އެއީ މާލޭގެ ދަނބުރުއް މަގުގެ ގަރާޖެއް މަތީގައި "ބޯހިޔާވަހިކަން" ދިނުމަށް ކަމަށް ބުނެ ހަދާފައިވާ ކުޑަކުޑަ ތަންކޮޅެކެވެ. މައި ދޮރޯށިން ވަދެގެން ދެވުނީ ހަނި ގޯޅިއަކަށެވެ. ކުރިމައްޗަށް ހުރީ ސިޑިބަރިއެކެވެ. ސިޑި ބަރިން އަރައިގެން މައްޗަށް ދެވެނު އިރު ހުރީ ކުދިކުދި ކޮޓަރިތަކެކެވެ. ބައްދަލު ކުރަން އޮތް އާއިލާ ދިިރިއުޅެނީ އެއް ކޮޓަރީގައެވެ. ކޮޓަރި ތެރޭ ބަދިގެއެކާ ކިޔާފައި ކުޑަކުޑަ "ގޮޅިއެއް" ހުއްޓެވެ. ކުޑަ ފާހަނައެއް ވެސް ހުއްޓެވެ. އެ ކުޑަކުޑަ ކޮޓަރި ތެރޭ ފިލައިން ޖަހާފައި ހުރި އެއަށް ވުރެ ކުޑަކުޑަ ކޮޓަރިއެއް ވެސް ހުއްޓެވެ. ވަށައިގެން އޮތީ ހާސްކަމާއި ނުތަނަވަސްކަމެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކައި، އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބުނު އެއް އާއިލާއެވެ. އެ ޔަގީންކަން ދީފައި އޮތީ ކުރީގެ ސަރުކާރުގައެވެ. އެކަމަކު އޭރުގެ ލިސްޓަކީ "ބޭއިންސާފު ލިސްޓަކަށް" ހަދައި، އަލުން އާ ލިސްޓެއް މި ސަރުކާރުގައި ނެރުނު އިރު، މި އާއިލާ އަށް ލިބުނު ފްލެޓު ވަނީ "ގެއްލިފަ"އެވެ. ދިރިއުޅުމުގެ ހާލަތަށް މާކްސް ދޭން ގެއަށް ދިޔަ ފްލެޓް ކޮމިޓީން އޮތީ އެ ބަޔަށް ދޭން ޖެހޭ ޕޮއިންޓް ވެސް އުނިކޮށްލައިފައެވެ.

"ވަގުތު" ގެ ދެ ނޫސްވެރިން އެކަނި އެތެރެއަށް ވަނުމާއެކު އިތުރު މީހަކު ތިބޭނެ ޖާގައެއް ވެސް އެ ތަނުގައި ނެތެވެ. ދެ ނޫސްވެރިންނާ އެކު ދިޔަ "ވަގުތު" ގެ ވީޑިއޯގްރާފަރާއި ފޮޓޯގްރާފަރު ބޭނުންވާ ފޮޓޯ އާއި ވީޑިއޯތައް ނެގުމާއި ވީޑިއޯ އިންޓަވިއު ގެންދަން އެ ކުޑަކުޑަ ތަނުގައި އެންމެން ތިބެގެން ވިސްނާލައި ހަމަޖެހިލަން ވެސް ވަގުތުކޮޅެއް ދިޔައެވެ.

"ނިކަމެތި ބަޔަކު ދިރިއުޅޭ ގެއަކަށް އަރަން ހުރި ސިޑި. - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިއީ ކުލީގެ ގޮތުގައި 10،000 އެއްހާ ރުފިޔާ މި ތަނަށް ދައްކައިގެން ދިރިއުޅެމުންދާ އާއިލާއެކެވެ. ދެ މީހުން އެކީގައި މަސައްކަތްކޮށްގެން ލިބެނީ ވެސް 15،000ރ. އެވެ. ކުއްޔާއި ބިލްތަކުގެ ޚަރަދުތައް ދައްކައިގެން ކިރިޔާ ދެކޮޅު ޖެހެނީއެވެ. މި "ފިލާފޮށި" ތެރޭގައި މި އާއިލާ އުޅޭތާ އަށާރަ އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. ދާނެ އެހެން ތަނެއް ވެސް އޮތީއެއް ނޫނެވެ. ގޮތެއް ނެތި ހަޔާތުގެ ބޮޑު ބައި މި ތަނަށް ކުލި ދެއްކުމުގައި ހޭދަވެއްޖެއެވެ.

ކުޑަކުޑަ ގޭގައި ދިރިއުޅޭ މީހަކު "ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުގެ ރަށުގެ ގެދޮރެއް ނެތް. ފިރިމީހާގެ ރަށުގެ ގެދޮރެއް ނެތް. އަޅުގަނޑާއި ފިރިމީހާގެ މަންމަ އާއި ބައްޕައެއް ނެތް. އެއްބަނޑު މީހުން ކައިރިއަށް ގޮސް ދަރިން ގޮވައިގެން އުމުރު ދުވަހު ނޫޅެވޭނެ ދޯ." މިގޭގައި ދިރިއުޅޭ މަރިޔަމް އަލީ (މަރިއްތަ) ކިޔައި ދިނެވެ.

"މި ތަނުގަ ދިރިއުޅޭތާ 18 އަހަރު މި ވަނީ. ކުރިން އުޅުނީ މި ގޭގެ ކުޑަ ކޮޓަރިއެއްގައި. ދެން ފަހުން މި ކޮޓަރި ބޮޑުކޮށް ހުރީމަ މި ކޮޓަރިއަށް ބަދަލުވީ. މި ކޮޓަރިއަށް ބަދަލުވި ފަހުން ވެސް މިހާރު ގާތްގަނޑަކަށް ނުވަ ވަރަކަށް އަހަރު ވެދާނެ."

މަރިއްތަގެ ތިން ކުދިން އެބަތިބިއެވެ. އެންމެ ދޮށީ ކުއްޖާގެ އުމުރުން 22 އަހަރަށްދާ އިރު، މެދަށް ހުރި ކުއްޖާގެ އުމުރުން 13 އަހަރެވެ. އަދި އެންމެ ހަގަށް ހުރީ އަށް އަހަރުގެ ކުއްޖެކެވެ.

މަރިޔަމް އަލީ އަސަރާ އެކީގައި އޭނާގެ ހާލަތު "ވަގުތަށް" ކިޔައި ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ހާސްކަން ބޮޑު ދިރިއުޅުމެއް، ދިމާނުވާ އުނދަގުލެއް މަދު!

އެ ތަނުގެ ތެރޭގެ މަޑުކޮށްލެވުނު ގަޑިއިރެއް ހާއިރު ތެރޭގައި ވެސް ހޫނު ކަމުގެ އިހްސާސް ކުރެވުނެވެ. މުޅި ތަން ގޮތަކަށް ފިލައިން ހަދާފައި ހުރި އިރު ގިނަ ތަންތަން ހުރީ ހަލާކުވެފައެވެ. ފިލާގަނޑު ނެއްޓިގެން ބައެއް ތަންތަން ހުރީ ސިލްކޯން އަޅައި ތަތްކޮށްފައެވެ. ޓޭޕް އަޅާފައި ހުރި ތަންތަން ވެސް ފެނެއެވެ. އެ ހުރިހާ ވަރެށް ކޮށްފައި ހުއްޓަސް ދިވެހިން އާންމުކޮށް ބުނާހެން "ދެންމެ ދެންމެ ބޮލަށް ވެއްޓި ދާނެ" އިހުސާސްވާ ފަހަރު ދިޔައެވެ.

"މިހާރު މި ހުރީ އަޅުގަނޑު ދޮށީ ފިރިހެން ކުއްޖާ ނިދާ އެނދު. އެ ތަނަށް ވެސް ވާރޭ ވެހެއްޖިއްޔާ ފެން ފައިބާ. ކުރަފި ވެސް މި ތަނުގަ އުޅޭ އެ ވަރަށް. އަޅުގަނޑު އެ ހުންނަނީ ޓޭޕް އަޅާފަ ސިލްކޯން އަޅައި ކަންކަން ކޮށްފަ. މި ތަން ތެރެ ދެން ވަރަށް ހޫނު ވެސް ގަދަ. އަޅުގަނޑުމެން ކުދިންނަށް މި ތަނުގެ ތެރޭގަ ބައެއް ފަހަރު ކެތް ވެސް ނުވޭ،" މަޑު އަޑަކުން، އުނދަގޫ ކަމާއެކު ދިރިއުޅެން ޖެހޭ ހާލަތު މަރިއްތަ ކިޔައިދިނެވެ.

ގޭގައި ހުރި ތަންކޮޅެއް ހަލާކުވެގެން ނެއްޓިފައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މަރިއްތަ ކިޔައިދިން ގޮތުގައި ފިލާ ޖަހައިގެން ކުޑަކުޑަ ކޮޓަރިއެއް ހަދައި ވަކިކޮށްފައި ވަނީ އަމިއްލައަށެވެ. އޭނާއާއި ފިރިމީހާ މަސައްކަތް ކޮށްގެނެވެ. ބަދިގެ ތެރެ ވެސް ކުޑައެވެ. ކާން ޖެހެނީ ވެސް މައި ކޮޓަރި ތެރޭގައެވެ. އެންމެން އެކުގައި ކާ ފަހަރެއްގައި ނަމަ އެކަކު އެނދު މަތީ ތިބެން ޖެހެއެވެ. ބަދިގެ ކުޑަ ކަމުން ހުރިހާ އެއްޗެއް އެ ތަނުގައި ނު ވެސް ބެހެއްޓެވެ. ކާން ގެންގުޅޭ ކާޑުގެ ބާވަތްތައް ރައްކާ ކުރަން ޖާގައެއް ލިބެނީ ވެސް ނިދާ އެނދު ދަށުންނެވެ.

މި އާއިލާ އިން ދިރިއުޅެމުންދާ ގޭގެ ހާލަތު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެން ކާން ބޭނުން ކުރާ ހަނޑޫ ފަދަ ކާޑު ބާވަތްތައް ބަހައްޓާނެ ތަނެއް ވެސް މި ތަނުގަ ނެތިގެން އެ ބަހައްޓާފަ އެ ހުރީ ނިދާ އެނދު ދަށުގަ. ބަދިގެ ވަރަށް ކުޑަ. ކާން އެއްޗެއް އުދުމަށް ފަހު ތަނަކަށް ކުޑައިރުކޮޅަކަށް ޖެހިލަން ވެސް ނުކުރެވޭނެ. އަލިފާން ރޯވެދާނެތީވެ. ބައެއް ފަހަރު ރޯވެ ނިއްވާލާފަ ވެސް ހުންނާނެ." މަރިއްތަ ބުންޏެވެ.

ގޭތެރޭގައި ފެންނަން ހުރި ބައެއް ސާމާނު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފްލެޓް ކޮމިޓީ ހާލަތު ބަލަން ތިބީ މިނެޓް ކޮޅަކަށް!

މަރިއްތައަށް ކުރީގެ ސަރުކާރުން ފްލެޓު ދިނީ އެޗް7 ކެޓެގަރީންނެވެ. އެ ކެޓެގަރީއަކީ އުމުރުން 40 އަހަރާއި 18 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ކެޓަގަރީއެވެ. އެ ކެޓެގަރީން ކުރީގެ ސަރުކާރުން 1000 ފަރާތަކަށް ފްލެޓު ދޭން ނިންމިއެވެ. ފްލެޓް ލިބުނު މީހުންގެ ލިސްޓު މުރާޖައާ ކުރި ކޮމިޓީއިން ނިންމީ އެ އަދަދު 805 އަކަށް މަދު ކުރާށެވެ. ފްލެޓް ނުދޭން ސަރުކާރުން ނިންމި 195 އާއިލާގެ ތެރޭގައި މަރިއްތައާއި އޭނާގެ އާއިލާ ހިމެނޭނެއެވެ.

މަރިއްތަ ބުނި ގޮތުގައި ހަމައެކަނި ފްލެޓް ނުދޭން ނިންމި މީހުންގެ ތެރޭގައި ހިމެނުނީއެއް ނޫނެވެ. ޕޮއިންޓް ވެސް ކުރީ ފަހަރަށް ވުރެ ފަހު ފަހަރު މަދުވިއެވެ. ކުރީގެ ފަހަރުގައި 70 ޕޮއިންޓް ލިބުނެވެ. މި ފަހަރު ލިބުނީ 62 ޕޮއިންޓެވެ. ކުރީ ފަހަރުގައި ދިރިއުޅުމުގެ ހާލަތަށް 15 ޕޮއިންޓް ލިބުނެވެ. މި ފަހަރު ލިބުނީ އެންމެ ފަސް ޕޮއިންޓްއެވެ.

މަރިއްތަ ބުނި ގޮތުގައި ފްލެޓް ކޮމިޓީއިން އެ އާއިލާގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްޓަކައި އެ ގެެއަށް ޒިޔާރަތް ކުރީ އެންމެ ފަހަރަކުއެވެ. އެއީ މުޅި މާލެ ފުރަބަންދުވި ފަހުންނެވެ. ކޮމިޓީއިން ލިސްޓު މުރާޖައާ ކުރަން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެހާ ލަހުން އައުމަށް ފަހު، އެ ކޮޓަރިއަށް ޒިޔާރަތްކޮށް ބައެއް ސުވާލު ކުރި ކަމަށް މަރިއްތަ ބުންޏެވެ. މާ ބޮޑަށް ގޭތެރެ ބަލާފައި ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އެ މީހުން ގެއަށް ޒިޔާރަތް ކުރުމަށް ފަހު ގަޑިއިރަކު ވެސް އެ ތަނުގައި ހޭދަ ނުކުރާ ކަމަށް ބުންޏެވެ.

ފަނަރަ ވަރަކަށް މިނެޓު ވާހަކަ ދެއްކުމަށް ފަހު ދިޔައީ ކަމުގައި މަރިއްތަ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ފުލެޓް ކޮމެޓީ

    ތިތަން ބެލީ ރަނގަޅަށެވެ. އެއީ ތިތަން ރާނާފަނެތެވެ. އަދިފާރުގަ މަރބްލް ޖަހާފަ ނެތެވެ.ތަޅުމުގަ ސަންގްމަރުމަރުގެ ހިލައިން ހަދާފަހުރި މުށި ޖަހާފަނެތެވެ. އަދި ތިޢާއިލާގެ ކޮންމެ މީހަކަށް ކުއީން ސައިޒުގެ ބެޑްރޫމް ސެޓެއްވެސް ނެތެވެ ފާޚާނާގަ ހޮޓް ވޯޓާ އެއް ބިލިގާއެއް ނެތެވެ ޖަރީމުށްޓެއް ނެތެވެ މިހެނގޮސް ގިނަ މިކަހަލަ އެއްވެސް ކަމެއް ނެތީމަ ދިރިއުޅުމުގެ ޙާލަތުން ޕޮއިންޓެއް ނުލިބުނީއެވެ. އަދި މުސާރައަށް ލައްކައެއް ހާ ރުފިޔާވެސް ނުލިބޭތީ ތިހެން ވީއެވެ.
    މިސަރުން ނިކަމެތިން ގޮތުގަ ބަލަނީ މަދުވެގެން 80000.00 ރުފިޔާ ލިބޭމީހުންނެވެ.

    70
    3
  2. ނަޝީދު

    ސުވާލަކީ ތިހާލުގައިވެސް އުޅެން ޖެހެނީ ހަމަ މާލޭގަތަ...

    53
    67
  3. ކޮވެލި

    ބޮޑުވަޒީރުދާނެތިތަންބަލަން . އެދާ އިރު ޖީބުތެރޭގަ އޮންނާނެ ފުލެޓެ އްވެސް

    45
    1
  4. ވިސްނާލުން މުހިއްމު

    ތިތަނަށް ދިހަހަސް ރުފިޔާ ނަގާކަށް ނުވާނެ ތީ ނިކަމެތި މީހާ އަތުން ފޭރިކެއުމެއް ތިތަނުގެ ވެރިމީހާގެ މައްޗަށް ޖިނާއީ ދަޢުވާކުރަން އެބަޖެހޭ ސަރުކާރުނ ރައްޔިތުންނަށް މިކުރާ އަނިޔާވެސް ހުއްޓާލަންވެއްޖެ ރައްޔިތުންނަށް ގެދޮރުދޭށޭ ކިޔައިގެން މިހިންގާ ބޮޑު ޖަރީމާ ހުއްޓުވަން އެބަ ޖެހޭ މާލެ ހިއްކާ ވިލިމާލެ ހުޅުމާލެ މީ ރައްޔިތުންނަށް ގެދޮރުއަޅަންބުނެ ކުރިކަންތައް އެކަމަކު ރައްޔިތުން ނިކަމެތިކޮށްފަ ބޮޑެތިމީހުނަށް ބިންތައްދިނީ ދައުލަތުގެ މައްޗަށް މިދަޢުވާ ކޮށްދޭނޭ ވަކީލަކުވެސް ހަމަ ނެތީ ތޯ؟

    67
    4
  5. ކާފަދ

    ތީ ތި ގަރާޖުގެ ވެރިމީހާގެ ޓެކްސީތައް ދުވަހު ކުއްޔަށް ދުއްވަން ހަވާލުވި މީހުން ނިދާލަން ވެރިމީހާ ވަރަށް ކުރިންސުރެ ދީފަ ހުންނަ ކުދި ތަންކޮޅުތަކެއް. ޑްރައިވަރުން ގިނަދުވަސްވެ ގާތްވެގެން އެޑްވާންސްވެގެން އެތަނަށް އަނބިދަރިންގެނެސްގެން އެހާލުގަ އަމިއްލަ އަށް އުޅެނީ. ތިއަށްވުރެ ރަނގަޅު ހާލަތުގައި ދިރިއުޅެވޭރަށް ޑްރައިވަރުންނަށް ލާރި ލިބުނު އަދި މިހާރުވެސް ލިބޭ. ދަހިކަމުން އަމިއްލައަށް ހޯދައިގެން އުޅޭ ނިކަމެތިކަމެއް ތީ.

    18
    41
  6. ޜައްޔިތުމީހާ

    ނިކަމެތި ރައްޔިތުންނަކީ ވޯޓުހޯދަންތިބޭ ބައެއް ނިކަމެތިން ނިކަމެތިކަމުގަ.

    59
    2
  7. ފަރެސް

    ހިތާމަހުރި ނަމަވެސް މިފެންނަނީ ތިމާއަށްމިހިތްދަތިކަމާ، ދަތިކަންކުރިމަތިނުވާތީ ނިކަމެތިކަމާ
    ދަތިހާލުގައި އެހެންއާއިލާއެއް އެތަށްއަަހަރުތަކެއްވަންދެން ގަނަތެޅެންދޫކޮށްލެވިފައިވާތަން ތިހެން
    ހަދާކަށްނުވާނެ އެއީވެސް އިންސާނުންކަމަށްވީތީވެ ދިރިއުޅުމުގެ ހައްގުލިބެންޖެހޭނެ ނަމަވެސް
    މިހާލުގައި އެހާގިނަދުވަހު ...........

    50
  8. ޙހހހ

    މިވެސް ހަމަ އިންސާނުން ، މުސްލިމުން ، ދިވެހިން ، އަޅެ ހިތެއް އޮތްނަމަ މިފަހަރު ފުލެޓްލިސްޓްގައި ނަން ތިބިމީހުންވެސް ފުލެޓްތައް ބޭނުން ނޫންކަމަށް ބުނެ މިމީހުންނާއެކު އިންސާފް ހޯދަދޭން ނުކުންނަންވީނު ، މީބޮޑުވަރު ، ފުލެޓްކޮމެޓީ އުމުރަށް ޖަލަށްލާންވީ ، ކިހާބޮަޑު ހިޔާނާތެއް ހަރާންކޯރެއް މިވީ ، ހެޔޮނުވާނެ ފުލެޓްލިބުނު މީހުންގެ އިންސާނިއްޔަތުކަމެއް ހުރިނަމަ ފުލެޓްތައް ދޫކޮށްލާ ، މިމީހުންގެ ހައްގު ،

    31
    2
  9. ހަސަނު

    ތިޔަކެޓަގަރީގަ ނ. މަނަދޫ މުޑްލޭންޑް މަރިޔަމްސަ އއއީދާ އަށް ލިބިފަވާ ފްލެޓް އެ އީ ނުހަ އްގުން ދީފަ އިން ފްލެޓެ އް އެފްލެޓް ތި އާ އިލާ އަށް ދިނުމަށް ގޮވާލަން އއޭނަ އަކީ ރަށުގަދިރި އުޅޭ އަމި އްލަ ގެދޮރުހުރި މީހެ އް

    26
    • ...

      ތިކަހަލަ ކިތައް މީހުންނަށް ނުހައްގުން ފްލެޓް ލިބިފަ އެބަހުރި. ދުވަހަކު މާލޭގަ ނުވެސް އުޅޭ އާއިލާ ތަކަށްވެސް ނުކުޅެދޭ ދަރިން އެބަތިއްބޭ ކިޔައިގެން ފްލެޓް ހޯދާފަ އެބަހުރި.

  10. ގަމާރު

    ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތިގެން ކުއްޔަށް އުޅޭ މީހުންނަށް ދިރިއުޅުމުގެ ޙާލަތަށް ދޭންޖެހޭ އެންމެ މަތިން މާކްސް ލިބެންޖެހޭނެ. ދެން އޮންނާނީ އެމީހާގެ ތަނަވަސް ކަމަށް ދޭންޖެހޭ މާކްސް އެޢަދަދު އޮންނާނީ އެމީހަކަށް ލިބޭ މިންވަރެއްގެ މައްޗަށް. މިޢާއިލާއަށް ފްލެޓް ޙައްޤް ނުވާ ކަމަށް ނިއްމާފައިވާ ނިއްމުމަނީ ބޮޑު ޖަރީމާއެއް.

    30
  11. މުހައްމަދު ޝާހް، ރ.ވާދޫ

    ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ދައްތާފުޅުގެ ދިރިއުޅުމުގެ ހާލަތު އިއަށްވުރެ ދައްވީމަ ތި އާއިލާއަށް ފުލެޓު ނުލިބި ދައްތާފުޅަށް ފުލެޓުލިބުނީ.

    32
    • އުސޫލު

      ބަލަ ދައްތާފުޅަށް ލިބުނީ ސަރުކާރަށް ހިދުމަތް ކުރުމުގެ ބައިން. އެބައިން ވަރަށް ގިނައިން ލިބިފަ އެބަ ހުރި މާލޭގަ ބުރިބުރިއަށް ގެދޮރު ހުރި މީހުންނަށް. މީހުންނާ ނީނދެ ދަރިޔަކުވެސް ނެތް އެކަމަކު ސަރުކާރުގަ އުޅޭތީ ލިބިފަ އެބަހުރި.

      7
      1
  12. އާދަންބެ

    ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގަ ތިބި މީހުން ގާތް މީސްމީހުނަށް ދިނުމަށްޓަކައި ކުރީ ސަރުކާރުން ދީފަހުރި ޕޮއިންޓް ތަކާ އެެއްވެސް ހަމައެއް ލަމައެއް ނެތި ކުޅެގެންފަ ވަނީ. މިކަން ކުރަނީ އެކިޔާ ސިޔާސީ މަގާމުތަކަށް ލާފަ ތިބި ގާބިލުކަމެއްނެތް ބައިގަނޑު.

    25
    1
  13. އައިޝާ

    އަލުގަނޑު ގެ ފުލެޓް ވެސް ނުލިބޭ، އެކަނިވެރި މައެއް، ނިކަމެތިންނައް ނިކަމެތިގޮތް އޮންނަނީ. ވަޒީ ވެސް ދީ ނިންމާފާ އިއުލާން ކުރާއުސޫލުން

    23
    • ކިހާދެރަ

      ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ގެ މަންމަ ބައްޕަ ދައްތަ އަށް ށަރުތު ހަމަވީ ކިހިނެއްތޯ ބަލާލުން ރަގަޅު މާލޭގެ އަމީނީމަގުގައި ހުންނާނެ ބޮޑުގެއެއް އޮޑެގެއްލާއާއިޖެހިގެން

  14. ޕޮފް

    އެހާލުގައި މާލޭގައި ދިރިއުލެން މަޖުބޫރު ކުރުވީވެސް ހަމަ ސަރުކާރު.
    ރަށުން ރަަގަޅު ބޭސްފަރުވާ އާ ތައުލީމާ ވަޒީފާ އާ ބޯ ހިޔާވަހިކަން ދީބަލަ ޢާދޭތޯ ބަލަން.
    މާލޭ މީހުން އެކަންޏެއް ނޫނޭ ބޯހިޔާ ވަހިކަންނެތީ.
    މިތިބަ މާލޭ މީހުން ލ.ގަމުން ގޯތިނަގާ ހުސްކޮއްފި މިހާރު ލ.އަތޮލު މީހަކައްވެސް އެރަށުން ގޯތިނުލިބޭ.
    މާރިޔާ ތިބޭ ފުޅާވެސް ލ.ގަމުން ނެގި ގޯތި ދޫކޮއްލަންވީނު.
    ހުރިހާ ގޮތަކުން ބެލިޔަސް ރައްރަށުގަ ހާލުގަ އުޅޭމީހުން މާހާލުގަ އުޅެނީ.

    8
    1
  15. އަފީ

    ސުބުހާނަﷲ ކޮންފަދަ ދަތި ބިކަހާލް އުޅޭ އާއިލާއެއް! މިވަރުވީމަވެސް ފްލެޓް ހައްގުނުވަނީތޯ. މީ ރައްޔިތުންނަށް ހިދުމަތްކުރަން އައި ސަރުކާރެއްތަ. މިވަރުގެ ނިކަމެތީންގެ ހައްގު ފޭރިގަތުމަކީ މި ސަރުކާރުގެ ޖާހިލުކަމާ އަނިޔާވެރިކަން

    10
  16. ރައްޔިތުމީހާ

    ތިޔަނޫހުން ޚިޔާލެއްކަމަށް ބަލާ މިންގަނޑަކީ ހަޑިހުތުރުބަހުން އެްޗެތިކިޔާފައި ،މީހުންގެ އަބުރުކަތިލެވޭފަދަ ވާކަތަކާއި ފުރައްސާރަކޮށް ހެއްދެވިހާ ދޮގެއްހަދާފަލިޔުންތޯ އެއީ ޝަރުޠަކީ

    3
    2
  17. ރައްޔިތުމީހާ

    އެ ޝަރުޠު ފުރިހަމަނުވާތީ ދެއްތޯ އަޅުގަނޑުގެ ޚިޔާލުނުޖެހުނީ. މިހާރު މިރާއްޖޭގެ ނޫސްވެރިންނަށް ހަމަނޭވާލެވިޖޖެދޯ، މީގެ 7 އަހަރުކުރިން މިރާއްޖޭގައި އޮންނަކަމަށްފެންނަނީ 3 ނޫސް ، އަދި 25 ނޫވެރިން ، މިހާރު 80 ވަރަކަކަށް ނޫސް އެކްޓިވް އަދި 300 ހާ ނޫވެރިން އުޅޭކަމަށްވަނީ ، ދޮންދޫނި މޫސުމެއްގަ ދޮންދޫނި އަންނަ ހެން ކޮންމެ ދެބޭފުޅަކަށް ނޫހެއް ، ހުސް ނޫސްވެރިން . ފެންނަ ފެނުމަށް މީހުން ބުނާވާހަކައެއް ލިޔާ ނޫސްވެރިން ގިނަވެއްޖެ ، ވަކިވަބެއްގެ ސިޔާސީ ހަރަކާތްތަކެއް ހިންގާތަން ފެންނަނީ، ހަޤީޤަތެއް ބެލުމެއް އަދި ނޫސްވެރިޔާގެ ޒިންމާއެއް އޮންނަހެނެއްވެސް ހިޔެއްނުވޭ، ދެން ހަމަ ކޮމެންޓުކުރާމީހުންވެސް ހަޑިހުތުރުބަހުން ހެއްދެވި ނުހެއްދެވިއެއް ބަލާލުމެއްނެތި ، އެއްޗެތިކިޔުމާއި އަބުރާބެހުން އަގުވައްޓާލުން އެއީ ނޫސްވެރިޔާގެ މޮޅުކަމާއި އުފަލެއްކަމުގައި ވާނަމަ ވަރަށްވެސް ހިތާމަވެރި ގޮތްތަކެއް މި އިސްލާމީ މުޖުތަމަޢަށްވެދާނެ، މިއަދު ތިހެން ފޮރުވިގެން ހިތައް އެއރިކަމެއް ހިތަށްއެރި ގޮތަކަށް ކޮލެވިދާނެ، އަދި މާއްދީ މަންފާވެސްހޯދިދާނެ، ދުވަހެއް އޮތްކަން ހަނދާނކުރާތި، ހުރިހާ ގުނަވަނެއް ހެކިދޭދުވަހުން ލިބިދާަނެ ގެއްލުމަކކަށް ބިރުވެތިވޭ، އެދުވަހުން ސިޔާސީމީހާއަށް ސަލާމަތެއް ނުކޮށްދެވޭނެ.

    8
    1
  18. ޙަމުދާ

    ޜާއްޖެ ތެރޭ ރަށް ރަށުން ގެތައް ކުއްޔަށް ލިބޭ 4000 ރުފިޔާ އަށް. ތިހާލުގައި މާލޭގަ އުޅުމަށްވުރެ ރަނގަޅުވާނެ ބޮޑުތަނުންވެސް

    15
    3
  19. ކިހާދެރަ

    ތި ތާގެ ބޮޑެތި މީހުން ގެއާއިލާތަކަށްބަހާލީ ޕާމަނަންޓު ގެއާއިލާ އަށް 3ފުލެޓް ބޮޑު ގެއެއް އޮވޭ ލަދުން ބޯޮހަލާކު

  20. ދިވެހި ދަރިއެއް

    އިންސާނުންގެ ސިފައިގަ ތިބި ޖަނަވާރުން ތަކަކާ ޤައުމު ހަވާލު ކުރީމަ ވާގޮތް މިފެންނަނީ! މިޤައުމު ވަނީ މަހުޖަނުންނާ ގޭންގު ތަކުގެ ވިޔަފާރިއަކަށް ވެފަ! ވެރިކަން ކުރަން ތިބި މީހުން ވެރިކަން ކޮށްދެނީ ލާރި ދިން ގޮތަކަށް! ވެރިން ތިބީ ވިކިފަ! ޤައުމެއް ނެތް!

    7
    1
  21. ފްލެޓް ކޮމިޓީ

    ރަ އީސް ސޯލިހު އުފެ އްދި ކޮމިޓީ މީހުންގެ އަޑު އެހުމަށް ފަހު، ފަހުގެ ލިސްޓް ޢާންމު ކުރީ، ކޮމިޓީގެ އިޙުލާސް ތެރިކަން ކުޑަ އީ، ދެން ޖެހޭނީ ސޯލިހު ވަކިވަކި ގޭގެޔަށް ވަދެ ބަލަ އިގެން ވަ އުދު ފުރިހަމަ ކުރަން..

    2
    1
  22. ޖޫން

    މިގެ ބަލަންވެސް ވީ
    ވެއައއި، 10 މިނެޓް ވެސް ނުވެ ގޮ އްއސި. 10000ހަށް ލިބޭނެ ތިޔަށް ވުރެން ފެންވަރު ރަނގަޅު ތަންތަން. 18 އަހަރު ވަންދެން ތިތާ ތިބެންޖެހޭތަ. 5ދަރިން ގޮވަ އޮވެން ¹ ކޮތަރި އެޕާޓްމަންޓް ތަކުގަވެސް މީހުން ކު އަތަށް ދިރި އުޅޭ. އުމުރުން 14 އަހަރުން ފެށިގެން މާލޭގަ މިއުޅެނީ. މިހާރު 60 އަހަރު ކު އަތަށް ހަމަ މިއުޅެނީ.

  23. މަވެސްމާލެ

    މާލެ އަންނަ ގޮތަށް ދެން ރަށަށް ދޔުމެއް ނޯވޭތަ.

  24. ސަރާ

    ލަދު ކޮބައި ތިޔަ ފްލެޓް ކޮމިޓީ. ގިޔާމަތް ދުވަހު ސުވާލުކުރެވޭނެ މާ މަތިހަށި ނަގައިގެން ލާދީނީބޭ ބުނިގޮތަށް އިންސާނުންނަށް ނިކަމެތިކަން ގެނައުމުގަ ހިއްސާވި މީހުނާ.
    ދައުލަތުގެ ސިއްކަ ޖަހާފަ އޮތް ލިއުމުގަވެސް އަގެއް ނެތް.

    ލަދުކޮބާއިހޭ ފްލެޓް ކޮމިޓީ؟ ލަދުކޮބާއިހޭ ފްލެޓް ކޮމިޓީ؟ލަދުކޮބާއިހޭ ފްލެޓް ކޮމިޓީ؟ލަދުކޮބާއިހޭ ފްލެޓް ކޮމިޓީ؟ލަދުކޮބާއިހޭ ފްލެޓް ކޮމިޓީ؟
    ލަދުކޮބާއިހޭ ލާދީނީ ބޭ؟

  25. މާކުމްބެ

    ތިވަރައް ނިކަމެތި ވީމަތަ 15،000 ރުފިޔާ ލިބެނީ؟ އަހަރެއްނައްވެސް ލިބެނީ އެއްމެ 2،000 ރުފިޔާ.

  26. ޖޭޑް

    ކޮންމެހެން މާލޭގައި ދިރިއުޅެން ނުޖެހޭ ތީ އަމިއްލައަށް އުޅޭހިތުން އުޅޭގޮތް