ރިޝްވަތަކީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންކުރެވޭ ވަރުގަދަ ޒަހަރެއްކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވަނީ ރިޝްވަތުގެ ނުބައިކަމުގެ މައްޗަށެވެ.

ހުތުބާގައި ވިދާޅުވީ މުޅި ދުނިޔޭގައި ފެތުރިފައިވާ ބަވާތަކުގެ ތެރެއިންވެސް އެންމެ ފިލުވަން އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ. އަދި އެއީ ވަރަށް ސިއްރުން ކުރެވޭ ކަމަކަށްވާތީ ކަމަށާއި އަދި ވަރަށް ގިނަ މުޖުތަމައުގައި ރިޝްވަތުގެ ވަބާާ އާންމުވެފައިވާ ކަމަށް ހުތުބާާގައި ވިދާޅުވެފައި ވެއެވެ.

އެކަން ފެތުރިފައިވާލެއް ބޮޑުކަމުން ރިޝްވަތާނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އަދި އަދުލު އިންސަފު ގާއިމުކުރަން ތިބޭ މުއައްސަސާތަކުގައި ވެސް ރިޝްވަތުގެ ވަކި ހިއްޕާލައިފައިވާ ކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

އެއާާއެކު ގައުމު ހަލާކުގެ ތެރެއަސް ވެއްޓި އަދި ތަރައްގީގެ ދުވަލި މަޑުޖެހޭކަން ވެސް ފާހަގަ ކުރައްވާފައި ވެއެވެ.

ހުތުބާގައި ވިދާޅުވީ ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާމީހާއާއި ރިޝްވަތު އުފުލާ މީހާއާއި ރިޝްވަތު ދިނުމަށް މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ލައުނަތް ލައްވާފައިވާ ކަމަށެވެ.

"ރިޝްވަތު ހަރާމް އެއްޗަކަށްވީ އިރު އެފަދަ ފައިސާއެއްގައި ނުވަރަ މުދަލެއްގައި އަހަރުމެން މުސްލިމުން ހިފައިގެން ނުވާނެ އެވެ. އެފަދަ އެއްޗެއް އަހަރުމެންގެ އަނބި ދަރީންނާއި ގާތް ތިމާގެ މީހުންނަށް ވެސް ކާން ދީގެންވެސް ނުވާނެ އެވެ. އެހެނީ ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި އައިސްފައިވާ ގޮތުން ހަރާމް އެއްޗެއްގައި ކައިގެން އެ ޖަހާ މަސްގަނޑު ނަރަަކައަށް މާ ހައްގުކަން ބޮޑެވެ. މި ބަސްފުޅުން ދޭހަވަނީ މިފަދަ ކަންކަމުގެ ނުބައި ކަމާއި ޖާހިލު ކަމެވެ" ހުތުބާގައި ވިދާޅުވެގައި ވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ ރިޝްވަތު ދިނުން ފަދަ ނޭދެވޭ އަމަލުތައް މުޖުތަމައުގައި އާާންމުވެއްޖެނަމަ އެއީ ނުބައިކަމެއް ކަމަށް މީސްތަކުންނަށް ހީނުވާ ދަރަޖައަށް އެކަން ފެތުރިދާނެ ކަމަށެވެ. އަދި އެއީ ހަދިޔާ ބަދިޔާ ބަދަލުކުރުން ފަދަ ކަމަކަށް ހީވެދާނެ ކަމަށެވެ.

"ހަމަ ކަށަވަރުން ރިޝްވަތަކީ ހަދިޔާއެއް ނޫނެވެ. އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުންކުރެވޭ ވަރުގަދަ ޒަހަރެކެވެ. މުޖުތަމައުގެ ސަފުތައް ރޫޅާލާ ވަރުގަދަ ޒަހަރެކެވެ. މުޖުތަމައުގެ ސަފުތައް ރޫޅާލާ ފިތުނަ އެކެވެ" ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީޓޭ

    މިއަދު ތިޔަކަހަލަ ކަންކަމުގެ ވާހަކަ އަޑުއަހަނީ އުމުރުން ދުވަސްވީމީހުން، ޅަޒުވާން
    ޖީލައް ތިއީމާމުހިންމު ނުވަތަ އެއްވެސް ބިރެއްއޮތްކަމެއްކަމުގަވެސް ނުދެކޭ.
    ކިޔާދިނަސް އަޑުއަހަނީ އެއްކަންފަތުން، އެއްޗެއްބުނެދޭވަގުތުވެސް އިންނާނީ ފޯންހިފައިގެން ،އެއްވެސްވަރަކަށް ސަމާލުކަމެއްނުދޭނެ. ދީނާ ގައުމަކީ ތިމާމެން
    ކިހާވަރެއްގެ އަހަމިއްޔަތެއް ދޭންޖެހޭ ކަމެއްކަމާމެމެދަކު ނުވިސްނާ. ވިސްނާ މީހަކު މޮޔަވާވަރުވާނެ.