ކޮވިޑް-19 ދުނިޔެއަށާއި އަދި ރާއްޖެ އަށް ފެތުރިގެން ދާތީ ހުރިހާ މަސައްކަތެއް މިވަނީ މިބައްޔަށް އަމާޒުވެފައެވެ. ނަމަވެސް އެންމެންނަކީ އެއް ވިސްނުމަކަށް ތަބާވާ، އެއްކަމަކަށް އެއްބަސްވާ މީހުން ކަމަށް ނުވާތީ މިދަނޑިވަޅުގައި ވެސް ޤާނޫނާއި ޤަވައިދުތަކުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ޙައްޤު ގެއްލެމުންދާ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމުގައި ޤާނޫނުގެ ދިގުއަތް ކުށްވެރިންނާއި ހަމައަށް ފޯރަން އެބަޖެހެއެވެ. އެހެން ނޫންނަމަ ބަލީގެ އިތުރުން އިތުރު އެހެން މައްސަލަތަކުގައި ވެސް ގިނަ ބައެއްގެ ޙައްޤު ގެއްލިގެން ހިނގައިދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑަށް މިހާރު ފާހަގަ ކުރެވޭ އެއް ކަމަކީ ބަލި ޖެހިފައި ތިބި މީހުން، ނުވަތަ ބަލި ޖެހިފައި ތިބި މީހުން ކަމަށް ބައެއް މީހުން ގަބޫލުކުރާ މީހުންގެ ޒާތީ މައުލޫމާތާއި އެމީހުންގެ ފޮޓޯ އާއްމުކޮށް، އެމީހުންގެ އަބުރަށް އަރައިގަތުމުގެ ހަޑިމުޑުދާރު އަމަލުތައް ހިންގުމެވެ.

ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ. ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން، ހާމަކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވެސް ލިބިގެން ވަނީ އެކަން ނުކޮށް އާންމު ޞިއްޙަތު ރައްކައުތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަޤްޞަދު ހާސިލުކުރެވޭ މިންވަރަށް އެކަންޏެވެ.

ނަމަވެސް މީސް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުގައި މީހުންގެ ނަމާއި ފޮޓޯ އާއްމު ކުރަމުން ދާއިރު އެކަމަށް ސަމާލުކަންދޭ ދައުލަތުގެ މުއައްސަސާއެއް ނެތެވެ. ދެން މިފަދަ ކަމެއް ތަކުރާރުކޮށްފިނަމަ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވާއިރު، މިހާރު އަބުރަށް ގެއްލުން ލިބިފައި ތިބި މީހުންގެ ޙައްޤު ކޮބައި ހެއްޔެވެ؟ އެމީހުންގެ ދިފާޢުގައި އެޗްޕީއޭ އަށް ފިޔަވަޅެއް ނޭޅެނީ ކީއްވެ ހެއްޔެވެ؟

ދެން އޮތީ ބިދޭސީންގެ މައްސަލައެވެ. ދުވަހަކު ހައްލުނުވި، އަދި ހައްލުވާން ވެސް ނެތް މައްސަލައަކަށް ބިދޭސީންގެ މައްސަލަ ވެގެން ދިޔައީ ހަމައެކަނި ދިވެހިންގެ ނުބައި ނުލަފާ ކަމުން އެކަންޏެއް ނޫނެވެ. ޤާނޫނު ހިންގަން ހަވާލުވެ ތިބި މީހުންނަށް އެކަން ނުވުން އެއީ ވެސް ބިދޭސީންގެ މައްސަލަ ބޮއްސުންލައިގެން ދިޔަ އެއް ސަބަބެވެ.

މީހަކަށް މަޖުބޫރުކަމެއް ކުރިމަތިކުރުވުމަށް، ނުވަތަ މީހަކަށް އޮޅުވާލުމަށް، ނުވަތަ ބިދޭސީ މަސައްކަތްތެރިއަކަށް ވީތީ ނުވަތަ އެހެންވެސް ސަބަބަކަށްޓަކައި މީހަކަށް ކުރިމަތިވެފައިވާ ނިކަމެތިކަމެއްގެ ބޭނުން ނަހަމަގޮތުގައި ހިފުން، ނުވަތަ މީހަކަށް މަކަރުހެދުން މިއީ މިހާރުވެސް ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައި ހުރި ބޮޑެތި ކުށްތަކެވެ. ނަމަވެސް މިއިން ކުށެއް ކޮށްގެން އެޅޭނެ ފިޔަވަޅެއް ނެތެވެ.

ދެން އޮތީ ކޮވިޑް-19 އާއި ގުޅިގެން ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން "ހާއްސަ ހިމާޔަތެއް" ދީފައި އޮންނަކަމުގެ އިހްސާސް ކުރެވޭތީ އެވާހަކަ ދައްކާލުމެވެ. އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތައް ވާހަކަ ދެއްކުން އެއީ ކޮންމެވެސް ފިޔަވަޅެއް އެކަމަށް އެޅެން ޖެހޭނެ، ކޮންމެވެސް ޤާނޫނީ ހައްލެއް ގެނެވެން ޖެހޭނެ މައްސަލައެކެވެ.

ނޫސްވެރިންނަށް ދީފައި އޮތް އިމެއްނެތް މިނިވަންކަމުގެ ބޭނުން ހިފައިގެން ކޮންމެ މީހަކު މީސް މީޑިއާގައި ހިތައް އެރި ހުރިހާ ވާހަކައެއް ދައްކަމުން ގެންދާއިރު، އޭނާ އަށް ހިމާޔަތާއި ރައްކާތެރިކަމެއް ދީގެން އެކަން ތަކުރާރުކުރަން ފުރުސަތު ދިނުމަކީ އެހެން އެތައް ރައްޔިތުންނަކަށް އެކަމުގެ ސަބަބުން ނަފްސާނީ ގެއްލުންތަކެއް ވެސް ލިބިގެން ދާނެ ކަމަކަށް ވެދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގައުމަށް ދިމާވެފައިވާ ހާލަތުގައި ހުރިހާ އަމާޒެއް ކޮވިޑް-19 އަށް ހުރި ނަމަވެސް އެހެން އެއްވެސް ކަމެއް އަތުން ދޫވެގެން ނުދާނެކަމުގެ ޔަގީންކަން ދެއްވި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮބައި ހެއްޔެވެ؟ ބަލި މީހުންގެ އަބުރާއި އިއްޒަތް މީސް މީޑިއާގައި ވެއްޔާ މޮޑެވިގެން ދާއިރު ފުލުހުންނަށް ޤާނޫނުން މަތިކޮށްފައި އޮތް ޒިންމާ އަދާކުރުމުގައި ފުލުހުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވެމުން އެބަދޭ ހެއްޔެވެ؟ އެތައް ބިދޭސީންނެއް ހާލުގައި ޖައްސާ، އެމީހުންގެ މުޅި ދިރިއުޅުން ނަގާލިއިރު، އަދި ނަގާލަމުން ދާއިރު ފުލުހުންނަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

ފޮތް ވިދާޅުވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާ އަޅުގަނޑުމެންގެ ޕްރޮސެކިއުޓަރ ޖެނެރަލް ކޮބައިތޯ އެވެ؟ ރާއްޖޭގެ ހުރިހާ ޤާނޫނަކަށް އެންމެ ފަރިތަ ބޭފުޅާ މިކަންކަމަށް އެހައި ފަރިތަ ނޫނީ ކީއްވެ ބާވައެވެ. ކުރެއްދޫ ރިސޯޓްގައި ހުރި ފަތުރުވެރިޔަކު ފުރުމުން ތެޅިގަތް ބާރުމިނުގައި އެހެން މައްސަލަތަކަށް އިސްކަން ނުދެއްވަނީ ކީއްވެ ހެއްޔެވެ؟ ނިކަމެއްޗެއްގެ އަބުރު ކަތިލެވިގެން ދާއިރު އެމަންޒަރު ޕީޖީ އަށް ފެނިވަޑައި ނުގަންނަވަނީ ކީއްވެހެއްޔެވެ؟ އެތައް ބިދޭސީންނެއްގެ ހާލު ކޮންމެ ދުވަހަކު އެންމެން ދައްކަމުން ދާއިރު ވެސް ބިދޭސީންގެ އަޑު ޕީޖީ އާއި ހަމައަށް ނުފޯރަނީ ކީއްވެ ހެއްޔެވެ؟

ބޭނުން ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކެއް ނޫނެވެ. ބޭނުން ވަނީ ރީތި ބަޔާންތަކެއް ވެސް ނޫނެވެ. ބޭނުން ވަނީ ކުށްވެރިންނަށް ޤާނޫނުގައި ކަނޑައަޅާފައި އޮތް އަދަބެއް ދިނުމެވެ. ޤާނޫނުތައް ހަދަނީ އެބޭނުމުގައެވެ. ޤާނޫނު ތަންފީޒު ކުރަން ކެރިވަޑައިނުގަންނަވާނަމަ ފެއަށް ޖެހިވަޑައިގެން ގޭގައި މަޑުކޮށްލުން ރަނގަޅު ވާނެއެވެ. ނުވަތަ ހުރިހާ ޤާނޫނުތަކެއް އުވާލުމަށް ފަހު ރައްޔިތުންގެ މަޖިލިސް ވެސް އުވާލަން ވީއެވެ. އޭރުން ޔަގީނުންވެސް ދައުލަތުގެ ޚަރަދު ބޮޑުތަނުން ކުޑަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޝާހް، ރ.ވާދޫ

  ކޮން ގާނޫނީ ދިގުއަތެއް؟ ބެރެުން އައިސް މާލެތެރެޔަށް ދޫކޮށްލިމީހުން ކޮބާހޭ؟ އެކަން ވެރިފައިކުރަން ޖަވާބުދޭނީ ކާކުހޭ؟ މުއްދަތު ހަމަނުކޮށް ފުރުވާލިމީހުން ކޮބާހޭ؟ މިކަމާ އަޅާނުލާ ދެން ކޮންހާ އެހެންވާހަކައެއް ދައްކާކަށް؟

  38
  2
 2. ފަރުވާބޭނުން

  ހީވެސް ނުކުރެވޭހާ ފަސޭހަކަމާއެކު ގައިން ގަޔަށް އަރަމުންދާ ނުރައްކާތެރި ބައްޔެއް ބާރަށް ފެތުރެމުންދާ ވަގުތެއްގައި އެ ބައްޔެއްޖެހިފައިވާ މީހަކު ނުވަތަ މީހުންނަކީ ކޮބައިކަން އެނގުމަކީ ޖަމާއަތުގެ ދެންތިބި އެންމެންގެ ހައްގުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޖަމާއަތަށް ލިބިދޭންޖެހޭ ހައްގެއް ކަމަށް ވެސް ދައުވާކުރެވިދާނެ. ގާނޫނުގައި ލިޔުނުހާ އެއްޗަކީ ދުވަހަކު ބަދަލުވުމެއްނެތި ހުރިހާ ހާލަތެއްގައި އެއްގޮތަކަށް އޮންނަންޖެހޭ އެއްޗަކަށް ނުވާތީތާ އިސްލާހުކުރަނީ. ބަލިޖެހިފައިވާ މީހުންގެ ތެރެއިން ބަޔަކަށް ފަރުވާ ނުދީ ދޫކޮށްލަންވެސް ޖެހިދާނެ ކަމަށާއި އެކަމަކު އެއީ އެތިކަލް ކަމެއްނޫން ކަމަށް ވާހަކަދައްކާއިރު ބަލިޖެހުނުމީހުންނާ ކޮންޓެކްޓްވީ މީހުންނަށް އެކަން ރިޕޯޓްކުރުމުގެ މުހިންމުކަމަށްޓަކައި ބަލިޖެހުނުމީހުންނަކީ ކޮބައިކަން އެނގޭނެ ގޮތެއް އޮތުމަކީ އެކަމަށް ގާނޫނުގެ ތެރެއިން ފަރުވާއެއް ހޯދައިދޭންޖެހިފައިވާ ކަމެކޭ މީހަކު ބުނެފިއްޔާ އެކަމަށް ތާއީދުކުރާމީހުން މާމަދުވާނެއެކޭ ހީއެއްނުވެއެވެ.

  27
  3
 3. ލުޠުފީ

  ސްޕްރީމް ކޯޓުގެ ޣޮނޑިއެއްގަ މިހާރު އިންނާނެ ޤާނޫނުގެ އެ ދިގު އަތް.

  38
 4. މަ

  ވަރަށް ފުރިހަމަ

  29
  2
 5. ޙައްލު

  ނޫހުގައި ލިޔެފައިވާ ލިއުންކޮޅު ވަރައްރީތި!
  ޏަމަވެސް ވިސްނަންވީ ވަކިބަޔަކު ދިފާއު ވާން މަސައްކަތްކޮށް އަނެތްބައެއްގެ ބޮލުގަ ޒިންމާ އަޅުވާއިރު ގިނަނޫސްތަކާ މީސްމީޑިޔާގައި ޒިންމާދާރުކަމެއްނެތި މިފަދަ ޢަމަލުތައް ހިންގަނީ
  ކޮންބައެއްކަން ވިސްނާގިނަބަޔަކަށްއެނގޭކަން....
  ބަސްމަގު ރީތިކުރުމުގެކުރިން ޢަމަލުން މިކަން ދައްކަން ހުރިހާ ފަރުދުންނަށް ނަސޭހަތްތެރިވަން...

  17
  5
 6. އާދު

  ޤާނޫނު ތަކަށް ބަލަނީ މަދު މީހެއް. ޤާނޫނަކަށް ޤަވައިދަކަށް ބޯލަނބާ ބައެއް އެބަ އުޅޭތަ؟ އެއީ ދިގުއަތް އާސް ހިފަހައްޓާނެތިން ކުރަންޖެހޭ ކަމަކަށް ވީމަ ދެން ނުވާނެ ރަނގަޅެއް؟ ދިވެހިން ދިވެހިންގެ ގޮތުގައި. ދެރަކަމުގެ ކޮޅެއް ނެތް.

  16
  2
 7. ޖަހާންގީރު

  ވ ފުރިހަލަ ލިޔުމެއް މި ސަރުކާރު ފެއިލް ވެ ނިމިއްޖެ އިސްލާމްދީނަށް ފުރައްސާރަކުރާ އިރު އަޅާނުލާ އެކަމަށް އިތުރަށް ހިތްވަރުދޭ ބަޔަކު ދެން އެހެން އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރާނެ އަބުރުގެ ޤާނޫން އުވާލީ މި މީހުން ގެ ލާރިގަނޑު މަޖިލީހަށް ބުރުއްސައިގެން ދެން ވެރިކަން ލިބި ހުރިހާ ބާރެއް ލިބުނީމަވެސް ކަންތައްތައް ގޯހުން ގޯހަށް

  32
  2
 8. ބޭކާރު

  ނަން ބުނުމުން ނޭގޭ ކިތަންމެ ބަޔަކަށް ފޮޓޯ ފެނުމުން އެގޭނެ ކޮންޓެކްޓް ދެނެގަތުމަށްޓަކާ ފޮޓޯ އާއްމު ކުރުމަކީ ވަރަށް ބޭނުންޚަމެއް ކޮވިޑް ހާދިސާ ހިގާފަޢޮތް ގޮތަށް ބަލާއިރު އެންމެ މީހެއްގެ އަމަލުގެ ސަބަބުން ދިވެހި ހުރިހާ ރައްޔިތުންގެ ހައްގު މިވަނީ ގެއްލިފާ ދަވްލަތަށް މިވަނި ތަކްލީފްތަޖާއެކު ގިނަޙަރަދު ކުރަންޖެހިފާ ހުރިހާ ރައްތުންގެ ހައްގު ނަގާލާފަ އެންމެ މީގެއްގެ ހައްގު ދިފާއު ކުރަން ޖެހޭވާހަކަ އަކީ ގަބޫލު ކުރެވޭ ކަމެއްނޫން

  21
  1
 9. ކުރުއަތް

  ގާނޫނު ހަދާ މީހުން ކޮބާ؟ ރައްޔިތުންގެ ހައްގުގައި ވީހާލެއްގައިވެ ގުރުބާނީވަނިއްޔޭ ގޮވާ އަޑުއިވޭ. ރައްޔިތުން ހާލުގައި ޖެހުނު ދުވަހު އެންމެ ޑެލިވަރީއެއް ކޮށްލާފައި ފޮޓޯއެއް ލާން ނުކެރުނުތާނގައި ރައްޔިތުންނަށް ހިތްވަރެއް ދޭން ނުކުންނަން ކެރުނު މީހަކުވެސް ނެތް.

  13
  1
  • އަތްބުރި

   ނުދަންނަ ކަމެއް ދަންނަ ކަމެއް ނޯންނަ ހުރިހާ ކަމެއް ދަންނަ ސޮރަށްވެސް ނުކުމެ ފޮޓޯއެއް ނަގާލަންވެސް ނުކެރުނު ދޯ. ތިޔައީ ތެދެއް.

   5
   1
 10. ޔަހުޔާކޮއި

  ގާނޫނަށް ބޯލެބުން ދަށް މުޖުތަމައުއެއްގާ މިކަހަލަ ބައްޔެއް ފެތުރޭނަމަ އެކަން ކޮންޓްރޯލް ކުރެވޭނީ އޮޓޮކްރެޓިވް ވެރިޔަކަށް! މިހާރު އެހެރީކީ އެކަހަލަ ވެރިޔެއް ނޫން ކަމަށް ވަނީ! ޥީމާ ދެން މިވަމުންދަނީ ވާނެ ގޮތް! 2018 ވަނަ އަހަރު ދުނިޔެަށް ފެތުރުނު ސްޕޭނިޝް ފުލޫ ޖެހި އެތަށްމިލިޔަން ބަޔަކު މަރުވި އެކަމުގާ ދެއަހަރެއްހާދުވަހު އުޅެންޖެހުނު!މިކަމުގައި އަދި ކުރިއެއްމެދެއް ނޭގެ! ކުރިމަތި މިލަނީ ދަތި ދުވަސް ތަކަކާކަންދަނެ ރަގަޅު ފިޔަވަޅުތަކެއް ދެންވެސް އަޅަން ނުވޭބާ

  10
  1
 11. ޙަަލަފް

  ތިޔަ ވަލުއީ ގާނޫނަށް ވުރެ ކީރިތި ޤުރުއާން ބާރު ގަދަ ވެފައި އަތް ދިގުވާނެ ގައިމުވެސް

  18
  2
  • ކޮވިޑް

   އެއީ ކަލޭގެ އަތްތަ؟

   3
   9
 12. ރަޔާން

  ވަރަށް ރަގަޅު ލިޔުމެއް

  7
  1
 13. ހސއނ

  އިލާހީ ޤަނޫނަށް ތަބާނުވީމަ އެވާހަކަ މޮޅެތި އިބާރާތުން ލިޔުނަސް ނުވާނެ.. މި ހުރިހާކަމެއްގެ ފެށުމަކީ ރަސޫލާގެ ސުންނަތަށް ތަބާނުވުން.. ސުންނަތުގިއިވާ ގޮތަށް ފުރިހަމަ އަށް ބޯލެނބިނަމަ މިއަދު މިމަންޒަރު ނުފެނުން ގާތީ.. ނިކަން މިކަމާ ބެހޭގޮތުން މައުލޫމާތު ކޮޅެއްހޯދާ ރީތި އިބާރާތުން ލިޔެލާބަ ކެރެންޏާ.

  5
  1
 14. علي وحيد

  ގާނޫނުގެ ދިގުއަތެއް އެމްޑީޕީގެ ހުރިހާ ބައިގަނޑަކައް ނޯންނާނެ ގާނޫނު އާއި ޚިލާފު ދިގުއަތް رئيس عبدالله يامين عبد القيوم ގަޔަށް ގާނޫނު އާއި ޚިލާފަށް އެއޮތީ ފޯރުވާފަ

 15. ފ

  ރާއްޖެއިން ބޭރުގައި ކިޔަވަން ގޮސް ތިބި ކުދިން މާލެއަށް އާއިލާ ގާތަށް ސަރުކާރުން ގެނައުމުގެ އިންތިޒާމް ހަމަޖައްސާއިރު ކީއްވެތޯ ރަށްރަށުން މާލެއަށް ކިޔަވަން އައިސް ތިބި ކުދިންނަށް އާއިލާ ގާތަށް ނުދެވެންވީ...

  4
  1
 16. އެޖެންޑާ-19

  އެޖެންޑާ-19 އިން އެ އަތް ބުރިކޮއްލައިފިއެންނު. 19 ގެ ނަމްބަރުދީފަ އޮތް ސުމްޕާ ބިރުވެރި ކޯފާ އެއްދެން ފޮނުއްވީ. މިހާރު އެއްކަލަ މޮޅު އެޖެންޑާ-19 ކިޔައިގެން މޑޕ މީހުންގަޑު ގޮވާނަގާ އަޑުކެންޑިއްޖެ.

 17. ޤާނޫން

  ކޮބާތޯ މިބަލި މީހުންނަށް ޖައްސާނެކަމަށް ހަރުއަޑުން ގޮވިމީހާ އޭނާއަށް ތިބުނާ ޤާނޫނުގެ ދިގުއަތް ފޯރާވަރު އަދިވެސް ނުވަނީތޯ؟

 18. Anonymous

  ޤާނޫނުގެ ދިގުއަތް ނުފޯރާނެ ޕާޓީގެ ޕާޓޭންނާއި ހަމައަށް. އެމީހުން ގިނައިން އުޅެނީ މަގުތަށް މަތީގައި. ދެންވެސް ގިނައިން އުޅެނީ ޕާޓީގެ މުޒާހަރާތަ ކުގައި އުޅޭ ހަރުގެއިން ކައިބޮއިގެން އުޅޭ ޕާޓީ ކުދިން. އެމީހުނާ ހަމައަށް އަތް ނުފޯރާނެ. މިހާލަތަށް ދިޔައީވެސް އެހެންވެ.

 19. ޟމަހް

  ޤާނޫނުގަ އެބައޮތްތަ ދިގު އަތެއް؟ ކާކު ދެއްކި ވާހަކަޔެއް، ކަލެޔާ މަށާ ފަދަ އާދައިގެ ނިކަމެތި އިންސާނުން ކޮޅެެއް ހަދާ ގަނޫނެއް. ފިސާރި އަމިއްލަ އެދުން ބޮޑު ވާނެ. އަޅެ ނިކަން ރަސޫލާޔަށް ފުރައްސާރަ ކުރި ކަލޭގެޔާ ހަމަޔަށް ފޯރާތޯ ބަލާބަ. ޙަހަހާ ނުފޯރާނެ. އެހެންޏާ އެމީހުން އަމިއްލަޔަށް އެކަކު އަނެކަކު ގަޔަށް ބޮލަށް އަރަމުން ހަދާ އްޗެެއް. ދެން އަމިއްލަ ބޮލުގަ އޭތިނ ޖެހުނަކަ ނުދޭނެ ނުން ، ކިތައްމެ ނުބައި ކަމެއް ކޮށްފަވެސް.

  1
  1
 20. ޙަމަ އަހަރެން

  އިސްލާމީ ގާނޫނުގަ ކނޑައެޅިގެން އެބައޮތް، ތަނެއްގަ ބައްޔެއް ފެތުރޭނަމަ އެރަށަކަށް އެރުން މަނާ އަދި އެ ރަށުގެ އަހުލުން ނުކުތުން ވެސް މަނާ. ޑިމޮކްރަސީ ދީނުގަ ކިހިނެއްތަ އޮންނަނީ.