ޤައުމަށް މިއަދު މިނިވަންކަން ލިބުނުތާ 54 އަހަރެވެ.

މިއަދު ދިވެހިންގެ ތެރޭގައި މިނިވަން ކަމަކީ ކޮބާކަން އެނގޭވެސް ތިބީ މަދު ބަޔެކެވެ. އެންމެ ކުޑަމިނުން މިއަދު މި ފާހަގަ ކުރަނީ ކޮން ދުވަހެއްކަން އެނގޭ ދިވެހި ޒުވާނުން އަތުން ގުނާލެވޭ ވަރަށްވުރެ ވެސް މަދެވެެ. ނަމަވެސް އެވާހަކަތައް އެއް ފަރާތެއްގައި ބާއްވާފައި މި އާޓިކަލް ލިޔަން ޖެހުނު ސަބަބައިގެން ކުރިޔަށް ދަމާ ހިނގާށެވެ.

ރޭ ގަލޮޅު ދަނޑުގައި އޮތް ހެވިކަމުގެ ހަރަކާތުގެ ތެރެއިން ފެނުނު މަންޒަރެކެވެ. ރޭގެ ހަރަކާތްތައް ލައްކަ ހިތްގައިމެވެ. އަތުން ހީބި ނަގައިގެން ދިޔަ އެތަކެއް ހުށަހެޅުމެއް ފެނިގެންދިޔައެވެ. ސޮނި ވެއްޓުނު އެތަކެއް ދިވެހި ވަންތައް ހަރަކާތްތަކެއްވެސް ފެނިގެން ދިޔައެވެ. ނަމަވެސް ވަރަށް ހިތާމަވެރި މަންޒަރެއް ރޭ ފެނިގެން ދިޔައެވެ. ދިވެހިންގެ ދިވެހި ދިދަ ނުބައިކޮށް އޮތް އޮތުމެވެ.

ދިވެހި ރާއްޖޭގެ ޤާނޫން އަސާސީގެ ޖަދުވަލު 3 ގައި ޤައުމީ ދިދައިގެ ދަށުން ބުނެފައިވަނީ މިހެންނެވެ.

"މި ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގައިވާ ފަދައިން ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގުއަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ. މިންތައް ޤައުމީ ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ 2/3 އެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާމިނަކީ ދިދައިގެ ފުޅާމިނުގެ 1/4 އެވެ. ހަނދުފަޅީގެ އެތެރެއާއި ބޭރުފަރާތުގެ ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ 1/3 އެވެ. ހަނދުފަޅި ހުންނާނީ ފެހިބައިގެ މެދުގައި ދިގަށް އެއްކޮޅުން އަނެއްކޮޅަށް ރޮނގެއްދަމައި އެ ރޮނގުގެ އެއްކޮޅަކުން 9/16 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައި ހަމައެކޮޅުން ރޮނގުގެ 5/8 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައިގެން ކުރަހައިފައެވެ. މި ދެބުރުފަޅި ގުޅޭއިރު ހުންނާނީ ހަނދުފަޅިއެއްގެ ސިފައިގައެވެ. ދިދަ ހަރުކުރެވިފައި ހުންނާންވާނީ ހަނދުފަޅީގެ ބޭރުކައިރި ދިދަދަނޑިއާވީ ފަރާތަށެވެ."

މި ޖަދުވަލުގައި ދިދަ ހަރުކުރެވިފައި ހުންނާންވާނީ ހަނދުފަޅީގެ ބޭރުކައިރި ދިދަދަނޑިއާވީ ފަރާތަށް ކަމަށް ވަރަށް ސާފުކޮށް އޮތް ނަމަވެސް ރޭގެ ހަފްލާގެ ބައެއް އިވެންޓްތަކުގައި ދިވެހި ދިދަ ފެނިގެން ދިޔައީ ދިމާ އިދިކޮޅަށެވެ.

މިއީ ދިވެއްސަކަށްވެ ހުރެ ކޮންމެހެން އެނގެން ޖެހޭނެ މަޢުލޫމާތު ކަމަށް ހަމަގައިމުވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. މިވާހަކަ މިދައްކަން ޖެހުނީ އިއްޔެވެސް ވަރަށް ގިނަ ޤައުމީ ދުވަހުގެ ޕޯސްޓަރުތަކުގައިވެސް ޤައުމީ ދިދަ ނުބައިކޮޅަށް ހުއްޓާ ފެނިފައި ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސދފސދފ

    ހައް ހައް. ކޮހުން ތަކަކަށް މިނިވަންކަން ލިބުނީމާ ވާނީ މިހެން.
    އިންޑިޔާ މީހުން އައިސް ތިކަންވެސް ރަނގަޅު ކުރެވޭނީ.

    93
    7
  2. ގައުމީ ލޯބި

    ތިކަހަލަ ކަމެއް ހިނގާފާނެ.. ތިޔަ ދެން ބޮޑު މާލޫދަކަށް ހަދާނެ ކަމެއްނެއް

    31
    126
  3. އަހުމަދު

    ހައް ހައް ހާ ހަމަ ރަނގަޅު ތިޔަ އެއްޗަށް ތިހެންވީތީ. ތިޔައީ ދިވެހިންގެ ގިނަބަޔަކު ނޭންގި ނުވަތަ އެނގޭ ހާލު އެއެއްޗަކަށް އަޅުކަންކުރާ އެއްޗެއް. އޭގެ ކުރިމަތީ މީހާ ހަރުދަނޑިވެ، ސަލާންކޮށް، މޭއުފުލާ އަދި މަޑުމޮޅިވެ ހަދާ ތޯޢޫތެއް. ޤަބޫލުނުކުރެވެންޔާ ސަރުކާރުތަކަށް ނުވިކޭ ޝެއިޚެއް ކައިރީ އަހާލާ މީ ދޮގެއްތޯ؟

    12
    27
    • ވަހީދުބެ

      ވަކިގޮތަކަށް ވިސްނުން ގެންގުޅެންޏާ ރަނގަޅު އެއްކަމެއްވެސް ނެތް. އިޙްތިރާމް ކުރަންޖެހޭ ފަރާތެއް ތަނެއް އެއްޗެއް ނޯންނާނެ. އޮންނާނީ ތިމާ ޤަބޫލުކުރާގޮތް އެކަނި. ދެފައިގެމައްޗަށް ކޮޅަށްތެދުވެ ހިނގުމުގެ ބަދަލުގައި ދެއަތް ބިމުގައި ވިއްދައިގެން ހިނގާއުޅެން ރަނގަޅުކަމަށް ޤަބޫލުކުރެވެންޏާ އެގޮތްނޫންގޮތެއް ރަނގަޅެއްނުވާނެ.

      6
      1
    • މުއުތާ ހަނގުރާމަ

      މިވެރިންނަށް މިސާލުވެސް ދައްކަން ޖެހޭނީ ވިސްނުން ހުންނަ ދިމާލުން ކަމަށް ބަލާފަ ދަންނަވަން، ދިދަޔަކީ ރަސޫލު ޒަމާނުގައިވެސް ބޭނުންކޮށް އުޅުން އެއްޗެއް، މުއުތާ ހަނގުރާމައިގައި މާތް ނަބިއްޔާ (ސއވ) އައްޔަންކުރެއްވި 3 ވެރިން ޝަހީދުވެވަޑައިގަތީ މުސްލިމުންގެ ދިދަ ހިފަހައްޓައިގެންވާހާލު ކާފަރުންނާ ހަނގުރާމަކުރަމުން ދަނިކޮށް... ކަނާއަތުން ދިދަ ހިތްޕަވައިގެން ހުންނަވަނިކޮށް އެރި ހަމަލާއެއްގައި ކަނާއަތް ބުރިވުމުން ވާތުން ދިދަ ހިއްޕަވައިގެން ހުންނަވައި ކުރިޔަށް ވަޑައިގަންނަވަނިކޮށް އެއަތްވެސް ބުރިވެ ދިދަ ބިންމަށްޗައް ވެޓުނަނުދޭން މޭގައި ޖައްސަވަ ދިދަނަގަހައްޓައިގެން އޮންނަވަނިކޮށް އެކަލޭގެފާނު ވެސް ޝަހީދުކޮށްލީ..... ދިދައަކީ އަޅުކަން ކުރާއެއްޗެއްނޫން އަދި ކިއެއްތަ އެޔަކީ އެބައެއްގެ މިނިވަންކަމާ އިސްތިޤްލާލު ރަމްޒްކޮށްދޭ އެއްޗެއް އެހެންކަމުން އެޔައް އިހްތިރާމް ކުރާކުރުމަކީ މި ގައުމާ ވަތަނަށް ކުރާ އިހްތިރާމް

      5
      1
  4. ގިޓާ

    ޤައުމެއްގެ ދިދަ އެހެން ޤައުމެއްގެ ދިދައާ އެއްގޮތައް ހުއްތަސްވެސް މައްސަލައެއް ނޫން ތިމާއަށް ރަގަޅުވިޔަސް މައްސަލަވާނީ މައްސަލައަށް

    1
    17
  5. އ. ޖ. އ

    ކަޅާ ހުދުގެ ރޮނގުވެސް ދަމާލިނަމަ

  6. ތޯޙާ

    ހިސާބައްވުރެން އަޅުވެތި ކުރަން ހިތް އޮތްލެއް ބޮޑުވިޔަސްް ފުކެއްބޮޑުވަރު!
    މީހަކު ހައިރާން ނުވިޔަސް އެކަމުން ވަރަށް ބޮޑުއެއްޗެއް ވިސްނޭ!
    ބަޔަކު އަޅުވެތި ކުރުވާފަވާމިންވަރުވެސް އިގެން އެބައޮތް ތި ދިދަ ފެންނަން އޮތް ގޮތުން!
    އެޔަށް އުނި ކަން ގެންނާން ބޭނުންވީމަ އެ އޮތީ !
    ލަދެއް ނުގަނޭތަ އެޔަށް އެހެން ހަދާފަ !!!

    29
    1
  7. ތޫ

    ދެން ފެންނާނީ ދިދަ މެދުން ގެރިޔެއް ތޯއްޗެއް!
    އެއިރުން މޯ އުފާވާނެންނު!
    ދޮވެހިން ދެން ބާރަށް އަތްޖަހާ!

    34
    4
    • މަރީ

      ކަލޭހާދަ މޮޅޭ ކޮބައިތޯ ދޮވެހިން ނަކީ ހައް ހައް ހާ؟

      3
      2
  8. ޙާއްޞަ

    ފުރަތަމަ ދެއްކީ ހަނދު ފަޅީގެ ހުޅުވިފާވާ ކޮޅު ދިދަ ދަޑިއާއި ދިމާއަށް.
    ފަހުން މަންޒަރު ފުރިހަމަވެ "އުފާވެރި މިނިވަން ދުވަސް" ދެއްކުމުގެ ކުރިން ހަނދުފަޅި ވަނީ ހުޅުވިފަ އިން ކޮޅު ފޮތިގަނޑު ވިހުރޭ ދިމާއަށް ބަދަލުވެފަ. މާނައަކީ ރަގަޅު ކޮޅަށް.
    ބުނަން ބޭނުންވަނީ އެ މަންޒަރުން ދެއްކީ މިނިވަންކަން ލިބުމުގެ ކުރިން ދިދައިގަ ހަނދު ފަޅި އިންނަ ގޮތާއި މިނިވަންވުމުން ހަނދުފަޅި ބަދަލުވީގޮތް.
    ދަންނަވަންތޯ ! މިނިވަންކަން ލިބުމުގެ ކުރިން ދިވެހި ދިދައިގެ ހަނދުފަޅި އިންނާނީ " މިނިވަން ނުވެ" ހުޅުވިފަ އިން ކޮޅު ދިދަ ދަނޑިއާއި ދިމާއަށް.
    ޥަރަށް ދެރަ! ދިވެހިންގެ މައުލޫމާތު ހަމަ މަދީ

    26
    23
    • ޙ

      އެމީހުން ޖެހޭ ވާނުވާ ނޭނގުނަސް ލިޔަން. ފިތުނަ އުފައްދަން ޖެހޭނެ.

      12
      24
    • ދޮގެއް؟

      ދަނޑުގަ މިފަހަރު ބޭއްވި ކުޅިވަރުތަކަކީ މިހާތަނަށް ބޭއްވި އެންމެ ފޫހި ކުޅިވަރުތައް. ސިފައިންވެސް މިހާ ކަޑަ އިވެންޓެއް ދުވަހަކުވެސް ނުބާއްވާ. މައުލޫމާތު ގިނަ މީހާ ދިގުދިގު މައުލޫމާތުގެ ޚަޒާނާއެއް އޮއްސާލާ ދެން.

      11
      • މނ

        މިފަހަރަކު އޮރިޔާމާ ތިބި މަންޒަރު ނުފެންނާތީ ފޫހިވީ ދޯޯ؟؟؟؟؟

    • ދދދދދދ

      އެހެންތަ؟ ކަލޭ ހާދަ މޮޅޭ. ޕޯސްޓަރުތަކުގަވެސް ނުބައިކޮޅަށް ހުރިތަން ފެނުނީ މައުލޫމާތު ނެތް މީހުންނަށް ދޯ؟ ކިތަންމެ ވަރެއް ވިޔަސް މި ސަރުކާރަކީ ކަންކަން ކުރަން ނުދަންނަ، ވައްޓަފާޅިއެއް ނެތް ބައެއް ކަމުގަ ނޫނީ ނުވާނެ. ދެރަވިޔަސް މީ ހަގީގަތް.

      13
      1
  9. Alibe

    ހޭބުއްދި ފިލާފަތިބި ބަޔަކު ވެރިކަމަށް އައީމަ ހުރިހާކަމެއްވެސްވާނީ ދިމާ އިދިކޮޅަށް.

    21
    2
  10. މުރާދު

    މިއީ ދިވެހިންފަޚުރުވެރިވާ ދިވެހިރާއްޖެ ދިވެހިން ފަޚުރުވެރިވާ ދިވެހިރާއްޖޭއަށް ޖަޒީރާރާއްޖެ
    ނަންކިޔާ މިހާރުފެންނަމުންދަނީ ދިވެހިގައުމަށްނިސްބަތްވާ އެހެންކަންތައްވެސް ބަދަލުކުރުއްވަން
    އުޅުއްވާމަންޒަރު ތިހެންނުހައްދަވާ އަގައޮތީމަ ދިވެހިމިލަފްޒް ކަނޑުއްވާ ޖަޒީރާރާއްޖެކިޔުއްވިއެއް
    ކަމަކު ދިވެހިގައުމަށްނިސްބަތްވާކަންކަން ބަދަލުކުރައްވަންނޫޅުއްވާ އަހަރެންމީ ދިވެއްސެއް ވީމާ
    ބޭނުންވަނީ ފަޚުރުވެރި ދިވެހިރާއްޖޭގައިއުޅެން ޖަޒީރާރާއްޖެކިޔާ ގައުމެއްވާނަމަ............

  11. ބޮންދު

    ތިވާނީ ބޮންދު ބޭބެއެެއް ނޫނީ މޯދީ ބޭބެ މެން ޑިޒައިން ކޮށްފަ ކަމަށް.........

  12. ސައްދާމް

    ގައުމު ހިންގަންތިބި މީހިންވެސް ތިބޭގޮތަކަށްދޯ ދިދަވެސް އޮންނާނީ

  13. ހަހާ

    އެމްޑީޕީ އަށް ވާވަރު. ތި ފެންނަނީ އެމްޑީޕީގެ ފެންވަރު

  14. ޢަހުމަދު ޝާހް އަލީ

    ކޮން ދިދައެއް ފްލިޕް ވީމަ ހާޖާނުގަނޑަކަށް ހަދައިގެން

  15. ސާގު

    މިއީ މިވެރިންގެ ޙާލަތު ދެން ކޮން ޤައުމެއް ހިންގޭނީ