތުނަވެރިވީ.

  3. ތަނބު

    އިލްމު ވެރިންގެ ބަސްމަގު ތަފާތުވުމުން އުފެދޭ ފިތުނަވެސް މަދެއްނޫން

    • ޟަމީރު

      އެމްޑީއެން އުވަަލައި އެމްސީ ހަމީދު މަޤާމުނ ވަކިކޮށް ސަހިނދާ ޖަލަށްލީމަ ވަރަށް ބޮޑުތަން ފިތުނަ ކުޑަވާނެ.