ބޭނުން ކުރާ ތަކެތި ބޭނުން ކުރެވޭ ހާލަތުގައި ހުރި ނަމަ، އުކާލުމުގެ ބަދަލުގައި އެތަކެތި ބޭނުންވާ އެހެން މީހަކަށް ދިނުމަކީ ޒަމާނުއްސުރެ ދިވެހިން ކޮށްއުޅުނު ކަމެކެވެ. އެގޮތުން ރަމަޟާންމަހަށް ގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި އާ ކުރާ އިރުވެސް، އެތަކެތި އުކާލުމުގެ ބަދަލުގައި އެތަކެތި އެހެން މީހަކަށް ދިނުމަކީ ގިނަ މީހުން ކޮށްއުޅޭ ކަމެކެވެ. ހަމައެހެންމެ ލާ އަންނައުނާއި، ފައިވާން ފަދަ ތަކެތި އެހެން މީހަކަށް ދިނުމަކީވެސް ދިވެހިންކޮށް އުޅޭ ހުލްގު ހެޔޮ ކަމެކެވެ.

ގިވް އަވޭ ޕޭޖްއަށް ހަދިޔާކޮށްފައި ހުރި ބައެއް އަންނައުނު: ފޮޯ ފޭސްބުކް

ޒަމާން ބަދަލުވެ، ދޭދޭ މީހުންނާއި އޮންނަ ގުޅުން ކުޑަވި ވަރަކަށް ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަކެތި އެހެން މީހަކަށް ދޭން ބޭނުން ވިޔަސް، އެ ތަކެތި ބޭނުންވާ މީހަކު ހުރިތޯ ނެތްތޯ ސާފުކުރެވޭގޮތެއް ނުވެއެވެ. ދިރިއުޅުމުގެ ކަންތައްތަކާއި އަވަދި ނެތި އުޅެން ޖެހުމުން އެ ބަޔަކު ތިބޭ ތަންތަނަށް ގޮސް އެހީތެރިކަން ބޭނުންވާ މީހުން ހޯދުމަކީވެސް މާ ފަސޭހަ ކަމަކަށް ނުވެއެވެ.

"މޯލްޑިވްސް ގިވް އަވޭ" ޕޭޖްއިން މިވަނީ މިކަމަށް ހައްލެއް ހޯދާދީފައެވެ. ފަސޭހަ ކަމާއި އެކު، އެކަން ކުރެވޭނެ މަގު ފަހިކޮށްދީފައެވެ. ދިވެހިންގެ މެދުގައި އެންމެ މަގުބޫލް މީސްމީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ވައިބާއާ ފޭސްބުކްގައި ޕޭޖެއް ހެދުމަށް ފަހުގައި، ހަދިޔާކުރަން ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަސޭހަ ޒަރީއާއެއް މިވަނީ ފަހިކޮށްދީފައެވެ.

މޯލްޑިވްް ގިވްއަވޭ ޕޭޖްއަށް އާއްމުން ހަދިޔާކޮށްފައިވާ ޓީޝަރޓްތަކެއް: ފޮޓޯ ފޭސްބުކް

އެ ޕޭޖަށް ބަލާލީމައި އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެ ޕޭޗުގެ، ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވާ ލިޔުމެކެވެ. އެ ލިޔުމުގައި ވަނީ މި ފަދައިންނެވެ.

"އެހެން ފަރާތަކަށް ހަދިޔާކުރަން ބޭނުންވާ އެއްވެސް އެއްޗެއް އެބައޮތްތޯ. ބޭނުންކޮށްފަ ހުންނަ ކޮންމެ އެއްޗެއް ދެވަނަ ފަހަރަށް ބޭނުންކުރެވޭ ހާލަތުގައި ވާ ނަމަ ހަދިޔާ ކުރެވިދާނެ .ތަކެތީގެ މަޢުލޫމާތާއި ފޮޓޯ Maldives GiveAway އަށް ފޮނުއްވާ.. ތިޔަބޭފުޅުންގެ ހޭދައިގައި ﷲ سبحانه و تعالى ބަރަކާތް ލައްވާށި ..އާމީން❤" މިފަދައިންނެވެ.

ގިނަ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ވަރަށް ގިނަ ފަހަރު އުކާލަން ދޭ ތަކެއްޗަކީ ދެ ވަނަ ފަހަރު ބޭނުން ކުރެވޭ ހާލަތުގައި ހުންނަ ތަކެއްޗެވެ. އެހެންކަމަށް ވާއިރު، ﷲގެ މަގުގައި އެތަކެތި ހޭދަކުރެވެން އޮއްވާ އެތަކެތި އުކާލަންވީ ކީއްވެހެއްޔެވެ.

https://web.facebook.com/Maldives-GiveAway-119542119510108/

މި ޕޭޖް ހިންގާ ފަރާތުން "ވަގުތު" އާއި ވާހަކަދައްކަމުން ބުނީ އާއްމުންނަށް ބޭނުންވާ ތަކެތި އެގޮތަށް ހޯދައިދޭން މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރ ހިސާބުގައި ކަމަށެވެ.

"މި މަސައްކަތް ފެށީ އަޅުގަނޑާ ކޮއްކޮއާއި ދެމީހުން. ފިރިމީހާ އާއި އަޅުގަނޑުމެ މަންމަ އާއި ބައްޕަގެ ވެސް އެހީތެރިކަން ލިބޭ. މިހާރު ބޭބެ އާއި ފަހަރިގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރު ލުމެއް ލިބޭ. އަޅުގަނޑު އަބަދުވެސް ވަރަށް މީހުންނަށް އެހީވާހިތްވޭ. ކުރިންވެސް ވަރަށް އެހީވަން. ޕޭޖް ހިންގަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 10،000 މީހުން ވެސް ހަމަވެއްޖެ. އަޅުގަނޑުގެ ހަމައެކަނި އެދުމަކީ މި ޕޭޖްއަށް ލައިކް އެއް ދެއްވާ ޕޯސްޓްތައް ޝެއާ ކޮށްދިނުން. އެއީ ވީހާވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން މަގުފަހިކުރުމަށްޓަކާ"

އޭނާ ބުނީ މިކަން ކުރަނީ ވަަރަށް ބޮޑު ޝައުގުވެރިކަމަކާއި އެކުގައި ކަމަށެވެ. އޭނާގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު އެ ޕޭޖް މެދުވެރިކޮށް ތަކެތި ހަދިޔާކުރުމެވެ. ފޭސްބުކްގެ އިތުރުން ވައިބާ ޕޭޖް މެދުވެރިކޮށް އެ ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެ ފަރާތުން ދަނީ ކުރަމުންނެވެ.

https://invite.viber.com/?g2=AQB9Uo%2Fll7V5kEnPzd17Jeqe0FJ63mzgmpd95uah4ZOIgJeW73WgLnFoqRn0LK3y&fbclid=IwAR1lYfGaKGDAQe8qt9Ozg5MGTnQdpAP0X_meFEJRZN156fDnWeDKMds6Vzs&lang=en

ހަދިޔާ ކުރަން ބޭނުންވާ ކޮންމެ އެއްޗެއްވެސް ހަދިޔާކުރުމުގެ ފުރުސަތު އޮންނަ އިރު، އަތޮޅު ތެރެއިން ވެސް ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ކުރާ ކުޑަކުޑާ ކަމަކުން ހެޔޮ ސަވާބު ހޯދުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސާ

    ތިޔަ ތަނުގެ ބޭފުޅެއްގެ ފޯން ނަންބަރު ބޭނުން ގުޅާލާ ސާފުކޮށްލަން ޖެހޭ ކަންކަން ސާފުކޮއްލަން.

    4
    1
  2. އަލީ

    މި ލިޔުން ކިޔާލީއިރު އަޅުގަަނޑަކަށް ސާފެއްނުވި ހަދިޔާކުރާތަކެތި އެ ބޭނުންޖެހިފައިވާ ފަރާތްތަކާ ހިސާބައް ފޯރުކޮށްދޭގޮތެއް. މިކަން ސާފްކޮށްދެއްވުން އެދެން.

  3. އައިޝާ

    އެފްބީ ޕޭޖްގައި އިންނާނެ ފޯން ނަމްބަރު ޖަހާފަ.