ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި، މިހާރު ނިމިފައިވާ 7000 ހައުސިން ޔުނިޓްގެ މަޝްރޫޢު އަކީ 30000 ވަރަކަށް މީހުންގެ ބޯހިޔާވަހިކަމަށް އަންނާނެ ވަރަށް ބޮޑު ހައްލެކެވެ. މާލެ އަށް ދިމާވެފައިވާ ތޮއްޖެހުމާއި، ކުލީގެ އަގަށް އެމަޝްރޫޢުގެ ސަބަބުން ކޮންމެވެސް އަސަރުތަކެއް ކުރާނެއެވެ. ކޮތަރު ކޮށީގެ ނަން ފްލެޓްތަކަށް ދީފައި އޮތް ނަމަވެސް ހަޤީޤަތަކީ އެތަނުގެ ޖާގަ އާއި އެއްވަރުގެ ޖާގައެއް މާލެ އިން ކުއްޔަށް ހިފަން ލިބޭނީ ވެސް 15000 ރުފިޔާއަށް ވުރެ މަތިންނެވެ. އެވާހަކަ ކޮންމެހެން ތަކުރާރުކޮށް، ފަށައިގެން ދެއްކުމުގެ ބޭނުމެއް ނެތެވެ. ދައްކަން ޖެހިފައި މިއޮތީ އެހެން ވާހަކައެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން 7000 ފްލެޓް ލިބުނު ފަރާތްތަކަށް ހަވާލުކުރި 7000 ލިޔުމުގެ އިތުރަށް އިތުރު 4000 ލިޔުމެއް ދޫކޮށްފައި އެބައޮތް ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިވަނީ އިއްޔެ ވިދާޅުވެފައެވެ. އެއާއި އެކު ފްލެޓްގެ ލިޔުން ލިބުނު މީހުންގެ ޖުމްލަ އަދަދު 11000 އަށް އަރާކަމަށް އޭނާ ވިދާޅުވެއެވެ. މިހުރިހާ ލިޔުމެއް ވެސް ހަވާލު ކުރީ ޔާމީންގެ ސަރުކާރުން ކަމަށް ވެސް އޭނަ ވިދާޅުވެއެވެ.

ނަމަވެސް މިއީ ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ ލިސްޓްތަކާއި، އިއުލާންތަކާއި، އަދި އާއްމުކޮށް ސަރުކާާރުގެ ވެރިން ދައްކާފައި ހުރި ހުރިހާ ވާހަކައަކާއި ހިލާފު މައުލޫމާތު ތަކެކެވެ. ޑެޕިއުޓީ މިނިސްޓަރ ޝާމިން ދެއްކި ވާހަކައާއި ގުޅިގެން މިހާރު އިތުރު އެތައް ކަންބޮޑުވުމެއް މިވަނީ އުފެދިފައެވެ.

އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުރީ ސަރުކާރުގެ ނަމުގައި މިސަރުކާރުން އިތުރު 4000 މީހަކަށް 7000 ފްލެޓް މަޝްރޫޢުގެ ލިޔުންތައް ސިއްރުން ހަވާލު ކުރީ ހެއްޔެވެ؟ ނުވަތަ ކޮންމެވެސް އަދަދެއްގެ ބަޔަކަށް އެލިޔުން ހަވާލު ކުރީ ހެއްޔެވެ؟ އެލިޔުން މިސަރުކާރުން ބަޔަކާއި ހަވާލު ކުރިނަމަ، ފްލެޓް ލިބުމުގެ "ނަސީބު" ޔަގީނުން ވެސް ލިބިފައި އޮންނާނީ ޕާޓީގެ އެކްޓިވިސްޓުންނަށް ކަމާއި މެދު އިތުރު ސުވާލެއް ކުރާނެ ޖާގައެއް ވެސް ނެތެވެ.

ޔާމީންގެ ސަރުކާރުން ފްލެޓް ދިން މީހުންނަށް، ފްލެޓް ދީފައި ވަނީ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ރައީސް ޞާލިހް އުފައްދާފައި އޮންނަ ކޮމެޓީއަކުންނެވެ. އެކޮމެޓީގެ މަސައްކަތް ކުރިއަށް ދަނީ ރައީސް އޮފީހުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ރައީސް އޮފީހުގެ މިނިސްޓަރަކަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހުރި ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ޝިފާޒަކީ އެމްޑީޕީ މެންބަރުނަށް ލިބިފައި ނޫނީ އެހެން ބަޔަކަށް ފްލެޓް ލިބެން ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޖަލްސާއެއްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވެފައިވާ ބޭފުޅެކެވެ. 2012 ވަނަ އަހަރުގެ ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޝިފާޒް ވިދާޅުވީ ''އަޅުގަނޑު ގަބޫލުކުރާ އިންސާފަކީ، އަޅުގަނޑު ގަބޫލުކުރާ ހަމަ އަކީ މަސައްކަތްކުރާ އަޅުންނަށް އެ މަސައްކަތުގެ ބަރަކާތް ﷲ މިންވަރު ކުރައްވާ ފަދައިން އަޅުގަނޑުމެން ކުރާ މަސައްކަތް ހައްގު ވަނީ ވެސް އެންމެ ފުރަތަމަ އަޅުގަނޑު މެނަށޭ. އަޅުގަނޑުމެނަށް ފްލެޓްތައް ލިބި ބާކީ ވީމާ ނޫނީ އަޅުގަނޑުމެނެއް ނޭދޭން އެހެން ބަޔަކަށް ފްލެޓެއް ލިބޭކަށް. އެއީ އަޅުގަނޑު ގަބޫލުކުރާ އިންސާފް'' ކަމަށެވެ.

މިފަދަ "އިންސާފުވެރި" ބައެއްގެ އަތުން ފްލެޓްތައް ލިބިގެން ދާނެ މީހުންގެ ލިސްޓް ކަނޑައެޅިގެން ދިއުމުން ލިސްޓް އިންސާފުވެރި ވެގެން ދާނެ ކަމާއި މެދު، ދެން އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތްތޯއެވެ.

7000 ފްލެޓާއި ގުޅޭ ގޮތުން ސަރުކާރުން ދައްކަނީ ވެސް އެކި ފަހަރު އެކި ވާހަކައެވެ. ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން އެމަނިކުފާނު ވަނީ މިހުރިހާ ފްލެޓެއް ތަޅާލަން ވަޒީރުންނަށް ލަފާ ދެއްވާފައެވެ. 2019 ވަނަ އަހަރުގެ އޭޕްރީލް 01 ވަނަ ދުވަހު ބޭއްވި ހިސާން ހުސައިންގެ ކެމްޕޭން އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ "އިހަށް ދުވަހު އިކޮނޮމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން، ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ، އެއަށްވުރެ ރަނގަޅު ވާނޭ އެތަން ތަޅާފަ އެހެން ތަނެއް ހެދިއްޔާ، މިތަނަށް ވަދެ މީހަކު ދިރިއުޅޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" ކަމަށެވެ.

ރައީސް ޞާލިހް އެހެން ވިދާޅުވި ފަހުން ސަރުކާރުން ވަނީ ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމިކަން އިއުލާން ކޮށްފައެވެ.

7000 ފްލެޓްގެ މަޝްރޫޢުއަށް ބަދަލުތަކެއް ގެނެސް ފްލެޓްތަކުގެ އަދަދު ބަދަލު ކުރުމުން އޭގެ ތެރެއިން ދެން އެޅޭނީ 3588 ފްލެޓް ކަމަށް ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާ ވަނީ ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި ވިދާޅުވެފައެވެ.

ނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ އެމަޝްރޫޢަށް ބަދަލެއް ނުގެންނާނެ ކަމަށާއި ކުރިން ވެސް ހަމަޖެހިފައިވާ ގޮތައް 7000 ފްލެޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން އިއްޔެ ޑެޕިއުޓީ މިނިސްޓަރު ޝާމިން ވިދާޅުވެފައި ވަނީ 7000 ފްލެޓްގެ ބަދަލުގައި، އެތަނުގައި ހުރީ 6860 ފްލެޓް ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އަވަސް ނިންމުންތަކެއް ފަހަތައް ބުރަނުވެ ނިންމަން އެބަޖެހެއެވެ. މާލޭގައި ތިބި، އަދި މިހާރު ހުޅުމާލޭގައި ވެސް އިންވެސްޓް ކޮށްފައިވާ މަހުޖަނުން ބޭނުންވާ ގޮތައް ކުލީގެ އަގު ކުޑަވިޔަ ނުދީ އެމީހުންނަށް މާލީ މަންފާތައް ހޯދައިދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން އެބަޖެހެއެވެ.

އިންސާފުވެރިކަމާއި އެކު ފްލެޓްގެ ހައްގުވެރިންނަށް ފްލެޓްތައް އަވަހަށް ދޭން އެބަޖެހެއެވެ. ޕާޓީ މެންބަރުންގެ ލިސްޓަށް ބެލުމަށްފަހު ވަކި ބަޔަކަށް ފްލެޓްތައް ބަހާލުމުގެ ވިސްނުން ދޫކޮށް ހައްގުވެރިންނަށް ފްލެޓް ދޭން އެބަޖެހެއެވެ. ކޮތަރު ކޮއްޓެއްގެ ނަން ދީފައި އޮތް ނަމަވެސް އެއީ މިހާރު މާލޭގެ ތަންތަން ހުރި މިންވަރާއި ދައްކަން ޖެހޭ ކުއްޔަށް ވުރެ އެތައް ގޮތަކުން ރަނގަޅު، ޖާގަ ވެސް ތަނަވަސް ތަނެއްކަން ގަބޫލުކޮށް، ހަޤީޤަތް އޮޅުވާލުމުން ސަރުކާރު ދުރުހެލިވާން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ސދ

    ހައްގުވރިންނަް ނުދީފިނަމަ ޕޕމ ސަރުކާރުގަ ފްލެޓްތަކުގެ ހައްގުވރިންނަށް އެފްލެޓް އަނބުރާ ކިބިގެންދާނެކ.

    74
    3
    • ަ

      ރ. ޔާމީން އެފްލެޓް ތައް އަޅުގަނޑުމެން އެމްޑީޕީ މެމްބަރުންނަށް ވެސް ދެއްވި... އެމްޑީޕީގަ ނަން އޮތަސް ދެއްވި... މި ކަނޑު ކޮހުން މި އުޅެނީ ޕާރޓީގެ މަތީ ފަންތީގެ އެކްޓިވިސްޓުން ނަށް އެކަނި ދޭންތަ؟ ކިހާ ދެރަކަމެއް... އިސްތިއުފާ ދީ ގުރާކޮށި މީހާ

      5
      1
  2. އިބިލީސް

    ވ. ރަގަޅު އާރޓިކަލްއެއް. މިމީހުން ހަދާފަނުހަދާނެ އެއްޗެއްވެސް ނޭނގެ. އޭރު އާއްމުކުރި ލިސްޓްގައި 11000 މީހުން ހުރިކަމެއް ނުދަނެހުރިން. އެމްޑީޕީ ރޮގާލި ތަކަށް ރައްޔިތުންނަށް ކޮށްދެވޭނީ ހެޔޮވެެރިކަމެއްވެސް ނޫން. ދީނާ މިނިވަންކަމާ ބެހިފަ ވައްވައް ޖެއްސުންނޫންކަމެއް ނުވާނެ.

    124
    5
  3. މަރީ

    ހައްގުވެރިންނަކަށް ފްލެޓްތަކެއް ނުދޭނެ. މިސަރުކާރަކީ މަކަރާ ހީލަތުގެ ބިންގާ އެއްގެ މަތީގައި އުފެދިފައިވާ ސަރުކާރެއް.

    129
    6
    • ޢަހޫ

      މަކަރާ ހީލަތުގެ ރެކޯޑްހިފަގެން ވަގުޔާމީނު އެއޮތީ ޖަލުގަ.

      14
      171
      • Anonymous

        ޙަޤީޤަތުގަ ވަގުންނަކީ ކޮންބައެއްކަން ފެންނާނެ ދުވަހެއް އަންނާނެ.

        129
        1
        • ށިނާ

          ޢެއޮތީފެންނަން.

          6
          57
      • Anonymous

        ވައްކަން ކުރިކަމަކަށް އަދިވެސް ސާބިތެއް ނުވޭ. ހަމައެކަނި އަންނިގެ މައްޗަށް ވައްކަމެއް ކޮށްގެން މިހާތަނަށް ސާބިތުވީ. އަނގަ ހުޅުވާ ލުމުގެ ކުރިން ކުޑަކޮށް ވިސްނާލުން ބުއްދިވެރި

        100
        7
      • އަބްދުއްލަޠީފު

        ލޮލަށް ހިކިމިރުސް ދުން އެޅިފަ ތިބޭ ޖަންގަލީގެ އުޞޫލު ގެންގުޅޭ ބައިގަނޑަށް ހޭއަރުވާލާނެ ދުވަސް އަންނަނީ ގާތް ވަމުން ކަން ހަނދާނުގަ ބަހައްޓައިގެން ފާޑުފާޑުގެ ކޮމެންޓު ކުރަމުން ދާތި.

        51
        6
        • ޣުވަތު

          ލޮލައްހިކިމިރުސް އެޅުނުމީހާ އެއޮތީޖަލުގަ .ބޭފުޅާދޭބަލަހޮސްޕިޓަލަށް ސިކުޑީގެ ޓެސްޓެއްހަދަން.ކޮމެންޓުންހީވަނީ ބުއްދިގޯސްވެފަހުރިހެން ނޫނީ ޖަންގަލީގެ ޖަންގަލީގެ ސަރުދާރެއްހެން.

          4
          10
      • Anonymous

        ވައްކަން ކުރަމުން ކުރަމުން ގޮސް ދެން ވަގަށް ނަގާނެ އެއްޗެއް ނެތުނީމަ މިސަރުކާރުން ކަލޭ ލައިގެން ހުރި ބކސ ގަނޑުވެސް ވަގަށް ނަގާނެ. ކެތްކޮށްލާ.

        18
        2
    • ވެރިކަމަށް އަރާނެ ދަންތުރަ

      މުޅި ޕާޓީގެ މުގުލުގައި ތިބި ބޯހަމަޖެހޭ ބޮޑުންވެސް

      6
      1
      • ގ

        މަޖުލީހުގަ އަމިއްލަ ގޮނޑި އެއް އުފައްދައިގެން އެގޮނޑި އަށް ހީލަތުން އަރާއިންދެ އެހެން ހުރިހާ ރައްޔިތުންނަށް ގޮންޖަހާފަ ޖަލްސާ ބާއްވަނީ ރައްޔިތުންނާ މެދު ނުވިސްނާ ކަނޑު ކޮހެއް.... ފޭލްވެފަ ހުރި މީހެއް

        7
        1
  4. އަހުމަދު ޙަމީދު

    ބަހާލައިފި. އަޅުގަނޑުމީ ކުރިން ނެރުނު ހުރިހާ ލިސްޓެއްގަ ނަންއޮތް މިހެއް. އަދިވެސް ނުގުޅާ. މިހާރު ބުނަނީ އެކެޓަގެރީ ގެ މީހުންނަށް ގުޅާ ނިމިއްޖެކަމަށް. ދެން ކިހިނެއްތޯވާނީ. ކޮބައިތޯ އިންސާފު؟ އިންސާފު ހޯދައިދޭން އައި މީހުންގެ ޙާލަކީ މީ، ޔާމީނު ދީފައެބަހުރި އެމްޑީޕީ ގެ ކިތަންމެ ބަޔަކަށް ވެސް. އެކަމުވެސް ވަގޭ މިގޮވަނީ އަދިވެސް އެފަކީރަށް. ހާދަ ދެރައޭ..

    126
    5
    • ޢަހޮމަދު

      ޔާމީނުގެތަރިކަ މުދާތޯ ދިނީ ތިއުޅޭ މުޢީޒު ޔާމީނުގެ ކެމްޕެއިނުގަ ގޭގެއަށްގޮސް ދެއްކި ވާހަކައިން ހީވަނީ މީނަގެތަރިކަ މުދާގަޑެއްހެން. މާދީންވެރިކަމަށްހެދިގެން ރީތިވާހަކަ ދައްކަނީ.

      12
      121
      • އަހުމަދު ޙަމީދު

        ކޮންމެ ބަޔަކުވެސް ހަދާނީ އެހެން. ކުރީގަ އަންނި ވެރިކަމުގަ ދީފަހުރީވެސް އެހެން. ޔާމީނު ވެއްޖެއްޔާ ކަމެއް ކޮށްދީފި އެއްނު.

        92
        3
      • Anonymous

        ކަޑަވަނީތަ އެހެން މީހުން ދީނަށް ލޯބި ކުރާތީ. ތިއީ ހަމަ މުނާފިގުންގެ ސިފަ. ރީނދޫ މީހުން ވީމަ ވާނީ ވެސް ތިހެން ކަން އިނގޭ ހަމަ

        72
        4
      • އައްޑޫ މީހާ

        ސާބިތު ނުހިފޭ ވަގު ތުހުމަތެއް ކަމާއި ވަގު ނަހަލާލު ކޯޓަކުން ނަހަލާލު ޤާޒީއަކު ލައްވާ ކުރުވި ނަހަލާލު ހުކުމެއްކަން ކަލެއަށްވެސް އެގޭނެ އެކަމަކުވެސް މިސަރުކާރަށް ނަހަލާލު ވެރިކަމެއް ކުރެވެން އޮތީ ޔާމީނު ޖަލަށް ލައިގެންކަމީ ހަގީގަތް ކަލެއެކޭ އެއްގޮތައް އަހަރުމެންނަކީ ވެސް ދިވެހި ރައްޔިތުން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ތާރީހުގައިވެސް ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް އެއްފަރާތްކޮށް ކުރި ނަހަލާލު ހުކުމެއްކަން އަހަރުމެން ރެޔާއި ދުވާލު ފަދައިން ގަބޫލު ކުރަން އޑޕ ގެ މަގުމަތީ އެކްޓިވިސްޓުން ހިތްހަމަ ޖައްސަން ކޮށްފައިވާ ހުމެއްކަން ސާބިތުވޭ މިބަލާވެރިކަން ނިމިގެންދާނެ ހިތި ގޮތަކަށް އާމީން

        63
        3
      • ޢަބްދުއްލަޠީފު

        ނޫން، ކިބުލުގެ ތަރިކަ މުދާ ދޭން އެއުޅެނީ. .

        40
        2
      • އުމަރު

        ސޯލިހުގެ ތަރިކަ މުދާ ވޮމަ ދޯ އޭގަބަގުޅި ބަދެނގެން އެއުޅެނީ

        13
        2
      • ަ

        ކޮން ޔާމީނެކޭ ކިޔާކަށް ކަނޑު ކޮސް އައުވާނުން، ރ. ޔާމީން އަޅުއްވައިދިން ފްލެޓޭ އެއީ... ރ. ޔާމީން އެފްލެޓް ތައް އަޅުގަނޑުމެން އެމްޑީޕީ މެމްބަރުންނަށް ވެސް ދެއްވީ... އެމްޑީޕީގަ ނަން އޮތަސް ދެއްވީ... މި ކަނޑު ކޮހުން މި އުޅެނީ ޕާރޓީގެ އެކްޓިވިސްޓުން ނަށް އެކަނި ދޭންތަ؟ ކިހާ ދެރަކަމެއް

        2
        1
  5. ބުތު

    މިއީ ބިޑިހަދާ ސަރުކާރެއް ކުރަންބުނާ ކަމަކާ ދައްކާވާހަކަޔަކާ ދިމާވަނީކީނޫން...

    96
    4
  6. އައްޔު

    އިތުރުފުޅުތަށް ހަދަމުންގޮސް ފޯމުތަށް ބާތިލްކޮށްފާނެކަމާއިމެދު ރައްޔިތުން ވިސްނަން ވެއްޖެ. އެކަކީ ފާޓީކުދިންނަށް ދީފައިނޫނީ އެހެން ބަޔަކަށް ދޭން ބޭނުންނުވާމީހެއް
    އަނެކަކީ ތަން ތަޅާލަން އުޅުނު މީހެއް ދެންހުރީ ނުލަފާކަން ދައްކާލާނެކަމަށް ލައިވްޓީވީގައި ބުނިމީހެއް ދިވެހިންނަށް މިނޫން ދުވަހެއް ދައްކަވައިފާންދޭވެ އާމީން

    88
    4
  7. މުހައްމަދު

    ދެން ދިވެހިން ތިޔަވާހަކަ ދައްކާނެކަމެއްނެތް. މިނިކަމެތިކަން ހަމަ ހޯދާއިގަތީ އަމިއްލަޔަށް..
    ރަނގަޅުވާނީވެސް ތިޔަފުލެޓްތަކަށް ރީނދޫ ގުންޑާއިންވަދެ ފުރާލީއްޔާ..
    ޖަޒުބާރުގާޖެހިގެން ތަނެއްގާހުރި މަރުމޯލަކާ ވެރިކަންހަވާލުކުރީމާ ވާނީހުރިހާކަމެއްވެސް ތިޔަވިދާޅުވާގޮތަށް.

    80
    5
  8. ޭަެެޢަކް

    ބަހާ ކަމަށް ގަބޫލު ކުރެވެނީ. މަށަކަށް ނުވެސްގުޅާ މަ އުލޫމާތު ހޯދަން، އުޅޭތަނުގެ ހާލަތު ބަލާކކ ކަށް. ރައީސް އޮފީހަށް 3 ފަހަރު ގޮއްސިން. އެއްވެސް މީހަ ކު ބައްދަލެއް ނު ކުރި. ފަހުފަހަރު ކައުންޓަރު ފޯނުން އެތެރޭގެ ބޭފުޅަ ކާ ވާހަ ކަ ދެ ކެވޭ ގޮތްވި. އެބޭފުޅާ ބުނީ ކުރީ ސަރުކާރުން ދޭ ލިޔުމަ ކަށް މިސަރު ކާރުން ބަލާ ކަށް ނުޖެހެޔޭ. މަ ދަންނަ އެމްޑީޕީ ނޫން 5 މީހުން ބުނީ އެމީހުނަށްވެސް ނުގުޅައޭ. ގާތްމީހުންގެ 4 އެމްޑީޕީ މީހުނަށް ލިބޭނެ ކަމަށް އަންގައިފި

    49
    1
  9. ބޯގޯސް

    ނަސީބެއް ކަންނޭގެ ޔާމީން ކޮތަރު ކޮށީގެ ސިފަޔައް ތިތަން ހެދި ކަންވެސް ތިޔަ ބައިގނޑު ފެށުނީސުރެން ކޮތަރު ކޮށިތަ ކައްވިއްޔަ ތިޔަ ބައްދަނީ ލަދެއްވެސް ގަންނަންވެސް އެނގޭ އެތިފަހަރުތަ ކެއް ނޫންވިއްޔަ

    57
    1
  10. ގާކޮށި

    ގާކޮށި އަދި އަރަބިއްޔާ ފުލެޓުތަކުގެ ހައްގުވެރިންނައް ޔާމީނު ސަރުކާރުން އިހުމާލުވެ ނުހައްގުން ފުލެޓުތައް ޕިންކު ކުދިންނަށް ބަހާ ހުސްކޮއްލުމުން އެކަމުގެހިތިރަހަ އެދަނީ ޕިންކުކުދިންގެ ކަރުބުޑުގަ ލަމުން. ﷲގެ ރަހުމަތުން މިޔަދު އެ ހާއިނުންނަށްމިވަނީ އެތަންދައްކިވާފަ
    މިސަރުކާރުންވެ އެގޮތްވާން ބޭނުންނެތިއްޔާ ތިޔަ ފުލެޓުތައް އޭގެހައްގުވެރިންނައް ހަވާލުކުރި. ީީީީީީީީީ

    7
    60
    • ސީނު

      ޥަރަށްބޮޑު ތެދެއް. ގަބޫލުކުރިއަސް ނުކުރިއަސް. އަނީޔާވެރިކަމުގެ ހިތިރަހަ. ޢަދި އަހުވާނުން ކައިރީ ބުންޏޭ ވޯޓް ކޮއްމެގޮތަކަށްޢަޔަސް ވެރިކަމުގަ ހުންނާނީ ތިމަންނައޭ.ޖަލުގެ ވެރިކަމުގަދޯ ޕަކާސް.

      2
      44
  11. ޞާލިޙް

    "2019 ވަނަ އަހަރުގެ އޭޕްރީލް 01 ވަނަ ދުވަހު ބޭއްވި ހިސާން ހުސައިންގެ ކެމްޕޭން އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ "އިހަށް ދުވަހު އިކޮނޮމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން، ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ، އެއަށްވުރެ ރަނގަޅު ވާނޭ އެތަން ތަޅާފަ އެހެން ތަނެއް ހެދިއްޔާ، މިތަނަށް ވަދެ މީހަކު ދިރިއުޅޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ،"
    މީ މިއަދު އަޅުގަނޑުމެންނާ ޙަވާލުވެހުރި ވަލިއްޔުލްއަމްރުގެ ވިސްނުންފުޅު ހުރިގޮތް. ސުވާލަކީ އެފަދަ ޙާލަތެއްގައިވާ ތަނެއް ޕާޓީ ކުދިންކޮޅަށް ދޭން އަޑިއަޑިން ރާވަނީ ހަމަ އެތަން އިންސާނުން ދިރި އުޅުމަށް ބޭނުންނުކުރެވޭތީ ކޮތަރު ގެންގުޅެންބާވައޭ؟؟؟

    52
    1
  12. މައިޓޯ އަލީ

    ކަމެއް ކޮށްނުދެވުނުތާނގަ މީހަކު ދީފާހުރި އެއްޗެއް ވިއްޔާ އެވެސް ޖަހައިގަންނާނެ. އެމީހުން 7 އަހަރު މަގުމަތީ ހައްގޭ ކިޔައިގެން ހަޅޭލަވާ ހެދީ މިހެން ހަދަންދޯ؟ ނިކަން ގަޓުހުރިއްޔާ ފުލެޓްއަޅާފަ ތިބުނާ ހައްޤުމީހުނަށް ދީބާލަ. ޔާމީނު ދިންއެއްޗަކާ ތިބެގެނީ އަދިވެސް އެކަމުވެސް ކޮތަރުކޮށްޓޭ މިކިޔަނީ. އަޖައިބުވޭ ހަމަ.

    50
    1
  13. ާބޭކާރު

    ޔާމީނުގެ ސަރުކާރުން 7000 ފްލެޓަކާ 4000 ފްލެޓް ގެ މަސައްކަތް ފެށި އޭރު މަސައްކަތް ކުރީ 7000 ފްލެޓްގެ މީހުން 2019 އެޕްރީލް ގަ ދިރިއުޅެން ފެށުމަށް 4000 ފްލެޓްގަ 2021 އެޕްރީލް ގަ މީހުން އުޅެން ފެށުމަށް.7000 އާއި 4000 އަށްވެސް މީހުން ވަނީ ހޮވާފަ.ސަރުކާރު ބަދަލުވިއިރު 7000 ގެކޮންކްރީޓް ނިމި އެތެރޭގެ ބޮޑު ބައެއް ހުރީ ނިމިފަ.4000 ގެ ބިމުއަޑީގެ ފައުންޑޭސަން ހުރޒި ނިމިފަ. ސަރުކާރު ބަދަލުވެ މަސައްކަތް ހުއްޓުވާލުމުން 4000ފްލެޓް އޮމާރާތްކުރިމޒިހުންވަނީ ގޮސްފަ
    މަސައް ކަތްކުރުން މަނާކޮށް އަހަރެއްހާދުވަހު ބޭއްވުމަށްފަހު މަސައްކަތްފަށް 7000 ނިންމާ ސަރުކާރާ ވަނީ ހަވާލުކުރެވިފަ.4000 ފްލެޓް ކުރެހުމަށް ބަދަލުގެނެސް 3000 އަށް ބަދަލުކޮށް ގެން މަސައްކަތް ކޮށްދޭނެ ބަޔަކުވޭތޯ ބެލި ނަމަވެސް މިހާތަނަށް އެކަން ކުރާނެބަޔަކުނުވި 111000 ފްލެޓް ފެންނަން ނެތީ ކާކުގެ އިހުމާލުންބާ

    31
    1
  14. އަބްދޫ

    ޔާމީނު ވަނީ 11000 ފްލެޓް އިމާރާތްޚުރަންފަށާ ލިބެންވާ ހައްގުވެރިން ހޮވާ ނިންމާފަ.މިހާތަނަށް އައއިރު 11000 ފްލެޓް ނެތުނީ ކާކުގެ އިހުމާލުން ޔަގީނުންވެސް މިސަރުކާރު ވެރިކަމަށް އައި އިރު 11000 ފްލެޓްގެ މަސައްކަތް ދިޔައީ ހިގަމުން. 4000 ފްލެޓް ގެ މަސައްކަތް ހުއްޓުވީ ކާކު؟މިސަރުކާރު އައިސް ހައުސިން އާ ހަވާލުކުރިމީހާ އެމަގާމުގާ އަދި އެބަހުރި 4000 ފްލެޓް ގެ މަސައްކަތް ހުއްޓުވާލި ފަޜާތެއް ހައުސިން އަށް އެގެންވާނެ އެގޭކަމަކީ 4000 ހިމެނޭ 25 ބުރީގެ އިމާރާތް ތަކުގެ ފައުންޑޭސަން ނިމުނުގޮތަށް މަސައްކަތް ހުއްޓިފާހުރިކަން.

    36
    1
  15. ބްރޯ

    ޙަދުމަފުޅު ބެހެއްޓެވުމަށް ހުރޮހާފަރާތަޖަށް ދަންނަވަން ޔާމީނު ފްލެޓް ލިބޭނެ ކަމަށް ެޢްމުކޮށް ގެޒެޓް ކުރެވުމު މީހުން ތިބީކީ އެހައްގުން މަހުރޫމްވާ ގޮތަކަށްނޫން.ޕާޓީކުދިންނަށް ދިނަސް ޔާމީނުގެ ލިސްޓުގާ ނުހިމެނޭ ބަޔަކަށް ދީފި ނަމަ އެބަޔަކު އެ ފްލެޓްތަކުން ނެރެ ކުރީގެ ލިސްޓަށް މީހުން ހަމަކުރެވޭނެކަން ހަނދުމަ ބެހެއްޓެވުން އެދެން. ގައުމުގަ ހަމަނުޖެހުން އުފެއްދުމަށް އާލިސްޓެއްހަދާ ދިންބަޔަކު ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނެ އަދިއެޒިންމާއިން ގާނޫނީ ގޮތުންނުރެކޭނެކަން ހަނދުމަފުޅުކޮށްއަރުވަން

    35
    2
  16. ޙުދުނާ

    ތިތަންތަން ނިމިފަ ހުރިޔާ ދޭންވީ ނުން ބޮޑުކަމެއްމީ ދެން ކަލޭން ނުޖެހޭނެ ކޮތަރުކޮށިތޯ ބަލަން މިހިރަ ހުޅުމާލެ އެޗް ޑީސީ ކާރިގަ ހުރި 1ކޮޓަރީގަ ފުލެޓްތައް އެއީކާކުހަދާފަ ދޫކޮށްހުރި ކޮތަރު ކޮށިތަކެއްތަ ހަމަގައި މިހާރު އެތާއުޅޭ މިހުން އެއުޅެނީ ހާލެއްގެ ނޫންތައް ކުޑަތަންކޮޅެއް 5 6 މީހުން ބޮޑެތިދަރިންނާއި ދެމަފިރިން މައިންބަފައިން އެވެސް ބަޔަކަށް ދީފަ ހުރި.ބޯހިޔާވަހިކަމަކޯ ލަދެއްވެސް ނުގަނޭނުން ނިކަނ އައިސް ބަލާބަލަ

    33
    2
  17. ބޭކާރު

    ޢަރަބިއްޔާ އާ ގާކޮށީ ފްލެޓް އިމާރާތް ކުރުމަށް ޓާޓާ ކުން ފުނިން އެމްޑީޕީ ސަރުކާރށް 21 މިލިއަން ޑޮލަރުދިން މަސައްކަތް ކުރިފަރާތައް ދިނީ 6 މިލިއަން ފައިސާހުސްވެ މަސައްކުރުން ހުެްޓާލި ،ޔާމީނު ވެރިކަމަށް އައިސް ޓާޓާ އަށް 21 މިލިއަން ޑޮލަރު ދީފާ މާލެއިންނާ ދީފާހުރި ބިމާފަލުރަށް ތައް މިނިވަންކުރި އަރަބިއްޔާ އާ ގާކޮށި ނިންމީ ޔާމީނުގެ ވެރިކަމުގަ ބަޖެޓް ގަ ހިމަނައިގެން. ފްލެޓް އަގުބޮޑުވީ ޓާޓާ އިންދިން 21 ން 15 މިލިެައަނަށް ވީގޮތް ނޭގި ދަވްލަތުން ޓާޓާ އަށް 21 މިލިއަން ޑޮލަރު ދޭންޖެހުމުން

    26
    2
  18. ބޭކާރު

    އައިޖީއެމްއެޗް ގަ މައުމޫނު އިމާރާތް ކުރި ބިލްޑިންގ އެމްޑިޕީ ވެރިކަމަށް އައީ ކޮންކްރީޓް ނިމިފާހުއްޓާ. ފިނީސިން ނިންމުމަށް ޖަޕާނު ސަރުކާރުން ދިން ފައިސާ ހުސްވެ 5 އަހަރު ނިމުނުއިރު އެ އިމާރާތް ހުރީ ކޮންކްރީޓް ނިމުނުގޮތަށް. މިއިމާރާތް ނިންމީ ޔާމީނު ވެރިކަމަށް އައިސް ބަޖެޓް ގަ ހިމަނައިގެން ފައިސާއަށްވީ ކިހިނެތް

    29
    1
  19. އިންސާފު

    ހީވޭ ކޮތަރު ކޮށިތައް ޕާޓީ ކުދިންނަށް ބަހަން އުޅޭހެން.....

    16
    1
  20. ބޯގޯސް

    މިހާރު މިއުޅެނީ ހިނި ހޮރެއްގައި؟ ދެންކޮތަރު ކޮޓެއް ބޭނުން ނުވާނީ ކާކުހޭ؟

    23
    1
  21. ގާކޮށި

    ބޭކާރު. މިސަރުކާރުން 7000ފުލެޓުއެނިންމަނީ. އެކަމަކު ފުލެޓުގަ ރިނދޫކުލައެއްނުލާނެ. ގާކޮށީގަ ޕިންކުކުލަ ލީމަކިޑަ.

    1
    14
  22. ގަހޓް

    މިކޮމެންޓްތަކުންވެސް އެބައެނގޭ ރައީސް ޔާމީންއަކީ ގައުއްވފާތެރި ރައްޔިތުންނައް އޯގާތެރިރި ދައްކަވާ ވާހަކަފުޅާ ކުރައްވާޢަމަލުފުޅު ދިމާވާ ބޭފުޅެއްކަން އަދިކޮބާ އެއީގަޓް ރައީސްއެއްކަން ހޯމް މިނިސްޓަރުގެ ވާހަކައިންވެސް އެނގޭ އެހުންނެވީ ސިޔާސީ ޙުކުމެއްގަ ޖަލުގަ ހުންނަވާތާ ފަސްމަހައްވުރެގިނަވީ އާލާސްކަންފުޅާއުޅުއްވާވެސް ބޭފުޅެއްއެއީ އެކަމަކު މައިބަދަ ބިދިގެން އަދިއެއްނޫޅުއްވާ ކެެްތެރިކަމުގަ އެހުންނެވީ މުސްލިމުންގެ އެންމެމާތްއެއްސިފަ އެއީ ކަންކަމުގަ ކެއްތެރިވުން ﷲއިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެހުރަގެއިންސަލާމަތްވާނެ ދެންމިކޮމެންޓް ކިޔާފަ މައްޗައްދާނީކީނޫން

    19
    3
  23. ފާތުމަ

    ޔާމިނު ދިންގޮތަށް ކަށް ނުދޭނޭ އެއަށްވުރެ މިސަރުކާރު މާއިޚްލާޞްތެރިވާނެ

    4
    22
  24. ކިނބޫ ބުނު އިބުރެ

    އަހަރުމެންގެ ރައީސް ޔާމީން އަޅައިދިން ކޮތަރު ކޮށި އެމްޑީޕީ ކުދިންނަށް ބެހުމަށް ކިނބޫ ތަށްޔާރު ވެއްޖެކަމަށް އިނގިރޭސި ވިލާތުގެ ހާޑިމްހަމް ކިޔާ ފަރަންޖީއަކު ވިދާޅުވެެއްޖެ ކަމަށް އަލްޖަޒީރާ ނޫހުގެ ސުޓީރިން ކޮމެޓީން ވިދާޅުވެއްޖެ.

    16
    2
  25. Anonymous

    އެމްޑީޕީ ވެރިކަމަށް ފުރަތަމަ އައިސްފައިވެސް އޭރު ހުޅުމާލޭގައިހުރި ފްލެޓްތައް ދީފައިހުރީ އޭރު އޮތް ލިސްޓް ބާޠިލުކޮށްފައި އަލުން ލިސްޓް އެކުލަވާލައި މުޅިންވެސް ޕާޓީ ކުދިންނަށް. މިފަހަރުވެސް މިއުޅެނީ މިކުޅި ކުޅެން.

    17
    2
  26. ޢާސީ

    ޟމަމެންގެ ލިޔުން އޮއްވައި ވައްދާ މީހާ އެތާ ނޫޅެވޭނެ ގާނޫނީ ގޮތުން ބާރުލިބިގެންވާ ލިއުމެއް އެއީ ނެތިވަދެ ތިބި މީހުން ދެންއަންނަ ސަރުކާރަކުން އެތަނުން ނެެެރެވެންޖެހޭނެ..އެރުން ކުރިައްއޮތްތާކު ތިޔަކަހަލަ ކުޅިވަރު ނުކުޅެވޭނެ ކަން ޔަގީން..

    11
    1
  27. ޢަހްމަދު

    އިންޑިޔާގެ އެހީގައި ވެރިކަމަށް ދެން މިފްލެޓްތައްވެސް ބަހާލަނީ ޕާޓީ ކުދިންނަށް ކަންނޭނގޭ

    10
    1
  28. ާބޭކާރު

    ޣާކޮށްޓަށް އެގޭތަ ޕިންކް ލެވުނުގޮތް. ޕިންކް ލެވުނީ ޓާޓާ އިން ދިން ފައިސާ އެ އިމާރާތަށް ހަރަދު ނުކޮށް ބަޔަކު ބޭނުން ކުރީމަ އެމީހުންދިން 21 މިލިއަން ޑޮލަރު އަބުރާ އެމީހުނަށް ދީފަ އިމާރާތް ކުރާނެ ފައިސާ އަލުން ޔާމީނު ހޯދީމަ އެތަންތަން ޔާމީނު ހޯދި ފައިސާއިން ނިންމީމަ.ހުޅުމާލެ 7000 ގަ ރީދުލުން ހޯދި ސެންޓރެްވެސް ހަރަދު ކޮށްފައރެް ނޯންނާނެ

    8
    2
  29. ފާތުމަ އެޅި މިސްކިތް

    ޢެބައެއްގެ ރޮޑުން ހަންދަމާނީ އެބަޔަ ކު ބޭނުން ވާގޮތަ ކަށް
    ދެން ލަލަލަ ލަލަލަ ލަލަލަ

    2
    1
  30. ެއެޑްވަޑް ބާމުންޑޭ

    ތިއުޅެނީ، ރައީސް ޔާމިން ފަސްއަހަރުތެރޭ 7000 ފުލެޓް އެޅީމަ މިސަރުކާރުގެ ބޮޑެތި ކުދިންކޮޅުގެ، ހިތަށާ ލަގޮޑިޔަށް ތަދުވާތީ.

    13
    1
  31. އަހުމަދު

    ރައީސް ސާލިހު އުފެއްދެވި ފްލެޓް ކޮމެޓީން ދެމެންބަރުން އިސްތިއުފާ ދިނީ ކީއްވެތޯ ސުވާލު ކޮށްލަ ބަލަ އެމް ޑީ ޕީ ގެ ދެ ސަޕޯޓަރުން އެއީ ވެސް އެކަމު ބޮޑު މުސާރާގައި އިންސާފުން ބޭރުން ކަން ނުކުރާން ވެގެން ވަކިވީ ތޮލާލު އަދި މުއިޒް ކައިރީ މިސުވާލު ކޮށްލަަބަލަ މިފަހަރު ލިސްޓް ނެރުނީމާ ފޯރި ފަށެއް ހުންނާނެ ބަލަން ތިބޭތީ .....

    11
    1
  32. މޮހޮނު

    އަޖައިބެއް ފަދަ ކަމެއް ނޫންތަ މިއީ! ފާޑުފާޑުގެ ކޮމެންޓު ޖަހާކަށް؟ ނުވާނެ އެއްކަމެއްވެސް ރަގަޅެއް މި ސަރުކާރެއްގައެއް، ޗަހަރަ ،"އަންނި" ހުރެގެންނެއް! އިނގިއްޖެ!

    9
    1
  33. އަދިއެބަ

    އަދި ޖީހާނު ގޯތި ދޫކޮށްލިޔަސް. ކުރި ކުށަށް އަދަބު ލިބެންޖެހޭ. އެއީ މަގާމުގެ ހައިސިއްޔަތު ނުހަމަ ގޮތުގައި އަމިއްލަ ފައިދާޔަށް ބޭނުން ކުރުމުގެ ކުށް!

    3
    1
  34. ސުބުރާސްޕަރީ

    ކެރަފާ މަސްއޮޑިގޭ ކުދިންނަށް ދީފަ ދޯ އެހެން ކުދިންނަށް ދެވޭނީ؟ ކީކޭ ބުނަނީ؟

    3
    1