މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާތަނަށް 18 އެއްބަސްވުމަކާއި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އިންޑިއާ އިން ދެ ބިލިއަން ޑޮލަރުގެ ޕެކޭޖެއް ވަނީ އިއުލާންކޮށްފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހަތަރު ފަހަރެއްގެ މަތިން ބައްދަލު ކުރައްވައިފިއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަކި ނުކުރެވޭނެ ވަރުގެ ގުޅުމެއް އުފެދިފައެވެ. އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގައުމެއްގެ ގޮތުގައި ހެދިއެވެ. ހަމައެގޮތަށް އިންޑިއާގެ ފުރަތަމަ ސިޔާސަތަކީ އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުން ކަމުގައި ހެދިއެވެ. ނަތީޖާއަކަށްވީ، މީގެކުރިން އުފެދިފައި ނުވާ ފަދަ ވަރުގަދަ ގުޅުމެއް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރެވިފައި އޮތުމެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަވަމުން އަންނަ "ރަމްޒެއްގެ" ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ދެއްކެވީ ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި މަޝްރޫއުތަކާއި އެއްބަސްވުންތަކެވެ. އަދި ރާއްޖޭގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ނިޒާމަށާއި އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅިގެން އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ، މިފަދަ އެއްބާރުލުމެއް އިންޑިއާގެ ފަރާތުން އެހެން ގައުމަކަށް މީގެ ކުރިން ފޯރުކޮށްދީފައި އޮތް ހެން،" މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ހައި ކޮމިޝަންގައި "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އިންޑިއާގެ އޮތީ އެންމެ ބޭނުމެއް، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން!

ދުނިޔޭގައި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އިންޑިއާއަކީ ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅިލާމެހިފައި އޮތް ގައުމެކެވެ. ކިތަންމެ ބޮޑު އަދި ކުޑަ ގައުމަކަށް ވިޔަސް، އިންޑިއާގެ އެހީ ނުހޯދާ ފަހަރު މަދެވެ. އިންޑިއާއަކީ ފުޅާ ދާއިރާއެއްގައި ގިނަ އަދަދެއްގެ މުދާ ޔޫރަޕްގެ ގައުމުތަކަށާއި އެހެން ގައުމުތަކަށް ގަވައިދުން އެކްސްޕޯޓު ކުރަމުން އަންނަ ގައުމެކެވެ.

އިންޑިއާ އިން ވަނީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކާ އެކުގައި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާ، ތައިލެންޑް، އަފްޣާނިސްތާން، ނޭޕާލް، ޗިލީ، ސިންގަޕޫރު، ފިލިޕީންސް އަދި ޖަޕާން ފަދަ ގައުމުތައް ހިމެނެއެވެ. އެކަމަކު، ރާއްޖެއާ އެކު، އެފްޓީއޭ ގާއިމު ކުރުމަކީ ރާއްޖެ އަށް ފައިދާ ހުރި ކަމެއްގެ ގޮތުގައި އިންޑިއާ ސަފީރު ދެކެވަޑައިނުގަންނަވައެވެ. އިންޑިއާ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއާ އަވަށްޓެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮވެ، ދިވެހި އިގްތިސާދު ވަރުގަދަ ކުރުން ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

އެހެންވެ، ސަފީރު ވިދާޅުވީ ދިވެހި އިގްތިސާދަށް ގެއްލުމެއް ލިބޭ އެއްވެސް އެއްބަސްވުމެއް އެކުލާވަލުމަކީ އިންޑިއާގެ ސިޔާސަތެއް ނޫން ކަމަށާއި އިންޑިއާގެ ބޭނުމަކީ ދިވެހި އިގްތިސާދު އާރާސްތުކޮށް ދިނުމުގައި ބައިވެރިއަކަށް ވުން ކަމަށެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރު ވެސް 80 އަށް ވުރެ ގިނަ މަޝްރޫއު ދަނީ ހިންގަމުންނެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު "ޓްރެވަލް ބަބުލް" އެއް ގާއިމުކޮށް، ބޭސްފަރުވާ އަށް ދާން ޖެހޭ ދިވެހިން އިންޑިއާ އަށް ފޮނުވުމުގެ މަސައްކަތް ކާމިޔާބުކަމާ އެކީގައި ދަނީ ކުރިއަށެވެ. ރާއްޖެ އަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ހާއްސަކޮށް، އެއާ އިންޑިއާ އަދި އިންޑިގޯގެ ދަތުރުތައް ވަނީ ފަށައިފައެވެ.

އިންޑިއާގެ އެހީތެރިކަމާ އެކީގައި ބޮޑެތި، ބިޔަ މަޝްރޫއުތަކެއް ހިންގަން ވަނީ ތައްޔާރުވެފައެވެ. މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއާއި ގުޅީފަޅު ބަނދަރު ހެދުމުގެ މަޝްރޫއާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު މި މަހުގެ ފަހުކޮޅު ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް މަޝްރޫއެއް ވަނީ ފެށުމާ ގާތުގައެވެ.

އިންޑިއާގެ އެހީގައި ފެށުމަށް ތައްޔާރުވާ މަޝްރޫއުތައް:

1- ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމުގެ މަޝްރޫއު.

2- 34 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު.

3- ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް ގާއިމު ކުރުމުގެ މަޝްރޫއު.

4- ހުޅުމާލޭގައި ކްރިކެޓު ސްޓޭޑިއަމެއް އެޅުމުގެ މަޝްރޫއު.

5- ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު.

6- މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއު.

7- ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު.

ދިވެހިންނަށް ކެންސަރު ހޮސްޕިޓަލަކާއި ކްރިކެޓް ސްޓޭޑިއަމެއް!

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް އެންމެ ގިނަ އިން ހިންގަމުން އަންނަ އެއް އަވަށަކީ ހުޅުމާލެއެވެ. އިންޑިއާގެ އެހީތެރިކަމާ އެކު، އެ އަވަށުގައި ކެންސަރު ހޮސްޕިޓަލަކާއި ކްރިކެޓު ސްޓޭޑިއަމެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ ސަފީރު ވިދާޅުވީ 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ކުރިއަށް ދާނީ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށެވެ. ހޮސްޕިޓަލް އެޅުމުގެ އިތުރުން އިންސާނީ ވަސީލަތް ގާއިމުކޮށް ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުން ތަމްރީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުގައި، ސަފީރު މިސާލެއްގެ ގޮތުގައި ދެއްކެވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ އެއް ރަމްޒު ކަމަށްވާ އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި ތަނެކެވެ. ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު ހިދުމަތް ހޯދަމުން އަންނަ އެއް ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ.

ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ޓެންޑްރިން އަށް ހުޅުވާލައިފައެވެ. ސަފީރު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ކުރާނެ ފަރާތެއް ކަނޑައެޅިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހުޅުމާލެ

ކެންސަރު ހޮސްޕިޓަލުގެ ސަބަބުން ކެންސަރު ބަލީގެ ފަރުވާއަށް ދިވެހިން ކުރާ ހޭދަ ބޮޑު އިންސައްތައަކުން ދަށަށް ދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އާސަންދަ އާއި ދިވެހި ސަރުކާރަށް ކުރަން ޖެހޭ ހަރަދުތައް ލުއިވާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. ސަފީރު ވިދާޅުވި ގޮތުގައި ކެންސަރު ހޮސްޕިޓަލަށް ބޭރުގެ ގައުމުތަކުގެ މީހުން ފަރުވާ ހޯދަން އައުމުގެ ފުރުސަތު ވެސް ބޮޑެވެ.

"އެއީ މި ހޮސްޕިޓަލް ވެގެން ދާނީ، އެންމެ ޒަމާނީ ފެންވަރަށް މި ސަރަހައްދުގައި ހަދާ ހޮސްޕިޓަލަށް ވާނެ. މިއާ ގާތް ކުރާ ހޮސްޕިޓަލަކަށް ހުންނާނީ މުމްބާއީގައި. އެހެންވީމަ އިންޑިއާގެ ދެކުނު ސަރަހައްދުތަކުގައި އުޅޭ މީހުން މުމްބާއީ އަށް ދިއުމުގެ ބަދަލުގައި މިތަނަށް އަންނާނީ،" ސަފީރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކްރިކެޓު ދަނޑާ ބެހޭ ގޮތުން ސަފީރު ވިދާޅުވީ އެ ތަން ހެދުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވޭ ވަރުގެ 20،000 މީހުންގެ ޖާގައިގެ ދަނޑެއް ކަމަށާއި އުންމީދަކީ އައިޕީއެލް މެޗުތައް އެ ދަނޑުގައި ކުޅެވޭނެ މަގުފަހިވުން ކަމަށް ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވި ގޮތުގައި މި މަޝްރޫއުތައް ނިމުމުން، އެ ތަންތަނުން އާމްދަނީ ހޯދުމަކީ ދިވެހި ސަރުކާރުގެ ކަމެކެވެ.

"ދިވެހި ސަރުކާރުގެ ކަމެއް އެއީ މިފަދަ މަޝްރޫއުތަކުން އާމްދަނީ ހޯދުމަކީ. އެއީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ވިޔަސް، ކްރިކެޓު ސްޓޭޑިއަމް ވިޔަސް، ކެންސަރު ހޮސްޕިޓަލަށް ވިޔަސް، އެކަން ކުރުމުގެ ފުރުސަތު އެބައޮތް،" ސަފީރު ވިދާޅުވިއެވެ.

އިންޑިއާ އިން ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު މަޝްރޫއުތަކުގެ ތެރޭގައި ސެންޓްރަލް ޕާކް ތަރައްގީ ކުރުމުގެ މަސައްކަތާއި ޖެޓީ މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި ދެ މަޝްރޫއަށް 9.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންސާނީ ވަސީލަތް ބިނާ ކުރުމުގައި ބުރަ މަސައްކަތެއް

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއާ އެކު ގާއިމު ކުރި ގިނަ އެމްއޯޔޫތަކުގެ ތެރޭގައި އިންސާނީ ވަސީލަތްތައް އިތުރުކޮށް މީހުން ބިނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ. ސިވިލް ސާވިސް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ދިވެހި ސިވިލް ސާވަންޓުން ވަނީ ތަމްރީންކޮށްފައެވެ. އަދި ދިވެހި ޑިޕްލޮމެޓުން ދެ ބުރެއްގެ މަތިން ތަމްރީންތަކެއް ފުރިހަމަކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލިހުގެ އޮފިޝަލުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގައިފައެވެ. ކްރިކެޓު އަމްޕަޔަރުންނަށް ހާއްސަކޮށް ތަމްރީންތަކެއް ހެދިއެވެ.

މީގެއިތުރުން ކަސްޓަމް އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާ 40 އޮފިޝަލަކު ވަނީ ތަމްރީންކޮށްފައެވެ. އިންޑިއާ ސަފީރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ބަލިމަޑުކަމާ ހުރެ، މީހުން ތަމްރީން ކުރުމުގެ މަސައްކަތް މަޑު ޖެހިފައިވިޔަސް، އޮންލައިންކޮށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމައިފައެވެ. އަދި އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އިންޑިއާ ސަފީރު ވިދާޅުވިއެވެ.

އިންޑިއާ ސަފީރު މިދިޔަ ހޯމަ ދުވަހު "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

"ފިރިހެން އަދި އަންހެން ކްރިކެޓު ޓީމުތަކުން މިދިޔަ އޭޕްރީލް މަހު އިންޑިއާ އަށް ގޮސް، ތަމްރީންތަކެއް ހަދަން ނިންމި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެކަން ވަނީ ކެންސަލް ކުރަން ޖެހިފައި. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމާ އެކު، އެ ތަމްރީންތައް ހެދޭނެ،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ އިންޑިއާ އިން މެޑިކަލް ޓީމްތައް ރާއްޖެ އައި، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައި ވާނެ ކަމަށެވެ. އަދި އެއާޕޯޓު ސެކިއުރިޓީންނަށާއި ފުލުހުންނަށް ވެސް ތަމްރީންތަކެއް ހިންގި ކަން ފާހަގަކުރެއްވިއެވެ. ސަފީރު ވިދާޅުވީ މި އަހަރުގެ ކުރީކޮޅު ދިވެހި 20 ފަޔަ ފައިޓަރުންނަށް އިންޑިއާގައި ތަމްރީންތަކެއް ހަދާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިން އެކިއެކި ރޮނގު ރޮނގުން ބިނާ ކުރުމުގައި އެހީވާން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ހާސިލް ކުރަން ބޭނުން ވަނީ ކޮން ކަމެއް؟

އިންޑިއާ އިން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި 13 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 29 މަޝްރޫއެއް ކުރިއަށް ގެންދާނެ ކަން އިއުލާން ކުރިއެވެ. އޭގެ ތެރޭގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކާއި ރަށްރަށުގައި ފިޝަރީޒް ޕްލާންޓްތައް ގާއިމު ކުރުމާއި ފެން ރައްކާ ކުރާ ޕްލާންޓުތައް ގާއިމު ކުރުމާއި ޖިމްތަކާއި ކުޑަކުދިންގެ ޕާކްތައް ގާއިމު ކުރުމުގެ ކުދި މަޝްރޫއުތައް ހިމެނެއެވެ. އޭގެ ކުރިން، އިންޑިއާ ސަރުކާރުގެ އެހީގައި ބޮޑެތި މަޝްރޫއުތަކެއް ވަނީ ނިންމާލައިފައެވެ. އޭގެ ތެރޭގައި ވާނީގައި ތަރައްގީ ކުރަމުންދިޔަ ޕޮލިސް ޓްރެއިނިން ސެންޓަރު ހިމެނެއެވެ. އަދި އައްޑޫގައި އަޅަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ނިމެނޭ ކަމަށް ވަނީ ލަފާކޮށްފައެވެ.

އައްޑޫގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީ. --- ފޮޓޯ: އަހުމަދު ޒާހިދު

އިންޑިއާ ސަފީރު ވިދާޅުވީ މި މަޝްރޫއުތަކަކީ ރާއްޖޭގެ ކުރިއެރުމަށް މުހިންމު މަޝްރޫއުތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާ އަށް ލިބޭ ހަމައެކަނި އެއްޗަކީ އަވަށްޓެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިކަމުން އިންޑިއާ އަށް ލިބޭނެ އެއްޗަކީ، ރާއްޖެއަކީ އަވަށްޓެރި، ރަހްމަތްތެރި ގައުމެއްގެ ގޮތުގައި އޮތުން. ރާއްޖެ ކުރިއަރާ ތަން ފެނުން. މީހުން ކާމިޔާބު ބަޔަކަށްވުން. އެންމެން ވެސް ހިތްހަމަޖެހިފައި ތިބުމުން. މުޖުތަމައު ބިނާ ކުރެވުން. މިފަދަ ކަންކަން ބޭނުންވޭ. ރާއްޖެ އަށް ކޮންމެ ކަމެއް ދިމާވި ކަމުގައިވިޔަސް، އިންޑިއާ އަބަދުވެސް އޮންނާނީ އެހީތެރިވާން ތައްޔާރަށް،" އިންޑިއާ ސަފީރު ވިދާޅުވިއެވެ.

އިންޑިއާ އިން ދާދި ފަހުން ވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ދިނުމަށް ނިންމައިފައެވެ. އަދި މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދިނުމަށް ވެސް އިންޑިއާ އިން ނިންމިއެވެ. ބްރިޖު މަޝްރޫއު އަށް ދިން އެހީތަކުގެ ތެރޭގައި ލޯނާއި ހިލޭ އެހީ ވެސް ހިމެނެއެވެ.

އެކަމަށް އިޝާރާތް ކުރައްވައި، އިންޑިއާ ސަފީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ ފިޔަވައި އިތުރު ގައުމަކުން މިހާ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ވެފައި ނޯންނާނެ ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެ އަށް އެހީވާން ޖެހުނީ، ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ކަން އެނގޭތީ ކަމަށް ވެސް ސަންޖޭ ސުދީރު ވިދާޅުވިއެވެ.

"އިންޑިއާ އިން ރާއްޖެ އަށް އެހީ ނުވާ ނަމަ، ދިވެހި ސަރުކާރާއި ރައްޔިތުންނަށް ފައިދާއެއް ނުވާނެ،" ސަފީރު ވިދާޅުވިއެވެ.

އިންޑިއާ ސަފީރު ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ނުދެވި، ރާއްޖޭގައި ހުރި ތަންތަން ވިއްކާލަން ޖެހޭ ހާލަތަކަށް ދާން އިންޑިއާ ބޭނުން ނުވާ ކަމަށެވެ.

"ކީއްވެތޯ އެހެން ގައުމުތަކުން ރާއްޖެ އެހީތެރިވާން ނުނިކުންނަނީ؟ އެކަމަކު، އިންޑިއާ އިން ވަނީ ރާއްޖެ އަށް އެހީވާން ނުކުމެފައި،" ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ އަށް ހާއްސަ އިސްކަމެއް ދީގެން ބޭހާއި ކާބޯތަކެތި ފޯރުކޮށްދިން ކަން ފާހަގަ ކުރައްވައި ސަފީރު ވިދާޅުވިއެވެ.

ސަންޖޭ ސުދީރު ވިދާޅުވީ އެހެން ގައުމުތަކާ ހިލާފަށް މަޝްރޫއުތަކުގެ ޓެންޑްރިން މަރުހަލާ ކުރިއަށް ދާނީ އިންޑިއާ ސަރުކާރުގެ ބަދަލުގައި ދިވެހި ސަރުކާރުން ކަމަށެވެ. އަދި މި މަޝްރޫއުތައް ކުރިއަށް ދާނީ ދެ ފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. މަޝްރޫއުތަކުގައި އިންޑިއާ ކުންފުނިތަކާ އެކު، ދިވެހި ކުންފުނިތައް ވެސް ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

74 ކޮމެންޓް

  1. ގެރިގުއި

    ތިކަހަލަ މަކަރުވެރި ވާހަކަ ސިއްކިމްގެ ރައްޔިތުންކާރީގަ ވެސް ދެއްކި! ދުވަސްކޮޅަކުން ސިއްކިމް އެއޮތީ ބަނޑު އަޅާފަ!

    87
    2
    • Anonymous

      އަމިއްލަ ގައުމު ގަނދުވެސް ސަލޟްޖަހަނީ. ދެން މިގައުމަށް ކޮށްދެވެނެ ކަމަކީ ލަކުޑި ދޯނިގަނޑެއް ފެރީގެ ނަމުގައި އޮޕަރޭޓް ކުރުވާ މިގައުމަށް މަސްތުވާތަކެއްޗާ ސިފައިން އެތެރެކުތުވުން. އިގްތިސާދުކިޔާއިރު އިންޑިޔާއަކީވެސް ފަގީރުގައުމެއް.

      56
      2
    • މަލް

      އަހަރެމެން ބުނާނީ. ތޭންކްސް، ބަޓް ނޯ ތޭކްސް އޜ. މިގައުމުގެ ދަރިންގެ އިލްމީ ފެންވަރު އެބަހުރި އަމިއްލައަށް މިގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭވަރުގެ. 2018 ގެ ނިޔަލަށް މިސަރަހައްމދުގައި އޮތް އެންމެ އަވަހަށް އިގްތިސާދު ކުރިއަރާ ގައުމަކަށް އޮތީ ދިވެހިރާއްޖެ. ތި އިންޑިޔާޑިޔާ ދަނީ ދުވަހެއް ދުވަހެއް އަޑިޔަށް.

      29
      1
    • ވެރިން

      އިންޑިޔާގެ އެއްމެ ބޭނުމެއް އޮތީ،އެއީ ރާއްޖޭގެ އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުވެފަ އަބަދައް އޮތުން

  2. ދިވެހިމީހާ

    ދިވެހިރައްޔިތުންގެ އެންމެބޭނުމެއް: އިންޑިޔާ ސިފައިން ދިވެހި ރާއްޖޭގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދުން ވަގްތުން ވަގްތަށް ފައިބައިގެން ދިޔުން.

    88
    1
    • ޙައުލާ

      ބަރާބަރުވާހަކައެއް. އިނޑިޔާ އައުޓް. އަމިއްލަ ގައުމު ގަނޑު އޮތީ ބޭރުގެ ލޯނު ނުދެއްކިފަ އާދޭސްކުރަނީ ލޯނު ފަސްކޮށްދިނުން އެދި. ދެން މިގައުމަށް ކޮން އިގްތިސާދެއް ކުރިއެރުވޭނީ. މަގުބައްތި ހަލާކުވެފަ ހުރި ތަނެއްގަ ޓިނުގަނަޑަކުން މަގުބައްތި މަރާމާތު ކޮށްލަދެވިދާނެ. މިޖާހިލުންގެ އެންމެ ނުބައި ސިފައަކީ ދޮގާ މަކަރު. ކުދި ރަށްތަކށް ޓާގެޓްކުަނީ މަދު ފައިސާކޮޅަކުންމުޅި ރާއްޖެއަށް ޕްރޮމޯޓް ވުމަށް. "އިނޑިޔާގެ އެހީގައި ރަކީދޫ ގެތަކުގެ ކުނިއުކައިފި" މިއީ މިހާރު ނޫހުގެ ސުރުހީއެއް. ދިވެހިން ދެން ބުނަންވީ ރާއްޖޭގެ އިގްތިސާދަށް އެވަރުގެ އިންވެސްޓްމެންޓްސް ވަރަށް އެހީތެރިވެދެއޭ. މޮޔަވޭ އިންޑިޔާ. ދިވެހިން ހުއްޓާ ނުލާ އިންޑިޔާއާ ދެކޮޅު އިހްތިޖާޖް ކުރަންޖެހޭ.

      27
      2
  3. ބެއްޔާ

    އިންޑިޔާގައި ވަރަށް ފަގީރުކޮށް ކާންނުލިބި ވަންނާނެ ގެދޮރެއްނެތް ބޯނެފެނެއް ލިބެންނެތް އަދި ކަރަންޓެއްނެތް ފާޚާނާ ކުރެވޭނެ ގޮތެއްނެތް ކިޔަވާނެ ގޮތެއްނެތް އެތައް ބަޔަކު އުޅޭއިރު، ދުނިޔޭގެ ނިސްބަތުން ފަގީރު ގައުމުތަކުގެ ލިސްޓުން ކެނޑި ކުރިއަރަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތްއިރު އިންޑިޔާއިން މިކުރަނީ ކޮންކަހަލަ ކަމެއްބާ. އެދުމެއްނެތި ވެދުމެއް ނުކުރާނެ. (މިސާލަކަށް ޖީއެމްއާރުއިން އެއާރޕޯޓް ހިންގިއިރު އުޅުނުގޮތް ހެއްކަކަށްފުދޭނެ)

    69
  4. ހަސަން

    އިންޑިޔާގެ ތާޜީޚު ދިރާސާކުރާ ފަރާތްތަކަށް ތިޔަކަން އޮލިފައެއްނޯންނާނެ! ރާއްޖެ ތަރައްގީ ކުރުމަށްވުރެ މާރަގަޅުވާނެ ކަޝްމީރު ޔތަރައްގީ ކުރިއްޔާ! އަދިފެނާ ކަރަންޓްގެ ޚިދުމަތް ނުލިބޭ އިންޑިޔާގެ އަވަށްތަކަށް މި ދެ އަސާސީޚިދުމަތް ފޯރުކޮށްދިނިއްޔާ މާ ރަގަޅުވާނެ! ސަފީރަކީ ދޮގުވެރިއެއް

    71
    2
  5. ކޮވިޑް ވގ

    ރާއްޖޭގެ އިގުތިސާދު ނަގާކޮޅަށް ޖަހަން ބޭނުންވަންޏާ މި ނާގާބިލް ބައިގަނޑު އިސްތިއުފާދީ ކަންކުރެވޭ ވަރުގެ ބަޔަކަށް ފުރުޞަތު ދޭންޖެހޭ، މަށަށްވާނެއޭ ކިޔާ ވަކިހިއްޕާ ތިއްބަސް ނޭގެންޏާ ކިހިނެއް ކުރާނީ، ކިތަންމެ ކަރުނާރު ފުއްޕާހަޅޭއްލިޔަސް ހެދޭނީ ކޮސް، ގްރޭޑް 7 ގެ ފެންވަރު މީހުން ރަގަޅުވާނީ މަސައްކަތު ބަޔަށް

    61
  6. ހޮޅިމީހާ

    ހަންފެތުރުމުގެ މަކަރާއި، ރޭވުން، ދޮގާއި، އޮޅުވާލުން ދަންނަނީ އިންޑިޔާގެ އެމްބެސެޑަރު އެކަންޏެއް ނޫން.

    70
  7. މޯދީ

    ހާދަ ހެޔޮފުޅޭ! އެއްވެސް އެދުމެއް ނެތި ހަމައެކަނި ދަރުމަޔަށް އެދިގެން ކުރާކަމަކަށްވާތީ ! މި ހޭދަތަކާ މެދު އެއްވެސް ޝައްކެއްނެތް ރައްޔިތުން ބަނޑަށް ޖެހިފަ ތިއްބާ އަވަށްޓެރިންނަށް އެހީވަނީ ! ހުސްދަރުމަރު

    50
    2
  8. މައިކް

    ރައިތުން ނައް އޯލޫވާނުލެވޭނެ. ބޯޑުއުދަގުލެއް. ވިޔަފާރިތައް ހަލާކު ކޮއްފި މި އިނަ ޑިޔާ ބައިގަދާހެދި ދިވެހިން ނައް ވިޔަފާރިވެސް ނުކުރެވޭ. ބޭރުކުރަން ވީ ހުރިހާއިން ޑިޔާމީހުން. އިކޮނޮމިކް މިނިސަޓްރީްނ މިހުއްދަތައް ކެންސަލްކުރަން ވީ

    35
  9. ހުސޭނުބޭ

    ކަލޭމެން އެހީނުވިޔަސް ރާއްޖެ ތަރައްޤީވާނެ! އެކަމަކު މި ސަރުކާރަކަށް އެވެސްކަމެއް ކުރާކަށް ނޭގޭނެ!

    53
  10. ޒުބޭދާ

    އިންޑިޔާ ޕްރޮމޯޓްކުރުމަށް އެކި ފާޑުގެ ޕޯސްޓްތައް މީޑިޔާތައްމެދުވެރިކޮށް ކުރުމަށް ސަރުކާރުން އެންގި އެންގުމަށް ސަމާލުވިމީހަކު ނެތުމުން މިހާރު ދެން މި ކުރާކަމަކީ އެމްބަސީ މެދުވެރިކޮށް އެކަންކުރުން. ގަދަ

    52
    • ސޯބެ

      އިންޑިއާ ގައި ތިބި ފަގީރުން ކޮޅަށް ޖެހޭތޯ ބަލާ.ކާކު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެދުމެއް ނެތި ވެދުން ކުރަނީ

      20
  11. ޝާހިދު

    ބޭކާރު އަގަނުތަޅާ ތިމާގެ ޤައުމު އާރާސްތު ކޮންބަލަ މި ރާއްޖެއަށްވުރެ އިންޑިޔާ ރައްޔަތުން އުޅެނީ ހާލުގަ

    49
  12. މާރިޔާ

    ތިއަށްވުރެ ތާހިރުވާނެ ކަލޭމެއްގެ ޤައުމުން ކުޑަ ކުދީންނާ މުސްކުޅިން ރޭޕް ކުރުން ހުައްޓުވަން މަސައްކަތް ކުރިއްޔާ މު ޅި ދުނިޔެއިން ރޭޕް ކުރުމުގެ އެވޯރޑް ހައްޤުވަނީ އިންޑިޔާއަށް

    49
  13. މުއާވިން

    އެހެން ކަމަށްވާނަމަ ޗައިނާއިން މިތާ ބޮޑެތި ޕްރޮޖެކްޓް ހިންގީމާ އެކަމާ ނުރުހުން ފާޅުކުރީ ކީވެގެންނޯ

    52
  14. ޞަމީރާ

    ފުރަތަމ އަމިއްލަ ގައުމުގެ އިޤްތިސާދް ކޮޅަށްޖަހާބަ. އެދުމެއްނެތި ވެދުމންކުރާނެ ބަޔެއް "އިންޑިޔާ ފަސްޓް # ޖަހައިގެން ނޫޅޭނެ. އަހަރެމެންނަކީ މުސްލިމުން. އަމިއްލ ގައުމުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އެތަށް ކަމެއް ހިންގާބަޔެއް ޖެއި ހިންދް ބުނަން މަޖުބޫރުކޮށް. މިޤައުމުގެ އިގްތިސާދުކޮޅަށް ހުރީ އިހަށްވެސް. އަދިވެސް ވާނެ އިންޝާﷲ. އަހަރެމެންނަށް ރިޒްޤްދެއްވަނީ 7 އުޑުމަތިން ﷲ. ބަލިމވީމަ ޝިފާ ދެއްވަނީވެސް ﷲ. މޯޑީއެއް ނޫން. ބޭސްފަރުވާއަށް ދާތީ ކަލަގޮވާފަ ލަދެއްވެސް ނުގަނޭތަ އެންމެ ބޭނުމެކޭ ކިޔަން. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

    37
  15. ލަދު

    ތިޔައީ ވަރަށްލޯބިވާ އަންހެންކުއްޖެއް ހާސިލްކުރުމަށް މުއްސަދި ފިރިހެނަކު ހޭދަކޮށް ދައްކާޒާތުގެ ވާހަކަ. ހުސްއޮޅުވާލުން. ކްރެޑިޓް ލައިންގެ ދަށުން ދެނީ ދަރަނި

    39
  16. ޙުސްނީ

    ޙޯހޯ... ދިވެހިން ގުނބޯހައްދަން ނުޅޭ..... އެމެރިކާ އާޢި އިސްރާއީލް ފަލަސްތީނަށް ތިގޮތަށް އަމާންކަންވެސް އެބަގެނެސްދެއެއްނު އަރަބިންނާ ގުޅުންބަދަހިކޮށްގެން،....... ފެނޭތޯ ފަސްތީނުވާގޮތް؟
    އިންޑިއާގެ ތިހުރިހާކަމެއްގެ ފަހަތުގެ އޮތީ މަރުވެރި ކެހިވެރި ރޭވުން... އެކަން އޮތީ ތާރީޙް ބުނެދީފައި....
    ތިއީ ހިލޭސަބާހަށް ކޮށްދޭކަމެއްނޫން... ހުސްލޯން
    ޓިމަސްރޫތައް އިންޑިއާއިން ލޯނުދީގެން ކުރިއަސް ގެންދިއުމުގެ އަނެއް މަޤްޞސަދަކީ އެމްޑީޕީ ގެ އިސްވެރިންގެ ޖީބު ބޮޑުކުރުން...... އިނޑިއާއަށް ހިލޭ ކަމެއްކޮށްދެވޭނެމަ ބައުވެފައި އޮތް ހެލްކޮޕްޓަރެއް ނުދެވިގެން މިރާއްޖެއިން ނުފޭބިގެން އުޅޭކަށް ނުޖެހޭނެ...😅
    ފެނިފައި މިތިބީ ޖީއެމްއާރ އެއާޕޯޓްދީގެން ކުޅުނު ކުޅިވަރާއި، ޓާޓާ ފްލެޓްތައް ދީގެންވެސް ކުޅުނު ކުޅިގަނޑު....އެގްރިމެނޓް ހަމަވެގެން ފައިބާން ބުނީމާ ފޫހާކާފައި އެތިބީ ނުފައިބާ............. ހޯހޯ މިއީ އިނޑިޔާ ޕްރޮމޯޓްކުރަން ދިވެހިންނަށް ދެވޭ ކަޅުފައިސާގެ ބާރުވެރިކަމުގެ ހަޤީޤީ ހެއްކެއް....

    36
  17. ޓައްޕު

    ޢިންޑިއާގެ ފަގީރުން ނުކައި ނުބޮއި ބަނޑަށް މަރުވަމުން ދާއިރު އެތައް މިލިޔަނެއް ހައިހޫނުކަން ބޯހިޔާ ވަހިކަމެއްނެތި ދަރިން ކޮޅު ވިއްކަމުން ދާހިނދު ގެރިމޯދީ އެއުޅެނީ ކޮންފަދަ ވަހުޝީ ރޯގާއެއް ޖެހިގެންތަ ދިވެހިން ހޭވެރިވޭ

    30
  18. Anonymous

    އިންޑިއާގެ މިލްކުވެރިކަ މުގެދަށަށް މަލިކުދިޔަތާ އެތައް އަހަރެވ

    35
  19. ހަނި

    މަ؛ލިކުގާ 40، އަހަރުވެތްޖެއޭ އެއާޕޯޓެށް ހަދާދެންކިޔާތޠާ ، މަލިކު އަކީއަރެމެންގެރަށެ ،މިހާރުކަލޭމެންގެރަށެ އެރަށް ތަރަގީ ނުކޮށް ދިވެހިރާޖެތަރަގީކުރަންތިއު؛ޅެނީ ،މަކަރުވެރިރޭވުމެތްގެތެރީގާ

    34
  20. މަސީހު

    ތީއަމިއްލަގައުމުގެ އެކިސަރަހައްދުތަކުގަ ދިރިއުޅޭ މުސްލިމުން ކޮރިސްޓިޔަނުން އަދި ސިކް.ކޮމިއުނިޓީ މީހުނާދެކޮޅައް މިހާރުވެސްއިންޑިޔާ ސިފައިންނާއި ފުލުހުންބޭނުންކޮއްގެން ދަތިކޮއް އެފަރާތްތަކައްއެކިކަހަލަ ގެއްލުންދޭބަޔެއް ކަލޭމެންދެކޭގޮތުގަ ހިންދޫއިންދިޔަވާ އެންމެން އިންޑިޔާއިން ފައިބަންޖެހޭ މީހަގީގަތް އެހެންކަމުން ރާއްޖެޔައް ތިޔަހާހެޔޮއެދިގެން އުޅޭސަބަބާދޭތެރޭ ބެލެވޭނީ ސައްކުގެނަޒަރުން

    31
  21. އެންމެ ފަސް އަހަރުގެ ތަރައްގީ

    ކަނޑައެޅިގެން ފެންނަން އޮތް ދޮގެއް.

    35
  22. ދިވެހިކޮރަކަލި

    #އިންޑިއާ އައުޓް ސަފީރު އާހެދި މުސީބާތެއް

    34
    1
  23. Anonymous

    ކަލޭމެން މިތަނަށް ބޭނުމުގެ ކުރިން މިގައުމުގެ އިގްތިސާދު ދިޔައަި ކުރިއަރަމުން. ކަޅެމެން އައިސް ހެދިގޮތަކީ އެހެން އެއްވެސް ގައުމަކުން މިގައުމަށް ލޯނު ނުނެގުމަށާ އެހީއެއްވެސް ނުހޯދުމަށާ ހޯދިއަސް ކަލޭމެން މެދުވެރިވެގެން ހޯދާގޮތަށް މި ގައްދާރު ސަރުކާރު ލައްވާ އެއބަސްކުރުވީ. މިގައުމު ދުވަހުން ދުވަހަށް މިދަނީ ފަގީރުވަމުން.

    31
  24. މުފައްކިރު

    އިންޑިޔާގެ ބޭނުމަކަށް ވާނީ ރާއްޖޭގެ ސަލާމަތީ ބާރު ކޮންޓްރޯލް ކުރުން

    32
  25. ބީޖޭޕީ އައުޓް

    އިންޑިއާއިންވެސް އެހީވަނީ ޗައިނާގެ ބެއިޖިންގ ބޭސްޑް ބޭންކުން ލޯނުތަައް ނަގައިގެން ދެން ރާއްޖެއަށް އެލޯނު އަނބުރާ ދެނީ ޑަބަލް އިންޓަރެސްޓް ގައި. އެހެންވީމާ މިއަދު ސަރުކާރު ޗައިނާ ފަޅީހައި އޮތްނަމަ ރާއްޖެއަށް މިއަށްވުރެ މާބޮޑަށް ފައިދާވާނެ. މިއަދު ރާއްޖޭގެ ސަރުކާރު އިންޑިއާގެ ފަޅީގައި އޮތްނަމަވެސް އަދިވެސް ޗައިނާއިން މިކޮވިޑް ތެރޭގައިވެސް އެހީވޭ. މިއަދު ސަރުކާރު ޗައިނާ ފަޅީގައި އޮތްނަމަ އިންޑިއާއިން އެއްވެސް އެހީއެއް ނުވީސް.

    30
  26. ވިސްނާލުމަށް އެދެމޭ

    އިންޑިއާގެ މިލްކުވެރިކަ މުގެދަށަށް މަލިކުދިޔަތާ އެތައް އަހަރެވެއްޖެ...އަދި މަލިކުގަ ފަންޖިފުޓި ގިފިލިން އެ މީހުން އަރާއިނުގަނޭ..އަހަރެ މެންގެ ގައު މު އާރާސްތުކުރަން އަހަރެ މެންނަ ދޫކޮއްލާފަ އިންޑިއާއިން މަލިކަށް ކަ މެކޮއްދެވޭތޯ އުޅެބަލަ...ރާއްޖެ އާރާސްތުކުރީ ދިވެހިން...ދެންވެސް ކުރާނީދިވެހިން... މިއީ އިންޑިއާ ކަންބޮޑުވާންޖެހޭ ގައު މެނޫން...އިންޑިއާއަށްވުރެ ވަސީލަތް މަދުވެފަ ގައު މުކުޑަޔަސް މިގައު މު އިންޑިއާއަށްވުރެ ތަރައްގީ...ތަހުޒީބު... މިގައު މުގަ ކުރާނެކަ މެނިން މާނީ ދިވެހިން...ސަފީރުތިއީ ދިވެހިރާއްޖެ އާރާސްތުކުރަން އަހަރެ މެން ހޮވާފަހުރި މުޝީރެނޫން...ހައިސިއްޔަތު އޮޅުވާނުލާ..ތިއީ މިނިވަން ދިވެހިރާއްޖެއާ އިންޑިއާ ދެ މެދު ޙާރިޖީގުޅުން ބޭއްވު މުގަ މިތަނުގަހުރި އިންޑިއާގެ ސަފީރެއް...ދޫދު މޭ މިލާވަޓް މަތުކަރޯ...ނެހީތޯ އާޕުކީ ނާ މް މިލާވަޓްރާ މް މޭ ބަދަލްޖާއެގާ..ސަދިޔޯސޭލޭކޭ ހަ މްލޯގޯންކޯ އާޒާދު ހޯނޭކޭލިޔޭ ތު މްލޯންގޯންސޭ ކަބައްޑީކޭލްނާ ޕަޅުތާހޭ..ކަބީ މަލަބާރީ..ކަބީ ޕިޗޯރީ..ކަބީ ޕޯޗްގަލް..ސަބްކުޗް އާޖްބީ ހަ މްސަބް ޖާންތޭހޭ... ތާޖް މަހަލް ހަ މަލޯންގޯންކޯބީ ބޮހޮތު ޙޫބްސޫރަތުހޭ..ލޭކިން ހަ މް ލޯންގް ވޮ ލޭނޭކޭލިޔޭ ދާވާ ނެހީކަރުތޭހީ..އަންޑާ ލޭނޭކޭލިޔޭ ހަ މްލޯގް ޕެއިސާދޭތޭހޭ..ބަދަލޭ މޭ އަންޑާދޭދޯ..ހަ މާރާ ދޭޝްކޯ މަޒާކް މަތުބާނާއޯ..ނޮލެޖް ތާޒާކަރުނޭކޭލިޔޭ އިފަންޓް އައުރު އޭންޓް ކީ ކަހާނީ ޕަޅޯ..ހަ މްލޯގް ކިތުނޭ ކަ މްޒޯރުހޯތޯބީ ...

    24
  27. Anonymous

    ތިވެސް އެމެެިކާއިން އެހީވެގެން ލޯނު ދިނުމުން 2 ގުނަ ބޮޑު އިންޓްރެސްޓްގަ މިގައުމަށް އެލޯނުދެނީ. އިންޑިޔާއަށް އަސްލު ލިބޭލޯނެއް. ދިވެހިގައުމަށް ބޮޑުގެއްލުން. މިމީހުންގެ ގައުމުގަ ނަރުދަމާ އަޅާބަލަ. މަގުމަށްޗަށް ބޮޑުކަމުދާ މީހުންނާ ދުވަހަކު ފާހާނާ ނުދެކެކޭ ފަގީރުންގަނޑު އޮތްތަނަކީއިންޑިޔާ. މިގައުމާ އަވަލައިގެން މީކޮންފަދަ ބޮޑު މުސީބާތެއް. ހަމަ ބޭރުކޮށްލަންވީ. ސަލާމަތެއްނުވާނެ އެހެންނޫނީ.

    25
  28. ދިވެހިން ގުނބޯ ނުހެއްދޭތި

    ދިވެހިން ހައްލަން އުޅޭނެ ކަމެއް ނެތް. އިންޑިއާ ސިފައިންނާއި ބަރުހަތިޔާރުތައް މިގައުމުން ބާލާ.
    #އިންޑިއާއައުޓް

    30
  29. އެހަނދާން.....

    ﷲގެ އިރާދަފުޅުން، އެއްވެސް ޤައުމެއްގެ އަޅުވެތި ކަމުން މިރާއްޖެ ސަލާމަތުން ލަގައްޓަވާށި! އާމީން
    އުފެއްދުންތެރި ކަމެއް ނެތް މިޤައުމަށް، ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދޭ އިންޑިއާ އަށް ޝުކުރުވެރި ވަމެވެ. 1988 ނޮވެމްބަރު 03ގައި، ﷲގެ އިރާދަފުޅާއެކު މިޤައުމު އަޅުވެތިކަމުން ސަލާމަތް ކޮށްދިން ފަރާތަކުން، މިޤައުމު އަޅުވެތި ކޮށްފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭގެފަހުން މިވީ 31 އަހަރު ވެސް އިންޑިއާ އިން ދެމުންގެންދިޔާއީ އެހީތެރި ކަމެވެ. އަޅުވެތި ކުރާކަށް ނޫޅެއެވެ.

    4
    22
    • Anonymous

      އުފެއްދުންނތެރިކަމެއް ނެތް ގައުމެކޭ؟ ބަލަ ދުނިޔޭގެ އެންމެ މުއްސަނދި ނުވަތަ ޕްރައިމް މާކެޓަކީ ޓޫެިޒަމް. ދިވެހިރާއްޖެއަކީ ޓޫރިޒަމްގެ 1 ވަނަ ޑެސްޓުނޭޝަން. ލަާރިހުރިއްޔާ ކޮންމެ ގައުމަކުންވެސް މުދާގަނެވޭނެ. މިގައުމަށް ތަރުކާރީއާ މޭވާ އެތެރެކުރަނީ އެފްރިކާފމގެ ގައުމުތަކުންނާ އޮސްޓްރޭލިޔާއިން. އެހެންވީމަ އެއީ އެހީއެއްނޫން. ވިޔަފާރި. އިންޑިޔާއަކީ މަކަރުވެރި ހިޔަޅެއް. އެމީހުނާ ޑީލް ކުރެވެނީ ޔާމީން ކަހަލަ ކެރޭ ފަހުލަވާނުންނަށް.

      14
  30. މަދިހާ

    ކޮންމެހެއް މި ޤައުމު އާރާސްތު ކޮންގެއް އަޅުވެތި ކަމެއް ބޭނުމެއް ނޫން އިންޑިޔާ އައުޓް

    27
  31. އިބުރާހީމް

    ތިޔަ އިންޑިޔާގެ ތެދުވެތިކަމާ ނުބާކަން ވަރަން ސާފުކޮށްއެގޭ ސޮނީ ޓީވީއިން ދައްކާ ކްރައުންޕެޓްރޯލް ބަލާލިޔަސް އިންޑިޔާ އައުޓް

    28
  32. ދެބޯގެރި

    އަމިއްލަ ގައުމުގައި އިނދަޖެހިފައި ހުރި ހުރިހާ ކަންތައްތަކެއް ކޮޅަށްޖަހާބަލަ......އެންމެ ފުރަތަމަ ތިޔަގައުމުގެ ހުރިހާ ރައްޔިތުނަށް ފެނާއި ނަރުދަމާ ގާއިމްކޮށްދީބަލަ...ހަންފަތުރައިގެން މިޤައުމު ބަނޑުދަށު ނުލެވިގެން އުޅޭ ބައެއް މިއީ.....

    28
  33. Anonymous

    އިންޑިޔާގެ ތިބަ ފަގީރުންނަށް އެހީތެރިކަން ދިނުންމާ ރަގަޅުވާނެ. ތިމާމެންގެ ރައްޔިތުން އެތިބީ ހައިހޫނުކަމުގަ، އެކަމަކު ރާއްޖޭގެ ރައްޔިތުންނަށް މާހެޔޮއެދޭ ބައެއްކަމުގައި ހެދިގެން މުޅިދިވެހިރާއްޖެ ދިރުވާލަމުން މިދަނީ. ހޭލާށޭ ގައުމު

    27
    1
  34. ސަރޭ

    އިންޑިޔަގެ އެތަށް މިލިޔަން ފަގީރުން ދުކޮށްމިގައުމު ތަރައްގީ ކުރަން އެހާސަމާލު ކަމެއް ދެނީ ކީއްވެ ބާ. ޗައިނާވެސް ހަމަ ކުރީ ތިކަން އެކަމަކު ކަމަކު ނުދިޔަ. ޗައިނަތަން ކޮޅެއް އަަވަހަށް ތަރަށްގީ ކުރާނެ ހެން ހީވަނީ. ކޮންމެ ހެނެް ވިޔަސް ތަރައްގީ ކުރުން މުހިންމު.ޗަްިނަގޮސްވި ލޯނު ބޮޑު ދައްކަން ޖެހެ ލޯނު ބޮޑުވީމަ.އިންޑިޔާ އިން އަނެއްކާ ލޯނުގެ އިތުރުން ގައުމު ސަލާމަތް ނުވާވަރުގެ އެބަސް ވުންތަށް ނުހަދާހުރީޔާއޯކޭ.

    21
  35. ރާއްޖެ

    ތި ލިސްޓް ލިޔެ ލިޔެ ތިއްބާ ދެ އަހަރު މި ވަނީ. ޢަދި އެއްވެސް ކަމެއްގެ އަމަލީ މަސައްކަތެއް ނުފެއްޓޭ. އިންޑިއާ މިލިޓަރީ އައުޓް.

    28
  36. ހަސަން

    ސުދީރު މިގައުމުގެ އިގުތިސާދު ކޮޅަށްޖަހަން ތިއުޅުއްވަނީ ކޮންކަމަކާބާ ؟އަމިއްލަ ގައުމު ބޭނުމެއްނުވާނެ ދޯ މިކުޑަގައުމު މުއްސަދި ގައުމަކަށް ވާކަށް. ޢަދި އަމިއްލަ ގައުމުގައި ބަޑުފުރާނަ މުއްތިނުވެ އެތައްބައެއް ތިބިއިރު އަޑިނޭގޭ އެޖެންޑާއެއްގެ ތެރެއިން ތިކަންނުކުރަން ފެންނަނީ. އެކުވެރި އިންޑިއާ އަކުން ހެވެއްއެދިގެން މިވީހާތަނަށް މިދިވެހި ގައުމަށް ކަމެއްކޮށްދީފައެއްނެތް. #އިންޑިއާ މިލިޓަރީ އައުޓު#

    10
  37. ރޯދަ މުބާރިކް

    ފައިބާ! ފައިބާ!ފައިބާ!

    17
  38. ހހހހ

    މިބއިންޑިޔާއަކީވެސް ފަގީރު ގައުމެއް. ގިނަ މީހުންނަކީ ސާފު ބޯފެނާ ފާޚާނާގެ ޚިދްމަތް ނުލިބޭމޫން. ގައިން ތާހިރުނުވެ ނަޖިސްކަން މަތީ އެތިބެނީ. އެކަމކު ރާއްޖެއާބހިތާވެގެން ނެއްޓެން ނޭނގިގެން މިއުޅެނީ ރާއްޖެ އަތްދަށުލާން އޮތް ޝައުގެއްގެ ބޮޑުކަމުން ނޫންތަ؟ ޒަމާނުއްސުރެ ކަލޭމެން ކަޅިއަޅަމުން އަންނަތަނެއް ރާއްޖެއަކީ. އިންޑިޔާ މިނިވަންވީ ދިވެހި ރާއްޖެއަށްވުރެ ފަހުންވީމަ މި ގައުމު ކައްވާނުލެވުނީ. އެކަމަކު އެވަރުންވެސް ވަކިވަކި ބައިވަރު ވެރިކަންތަކެއް އޮތް އިރުވެސް އެމީހުންވެސް ރާއްޖެއަށް އެރި. އަނދިރި އަނދިރިންނަކީ އޭގެ އެކަތި. މޮޑު އުނދަގުލެއް މި އިންޑިޔާއަކީ. މިގައުމުން އަވަހަށް ފައްސާލަންޖެހޭ.

  39. ޔާސިރު

    އިންޑިއާ ފަސްޓް ޕޮލިސީގެ ތެރެއިން ކަންތައްކުރުން ހުއްޓާލާ. ލައިން އޮފް ކުރެޑިޓް ގެ ތެރެއިން ކަންކުރުން ހުއްޓާލާ. މި ކޮވިޑު ތެރޭދިން ކާޑުގެ ބާވަތްތައްވެސް ހެދިގޮތް އެގޭނީ އެބަޔަކަށް . މީހުންކިޔާ ތިލަފުށި ގޮޑަށް އެޅިވާހަކަ. މި ކާޑުވެސް ގެނައީ އެބުނާ ލައިން އޮފް ކުރެޑިޓުގެ ތެރެއިން. ނަމުގައި ހިލޭ އެހީ . ފީވެ އުކުނު އަޅާފައިވާ ތަކެތިވީމާ ގޮޑަށް ދޯ އުކާނީ . ހާދަ ހެޔޮފުޅޭ . އެކަމު ސުދީރު މިބުނަނީ އިގުތިސާދު ކޮޅަށްޖަހާވާހަކަ. ޢަންނަނީ ހިނި. ދިވެހިން ދަރާ ދަންތުރުއަކަށް #އިންޑިއާ މިލިޓަރީ އައުޓު#

    10
  40. ބުއްޅަބޭވެސް

    ވީ ޑޯންޓް ނީޑް ޔޫ.
    ގެޓް ލޮސްޓް.
    ދިސް އިޒް އަވަރ ކަންޓްރީ .
    #އިންޑިޔާ އައުޓް
    .

    13
  41. މުދިންބެ

    އިންޑިއާގެ އެންމެބޮޑު ބޭނުމަކީ ރާއްޖޭގެ އިގްތިސާދު އިދަޖައްސާލާ ރާއްޖެ އަޅުވެތިކުރުން. ފުރަތަމް އަމިއްލަ ޤައުމު ހަމޔަކަށް އަޅުވަބަލަ. މާބޮޑެވެގެން ނޫޅެ.

    11
  42. ނަޢީމް

    #އިންޑިއާއައުޓް

    19
  43. ހުސެން

    އިންޑިއާ ތަރައްޤީވެ ނިމިއްޖެތޯ؟

    16
  44. މ

    ބަލަ ޗައިނާ އިން ކުރީ ތިޔަ މަސައްކަތޭ
    ކަލޭމެން މިއަދު ތިޔަ ކުރާ ކަމަކާ އެމީހުން ނުބެހޭ
    ޢޭރު ކަލޭމެން ކިހާއެއްޗެއް ގޮވިން...މިލިޓަރީ ބޭސް އެބަހުއްޓޭ ބުނެ

  45. ހޫދު

    1960 ގެ ކުރިން އިންޑިޔާއަކީ އެއްވެރިކަމެއް އޮތް ގައުމަކަށް ނުވިކަމީ ދިވެހިންގެ ނަސީބު. އެހެން ނޫންނަމަ މިތަން އަތްދަށުލީސް. އަމިއްލަ ވެރިކަމެއް އޮތް ވަކި ގައުމެއްގެ ގޮތުގައި އިންޑިޔާވީ ޔޫއެން އައިސް ސުލްހަ ބަލަހައްޓަން ފެށިފަހުން. މިހާރު އިންޑިޔާ މިއުޅެނީ އެމެރިކާއާ އިޒްރޭލުން އެހީވާނެކަމަށްބުނެގެން ދިވެހިރާއްޖޭގެ މައްޗަށް އަތް ގަދަކުރަން. އަސްކަރީ ހަމަމަލާދީ މިތަން ހިފެން ނެތީ ޗައިނާޢާ ރަޝިޔާއިން ޔޫއެން ޗާޓަރުން ލިބޭ ބާރުގެ ބޭނުން ކޮށްފާނެތީ. އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ދިވެހިން އެމީހުންނާ ދެކޮޅަށް ޕްރޮޓެސްޓް ކުރިއަނުދީ ތިބީމަ ދިވެހިން އެދޭގޮތްކަމަށް ދައްކައިގެން އިންޑިޔާގެ ބާރުގެ ދަށަން ގެންދިއުން އެމީހުންގެ އެޖެންޑާއަކީ. އިޒްރޭލުން ފަލަސްތީނު ހިފިގޮތް މޮޑެލްއަކީ. އެކަމަކު އިދިކޮޅުގަ ތިބި ތައުލީމީ ޒުވާނުންގެ ހިތްވަރުން އިންޑިޔާއާ ދެކޮޅަށް އަޑު އުފުލަން ފެށުމުން ޔޫއެން ގަ ބުނަންޖެހޭ " ދިވެހިން އެދޭގޮތަކީ އިނޑިޔަގެ ހިމާޔަތުގަ އޮތުން" މިހެން ބުނަން ދަތިވާނެތީ މިހާރު ޕްލޭން ބީއަށް އެދަނީ. ދިވެހި ލިބުވެތި ރައްޔިތުންނޭ ކޮންމެ ދުވަހަކު ކޮންމެ ގަޑިއަކު އިންޑިޔާ މިގައުމުގައި ތިބުމާ ދެކޮޅަށް އަޑުއުފުލަން ޖެހޭނެ. މިގައުމުގެ ދެމިއޮތުން އޮތީ އެގޮތުގައި. ފަރުވާކުޑަނުކުރާތި. ވަރަށް އެތެރެނުބައި ޔަހޫދީންނަށްވުރެވެސް ބިރުވެރިބައެއް މި ބީޖޭޕީއަކީ. #އިންޑިޔާ އައުޓް

  46. ތަމެންދޯ

    ދަރަނީގެ މަޅިއަކީ ޚިޔާލީ ވާހަކައެއް، ލޯނު ދެނީ ޝަރުތަކާ ނުލައި ކަމަށް ޗައިނާ ސަފީރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ކެނެރީގެ ނަޝީދު ހީކުރަނީ އޭނާ 2008 ގައި ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން ކަޓް ޖައްސައިގެން އިންޑިއާގެ ބަންގުރޫޓް ވެފައިވާ ކުންފުންނަކަށް ވެލާނާ އެއާރޕޯރޓް ވިއްކާލައިގެން ދިވެހިންނަށް ފައިދާވާނެއޭ ބުނެ އޭނާ ދެއްކި ވާހަކަ ގޮތަށް މިހާރު ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަމަށް އިންޑިއާ ގެ އެމްބެސެޑަރު އަތުން ކަޓް ޖައްސައިގެން އުޅެނީދޯ...

  47. މުޙައްމަދުބެ

    އިންޑިއާ މީހުންނަކަށް ނޭނގޭ ދިވެހި ކާބަފައިން މިގޮތަށް އެދުން ފުއްދަން އުޅޭމީހުންހުންނަށް (އަތްނުލާ އައްދޯ ކިޔުވަން) އުޅޭ މީހުންނަށް ނާއި ދިމާލަން ބޭނުން ކުރާބަހެއް އޮންނަކަމެއް އެއަށް ކިޔަނީ " އެދުމެެއްނެތި ވެދުމެއްނުކުރާނެ" ވަރަށް ވާހަކަ

    10
  48. އައްޑޫ މީހާ

    ބުދަށް އަޅުކަން ކުރާ ބައެއްގެ އިހްލާސްތެރިކަމެއް ނުހުންނާނެ މުސްލިމުންނާއި މެދު ހިތް ސާފެއް ނުވާނެ ކަލޭމެން ތިހެން ތަރައްގީ ކޮށްދިން ގައުމުތަކަށް ހެދިގޮތް ތާރީހުގެ ތެރެއިން ފެންނަން އެބަހުރި ދިވެހިރާއްޖެ ދޫކޮށް ގައުމުގެ އިގްތިސާދާއި ތަރައްގީއަށް މަސައްކަތްކުރުން މާރަނގަޅު ވާނެ މޯދީ ބޭބެ ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ ކައިރީގައި ބުނެގެން ގައުމުގައި މުސްލިމުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަދީ ކެރޭނެތަ؟

  49. ފައިކް

    ތި ބުނެވުނީ ޗައިނާގެ ފިލޯަަސަފީ. ހަމައެކަނި ވިޔަފާރި ބޭނުން. ވިން ވިން ސޮލިއުޝަން. އެކަމު އިންޑިޔާ....،މަކަރުވެރި މިނިވަންކަމަށް އަރައިގަންނަ ވިޔަފާރީގައި ގެއްލުންދޭ ވިން ލޫސް ސޮލިއުޝަން. މުޅިންވެސް ދޯކާ

  50. ގައިދުރު

    އަނެއް ޔަހޫދީ ދައުލަތް!

  51. ބާބޫ

    ހަ މޭ ނެހީ ޗާހިޔޭ ..ތޫ ޖާކަރު ބިރިޔާނީ ކާ...ޗަލާޖާއު ޔަހާސޭ..ކޯންހޭ ތު މް؟..

    6
    1
  52. ހުސެންބެ

    ކީއްވެހެއްޔޭ އެހެން ގައުމުތަކުން ރާއްޖެއައް އެނހީވާން ނުނުކުންނަނީ ޖަވާބުވަރައް ސާފު އިންޑިޔާގެ (އެއީ ކަލޭމެން)އިންޑިޔާގެދުއްޕާނާހެދި އެނގިއްޖެ

  53. ޙިންދު

    ގުޅީފަޅު ގައި ޕޯޓް ހަދަން އުޅެނީ އައިހެވަން ހުއްޓުވައިފި. އައިހެވަން އަކީ ސިންގަޕޫރު ފަހަތަށް ޖައްސާލާވަރުގެ ސަޅި ޕްރޮޖެކްޓެއް ވީމަ.. އިންޑިއާ މާފަހަތުގަ އޮތް އަދާވާތްތެރި ގައުމެއްގެ އަތްދަށަށްމި ގައުމު ވައްޓާލި ޚާއިނުންނަށް މާފެއްނެތް. އިންޑިއާ އައުޓް.

    11
  54. ހެހެ

    އަމިއްލަ ގައުމުގެ އިގުތިސާދު ކުރި އަރުވައި ކޮޅަށްނުޖެހިގެން އުޅޭ ބަޔަކު ކިހިނެއް އެހެންބަޔަކަށް ކަމެން ކޮށްދެވޭނީ.މިހާރުވެސް ގައުމުގެ ގިނަމީހުން އެއުޅެނީ ގައުމަށް ނުދާންވެގެން.ގައުމުގެ ހާލަތު އެހާ ގޯސް ވަޒީފާ ނެތްމީހުން އެހާގިނަ.

  55. ސަލާމްބެ

    މިހާރު ތިޔަކަހަލަ ކޮހުން ދައްކާ ވާހަކަ އަޑުއަހާނީ ތިއަށްވުރެ ކޮސް ދިވެއްސެއް. މިއަދުވެސް މާދަންވެސް މިގައުމުގެ އިގްތިސާދު ނަގާކޮޅައްޖަހާނީ އަދިކޮޅައްޖެހީވެސް ދިވެހިން. މިގައުމުގެ ކާބަފައިން ގެބުރަމިންނަތް މަސައްކަތުން
    ހެދިދިވެހިރާއްޖޭގެ ފުރަތަމަ ވައިގެ ބަނދަރު މިސާލަކަށް ފުދޭ. އެދުވަހުމިގައުމުގަ ތިޔައިންޑިއާއިން ދިންއެހީއެއް މަދަދެއް އޮވެގެން ކުރިމަސައްކަތެއްނެތިވެސް މިގައުމުގެ ދިވެހިދަރީން އެއެއާޕޯޓަކަށް ހަދާނިންމި. އަދިވެސް މިގައުމުގެ
    އުމްރާނީ އިގްތިސާދީކުރިއެރުންތައް ހޯދުމުގެ ގާބިލްކަން އަދިއަމްދުން މިއަދުކިޔަވާގެން ތިބިއިލްމީ ހުނަރުވެރި ކެރޭހީވާގި އެތައް އެތައްދިވެހިދަރީންނެއް މިގައުމުގަ އެބަތިބި.
    އެހެންނޫނަސް ތިޔައިންޑިއާގެ ޓްރިވެންޑްރަމް ތަރައްގީ ވެފައެއޮތީ ދިވެހިރައްޔިތުން ސަބަުން. ދެންސުދީރުމުދީރު ކޮންމޮޅުވާހަކައެެއް؟؟؟ މަގޭދީނާ މަގޭވަތަނާ މަގޭ އަމްނާ ނުކުޅެއްޗޭ !!!.ތާރީޚްބަލާ އެގިތިބެ ގައްދާރުނުވައްޗޭ!!!. #އިންޑިއާމިލިޓަރީއައުޓް. ހަނދާންކޮށްލަދެން. މިއީ ދިވެހިރާއްޖެ. މިއީ މިނިވަންމުސްތަގިއްލު ގައުމެއް. މިގައުމާމިފަސްގަނޑު މުޅި އިންޑިއާށްތުރެ އަހަރެމެންނައް މާބޮޑު. ސޯ ގރނެސްފަ ހުރިއެއްޗެއްވިއްޔާ އެއެއްޗެއް ހިފާގެން މިގައުމުންފެއްސެންއުޅޭ. ނޫނީ ދޮންވެލިޖަހާ ބޭރުކުރަންޖެހިދާނެ.

  56. އަބްދޫ

    ޗައިނާ ގަ އުފެއްދިބޭންކްގެ ހިއްސާދާރެއް ރާއްޖެއަކީ ރާއްޖެއަށް 2% އަށާލޯނާ ހިލޭއެހީ އެބޭންކުން ފައިސާ ލިބޭ އިންޑިޔާ އިން ރާއްޖެ އަށް ހިލޭ އެހީއެއް ނުދޭ .ސަބަކީ އެކަން ކުރެވޭން ފޯރުންތެރިކަން ނެތުން ދެން މިހަދާގޮތަކީ އިންޑިޔާގެ ކުންފުނިތަކައް ރާއްޖޭގެމަސައްކަތްދީފަ އެބޭންކުން އިންޑިޔާސަރުކާރަށް 2% އިންޓަރެސްޓާ އެކު ލޯނު ނަގަނީ އެލޯނުގެފައިސާއިން ރާއްޖެއަށް މިދެނީ 8% އިންޓަރެސްޓާއެކު އިންޑިޔާގެ ކުންފުނިތަކަށް މަސައްކަތްދީގެން.. އިންޑިޔާއިން މިއުޅެނީ އިގްތިސާދު ކޮޅަށް ޖަހަންތޯއަމިއްލަ އަށް ނަފާ ހޯދަންތޯ ސުވާލު އުފެދޭ.ޗައިނާ ބޭންކުން ލޯނުނަގާ ޗައިނާ ކުންފުނި ތަކަށް މަސައްކަތް ދިނުމުން 2 % އިންޓަރެސްޓާއެކު ލޯނު ލިބި އެކި ޕަސެންޓް ހިލޭ އެހީ އަށްބަދަލު ކުރެވޭ. އިންޑިޔާއިން މިހާރުވަނީ 2 ބިލިއަންޑޮލަރު މިންވަރު އެބޭންކުން ދަރަންޏަށް ނަގާފަ. ވީމާ ރާއްޖެއަށް ފައިދާބޮޑީ ކޮންގައުމަކާ އެކު މުއާމަލާތް ކުރުމުންތޯ ވިސްނަވާލައްވާ.

  57. އަބްދޫ

    ރާއްޖެ ދަރުވައިގެްން އިންޑިޔާކުބްފުނި މުއްސަނދި ކުރުވަނީ

  58. އަލީ

    2020 ގަ އައި އެންމެ ބޮޑު ޖޯކް 🤓 އިންޑިއާ ތަރައްގީ ނުކުރެވުނުބަޔަކައް ރާއްޖެވާނެތަ އަދި މީއެހެންގައުމެއް ލޮލް

  59. ޑީޑީ

    އިންޑިއާ ގޯ އަވޭ

  60. އިންޑިޔާ ބޮއިކޮޓް

    ކަލޭމެން ހަމަތިމަކަރުގަ ބަގުލަދޭޝްވެސް ޖެއްސި އެކަމަކު އެއްމެފަހުން ޗައިނާއާއި ގުޅުންބަދަހި ކުރީކީއްވެތޯބުނެދީބަލަ. ހީނުކުރާތި މިގައުމުގެ ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރުން ކަމަކައް. ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ތަހުޒީބުބައެއް. ކަލޭމެންނާއި ބައިތުހިފިބަޔަކު ބައިއަތުހިފި ސަބަބު ކަލޭނެނައް ރަގަޅައްއެގޭނެ. އެވެސް ކަލޭމެންކަހަލަ މަކަރުވެރި ނުބައި ގައުމައް ގައްދާރުބައެއް. އަހަރެމެން ދުވަހަކުވެސް އެމީހުންނާއި ކަލޭމެނައް މައާފެއްވެސް އަދި ހެވެއްވެސް ނޭދޭނަން. އަންޑިޔާއިން މިގައުމު ތަރައްގީ ކުރާނެކަމައް ގަބޫލުކުރާނީ މޮޔައިން. އަހަރެމެންނަކީ ކަލޭމެންގޮތައް ކަލޭމެންގެ ގައުމުދެކެ ލޯބިވާފަދައިން މިގައުމުދެކެ އިންތިހާއައް މިގަމުދެކެ ލޯބިވާ މިގައުމުގެ ރައްޔިތުން. އަންނި މެންކަހަލަ މަކަރުވެރި ގައުމައް ގައްދާރު ބައެއްނޫން. އިންޑިޔާ އައުޓް.

  61. ހެވެއް ނޭދޭނެ

    ކަލޭމެންގެ ފެންވަރަކީ ރާއްޖެއައް ލޯނުދޭންވީމަ ޗައިނާ އިން %2 އިންޓަރެސްޓުގަ ލޯނު ނަގާފަ ދިވެހި ރާއްޖެއައް %8 އިންޓަރެސްޓުގަ ޗައިނާއައް ދައްކަންޖެހޭ މުއްދަތައްވުރެ އެރަން އަހަރެއް އަވަހައް ރާއްޖޭން ބޮޑުފައިދާއެއްގެ ގޮތުގައި ކަލޭމެން އަތުން ބައި ސެންޓެއްވެސް ހަރަދުނުކޮއް ކުރާ ބޮޑުވިޔަފާރިއެއް. އަދި ސޮއިކޮއްފަ މިލޯނުވެސް ދެނީ އެތިއެތި ކޮޅުން ފައިދާއެއް ނުވާގޮތައް. އިންޑިޔާއިން ދުވަހަކުވެސް މިގައުމު ތަރައްގީނުކުރާނެ. މިކުރާކަމަކީ އަހަރެމެން ކުރަންހުރި ހުރިހާކަމެއް ކޮއްދޭނަމޭ ކިޔާފަ އެގްރިމެންޓްތައްހަދާފަ ހުރިހާ މަޝްރޫއެއް ދިލޭކޮއް މިގައުމުގެ ތަރައްގީ މަޑުޖައްސާލުން. މިގައުމު މިދަނީ 20 އަހަރު ފަހަތައް. އިންޑިޔާ އައުޓް.

    4
    1
  62. ޙަނީ

    ފުރަތަމަ އަމިއްލަ ޤައުމު ތަރައްގީ ނުވެ އެހެންބަޔަކު ތަރައްގީ ކުރެވޭތަ؟ ސިއްކީމައްވެސް ހަމަ ތިދަޅަދެއްކީ

  63. ކާފަދ

    އހަރުމެން ދިވެހިންވެގެން އެއޮއް ކަޑަ ޓްރެވިންޑްތަމް ތަރައްޤީކޮށްދީ ނިންމާލިއިރުވެސް ކަލޭމެންނަށް ތިބުރަ އާރާސްތެއް ކޮށެއް ނުދެވުނު.

  64. ކުޑަކާށި

    ދެންކީއްކުރާ ސިފައިންނެއްތޯ..

  65. ޖޯރޭ

    ކަލޭމެންގެ ގައުމު ނަގާ އިނދި ފުށައް ޖެހޭ ތޯބަލަން ވީނުން މިއީ އަހަރެމެންގެ ރާއްޖެ މިތަން ކޮޅަށް ޖަހާނީ އަހަރެމެން އޯކޭ އިންޑިޔާ ޖާސޫސުން މި ގައުމުން ފައިބާ🐂🐂🐂

  66. ދުމައިން

    އިގްތިސާދީ ވާހަކަ މީނަޔާއެއްކޮށް ޓީވީ ލައިވްއެއްގަ ދައްކާލެވޭނެނަމަ...... !! އަދި ނަރެންދުރަ ނަޝީދު ވެސް ބައިވެރިވާ ގޮތަށް.. ދުވެހިންނަށް ލިބެންެުޅޭ އާރާސްތުކުރަވިފައިވާ އިގްތިސާދު ކުލަ ކޮށްލެވުނީސް. ދެމިޔަކަނުން "ޗޯ" ބޭލިފަ އެކަކު، އަނެކަކު އޮށްދާހިއްލާ ، ކޮށިއަރާ ހުން އަންނާނީ. . .

  67. ޙަަދިސަ

    މީ ފައްކާ ޖާސޫސެއް މީނަވވީއެއްމެ އަވަހަކަން މި ރާއްޖެއިން ބޭރުކުރަން ޖެހޭ އިންޑިޔާ އައުޓް

  68. ޑެރަވެއްޖެ

    ޥޯރާ ވިޔަފާރިވެރިން އެހެންނަމެއްގައި ދިވެހިރާއްޖެ ހިފަން މިސްރާބުޖަހާފަ އިންޑިޔާ އައުޓް