ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގުނު "ހިޔާ" މަޝްރޫއަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައިވެސް ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމެން އުޅެނިކޮށް ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމުކުރިއެވެ. ނަމަވެސް އެ ލިސްޓުގައި ބޮޑެތި ގޯސްތަކެއް އުޅޭ ކަމަށް ބުނެ ފްލެޓު ކޮމެޓީގެ ނަމުގައި ބޮޑު މުސާރަ ދިނުމަށްފަހު ބަޔަކު އައްޔަން ކުރިއެވެ. އަދި ކުރީ ސަރުކާރުން ފްލެޓު ދިން ގޮތް ބެލުމަށް އެ ކޮމެޓީއާ ހަވާލުކުރިއެވެ.
ކޮންމެއަކަސް ރައީސް ޔާމީންގެ ސަރުކާރުން ކަން ކޮށްފައިވާ އެއްވެސް ގޮތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރަށް ތާއީދު ކުރައްވާ އެއްވެސް މީހަކަށް ރަނގަޅު ގޮތެއް ނޫނެވެ. ކަންވީވެސް އެހެނެވެ. ފްލެޓުތައް ވެސް ދީފައި ކުރިން އޮތީ ރަނގަޅަށް ނޫން ކަމަށް ބުނެ ފްލެޓު ކޮމެޓީ އިން ވަނީ ދާދިފަހުން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އާއްމުކޮށްފައެވެ. ފުރަތަމަ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނެވެ. ޝަކުވާ ހުށަހެޅުނީ މަދު ބަޔަކަށެވެ. އެކަމުގެ ކަންބޮޑުވުމާއެކު ގިނަ ބަޔަކު ހުއްޓާ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ ކޮމެޓީ އިން މިވަނީ އާއްމުކޮށްފައެވެ. ހިތާމައަކީ އެ ލިސްޓު ނެރުނުއިރު ކުރީ ސަރުކާރުން ފްލެޓު ކަށަވަރުވިކަން އެންގި ގިނަ ބަޔަކަށް ފްލެޓު ލިބިފައި ނެތުމެވެ. އެމީހުންގެ މޫނުތައް މިލައިފިއެވެ. ދެކެމުން ދިޔަ ފޮނި ހުވަފެންތައް ގެއްލުނީއެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ބަލާލުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކަށް ވިސްނާލެވުނެވެ. އެވާހަކަތަކުގެ ހުރި ފޮނި ކަމާއި ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގެ މަތިން ހަނދާންވިއެވެ. މިއީ ރައްޔިތުން އަބަދުވެސް ހަނދާން ހުންނާނެ ވާހަކަތެކެވެ.
ވެރިކަމަށް އަންނަން ބޭނުންވުމުން ކޮންމެ ވެރިއަކު ވެސް އެންމެ އަޑަށް ބާރުލާފައި ދައްކާ ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކައެވެ. ބޯހިޔާވަހިކަމަކީ ރިޔާސީ ކެންޑިޑޭޓުން ވޯޓު ހޯދުމަށް ގެންގުޅޭ ވަރަށް މޮޅު އެހެނަސް ވެރިކަން ލިބިވަޑައިގަތުމުން ހަނދާން ނެތޭ އުކުޅެކެވެ. މިހާތަނަށް އެކަމަކީ ކުރަން އުޅެފި ނަމަ ކުރެވޭނެ ކަމެއްކަން ސާބިތު ކޮށްދެއްވީ ހަމައެކަނި ރައީސް ޔާމީނެވެ.
ބޯހިޔާވަހިކަމަކީ ގާނޫނުއަސާސީ އިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ އަސާސީ ހައްގަކަށްވާއިރު އެ އަސާސީ ހައްގު ލިބިގެން ދިޔަ މީހުންގެ އަތުން އެ ހައްގު ނިގުޅައިގަތްއިރު ދެކެވުނު ވާހަކަތައް ހަނދުމައެއް ނުހުރެއެވެ.
ހިޔާ ފްލެޓު ލިބުނު ކަމަށް ބުނެ ކުރީ ސަރުކާރުން އާއްމުކުރި ލިސްޓު މުރާޖާ ކުރުމަށް ނިންމީ ކުރީގެ ސަރުކާރަށް ތާއިދު ކުރާ ބޭފުޅުންގެ އާއިލާތަކުގެ މީހުންނާއި އެކްޓިވިސްޓުންނާއި ދެމަފިރިންނަށް ފްލެޓް ދީފައިވާ ކަމަށް ބުނެ އެކަން ރަނގަޅު ކުރުމަށެވެ. އެހެން ނަމަވެސް ކަން ނިމިގެން ދިޔައިރު، މާލޭގައި ދިރިއުޅެމުން އަންނަ އެންމެ ނިކަމެތި މީހާއަށް ނުލިބުނު ފްލެޓް، ރާއްޖޭގެ ރައީސޫލްޖުމްހޫރިއްޔާގެ ދައްތަ، އަދި ފްލެޓްތަކުގެ ބާނީއަށް ހުކުމް ކުރެއްވި ފަނޑިޔާރަށް ލިބިގެން ދިޔަ މަންޒަރެވެ. މިއީ އެމަނިކުފާނު ރައްޔިތުންނަށް ވެދެއްވި ވައުދެވެ.
އެއީ މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫން ކަމަށް ބުނެ ރައީސް ސޯލިހު ނޫސްވެރިންނާއި ރައްޔިތުންނަށް ތަސައްވަރު ކޮށްދިން "ކޮތަރު ކޮށިން" ޖާގަ ލިބިގެން ދިޔައީ ހުދު އެމަނިކުފާނުގެ އާއިލީ މެންބަރުންނާއި ވެރިކަމުގައި ގާތްކޮށްގެން ގެންގުޅުއްވަން ޖެހޭ ފަނޑިޔާރުންނަށެވެ.
ދާއިމީ ލިސްޓާއެކު ރައްޔިތުން ރަތަށް!
"ފްލެޓް ކޮމިޓީން" އާންމުކުރި ވަގުތީ ލިސްޓުތަކާ ގުޅިގެން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޝަކުވާ ހުށަހަޅައިގެން ތިބީ ރަނގަޅު ގޮތެއް ވާނެ ކަމަށެވެ. އެ މީހުންގެ އުންމީދަކަށް އޮތީ ދާއިމީ ލިސްޓަށް އަލުން ނަން އަރާނެ ކަމަށެވެ. އެހެންނަމަވެސް ކަންވީ ހީކުރި ގޮތާއި މުޅި އިދިކޮޅަށެވެ. ކުރީގެ ސަރުކާރުން ދީފައިވާ ޕޮއިންޓް ކޮޅުވެސް ދިރުވާލީއެވެ.
ދަތި ހާލުގައި އެތައް ކުދީންނެއް ގޮވައިގެން މާލޭގެ ކުޑަކުޑަ ތަންކޮޅެއްގައި ބޮޑު އަގު ދައްކައިގެން އެންމެ ކޮޓަރިއެއްގައި ދިރިއުޅެމުން އައި މީހުންގެ ނަން ކުރީގެ ލިސްޓުން ކަނޑާ ވައްޓާލާފައި މި ފްލެޓް ދީފައިވާ ފަރާތްތަކަކީ ކޮބައިތޯ ބަލާލަން އެފަދަ ފަރާތްތަކުން ބޭނުންވެއެވެ. އެންމެ ހައްގު މީހާއަށް ނުލިބެ ސަރުކާގެ އެކި މަގާމުތަކުގައި ތިބޭ މީހުންނަށް ލިބުމުން އެއީ ރައްޔިތުން ހަޖަމް ކުރާނެ ކަމެއް ނޫނެވެ.
ގިނަ ބަޔަކަށް އެކަމާއި ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނެވޭކަށްވެސް ނެތެވެ. ސަރުކާރުގެ ސިޔާސަތު ހުންނަ ގޮތުން ބައެއް ފަހަރު ސަރުކާރާއި ދެކޮޅަށް ވާހަކައެއް ދައްކާލުމުން ސަރުކާރުގެ ވަޒީފާގައި ތިބޭ ފަރާތްތަކަށް ވަޒީފާގެ ބިރުވެސް އޮވެއެވެ. މިއީ މިއަދު ރައްޔިތުން ދިރިއުޅެން ޖެހިފައިވާ ހާލެވެ.
ފްލެޓްތައް އަތުލާފައިވާ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި އެމީހުންގެ އިހުސާސްތަކާއި ޕޮއިންޓް މަދުކޮށްފައިވަނީ ކީއްވެކަން ހާމަ ކޮށްފައެވެ.
އެގޮތުން މީސްމީޑިއާގައި އާންމުންގެ މީހަކު ބުނެފައިވަނީ އޭނާއަށް ފޯނު ކޯލެއް އައި ކަމަށާއި އެ ކޯލު ނެގިތަނުން ގިސްލާ ރޮމުން އަންހެނަކު "ކޮއްކޯ ދައްތަގެ ފްލެޓް ވަގަށް ނަގައިފި" މިހެން ބުނި ކަމަށެވެ.
މިރޭގެ ކޯލެއް!
ގުޅީ 23 އަހަރު މާލެގައި ދިރިއުޅެފައި ފްލެޓް ކެޓި ކޮތަރުކޮށީގެ އަންހެން ދައްތައެއް!
"ކޮއްކޯ ދައްތަގެ ފްލެޓް ވަގަށް ނަގައިފި"
ގިސްލާ ރުއިމުގައި 5 މިނެޓް ހޭދަކުރި.
— SHAFRAZ (Voice.mv) 🇲🇻 (@XefroX) February 9, 2021
އަދި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ގޮވައިގެން އުޅޭ މަޔަކަށްވެސް ފޮއިންޓް މަދުކޮށް ފްލެޓް އަތުލާފައިވާ ކަމަށާއި މާލޭގެ ކުޑަކުޑަ ފިލާ ފޮއްޓެއްގައި ދިރިއުޅޭ އާއިލާއަކަށްވެސް ފްލެޓެއް ނުލިބޭ ވާހަކައާއި ދެމައިން ނުހިނގި ބަލި އެނދުގައި އޮންނަން ޖެހިފައިވާ މަންމައަށް ނުކުޅެދުންތެރިކަމުގެ ބައިން އެންމެ ޕޮއިންޓެއްވެސް ނުލިބޭ ވާހަކަ މިއީ މުޅި މީސްމީޑިއާގައި ފެންނަމުން އަންނަ ހަގީގަތެވެ.
ގިނަ ބަޔަކު މިވަގުތު ތިބީ ރައީސް ޔާމީންގެ ސަރުކާރުން ދިން ލިޔުމަށް ބަލަހައްޓައިގެން ގިސްލަގިސްލައެވެ.
https://twitter.com/libshitslayer/status/1359208798108323841
ހައްގު އެތައް މީހަކަށް ފްލެޓް ނުލިބުނީ ފްލެޓް މަދުވެގެން؟
މިފަދަ ފަރާތްތަކަށް ހައްގު ހޯދައި ދިނުމަށް ބުނެ އުފައްދާފައިވާ ފްލެޓް ކޮމިޓީން ދައްކާފައިވަނީ ހަމަ ޖެހޭ ކަހަލަ ވާހަކަތަކެއް ނޫނެވެ.
ފްލެޓް ކޮމިޓީގެ ރައީސް އަހުމަދު ތޮލާލް ވިދާޅުވެފައިވަނީ ކޮމިޓީއިން މަސައްކަތް ކޮށްފައިވަނީ އެންމެ އިންސާފުވެރިކޮށް އެންމެ ހައްގު މީހުނަށް ފްލެޓްތައް ދިނުމަށް ކަމަށެވެ. އެ ގޮތަށް މަސައްކަތް ކުރެވޭއިރު ވެސް ވަރަށް ހާލުގައި ދިރިއުޅޭ ބައެއް މީހުންނަށް ފްލެޓް ނުލިިބިދާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެގޮތަށް ނުލިބި ގޮސްފައިވަނީ ފްލެޓްތައް ކެޓަގަރީތަކަކަށް ބެހިފައި އޮންނަ ގޮތުގެ ސަބަބުން ކަމަށެވެ. މި ގޮތުން ވަރަށް ގިނަ ކެޓަގަރީތައް ކަނޑައަޅާފައި އޮތުމުން ބައެއް ކެޓަގަރީތަކުން ވަރަށް ގިނަ މީހުން ކުރިމަތިލާފައި އޮތުމުން އެ ކެޓަގަރީއެއްގައި ހިމެނޭ ވަރަށް ހާލުގައި ދިރިއުޅޭ މީހުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި ނުއޮވެދާނެ ކަމަށެވެ.
"ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ވެސް ފްލެޓް ނުލިބި އެބަ ހުރި. އެއީ ފްލެޓްތަކަށް ހައްގު ނޫންވީމައެއް ވެސް ނޫން. އަދި ދިރިއުޅުމުގެ ހާލަތު މަތިވެގެނެއް ވެސް ނޫން. މި މީހުންނަށް ފްލެޓް ނުލިބި ދިޔައީ ކެޓަގަރީތައް ކަނޑައެޅިފަ އޮތް ގޮތުން. އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭނެ ފްލެޓް ކެޓަގަރީތައް ބެހިފަ އޮތް ގޮތުން ކޮންމެ ވެސް އެއް ބަޔަކަށް އެ ކެޓަގަރީއަކުން ކަން ފްލެޓް ލިބޭނީ." ތޮލާލް ވިދާޅުވިއެވެ.
މީގެ އިތުރުން ފްލެޓް ލިބޭ މީހުންގެ އެންމެ ދަށް މިންގަނޑެއް ކަނޑައަޅާފައި އޮންނާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ. މި ގޮތުން 50 ޕޮއިންޓްއިން ދަށްކޮށް ޕޮއިންޓް ލިބޭ ފަރާތްތަކަކީ ފްލެޓްއަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ކަމުގައި ކަނޑައަޅާފައި އޮންނާނެ ކަމަށެވެ. އެ ގޮތުން ވެސް ވަރަށް ގިނަ ބަޔަކު ލިސްޓުން އުނިވެގެން ގޮސްފައި އޮންނާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.
އެހެން ނަމަވެސް މި ސަރުކާރުން ވެރި ކަމަށް އައިސް ބަދަލު ގެނެސްފައިވަނީ ފްލެޓް ދޭނެ މީހުންގެ ލިސްޓަކަށް ނޫނެވެ. ފްލެޓް ދޭން ކަނޑައަޅާފައިވާ ކެޓަގަރީތަކުން ދޭން ނިންމާފައިވާ އަދަދުތަކަށްވެސް ބަދަލު ގެނައެވެ. ކުރީ ސަރުކާރުން ހަދާފައިވާ ގޯސްތައް ރަނގަޅު ކުރުމަށް ބުނެ މުޅި ލިސްޓާ ކުޅެ ހައްގުން ފްލެޓް ލިބުނު މީހުންގެ އަތުން ފްލެޓް އަތުލުމަކީ ބޮޑު އަނިޔާއެކެވެ.
މީގެއިތުރުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދޭނެ ކަމަށް ދެއްކެވި ވާހަކަތައްވެސް މިއަދު ގޮސްފައިވަނީ ފެނަށެވެ. ވައުދު ފުއްދީ ކަމަށް ދައްކަން ފްލެޓްތަކުން މާލެ ރައްޔިތުންނަށް ދޭން ނިންމި ފްލެޓްތަކުގެ އަދަދު އިތުރު ކުރީއެވެ. އެއީ 1،050 އިން 1،837 އަށެވެ. އެއީ ޑޮކްޓަރުންގެ ކެޓެގަރީ އުނިކުރުމަށްފަހުއެވެ.
މިކަމުގެ ޝަކުވާ ކުރަމުން އައި ދަނޑިވަޅެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މާލެ ރައްޔިތުންނަށް ދޭ ފްލެޓް އަދަދު އިތުރުކުރީ ކެބިނެޓުން ނިންމައިގެން ކަމަށެވެ. އެ ނިންމުން ނިންމީ އެންމެ ގިނަ ބަޔަކު ފްލެޓަށް އެދިފައިވަނީ އެ ކެޓަގަރީން ކަމަށް ވާތީއެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށްވާތީ ކަމަށެވެ. މިއީ ވާހަކަތަކާއި އެކު ސަރުކާރާއި މެދު ގިނަ ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުވިއެވެ. ރައްޔިތުންގެ ލޯ ކުރިމަތީގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާތީއެވެ. އެއީ 8،000 ވުރެ ގިނަ މީހުން ހިމެނޭހެން އެންމެ ގިނަ ބަޔަކު ކުރި މަތިލާފައިވަނީ 18 އަހަރާއި 40 އަހަރުގެ ކައިވެނި ކޮށްގެން އުޅޭ ކެޓެގަރީއަށް ކަމަށްވާތީއެވެ.
މިވާހަކަތައް އޮޅުވާލަން ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް ފްލެޓް ލިބުނު ފަރާތްތައް ތިބޭ އެވާހަކަތައް ދެއްކުން ހުއްޓާލާ ގޮތަކަށް ނޫނެވެ. އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މި ފަރާތްތަކަށް ހައްގުތައް ހޯދައިދިނުމަށް އާންމުންގެ އެކުވެރި ގުޅުން (އޭއީޖީ) ވަނީ ނިކުމެފައެވެ.
މިޖަމްއިއްޔާގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ފްލެޓް ގެއްލުނު ރައްޔިތުންނަށް ހައްގު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ، މިދިޔަ ސަރުކާރުން، ދިރިއުޅުމުގެ ހާލަތައް ބަލައި ފްލެޓް ދީފައިވާ ފަރާތްތަކަށް މި ސަރުކާރުން ފްލެޓް އަތުލާފައިވާ ކަމަށާއި ދެން އަންނަ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އިރާދަ ކުރެއްވިއްޔާ އެފަރާތްތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށެވެ.
އަދިވެސް އެމްޑީޕީ ނިސްބައްވާ މީހުން އަތްޖަހާނެ ބުނާނެ ރަގަޅަށޭ ކަންތައްކުރީ.
ނިކަމެތިން އަތުން ހިޔާ ފްލެޓް އަތުލާފަ މަތީ މަގާމްތަކުގަ ތިބި ވެރިންނަށާ، އެމްޑީޕީ ސިޔާސީ ވެރިންނަށާ ރައިސް ސޯލުހުގެ އައިލާ ބޭފުޅުންނަށް ދީ ހުސް ކުރީ... އިންސާފެއް ނެތް... އެމްޑީޕީން މާ ބޭއިންސާފުން ކަންތަށް ކުރަނީ....އެމްޑީޕީ މީހުން ވެސް މިކަމާ ރުޅި އާދޭ
އަދިވެސް ވޯޓުލާތި!
އަހަރެމެން ފްލެޓް އަތުލީ ދިރިުޅުމުގެ ހާލަތައް 5 ޕޮއިންޓް ދީފަ .
ދިރިއުޚެނީ 1 ކކޮޓަރީގަ .
3 ކުދިން ތިބެ 2 ޖިންސްގެ .
މުސާރަ ލިބޭ ކުއްޖެއްއް ނެއް
18 އަހަރު ނުވާ 2 ކުދިން އެބަތިބި .
އެކަމް ހަމަ ދަންނަ މީހުންނައް އެބަހުރި 20 ޕޮއިންޓް ދީފަ .18 އަހަރު ނުވާ1 ދަރި ހުންނަ . 3 ކޮތަރީގަ ދިރިއުޅޭ
ހެހެ އަފްޒަލް ފާއިޒް އާ އޭނާގެ މަންމާފުޅު އައިމިނަތު މުހައްމަދުސޯލިހުގެ ކިތައް ބިން އެބައޮތްބާ ޔާމީން ނަށް ވުރެ އެވެރިން މާ މުއްސަދި ކަމަށް ފަހަރެއްގައި ވެދާނެ އެއްކަލަ ސައިފަތް ދަނޑާ މުނި މާމަ ގެ ރަބަރު ގަސްތަކުން އެ ވެރިން ނަށް ލައްކަ ފައިސާ ލިބޭނެއްނު ރާއްޖެ އަންނަ ކޮންމެ ބިދޭސީ އެއްގެ މާމަ ގެ ރަބަރު ދަނޑަކާ ސައިފަތް ފެކްޓަރީ އެއްވެސް އޮވެޔެއްނު
އެމްޑީޕީ އަކީ މަކަރާހީލަތުން ވެރިކަން ކުރާ ނުލަފާ ބައެއް ތިބި ޕާޓީއެއް
އަދިވެސް އެމީހުންނަށް ވޯޓުލާތި
ގުޅިފަޅުން ފައިސާދައްކާ އެމީހުން އަމިއްލަ މިލްކަކަށް ވެފައިހުރި ފުލެޓްތައް ، އެއަށްވާ ފައިސާ ދިންތޯ، އަދި ގާކޮށިން ފުލެޓްލިބުކަން ޔަޤީންވިމީހުންގެ ،އެކަންވީ ގޮތްވެސް ރަނގަޅަށްް ސާފުކޮށްލާ އެކަމުގެ ޙަޤީޤަތާއި އެކަމުގައި ގޯސްހެދިމީހުންގެ ވާހަކަލިޔެލެވޭނެ ނޫސްވެރިޔަކުނެތްތޯ، މިހާރުގެ މައްސަލަތައްވެސް ހާމަކުރަންވާނެ، މާއްދީ ފައިދާއަކަށް ހަޤީޤަަތްހާމަކުރަން ޖެހިލުންނުވޭ!. ފިތުނަފަސާދަ އުފައްދާ ބަޔެއްގެ އަގުވައްޓާލަން މަސައްކަތް ކުރުމަށްވުރެ ، ޒާތީނުވެ ޙަޤީޤަތް ހާމަކުރޭ. ތިޔަހެން ތިލިޔަނީ އެއްވެސް ދިރާސާއެއް ނުކޮށް ، ކޮމެންޓްކުރާ ގިނަމީހުން މީހުންގެ އަބުރާބެހި ހަޑިހުތުރު ބަސްތައް ބުނުމަށް ޖާގަދޭގޮތައް ، ތީގެ ޒިންމާނަގަންޖެހޭ ދުވަހެއް މާދުރުނޫންދުވަހަކު އެބައޮތްކަން ހުރިހާ ބޭފުޅުންވެސް ޤަބޫލްކުރައްވާ. ދުނިޔޭ އެއްވެސްމީހަކު އަބަދު މާދީއުފަލުގައި ނުހުންނާނެ.
ފުލެޓް ދީފައިވަނީ އެމްޑީޕީގެ މީހުންނަށް މިހާރު ހުންނާނީ ޕީޕީއެމްގެ މީހުންނަށް ރާކަނިމަސް ކެވިފައި
އެމްޑީޕީގެ ނިކަމެތި މެމްބަރުން އަތުން ފްލެޓް އަތުލާފަ އެމްޑީޕީ ވެރިންނަށް ދީފަ އެހެރީ... އެމްޑީޕީ ގެ ކިތަށް ނިކަމެތި އާއިލާ އަތުން މި ސަރުކާރުން ފްލެޓް ޖަހައިގަތީ.. . ބޭއިންސާފް ބައެއް...
ދިރިއުޅުމުގެ ޙާލަތަށް ބަލާ ޕޮއިންޓް މަދު ކުރިއިރު ފެންވަރު ރަނގަޅުކޮށް ހަދާފަ ހުރިތަނަކަށް ބޮޑުކުލި ދައްކައިގެން ރަނގަޅު ތަނެއްގައުޅޭތީ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކަމަށްބަލާ ޕޮއިންޓް ކެނޑޭނެ ގޮތެއް އޮތްކަމަކަށް ނުފެނޭ!!
އިންސާފުން ނެއްނޫނޭ މައްސަލަ ހުށަ އަޅަން ދުވަސް ނުދެއޭ ކިޔާނެކަމެއްނެއް ދުވަސްދިން ކިހާވަރަކައް ގޭގެއައް ގޮސް ބަލާ ހަދާ އަދި ކްރިޓީރިއާތަކްއް ޕޮއިންޓްދީ މި ފަހަރު އެކުރީ ވަރަެް އިންސާފުން ކަމައް ބެލެވެނީ..ދެން ތޮޔަ ބުނާޗަރަކައްވެސް ނުބެލޭނެ ދެއްތޯ
ބުރާންޗާ، ތިދައްކަނީ ކަނުލޮލަކުން ބަލާ ހިތުއެރި ގޮތަކައް ޕްއިންޓު ދީފަ، މައްސަލަ ހުށައެޅީ ޕްއިންޓް ދިނީ ރަނގަޅަށޭ ބުނީމަނިމޭވާހަކަތަ. ޕޮއިންޓު ދޭ އުސޫލު ހިފައިގެން ތި އާދެބަލަ މަށާ މަގޭ އަންހެނުންނާ 2 ކުދިންނާއެކީ އެއްކޮޓަރީ ނިދާތަނަ ދިރިއުޅުމު ހާލާ މިލްކިއްޔާތުގަ އޮތީ ކޯޗެއްތޯ ބަލާފަ މިގޭގަ ހުރެގެން ތި ބުނާ އުސޫލުން ޕްއިންޓް ދީފަ، ދެން
ހައްގޭ އިންސާފޭކިޔައިގެން ޕާޓީއައް ޓަކާ ވަގުންފެލިބަލަ.
ތިމާމެންގެ ނާގާބިލްކަމުން ވެރިކަމަށް އައުމަށްވީ އެއްވެސް ވައުދެއް ނުފުއްދާ ހީވާގި ހިންގުންތެރި ރައީސްގެ މަސައްކަތުން ބިނާކުރި ފުލެޓުން އިބޫސަރުކާރުވަނީ ވައްކަން ކޮށްފަ
ކޮވިޑް ހާލަތުވީމަ ޕޮއިންޓް މަދުވެދާނެ
އިބުރާހީމާ މީހުންނައް ތިޔަދޭ އަނިޔާގެ ޒިންމާ ގިޔާމަތް ދުވަހުން ނަގަން ޖެހޭނެކަން ހަނދާން ނެތުނީތޯ ؟
މި ބައިގަނޑު މީ ކައި ކައި ބަނޑުފެރޭ ބައިގަނޑެއްވެސް ނޫން، ހެޔޮނުވާނެ ތިޖޫރީ ކޮނޑު ޖަހައިގެން ވިޔަސް ކަލެމެން ފައިބާ..
ރައްޔިތުންނައް ތިޔަ ދައްކާ ނުބައި ނުލަފާކަމާ، ތިޔަ ޖައްސާ ނޮހުރުއްޕާނުގެ ނަތީޖާ ފެންނާނީ ވޯޓުން..
އިންޝާﷲ މި އިބޫ އޭ ކިއުނު މީހާ ބޮޑުތަނުން ބަލިވާނެ
އިބޫ އާ މި ސަރުކާރައް ބުނަން ނުވަތަ ކިއަން ބޭނުން އެއްޗެހި ކިހިނެއް ކޮމެޓް ކުރާނީ ؟؟
އެއީ ވާނެ ކަމެއް ނޫން، ހައްގު މިނަވަރައް އޭނަ އައް އެއްޗެހި ކިއަފި ނަމަ، ކޮމެންޓް ސާއިރު ނުކުރާނެ..
އިބޫ ޖެހޭނެ މި ހުރިހާ މިނިސްޓާރުން ހިންގާ ޖަރީމާ ތަކުގެ ފުރިހަމަ ޒިންމާ ނަގަން..
އޭނަ ވައްކަން ކުރަން ލައިގެން އުޅޭބައެއް އެއީ..
ދިރިއުޅުމުގެ ހާލަތަށް މަށަށް ލިބުނު ޕޮއިންޓާ މަގޭ އަންހެނުންނަށް ލިބުނު ޕޮއިންޓް ތަފާތު. ޝަކުވާ ހުށަހެޅިން. ޖަވާބެއް ނުލިބޭ. އަންހެނުންނާއި މަށާ ޕޮއިންޓް އެވަރަށް ތަފާތުވީ ދެމީހުން އެނދުގެ ނިދާފަޅީގެ ގޮތުންވެސް ވުން ގާތް. މިނޫން ދުވަހެއް އޮތްކަން ހަނދާންކޮށްދެން. ދުވަހަކުވެސް މާފެއް ނުކުރާނަން. މީހެއްގެ ހައްގަކަށް އަރަިފަ އޮވެގެން އެމީހަކު މާފް ނުކުރަންޏާ ސުވަރުގެ ނުދެވޭނެ ވާހަކަ އަޑުއަހާއުޅެން. ސަރުކާރުގެ ސިއްކަ ޖެހި ލިއުމެއް ފްލެޓް ލިބުނުކަމުގެ ދީފައި އޮއްވައި އެފްލެޓް އަތުލެވޭނެ ގޮތެއްވެސް ބުނެދެވެންޖެހޭނެ
ފްލެޓްކޮ މިޓީ ގެ ރައީސް ގެ ވާހަކަ އަށް ވިސްނާއިރު ޔާ މީނުގެ ވެޜިކަ މުގަ ނެރުނު ލިސްޓް ސައްހަކަން ކަށަވަރު ވެއްޖެ.ޟި ލިސްޓް ގޯސް ކަންވެސް ކަށަވަރު ވެއްޖެ. މި ލިސްޓަށް ފްލެޓް ހަވާލު ކޮށްފިނަ މަ ދަވްލަތަށް ބޮޑު ގެއްޅު
މެއް ބޮލުއަޅަން ޖެހު މުގެ ފުރުސަތު އަތުވެދާނެ
ބޮޑު ވަގު، ފްލެޓް ވަގު، ވެންޓިލޭޓަރު ވަގު...
އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ... އިސްތިއުފާ...
ފްލޭޓް ދޭނެ ބަޔަކައް ދީ ހުސްކޮއްފި، ހައްގު ވެރިން ތިބީ ހަމަ ތިބިތަނުގަ 8ފޫޓް8 ކޮޓަރީގަ 5 ކުދިން ގޮވައިގެން..
ކަލޭނޭ ދުއާ ކުރޭ މި މުސީބާތް ސަރުކާރުން އަހަރެމެން މިންޖުވޭތޯ !!
އިބޫގެ އިންސާފް ވަރައް ތާހިރެއްނު، ނިކަމެތި، ފްލެޓް ހައްގު މީހުން ދުއާކުރޭ މި ސަރުކާރު ބަދަލްވޭތޯ
ބަދަލުކުރަން ލާވޯޓުގަވެސް އަދިވެސް އެމީހުންނަށް ވޯޓުލާތި
ރައްޔިތުން ތިބީ އެއްޗެއް ބޮވިފަ ނޫންބާ ؟
ހަމަ ވޯޓެއް އަންނަ އިރައް މި ރީނދޫ ބައިގަނޑު ގެނަން..
ގެނެސްގެން ރާކަނި މަސް ކެވިއްޖެއްނު ކަލިޔާބިރުންޖީޔާ ޖަހައިގެން..
އަހަރެން ދަންނަން ނިކަމެތި ކޮށް، ކުޑަ ކުޑަ ތަންކޮޅަކު އުޅޭ އެތައް އާއިލާ ތަކެއް.. އިބޫ ކޮއްކޮއާ ދައްތަ ފްލެޓް ކައިހުސް ކުރާއިރުވެސް މި މީހުން ތިބީ ހަމަ އެހާލުގަ..
މީ އިންސާފްބާ ؟؟
ދުވަހެއްގެ ކޮޅުންވެސް މި ސައިތާނައް ވޯޓެއް ނުލާނަން
ފްލޭޓް ތައް ކެއީ 20 މިލިއަން ބަނޑައް އެޅިމީހާ..
ގެސް ހަޫ ؟؟!!
ހިހިހީ އެގްޒެކްޓްލީ
އިންސާފް ވިއްކައިގެން ވެރިކަމައް އައި ބަޔަކް،
ނާއިންސާފްވީމާ އަންނާނެ ރުޅި..
ގައުމު ދޮވެލައިގެން ފިލަން އުޅޭ ފާޑައް ސަރުކާރުގެ ބަސްމަގާ އަމަލްތައް ހުރީ، 2023 އަންނަނީ، ރެޑީވޭ ޖަލައްދާން ކިނބުލާ
ކޮބާތޯ އެއްގޮތެއްވެސް ނެތް މީހުންގެ ކެޓަގަރީ. ބޮޑެތި ލާރިވެރިންނާއި އިއްޒަތްތެރިން ނިކަމެތިންގެ ކެޓަގަރީއަށް ވައްދަނީ ކިއްވެގެންތޯ؟ ބޮޑެތިންގެ ކެޓަގަރީ ތިޔަ އޮންނަނީ ފޮރުވާފައި. މި ކަމަށް ތޮލާލު ޖަވާބު ދެއްވާ. އިއްޒަތްތެރިންނަށް ކެޓަގަރީއެއްނެތި ފްލެޓް ލިބެނީ ކީއްވެގެންތޯ؟
ފްލެޓް ލިބުނު މީހުންވެސް ޤަބޫލުކުރައްވާ. މި ސަރުކާރުގެ އިންސާފު މިކަމުގައި ނެތްކަން. ވޯޓުން ސައިޒްކުރަމާހިނަގާ!
ހާލުތު ބަލަން ދިޔައިރު އިތުރުވި ދަރިންނަށް ޕޮއިންޓް މިސަރުކާރުން ނުދިނުމަކީ، މިސަރުކާރު ތެރޭގައި އަދުލުއިންސާފު ރައްޔިތުންގެ މެދުގައި ނެތްކަން ހާމަވިކަމެއް.
ޔާމީނުގެ ސަރުކާރުން ފްލެޓް އިމަރާތް ކޮށްފަ ދޭން ނެރުނު ލިސްޓް ރަނގަޅުކަމށް ފެނޭ.އެއި މިސަރުކާރުން ފްލެޓް ތައްބެލުމަށް އުފެއްދި ކޮމިސަނުގެ ރައީސް ބުނި ބުނުމުން އެކަން ކަށަވަރުވެއްޖެ.އަދި މިފަހަރު ޕޮއިންޓް ދިނުމުގަ ހާލަތު ބަލަންދިޔަ މީހުނަށް ފުރުސަތު ނުދީ އެހެންބަޔަކު ޕޮއިންޓް ދިންކަން ހާމަވެގެން ގޮއްސަި ވީމާ ކުރީގެ ހައުސިންމިނިސްޓްރީގެ ލިސްޓަސް ވުރެ މިސަރުކާރުންނެރުނު ލިސްތް ގޯސްވެއްޖެ ކަން ޔަގީންވެއްޖެ.
މިދިޔަ ސަރުކާރުން ނުހައްގުން ފްލެޓް ދިން މީހުންނަށް މިފަހަރު ދޭކަށްނުޖެހެ. ނުހައްގުން ތިމަންނައަށް ލިބުނު އެއްޗެް ގެއްލުމުން އޭތި އަނބުރާ ހޯދަން އުޅޭނީ ހާދަ އަޚުލާގެއްނެތް މީހެކޭ ދޯ
ހަހަހަ. ތަހްޒީބު ގޮތޭ ބުނެ، ނަމްބަރުތަކެއް ޖަހާލާފަ ސިއްރުސިއްރުން އެޅި 7000 ފުލެޓަށް 10000 މީހުންނަށް ލިޔުން ހަވާލުކުރީ ކާކު؟ މިއަދު ފުލެޓު ލިބޭ މީހުން އެބައެގޭތާ. މަށަށް ނުލިބުނަސް ކުރިއަށްވުރެ ރަގަޅުކަމަށް ފެންނަނީ!
ކޮން ވާހަކައެއްދައްކާއެއްދައްކާކަށް.އަދި ވެސް އެމީހުންގެ ބަހަށް ހެއްލި ކައުންސިލް ވޯޓްވެސް ދޭނެ.މި އޮޅި ސަރުކާރަށް ނޫނެކޭ ބުނެން ނުކެރޭނެ.އަހަރުމެން ނުދޭނަން.ދޭބަޔަކު ދީ؟