އޮލިމްޕަސް ކައިރީގައި ހުރި ގޯޅިގަނޑެއްގެ ތެރެއަށް ސިޑިއަކުން އެރި އިރު، މީހާ ހުރީ ހާސްވެފައެވެ. އަރަން ޖެހުނު ސިޑި ހަނިވެފައި ޖާގަ ކުޑަކަމުންނެވެ. ގޭތެރޭގެ ދޮރު ހުޅުވާލި އިރު ފުރަތަމަ ފެންނަން ހުރީ ކާމޭޒެވެ. ހަރުކޮށްފައިވާ ދަގަނޑެއްގައި އަންނައު ދޮވެ ހިއްކަން އާޅާފައި ހުއްޓެވެ. އިސްތިރި ކުރާ މޭޒާއި ދޮންނަ މެޝިނާއި އައިސް އަލަމާރި ވެސް ހަމަ ހުރީ ހަމަ އެ ކުޑަތަންކޮޅުގެ ތެރޭގައެވެ. އެޕާޓްމަންޓްގެ ސިޓިން ރޫމް ކަމުގައި ބެލެވޭނެ އެ ތަނުގައި އާއިލާ އެންމެން ވެގެން ބަލާނެ ޓީވީއެއް ވެސް ނެތެވެ. ސިޓިން ރޫމެއް ނޫނެވެ. ކާގެއާއި ބަދިގެއާއި ނިދާ ތަނަކީ ވެސް ހަމަ އެއީއެވެ. އެކަމަކު އަމިއްލަ ގެދޮރެއް ނޫނެވެ. ކުލި ދީގެން ވެސް މި ވަގުތަށް އޮތް ގޮތެވެ.

މިއީ މާލެ ދަފްތަރުގައި ރަށްވެހިވެފައިވާ ފިރިހެނަކާއި އޭނާގެ އަންހެނުންނާއި ދެމަފިރިންގެ ހަތަރު ދަރިން ދިރިއުޅޭ ތަނެވެ. ދެމަފިރިންގެ ތިބީ ވަރަށް ޅަ އުމުރު ފުރައިގެ ކުދިންނެވެ. އަންހެނުންނަކީ އައްޑުއަށް އުފަން މީހެކެވެ. ފްލެޓަށް ކުރިމަތިލީ އަންހެނުންނެވެ. ފިރިމީހާ މާލޭގައި އުޅޭތާ 49 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަންހެން މީހާ މާލޭގައި ދިރިއުޅޭތާ 18 އަހަރު ވެގެން އައީއެވެ. މިހާރު އެ އުޅޭ ތަނުގައި ދިރިއުޅޭތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވީއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ބިން ހިއްކައި އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް އޭރު މި އާއިލާ އަށް ވެސް ކަށަވަރުވެ ލިޔުން ވެސް ލިބުނެއެވެ. އެކަމަކު، މި ސަރުކާރުގައި އެ ފްލެޓެއް ނުލިބުނެވެ.

ސިޓިން ރޫމްގެ ތެރެއިން ވަދެ މި އާއިލާގެ ހަ މެންބަރުން ދިރިއުޅޭ ކުޑަކުޑަ ކޮޓަރިއަށް "ވަގުތު" ގެ ދެ ނޫސްވެރިންނާއި ވީޑިއޯގްރާފަރަކާއި ފޮޓޯގްރާފަކު ވަދެފީމެވެ. މަން މައާއި އޭނާގެ ހަތަރު ކުޑަ ދަރިންނާ އެކު "ވަގުތު" ގެ ނޫސްވެރިން އެ ތަނުގައި ތިބުމާ އެކު ތަން ފުރިއްޖެއެވެ. އެވަގުތުކޮޅުގައި ވެސް އެ ތަނުގައި އުޅުމުގެ ހާސްކަން އިހްސާސްކޮށްލެވުނެވެ. ގެއަށް ވަދެގެން އައުމާއެކު އުޅެން "ހެޔޮވާ ވަރު" ނޫން ކަމަށް ގަބޫލު ކުރެވުނެވެ. ފިރިހެން މީހާ ކުރިން ކުރި އެހެން ކައިވެންޏަކަށް އިތުރު ދެ ކުދިން ލިބިފައިވާ އިރު، އެ ދެކުދިން ދިރިއުޅެނީ ރަށުގައެވެ.

ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ލިބޭ އާމްދަނީ ދޭން ޖެހެނީ ކުއްޔަށް، ތަން ބޮލަށް ވެއްޓޭ ހިސާބުގައި!

"ހިޔާ މަޝްރޫއު" ގެ ފްލެޓަށް ކުރިމަތިލި އަންހެން މީހާ ކިޔައި ދިން ގޮތުގައި އެ ތަނުގެ ކުއްޔަށް މަހަކު 10،000 ރުފިޔާ ދައްކަން ޖެހެއެވެ. މި ވަގުތު ހާލަތު ހުރި ގޮތުން އާމްދަނީ ހޯދޭނެ މަސައްކަތެއް ކުރަނީ ފިރިމީހާ އެކަންޏެވެ. ފިރިމީހާއަކީ މާލޭގައި ޓެކްސީ ދުއްވާ ޑްރައިވަރެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އައުމުގެ ކުރިން ޓެކްސީ ދުއްވައިގެން އެކަށޭނަ އާމްދަނީއެއް ލިބުނަސް މިއަދުގެ ހާލަތަކީ ކިރިޔާ ކުއްލި ދައްކާނެ ވަރު ލިބޭ ކަމެވެ.

"މީގެ ކުރިން ދެ މީހުން އާމްދަނީ ހޯދައިގެން ކުލި ދައްކަމުން ދިޔައީ. މިހާރު އެކަމަކު ފިރިމީހާ އެކަނި ވަޒީފާއަށް ދަނީ. އަޅުގަނޑު މީގެ ކުރިން ޓިއުޝަން ދީގެން އާމްދަނީ ހޯދިން. މިހާރު އެއްވެސް މަސައްކަތެއް ނުކުރެވޭ. މިހާރު ވާ ގޮތަކީ މި ގޭގެ ތަންކޮޅު ކުޑަވީމަ ޓިއުޝަން ނެގޭކަށް ނޯވެ. ދެން ކުދިން ކުދި ވީމަ ވެސް ގޭގެއަށް ގޮސްގެން ވެސް ޓިއުޝަން ނަގާދެވޭކަށް ނޯވޭ،" އަންހެން މީހާ ކިޔައިދިނެވެ.

ގޭގައި ދިރިއުޅޭ މީހާ "ވަގުތަށް" އިންޓަވިއު ދެނީ. ---ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަންހެން މީހާ ކިޔައިދިން ގޮތުގައި އެ ގޭގެ ކުރިމަތީގައި ކުރަމުންދާ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅިގެން އެ ތަނަށް ވަރަށް ގެއްލުން ލިބެއެވެ. ކޮޓަރީގެ ކުޑަދޮރާ ދިމާއަށް އިޝާރާތް ކުރަމުން ބުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާތީ ކުރީ ދުވަހަކު ވެސް ކުޑަދޮރުތައް ވެއްޓިގެން ދިޔަ ކަމަށެވެ. އެ ކުޑަދޮރުން އެއިން ކުއްޖަކު ވެއްޓިދާނެ ކަމަށް ބެލެވޭތީ މިހާރު އެ ތަން ވެސް ހުރީ ބަންދުކޮށްފައެވެ. ފެންލައިޓާ ދިމާއަށް އިޝާރާތްކޮށް އޭނާ ބުނީ އެތަން ވެސް ނައްޓައިގެން ދިޔަ ކަމަށެވެ. ވާރޭ ވެހޭ ފަހަރެއްގައި ނަމަ ގޭތެރެއަށް ފެން ފައިބާ ކަމުގައި ވިދާޅުވިއެވެ.

"ކުރީ ދުވަހު ކުޑަދޮރު ނެއްޓިގެން ދިޔަ. ފިލާއެއް ޖަހާފަ މި އިނީ. މަތީގައި އޮތް ފެންލައިޓް ވެސް ނައްޓައިގެން ގޮސްފި. މި އޭސީއާ ދިމާލުން ފެން ފައިބާނެ. ވާރެ ވެހޭ ދުވަސްވަރު ވެސް ފެން ފާބާ. ބަދިގޭގަ ވެސް ހުރޭ ފެން ފައިބާ ތަނެއް. ރޭގަނޑު ވާރޭ ވެހޭ ދުވަހެއްގައި ހެނދުނު ފެން ބޮޑުވެފަ ހުރޭ. ދެން އޭތި މީތި ހާކައި ބައްދަން އުޅެފަ ހުންނާނީ، ހަމަ ދެންމެ ދެންމެ ބޮލަށް ވެއްޓިދާނެ ހެން ހީވަނީ،" ގޭތެރޭގައި ހަލާކުވެފައި ހުރި ތަންތަން ދައްކަމުން އަންހެން މީހާ ކިޔައިދިނެވެ.

ހަތަރު ކުދިން ގޮވައިގެން ދެމަފިރިން އުޅެމުންދާ ގެ. --- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފާހާނާގެ ދޮރުގެ ތިރީ ބައި އޮތީ ވަރަށް ބޮޑަށް ހަލާކު ވެގެން ގޮސްފައެވެ. އެއީ ފެން ފައިބައިގެން ލިބުނު ގެއްލުމެވެ. ފާޚާނާ ތެރެއަށް ވެސް ވާރޭ ވެހިއްޖެ ނަމަ، ފެން ފައިބައެވެ.

ފާހަނާ ދޮރު ހަލާކުވެފައި. --- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދިރިއުޅުމުގެ ހާލަތުން ޕޮއިންޓް ދަށްކުރި، ކޮމިޓީން މާ ބޮޑަކަށް ނުބަލާ!

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ވާހަކައަށް އައުމުން އަންހެން މީހާގެ ދަރިންގެ އިހުސާސްތައް ފުރަތަަމަ ވެސް ކިޔައި ދޭން ފެށިއެވެ. ޓީވީއިން އެ ޓަވަރުތައް ފެނުމުން އެއީ ދާން އޮތް ގެ ކަމަށް އެ ކުދިން ބުނެއެވެ. ގޭގައި އުޅޭ އެއް ކުއްޖަކީ ބަގީޗާ ހެދުމަށް ޝައުގުގުވެރިވާ ކުއްޖެކެވެ. ބަގީޗާއެއް ހަދާލެވޭނެ ތަނެއް ލިބޭނެ ކަމަށް މި އާއިލާ ދެކެއެވެ. އަދި މިހާރު އެ އުޅޭ އާދައިގެ ތަނުގައި ދައްކަން ޖެހޭ ކުއްޔަށް ވުރެ ކުޑަ އަގެއްގައި ކުލި ދައްކައިގެން އުޅެވޭނެތީ މި އާއިލާއަށް ބޮޑަށް ރަނގަޅީ ވެސް "ކޮތަރި ކޮށި ފްލެޓް" ނަމުގައި މަޝްހޫރު ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓެކެވެ.

ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ކެޓަގަރީއިން ފްލެޓަށް ކުރިމަތިލި އެ އަންހެން މީހާ ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު އާންމުކުރިއިރު އޭރު އޭނާއަށް 68 ޕޮއިންޓް ލިބުނެވެ. އަދި ފްލެޓް ލިބޭ މީހުންގެ ތެރޭގައި އޭނާގެ ނަން އޮތެވެ. އެކަމަކު ފަހުން ނެރުނު އާ ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ. 54 ޕޮއިންޓްއަށް ޕޮއިންޓް ތިރި ވެސް ވީއެވެ. ބޮޑަށް ކަނޑާލާފައި އޮތީ އަންހެން މީހާ ވަޒީފާގައި ނޫޅޭ ކަމަށް ބުނެ އެ ބައިންނެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ވެސް 24 ޕޮއިންޓްއިން 19 ޕޮއިންޓަށް ތިރިވެފައިވެއެވެ.

ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކުރީގެ ސަަރުކާރުގައި ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ޓަކައި އޮންނަ މަރުހަލާ ގެންދިޔައީ އިންސާފުން ބޭރުން ކަމުގައި މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތެއް އޭރުގެ ސަރުކާރުން ބަލާފައި ނެތް ކަމުގައި ބުނެއެވެ. އެހެން ބުނެ މި ސަރުކާރު އައިސް މި ކަމަށް ޓަކައި ރައީސް އޮފީހުގައި ކޮމިޓީއެއް ވެސް އެކުލަވާލިއެވެ. އެ ކޮމިޓީގެ ފަރާތުން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަން ރައީސް އޮފީހުގެ މުވައްޒަފުން ގޮސްފައިވެއެވެ.

ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި އާއިލާގެ ދިރިއުޅުމުގެ ހާލަތު ބަލަން ފްލެޓް ކޮމިޓީއިން ދެ މީހަކު އައެވެ. އަންހެން މީހާ ކިޔައިދިން ގޮތުގައި އެ މީހުން އައިސް ގޭގައި މާ ގިނަ އިރަކު މަޑެއް ނުކުރެއެވެ. "ވަގުތު" އިން ޒިޔާރަތް ކުރި އެހެން ގެތަކުން ވެސް އިވުނު ޝަކުވާތައް މި ގެއިން ވެސް އިވުނެވެ. ފްލެޓް ކޮމިޓީއިން އެ ގެއަށް ޒިޔާރަތް ކުރި މީހުންގެ ފޯނަށް މާ ގިނަ ކޯލްތައް އަންނާތީވެ ގޭތެރޭގެ ހާލަތު ބަލަން މާ ބޮޑަށް އުޅެފައެއް ނުވެއެވެ. ކަރުދާހުގައި ހުރި މަދު ސުވާލުތަކެއް ކުރުމަށް ފަހު އެނބުރި ދިޔައީއެވެ.

"ކޮމިޓީގެ ފަރާތުން ދެ މީހުން އައި. އެކަމަކު ކޮޓަރި ދޮރު މަތީ ހުރީ. އަނެކަކު ހުރީ ބަދިގެ ކަައިރީގަ. މި ތަނުގަ ހުރެ ހަލާކުވެފަ ހުރި ތަންތަން ވެސް ބެލީ. މި ހުރިހާ ވާހަކައެއް ހިއްސާކޮށްދިނިން. ފުރަބަންދު ދުވަހުގެ ތެރޭގައި އައިސްފައި ވަނީ. ފްލެޓް ކޮމިޓީ އިން އައި ދެ ކުދިން ފޯނަށް އަވަސް އަވަހަށް ކޯލެއް އާދޭ. އެހެންވެ މާ ގިނައިރަކު ނުތިބެވުން." އަންހެން މީހާ ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެއްލާލާމިހާރު

    ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ ރައީސް އިބޫ އިސްތިއުފާ ކެނެރީގެ ނަޝީދު ރާއްޖެ ދޫކޮށްދާންވީއޭ

    39
    5
    • ޙައްގުބަސް

      އެމްޑީޕީއާ ވީހާވެސް ދުރެއްވާންވީ!! އޭރުން މިގައުމަށް ހަމަޖެހުން ލިބޭނީ!! މުޅީން ދޮގު ހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައީ!!

      "އިދިކޮޅުގައި ހުންނެވި އިރު ރައީސް ސޯލިހް ވަނީ ވަރަށް ބޮޑަށް ދައުލަތް ދަރަނިވެރި ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފަ. އަދި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ނުވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވިދާޅުވި. އެހެން ނަމަވެސް ރައީސްގެ ވެރިކަމުގެ ފުރަތަމަ 2 އަހަރު ހަމަ އެކަނި ބޭރު ފައިސާ އިން 1.8 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައި އެބަވޭ. އެއީ ދިވެހި ފައިސާ އިން ބަލާނަމަ 27 ބިލިއަން ރުފިޔާ. އަދި 584 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ދީފައިވޭ. އެއީ 9 ބިލިއަން ރުފިޔާ. ލޯނާއި ސޮވެރިން ގެރެންޓީ އާއި އެކު ރައީސް ގެ ފުރަތަމަ 2 އަހަރުގެ ދަރަންޏަކީ 36 ބިލިއަން ރުފިޔާ. އަދި ޖުމްލަ ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 140 އިންސައްތާގައި. މިއީ މިހާ ކުރު މުއްދަތެއްގައި ރާއްޖޭގެ ދަރަނީ މިހާ ބޮޑަށް އުފުލު ފުރަތަމަ ފަހަރު. އަދި މޫޑީސް އިން ވަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ގޮސްދާނެ ކަމުގެ އިންޒާރުވެސް ދީފަ. އަޅުގަނޑުގެ ސުވާލަކީ ސަރުކާރުގެ ޑެޓް މެނޭޖްމެންޓް ސްޓްރެޓެޖީ އަކީ ކޮބައިތޯ؟ މިދަންނަވަނީ ކުރު މުއްދަތުގައި އަދި ދިގު މުއްދަތުގައި ލޯނު އަދާކުރުމަށް އަދި ދަރަނީގެ ހިދުމަތް އަދާކުރުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ ނޫނީ ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ؟" މިދެންނެވި ސުވާލަކީ ކަލޭމެނާ ތަކުރާރުކޮށް ކުރަންޖެހޭ ސުވާލެއް!! މިހެން ކިތައް ދޮގުތޯ ކަލޭމެން ރައްޔިތުންނަށް ހަދާފަ އޮތީ

      12
  2. Anonymous

    ތި ފުލެޓު ހައްގީ ގޭގެ ވެރިފަރާތައްނޫންތޯ. ހަމަޔަގީނުންވެސް ތިދައްކާ ކުލި ބޭނުންކޮއްގެން އެބޭފުޅުންވެސް ތިބޭނީ ކުލި ދައްކަން ބޮޑުގެޔެއް ހޯދައިގެން. ވީމާ ދިރިއުޅުމުގެ ފެންވަރު ބަލަން އަންނަބަޔަކައް ތިތަނެން ނުދެއްކޭނެ. ދެން ތި ބޭފުޅުން ދިރިއުޅޭ ހާލޭ ކިޔައިގެން ފުލެޓު ހޯދާ.

    10
    48
    • އަލިބެއްޔާ

      ވެރިމީހާ އެހުންނަނީ އެމީހުން ފެލައިގެން އަރާމުގަ.. ކަލޭގެ ގަމާރު ކަމާއެވެ.

      8
      3
  3. Anonymous

    އަންނި ގެ ބައިވަރު ގެތައް ހުންނާނެ ފަޒޫ މަންމަ ޔަާ ބައްޕަ ގެވެސް ގެ އޮވެެެ ބައިތުލް މާލު ވެސް އެއޮތީ ހިތަކަށް ލިބިފައި ދެން އެމީހުން ހާސްވާނެ ކަމެއްނެތޭ އެއީ ބިންވެރިން ވޯޓް ހޯދަން ގޮސް ފޮންޏެއް ކަނޑައިލަަާ އިރައް ދިވެހިން ހެޭކެޑޭނެ ކަން އެމީހުންނަށް އެގޭނެ އަސްލު ރައްޔިތުމީހާއެއް މުހިންމެއް ނުވަާނެ ބައިތުލްމާލް މުހިންމުވެގެން އުޅެނިިީ ދެން ހީހީފާ އަތްޖަހާ

    32
    2
  4. ޓައްޕު

    ފައިސާ ބޮޑި ވަރު އަތުޖެހުނީމަ ކީއްކުރާ ރައްޔިތު މީހާ އެއްދޯ

    29
    2
  5. ބަކަރި

    އެމީހުން ވެރިކަންހޯދީ ބިރަކާ ނުލާ މަޖާ ކުރަން އެހެންކަމުން ރައްޔިތުން ރޯއަޑު އެމީހުން ނާހާނެ ބޭނުންވަނީ އެމަޖާ ކުރުމަށް ފައިސަާ އެލިބުނީމަ އެވެރިން ޔޫކޭ އަށް ދާނެ ދެން ބާރަށް އަތްޖަހާ

    14
    1
  6. މުންޑޭ

    ދިވެހިން ބޭނުމީ ނާޗަރަންގީ އާ މަސްތުވާ ތަކެތި ކީއްކުރާ ފުލެޓެއް ބޯހިޔާ ވަހި ކަމެއްނެތަސް މަގުމަތީ ހިޕީޒުން އުޅޭ ގޮތައް އުޅެވެނި ކޮން ނިމުނީ އެއީ ބިރު ފަހަނައަޅާ ގޮސް މަޖާ ނެގުން އެގޮތް ކަމުނުދާ މީހުން އެތިބީ ފައިސާ ދީ ގެން ގަނެލާ ބުލެކްމެއިލް ކޮށް ނިންމާފަ

    6
    1
  7. މުއިޒް

    ރަށްރަށުން މީހުން އައިސް ދޮގު މައުލޫމާތު ދީގެން ދަފްތަރުގައި ޖެހި ކުޑަ ތަންކޮޅެއް ކުއްޔަށް ނަގައިގެން މާލޭ މީހުންނަށް ހުރި ފްލެޓްތައް ވަގަށް ނެގުމަކީ ބޮޑު ޖަރީމާއެއް. އޭނާ އުފަން ސިޓީގައި ސްކޫލް، ހޮސްޕިޓަލް ނަރުދަމާވެސް އެބަހުރި. ރަނގަޅަށް ވިއްޔާ 5000 އަކަފޫޓުގެ ގޯއްޗެއް ރަށުގައިވެސް އޮންނާނެ.

    10
    9
  8. އަލިފުތާ

    ކޮންމޮޅެއް ދިވެހިންނަށްވީ ކެވުނު އެއްޗެއް ކައިގެން ފިލަންދެން ތިބޭ ނިއުމަތައް ޝުކުރުވެރި ނުވާތީ ބަލާ ވެރިކަމާ މުސީބާތް ޖެހި ގައުމު ހަލާކުވެ ނިމިއްޖެ ރީނދޫ ބައިގަޑަށް ސިހުރު ޖެހިފަ ހުރި މިންވަރަކީ ރަށުން އައިސް ހިލޭ ތިމާގެ މީހާގޭގައި ފައިބާ ހުންނަ ގާތްތިމާގެ މީހާ ޗެނަލް13 ސިޓިންރޫމްގަ ބަލަން ފެށީމަ ކެތްނުވެގެން ބޮޑު އަގުގަ ކޮޓަރި ކުއްޔަށް ހިފައިގެން އެބަ ދޭ ޕާޓީ އަވައިގައި މީ ރާއްޖޭގެ މިއަދުގެ ހާލު އަސްލު ކޮބާ ތިމާޔާ އެ ސިޔާސީ ދޯ ކާ ދޭ މީހުންނާ އޮތް ގާތް ކަމަކީ ؛ މަރަށް ތެޅޭތާ ފެންފޮދެއް ދޭ ނީ ވެސް ތިމާގެ މީހާ ކެރަފާ އާއިލާ އިން މޫނު ދެކިލަން ވެސް ނާންނާނެ

    18
    3
  9. ދޮގުގެދޮގުހެދުން

    ދާދި ފަހަކުން މާލޭ ސިޓީކައުންސިލުން ނެރުނު ރިޕޯޓެއްގައި ދަފުތަރު ހަދަންޖެހުނު ކަމަށް އޮތް ސަބަބަކީ ކަނޑައެޅިގެން އޮޅުވާލުމެއް. ނުވަތަ ތަނެއްދޮރެއް ނޭގިތިބެ ލިޔެފައި އޮތް ލިޔުމެއް. ދަފުތަރު ހަދަންޖެހުނީ އެއްވެސް ތަނެއްގައި ރަޖިސްޓަރީވެފައި ނުވާ އެތައް ބަޔަކު ރާއްޖޭގެ އެތަންމިތާގައި ތިބުމުގެ ސަބަބުން. އެގޮތުން މާލޭގައި އެންމެ ގިނަ މީހުން ތިބީ. އޭގެ ތެރޭގައި ހަތަރުމަތިފުށް މާލޭ މީހުންވެސް ތިބި. މިހާރުވެސް މިފަދަ މީހުން ތި ދަފުތަރުގައި ތިބޭނެ. އެ ގާނޫނަށް ބަދަލުގެނެވުނު އަނެއް ސަބަބީ، މާލޭގެ ގެދޮރު ހުރި އަންހެނުންނާ އިދެގެން އުޅޭ ރަށްރަށު ފިރިހެނުންގެ ދަރިން އަނބިމީހާގެ ގޭގައި ރަޖިސްޓަރީ ނުވާތީ ފިރިހެނަކަށް ލިބޭ ހައްގު އަންހެނަކަށް ހޯދައިދީ އަބިމީހާއަށްވެސް ދަރިން ގޭގައި ރަޖިސްޓަރީކުރެވޭނެ ގޮތް ހަދައިދިނުން. އެކަމަކު މިހާރު މިކަންވެސް އުޅެނީ އޮޅުވާލައިގެން.

    13
    1
  10. ބުޅި ތުނބި

    ދިވެހި ރާއްޖޭގައި ކެރަފާ އާއިލާ އަށް ވޯޓު ނުދޭ މީހަކީ ހަމައެކަނި އަހަރެން ކަމަށްވިޔަސް އެވެރިން ނަށް ވޯޓެއް ނުދޭނަން

    24
    1
  11. ޡަރާނާއަލީ

    އތިހާދަތިހާލުގަ އުޅުމުގެ ބަދަލުގަ މާރަނގަޅުވާނެ އައްޑޫގަ ގޮސްއުޅުނު ނަމަ ބިމުގެ ގޮތުންބޮޑު ތަރަ އްގީގެ ގޮތުންވެސް ކުރިއަރާފަވާ ރަށެ އް އައްޑޫ އަކީ މާލެ ދަފުތަރުގަ ޖެހިގެން މާލެ މީހަކަ އް ވެގަނެގެން ފުލެޓު ހޯދުމުގެ ނިޔަތް ދޫކޮ އްލާފަ ދެންވެސް ދަރިންގެ މުސްތަގުބަލު ހޯދަ އިދީ ރަށަ އްގޮސް ދިރިއުޅުން އާރާސްތުކުރޭ

    15
    6
  12. ޕިންކްފުލެޓް

    ތި އާއިލާއެއް އުފަން ވީ އިހަކަށް ދުވަހު ތަ؟ މުއިޒުއާ ޔާމިން ކައިރިން އަހާބަލަ ހިޔާ ފްލެޓް ގެ ކުރިން ބެހި ޕިންކް ފްލެޓްތަކުން މި މީހުންނަށް ނުލިބުނީ ކިހިނެއް ވެގެންތޯ؟ އޭރު ކީއްވެގެން އޯގާތެރި މުއިޒު، ޔާމިން ، ކޮތަރުކޮށި ގެރިކޮށި ހަދައިގެން ފިތުނަ އުފައްދާ މީހުންނަށް މިނިކަނެތި އާއިލާ ނުފެނި އޮތީ. ދުލުގެ މިނިވަން ކަން އޮތީމަ ބޭނުން ހާ އެއްޗެއް ބުނެވިދާނެ. ވަގުތުން މިސުވާލުތަށް ކޮށްބަލަ އެމީހުންނާ ތިހާ އިންސާފަށް ތެދު ޚަބަރު ލިޔަން ކެރެންޔާ؟ އޭރު އެފުލެޓްތަށް ދީފަ ހުރީ އިންސާފުންތޯ؟ ތިބޭފުޅުން ގޮސް ބަލާ ލަ ބަލަ ހުޅުމާލޭ ޕިންކްފުލެޓް ދީފަ ހުރީ އިންސާފުން ހައްޤުވާ ބަޔަކަށްތޯ؟ %95 ލިބުނުމީހުން ވެސް ކަޓުވާލި. މިނިސްޓރ އަދި މެޑަމް ލިސްޓަށް ބަހާލީ ފުލެޓްތަށް

    23
    11
  13. ކޮވިޑް ހަސަނު

    ހަމަ ތިހާ ހާލުގަ ކުރިންވެސް މީޙުން އުޅެނިކޮށް ދޯ މުއިއްޒު މިނިސްޓަރ ވެސް އެހެން މީހުންނަށް ފްލެޓް ދީފައިވަނީ. އެ ސަރުކާރެއް މި ސަރުކާރެއްް ނެތް ހާލުގަ އުޅޭ މީހުން ހަމަ ހާލުގަ އަބަދުވެސް އުޅެން ޖެހެނީ.

    20
    10
  14. ޞުލް

    ފުލެޓް ލިބެނެންދެން ކުޑަގޮޅީގައި ތިބޭ މީހުންވެސް އެބައުޅޭ.

    5
    3
  15. އަންނި

    ވިލިގިނލިން 8000 ރުފިޔާއައް 3 ކޮޓަރި ލިބޭ ތިޔައްވުރެ ފަސޭހަވާނެހެން ހީވަނީ.

    5
    2
  16. ރައްޔިތުމީހާ

    ސ ފޭދޫ މީހުން ކީކުރަން މާލެ ގޮސްގެން ޢުޅެންވީ. ކުޑަތަން ކޮޅަކު ކުލީ އުޅެނީ އަމިއްލަޔައްދޯ. ފޭދޫގަ ގޮސް އުޅޭނަމަ. އަހަރުންވެސް މާލެ ގޮސް ކުޑަ ތަންކޮޅަކު އުޅެފާނަން. ޢެކަމް ފުލެޓު ލިބެންޖެހޭނެ.

    11
    3
  17. ދެރާ

    މި ކެޓަގަރީގައި، މާލޭގައި ދިރިނޫޅޭ މީހުންނާއި، ފްލެޓަށް ފޯމްލާން އިހަށްދުވަހު މާލެއައިސް، ދުވަހަކުވަޒީފާގައި ނޫޅޭ ވަރަށް ގިނަ މީހުންވެސް ޕާޓީއޮފީހުންނާއި ރައްޓެހިންގެ ތަންތަނުންލިޔުން ނަގައިގެން އެބައިން ޕޮއިންޓް ހޯދައިގެން ފައިނަލް ލިސްޓުންވެސް ފްލެޓް ކަށަވަރުކޮށްފަ އެބަހުރި.
    ﷲ އަށް ބިރުވެރިވެ ސަތޭކަ ސަތޭކަ ތެދު މަޢުލޫމާތު ދިން މީހުންގެ ޙާލު ލޮލަށް ފެންނަ ހުއްޓަސް ދިން ޕޮއިންޓެއް ނެތް. الله أعلم

  18. ބޯހަލާކު

    މި މާލެ ތޮއްޖައްސަންނޫޅޭ. މިހާރުވެސް މަގެއްގެމަތީ ފިޔަވަޅެއްއަޅާލެވެނީޔަކީނޫން. މާލޭން މީހުން ތަންކޮޅެއް މަދުކުރަން ވިސްނަންޖެހޭ