ނޮބެލް އިނާމު ޙާޞިލުކުރައްވާފައިވާ ޑރ. އެލެކްސިސް ކަރެލް ވަނީ އަންހެނުންނާއި ފިރިހެނުންގެ ޖިސްމާނީ އަދި އުފެދުމުގެ ތަފާތުތައް އެބޭފުޅާގެ "މޭން، ދަ އަންނޯން'' ގެފޮތުގައި ވަރަށް ފުރިހަމަކޮށް އަލިއަޅުވާލާފައެވެ. މިފޮތުގެ ނިންމުމުގައި އެބޭފުޅާ މިފަދައިން ގެންނަވާފައިވެއެވެ.

"އަންހެނުންނާއި ފިރިހެނުން ހުރިހަގޮތަކުން ތަފާތެއެވެ. އަންހެނުންނާއި ފިރިހެނުންގެ ތަފާތުވަނީ ނުވަތަ އެތަފާތު ހަމައެކަނި ބަޔާންކޮއްދެނީ ހަމައެކަނި ޚާއްޞަ ގުނަވަން ތަކަކުން އެކަންޏެއްނޫނެވެ. އެޔައްވުރެ އާދައިގެ ކަންތައްތަކުގާވެސް އެދެޖިންސުގެ ތަފާތުވަރަށް ބޮޑެއެވެ. މިޘާލަކަށް އަންހެނާގެ ދަރިމައިކުރުވާ ބިސް އުފައްދާ ގުނަވަނުން ދޫކުރާ ވަރަށް ޚާއްޞަ ކެމިކަލް މާއްދާއެއްގެ ސަބަބުން މުޅި އަންހެނާގެ ހުރިހާ ހިއްސުތަކާއި ގުނަވަންތަކެއް ފިރިހެނުންނާއި ތަފާތުވެގެންދެއެވެ. މިފަދަ ކަންތައްތައް ނޭންގުމުގެ ސަބަބުން އަންހެނުންނަށް ޙައްޤުތައް ލިބިދިނުމުގެ ބަދަލުގައި އެކަމުގެ ސަބަބުން އިތުރުމައްސަލަތަކެއް އުފެދެމުންދެއެވެ. އެގޮތުން މިފަދަ ފަރާތްތަކުން ވަކާލާތުކުރާގޮތުގައި ދެޖިންސަށް ވެސް ހަމަހަމަ ފުރުޞަތުތަކާއި، އެއްވައްތަރެއްގެ ތަޢުލީމާއި، ބާރުގެގޮތުން އެއްވަރުގެ ބާރާއި އަދި ޒިންމާ އުފުލުމުގައިވެސް އެއްޒިންމާތަކެއް ދޭންޖެހޭނެއެވެ. ޙަޤީޤަތަކީ ހުރިހާ ގޮތަކުންވެސް އަންހެނާއާއި ފިރިހެނާއާއި ތަފާތުވުމެވެ. އަންހެނާގެ ހަށިގަނޑުގައިވާ ކޮންމެ "ސެލް" އަކީ އޭނާގެ ޖިންސާއި ހާއްޞަ ގޮތަކަށް ގުޅިފައިވާ "އަންހެން" ސިފަ ލިބިފައިވާ ސެލް އެކެވެ. ހަމައެކަނި އެއްގޮތްކަމެއް ހުރިނަމަ ހުރީ ބައެއް ގުނަވަންތަކާއި އަދި ނާރުތަކުގައެވެ. ނަފްސާނީ ގޮތުން ހަމަޖެހި ނިމިފައިވާ ކަންތައްތަކަކީ ބަދަލުކުރެވޭނެ ނުވަތަ ހުއްޓުވޭނެފަދަ ކަންތައްތަކެއް ނޫނެވެ. އިންސާނުން ބޭނުނަވާހާ ގޮތްގޮތަކަށް އެފަދަ ކަންތައްތަކެއް ބަދަލެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް ޖެހޭނީ އެއެއްޗެހި އޭތީގެ ޠަބީޢަތަށް އިޢުތިރާފުވެ، ވުމާއެކު ބަލައިގެންނާށެވެ. އަންހެނުން އެމީހުންގެ ޠަބީޢީ ސިފަތައް ތަރައްޤީކުރަންޖެހޭނީ އެއެއްޗެހީގެ ތަބީޢަތައް އިޢުތިރާފުވެ ތިބެގެން އޭގެ އަސްލާއި އެއްގޮތަށެވެ. އަދި ފިރިހެނުންނަށް ބަލައި ކޮޕީކުރުމެއްނެތިއެވެ. އެމީހުންގެ އަމިއްލަވަންތަކަމުގެ ދާއިރާގައި ހަޟާރާތްތަކަށް ކޮށްދީފައިވާ ޚިދުމަތްތައް ފިރިހެނުންނަށްވުރެ އެތައް ދަރަޖައެއް މަތިވެރިވެފައި ވަރުގަދައެވެ. އެހެންކަމުން އަންހެނުންގެ މިޚާއްޞަ ސިފަ، އެއްގޮތަކަށްވެސް ދޫކޮށްލައިގެން ނުވާނެއެވެ."

(ޑރ. އެލެކްސިސް ކަރެލް، މޭން، ދަ އަންނޯން، ނިއުޔޯކު 1949 ، ޞަފުހާ 91)

ވީމާ އަންހެނުންނާއި ފިރިހެނުންނަކީ ޖިސްމާނީގޮތުންވެސް ހަމަހަމަ ބައެއްނޫންކަން އެބައެނގެއެވެ. އެހެންކަމުން އެބައިމީހުންނަށް ދީނީގޮތުން ތަފާތު ޒިންމާތަކެއް ވުމަކީ އެއްވެސް ހާލެއްގައި ތަފާތުކުރުމެއްނޫނެވެ. އިންސާފުވެރި އަދުލުވެރިގޮތަކީ އެއީއެވެ. އެއްވައްތަރު ނޫން ދޭއްޗެއް އެއްވައްތަރުކަމަށްބުނެ އެއްގޮތަކަށް މުޢާމަލާތްކުރުމަކީ ބޭއިންސާފެއްކަމާމެދު ޝައްކެއްނެތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުއްލާ

    އަންހެނުންނާ ފިރިހެނުން ތަފާތު ފިިހެނުންނާ ފިރިހެނުންވެސް ތަފާތު އަންހެނުންނާ އަންހެނުންވެސް ތަފާތު ހެއްދެވުމުގާ ކޮންމެ މީހަކީވެސް ތަފާތުމީހެއް

  2. ސިވިލް މީހާ

    ވ ރަނގަަޅު ލިއުމެއް

  3. ޖޮއްބެ

    ހޫނ ޖެންޑާ އީކުއަލިޓީޔޯ ކިޔައިގެން އަންހެންވެރިން މިއުޅެނީ ފިރިހެނުންނާ ހަމަހަމަވާން.

  4. ޜީން

    ދޮން މީހުން ގެ ބައެއް މީހުން ދެކޭ ގޮތުގައި އެމީހުން ނަކީ ކަޅު ނަސްލުގެ މީހުންނަށް ވުރެ މަތިވެރި ބައެއް. ޙަމަ އެފަދައިން ބައެއް ފިރިހެނުން އަންހެނުންނާ މެދު ދަށުދަރަޖައިގެބައެއް ގޮތަށް އަމަލު ކުރުމުގެ ސަބަބުން އަންވަންތަކަން ދެކެ ބައެއްއަންހެނުން ނަފްރަތު ކުރަނީ. ޢެއްވެސް އިންސާނާގެ ފިތުރީ ކަމެއްނޫން އެއީ ތިމާ އަކީ އެހެންމީހުންނަށް ވުރެ ދަށުދަރަޖައިގެ މީހެއްކަމުގަިއި ދެކުން. ޢިންސާނާވަނީ މާތްﷲ މާތްކުރައްވާފަ. ޢަންހެނަކަށްވީތީ ދިރިހުއްޓާ ވަޅުލު ޒަމާނެއްވެސް ދިޔަ، އެޒަމާނުގަި އަންހެނަކަށް ނުވާން ކިތައް އަންހެނުން ބޭނުންވާނެ. ތިޔަ ކަމުގެ އަސްލަކީ ފިރިހެނުން ކިބުރުވެރިވެ ދުނިޔެމަތީގެ ނިއުމަތާމެދު ބޮޑާވެގަތުން

  5. އެކަމަކު ދޯ!

    އަމުދަކުން އަންހެނަކު ނޫޅޭ ފިރިހެނަކާ ހަމަހަމަވާކަށެއް، އެކަމަކު އެވެރިންނަށް ހީވަނީ ތޯއްޗެއް އެވެރިންނަކީމާ މަތީ ދަރަޖަ ލިބިފައިވާ ބަޔެކޯލަ!