ކޮންމެ ދުވަހަކު އެތަށް ބައެއް އެމީހުންގެ އުފަން ފަސްގަނޑު ދޫކޮށް ވަޒީފާއަށާއި އެނޫންވެސް ބޭނުންތަކަށް ރާއްޖެއަށް ހިޖުރަ ކުރެއެވެ. އެފަދަ މީހުންނަށް ކިޔާ އުޅެނީ ބިދޭސީންނެވެ. ވަޒީފާ އަދާކުރުމަށް ނުވަތަ މަސައްކަތް ކުރުމަށް ރާއްޖެއަށް އެންމެ ގިނަ މީހުން އަންނަ އެއް ގައުމަކީ އަވަށްޓެރި ބަންގްލަދޭސް އެވެ. ބަންގްލަދޭސް އިން ރާއްޖެ އަންނަ މީހުންނަށް ދިވެހިން އާންމުކޮށް ކިޔާ އުޅެނީ " ބަންގާޅިން" ނެވެ. ނަމަވެސް ބައެއް މީހުން " ބޮންދުން" ވެސް ކިޔާ އުޅެއެވެ.

ބަންގްލަދޭސް އިން ރާއްޖެ ހިޖުރަ ކުރާ ބިދޭސީން ރާއްޖެ އެއަންނަނީ ވަރަށްވެސް ފޮނި އުންމީދުތަކާއި ފޮނި ހުވަފެންތަކަކާއި އެކުގައެވެ. އަނބި ދަރިންނާއި، އާއިލާއާއި ރައްޓެހިންނާއި އަމިއްލަ ވަޒަން ދޫކޮށް ނުވެސް ދަންނަ ބައެއްގެ ތެރެއަށް އެއަންނަނީ ގައިމު ކޮންމެވެސް ކަމެއް ހާސިލް ކުރުމަށެވެ. ރަގަނޅު އާމްދަނީ އެއް ހޯދުމަށެވެ. ދިރިއުޅުން ބިނާކުރުމަށެވެ.

ރާއްޖޭގައި އާންމު ގޮތެއްގައި ބަންގްލަދޭސް މީހުންނަށް ދީ އުޅެނީ ވަރަށް ކުޑަ މުސާރައެވެ. އެންމެ ގިނައިން ލިބޭ ބިދޭސީންނަށްވެސް ލިބެނީ 5 ނުވަތަ 6 ހާހެވެ. އެއީ އެމީހުން ކުރާ މަސައްކަތާއި ނުބައްދަލު މުސާރައެވެ. އެމީހުންނަނީ އެހެން ގައުމެއްގެ ބައެކޭ ކިޔާ އެމީހުންނަށް ހިތު ހުރިހާ ގޮތަކަށް ކަންތަށް ކުރުމުގެ ބާރު ދިވެހިންނަކަށް ވެސް ނޯންނާނެވެ.

އިސްލާމްދީން ވުޖޫދަށް އައިފަހުން އަޅުންނޭ މިކިޔާ މީހުން ދުނިޔޭގެ ވުޖޫދުންވެސް ފޮހެވިގެން ދިޔައެވެ. އަދި އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތްތެރިކަން ރައްކާތެރިކުރެވުނެވެ. ނަމަވެސް ސައްތައިން ސައްތަ މުސްލިމުން އުޅޭ މި ދިވެހި އުންމަތުން ފެނިގެން މިދަނީ މިއާއި ދިމާ އިދިކޮޅެވެ. އިސްލާމް ދީނުގެ ހުކުމްތަކަށް ގޮން ޖަހާލާ ހިތު ހުރިހާ ގޮތަކަށް ކަންތަށް ކުރަމުންދާ މަންޒަރެވެ.

މަސައްކަތަށް ޓަކައި ރާއްޖެ ހިޖުރަ ކުރާ ބިދޭސީންގެ 90 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ ފަޅު ގޭގޭގައެވެ. ނުވަތަ އިންސާނުން އުޅުމަށް އެއްގޮތަކަށްވެސް ކަމުނުދާ ގެތަކުގައެވެ. ވާރޭ ވެހިއްޖެއްޔާ ގޭތެރެއަށް ފެންވަންނަ ހާލުގައި ހުންނަ ގޭގޭގައެވެ. ކުރު ގޮތަކަށް ބުނާ ނަމަ އެމީހުން އެއުޅެނީ ކުދަވަރެއްގެ ޖިފުޓި ގަޑެއްގައެވެ. ބިދޭސީންނެއް ކަމަކު އެމީހުންނަކީވެސް އިންސާނުންނެވެ. މަސައްކަތް ބުރަ ކަމުގައި ވިޔަސް މަސައްކަތުގެ ބޭރުންވެސް އެތަކެއް ކަމެއް ކުރުމަށް އެމީހުން ބޭނުންވާނެއެވެ.

ދިވެހިން އަރާމުގައި މީރު ކާއެއްޗެހި ކައިގެން އުޅޭ އިރު އެމީހުންވެސް އެގޮތް ބޭނުން ނުވާނެ ހެއްޔެވެ؟ ބިދޭސީންނަކީ ތިމާ މުސާރަ ދީގެން ގެންގުޅޭ މީހެކޭ ކިޔާ އެމީހުންގެ ހައްގުތަށް ނިގުޅައިގަނެގެން ނުވާނެއެވެ.

ބައެއް ދިވެހިންގެގެ ފަރާތުން ބިދޭސީންނަށް އަނިޔާ ލިބުމަކީވެސް އާންމު ކަމެކެވެ. އެއީ އެފަދަ ދިވެހިންގެ ނަޒަރުގައި ބަންގާޅިންނަކީ އެމީހުން ގެންގުޅޭ ޓޯއީ އަކަށް ވުމުންނެވެ. ހިތު ހުރި ކަމެއް ހިތަށް އައި އެއްޗެއް އެމީހުންނާއި ދިމާއަށް ކިޔާ ގިއް ކިޔާފަ އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންގެ ކެތްތެރިކަމާއި މެދު ނިކަން ވިސްނާލާށެވެ.

ބިދޭސީންނަކީ ދިވެހިންގެ ޣަނީމާ މުދަލެއް ނޫނެވެ. އެއީ ދިވެހިންގެ އަޅުންނެއް ވެސް ނޫނެވެ. އެމީހުންގެ ހައްގުތަކެއްވެސް ވާނެއެވެ. ބިދޭސީންނަކީ ހަމަ އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. އެހެންކަމުން އެއްވެސް ފަރާތަކުން އެފަދަ މީހުންނާއި މެދު ލާއިންސާނީ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. ދޭސީއަކަސް ބިދޭސީއަކަސް ފަރަންޖީއަކަސްވެސް މެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ާމޫސާ

    ޢެހެންވެ ކޮން ޤައުމެއްގަ ތޯ ވޯކުޕާމިޓް ނެތި ވިސާ ނެތި ވަގުން ގޮތުގަ އުޅެނީ...އެ އީ ވަރަށް ނުރައްކާ ބޮކު މައްސަލައެއް..

  2. ކޮންސާންޑު ސިޓިޒަން

    އަސްލު ވެސް ވަރަށް ދެރަ ކަމެއް މީ. އެ މީހުންނަކީ ވެސް އިންސާނުން ދޯ؟ އަހަރުމެން ދިވެހިން ތެރޭން ރާއްޖޭން ބޭތަށް ގޮސް މަސަތްކަތް ކުރާ މީހުންނާ ދޭތެރޭ އެ ގައުމު ތަކުގެ މީހުން ވެސް މިހެން ކަންތަށް ކުރާ ނަމަ އިގޭނީ.

  3. ވަގު

    ސުކުން ދަސްކޮށްބަލަ

  4. ރިސޯޓް ބޯއީ

    ދިވެހިން ނަކީ ބިދޭސީން ގެ އަޅުން ނެއްވެސް ނޫން. މާލޭގަ އުޅުއްވާ ނޫސް ވެރިން ނަށް އެގިއެއް ނުލައް ވާނެ ރިސޯޓް ތަކުގަ އުޅޭ ބިދޭސީ ބޮޑުން ދިވެހިން ނާ ދޭތެރޭ ކަންތައް ކުރާ އެއްވެސް ގޮތެއް.

    • ާައަހުމަދު

      ވަރަށް ބޮޑު ތެދެއް

  5. ލޮލަ މިރުސް ބުރާފަ ހުއްޓަސް ތީދެން ބޮދުވަރު

    އެހެންވެތާ އެމީހުން ދިވެހިން ނަށް ބަންގްލަ ދޭޝްބަސްނޭގޭތީ އައުގުރާނަށް ގޮވަނީ. އެމީހުން ކައިރީ ގަ އެއްޗެއްގެ އަގު އަހަންޖެހޭނީ އެއް ފަހަރު. މިހަަރުވެސް ފިހާރަޔަކަޢް އަންހެން ކުއްޖަކު އެކަނި ވަދެބަލަ ދެލޯ ޖަހައިގެން ނުބަލާކަޢް ތަނެއް ނޯންނާނެއް. ނުވިތާކަށް އެކަކު އަނެއްކަކަށް އިޝާރާއި ކޮ އުޅޭނެއް. ދެން މުސާރައިގެ ކަންތަ ރިސާޗެއް ކޮލަން ފެނޭ. އެއިރުން އިގޭނެ ރާއްޖެ މީހަކަށް 2500 ދިނުމާއި އެމީހުންނަށް 2500 ދިނުމުގެ ތަފާތު.
    އެމިހުންގެ ތައުލީމެއް ނެއިތާ ކުށުގެ ރެކޯޑްވެސް ޗެކްނުކޮ ގެނެސް ތިބެނީ. ޒިންމާވާ ޒިންމާނަގާނެއް މީހެއް ހަމަ ނެތީތަށް. ވިޔަފާރިވެރިންނަ ވަރަށް ބޮޑަށް ފައިދާވޭ. އެކަމަކު މީ އަހަރުމެން ގެ ތެރޭން ހާއްސަކޮށް އންހެން ޖީލަށް އޮތް ނުރައްކަލެއް.

    • ޢަހަރެން

      ތީ ތެދެއް. މިރިޕޯޓް މިލިޔުނީ ދިވެއްސެއްބާ. ދިވެހިން އެމީހުންގެ އަޅުންދޯމީ. ކިހާ ބޮޑުކަމެއްދެން މިރިޕޯޓްމީދޯ. ބޭރުމީހުންގެނައުން ހުއްޓާލާ.

  6. ދިވެހިމީހާ

    އާދެ!ބަންގާޅީން އެވެރިންނަކީ 1 އަޚުލާގެއްނެއް 2 ސާފްތާހިރުކަމެއްނެތް 3 ދިވެއްސަކައް ޢިހުތިރާމް ކުރުމެއްނެތް 4 ވައްކަންކުރުމުގައި ހައްދުފަހަނައަޅާފައި 5 ރުފިޔާހޯދުމުގައި ކޮންމެގޮތެއްވެސްވަރިހަމަ ހަލާލެއް ހަރާމެއް ބެލުމެއްނޯވޭ 6 މަސައްކަތުގައިވެސް މުޅީންވެސްމަކަރުހެދުން އަދިވެސް މިވެރިން ކުރއެތައްކަމެއް

    • އަޅުގަނޑު

      ގޯސް ވިސްނުމުގެ އަދި ކަންކަން ނުދަންނަ މީހުންވެސް އުޅޭނެތާ އެހާ ގިނަ މީހުންގެ ތެރޭ. ތި ބުނާ ކަހަލަ މީހުންނައްތަ ދިވެހިން އެގޮތައް ކަންތައް ކުރަނީ؟ އެއީ އެމީހުން އިސްލާހު ކުރަންތަ؟ އެހެންކަމަށްވާނަމަ އެއީތަ ކަންތައް ކުރަންޖެހޭ ގޮތަކީ؟ ހެޔޮ ބަދަލެއް އާދޭތަ؟

  7. އަޅުގަނޑު

    ތިގޮތައް ކަންތައް ކުރުން ރަނގަޅެއްނޫން އެއްވެސް އިންސާނަކައް. ކޮންމެމީހަކައް ވެސް ވެވުނު މިންވަރަކުން އަނެކާ ހެޔޮ ރަނގަޅު ގޮތެއްގާ ހިއްހަމަ ޖައްސައިދިނުން ރަނގަޅީ

  8. ކުޑަބެ

    ބަންގާޅިން ހެޔޮ ދޯ ކުޑަކުދިން ގެ ގަޔައް އަރަމުން ދިޔަސް.....

  9. Anonymous

    ދެލޯކޮބަާ

  10. ސީއެމް

    ރާއްޖޭގައި ތިކަން ބަލަން ހާއްސަ މުވައްސަސާއެއް އޮވޭ އެކަމަކު ހީވާކަހަލަ އެއީ ޖަލުގައި ތިބޭމީހުންގެ ހައްގުގައި މަސައްކަތް ކުރާ ބައެކޭ.

  11. ޜިފް

    ޢުފާ ވެއްޖެ ވަގުތު އިން މިފަދަ އާރޓިކަލް އެއް ލިޔެ ބިދޭސީންގެ ހައްގުތައްކަށް އިހްތިރާމް ކުރީތީ