ފާއިތުވި ދެތިން ދުވަހު މިދެކެވެނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގެ ވާހަކައެވެ. އިސްލާމްދީނާ ޚިލާފު އެތައް ކަމެއް ހިމެނޭ އެ ރިޕޯޓުގައި ހުރި ކަންކަން މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ދައުރުވާން ފެށުމާއި އެކު ސުވާލުތަކެއް މިވަނީ ކުރިމަތިވެފައެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ދެކެވެން ނުޖެހޭ އެތައް ވާހަކައެއް އެ ރިޕޯޓުގައި ހިމަނާފައި އެބަހުއްޓެވެ. އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ރިޕޯޓުގައި ހިމެނެއެވެ.
ސުވާލަކީ މި ރިޕޯޓު މިހާރު ވައިގައި ހިފަންޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ މިއީ އިއްޔެއަކު މިއަދަކު ނެރުނު ރިޕޯޓެއް ނޫނެވެ. މި ރިޕޯޓަކީ މިއަހަރު ނެރުނު ރިޕޯޓެއް ނޫން ކަން ވަނީ ޔަގީން ކުރެވިފައެވެ. މި ރިޕޯޓު ނެރުނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކަމަށްވާއިރު އެޖަމިއްޔާއިން ބުނީ މިއީ 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަމަށެވެ. އެހެން ކަމަށްވާނަމަ ރިޕޯޓު އާންމުންގެ ސަމާލުކަމަށް އަންނަން މާބޮޑަށްވެސް ލަސްވެއްޖެ އެވެ. މީޑިއާތަކުގެ ރޭންޖަށް މި ރިޕޯޓު އައިސްފައި ނެތީ ކީއްވެ ހެއްޔެވެ؟ އިސްލާމްދީނުގެ ދިފާޢުގައި އަބަދު އަޑުއުފުއްލަވާ އިލްމުވެރިންގެ ރާޑަރަށް ރިޕޯޓް އަރާފައި ނެތީ ކީއްވެ ހެއްޔެވެ؟
ސުވާލަކީ އެ ރިޕޯޓު ނެރުނު އިރު ދައުލަތް ހިންގަން އޮތް ސަރުކާރަށް ރިޕޯޓާ ގުޅޭ މައުލޫމާތު ނުވަތަ ރިޕޯޓު ނެރުނުކަން ސަރުކާރުގެ ސަމާލުކަމަށް ނައިސް އޮތީ ކީއްވެ ހެއްޔެވެ؟ ރިޕޯޓު ނެރުނުކަން މީޑިއާތަކަށް ނޭނގި އޮތުމުން އެކަން ރައްޔިތުންގެ ސަމާލުކަމަށް އައިސްފައިނުވާތީ ސަރުކާރުން އެކަން ސިއްރުކުރީ ހެއްޔެވެ؟ ނުވަތަ ރިޕޯޓު އާންމުކޮށްފައިވަނީ ރައީސް އޮފީހަށް ނޭނގިހެއްޔެވެ؟ ނޫނީ ރައީސް އޮފީހަށް އެނގުމުންވެސް އަޅާނުލައި ބާއްވާފައި އޮތީ ހެއްޔެވެ؟ އެމްޑީއެން އިން މިރިޕޯޓް ނެރުމަށް ފަހު އެއްވެސް އިދާރާއަކަށް މި ރިޕޯޓް ނުފޮނުވައި ފޮރުވާފައި ބޭއްވީ ހެއްޔެވެ؟
ސުވާލުތައް ކިތަންމެހާވެސް ބައިވަރެވެ. ފަރުދާއަކަށްލައި ފޮރުވާފައި އޮތް މި ރިޕޯޓަށް މާބޮޑު ސަމާލުކަމެއް މިހާރު ދެވިފައި ވާއިރު އިތުރު ތުހުމަތުތަކެއް ކުރެވެއެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރާއްޖޭގައި ތިބި "ޓެރަރިސްޓުން" ކަމެއް ހިލުވާލީ ހެއްޔެވެ؟ އެފަދަ ފަރާތްތަކުން ބިރުން ކޮންމެވެސް ކަންތައްގަނޑެއް ހިންގާލަން އުޅެނީ ހެއްޔެވެ؟
ރިޕޯޓުގެ އެކި ވާހަކަތައް ހަމަ ކުއްލިއަކަށް ޓްވީޓުތަކުންނާއި ޕޭޖްތަކުން ހިއްސާކުރަން ފެށީ ކީއްވެހެއްޔެވެ؟ މިއީ ސިޔާސީ ބޭނުމެއް ފުއްދަން ވަކި ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް ހެއްޔެވެ؟ އެމްޑީއެން އެ ބުނާ ގޮތަށް މި ރިޕޯޓަކީ 2016 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ވާނަމަ އޭރުގެ ސަރުކާރުން ރިޕޯޓާ މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ. ނާޅައި އޮތުން އެއީ މައްސަލައެކެވެ.
"މަގެ ގައުމާ، މަގެ ދީނާ، މަގެ އަމްނާ ނުކުޅެއްޗޭ" ކިޔަމުން އޭރުގެ ސަރުކާރުން މި ރިޕޯޓު ސިއްރު ކުރި ކަމަށްވާނަމަ އެ ސަރުކާރުގެ ޒިންމާދާރު ވެރިން އުފުލަން ޖެހޭ ޒިންމާތަކެއް ހުންނާނެއެވެ. ދީން ހަތިޔާރެއްގެ ގޮތުގައި ގެންގުޅުމަކީ ރާއްޖޭގެ ސިޔާސީ ވެރިންގެ އާންމު ކަމެކެވެ. ސިޔާސީ އެކި ހަފްލާތަކާއި ޖަލްސާތަކުގައި ދީނުގެ ޙުރުމަތް ކެނޑޭހެން އޭރުގެ ސަރުކާރުންވެސް ވާހަކަ ދެއްކިއެވެ. އެކަން ކުރުން ލޭބަލް ވެފައިވަނީ އެކަމަކު އެމްޑީޕީގެ ސަރުކާރުތަކާއެވެ. ކަން ދިމާކުރި ގޮތުން މި ރިޕޯޓެއްވެސް ވައިގައި މިހިފީ އެމްޑީޕީގެ ސަރުކާރެއްގައެވެ.
ދީނީ ކަންކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަންކޮށްފައިހުރީ އިސްލާމީ ވަހްދަތާއި ދުރަށް ގެންދާގޮތައް ކަމަށް ބުނެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް އޭރު ވެރިކަން ދިފާޢު ކުރަން މަސައްކަތް ކުރަމުން ދިޔަ ސަރުކާރުން ތުހުމަތުތަކެއް ކުރިއެވެ. އެވާހަކަ އެހިސާބުގައި ބާއްވަމާ ހިނގާށެވެ. ހަގީގަތަކީ ކޮންމެ ސަރުކާރަކަސް، ކޮންމެ ސިޔާސީ ލީޑަރަކަސް ދީން ހަތިޔާރަކަށް ހަދާކަމެވެ.
އޭރުގެ ސަރުކާރު އިހުމާލުވެސް މި ރިޕޯޓު ޝާއިއު ވުމުގައި އެބައޮތެވެ. ދެން އޮތީ މިސަރުކާރުގެ ވާހަކައެވެ. އެމްޑީއެންގެ މި ރިޕޯޓެއްގެ ވާހަކަ މީސްމީޑިއާއާއި ރާއްޖޭގެ އެކި މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރަމުންދާއިރު ސަރުކާރު ވައްޓާލަންވެސް ބަޔަކު ދަނީ ގޮވާލަމުންނެވެ.
ނަމަވެސް މިކަމުގައި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ރިޕޯޓާ ގުޅިގެން ސިޔާސީ ފައިދާ ހޯދަން މަސައްކަތް ނުކުރުމެވެ. ރިޕޯޓް ނެރުނީ ޖަމިއްޔާއަކުންނެވެ. ފަހަރެއްގައި އޭރުގެ ސަރުކާރަށްވެސް، އަދި މިހާރުގެ ސަރުކާރަށްވެސް މިކަމުގެ ހަގީގަތެއް ނޭނގިއެވެ. ވީމާ ކުރަންވީ ކަމަކީ ރިޕޯޓާ ގުޅިގެން އެއްވެސް ބަޔަކަށް ސިޔާސީ ފައިދާ ނަގަން ފުރުސަތު ނުދިނުމެވެ.
މިފަދަ ކަމަކުން ގައުމަށް ގެއްލުމެއް ލިބިދާނެ ކަމެއް ކޮށްގެން ނުވާނެއެވެ. ދުނިޔޭގެ އެހެން ގައުމުތައްވެސް ބައިބައިވެފައި ވަނީ ދީނީ ޚިޔާލުތަފާތުވުންތަކާއި ދީނާ ގުޅޭ ކަންކަމުގައެވެ. މިކަމުގައި އެންމެން ކެތްތެރިކަން އިސްކޮށް ރިޕޯޓު ނެރުނު ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަން ގޮވާލަންވީއެވެ. ސަރުކާރެއް ވައްޓާލައިގެން ނުވަތަ ސަރުކާރު ބަދަލުކޮށްގެން މިމައްސަލައަށް ހައްލެއް އަތުވެދާނެ މަންޒަރު ތާރީޚަށް ބެލިޔަސް ނުފެނެއެވެ.
ވަގުތު ނޫހުން މިޚަބަރު ގެނަސްދިންކަން ވަރަށްރަގަޅު. ދެންނިކަން އަތް ތުރުތުރު އަޅުވާފަ ކޮމެންޓުކޮށްބަލަ. މިހާރު އެނގޭނެ ކޮންބައެއްގެކަން އިހުމާލު ބޮޑީ. ޝުކުރިއްޔާ ވަގުތު
ބުނަންތަ ވާހަކައެއް. އޭރުގަ ރިޕޯޓެއް ނެރުނު ނަމަ މީހުން ފޮނު ނާރުވައެއް ނުހުންނާނެ. .
އަޅޭ މި ލާދީނީ ސަރުކާރުން ކޮންމެ ކަމެއް ވެސް އޮޅުވާލަން އުޅޭ އިރު ތިމާމެން ބޭޒާރުވާ ކަމެއް ވެސް ނޭނގޭ.
އެމް.އެންޑީގެ ރިޕޯޓު ނެރުނީ ކުރީ ސަރުކާރުގަޔޭ ކިޔައި އަދިވެސް އެމްޑީއެމް ދިފާޢޫކުރަން އުޅޭ އިރު މި އޮތީ ހަގީގަތް.
------------------------------------
ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން ރިޕޯޓެއް ޢާންމު ކުރީ 2016 ގައެއް ނޫން... މި ހިނގާ 2019 ވަނަ އަހަރު.
ކުރީ ސަރުކާރު ދުވަސްވަރު 2016 ގައި އެމީހުން (އެމްޑީއެން) އިން ނެރުނު ރިޕޯޓަކީ 31 ޞަފުޙާގެ "ލަވް ފޯ އިސްލާމް ވީއެސް ހޯލީ ވާރ- އަ ރިވިއު އޮފް ދަ އިސްލާމިކް ސްޓަޑީސް ޓެކްސްޓު ބުކުސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓެކެވެ. އޭގައި އިނީ ވަރަށް ގިނަ ޕެރެގްރާމްތައް އުނިކޮށް، މާތް ނަބިއްޔާ "ކަލަކަށް" ހަދާ ވާހަކައާއި، " ތަކްފީރީ"އެކޭ ބުނެފައި އިން ވާހަކަތައްވެސް އުނިކޮށްފައެވެ.
ފަހުން، މިއަހަރު ނެރުނު ރިޕޯޓަކީ "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި" 2019 ގައި ޢާންމު ކުރި 125 ޞަފުޙާގެ ބޮޑު ރިޕޯޓެކެވެ. އެއީ ލާދީނީ ރިޕޯޓަކީ. އޮޅުވައެއް ނުލެވޭނެ.
----------------------------------
މަ ހިތަށް އަރަނީ މީގެ ވަކިވަކި ފަރުދުން ފަދައިން ދައުލަތުގެ މުއައްސަސާ ތަކުން ވެސް ރަސްމީ ދޮގު ހަދާލަން ހަމަ ޖެހިލުންނުވަނީއްޔޭ! "ކުޜީ ސަރުކާރު، ރައީސް ޔާމީން!" މިއީ ތަސްބީޙައެއް ކަމަށް މި ލާދީނީ ސަރުކާރުގެ މީހުންނަށް ހީވަނީ ތޯއްޗެ. މިހާރު "އެޖެންޑާ19" ގެ ހަގީގަތް ހާމަވީމާ، މި ހަގީގަތް ވެސް އޮޅުވާލާނަމޭ ހިތާތަ ތި އުޅެނީ. ތިކަމެއް ނުވާނެ.
ކުރީސަރުކާރުން އޮތީ މިރިޕޯޓް ނެރުންހުއްޓުވާފަ މިގޮތައް ރިޕޯޓް ނުނެރެވޭކަމަށާ މީބާތިލް ރިޕޯޓެއްގެ ގޮތުގަ އޮވެފަ ނެރެން ހުއްދަ ނުދީފަ އޮތީ މިސަރުކާރުން ހުރީހާކަމެއްވެސް ފުރީވީމަ ދެން ވާގޮތް މިވީ
ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން ރިޕޯޓެއް ޢާންމު ކުރީ 2016 ގައެއް ނޫން... މިއަހަރުގައި (2019)...
2016 ގައި އެމީހުން (އެމްޑީއެން) އިން ނެރުނު ރިޕޯޓަކީ ،31 ޞަފުޙާގެ "ލަވް ފޯ އިސްލާމް ވީއެސް ހޯލީ ވާރ- އަ ރިވިއު އޮފް ދަ އިސްލާމިކް ސްޓަޑީސް ޓެކްސްޓު ބުކުސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓެކެވެ. އޭގައި އިނީ ވަރަށް ގިނަ ޕެރެގްރާމްތައް އުނިކޮށް، މާތް ނަބިއްޔާ "ކަލަކަށް" ހަދާ ވާހަކައާއި، " ތަކްފީރީ"އެކޭ ބުނެފައި އިން ވާހަކަތައްވެސް އުނިކޮށްފައެވެ.
ފަހުން، މިއަހަރު ނެރުނު ރިޕޯޓަކީ "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި" 2019 ގައި ޢާންމު ކުރި 125 ޞަފުޙާގެ ބޮޑު ރިޕޯޓެކެވެ.
މި ކިޔާ ނިމުނު އިރުވެސް އެއްވެސް ޖަވާބެއް ނުލިބޭ. އިހުމާލު ބޮޑީ މިހާރު ވެރިކަމުގަ ތިބި މީހުން. ކުރިން މި ޝަހިންދާ ނޫޅެ މިހާ ފާޅުކަން ބޮޑު ގޮތެއްގަ ދީނަށް ފުރައްސާރަ ކުރާކަށް. މިހާރު އެއްޗެއް ބޮވިގެން އުޅޭހެން އުޅޭއިރު މިސަރުކާރުން އެހެރީ ބޮޑު މަގާމު ދީފަ.ދެން
ދެން އުފެދޭ ސުވާލަކީ އިސްލާމްދީނަށާއި ތިމާހެއްދެވި އިލާހާއި އެއިލާހު ފޮނުއްވި މާތް ރަސޫލާގެ ޒާތުފުޅަށް ނިސްބަތްކޮށް ދޮގުތުހުމަތުގެ ބަސްތަކެއް ރައްދުކޮށް ރިޕޯޓެެއް މިފަދަގޮތަކަށް ތައްޔާރު ކުރަން ޖެެެހޭބާ؟؟ތިޔަށްވުރެ މާރަނގަޅުވީސް ތިރިޕޯޓު ލިޔުނު މީހާ ނުވަތަ ބަޔެއްގެ އަމިއްލަ ނަފްސުތައް ދީނަށް ނޫޅެވޭ ކަން ހާމަކޮށް ރިޕޯޓު ތައްޔާރުކޮށްފަ ތިބޭނުންވެގެން އުޅޭބަޔަކަށް ދެއްކިއްޔާ..މިހާރުދެން ތިފަދަރިޕޯޓެއް ތައްޔާރު ނުކުރިޔަސް ތިވެރިންގެ އަސްލުކުލަ ތިފާޅުކޮށްލީ ހާމަކަން ބޮޑުގޮތެއްގަ..
މީ ލާދީނީ ސެކިއުލަރ ސަރުކާއް
މިސަރުކާރު ބަދަލުކުރަންޖެހޭ.. އިސްތިއުފާދޭން ޖެހޭ އިބުރާހިމު.. ވަގުތުނޫހުން މިކޮމެންޓް ޖަހާނެބާ
ތިވާނީ ރާޑަރު ކަޑައީ ކަމަށް! ދެން ތިބުނާ ރިޕޯޓު ވަގުތުން ހާމަނުކުރީ ކީއްވެ!
ބަލަ ތިކަމެއް ތިކުރީ އެއްކަލަ ލާދީނީ ސެކިއުލާ ބައިގަނޑުގެ މީހެކޭ. އަދި އޭނާ އާއި އޭނާ ނިސްބަތްވާ އާއިލާ މިރާއްޖެއިން ތާއީދުކުރާ ޕާޓީ މަޝައްކެތް ނުކުރަން. ކުރީ ސަރުކާރުން ކަންވީގޮތާއި ކަމުގެ ހަގީގަތް އެބަޖެހޭ ޕަބްލިކް އަށް ސާފުކޮށްދެން. މިއީ ކޮންމެ ޕާޓީ އަކަށް ނިސްބަތްވާ ބަޔެއް ކުރި ކަމެއް ކަމުގައި ވީނަމަވެސް ގޯސް އަދި މިކަމާއި ދެކޮޅަށް އަޑު އުފުލާ ކުރެވެން ހުރި ކަމެއް ދީނުގެ އިމުގެ ތެރެއިން ކުރަންވާނެ.
އެއީ ދޮގެކޭ މި މޑޕ ލާދީނީން ހަދާ. ކުރީ ސަރުކާރުގަ ނެރުނީ މުޅިން އެހެން ރިޕޯޓެކޭ 31 ސޮފްހާގެ.
ވާނުވާ. ބަޔަކު އަދި ތަނެއްގައި ރިޕޯޓެއް ހަދާފައި ތާރީހެއް ޖަހާފައި އޮތަކަސް އެ ސަމާލުކަމަށް އަންނާކައް ނުޖެހެ. ގޫގަލް ޑްރައިވް އައްވެސް މީހުން ޕަބްލިކް ކޮއް އެއްޗެހި އަޅަފައި ހުރޭ. ގިނަ ފަހަރަށް އެފެންނާނީ ލިންކް ޝެއާ ކުރީމަ. އަދި ވެބްސައިޓަކަށް އެއްޗެއްލުމަކީ އެ ރަސްމީކޮށް ޕަބްލިޝް ކުރުމެއްނޫން.
ޑ ތިދެރިޕޯޓުވެސް ޕަބްލިޝްކުރަންވީނުނ
ޢޭރުން އގޭނެ
މިހާތަނަށް ވަގުތުނޫހުން ގެނެސްދިން ހަމަހަމަ ކަމާއި އިންސާފުވެރިކޮށް ލިޔެވިފައިވާ މަދު ރިޕޯޓްތަކުގެ ތެރެއިންވެސް ރަނގަޅު ލިޔުމެއް. މިފަދަ ޒިންމާދާރު ނޫސްވެރިކަމަށް އިސްކަންދެއްވާ.
މި ހަބަރު ލިޔުން ފަރާތައް ސާބަހޭ.???
ސައިބޯނި އަތައްއެޅިޔަސް ފޮނެއްނާރާނެ ފޮނުއަރާނީ ދެއަތް ދެއަތައް ބާރައް ހޭކީމަ
މިއީ މިހާތަނަށް ވަގުތު ނޫހުން ލިޔުނު އެންމެ ރަގަޅު ޚަބަރު.
ބަލަގަ ތިޔަ ރިޕޯޓަކީ އީޔޫ މީހުންލައްވާ ނަސީދު ކުޅިވަރު ކުޅުއްވާ ގޮނޑި ދުއްވި ޒަމާނުގާ އެމީހުނަށް ބާރުދޭންނެރުނު އެއްޗެކޭތޯ ތިޔަ ބުނުއްވަނީ އެކަމަކުވެސް ލާދީނީ ގްރޫޕް ގަނޑު އަދި ލާދީނީ ލީޑަރު ނަސީދު ގެ ބައިވެރިވުންނެތި މިރިޕޯޓް ހަދާފަ ނޯންނާނެ.
ދޮންލޯ ވޯޑްޕްރެސް ކިޔާ މީހެއް ދަންނަށްތަ؟ އޭރުގަ ބަޕްލިޝްކޮށްފަ މައްސަލވެސް ޖެހުނު ދެން ބުނީ ނެގިއްޔޭ، އަސް އަންޕަބްލިޝްކޮށްފަ ބޭންދީ. މިސަރުކާރގަ ގާނޫނު ފާސްކޮށްފަ ބާރު ލިބުނީމަ ގާނޫނީގޮތުން، މުސްލިމުން ރުޅިއަރުވަށް އަލުން ޕަބްލިޝްކުރީ، އެހެންވެ ޕަބްލިޝް ކުރިމަކަށް ހަމަ އިންނާނީ ކުރީގެ ތާރީޙު. ސާފުވާނެ ކަމަށް އުންމީދު ކުރަން މިވަނީ ކިހިނެއްކަން.
މީގެ ވިހި އަހަރު ކުރިން ހިނގި ކަމަކަށްވީނަމަވެސް، އާންމުންނަށް އޭގެ މައުލޫމާތު ލިބި ހޭލުންތެރިވީ "އަދިކިރިޔާ" މިއަދުނަމަ، ފޮނު އަރާނީ ހަމަ މިއަދު.
ޙީވާކަހަލަ ނޫސްތަކުންވެސް އަބަދުވެސް ގެނެސްދެނީ ލައިވް ހަބަރުހެން. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ