މީހެއްގެ ސޫރަ ސިފަވާ ފަދަ ފޮޓޯގަނޑެއް ނުވަތަ ކުރެހުމެއް ފާރުގައި ހަރުކުރުމަކީ އެއީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މައްސަލައެއް ނޫނެވެ. ބައެއް ފަހަރު ލިބޭ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ނަގާފައިވާ ބައެއް މަންޒަރުތަށް ފާރުގައްޔާއި އަދި އެނޫންވެސް ތަންތަނުގައި ހަރުކުރާއިރު އެކަމަކީ ދީނުގައި ހަރާމް ކަމެއް ކަން އެނގެނީ މަދު ބަޔަކަށެވެ.

އިންސާނުންގެ ސޫރަ ސިފަވާފަދަ މަންޒަރުތަށް ފާރު ގައްޔާއި އެނޫންވެސް ތަންތަނުގައި ހަރުކުރުމަކީ ހަރާމް ކަމަކަށް ވާއިރު ވަކިން ޚާއްޞަކޮށް ބޮޑެތި ފޮޓޯތައް ހަރުކުރުމުގެ ނަހީކަން ބޮޑެވެ. އެއީ ހަށިގަނޑުން ބައެއް ނުވަތަ ބޯއެކަނި ހުރި ފޮޓޮއެއް ކަމުގައިވިޔަސް މެއެވެ. އެހެނީ އެ ފޮޓޯއިން އެމީހާއަށް މާތްކޮށް ހިތުން އެކުލެވިގެންވާކަމީ ސާފުކޮށް އެނގިގެންދާކަމަކަށް ވާތީއެވެ..

މާތް ﷲ އަށް ޝިރުކުކުރުން ފެށިފައިވަނީ މިފަދައިން ހައްދުފަހަނައެޅުމުންނެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ވާރިދުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ ނޫޙުގެފާނުގެ ޤައުމުގެ މީހުން އަޅުކަންކުރި ބުދުތަކަކީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި އުޅުނު ޞާލިޙު ބޭކަލުންތަކެއްގެ ޞޫރާގައި ހަދާފައިވާ ބުދުތަކެކެވެ. އެބޭކަލުންގެ ޞޫރަތައް އެބައިމީހުން ހެދީ އެބޭކަލުންގެ އަޅުވެރިކަމުގެ ޛިކުރާ އާކުރުމަށެވެ. ދެން އެއަށްފަހު ޒަމާންތަކަކަށްފަހު އެބޭކަލުންނަށް އެބައިމީހުން އަޅުކަންކުރީއެވެ.

އެހެންކަމުން ފާރުގައި ނުވަތަ އެހެން ތަނެއްގައިވެސް އިންސާނުންގެ ސޫރަ ސިފަވާފަދަ މަންޒަރުތަށް ހަރުކުރުމަކީ ޝިރުކުގެ އަމަލެކެވެ. އަދި އެއީ ހުޅަނގުގެ ކާފަރު އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ.

މަސްދަރު : فضيلة الشيخ محمد بن صالح العثيمين – رحمه الله –

فتاوى أركان الإسلام / رقم: 86

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަމާރުމޯލްޑިވިއަން

    ކީކޭ ދެން ބުނާނީ

  2. ބިޒީ

    ކެމްޕޭން ދުވަސްކޮޅު ހަލާލްވާނެ ދޯ،

    • ސަޒުނާ

      އެއްއިރެއްގައިވެސް ހަލާލެއް ނުވާނެ

  3. އައި

    މުހިންމު ލިޔުމެއް. މިކަހަލަ ލިޔުމެއް ލިޔުނީމަ ގިނަ ދިވެހިންނަށް ހީވާނީ ކަންތައް ބޮޑުކުރަނީ އޭ.. ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާށި!