އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭ ސަބަބެއްގެ ގޮތުގައި އެއް ބަޔަކު ގަބޫލު ކުރަނީ ސަރުކާރާއި އެމްޑީޕީގެ ތެރޭގައި "ބްރޯ" ހެދިގެން އުޅުއްވުމެވެ. އެއީ އެ ބަޔަކަށް ވަރަށް ކަމުނުދާ ސިފައަކަށްވިއެވެ. ހާއްސަކޮށް ފައްޔާޒާ ދެކޮޅަށް ސީދާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުކުންނެވުމަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް ހައިރާންކޮށްލި ކަމެކެވެ.

އެކަމަކު، ހަގީގަތަކީ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އެންމެ އިސްކޮށް ނަޝީދު ހުންނެވި ކަމެވެ. މަޖިލިހުގައި "ހިންގަވައިގެން" މެމްބަރުންގެ ސޮއި ހޯއްދެވުމެވެ. "ސައި ކޮޓަރީގައި" މެމްބަރުންނަށް އާދޭސް ދެންނެވުމެވެ. ބައެއް މެމްބަރުން އޭގައި ހެޔޮ ހިތުން ސޮއިކުރެއްވިއެވެ. އަނެއް ބައި މެމްބަރުން ނަޝީދު ވީމަ، "ވާ އެއްޗެއް ވިޔަސް ވަރިހަމަ" ކަމަށް ނިންމައި ސޮއިކުރެއްވިއެވެ. އެހެން މެމްބަރުން ފާޅުގައި ނަޝީދާ ދެކޮޅު ހެއްދެވިއެވެ. އެއީ ކެބިނެޓްގައި އެންމެ ހީވާގި އެއް ވަޒީރު "ދުއްވާލަން" އެ މެމްބަރުންގެ ޒަމީރު ބޭނުން ނުވާތީއެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ތިރީހަކަށް މެމްބަރުން ސޮއިކުރެއްވިއެވެ. އޭގެ ތެރޭގައި ގިނައީ ނަޝީދަށް "ލޯޔަލް" މެމްބަރުންނެވެ. އިތުބާރު ނެތް ކަމުގެ ވޯޓަކީ "ޑްރާމާ" އެއް ކަމަށް އިދިކޮޅަށް ހީވިޔަސް، ކަމުގެ ސީރިއަސް ކަން ބޮޑެވެ. ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި ހިސާބުން އެކަން ސާފުވެއެވެ.

ހަގީގަތަކީ، ނަޝީދު މަޖިލިހުގެ ތެރެއިން ފެއްޓެވި މަސައްކަތް ކާމިޔާބަކާ ހަމައަށް ދާން އެތައް މަރުހަލާއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމެވެ. އިތުބާރު ނެތް ކަމުގެ ވޯޓުގައި ތިރީހަކަށް މެމްބަރުން ސޮއިކުރެއްވިޔަސް، މަޖިލިހުގައި ނަގާ ވޯޓުގައި އެ ހުރިހާ މެމްބަރުން ވޯޓު ދެއްވާނެ ކަމާ މެދުގައި ޝައްކެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ފާސް ވާން ބޭނުންވާ އަދަދަށް ވޯޓު ހަމަވެދާނެ ކަމާ މެދުގައި ޝައްކެވެ. އެއީ 44 މެމްބަރުންގެ ވޯޓެވެ.

އެމްޑީޕީ ގެ ގައުމީ މަޖިލިސް ގެ 170 ވަނަ ބައްދަލުވުމުގެ ތެރެއިން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ބްރޯއަކަށް ފައްޔާޒް ވެދާނެތަ؟

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އެންމެ ފުރަތަމަ ސޮއިކުރެއްވި ނަޝީދަށް މައްސަލައަކަށްވީ، ފައްޔާޒް ބްރޯއެއްހެން އުޅުއްވާތީއެވެ. އަދި ނިޒާމުގެ ތެރެއިން އުޅުއްވުމަށް ނަޝީދު ދާދި ފަހުން ފައްޔާޒަށް އިންޒާރު ދެއްވިއެވެ. ސިޔާސީ މައިދާނުގައި ބްރޯ ނިސްބަތް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ގާތް ޓޫރިޒަމް ވަޒީރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބަށެވެ.

އަދީބަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބާރުވެރިކަން ހޯއްދެވި މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ސިޔާސީ ބާރުވެރިކަން އަދީބު ހޯއްދަވައި، ދައުލަތުގެ މުއައްސަސާތައް ކޮންޓްރޯލްކޮށްގެން ގެންގުޅުނު ކަމަށް ބުނެ، އަދީބުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އެޅުނެވެ. އެހެންވެ، ދެ ވަނަ ބްރޯއެއް އުފެދުނަ ނުދިނުމަށް ނަޝީދު ބޭނުންފުޅު ނުވާތީ، ފާޅުގައި "މައިދާނަށް" ނުކުންނެވީއެވެ.

އެކަމަކު، އެކަން މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ގަބޫލެއް ނުކުރެއްވުނެވެ.

"އަޅުގަނޑަށް ހީވަނީ، ފައްޔާޒްގެ ޕާފާމަންސް މާ ބޮޑަށް ރަނގަޅުވީ ހެން، ފައްޔާޒް ސިފަ ކުރެވެނީ ގަޓު ހުރި ބޭފުޅެއްގެ ގޮތުގައި. އެތައް މައްސަލަތަކަކަށް ހައްލު ހޯދުމުގެ މަސައްކަތް ފެށީ. އެތައް ސަރުކާރަކަށް ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ ހައްލު އެ ކުރަނީ ނިކަން ކެރިގެން. ފައްޔާޒްއަކީ ވަރަށް ކެރޭ ބޭފުޅެއް، ބުނަން ބޭނުންވާ އެއްޗެއް ކެރިގެން ބުނާނެ،" މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު ވިދާޅުވިއެވެ.

ފައްޔާޒަށް އިނގިލި ދިއްކޮށްފައި "ނުބެހޭ ކަންތައްތަކާ ނުބެހެން" އިންޒާރު ދީފައި އޮތްތާ ދުވަސްކޮޅެއްވެއްޖެއެވެ. އެކަމަކު، ފައްޔާޒް އެމީހުންނަށް ވަކި ދުލެއް ނުދެއްވައެވެ. ފައްޔާޒް ކުރިން ވިދާޅުވެފައި ވަނީ އެ ތުހުމަތުތަކަކީ ރަނގަޅު ތުހުމަތެއް ކަމަށާއި އޭނާ ވަޒީރު ކަމުގައި ހުންނެވިހާ ހިނދަކު އެކަން ކުރައްވާނެ ކަމަށެވެ. ވާހަކަ ދެއްކުމުގެ މިޒާޖު ބަދަލު ކުރައްވަން ނޫޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އުމުރުން މެދު އުމުރަށް އައިސްފައި މިހުރީ. އަޅުގަނޑަށް ހިއެއް ނުވޭ އެއެއް ބަދަލު ވާނެހެން. އަޅުގަނޑުގެ ވާހަކަ ދެއްކުމުގެ މިޒާޖާއި މިކަންކަން ބަދަލު ކުރުމަށް އަޅުގަނޑު ނުވެސް އުޅޭނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު އަދި ކެބިނެޓުގައި ތިއްބަވާ ވަޒީރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ވަޒީރު ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިހުގެ ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެކަމަކު، ފައްޔާޒް ގަބޫލު ކުރައްވާ ކަމެއް އެބައޮތެވެ. އެއީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ސަބަބެއް ނެތް ކަމެވެ. އަދި މަގާމުން ވަކި ކުރައްވަން ޖެހޭ ފަދަ ކަމެއް ވަޒީރު ކަމުގައި ކުރައްވާފައި ނުވާނެ ކަމުގެ ޔަގީން ކަން ދެއްވިއެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ ކުރިއެކޭ އެއްގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތަކުގައި މެމްބަރުންނަށް ގުޅުއްވައި ލޮބީ ކުރައްވާ ކަމަށެވެ. އަދި މެމްބަރުން ބޭނުންވާ ކަންތައްތަކުގައި އެހެން ވަޒީރުންނާ ވެސް ވާހަކަ ދައްކަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެކަން ކުރިމަގުގައި ވެސް ކުރެއްވުމުގައި ދެމިހުންނަވާނެއެވެ.

ރައީސްގެ ބަހާ އެކު މިވަނީ ކިހިނެއް؟

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމާ މެދު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ. އެއް ބަޔަކަށް ސިފަވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައެޅުމުގައި މަޖިލިސް މެމްބަރުން ދެބައިވި ވުމަށެވެ.

އޭރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވީ މަޖިލިހުގެ ރައީސަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ގެނައުމަށެވެ. ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ. މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެ ކޯޅުންގަނޑު ވަރަށް ގިނަ ދުވަސްތަކަކަށް ދެމިގެންދިޔައެވެ. އަދި މަސްލަހަތަށްޓަކައި އެމްޑީޕީގެ މެމްބަރުން އެއްގަލަކަށް އަރައި، ނިންމެވީ މަޖިލިހުގެ ރައީސަކަށް ނަޝީދު ގެންނެވުމަށެވެ. ނަޝީދު އެ މަގާމަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވިޔަސް، އެންމެ ފަހުން އެމަނިކުފާނަށް މަޖުބޫރުވެވަޑައިގަތީއެވެ.

"އޭރުގައި 64 މެމްބަރުން (ނަޝީދު ނުހިމަނާ) އޮތީ ދެ ބަޔަކަށް ބެހިފައި. ގިނަ މެމްބަރުން ބޭނުންވީ އަފީފް. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވި ހިސާބުން. ހަމަ އެގޮތަށް މިފަހަރު ވެސް ބެހިފައި މިއޮތީ. މީގައި އުޅެނީ ނަޝީދަށް ލޯޔަލް މެމްބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލޯޔަލް މެމްބަރުން،" ނަން ނުޖަހާ ގޮތަށް "ވަގުތު"އާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި ނަޝީދު – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ރައީސް ނަޝީދު، މެމްބަރު އަފީފާއި އަސްލަމާ މަޝްވަރާއެއްގައި. – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ހިސާބުން ބައެއް މެމްބަރުންގެ ވިސްނުން ވަނީ ބަދަލުވާން ފަށައިފައެވެ. ގިނަ މެމްބަރުން ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ވައްދަން ސޮއިކުރެއްވި އެއް ސަބަބަކީ ސަރުކާރާއި މެމްބަރުންނާ ގާތް ގުޅުމެއް ނެތުމެވެ. އެ ދާއިރާތަކުގައި ތަރައްގީ މަޝްރޫއުތައް މަޑުޖެހިފައި އޮތުމުންނެވެ.

"އަޅުގަނޑަކީ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ވައްދަން ސޮއިކުރި މެމްބަރެއް. އެކަމަކު، ސަރުކާރުގެ ފަރާތުން ޔަގީންކަން ދެއްވާފައި ވަނީ މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމުގެ. ދާއިރާގެ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގާނެ ކަމުގެ. އެހެންވެ، އަޅުގަނޑު ދެ ވަނަ ވިސްނުމަކަށް ދާން ޖެހިފައި މިވަނީ،" އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރަކު ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިން ވެސް މެމްބަރުންނަށް ލޮބީ ކުރަމުން އެބަގެންދެއެވެ. އަދި ބައެއް މެމްބަރުންގެ ހިޔާލު މިކަމުގައި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަން އެނގިފައިވެއެވެ.

އިދިކޮޅު ފަރާތްތައް ބުރަވަނީ ކޮން ކޮޅަކަށް؟

ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ހައެއްކަ މެމްބަރުން ތިއްބަވާ އިރު، އެ ފަރާތްތަކަށް މި ވޯޓު ހީވެފައި ވަނީ ސިޔާސީ "ޑްރާމާ"އެއްގެ ގޮތުގައެވެ. އެކަމަކު، މިފަދަ ވޯޓެއްގައި އެ ހައެއްކަ މެމްބަރުންނަކީ ވެސް މުހިންމު އަދަދެކެވެ. މަޖިލިހުގައި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބެވި ދެ ތިން މެމްބަރުންގެ ވޯޓު ވެސް ވަކިން މުހިންމު ވާނެއެވެ.

"ވަގުތު" އާ ވާހަކަ ދެއްކި އަމިއްލަ ބައެއް މެމްބަރުން ވިދާޅުވީ ފައްޔާޒްގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމާއި ނުދިނުމާ މެދުގައި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ. އެކަމަކު ފައްޔާޒަކީ އެންމެ ހިންގުންތެރި އެއް ވަޒީރުކަން އެ މެމްބަރުން ގަބޫލު ކުރައްވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސެލްފީއެއް ނަންގަވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފައްޔާޒަށް އިދިކޮޅު ފަރާތްތަކުގެ ފަރާތުން މާ ބޮޑު ޕްރެޝަރެއް މިހާތަނަށް އައިސްފައެއް ނެތެވެ. އެކަމަކު، އިދިކޮޅު ބައެއް މެމްބަރުން ނަޝީދަށް ފަހަކަށް އައިސް ތާއީދު ކުރެއްވުމަކީ މި މައްސަލައިގައި އެ މެމްބަރުން ވަކިކޮޅެއް ނަންގަވައިގެން ތިއްބެވި ކަމަށް ބުނުމުގެ ޖާގަ އޮތް ކަމެކެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ފައްޔާޒްގެ އިތުބާރު ނެތް ކަމަށް ފާސްވިޔަ ދޭން ބޭނުން ނުވެއެވެ. އަދި ފައްޔާޒް ދިފާއު ކުރެއްވުމަށް މަޖިލިހުގައި ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ތިއްބެވި ބޭފުޅުން އެބަތިއްބެވިއެވެ.

"އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ފާސް ކުރެވޭ ވަރަށް ނަޝީދަށް ވޯޓެއް ނުލިބޭނެ. ފައްޔާޒް ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. މީގައި މިއުޅެނީ ޒާތީ މައްސަލައެއް، މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށްގެން ފައްޔާޒް އުޅުއްވަނީއެއް ނޫން،" އެމްޑީޕީ މެމްބަރަކު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު ކުރިން މަސައްކަތް ކުރެއްވީ މި މަހު މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން، ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހުގައި ނަގައި ފާސް ކުރުމަށެވެ. އެކަމަކު، ފައްޔާޒް އިތުބާރު އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ހިސާބުން، އެ މައްސަލަ ހުށަހެޅުމުގައި އާއި ސޮއި ހޯދުމުގައި މަޑު ޖެހިފައިވާ ކަން އެނގިފައިވެއެވެ.

އެކަމަކު، އަބަދުވެސް "ހަކުޅި" ކުރިއަށް ކުޅުއްވާ ނަޝީދު މިފަހަރު ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. އަރީ

    ރޯޒާނާ އާ ދިމާލައް

    31
  2. އެސް

    އަދި މިވީތަނަށް 6 ކުޅި ފަހަތަށް އޭނަކުޅުނީ!

    43
    4
    • Anonymous

      ނަޝީދަކީ އޭނާގެ ސިކުނދިއާއި ޝައިޠާނާގެ ބުންދިން ކަންކަންކުރާމީހެއް. ވަރަށް ނުރައްކާތެރި ހިޔަޅެއް.

      50
      1
      • ސީލާވަތީ

        ޢަދި ހަތަރު އަހަރު އެބަ އޮތް. ދިވެހިން ނަކީ ޝަ އިތާނުން ގެ ބަހަ އއް ފަސޭހަ އިން ހެ އއްލޭ ބަޔެ އް

        16
  3. ފާއިޒު

    އިދިކޮޅުން މިމައްސަލަ ޑްރާމާއެއްގެ ގޮތުގައި ދެކޭއިރު ލިޔުންތެރިން ނުވަތަ ނޫސްވެރިންނަށް ޙަޤީޤަތެއްހެން ހީވެފައިވާ މި މައްސަލައަކީ ޑްރާމާ އެއއްކަން މި އޮތީ ހާމަވާށެވެ. މައްސަލަ ހުށައެޅުމާށް 20 މެންބަރުންގެ ސޮއިން ފުދޭއިރު 30ސޮއި ލިބުނީމާ ހުށަ ނާޅައި ނޫސްތަކު ފަލަ ސުރުޚީ އަށް އަރުވަން ތިބުމުން ޑްރާމާ ދެއްކޭވަރު ކުޑައީ ހެއްޔެވެ?

    52
    2
  4. ގަންޖާބޯ

    މީ އަބުރާ ގޭސްގަޑެ އް މި ސަރުކާރުގެ ކޮރަޕްޝަން މާ އްސަލްތަކެ އް ފެންމަތި ވެގެންދިޔާމަ އއ އެކަމުން ރާ އްޔިތުންގެ ފޯކަސް ގެ އްލުވާލަން ކުރާކަމެ އް ރާ އްޔިތުންނޭ ދެންވެސް ހޭ އަރާ ގާ އުމު ފަސާދަ ކޮށްފި ގާ އުމު ކަ އިހުސްކޮށްފި ދެންވެސް ރީދޫ ކުދިން އަތްޖަހާ

    51
    1
    • ސީލާވަތީ

      ރީދޫ ކުދިން ނޫން ބަޔަކު ނެތް ގަ އުމެ އް. ސުޕަމެޖޯރިޓީ

  5. އަލޯ

    ކުދީންނޭ. މީ އިންޑިޔާއާއެކު.ސިއްރު ޑީލް.ހަދަންވެގެން ފޯކަސް ގެއްލުވާލަން.ޖައްސާ ގޭމެއް. ހޭއަރާތިބޭތި. މަޖްލިސް.ރައީސްކަން ހޯދަން އުޅުނުއޮރިވެސް މޮލަހަލަ.ސަކަރާތެއް ޖެހި މީހެއް މީ

    46
  6. ބޭޗާރާ

    ހަކުޅި ކުޅެގެން މިފަހަރު ގޮނޑިން ފައިބައިގެންދާނީ ... އެނޫން ކަމެއް ދެން ނުކުރެވޭނެ.

    41
    1
  7. އާދަމުގެދަރި

    މިއުޅެނީ ނަގައިދެން ކޭވަރު ގިނަ ކަމުން އެވާހަކަ ދެއްކިޔަ ނުދިނުމަށް ހިންގާ ގޭސްގަނޑެއް. ރައްޔިތުން ބަޑަށްޖެހިގެން އެވާހަކަ ދައްކަފާނެތީ ބޮލަށް ޖަހާ ޗިޕެއް. ވަޒީފާ ނެތިގެން ޒުވާނުން ރަތަށް އަރާފައިވާތީ ގަންނަ ގަނޑެއް.

    43
    2
    • ސީލާވަތީ

      ޙަމަ ހެޔޮ ވާހަކަޔެ އް. ދެން ކަމަކީ މިކަހަލަ ދެބޯގެރި ވޯޓް ނަގާ ރަ އްޔިތުން ނަށް އޮޅުވުން.

      13
  8. ހިޔާލު?

    ޑިޑް އެނީ ވަން ނޯޓިސް ދެޓް ދެޔާ ޓަ އި ކަލާސް.? އަ އި ތިންކް ދޭ ޗޭންޖް ޕާޓީ ސް.

    12
    1
  9. އިސްތިއުފާ

    ރައީސް އިބޫ އަށް ރާއްޖެ ހިންގަން ނޭގުނޭ ފައްޔާޒަށް ރާއްޖޭގެ އިގްތިސާދަށް ފައިސާ ވަންނާނެ ގޮތް ހޯދަން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ކުއްޔަށް ނުދެވުނޭ ރައީސް އިބޫ ވެސް އިސްތިއުފާ ރައީސް އިބޫގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ނައިބް ރައީސް ފައިސަލް ވެސް އިސްތިއުފާ ދޭންވީއޭ ބޮޑު އިސްތިއުފާ ކެބިނެޓް ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    27
    1
  10. Anonymous

    މިދެމީހުންނާއި މިމީހުންގެ ފަޅިން މަޖިލުހަށް ވަދެތިބީ މުނާފިގުގޮތްގަނޑުބޮޑު ދޮގުވެރި މަކަރުވެރި ޔަހޫދީ ވައްތަރުގެ ބައެއް. ތިވެސްވާނީ ރައްޔިތުންގެ ސިކުނޑިތަކާކުޅެނީކަމަށް. އެއްފަހަރު ސޯލިހު ސޯލިހު ކުރާނެ. އަނެއްފަހަރު ނަޝީދު ސޯލިހުކުރާނެ. އާހިރުގައި ވެއްޓެނީ ވަދުވެގެން ގަސްބުޑަށް، މައްސަލަ. ދެންވަޅުޖަހަނީ. އެހިސާބުން ފިލްމު ނިމި "ދައެންޑް" އަރާނެ.

    21
  11. ހަސަދު

    ގައުމެއްގެ ވަޒީރުންނަށް ތިބެން ޖެހެނީ އެދާއިރާއިން ތަޖުރިބާ ހުރި އަދި އަޚުލާގީ ފެންވަރުވެސް ރަނގަޅޫ ބޭފުޅުން. ފައްޔާޒް މިހުރިހާ ކަމަކުން ފެއިލް ވެ އެބަ. ވީމާ ވަޒީރުންގެ ތެރޭގައި ބަހެއްޓުން ރަނގަޅެއްނޫން.

    19
    4
  12. ޖައްސަންވީއޭ

    ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު، މިސްރާބު ހުރީ ގިއޯ ޕޮލިޓިކްސް ވެސް މީގައި ހިމެނޭނެ ގޮތަށޭ ލަންކާ ގައި އޮތް އިންޑިއާ އަށް ތާއީދު ކުރާ ސަރުކާރު ބަދަލު ކުރީ ޗައިނާގެ ފައިނޭންސް ލިބިގެންނޭ ޕީޕީއެމް ޑިއާރުޕީ ކޯލިޝަން އިން އަވަހަށް ޗައިނާގެ އެމްބެސެޑަރާއި ބައްދަލު ކޮށްގެން ބައްލަވަންވީ ޗައިނާ އިން ޕީޕީއެމް ކެމްޕެއިން ކުރަން ފަންޑް ލިބޭތޯ މަހަކު 10 މިލިއަން ޑޮލަރު ލިބުމުން ފުދޭނެއޭ އެއިރުން ޕީޕީއެމް އަށް މެމްބަރުން އިތުރު ކުރެވޭނެއޭ އަދި ޕީޕީއެމް ނަމުގައި ހުޅުމާލޭން ގޯތި ވެސް ގަނެވޭނެއޭ އަދި ހުޅުމާލޭން އެޕާރޓްމެންޓް ވެސް ގަނެވޭނެއޭ އެތަން ތަން ކުއްޔަށް ދީގެން ފައިސާ ވެސް ލިބޭނެއޭ މިކަން ކުރަންވީއޭ މިހާރުން މިހާރަށް ޕީޕީއެމް އިން...

    16
  13. މުޙައްމަދު އަޙްމަދު އ.އ ތޮއްޑޫ

    ބާޤީ ވަހީދު ގެ އެޑިޔުކޭޝަން މިނިސްޓަރ ޢާސިމް އަށް އެމްބެސެޑަރ ކަން. މިއީ މަޖްލިހުން ފާސްކޮށްގެން ވާނެ ކަމެއް ނޫން. ބަޢާވާތް ހިންގި އެއްވެސް މީހަކަށް އެއްވެސް ވަޒީފާ އެއް ދިނުމަކީ އެމްޑީޕީގެ ޕާލިއަމެންޓަރީ ގްރޫޕްގެ ސިޔާސަތެއް ނޫން. އިބޫ ވަރަށްބޮޑަށް ގޯސް ހަދާކަން މިކަމުންވެސް އިނގޭ.

    8
    13
  14. ގައިދުރު

    މަޖްލިސް މެމްބަރުންނަށް މިހާރު އިނގޭނެ، މަޖްލިސް ރައީސްއަށްވުރެން މެމްބަރުންގެ ބާރުގަދަކަން އަދި ބާރުގަދަވާނެކަން! މެމްބަރުންނުޖެހޭ ވަކިމީހަކުގެ ބަސްއަހާކަށް!

    17
  15. އަހުމަދު

    ފައްޔާޒަކި ހަމަ ބްރޯ އޭނާ ކުރި ވިޔާފާރިއެއް ވިއްޔާ މިހާތަނަށް އޮތީ ބަނގުރޫޓް ވެފައި ދެތިން ހާސް ބިދޭސީން ބޭރު ކުރިއިރު މިހާރުވެސް ބޯޑަރު ހުޅުވާލި ފަހުން 2000 މީހުން ގެނެސްފި... ރިސޯޓެއް ހަދަން ރަށެއް ނަގަން އުޅުނު މެލޭސިޔާ ބަޔެއްގެ އަތުން ތިންމިލިއަން ޑޮލަރު ހޯދަން ހުދު ފައްޔާޒު މެލޭޝިޔާއަށް ދިޔައީ އެންމެ ފަހުން އެމީހުން އެފައިސާ ނުދިން އަދި ރާއްޖޭގައި އިންވެސްޓް ނުކުރަން އެމީހުން ނިންމީ މިސަރުކާރުގައި ނުހައްގުން ކަޓު ނަގާ އެފައިސާ ސޯލިހަށް ހޯދާ ދެނީ ފައްޔާޒު އަލީވަހީދާ ވެސް ޖެހުނީ އެމައްސަލަ މިމީހުންނަށް ނޭގި އަލީވަހީދު ބޮޑު ކަޓެއްނެގީ ބައިނޭޅީމާ މައްސަލަ ދިމާވީ މިއީ ވަރަށް ވާހަކަ

    17
    • ސީލާވަތީ

      ޙުރިހާވެސް. މަ އްސަލަޔެ އް ދިމާވަނީ ބަ އިނާޅާތީ. ބަ އި އި އަޅާނަމަ ދޮންކަޅުވެސް ނޭގެނެ. ދިވެހިން ނަށް

  16. އަހުމަދު

    ފައްޔާޒު މެން ކުންފުނިން ނެގި ދިހަ ރިސޯޓުން އެންމެ ރިސޯޓެއް ނުހެދި ދިހަ އަހަރު ދިޔަ މިވަރު ދެން ވިޔަފާރީގައި ކާމިޔާބު ވާނީ އޭނާ ކުރި އެއްކަމެއް ނެތް ކާމިޔާބު ވެފައި އަޑު ހަރުކޮށް ވާހަކަ ދައްކަނީ....... ދެތިން ހާސް ބިދޭސީން ބޭރު ކުރީކީ ނޫން އަމިއްލައަށް ގިނަ މީހުން ދިޔައީ މިހާރު ބޯޑް ހުޅުވިފަހުން 3 ހާސް މީހުން އިތުރަށް ގެނެސްފި

    18
  17. ސލ

    ނަސީދަދަށް ވޯޓް ނުދިނުމަށް ގޮވާލަން ރާ އްޖޭގަ އި އ އަނިޔާ
    ވެރިކަމާ އ އި ބަދަލު ހިފުން އާއްމުކުރީ ނަސީދެވެ ނަސީދަށް
    ވޯޓް ނުދޭށެވެ.

    18
    1
  18. ކުދުވާނޑި މުހުންމާ

    ރައީސް ނަޝީދަކީ ދޮންމީހުންގެ ފަރާތުން ކަންކަން ހިންގަން ދަސްކޮށްފައި ހުރިމީހެއް. ރައީސް ނަޝީދާއި ރައީސް ސާލިހް އަކީ އެކައްޗެއް، މިދެމީހުން މިކުޅެނީ ހަމަ އެކައްޗެއް. ފައްޔާޒު ދުރުކުރުމުގެ ވިސްނުމެއް ހުއްޓަކަސް މިވަގުތު މިކަމެއް މަޖިލީހަށްވައްދައިގެން މިއުޅެނީ މިސަރުކާރުގެ ނާގާބިލު ކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ފެންމަތިވެ، ހާއްސަކޮށް ކޮވިޑާއި ހެދި ގައުމުގެ އިގްތިސޯދު ގެއްލި އެތަކެއް ބައެއްގެ ވަޒީފާ ގެއްލި ޑޮލަރުގެ އަގުމަތިވެ ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓްވުމަށް ދަތިތަކެއް ދިމާވެ ބާޒާރުގައި މުދަލުގެ އަގުމަތިވެގެން ދާއިރުވެސް ސަރުކާރުގެ ތެރެއިން ބައިތުލްމާލުން ވައްކަންކުރާކަން ފަޅާއަރައިގެ މިހާރު މިދެކެވޭ މެޑިކަލް ސާމާނު ގަތުމުގައި ރައްޔިތުންގެ ހަޒާނާއިން އެތަކެއްހާސް މިލިޔަނުން ފައިސާ ގެއްލުނީމައި އެވާހަކަތަށް އޮއްބާލަން ނޫސްތަކުގެ ސުރުހީތަކަށް ދޫކޮށްލި ހަތިޔާރެއް. ޒަމާނުއްސުރެން ދިވެހިރައްޔިތުންނަކީ މިބާވަތުގެ ކަންކަމުގައި އެއަރާ ބާރުގައި ހަޅޭލަވާފައި ކުޑަހިދުކޮޅަކުން އެކަން ހަނދާންނައްތާލާ ބައެއް. ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެންވެސް ތިބި އެމްޑީޕީ މީހުންނަށް މިކަންކަން އެނގޭތީވެ އެމީހުން މިއަދު ގައުމުގެ ރައްޔިތުން އެމީހުންބޭނުވާ ގޮތަކަށް ބޭތިއްބުމަށް މިކުޅޭ ކުޅިވަރަކީ ސިޔާސީ ގޮތުން މިކަހަލަ ކަންކަން ނެރެ ތިލަކޮށްގެން ރައްޔިތުންގެ ފޯކަސް އަނބުރާލަނީ. މިއީ ހަގީގަތް.
    މިއީ ޔޫރަޕާއި އެމެރިކާ ދުނިޔޭގައި އެމީހުން ބޭނުންވާ ކަންކަން ކުރުމަށް ގެންގުޅޭ ސްޓްރެޓެޖީ. މިގައުމުގައި މިއަދު މިތިބީ ހަމަ އެބާވަތުގެ މީހުން. މިމީހުން ނުކުރާކަށް ހަަމައެއްކަމެއްވެސް ނޯންނާނެ.

    15
    2
  19. އަސްލު ވަގުން

    ތިން ބޯގެރި!

  20. އަސްލު ބަގުން

    ތިންބޯ ގެރި!

  21. ނުކުރެވޭދޯ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ޔަގީނުން ވެސް މާލެ ސަރަހައްދުން މަދެއް ނުވޭ މާލޭގެ ޖުމްހޫރީ މައިދާނުގައި މުޅިން ވެސް އެމެން ތިބެނީ ދެން މަޖީދީމަގުގައި އެވަރަށް ތިލަފުށި އެއްކޮށް އެއީ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން އެމްޓީސީސީ ފެރީގައި ތިލަފުއްޓަށް ދެވެން ޖެހޭނީ ސައްހަ ވާރކް ވިސާ އޮތް މީހުން ކަމުގައި ހަދާނަމަ ވެސް މާލެ ސަރަހައްދުގައި ތިބި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މަދުވާނެއޭ އެކަން ވެސް ކުރަން ނުކެރޭ އިކޮން މިނިސްޓަރު ފައްޔާޒު ބްރޯ އަށް ދޯ...

  22. ޙަބީބު

    ރާ އްޖޭގަ ބާރު ދުވެލީގަ ވަމުންދިޔަ ތަރަ އްގީ ބުޑުދަށުން ވަނީ ބިންދައިގެންގޮސް ވެ އްޓިފަ ޔާމިނު ހޮ އްވެވި ނަމަ މި އަދު ރަ އްޔިތުން ތިބީހީ އުފަލުގަ ދެންވެސް ކިނބުލެ އްގެ ދުވެލިން ސަލާމަތްވެ ޔާމިނު ޖަލުން މިނިވަންކޮ އް ތަރަ އްގީ ހޯއ އްދަވާ

  23. ސަރިފާ

    ހެޔޮ ކޮންމެ ދިމާލަކަން ހުންޓަސް މަށަންކީން ތި އެންޑީޕީގެ މަޖްލިސް ތެރޭގައި ތިބީ މުޅިންވެސް ލާދީނީ މީހުނާ ކަރަޕްޓް މީހުން

  24. ޖާބެ

    އޮޕޮޒިޝަން ޑިސްޓްރެކަޓްކުރަން ކުރާކަމެއް މިއީ މިކަމުން އޮޕޯޒިޝަންގެ ފޯކަސް ޑައިވާޓްކޮށްލުން މިކަމުގެ ސަބަބުން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަޤްސަދުގެއްލޭނެ.

  25. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ފައްޔާޒު އަކީ، "ދެކޮޅުންކާ ސޫފި" އެއް. އެއް ކޮޅުން، ބަންގާޅީ މީހުން ތަކެއް ފޮނުވާލާނެ. އަނެއް ކޮޅުން، ބަންގާޅީން ތަކެއް ގެންނާނެ. ދެކޮޅުންކާ ސޫފި އެއްގެ ވާހަކަ ކިޔާ އުޅޭ. ފައްޔާޒް ތިމައްނާ އެއް ނޫނޭ ބުންޏަސް، މިވަރުވީމާ ދެކޮޅުން މިކަނީ ކޮން ސުއިއްޕެއް-ކަން ކުޑަކުދިންނަށް ވެސް އިނގޭނެ.

    • ރަންބުއްދި

      ތިޔައީ ޕާކިސްތާނަށް އެރި ރޯފަންފުޅަނގި އަށް ވުރެވެސް ނުރައްކާތެރި ސޫއްޕެއްތާ!

  26. މޫސަ

    މިފަހަރު ބޮ އްޅަބޭ ވަރަށް ރަނގަޅަށް ފަޟީހަތްވާނެ. އޭނާ އަށް ތާ އީދެ އް ނެތްކަން އެނގޭނެ. އެހެންވެ މަ އްސަލަ ލާން ނުކެރިގެން އެ އުޅެނީ.

  27. 15ވަކި15

    ހެހެ ވަކި ދިމާލެއް އެމެރިކާއިން ވެސް ދުނިޔެ ދަވާލަން ކަމެއް ކުރަން ވީމަ އިިޒްރޭލް ލައްވާ ފަލަސްޠީން ތަޅާލާނީ . ދހެނ ހުރިހާ މީޑިއާއަކުން އެވާހަކަ ދައްކާ ދައްކާ ތިބޭނެ ހަމަ އެކަހަލަ ކަމެއް ތީ.. މަޖްލީހުގަ އާއި އެހެންތާގައި ވައްކަން ކުރާ މީހުން އަށް އަދަބު ދިނުމަށް ގޮވާލަމުން ޢަމަލީ ގޮތުން ވައްކަން ކުރާތަން މިފެންނަނީ.. އެހެންވީމަ ފަލަސްޠީން ތަޅާލުން ކަހަލަ ކަމެއް ތީ.. މިހާރު ތިވާހަަކ ދައްކާ ދައްކާ ނޫސް ވެރިން އާއި އަހަރުމްނެ ޢާންމުން މިތިބެނީ ދެގޮލާ އެއްބަސް ވެގެން ޖީބަށް އެޅުމުގަ.. އަކްޝޭވެސް ތިކަހަލަ ފިލްމެއް ކުޅެފަ އޮންނާނެ. ޕޮލިސް ޔުނީފޯރމެއް ލައިގެ އެކުވެރިޔާ ލައްވާ ވައްކާން ކުރާނެ ކޮންމެވެސް ޝަވަރުމާއެކޭ ކިޔާފަ.. އަކްޝޭޢާއި އެދެމީހުން ވައްކަން ކޮށްފައި ބައި ބެހި ގޮތާ އަނެކަކު އެއްބަސް ވިތާ... މީގަ ފަޅައިގެން ދާނީ ހަަމ ކުރިން ވީހެން ވަގަށްނެގި ހުރިހާ އެއްޗެއް ހިފައިގެން އެކަކު ފިލީމަ.. މިބައިބައިމީހުންގެ ޝިޢާރަކީ 5 އަހަރުގަ ދަނޑު ގޮވާން ހެއްދުން އަނެއް 5 އަހަރު މަޖާކުރުން. މަމެން ގުބޯ ހެދިފަ މިތުބެނީ ...

  28. މުޙައްމަދު

    ސައުތުން ނޯތައް

  29. ދިއްގާ އައިސަ

    ހައްްޤުބަސް ބުނާ މީހަކާމެދު ފިޔަވަޅު އަޅާނެ އެހެޔޮ ފައްަޔާޒެއް އެހެން ޔާޒެއް ވިޔަސް އެމީހުންެގެ ދަށުން ތިބޭއިރު އެމިހުން ހެދިހާ ގޮތަކައް ހެދިގެން ތިބެން ޖެހަޭނި ވަޒީފާ ބޭނުމިއްޔާ

  30. ކިނބޫ

    "އަޅުގަނޑަކީ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ވައްދަން ސޮއިކުރި މެމްބަރެއް. އެކަމަކު، ސަރުކާރުގެ ފަރާތުން ޔަގީންކަން ދެއްވާފައި ވަނީ މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމުގެ. ދާއިރާގެ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގާނެ ކަމުގެ. އެހެންވެ، އަޅުގަނޑު ދެ ވަނަ ވިސްނުމަކަށް ދާން ޖެހިފައި މިވަނީ،" މީ "މާއްކޫ އޮޑިޓަރު" ކަހަލަ އެމްޑީޕީ ގުންޑާއިންގެ ހާލު ހުރިގޮތް މިއޮތީ އެއިން މީހަކު އަމިއްލައަށް ބުނެފަ. ތިމާ ބޭނުންވާ ކަންތައް ވަންޏާ އިތުބާރު ނެތް ވަޒީރަކު ވެސް އޯކޭ. ސަޅި ދޯ!

  31. ކިނބޫ

    ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ވައްދަން ސޮއިކުރި މެމްބަރެއް. އެކަމަކު، ސަރުކާރުގެ ފަރާތުން ޔަގީންކަން ދެއްވާފައި ވަނީ މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމުގެ. ދާއިރާގެ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގާނެ ކަމުގެ. އެހެންވެ، އަޅުގަނޑު ދެ ވަނަ ވިސްނުމަކަށް ދާން ޖެހިފައި މިވަނީ،" މީ "މާއްކޫ އޮޑިޓަރު" ކަހަލަ އެމްޑީޕީ ގުންޑާއިންގެ ހާލު ހުރިގޮތް މިއޮތީ އެއިން މީހަކު އަމިއްލައަށް ބުނެފަ. ތިމާ ބޭނުންވާ ކަންތައް ވަންޏާ އިތުބާރު ނެތް ވަޒީރަކު ވެސް އޯކޭ. ސަޅި ދޯ!

  32. ައޮފްބެ

    ރާއީސް ނަޝީދު ނުސީދާކޮށް ޗެކްކޮށްލީ ވެރިކަމުގެ ނީޡާމް ބަދަލުކުރަން ސަޕޯރޓް އޮތޯ...