އައްޑޫ ފްލައިން ސްކޫލްއާ މެދު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ފަޚުރުވެރިވެއެވެ. މިއީ އެ ދާއިރާ އިން އުނގެނެން ބޭނުންވާ އެތައް ދަރިވަރުންނާ ގުޅިލާމެހިފައި އޮތް ތަނެކެވެ. އެކަމަކު، އެތަނުގެ އުސޫލުތައް ދޯދިޔާ ކަމުން ދަރިވަރުންގެ ކަންބޮޑުވުން އިންތިހާ އަށް އެބައޮތެވެ. އެއީ ނިމުމެއް ނެތް ޝަކުވާއެކެވެ. ދަރިވަރުން ބޭނުން ވަނީ އެ ތަނުގައި ހިތްހަމަޖެހިލައިގެން ކިޔަވާލެވޭނެ ފަސޭހަ މާހައުލެކެވެ.

ފްލައިން ސްކޫލްގައި ކިޔަވައިދޭ މަރުހަލާތަކަށް ބަލާ އިރު:

1) ބީ.އޭ.ކޭ ( ބޭސިކް އެއަކްރާފްޓް ނޮލެޖް ) : މި މަރުހަލާގައި ކުދިންނަށް ކިޔަވައިދެނީ ކޯހާ ގުޅޭ އަސާސީ ކަންކަމެވެ. އަދި އެންމެ އާދައިގެ ކަންކަމުގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދީ އަސްލު ކޯސް ކަމަށްވާ އޭޓީޕީއެލް ( އެއަލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް ) ގެ ގްރައުންޑް ކްލާސް ނުވަތަ ތިއަރީ ކުލާސްތަކަށް ކުދިން ބިނާކުރުމުގެ މަރުހަލާއެވެ. މި މަރުހަލާއަށް ހޭދަވަނީ 3-4 މަސް ދުވަހެވެ.

2) އޭ.ޓީ.ޕީ.އެލް ( އެއަލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް ): މި މަރުހަލާއަކީ މިއީ ގްރައުންޑް ކްލާސް ނުވަތަ ކޯހުގެ ތިއަރީ ކުލާސްތަކެވެ. ޖުމްލަ 12 މާއްދާ އެކުލެވެއެވެ. މި މަރުހަލާގައި 6-8 މަސް ދުވަސް ހޭދަވެއެވެ.

3) ތިއަރީ ޓެސްޓްތައް :ތިއަރީ ޓެސްޓްތައް ހެދުމުގެ ފުރުސަތު ލިބެނީ ގްރައުންޑް ކުލާސް ނިމި ސްކޫލްގެ 12 މާއްދާގެ އިމްތިހާނު ފުރިހަމަކުރުމުންނެވެ.

4) ފްލައިއިން

ފްލައިންގެ ފުރަތަމަ މަރުހަލާ ( ސޯލޯ ސްޓޭޖް ) ގައި ފުރަތަމަ ފްލައިޓަކީ އިންޓްރޮޑަކްޝަން ފަލައިޓެވެ. އެއަށް ފަހު ބައެއް އެއާ އެކްސެސައިޒް ހެދުމަށް ފަހު ސާކެޓް ފްލައިން ފައްޓައެވެ. ސާކެޓް ފްލައިން އަކީ ޓޭކް އޮފް، ލޭންޑިންގ އަދި އެމަޖެންސީ ޕްރޮސީޖަ ހަދަން ދަސްކޮށްދީ އަމިއްލަޔަށް ހުރިހާ ކަމެއް ކުރެވެންދެން ކުރާ ފްލައިންގްއެވެ.

ކްރޮސް ކަންޓްރީ ސްޓޭޖް: މި މަރުހަލާގައި ދަރިވަރުން އެކަނި އެއްތަނުން އަނެއްތަނަށް ދިޔުމުގެ ތަޖުރިބާ ހޯދަން ޖެހޭ އިރު މި މަރުހަލާގައި ދާނީ ފުވައްމަލައް ނުވަތަ ކޫއްޑޫ ނުވަތަ ކާޑެއްދުއަށެވެ.

އިންސްޓްރުމެންޓް ފްލައިން ސްޓޭޖް: މިސްޓޭޖްގައި 2018 ގެ ކުރިން ސްކޫލުން އަންގާފައިވާ ގޮތުގައި ކޮންމެ ކުއްޖަކު 30 ގަޑިއިރު ސެސްނާ 150 އެއާކްރާފްޓްގައި އަދި 20 ގަޑި އިރު ފްރަސްކާ ސިމިއުލޭޓާގައި އަޅަން ޖެހެއެވެ.

ދެން އޮތް މަރުހަލާތަކަކީ، ސީ.ޕީ.އެލް ( ކޮމާޝަލް ޕައިލެޓް ލައިސެންސް ) ޗެކްރައިޑް އަށް ތައްޔާރުވުމުގެ ފްލައިންގ ސްޓޭޖް، އިންސްޓްރުމެންޓް ރޭޓިންގެ ޗެކްރައިޑް އަށް ތައްޔާރުވުމުގެ ސްޓޭޖް، މަލްޓި އިންޖިން ރޭޓިން ސްޓޭޖްއެވެ.

ކިޔެވުން ފަށާ ފަހުން ފީއަށް ބަދަލު އާދޭ، މުއްދަތަށް ކޯސް ނުނިމޭ ޝަކުވާ ބޮޑު

ފްލައިން ސްކޫލްގައި ތައުލީމް ހާސިލްކުރާ ކޮންމެ ބެޗެއް ވެސް ސްކޫލްއަށް ވަނުމުގެ ކުރިން ކޯހުގެ ފީގެ އޮނިގަނޑު އަދި ކޯހުގެ ފީ އާއި ގުޅޭ މައުލޫމާތު ހިމެނޭ ލިޔުމެއް ދަރިވަރުންނާ ހިއްސާކުރެއެވެ. އަދި ދަރިވަރުންނަށް ކޯހުން ޖާގަ ލިބުނުކަން އަންގަން ދޭ ޕްލޭސްމެޓް ލިޔުމުގައި 12-18 މަހާ ދޭތެރޭގައި ކޯސް ނިމޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ކޯހަށް ވަންނަ ދަރިވަރުން ތިބެނީ ވަކި މުއްދަތެއްގެ ތެރޭގައި، ކަނޑައަޅާ ވަކި ފީއެއް ދައްކާ ޚަލާސްކުރުމުން ކޯސް ނިމޭނެ ކަމުގެ ފޮނި އުންމީދާ އެކުގައެވެ. ނަމަވެސް ކަންތައްތައް ހިނގަނީ އެއާ މުޅިން ޚިލާފަށެވެ.

" ޕްލޭސްމެންޓް ލެޓާގައި އޮންނަ މުއްދަތަކަށް ނުނިމޭ. އެންމެ އަވަހަށްވެސް ނިމެނީ ތިން އަހަރު ވަރުން. އެށް ވުރެ ވެސް ގިނަ ދުވަސް ވަނީ. ކޮންމެ އާ ބެޗަކާއި އެކު ފީ ބޮޑުވޭ. ލޯނު ލިބެނީ ފުރަތަމަ ސްޓްރަކްޗައަށް ބަލާފަ. ދެން އެތައް ފަހަރު މަތިން ފީ ބޮޑުވީމަ ކިހާ އުނދަގޫ ވާނެ." ދަރިވަރަކު ކިޔައި ދިނެވެ.

ފްލައިން ސްކޫލްގައި ކިޔަވާ ކުދިންގެ 60 އިންސައްތަ ކުދިން ތައުލީމް ހާސިލްކުރަނީ ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަން ލޯނުގައި ކިޔަވާ ކުދިން ކަމަށް ވާއިރު، އެކުދިންނަށް ސްޓައިޕެންޑް ( ހުރުމާއި ކެއުމުގެ ހަރަދު ) ލިބިފައިވަނީ ސްކޫލްއަށް ވަންނައިރު ލިބޭ ލިޔެކިޔުމުގެ މައްޗަށް ބަރޯސާވެގެންނެވެ.

އެހެންކަމުން ކޯސް ނުނިމި ދިގުލައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ޑީ.އެޗް.އީ އިން ނެގި ލޯނު އެއްކޮށް ހުސްވެ ބައެއް ކުދިންނަށް ކޯސް މެދުކަނޑާލަން މަޖުބޫރުވެއެވެ.

" ބައެއް ކުދިންނަށް ނޯވޭ އިތުުރު ލޯނެއް ލިބޭކަށް. ނޯވޭ އާއިލާއަށް ވެސް އެވަރު ޚަރަދެއް ކުރެވެން. އަދި ބައެއް ކުދިން ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ނަގާ. ފުރަތަމަ ހޭދަވާނެ ކަމަށް ހީކުރި ވަރަށް ވުރެ މާ ބޮޑު އެއްޗެއް ހޭދަވޭ އަސްލު އެހެންވީމަ،" ދަރިވަރަކު ބުންޏެވެ.

ތިއަރީ ޓެސްޓު ހެދުމަށް ގެނައި ބަދަލާއި ގުޅިގެން އެތައް ތަކުލީފެއް!

2018 ވަނަ އަހަރުގެ ނިޔަލަށް، ގިނަ ދަރިވަރުންނަށް ތިއަރީ ޓެސްޓްތައް ހެދުމުގެ ފުރުސަތު ލިބެނީ ގްރައުންޑް ކުލާސް ނިމި ސްކޫލްގެ 12 މާއްދާގެ އިމްތިހާނު ފުރިހަމަކުރުމުންނެވެ. އަދި 2018 ވަނަ އަހަރުގެ ކުރިން ކިޔަވަން ފެށި ދަރިވަރުން ފުރިހަމަކުރަނީ ސްރީލަންކަން އޭ.ޓީ.ޕީ.އެލް އެގްޒާމްއެވެ. އެކުދިން އިމްތިހާން ފުރިހަމަކުރަނީ ފަހަރަކު މާއްދާއެއްގެ އިމްތިހާން ނިންމަމުން، ގޮސް 12 މާއްދާގެ އިމްތިހާން ނިންމާގޮތަށެވެ.

ނަމަވެސް، 2018 ގައި ދިވެހި ރާއްޖޭގެ ސިވިލް އެވިއޭޝަން އިން އިމްތިހާނުގެ އޮނިގަނޑަށް ގެނައި އިސްލާހާ އެކު، އޭރު އިމްތިހާން ފުރިހަމަ ނުކޮށް ތިބި ހުރިހާ ކުދިންނަށް އާ އޮނިގަނޑުގެ ދަށުން" ސީއޭއޭއައި އޭޓީޕީއެލް އެގްޒާމް" ހަދަން މަޖުބޫރު ވިއެވެ.

އެގޮތުން 2017 ވަނަ އަހަރު ކިޔަވަން ފެށި ކުދިން ވެސް "ސީއޭއޭއައި އޭޓީޕީއެލް އެގްޒާމް" ހަދަން ޖެހުމުގެ ސަބަބުން ކޯސް ފީއަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.

އޭޓީޕީއެލްހެދުމަށް ލިބެނީ ހަ ސިޓިންގ ކަމަށާއި، އޭގެ ތެރެއިން ކޮންމެ ސިޓިންގ އަކީ 10 ދުވަސް ކަމަށް ފްލައިން ސްކޫލްގެ ދަރިވަރުން ބުނެއެވެ. މިގޮތަށް ކޮންމެ މަހަކު އާންމު ގޮތެއްގައި ދެ ސިޓިންގް އޮންނަ ކަމަށް ވެސް އެ ދަރިވަރުން ބުނެއެވެ.

މި މަރުހަލާ ކުރިއަށް ދާގޮތް ކިޔާދެމުން ދަރިވަރުން ބުނީ، އެމް.ސީ.އޭ.އޭ ( މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީ ) އިން ކޮންމެ ކުއްޖަކުވެސް އިމްތިހާން ހެދުމަށް ރަޖިސްޓްރީ ވުމުން އޮންލައިން ޕޯޓަލްއެއް ދޭކަމަށެވެ. އެ ޕޯޓަލް އަކީ އެކުޖައްކު ތައްޔާރުވެފައި އިމްތިހާނުގެ މާއްދާތައް ބުކް ކުރުމަށް ދެވޭ ޕޯޓަލް އެއް ކަމަށާއި އެކުއްޖަކު ބޭނުން މާއްދާތަކަކަށް ތައްޔާރުވެ ނިމުމުން، ސްކޫލްގެ އިމްތިހާނުގެ ކަންތަކާއި ހަވާލުވެގެން ހުންނަ ފަރާތަށް އެކަން އަންގަން ޖެހޭ ކަމަށާއި އެއަށްފަހު ޕޯޓަލްގައި ބުކް ކުރެވޭނީ އެފަރާތުން އެންގުމުންކަމަށް ދަރިވަރުން ބުނެއެވެ.

މިގޮތަށް ކޮންމެ ސިޓިން އަކާ ދިމާކޮށް ވެސް ދަރިވަރުން ސިޓީން އަށް އެދުނު ނަމަވެސް ސްކޫލުން އިމްތިހާނުގެ ޖާގަ ފުރިފައިވާ ކަމަށް ބުނާތީ އިތުރު ދަތިތަކާއި ދިމާވަކަން ދަރިވަރުން ފާހަގަކުރެއެވެ.

" ހަ ކުދިން ކޮންމެ ދުވަހަކު އެގްޒާމް ހަދަން ފުރުސަތު އޮންނަ އިރު އެކަކު އެކަނިވެސް އެގްޒާމް ހަދާ. 12 މާއްދާ ހަ ސިޓިން އަށް ބަހާލައިގެން ކޮންމެ މަހަކު އެގްޒާމް ހެދިއަސް ހުރިހާ އެގްޒާމްއެއް ހެދޭނީ ހަ މަހުން. އެހެންވީމަ 7-11 މަސް އެބަ ހޭދަވެ މިކަމުގަވެސް " ދަރިވަރަކު ކިޔާދިނެވެ.

އެކަށީގެންވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ނެތް!

ކޯހުގެ ދެވަނަ މަރުހަލާކަމަށްވާ ގައި 12 މާއްދާ އުނގަންނައިދޭން ހުރީ އެންމެ އިންސްޓްރަކްޓަރެކެވެ. އެގޮތުން ގިނަ އަދަދެއްގެ ކުދިން 2016 އިން ފެށިގެން ސްކޫލަށް ވަންނަމުންދާ އިރު ޖުމްލަ ގޮތެއްގައި މިމަރުހަލާ ނިންމަން ހައެއް ނުވަތަ އަށް މަސް ނަގާއިރު ބައެއް ކުދިންނަށް މިމަރުހަލާގައި ފްލައިންވެސް ނުފެއްޓެއެވެ.

ފްލައިން ނުވަތަ އުުދުހުމުގެ މަރުހަލާގައިވެސް އެކަށީގެންވާ އަވަސް މިނެއްގައި ކުދިންގެ ތަމުރީންތައް ކުރިއަކަށް ނުދެއެވެ. ދަރިވަރުން ބުނާގޮތުން، ( އިންޓްރޮޑަކްޝަން ފްލައިޓް ) މިހާރު ލިބެނީ ބީއޭކޭ ފޭޒް އާއި ކައިރިވެފައި ވަނިކޮށެވެ.

ފްލައިންގެ ފުރަތަމަ މަރުހަލާ (ސޯލޯ ސްޓޭޖުގައި) މިފްލައިންތަކަކީ ޑުއަލް ފްލައިން ( އިންސްޓްރަކްޓަރ އެކުގައި ) ތަކަކަށްވާ އިރު ޖުމްލަ ގޮތެއްގައި ސޯލޯ ( އެކަނި ދުއްވުން ) ލިބެނީ 30 ގަޑިއާއި 50 ގަޑި އިރާ ދޭތެރެއިންނެވެ. ދުނިޔޭގެ އެހެން ފްލައިން ސްކޫލްތަކަށް ބަލާއިރު 10-15 ގަޑި އިރުން ސޯލޯ ލިބެއެވެ.

މިސްޓޭޖްގައި ގިނަ ކުދިން ސޯލޯ ނުލިބި ލަސްވާ އެންމެ ބޮޑު ސަބަބަކީ އެކަށީގެންވާ ގޮތަށް ފްލައިން އެކުއްޖަކަށް ނުލިބުން ކަމަށް ވާއިރު މި މަރުހަލާގައި އާއްމުކޮށް ފްލައިން ލިބެނީ ހަފްތާ އަކު އެންމެ ފްލައިޓެކެވެ.

މިގޮތަށް ސްކޫލްއިން އަމަލުކުރުމުގެ ސަބަބުން ދަރިަވރުންގެ ޑުއަލް އަވާސް މައްޗަށް ގޮސް އެންމެފަހު ޑުއަލް އަވާސް ކޯހުގެ ފީސްޓްރަކްޗަ ގައި ދީފައިވާ އަދަދަށްވުރެ އިތުރަށް ގިނަ ކުދިން ފްލައި ކުރަން ޖެހުމަކީވެސް ދަރިވަރުންގެ ކޯސްފީ އަށް ބަދަލު އަންނަ އެއް ސަބަބެވެ.

ކުއްޖާއަށް ސޯލޯ ލިބި ބައެއް އެކްސެސައިޒްތައް ހެދުމަށް ފަހު ދެން އޮންނާނީ ކްރޮސް ކަންޓްރީ ފޭޒްއެވެ.

ކްރޮސް ކަންޓްރީ ސްޓޭޖްގައި 2018 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ އާ އިންސްޓަކްޓަރުން ސްކޫލާ ގުޅުމުން ކޮންމެ ކުރޮސް ކަންޓްރީ ފްލައިޓްއެއްގައި ސޭފްޓީ ޕައިލެޓްއެއްގެ ގޮތުގައި މި އިންސްޓަކްޓަރުން ދާގޮތަށް ސްކޫލުން ވަނީ ހަމަޖައްސާފައެވެ. މި ނިންމުމާ ގުޅިގެން ދަރިވަރުންނަށް އެކަނި ދުއްވައިގެން ލިބެން ޖެހޭ ހަގީގީ ތަޖުރިބާއިން މަހުރޫމުވެފައެވެ.

" ސޭފްޓީ ޕައިލެޓުންގެ ގޮތުގައި އާ އިންސްޓްކްޓަރުން ކަމުން އެމީހުން ގިނަފަހަރަށް ކޮންޓްރޯލްސް ނަގާ. ކުއްޖާ އަށް ދުއްވަން ލިބޭ ވަގުތު މަދުވެ ވަރަށް. ބައެއް ދުވަސް ދުވަހު ދެ ފްލައިޓްވެސް ލިބޭ. ދެ މަސް ދުވަހުން މިސްޓޭޖް ނިންމާލެވޭނީ އާއްމުކޮށް މިސްޓޭޖްގައި 50 ނުވަތަ 60 ގަޑިއިރު ފްލައި ކުރާނެ. " ދަރިވަރަކު ބުންޏެވެ.

ދެން އޮތީ އިންސްޓްރުމެންޓް ފައިން ސްޓޭޖެވެ. 2018 ގެ ފަހުން އެމް.ސީ.އޭ.އޭ އިން އެމެންޑް ކުރި ގަވާއިދާއި އެކު ކޮންމެ ކުއްޖަކު 15 ގަޑި އިރު ސެސްނާ 150 އެއަކްރާފްޓްގައި، 5 ގަޑި އިރު ފްރަސްކާ ސިމިއުލޭޓަގައި އަދި 30 ގަޑި އިރު އެފް.އެން.ޕީ.ޓީ ސިމިއުލޭޓަގައި ފުރިހަމަ ކުރަންޖެހޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.

އެއާއެކު 2017 ވަނަ އަހަރު ސްކޫލަށް ވަދެފައި ތިބި ކުދިންނަށް ވެސް ކޯސް ފީ ބޮޑުވުމާއި، ކްރޮސް ކަންޓްރީ ސްޓޭޖް ނިމި އިންސްޓްރުމެންޓް ސްޓޭޖް ފެށުމާއެކު ފްލައިން ލިބުން މަދުވުން ފަދަ އެތައް މައްސަލައެއް ދިމާވިއެވެ. އެ ދަރިވަރުންނަށް ފްލައިން ނުލިބޭ މަައިގަނޑު ސަބަބަކީ ސަބަބަކީ އިންސްޓްރުމެންޓް ފްލައިންއަށް ތިބި އިންސްޓްރަކްޓަރުން މަދުވެފައި ބޯޓުތައް މަދުވެފައި މިސްޓޭޖްގައި ކުދިން ގިނަވުމެވެ.

ދަރިވަރުން ބުނާ ގޮތުން ކޯހުގެ ގިނަ ދުވަސްތަކެއް ހޭދަވާ މަރުހަލާއަކީ މިއީއެވެ. އެ މަރުހަލާ ދިގުލައިގެން ދާ އެއް ސަބަބަކީ ސްކޫލްގެ ދޯދިޔާ އުސޫލުތައް ކަމަށް ވެސް ދަރިވަރުން ބުނެއެވެ. އެގޮތުން ސްކޫލުގައި އެއްވެސް ކަމެއް ކުރާނެ ގަވާއިދެއް އުސޫލެއް ނެތުމުގެ ސަބަބުން އެކި ކުދިންނަށް އެކި އެކި ގަވައިދު ހެދުމާއި، ބައެއް ކުދިންނަށް މިސްޓޭޖްގައި އިތުރަށް ފްލައި ކުރެވޭނީ ވަކި މާއްދާތަކެއްގެ އެގްޒާމް ހެދުމުން އަދި ބައެއް ކުދިންނަށް ވަކި އަދަދަކަށް އެގްޒާމް ހެދުމުން ކަމަށް އެންގުން ފަދަ ކަންކަން ވަނީ މެދުވެރިވެފައެވެ.

ދަރިވަރުން ވަނީ އެމް.ސީ.އޭ.އޭ ގަވައިދުގައިވާ ގޮތުން ނަމަ ސީ.ޕީ.އެލް ރިކުއަމަންޓްގައި ވަނީ އިންސްޓްރުމެންޓް 10 ގަޑިއިރު ކަމަށް ވާއިރު ބައެއް ކުދިން 10 ގަޑި އަށްވުރެ ގިނައިން ފްލައި ކުރަން ސްކޫލުން އަންގާތީ އެކަމުގެ ކަންބޮޑުވުންވެސް ހިއްސާކޮށްފައެވެ.

ދެން އޮތް މަރުހަލައަކީ ސީ.ޕީ.އެލް ( ކޮމާޝަލް ޕައިލެޓް ލައިސެންސް ) ޗެކްރައިޑް އަށް ތައްޔާރުވުމުގެ މަރުހަލާއެވެ. މިއީ ގިނަ ދަރިވަރުން އެ މަރުހަލާއެއްގައި ތާށިވާ މަރުހަލާއެވެ.

" ސްޓޭޖްގައި ފްލައި ކުރަން ސްކޫލުގައި އޮންނަނީ އެންމެ ބޯޓެއް. އެއީ ސެސްނާ 172 އާރު.ޖީ. އެންމެ ބޯޓެއް އޮވެފައި ގިނަ ކުދިން މިސްޓޭޖްގައި ފްލައިކުރަން ޖެހެެ އިރު މިސްޓޭޖްގައި ފްލައި ކުރާ އިންސްޓްރަކްޓަރުން އެހާ މަދު. އަދި އެންމެ ބޯޓެއް އޮތީމަ ބޯޓް މެއިންޓެނެންސް ކުރާ ދުވަސް ތަކުގައި ފްލައި ކުރާނެ އިތުރު ބޯޓެއް ވެސް ނޯވޭ." ދަރިވަރަކު ކިޔާދިނެވެ.

މި މަރުހަލާގައި ދިމާވާ ދަރިތައް ކިޔާދެމުން ދަރިވަރަކު ބުނީ، ޗެކްރައިޑް ގެކުރިން ފްލައި ކުރާ އިންސްޓްރަކްޓަގެ ރެކަމަންޑޭޝަން ނުލިބި ލަސްވުމާއި، ޗެކްރައިޑް އަޅާނެ އިންސްޓްރަކްޓަރަކު ނެތުން ފަދަ މައްސަލަަތައް މި މަރުހަލާގައި ދިމާވަ ކަމަށެވެ.

އަދި މިިސްޓޭޖް އަށް އަންނަ އިރު ގިނަކުދިން ބާކީ 10 ނުވަތަ 15 ގަޑިއިރު އޮންނައިރު ރެކަމެންޑޭޝަން ނުލިބި ލަސްވުމާއި ގުޅިގެން އިތުރަށް ވަރަށް ބޮޑު އަދަދެއް ކޯހުގެ ފީގެ ގޮތުގައި ދަށްވާ ކަމށް ވެސް ދަރިވަރުން ބުނެއެވެ.

ހަމައެހެންމެ ބައެއް ކުދިން ހަމައެކަނި މިސްޓޭޖްގައި އެއް އަހަރު ހޭދަކުރެވިފައިވާ އިރު މި މަރުހަލާގައި ކޮންމެ ކުއްޖަކުވެސް އެންމެ މަދުވެގެން ވެސް ތިން މަސް ހޭދަ ކުރަން ޖެހޭކަން ދަރިވަރުން ފަހަގަކުރެއެވެ.

ދެން އޮތް އިންސްޓްރުމެންޓް ރޭޓިންގެ ޗެކްރައިޑް އަށް ތައްޔާރުވުމުގެ މަރުހަލާގައި އިންސްޓްރުމެންޓް 50 ގަޑިއިރު ހަމަކުރުމަށް ބާކީ ހުރި އިންސްޓްރުމެންޓް ފްލައިން އަދި ސިމިއުލޭޓާރ ގަޑި ހަމަކުރެއެވެ. މި މަރުހަލާގައިވެސް ފްލައި ކުރާ އިންސްޓަކްޓަރުން މަދުވެފައި ބޯޓުތައް މަދުވުން އަދި ރެކަމެންޑޭޝަން ނުލިބި ލަސްވާ މައްސަލަ ދިމާވެއެވެ.

ސީ.ޕީ.އެލް ނިމުމަށްފަހު އިންސްޓްރުމެންޓް ޗްކްރައިޑް އެޅުމަށް ޖުމްލަކޮށް ދޭއް ނުވަތަ ތިން މަސް ހޭދަކުރަން ޖެހެއެވެ.

ކޯހުގެ އެންމެ ފަހު މަރުހަލާ ކަމަށްވާ މަލްޓި އިންޖިން ރޭޓިން ސްޓޭޖް ގައިވެސް މިސްޓޭޖްގައި ވެސް ފްލައި ކުރަން ސްކޫލުގައި އޮންނަނީ އެންމެ ބޯޓެކެވެ.

"މިސްޓޭޖުގައި ފްލައި ކުރަންޖެހެނީ އެންމެ ހަތް ގަޑިއިރު ކަމަށްވާއިރު މިސްޓޭޖަކީވެސް ވަރަށް ގިނަދުވަސް ހޭދަކުރަންޖެހޭ ސްޓޭޖެއް. އެއި އެންމެ ބޯޓެއް އޮތުމައި، މިސްޓޭޖްގައި ފްލައި ކުރާ އިންސްޓްރަކްޓަރުން މަދުވުމައި، މެއިންޓެނެންސް އަދި ސްކައި ޑައިވިން އަށް މި ބޯޓް ބޭނުން ކުރޭ، ސްކޫލަށް މަލްޓި ރޭޓިންގ އަށް ރާއްޖެއިން ބޭރު ކުއްޖަކު އައިސްފި ކަމަށްވަނީނަމަ އެކުއްޖަކަށް ފުރުސަތު ދިނުމާއި، ޗެކްރައިޑް އަޅާނެ އިންޓްރަކްޓަރަކު ނެތުން ފަދަ ކަންކަން ދިމާވާތީ." ދަރިވަރުން ކިޔާދިނެވެ.

ތަފާތު ކުރުންތައް ބޮޑު!

ފްލައިން ސްުކުލްގެ ދަރިވަރުން ބުނާގޮތުން އެ ސްކޫލުގައި ދިވެހި ކުދިންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް ބޮޑެވެ. އެގޮތުން ބިދޭސީ ދަރިވަރެއް ނަމަ އެކުއްޖަކަށް ބަރާބަރަށް ފްލައިން އަދި އެހެނިހެން ކަންކަން ހަމަޖައްސާ ދިނުމާއި ކޯސް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާދޭ މައްސަލަ ފާހަގަކުރެވެއެވެ.

" ދިވެހި ކުދިން ޖެހެނީ އަބަދުވެސް ޕޭމެންޓް ދާއްކާފައި ވެސް ފްލައިންގ އަށް އެދި ކުދިން ޖެހެނީ ސަލާން ޖަަހަން ދުވަން. ފްލައިން ޝެޑިއުލް ކުރުމުގައި އެއްވެސް ކަހަލަ ޓްރާންސްޕޭރެންސީ އެއް ނެތް

ސަރުކާރުގެ އެހީ ނުލިބި އަލުން އިމްތިހާން ހަދަން ޖެހިފާނެ ކަމުގެ ބިރު ހީވެފައި!

މި ނޫނަސް ދަރިވަރުންގެ އެތައް ޝަކުވާއެއް ފްލައިން ސްކޫލާ މެދު އެބަހުއްޓެވެ. ސިވިލް އޭވިއޭޝަަން އޮތޯރިޓީއާ ކަމާ ބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ދަރިވަަރުން ވަނީ ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް އެ އިދާރާތަކުން ދަރިވަރުންނަށް އެކަށިގެންވާ އިޖާބައެއް ދީފައެއް ނުވެއެވެ.

ދަރިވަރުން ބުނީ މިހާރު ސްކޫލްގައި ފްލައި ކުރަން އޮތީ އެންމެ ތިން ބޯޓު ކަމަށެވެ. އަދި މުޅި ޖުމްލަ ތިބީ ހަތަރު އިންސްޓްރަކްޓަރުން ކަމަށް ވާއިރު ދުރާލާ އެންގުމަކާ ވެސް ނުލައި ސްކޫލް މެނޭޖްމެންޓުން މިހާރު ވަނީ ސްކޫލްގެ އޮޕަރޭޝަން ހަފްތާއަކު ތިން ދުވަހަށް ބަދަލުކޮށްފައި ކަަމަށް އެ ދަރިވަރުން ބުނެއެވެ.

މި ބަދަލާ އެކު ކޮންމެ ކުއްޖަކަށް ފްލައިޓެއް ނުވަތަ ސިމް ސެޝަނެއް ލިބެނީ 15 ދުވަހުން އަދި މަހަކު ލިބެނީ އެންމެ ދެ ގަޑިއިރަށެވެ.

ހަމައެހެންމެ މިއަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު ސީޕީއެލް ޗެކްރައިޑް އެޅުމަށް އޮތް ހަމައެކަނި ފްލައިޓް ( ސެސްނާ 172 އާރުޖީ ) ހަލާކުވެފައިވާ ކަމަށާއި މިވަގުތު ސީޕީއެލް ޗެކްރައިޑް އަޅާނެ އިތުރު ބޯޓެއް ނެތް މައްސަލަ އަކީ ދަރިވަރުންގެ ސީރިއަސް ކަންބޮޑުވުމެކެވެ.

ދައްކަން އެބަ ޖެހޭ ކުރިން ގަޑިއަކަށް 300 ޑޮލަރު. މިހާރު އަރަންޖެހޭ އެއްޗަށް ގަޑިއަކަށް 700 ޑޮަލަރު. އެ އަށް އަރަން އެބަ ތިބި 30 އަށް ވުރެ ގިނަ ކުދިން އެބަ ތިބި. ކިއު ޖެހެނީ. ރޫލް ބުނާގޮތުން ތިއަރި އެގްޒާމް ނިމޭތާ 3 އަހަރު ތެރޭ ސީޕީއެލް ޗެކްރައިޑް އަޅަން ޖެހޭ. އެހެން ނޫނީ ޖެހޭނީ އަލުން އެގްޒާމް ހަދަން. އެގޮތަށް ތިއަރީ ހެދިތާ 5-6 މަސް ބާކީ ތިބި ކުދިން އެބަ ތިބި. އެ ދުވަސްކޮޅު ތެރޭ ސީޕީއެލް ޗެކްރައިޑް ނުނިމޭނަމަ ޖެހޭނީ އަލުން އެގްޒާމް ހަދަން. އަލުން އެގްޒާމް ހަދާނަމަ 33،000 ރުފިޔާ ދައްކަން ޖެހޭނެ. އެކަމަށް އިތުރު 7 މަސް 8 މަސް ވަރު ހޭދަ ވާނެ. މިކަމަށް ހައްލެއް ލިބެން އޮތީ ސިވިލް އޭވިއޭޝަން ނޫނީ އެހން ބަޔަކު އަޅުގަނޑުމެންނަށް އެހީވެގެން " ދަރިވަރަކު ފާހަގަކުރިއެވެ.

މި މައްސަަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ކަމާއި ބެހޭ އެހެން ވުޒާރާތަކުން އަދި މިކަމާއި މެދު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ރާއްޖެ

  ރާއްޖޭގެ ހަޔަަރ ޢެޑިއުކޭޝަން ފޯރުކޮއްދޭ ހުރިހާ ތަނަކުން ވެސް ކިޔަވައިދެނީ އަމާ ބުނީތީ ފަރައްދާ އުސޫލުން. ބަރާބަރަށް ޓިއުޝަން ފީ ދޭން ޖެހޭނެ. ފާސްވާނެ ފެންވަރެއް ނެތަސް.

  20
  1
 2. ހަސަނު

  މި ދިވެހިރާއްޖެ ނޫނިއްޔާ ދުނިޔޭގައި ނެތް ބޭރުގެ އެހެން ބަޔަކަށް މިނިވަން ކަމާއި ، ބާރާއި ނުފޫޒާއި ، އަދި ބޭނުން ހައި ގޮތަކަށް އުޅެގެން ވިޔަފާރި ކުރަން ފަސޭހަ ގައުމެއް. އެއްމެން އަޑު ނެތްތާކަށް ކިޔާއުޅޭ އިންޑިޔާ ލަންކާ ބަންގާޅުގަ އޭ އެންމެ ކޮރަޕްޝަން ބޮޑީ. އެކަމަކުވެ ބަލާބަށް އޭގެ ގައުމެއްގައި އެހެން ގައުމެއްގެ ބަޔަކަށް ހިތު ހުރި ގޮތަކަށް އުޅެވޭތަން ފެނޭތަށް! މިތާ މީހުން ހިތުން މީ އެންމެ ރަގަޅު ގައުމު. ކޮންމެ މީހެއްގެ އަތުގަ 3 ކެމެރާ ލީ އައިފޯނެއް އޮތީމަ އެ ވީ ދިވެއްސަކަަށް! ފުރަތަމަ ރަނގަޅު ކުރަންވީ ތިމާމެންގެ އުޅުން......ވ ސަލާމް

  29
 3. ޢިމްރާން ހާން

  ޓޫމަޗްއިންފޮރމޭށަން

  13
  5
 4. ނުޖުތާ

  ޙަހަހަހަހަހަހަ ބޮއިކޮޓު ކުރޭ

  23
  • ޙައްގުބަސް

   މިއީ ލޯލެސް ކަންޓްރީއެކޭ ބުނެވޭނެ ޖާގަ މިއޮތީ!! ފްލައިންގް ސްކޫލޭ ކިޔާފަ ބަޔަކު އައިސް ބޭނުން އެއްޗެއް ހަދާއިރު މިރާއްޖޭގެ ކަމާގުޅޭ ވުޒާރާތައް ތިބީ ނިދާފަ!! ގާނޫނެއް ގަވާޢިދެއް މިމީހުންގެ މައްޗަށް ހިންގާތަނެއް ނުފެނޭ!! އެތައް ބައިވަރު ކުދިންނެއް ތަންތަނުން ލޯނު ނަގައި 2 އަހަރުން ނިންމަން އައްޑޫ ސިޓީގައި މިހުންނަ ފްލައިން ސޮކޫލަށް މިދަނީ ވަރަށް ފޮނި އުންމީދަކާއެކު! އެކަމަކު 3 އަހަރު ހަތަރު އަހަރު ވާއިރުވެސް ކޯސް ނިމޭކަމަކަށް ނުވޭ!! ފީ ބޮޑުކުރަނީ އެބުނާހެން ކޮންމެ އާ ބެޗަކާއެކު! ބޮޑު ކަމެއް މިއޮތީ މިރާއްޖެއަށް މިހާރު ދިމާވެފަ!! ދެން މިހާރު މިރާއްޖޭގައި ތަރައްގީގެ މަޝްރޫޢެއް ހިންގަން އުޅޭނަމަ އެކަން މިއިއުލާންކުރަނީ މިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނަރު! އެގްރިމަންޓްތައް ޑަރާފްޓުކޮށްފަ މިބުނާ ހައިކޮމިޝަނުން ނެރެގެންގޮސް ރައިސް މީހާއަތަށް ދިނީމާ އޭގަ އޮންނަ އެއްޗެއް ބަލާލުމެއްނެތި ނުވަތަ ދޭހަވެސް ނުވެ ހުރެ ސޮއިކުރަމުން އެގެންދަނީ!! އަނެއް މީނާ މިސޮއިކުރާ އެއްޗެއް ބަޔަކަށް ދައްކަންވެސް ނޫޅޭ ފޮރުވައިގެން މިގެންގުޅެނީ!! އަޅެ މީވާ ނުބައި ނުލަފާ ސަރުކާރެއްތާ؟ މިޕަޕެޓް ސަރުކާރު މިހިންގަނީ މިބުނާ ހައިކޮމިޝަންއިން!! އެމީހުންގެ ސިފައިން ރާއްޖޭގެ ތިން ސަރަޙައްދަކަށް އަޅާލާފަ އެވަނީ!! ހެކިކޮޕްޓަރާ ޑޯނިޔާތަކާ އެއްޗެހި ދުއްވަނީ ޖައްސަނީ ބޭނުންއިރަކު ބޭނުންގޮތަކަށް!! މިރާއްޖޭގެ 7 ސަރަޙައްދެއްގައި އިންޑިޔާގެ ކޮންޓްރޯލް އޮންނަގޮތަށް 7 ރާޑަރު ބަހައްޓައިފި! މިރާއްޖޭގެ އުތުރުން ފެށިގެން އައްޑޫ ސިޓީއާއި ދޭތެރޭގެ ކަނޑު އަޑީގެ ހުރިހާ ދިރާސާތަކެއް ކުރަން އެއޮތީ އިންޑިޔާގެ ނޭވީން ހިމެނޭ އިންޑިޔާގެ ކުންފުންޏަކަށް ދީފަ!! މިރާއްޖެ މިއޮތީ "އޮރިޔާން" ހާލާ މިހާރު!! މިދައުލަތުން މިގައުމުގެ މިނިވަންކަމާ އިސްތިގުލާލު ވެއްޔާ މޮޑެލައިފި!! މިކަމުގެ ޒިންމާ ޑިފެންސް މިނިސްޓަރު، ހޯމް މިނިސްޓަރު، ފޮރިން މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރު، ރައްޔިތުންގެ މަޖްލީހުގެ ރައިސް، މިރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ، ކޮމިޝަނަރ އޮފް ޕޮލިސް އަދި ޗީފް އޮފް ޑިފެންސް ޕޯސް އުފުލަންޖެހޭނެ!! ދަޢުވާ އުފުލޭނެ ކޮންމެވެސް ދުވަހަކުން މިމީހުންގެ މައްޗަށް!! ކޯޓުތަކުގައި ޖަވާބުދާރީ ވާންޖެހޭނެ!! ޙައްގު އަދަބު ލިބޭނެ! އެހެންވީމަ މިހާރު މިއޮތް ލޯލެސްކަން ނިމުމަކަށް ގެނަސް މިރާއްޖޭގެ ސަރަޙައްދުގައި ހިންގާ ހުރިހާ ތަނަކާއި ހަމަޔަށް ގާނޫނުގެ ދިގުއަތް ފޯރުވާދުވަސް އަންނާނެ!!

   16
   1
 5. އަހްމަދު

  ބޮޑު ސަލީބެއް ޖަހާފަ އެ ހުރީ ފޮޓޯ އިން ފެންނަ އިމާރާތުގަ

 6. އަންނި

  ޓޮމް ކުޜޫޒް ގެނެވިއްޖާ ތިޔަ ހުރިހާ މައްސަލައެއް ހައްލުވާނެ.

  3
  1
 7. ނުޢައިމް

  މި ސުކޫލް ފެށީ ކޮން އަހަރަކު؟ އެންމެ އެދެވޭގޮތެއްގައި މި ސުކޫލް ހިނގީ ކޮން އަހަރުތަކަކު؟ މިސުކޫލުެ ޙާލަތު މިހާދަށަށް ވެއްޓުނީ ކޮން އަހަރކު؟