ސިހުރަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ އެއްޗެކެވެ. އަދި އެއީ ބާތިލްވެގެންވާ އެއްޗެކެވެ. އަދި މުންކަރާތެެއްވެސް މެއެވެ. ސިހުރު ހެދުމުން ދުރުވުމަށް މާތްﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ ގުރުއާނުގެ އެތަށް އާޔަތެއްގައި އަންގަވާފައެވެ.

ސިހުރަކީ އިންސީންނަށް ޖެހޭ އެއްޗެކެވެ. އެގޮތުން ސިހުރު އަދި ޖިންނި ބަލި ޖެހުމުން ފެންނާނެ ބައެއް އަލާމާތްތަށް ތިރީގައި އެވަނީއެވެ.

– ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ދުރުހެލިވުން:

ސިހުރު ޖެހިފައިވާނަމަ ޤުރުއާން ކިޔެވުމާއި ނަމާދުކުރުމާއި މީހާ ވަރަށް ބޮޑަށް ދުރުވާނެއެވެ. (މިހެންވާނަމަ ގިނަގިނައިން أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ) ކިޔާށެވެ. އަދި ކޮންމެދުވަހަކު 11 ފަހަރު كَافِرُون ސޫރަތް ކިޔަވާށެވެ

.– ޢާއްމުކޮށް ބޮލުގައި ރިހުން (މެންދުރުވެގެން އަންނަ ވަގުތު އަދި ބޮޑަށް އިރުއޮއްސިގެން އަންނަ ވަގުތު ވަކިން ބޮޑަށް ރިހުން)
– ހުވަފެނުގައި ތަންތަނުން ވެއްޓޭތީފެނުން، ޢާއްމުކޮށް އުސްތަންތަނުން ވެއްޓޭތީފެނުން (އަދި ހޭލެވޭއިރު ވެއްޓެން ދާގޮތަށް ވުން.)
– މީހާ މަޑުނެގިވެފައި ހުރުން (ކަންކަން ކުރާހިތްނުވުން، މަސައްކަތްކުރާހިތްނުވުން ކަންކަމުގައި އަޅައިނުގަނެ ހަރަކާތް ލަސްވުން).
– ފާޚާނާގައި ގިނައިރުވުން، ފާޚާނާ ކުރާވަގުތު އަމިއްލަ ހިތާ ނުވަތަ އަމިއްލަ އަމިއްލައަށް ވާހަކަދެއްކުން.
– އަންހެނެއްނަމަ ޙައިޟު ގެ މައްސަލަ އާއްމުކޮށްޖެހުން. (މާގިނައިން ވުން، ވެފަ އަވަހަށް ރަނގަޅުނުވުން)
– ދެމަފިރިންގެ އެއްވެސް ޖިސްމާނީ މައްސަލައެއް ނުވަތަ ޑޮކްޓަރީ ބައްޔެއްނެތި ކިތަންމެ މަސައްކަތް ކުރިނަމަވެސް ދަރިން ނުލިބުން.
– ހުވަފެންތެރޭގައި ޖިންނީން ފެނުން އެތަކެއްޗާ ތަޅާފޮޅާތީ ނުވަތަ މުޢާމަލާ ކުރާތީ ފެނުން. ބިރުވެރި ހުވަފެން ޢާއްމުކޮށް ފެނުން. ޢައުރަ ނިވާނުކޮށް ތިބޭމީހުން ގިނައިން ފެނުން، ހަރުފަ ބުޅާ ފަދަ ޖަނަވާރު ފެނުން ބިރުވެރި ސިފައިގައި ތިބޭ މީހުން ފެނުން. ތަންތަނުން ވެއްޓޭތީ ފެނުން.

- ހޭލެވޭއިރު ވަރުބަލިވެ ބިރުގަނެ ހާސްވުން. ހަމަނިދި ނުނިދުން. ނިދަން އުނދަގޫވުން. ޢާއްމުކޮށް ދަންވަރަށް ނުނިދިގެން އުޅުން.
– ނިދީގައި ބާރަށް ވާހަކަދެއްކުން. ބާރަށް ގުގުރިދެމުން، ނިދީގައި ރޮވުން.
– ނިދީގައި ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުން.
– އެކަނި އިންނަ ވަގުތު ސިއްސަސިއްސައިގެން ދިޔުން.
– ގިނައިން އެކަނިވެރިވުން / އެކަނި މީހުން ނޫޅޭތަންތާގައި މާގިނައިން އިންނަ ހިތްވުން. ކަމަކާ ނުލައި ފިކުރު ބޮޑުވުން، އަދި ހާސްވުން. އެކަނި ހުންނައިރުވެސް ކައިރީ މީހަކު އުޅޭހެން ހީވުން.
– ޒިނޭކުރާތީ ޢާއްމުކޮށް ހުވަފެނުގައި ފެނުން އަދި މިފަދަ ހުވަފެނުންހޭލެވޭ އިރު ޝަހުވަތްތެރިވުން ނުވަތަ އެދުން ފުދިފައި އޮތުން. ނުވަތަ އެމީހަކު މިފަދަކަމެއް ކުރަން ހިތްކިޔާ މީހަކާއެކު މިފަދަ ގޮތަކަށް މާގިނައިން ފެނުން.
– ކާހިތްނުވުން، ކެއުމުގައި އުނދަގޫވުން ނުވަތަ އާދަޔާ ޚިލާފަށް ގިނައިން ކެވުން. ކިތައްމެވަރަށް ކެއަސް ބަނޑުހައިހޫނުކަން ނުފިލުން ނުވަތަ މާއަވަހަށް ބަނޑުހައިވުން.
– ފާޚާނާ ކުރާއިރު މީހަކު ހުންނަހެންހީވުން/ފެންވަރާއިރު މީހަކު ބަލަން ހުންނަހެން ހީވުން.
– މާގިނައިން މީހަކު ގައިގައި އަތްލާހެން ހީވުން (ޢާއްމުކޮށް އެކަނި އުޅޭވަގުތު) އަދި ގޮވާހެން ހީވުން.
– ގައިގެ ތަންތަން ހޭލާއިރު ރަތްވެފައި ހުރުން، ނުވަތާ ނޫފާވެފައި ހުރުން ނުވަތަ ވަކިދެމިފައި ހުރުން ނުވަތަ ފިހިފައި ހުންނަހެން ހުރުން.
– ސާފުތާހިރުކަމާ ދުރުވުން، ފެންވަރާހިތްނުވުން.
– އަނދިރީގައި އުޅޭހިތްވުން، / މާބޮޑަށް ބިރުގަތުން އަދި އެކަނިވާނަމަ ބިރުގަތުން.

އިސްވެ ދިޔަ އަލާމާތްތަކުގެ ތެރެއިން އަލާމާތްތަށް ފެންނަނީނަމަ ލަސްނުކޮށް ރުގްޔާކުރުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖިންނި

    ރުގްޔާ ކުރިޔަސް ނުވޭ ރަނގަޅެއް

  2. މަރޭ

    މިތަނުގަ ނުވާކަމެއް ނެތެންނުން.މިއީ އާންމު ކޮށް ހުރިހަމީހުންނަށް ވާކަންކަން އަދި ޑޮކުޓަރަށް ވެސް ބައެް މީހުން ދަކަންކަން. ހައްލަކީ ކޮބާ،ހައްލަކީ ކޮބާ! ހައްލަކީ އުޅުން ރީތިކުރުން.ގަވައިދުން ނިދުމާ ކެއުމާއެހެނިހެން ކަންކަން ކުރުން.އަމިއްލައަށް ކަންކަން ކުރަންވީގޮތް ރޭވުމަކީ ރަނަގަޅު ކަމެއް.

    • ބަފާ

      ތީ ހަމަ ވެފައި ހުރި ކަންތައްތައް

  3. ބޭނުންވާ ފަރާތެއް

    ތިފަދަ ރުގްޔާ ކުރާ މީހުން ނަމާ ނަންބަރ ޕޯސްޓް ކޮއްލަ ދެއްވާ! އަދި އެބައެއްގެ ފެންވަރު ރުގްޔާ ކޮއްދޭތާ ވީ މުއްދަތު ވެސް ބޭނުން . މި ފަދަ ކަން ނޭނގި އެނގި ގެން އުޅޭ ކަމަށް ހެދިގެން އުޅޭ މީހުން ކައިރިން ސަލާމަތް ވެވޭނީ މިގޮތަށް މިކަން ވެގެން. ގިނައީ މިކަން ނޭނގި ކުރާ މީހުން ވީމަ!

  4. ވަހީދު

    ވަރަށް ފައިދާ ބޮޑު ވިޔަފާރިއެއް. އިސްލާމީ ޝަރީއަތް ބާވައިލެއްވި ފަހުން މިހާރު 15 ގަރުނު މިވީ އެއްވެސް ދީނީ ޔުނިވަރސިޓީއަކުން އަދި މަދުރުސާއަކުން ރުގުޔާ ހަދަން ދަސްކޮށްނުދޭ. ހަސްފަތާލެއްގައި ރުގުޔާ ޑޮކްޓަރުން ނުތިބޭ.