ކީރިތި ޤުރުއާނުގައި ދިވެހިރާއްޖޭގެ ވާހަކަ އައިސްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ އަލްއުސްތާޒު ޙަމްދީ ބިން ޙަމްޒާ ލިޔުއްވާފައިވާ ފޮތެއްގައި ވެއެވެ. މި ފޮތުގެ ނަމުގެ ދިވެހި ތަރުޖަމާއަކީ "ޛުލްޤަރުނައިނި އަދި ޔައުޖޫޖް މައުޖޫޖް ބާގައިގެ ސިއްރުތައް ހޯދުން" އެވެ.

ޛުލްޤަރުނައިނި ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކަމަށް މި ފޮތުގައި އަލްއުސްތާޒު ޙަމްދީ ބިން ޙަމްޒާ ލިޔުއްވާފައިވެއެވެ. އަދި ކީރިތި ޤުރުއާނުގައި މިކަން ބަޔާން ވެގެން ވާ ކަމަށް މި ފޮތުގައި ލިޔުއްވާފައި ވެއެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

﴿٨٣﴾ وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ ۖ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا
﴿٨٤﴾ إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا
﴿٨٥﴾ فَأَتْبَعَ سَبَبًا
﴿٨٦﴾ حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا

މިއީ ކަހްފް ސޫރަތުގެ 83 ވަނަ އާޔަތުން ފަށައިގެން 86 ވަނަ އާޔަތުގެ ނިޔަލަށެވެ. މި އާޔަތް ތަކުގެ މާނައީ:

"ذوالقرنين އާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭނާގެ ވާހަކައިން ތިމަންކަލޭގެފާނު، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާއަށް ބިމުގައި ކަންތައް ފަހިކޮށްދެއްވައި، ބާރުވެރިކޮށްދެއްވީމެވެ. އަދި ކޮންމެކަމަކުން، އޭނާއަށް މަގެއް ދެއްކެވީމެވެ. ފަހެ، އޭނާ މަގަކުން ކުރިއަށް ވަޑައިގަތެވެ. އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް ޤައުމެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭ ذوالقرنين އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ!"

އަލްއުސްތާޒު ޙަމްދީ ބިން ޙަމްޒާގެ ފޮތުގައި އޭނާ ލިޔުއްވާފައިވާ ގޮތުން، އަލް ކަހްފް ސޫރަތުގެ 86 ވަނަ އާޔަތުގައިވާ "އިރުއޮސްފުހޭ" ތަނަކީ ދިވެހި ރާއްޖެއެވެ. މިއީ ހަގީގަތެއްނަމަ އެ އާޔަތުގައި އެވާ "ކަޅު ކުލައިގެ ފެންގަނޑު" ވާނީ ދިވެހި ރާއްޖޭގައެވެ.

"ކަޅު ކުލައިގެ ފެންގަނޑަކަށް" އިރު އޮއްސޭ ގޮތާއިމެދު ތަފްސީރު އިލްމުވެރިންގެ ޖުމްހޫރު ވިދާޅުވަނީ އިރުއޮއްސޭ މަންޒަރު ޛުލްޤަރުނައިނި ރަސްގެފާނަށް ފެނިވަޑައިގެންނެވީ ކަނޑުގެ ތެރެއަށް އިރު ގެއްލިގެންދާ ފަދައިންނެވެ. ކަނޑަށް އިރު ގެނބިގެންދާ ފަދައަކުންނޫނެވެ. އެއީ ޛުލްޤަރުނައިނި ރަސްގެފާނަށް ފެނިވަޑައިގެންނެވި ގޮތެވެ.

މިއީ ހޫނުގަދަ ފެންގަނޑެއް ކަމަށްވެސް ބައެއް ތަފްސީރު އިލްމުވެރިން މާނަކުރައްވައެވެ. ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވަނީ އިންޑިއާ ކަނޑުގައި އަލިފާން ފަރުބަދަ ތަކެއް ގޮވައިގެން ކަމަށް ޖިއޮގްރަފީގެ ދިރާސާތަކުން ދައްކައެވެ. ކަނޑުގައި އަލިފާން ފަރުބަދައެއް ގޮވުމުން އެ ސަރަހައްދުގެ ފެންގަނޑު ހޫނުވެ އަދި އަލިފާން ފަރުބަދައިން ބޭރުވާ އަޅިއާއި ދުން ކަނޑުގެ ލޮނުގަނޑާއި އެކުވެ އެ ސަރަހައްދުގެ ފެންގަނޑު ކަޅުވާނެއެވެ.

އަލްއުސްތާޒު ޙަމްދީ ބިން ޙަމްޒާ ލަފާ ކުރައްވާ ގޮތުގައި ޛުލްޤަރުނައިނި ރަސްގެފާނު ދިވެހި ރާއްޖެއަށް ދަތުރު ކުރެއްވި ދުވަސްވަރު ދިވެހި ރާއްޖޭގައި ދިޔައީ އަލިފާން ފަރުބަދަތައް ގޮވަމުންނެވެ. އެހެންކަމުން ކަހްފް ސުރަތުގެ 86 ވަނަ އާޔަތުގައިވާ "އިރުއޮސްފުހޭ" ތަނަކީ ދިވެހިރާއްޖެ ކަމަށްވާނަމަ އެތަނުން ޛުލްޤަރުނައިނި ރަސްގެފާނަށް ފެނިވަޑައިގެންނެވީ އޭރު ދިވެހިރާއްޖޭގައި ދިރިއުޅެމުންދިޔަ ރައްޔިތުންނެވެ.

އަލްއުސްތާޒު ޙަމްދީ ބިން ޙަމްޒާ ލިޔުއްވި ފޮތުގެ ބޭރުގަނޑު

އަލްއުސްތާޒު ޙަމްދީ ބިން ޙަމްޒާ ލިޔުއްވާފައިވާ ފޮތުގެ ބޭރުގަނޑުން ފެންނަ ގޮތުގައި ޛުލްޤަރުނައިނި ރަސްގެފާނުގެ ދަތުރުފުޅަކީ މިޞްރުން ފެއްޓެވި ދަތުރުފުޅެކެވެ. އަދި އަރަބިއަން ޕެނިޝުލާގެ ހުޅަނގަށްވާ ރަތްކަނޑު ހުރަސްކޮށް ގަލްފް އޮފް އޭޑެން ތެރެއިން އަރަބި ކަނޑަށް ނިކުމެ ވަޑައިގަތެވެ. އަދި ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު "އީކުއޭޓަރ" އާއި ވަރަށް ގާތުން ޛުލްޤަރުނައިނި ރަސްގެފާނު ވަޑައިގެންނެވީ ދުނިޔޭގެ އިރުމައްޗަށް، ކިރިބަތީއަށެވެ.

ކިރިބަތީއަކީވެސް ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ.

ކަހްފް ސޫރަތުގެ 89 އަދި 90 ވަނަ އާޔަތުގެ މާނާގައި ވެއެވެ.

"ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ. އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، ޤައުމެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ."

ކިރިބަތީއަށް ވަޑައިގެންނެވުމަށްފަހު ޛުލްޤަރުނައިނި ރަސްގެފާނު ވަޑައިގެންނެވީ ސީނުކަރަ (ޗައިނާ) އަށެވެ.

ޔައުޖޫޖް މައުޖޫޖް ބާގައިގެ މީހުންގެ ކިބައިން ސަލާމަންވުމަށް އެކަލޭގެފާނު ފާރެއް ބިނާކުރެއްވީ ޗައިނާގައެވެ. މި ވާހަކަތައް ކީރިތި ޤުރުއާނުގައި ކަހްފް ސޫރަތުގެ 92 ވަނަ އާޔަތުން ފެށިގެން 97 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ބަޔާންކޮށްދެއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ކެރީމާ

    ސުބްހާނަޢްﷲ

    12
  2. ޑޮންޑޮން

    އެހެންވީމަ އެ ބޮޑު ފާރަކީ ޗައިނާގެ ބޮޑުފާރުތާ...

    2
    19
    • މަ

      ނޫން.

  3. އަސްލުހާލަތު

    ޛުލްޤަރުނައިންއަށް ތިމަންރަސްކަނލާންގެ ވަހީކުރެއްވީމޭ؟ ރަނގަޅު ތަރުޖަމާއެއްބާ؟ ބަސް ވަހީކުރަން އެއީ ނަބިއްޔެއްތަ ބޫނީ ރަސޫލެއްތަ؟

    5
    3
    • ޢަހްމަދު.

      ތަރުޖަމާ ރަނގަޅު، كهف ސޫރަތުގެ 86 ވަނަ އާޔަތް ބައްލަވާލައްވާ.

      11
      1
    • ފުރޫޖް

      ނަބީންނަ ނޫނީ ވަހީ ބާވާލައްވާތަ؟

      • މަރިޔަމް މޫސާ

        ذوالقرنين އަށް ވަޙީ ބާވައިލެއްވިޔެކޭ ނެތޭ ތަރުޖަމާއަކު. ރަނގަޅަށް ވިދާޅުވެފައި ކޮމެންކުރއްވަން އާދަކުރައްވާ!

        13
        2
      • މ

        ނަބީންނަށް ނޫންނަސް ވަޙީ އަންގަވާ

    • ހުސައިން

      ތެދުމަގު އިއްވެވުމަށް ރަސޫލުބޭކަލުންނަށް ވަޙީކުރެއްވީ. އެކަމަކު ﷲ އިރާދަކުރެއްވި ފަރާތަކަށް އަބަދުވެސް ވަހީ އަދި އިލްހާމުކުރައްވާފައިވޭ އަދި ކުރަމުންވެސް ގެންދާނެ. މިސާލު: މަރިޔަމްގެފާނަށާއި ޒިލްގަރުނައިނަށް ވަހީކުރެއްވި. އަދި މޫސާގެ ފާނުގެ މައްމާފުޅަށް އިލްހާމް ކުރެއްވި.

      28
      2
  4. ޙަސަން

    ޙަމަ ފޮލޯކް

    4
    26
    • Anonymous

      ދެން ގަބޫލުކުރާނެ އެއްޗެއް ގަބޫލު ކުރޭ

      2
      2
  5. ކިޔާ

    ޝައުގުވެރި ލިޔުމެއް.ބޭކާރު ލިޔުންތައް ނުލިޔެ މިކަހަލަ ބޭނުންތެރި މައުލޫމާތުތައް ހިމެނޭފަދަ ލިޔުންތައް ގެނެސްދިނުން އެދެން.ޝުކުރިއްޔާ

    44
    2
  6. އަޖޭ

    އެހެންވީމަ ޔަގީން އައްޑޫ އާ ހަމަޔައް ދާނެ

    2
    7
  7. ކެނެޑީ

    އެހެންވީމާ ރާއްޖޭގަތާ ދައްޖާލު ފިލާ އޮތީ ހުރިހާ ފަޅުރަށެއް ޗެކްކުރަންވީ

    6
    22
  8. އަހަންމާ

    އާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން މިހާރު ސާފުވެއްޖެ އެއީ މޑޕ މީހުންނާ ޕޕމ މީހުން

    20
    9
  9. މސތނ

    ސައްޙަކަމާމެދު ޝައްކު

    3
    4
  10. މޫސާ މަންސޫރު

    ތިޔަފޮތުގަ އޮތްގޮތެއް ނޭނގޭ. އެނގޭހާވެސް އެއްޗަކީ މިލިޔުން ހަމަ ނުޖެހޭކަން

    1
    4
    • އަޖައިބު

      ކަލޭމެން ހުޅަގުން އިރުއަރައިގެން އަންނަތަން ފެނުނަސް ގަބޫލެއް ނުުުކުރާނެ

      31
  11. ެއާދަން ހަލީމް

    ޖާހިލުން ގިނަ މިގައުމުގަ މިބާވަތުގެ މައުލޫމާތު ޝާއިއު ކުރުމަކީ ބުއްދިވެރި ކަމެއްނޫން. މިހާރު ފެންނަންހުރި ކޮމެންޓުތަކުން މިދެންނެވި ވާހަކަ ސާފުވާނެ. ގުރުއާނަކީ މުހިންމު އެއްޗެއްގެ ގޮތުގަ ނުދެކޭ ބައިވަރު މީހުން މިހާރު މިގައުމުގަ ދިވެހިންގެ ތެރޭގަ އެބައުޅޭ ހަމަ އެއީވެސް ދިވެހިން.
    މިއީ ތަންކޮޅެއް އިލްމީ ނަޒަަރަކުން އެއްޗެތިި ކިޔާ މީހުންނަށް ހުންނަކަހަލަ ވާހަކަ. ރުޅިއަޔަސް މިއީ މިކަން އޮތްގޮތްކަން އަދިވެސް އެއްފަހަރު ކޮމެންޓުތައް ބަލާލީމަ އެހެރީ ފެންނަން.

    79
    2
    • ފާޒީ

      ތިކޮމެންޓަށް ވަރަށް ތާއީދު. އަހަރެމެން އެންމެނަށް ހެޔޮވިސްނުން ދެއްވާންދޭވެ. އާމީން

      67
    • މަރީ

      މިގައުމުގަވެސް ދައްޖާލް ފާޅުވެއްޖެ... ތަފާތަކީ ދެލޯ ހުންކަން.

      7
      1
  12. މުރާދު

    ވަރަށްބޭނުންތެރި މަޢުލޫމާތުންފުރިފައިވާ ލިޔުއްވުމެއް ކުރިންނޭގޭވަރަށްގިނަކަންތައްތަކެއް
    އެނގިއްޖެ ޝުކުރިއްޔާ މިކަހަލަ މުހިއްމުމަޢުލޫމާތުލިބޭ ވަރަށްގިނަ ލިޔުންވުންތައްފެނޭ
    ބޭކާރު ލިޔުމަކަށްވަނީ ލިޔުންކިޔުއްވާބޭފުޅަކަށް ފެނިވަޑައިގެންނެވުމުން ވަގުތުނޫހަކީ ބޭކާރު
    ލިޔުއްވުން ލިޔުއްވާނޫހެއްކަމުގައި ނުދެކެން ކޮމެންޓް ކުރެއްވިބޭފުޅަކު ބޭކާރުލިޔުއްވުން ނުލިޔުއްވުމަށްއެދިވަޑައިގެންފައިވާތި ހިތާމަކުރަން އަދި ވަގުތުނޫހުގައި ބޭކާރުލިޔުއްވުމެއް
    ލިޔުއްވާފައިވާނަމަ އެލިޔުއްވުމެއް ބުނެދެއްވިމަނަ ވަރަށްރަގަޅު

    9
    2
  13. س

    Surah Al-Kahf, Verse 93 - 94:

    حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا

    Until when he reached (a place) between the two mountains, he found on that side of them a people who could hardly understand a word.

    قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا

    They said: O Zulqarnain! surely Gog and Magog make mischief in the land. Shall we then pay you a tribute on condition that you should raise a barrier between us and them
    (English - Shakir)

  14. ދޮންހުސޭނު

    އާން. ތެދެއް. އޭނަ އައި މިތަނަށް. މަށާ ދިމާވެސް ވި. އަހަރެމެން އޭރު އުޅެނީ ރަންނަމާރި އަރާ ރެއަށް ބުދުކޯލު ތައްޔާރުކުރަން. ރަންނަމާރީގެ ވާހަކަ އޭނައަށް ކިޔައިދިނީމަ އޭނަ އަހަރެމެންނަށް ވަރަށް ހަޖޫވެސް ޖެހި. ބުނީ ކޮން ބޭކާރު ވާހަކައެއް ހެއްޔޭ. ރަންނަމާރިއެއް ނޫޅޭނޭ. ހުސް ފުލޯކޭ. އަހަރެން އޭނަގެ ވާހަކަ ގަބޫލެއް ނުކުރަން.
    މަހަކާ ގާތްވަންދެން ރާއްޖޭގަ ހުރެފަ ފުރައިގެން ދިޔައީ. އަހަރެމެން އޭނައަށް ވަރަށް ކަމޭހިތިން. ހަދިޔާވެސް ދިނިން. އަދި ޗައިނާއަށް ދާވާހަކަ ބުނީމާ އެތާނގެ ރަސްގެފާނަށް ވެދުމަކަށް ވަރަށް ގިނަ ބޮލިވެސް ދިނިން. ދެން އޭގެ ދެތިން އަހަރެއް ފަހުން ޗައިނާ ރަސްގެފާނު އަހަރެމެންނަށް ވަރަށް ބައިވަރު ހަދިޔާ ފޮނުވި. މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ސީނުތައްޓެއް ފޮނުވި. އެ ތަށިތައް އަދިވެސް ހުންނާނެ ގޭގޭގަ ރައްކާކޮށްފަ.

    2
    46
    • ދޮގެއް؟

      ޖާހިލުކަމަކީ ތިކަހަލަ އެއްޗެއް. ނޭނގޭ އަނގަ ނުލާ އިނިއްޔާވެސް ދެރަވެދާތީ އުޅޭ ބައެއް.

    • އަގަލު

      އަގަލު ކުޑަ އިންސާނާ އުފެދުނޫީ އަމިއްލައަށްބ

  15. ބިންތު ޙުސައިން

    މި ފޮތްލިބެން ހުރި ބުކްސޮޕެއް ބުނެވިދާނެތޯ؟

  16. Anonymous

    ދައްޖާލާބެހޭގޮތުން ވާރިދުވާ ހަދީތްތަކުގަވެސްހުރޭއިރުއޮސްފުހޭތަނަކަށްދާބަޔަކަށްއެތަނުގެ ރަށަކުންދައްޖާލުފެންނަވާހަކަ

    2
    2
  17. މޮހޮނު

    ތި ފޮތްލިޔުންތެރިޔާ ރާއްޖެއައި...ފޮތްނުފެނިލިޔެފައޮތް މަޒުމޫނެއް. ޒުލްގަރްނައިން އެފަދަދަތުރެއްކުރެއްވިބާ؟؟

    3
    1
    • .......

      ނޭނގޭ މީހުން އެނގޭ މީހުން ގާތު އަހައި އޮޅުން ފިލުވަން އޮވޭތަ؟ ޖަދަލު ކުރާށޭތަ އޮންނަނީ. މީ އިލްމީ ލިއުމެއް. ފާޑު ކިޔަން ޖެހޭނީ އިލްމީ ގޮތުން ފާޑު ކިޔޭވަރު މީހުން.

      6
      2
  18. އަޑު އެހިން

    ބުނެވޭގޮތުގަ ޒުލްގަރުނައިން ރަސްގެފާނު މަޑުކުރެއްވީ ރާއްޖޭގަ ބ.ކެންދޫގަަ ކަމަށް..އެރަށަގަހުރޭ އެރަސްގެފާނު ހުްނެވިކަމަށްބުނާ ބިނާވެސް...

  19. އަލީބަލީ

    ދިވެހިރާއްޖޭގައި ދެ ފަރުބަދަ ހުރިތަ؟ އެހެން ކަމަށް ވަންޏާ އެއީ ރާއްޖޭގެ ވާހަކަ. ނަމަވެސް ރާއްޖެއަކު ފަރުބަދައެއް ނެތް.

  20. ނަޖުދު އަހަރުމެނަށް އޮޅުވާލައިފި

    ހުސްދޮގު ބޮޑު އޮޅުވާލުމެއްތީ...ޗައިނާ ބޮޑުފާރާ ގުޅުވަން އުޅެފަތިހުރީ...ކީރިތި ގުރުއާނުގަވަނީ ޒުލްގަރުނައިން ހުޅަގަށް ދަތުރުކުރެއެވުމުން ފުސް އަދިރި ފެންގަޑެން ކާރިޔަށް ދެވޭއިރު އެތާނުން އުރު އޮއްސޭމަންޒަރު ފެނިވަޑާގައްނަވާ ވާހަކަ... އެސިފަތައް އެއްމެ ވައްތަރު ފެއްގަޑަކީ(މާ ކަޑާ ގުޅިފަވާ ކަޑެއްނޫން ފެއްގަޑެއް) ބްލެކްސީ........... އަދި ދެފަރުބަދަ ކަމަށް ބުނެވޭ ފަރުބަދަ ތަކަކީ ކޮކަސް މައުންޓަން ރޭންޖް ކަމަށް ބެލެވެނީ... ސަބަބަކީ އެތަނުން އެއްފަރާތުން އަނެއްފަރާތައް ދެވެއް އެއްމެމަގެއް އޮތުން... އަދި އެމަގަކީ ޒުލްގަރުނައިން ހުރަހެއްގާއިމްކުރިމަގު ކަމަށް ބެލެވޭ..

    5
    1
  21. ފަހުޒަމާނުގެ އޮޅުވާލުން

    ޤުރުއާންގައި ވަނީ ޒުލްގަރުނައިން ހުޅަގަށް ދަތުރުކުރުމުން އައިނުލް ހަމިޔާއަށް ދެވޭވާހަކަ އަދިއެއީ އަދިރި ފެންގަގެއްކަން ފޮތުގެ ބޭރުގަޑުން ފެއްނަނީ މިސްރާދިމާއިން ރެޑްސީ ހުރަސްކޮށް އިރަށް ޒުލްގަރުނައިން ދަތުރުކުރުމުން ރާއްޖެއާދެވޭތަން.... އަދި އިރުމައްޗަށް ދަތުރުކުރުމުން ދެވޭ ބިމަށް ދިއުމަށް މިފޮތުން ފެއްނަގޮތުން ޒުލަގަރުނައިން ވަނީ ރާއްޖެ ދޫކޮށް އިރައް ދަތުރުކޮށް ޕެސިފިކް ކަޑައްނުކުމެ އަނެއްކާވެސް ހުޅަގަށްދަތުރުކޮސް ޗައިނާ އަށްގޮސްފަ.... ވީމާ ހުޅަގަށް ދަތުރުކުރުމުން ދެވޭތަނަން މިދެވުނީ އިރަށް ދަތުރުކުރުމުން އިރަށް ތަތުރުކުރުމުން ދެވޭތަނަށް މިދެވުނީ ހުޅަގަށް ދަތުރުކުރުމުން..

  22. ?

    ރަނގަޅު