ކައިވެންޏަކީ ވަަރަށްވެސް މަތިވެރި އަގުދެކެވެ. އެއީ ދަރިފަސްކޮޅު ހެޔޮ ގޮތުގައި އާލާކުރުމަށް ކޮށާލެވޭ ދޮރެކެވެ. އަދި އެއީ ސުވަރުގެއަށް މަގުފަހިކުރުވާ މަގެއްވެސް މެއެވެ. އަދި ހަމައެހެންމެ އެއީ އައު ހަޔާތެއްގެ ބިންގަލެވެ.

ތިމާ ހިތް އެދޭ މީހަކާއި ކައިވެނި ކުރުމަށް މައިންބަފައިން ހުރަސް އެޅުން ވަނީ ވަރަށް އާންމު ކަމަކަށް ވެފައެވެ. އަދި މައިންބަފައިން ބޭނުންވާ މީހުންނާއި މަޖުބޫރީ ހާލަތުގައި ކައިވެނި ކޮށްގެން އުޅޭ އަދި ކުރަން ޖެހިފައިވާ އެތަށް ބަޔަކު އެބައުޅެއެވެ.

ކަންމިހެންހުރި އިރު މައިންބަފައިން ކައިވެންޏަށް ހުރަސް އަޅަނީ ނަމަ ދެން ކަންތަށް ކުރަންވީ ކިހިނެތް ހެެއްޔެވެ؟

އަޅުގަނޑުމެން ތަބާވާ މާތްވެގެންވާ އިސްލާމް ދީނުގައިވަނީ ޒުވާން ފިރިހެންކުދިންނާއި ޒުވާން އަންހެން ކުދިން ކައިވެނި ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވައިފައެވެ. އެއީ މުންކަރާތްތަކުން މުޖުތަމައު ސަލާމަތް ކުރުމުގެ މަތިވެރިމަގުސަދުގައެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ))‏ [متفق عليه]

މާނައީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލުގެ ބެލުން ތިރިކޮށްދޭ (އެބަހީ: ރައްކާތެރިކޮށްދޭ) ކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ. މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރާނޭ އައްޑަނައެކެވެ.”

މި އާޔަތުން ހާމަވާ ގޮތުގައި ހުލްގު ރަނގަޅު މުސްލިމު ދެ މީހެއް ކައިވެނި ކުރުމަށް ހުރަސް އެޅޭނެ އެއްވެސް ސަބަބެއް ނެތެވެ. އަދި އިސްލާމްދީނުގައި އެވަނީ ކައިވެނިކުރުމަށް ބާރު އަޅުއްވާފައެވެ.

ޝަރުޢީ ޤަވާޢިދުގައި އައިސްފައިވެއެވެ.

މާނައީ: “ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކޮންމެކަމަކީ އެއިލާހު ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ ކަންތައްތަކެވެ.”

އެހެންކަމުން ކައިވެނި ކުރުމަކީ ﷲ ތައާލާ ރުހިވޮޑިގެންވާ ކަމަށްވެ ހުރެ އެކަމަށް ބައްޕަ ނުވަތަ މަންމަ ނުރުހެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ނަމަވެސް މައިންބަފައިންނަށް ކިޔަވަން ވުމަކީ ވާޖިބެކެވެ. އެއީ އުރެދުމަކަށް އަމުރު ނުކުރާ ހިނދެއްގައެވެ. ވުމާއި އެކު އެއްވެސް މަގްބޫލް އުޒުރެއްނެތި ތިމާ ހިތް އެދޭ މީހަކާއި ކައިވެނި ކުރުމަށް މައިންބަފައިންނަށް ހުރަސް އެޅިގެން ނުވާނެއެވެ. އަދި އެއީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއްވެސް މެއެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޓޮމް

  ވަރަށް މަދު މައިން ބަފައިން ނޫނީ ޚުލްޤު ހެޔޮ މީހަކާ ކާކާވެނިކުރުމަށް އެއްބަސްވާނެ ހިތުގެ

  ޢަޑިން އެފަދަ ކާވެންޏަކާ އެއްބަސްވެސްވާނެ އެހެންނަމަވެސް ނަމާދެއްނުކޮށް އިސްތަށިގަނޑު ދިގުކޮށް ހުޅިޖަހައިގެން ޑުރަގު ނަގަމުން މަގުމަތީގައި އާވާރާ ވެގެން އުޅޭ މީހުންނާ ކާވެނި ކުރާކަށް އެއްވެސް މަޔަކު ބަފަޔަކު އެއްބަހެއްނުވާނެ މިފަދަ މީހުންނާވެސް މައިން ބަފައިން ނުރުހުނަސް ކާވެނި ކުރަން އިސްލާމްދީން ހަމަހުއްދަކުރޭތޯ ނަޞޭހަތުގެ ބަސް ޤްރްއާނާއި ސުންނަތުގެ އަލީގައޭކިޔައިފައި ލިޔާއިރު މިފަދަ ކަންކަމަށްވެސް އަލި އަޅުވައިލުން މުހިއްމުދޯ

 2. ޏައްމީ

  ވަރަށް މަދު މައިން ބަފައިން ނޫނީ ޚުލްޤު ހެޔޮ މީހަކާ ކާކާވެނިކުރުމަށް އެއްބަސްވާނެ ހިތުގެ

  ޢަޑިން އެފަދަ ކާވެންޏަކާ އެއްބަސްވެސްވާނެ އެހެންނަމަވެސް ނަމާދެއްނުކޮށް އިސްތަށިގަނޑު ދިގުކޮށް ހުޅިޖަހައިގެން ޑުރަގު ނަގަމުން މަގުމަތީގައި އާވާރާ ވެގެން އުޅޭ މީހުންނާ ކާވެނި ކުރާކަށް އެއްވެސް މަޔަކު ބަފަޔަކު އެއްބަހެއްނުވާނެ މިފަދަ މީހުންނާވެސް މައިން ބަފައިން ނުރުހުނަސް ކާވެނި ކުރަން އިސްލާމްދީން ހަމަހުއްދަކުރޭތޯ ނަޞޭހަތުގެ ބަސް ޤްރްއާނާއި ސުންނަތުގެ އަލީގައޭކިޔައިފައި ލިޔާއިރު މިފަދަ ކަންކަމަށްވެސް އަލި އަޅުވައިލުން މުހިއްމުދޯ

  • ޖަސްޓް މީ

   އެއޮތީ ބުނެފަ ހުލްގު ރަނގަޅު މުސްލިމު ދެމީހުންނޭ. ފަރްޟް 5 ނަމާދު ނުކުރާ މީހަކާ އިނުން އިސްލާމް ދީނުގައި ހުއްދަ ވެގެން ނުވޭ.

 3. ނާޒު

  ނަމާދު ކުރާފިރިހެނެއް ނުފެނިފަ