ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ) سورة ق: 18

މާނައީ: "(ކުރާ ޢަމަލުތައް ލިޔުއްވާ އަދި) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ."

އަބޫ ހުރައިރާ ރަޟިޔަﷲ އަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مَنْ قَعَدَ مَقْعَدًا لَمْ يَذْكُرْ اللَّهَ فِيهِ كَانَتْ عَلَيْهِ مِنْ اللَّهِ تِرَةٌ وَمَنْ اضْطَجَعَ مَضْجَعًا لَا يَذْكُرُ اللَّهَ فِيهِ كَانَتْ عَلَيْهِ مِنْ اللَّهِ تِرَةٌ) أخرجه أبو داود في سننه: 4856 و صححه الألباني.

މާނައީ: "އިށީންނަ ތަނެއްގައި އިށީންނަ މީހާ އެތަނުގައި ﷲގެ މަތިން ހަނދުމަ ނުކުރާނަމަ، އެމީހަކަށް އުނިކަމެއް (ނުވަތަ ގެއްލުމެއް)ވެއެވެ. އަދި އޮށޯންނަ ތަނެއްގައި އޮށޯންނަ މީހާ އެތަނުގައި ﷲ ގެ މަތިން ހަނދުމަ ނުކުރިނަމަ، އެމީހަކަށް ﷲގެ ފަރާތުން އުނިކަމެއްވެއެވެ."

އަދިވެސް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا جَلَسَ قَوْمٌ مَجْلِسًا لَمْ يَذْكُرُوا اللَّهَ فِيهِ وَلَمْ يُصَلُّوا عَلَى نَبِيِّهِمْ إِلَّا كَانَ عَلَيْهِمْ تِرَةً فَإِنْ شَاءَ عَذَّبَهُمْ وَإِنْ شَاءَ غَفَرَ لَهُمْ) رواه الترمذي في سننه: 3380 و صححه الألباني.

މާނައީ: "ބަޔަކުމީހުން މަޖިލީހެއްގައި އިށީނދެ އެތަނުގައި ﷲގެ މަތިން ޒިކުރުނުކޮށް އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ނުކިޔައިފިނަމަ އެބައިމީހުންނަށް އުނިކަމެއް(ގެއްލުމެއް ހަލާކެއް ދެރައެއް) ވެއެވެ. ﷲ ބޭނުންވެ ވޮޑިގެންފިނަމަ އެބައިމީހުންނަށް ޢަޛާބުދެއްވައެވެ. ނުވަތަ ފާފަ ފުއްސަވައިދެއްވައެވެ."

އަދިވެސް އިބުނު ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لَا تُكْثِرُوا الْكَلَامَ بِغَيْرِ ذِكْرِ اللَّهِ فَإِنَّ كَثْرَةَ الْكَلَامِ بِغَيْرِ ذِكْرِ اللَّهِ قَسْوَةٌ لِلْقَلْبِ وَإِنَّ أَبْعَدَ النَّاسِ مِنْ اللَّهِ الْقَلْبُ الْقَاسِي) رواه الترمذي في سننه: 2411 و صححه الألباني.

މާނައީ: "ﷲގެ މަތިން ޒިކުރުނުކޮށް ވާހަކަދެއްކުން ގިނަނުކުރާށެވެ. ﷲގެ މަތިން ޒިކުރުނުކޮށް ވާހަކަދެއްކުން ގިނަކުރުމަކީ ހިތަށްވާ ގާވުމެކެވެ. ﷲއާއި އެންމެ ދުރުމީސްތަކުންނަކީ ހިތްގާވެފައިވާ(ހަރު) މީހުންނެވެ.)"

(ހިތްގާވުމުގެ މުރާފަކީ ހިތްހަރުވެ ޙައްޤުން އަސަރުނުކޮށް، ޙައްޤު އަޑުއެހުމާއި ދުރުވުމެވެ.)

މީސްތަކުން ތަންތަނަށް އެއްވެ އުޅުމާއި ވާހަކަ ދެއްކުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. މިފަދަ މަޖިލީސްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ﷲގެ މަތިން ޒިކުރުކުރެވޭ މަޖިލީސްތަކެވެ. ﷲގެ މަތިން ޒިކުރުނުކުރެވޭ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ނުކިޔެވޭ މަޖިލީސްތަކަކީ ނުރުއްސެވިގެންވާ މަޖިލީސްތަކެކެވެ. އެފަދަ މަޖިލީސްތަކާއި އެއްވުންތަކާއި މެދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޚަބަރުދެއްވާފައެއެވެ. އަދި އެއީ އެފަދަ މީހުންނަށް ޤިޔާމަތް ދުވަހުންވާ ދެރައެއް އަދި އުނިކަމެއްކަމުގައި ވަނީ އަންގަވާފައެވެ. އެއީ އެބައިމީހުންނަށް ފައިދާ ނުކުރާކަމެއްގައި އެމީހުންގެ ވަޤުތުތައް ގެއްލުވާލީތީއެވެ. އަދި އެއީ ހިތްހަރުވުމުގެ ސަބަބެއް ކަމަށްވެސް އަންގަވާފައިވެއެވެ. އެފަދައިންވެއްޖެނަމަ ނަޞީޙަތެއް ދެވި ހަނދާންކޮށްދެވުނަސް އެމީހުންނަކަށް އަސަރެއް ނުކުރާނެއެވެ.

ފައިދާތައް.

ހ. ﷲގެ މަތިން ހަނދުމަނުކޮށް ވާހަކަދެއްކުން ގިނަކުރުމުން ބިރުވެތިވާން ޖެހޭކަން. ﷲގެ މަތިން ހަނދުމަކުރެވޭނެ ގޮތްތަކުގެ ތެރޭގައި ފާފަ ފުއްސެވުން އެދި އިސްތިޣުފާރުކުރުމާއި ޢިލްމު އުގަންނައިދިނުމާއި އަދި ހެޔޮކަންކަމށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުން ހިމެނެއެވެ.

ށ. ﷲގެ މަތިން ޒިކުރުނުކުރާ މަޖިލީސްތަކާމެދުގައި ސަމާލުވާން ޖެހޭނެކަމާއި އަދި މަޖިލީސްތަކުގައި ޒިކުރުކުރެވޭ މަޖިލިސްތަކަށް ރައްކާތެރިވުން ހިމެނެއެވެ.

ނ. ﷲގެ މަތިން ހަނދުމަނުކޮށް ވާހަކަދެއްކުން ގިނަކުރުމަކީ ހިތްގައުވެ މީހާ ޙައްޤާއި ދުރުވާއި ކަމެކެވެ.

ނިމުނީ.

سبحان ربك رب العزة عما يصفون. و سلام على المرسلين. والحمد لله رب العالمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންސާނުން

    އެމީހުން ހިތް ގާވިޔަސް ގިނަ މީހުންނަށް އެވަނީ ނުވަތަ ވެފަ އެތިބެނީ ކިޔެއްކަންވެސް ނޭނގެއެވެ.

    ދުނިޔޭގައި ދިމާވެފައިވާ ޚިޔާލީ ތަފާތު ކަންކަމުގައި ޖެހި ގިނަ ވަގުތު އެކަކު އަނެކަކަށް ބަދުބަސް ބުނުމުގައި ވަގުތު ބޭކާރުކުރާއިރު ތިމާ ބެނދެވިފައި މިވަނީ ކޮންކަންކަމެއްގައިކަން އިޙްސާސްވެސް ނުވާ މީހުން ސައްތައިން ގުނާލެވޭހާ ގިނަ ވުމަކީ ހިތާމަ ކުރާ ކަމެކެވެ.