ރާއްޖެއަށް ކޮންމެ ސަރުކާރެއް އައި ކަމުގައިވިޔަސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ލިބޭ ފުރުސަތު މަދެއް ނޫނެވެ. އެކަމަކު، އެ ސްކޮލަޝިޕްތަކުގައި ރާއްޖެ އިން ބޭރުގައި ތިބޭ ކުދިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ސްކޮލާޝިޕްތައް ލިބޭ ދަރިވަރުން އުޅެމުން ދަނީ ކޮންހާލެއްގައި ކަމެއް ބަލަން ތިބޭ ބަޔަކަށް ނޭނގިދާނެއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ދޭ ސްކޮލަޝިޕްތަކުގައި ކިޔަވަން ދާ ދަރިވަރުންގެ ހާލުވެސް ގިނަފަހަރަށް މިނިސްޓްރީން ބަލައެއް ނުލައެވެ. ސަރުކާރު މެދުވެރިވެގެން އެހެން ގައުމުތަކުން ރާއްޖޭގެ ދަރިވަރުންނަށް ދެމުން އަންނަ ސްކޮލާޝިޕްތައް ލިބޭ ބައެއް ދަރިވަރުން އަބަދުވެސް އުނދަގުލާ ކުރިމަތިލައެވެ.

ޗައިނާގައި މިވަގުތުވެސް 50 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. މި ދަރިވަރުންތަކުގެ ތެރޭގައި ޗައިނާ ސަރުކާރުން ދިން ސްކޮލާޝިޕް، ނޭޝަނަލް ސްޓޫޑެންޓް ލޯން، އަދި އަމިއްލަ ހަރަދުގައި ކިޔަވަމުން އަންނަ ކުދިން އެބަ ތިއްބެވެ. އޭގެ ތެރޭގައި މެޑިސިން، އެކި ދާއިރާތަކުން ޕީއެޗްޑީ، މާސްޓާސް އަދި ބެޗެލާސް ކިޔަވަމުން އަންނަ ދަރިވަރުން ހިމެނެއެވެ.

މަތީ ތައުލީމު ހާސިލް ކުރުމަށް ޗައިނާއަށް ދިޔަ ދަރިވަރުންތަކެއް ވަނީ އެކުދިންގެ ހުރި ހިތްހަމަ ނުޖެހުންތަކާއި ކަންބޮޑުވުންތައް "ވަގުތު" އާއި ހިއްސާ ކޮށްފައެވެ. އެއީ މިދިޔަ އަހަރު ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ޗައިނާ ސަރުކާރުން ހުޅުވާލި ސްކޮލާޝިޕްގައި ބައިވެރިވި ކުދިންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެ ދަރިވަރުން ބުނެފައިވަނީ ޗައިނާގައި ކިޔަވަމުން އަންނަ އެކި ގައުމުތަކުގެ ދަރިވަރުން ޗުއްޓީ ދުވަސްކޮޅަކާ ދިމާވުމުން އެކުއްޖެއްގެ ގައުމަށް އައި ގޮތަށް ޗައިނާ އަށް ދެވިފައި ނުވާ ކަމަށެވެ. މިހާރު އެކުދިން ޗައިނާއިން ބޭރު، އަމިއްލަ ގައުމުގައި ތިބޭތާ 14 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ޗައިނާ ސަރުކާރުން ދޭން ބުނެފައިވާ ދިރިއުޅުމުގެ ހަރަދުތައް ކުރުމުގެ ފައިސާ ދީފައި ނެތް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ކުރިން ޗައިނީސް ގަވަމަންޓް ސްކޮލަޝިޕް އަށް ހޮވި، ކިޔަވަމުން ދާ ދަރިވަރުން މިވަގުތު ޗައިނާގައި ނެތަސް، އެކުދިން އަނބުރާ ޗައިނާ އަށް އައުމުން އޮންލައިންކޮށް ޗައިނާއިން ބޭރުގައި ކިޔެވި ދުވަސްތަކުގެ ސްޓައިޕެންޓްތައް ޖަމާކޮށްދޭނެކަމަށް ޔުނިވަސީތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް، މިދިޔަ އަހަރު ޗައިނީސް ގަވަމަންޓް ސްކޮލަޝިޕަށް ހޮވިފައިވާ ކުދިންނަށް އޮންލައިންކޮށް ކިޔަވާ ދުވަސްތަކަށް ސްޓައިޕެންޑް ނުދޭނެ ވާހަކަ ވަނީ އަންގާފައެވެ. ޗައިނާގައި ހުންނަ ޔުނިވަސިޓީ ތަކުން އަންގާ ގޮތުގައި މި ސްޓައިޕެންޑަކީ ކުދިން ޗައިނާގައި ކިޔަވާއިރު ދޭ އެއްޗެކެވެ.

ޗައިނާގައި ކިޔަވަމުން ދާ ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ޗުއްޓީއަށް އައިސް އަނބުރާ ދާން ޖެހުނުއިރު، މުޅި ދުނިޔެއަށް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ޖެހި ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައެވެ. އެކަމާއި ގުޅިގެން އެދަރިވަރުންނަން އަނބުރާ ޗައިނާއަށް ދެވޭނެ ގޮތެއްވެސް ވަނީ ނުވެފައެވެ. އެހެން ކަމުން އޮންލައިންކޮށް ރާއްޖޭގައި ތިބެ ކިޔެވި ނަމަވެސް އެކުދިން ކިޔަވަނީ ސްކޮލަޝިޕެއްގައި ކަމަށް ވާތީ ކިޔެވުމަށް ބޭނުންވާ ހަރަދުތައް ލިބެން ޖެހޭ ކަމަށް ދަރިވަރުން ގަބޫލު ކުރެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ދަރިވަރަކު ބުނެފައިވަނީ، މި ފެށޭ މާޗް ސެމިސްޓައަކީ އެ ދަރިވަރުންގެ ފަހު ސެމިސްޓަ ކަމަށާއި އެ ސެމިސްޓަ ނިމުމުން ގްރޭޖުއޭޓް ވާނެ ކަމަށެވެ. މި ފެށޭ މާޗް ސެމިސްޓަ އަށް ޗައިނާ އަށް ނުގެންގޮސްފިނަމަ، އެދަރިވަރުން ގްރެޖުއޭޓް ވާން ޖެހޭނީ އޮންލައިން ކޮށް ކަމަށާއި އަނބުރާ ޗައިނާއަށް ދިއުމުން ދޭން ބުނި ސްޓައިޕެންޑް ވެސް ލިބޭނެހެން ހީނުވާ ކަމަށް ބުންޏެވެ.

ހަބަރުތަކުން ބުނާގޮތުގައި، މިހާރު ބައެއް ގައުމު ތަކުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމަށްފަހު، އެ ދަރިވަރުން ކިޔަވަމުންދިޔަ ގައުމަށް ދެވޭނެ އިންތިޒާމް ހަމަޖެހެއެވެ. ނަމަވެސް މިގޮތަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްގެން އަނބުރާ ޗައިނާއަށް ދެވޭނެކަން ނުވަތަ ނޫންކަން ވެސް ރަސްމީ އިދާރާއަކުން ސާފުކޮށެއް ނުދެއެވެ. އޮންލައިންކޮށް ކިޔަވާ ދަރިވަރުންގެ ކްލާސްތައް އޮންނަ ގޮތުން ވަޒީފާއަށް ދެވޭނެ ގޮތެއްވެސް ގިނަ ދަރިވަރުންނަށް ނެތެވެ.

މިފަދަ ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް ދަރިވަރުން އުންމީދު ކުރަމުން އައީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ޗައިނާއިން ދަރިވަރުން އެ ގައުމަށް ކިޔަވަން ގެންދާނެ ކަމަށެވެ. ނަމަވެސް ކޯހުގެ ފުރަތަމަ ސެމިސްޓާ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ނިމޭއިރު، ދަރިވަރުން އަދި އެތިބީ ވާނުވާގައެވެ. ދެން އޮންނަ ސެމިސްޓަވެސް ޗައިނާގެ ގިނަ ޔުނިވަސިޓީތަކުން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާނެކަމަށް އިންޓަނޭޝަނަލް ސުޓޫޑެންޓުންނަށް އަންގާފައިވެއެވެ. މި ހާލަތުގައި ރާއްޖޭގެ ސަރުކާރުން އަދި ޗައިނާ ސަރުކާރާއިއެކު ދަރިވަރުންގެ ކަންކަމުގައި އެއްވެސް މަޝްވަރާއެއް ކުރިއަށްދާކަން ނުވަތަ ނޫންކަން ވެސް ދަރިވަރުންނަކަށް ނޭނގެއެވެ.

ނަމަވެސް ދަރިވަރުން ބުނެފައިވަނީ، ރާއްޖެ ފިޔަވައި ދެން އެގައުމުގައި ކިޔެވުމުގެ ފުރުސަތު ހޯދި ބައެއް ގައުމުތަކުގެ ދަރިވަރުން މިހާރުވެސް އެގައުމަށް ދަތުރު ކުރާ ކަމަށެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާ ކުދިންނަށް ސްޓޫޑެންޓް ވިސާއާ އެކީ ޗައިނާއަށް ދެވޭކަން ވަނީ ފާހަގަ ކޮށްފައެވެ.

މިވަގުތު ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ އޮންލައިންކޮށް ރާއްޖޭގައި ތިބެ ކިޔަވާއިރު އިންޓަނެޓްގެ ދަތިކަމާއި، އޮންލައިން ކްލާސްތައް އެހާ ފުރިހަމައަށް ނަގައި ނުދެވޭތީއެވެ. އެހެންކަމުން، މި ދަރިވަރުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޗައިނާއަށް ކިޔަވަން ގެންދެވޭނޭ ގޮތް ކަމާ ބެހޭ އިދާރާތަކުން ހަދައި ދިނުމަށެވެ.

"އެގޮތަށްވާ ނަމަ ކީއްވެ ރާއްޖޭގެ ދަރިވަރުންނަށް ނުދެވެންވީ. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެހެން ގައުމުތަކުން ކިޔަވަންދާ ދަރިވަރުންނަށްވުރެ ރާއްޖެއިން ދާ ކުދިން މަދުވާނެ. މިހާރު ގަބޫލު ކުރެވޭ ގޮތުގައި ކިޔެވުންވެސް ވަނީ ސިޔާސީ އެއްޗަކަށް ވެފައި، ދަރިވަރުންގެ ހައްގަކަށް ކިޔެވުން ނުވޭ" ދަރިވަރުން ބުންޏެވެ.

ދަރިވަރުން ވަނީ މިދިޔަ ސަރުކާރުން ވެރިކަން ކުރި އިރު، ހަޔާ އެޑިއުކޭޝަނުން ރާއްޖޭން ބޭރުގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިން ކަން ފާހަގަ ކޮށްފައެވެ. އެގޮތުން، ހަޔަ އެޑިއުކޭޝަނަށް އެހެން ގައުމުތަކުން ލިބޭ ބައެއް ޕާޝަލް ސްކޮލަޝިޕްތަކަށް ދިވެހި ސަރުކާރުން ފަންޑް ކޮށް، އެ ސްކޮލަޝިޕަކީ ފުލް ސްކޮލަޝިޕެއް ކަމަށް އިއުލާން ކުރެއެވެ. އަދި، ރާއްޖޭން ބޭރު ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަށް އެހީވުމުގެ ގޮތުން ސަޕްލިމެންޓަރީ ލޯން އެލަވަންސް ވެސް ދީފައިވެއެވެ. މިއާ ހިލާފަށް މިސަރުކާރުން އައިފަހުން ޕާޝަލް ސްކޮލަޝިޕްތައް ފުލް ސްކޮލަޝިޕަށް ހަދައި ދިނުމުގެ އުސޫލާއި ސަޕްލިމެންޓަރީ ލޯން އެލަވަންސް ދިނުން ވަނީ މެދުކަނޑާލާފައި ކަމަށް އެދަރިވަރުން ބުނެއެވެ.

ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނަށް އަނބުރާ ސްޓޫޑެންޓް ވިސާގައި އެ ގައުމަށް ދެވޭނެތޯ އަދި ދެވޭނީ ކޮން ތާރީހެއްގަތޯ ޓުވިޓާ މެދުވެރިކޮށް ދަރިވަރުން ވަނީ ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު ޖަންގް ލީ ޖޮންގް އާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިތުރުން ދިވެހި ސަރުކާރުގެ ގިނަ މުވައްސަސާތަކުގެ ކައިރިން ވެސް އަހައިފައެވެ. ދަރިވަރުން ބުނާގޮތުގައި މިކަމާ ގުޅިގެން މިހާތަނަށް އަދި އެއްވެސް ފަރާތެއްގެ ބަހެއް ލިބިފައެއް ނުވެއެވެ. އަދި ސަރުކާރުން މިކަމާ ގުޅިގެން މަސައްކަތެއް ކުރާކަމެއްވެސް ދަރިވަރުންނަށް އެނގިފައެއް ނުވެއެވެ.

ރާއްޖެ އަދި ޗައިނާ ސަރުކާރުގެ ފަރާތުން އެއްވެސް އެހީއެއް ނުލިބުމުން ދަރިވަރުން ކިޔަވަމުންދާ ޔުނިވާސިޓީއަށް ގުޅާފައިވާނެ ކަމަށާއި އަދި ޗައިނާއަށް ދެވޭނީ ކޮން ތާރީހެއްގައި ކަން އޮޅުންފިލުވަން މަސައްކަތް ކުރި ކަމަށް ދަރިވަރުން ބުންޏެވެ. އެއީ ޗައިނާގެ ސަރުކާރުގެ ފަރާތުންދޭ ސްޓިޕެންޑް ލިބޭނީ އަވަހަށް އެ ގައުމަށް ދިއުމުން ކަމަށް ވަތީކަން ވެސް ދަރިވަރުން ފާހަގަ ކުރެއެވެ.

ނަމަވެސް ދަރިވަރުން ކިޔަވަމުންދާ ޔުނިވާސިޓީއަށްވެސް ދަރިވަރުން ޗައިނާއަށް ގެންދެވޭނީ ކޮންއިރަކުން ކަމަށް ނޭނގޭކަމަށް ދަރިވަރުންނަށް ޔުނިވަސިޓީން ވަނީ މައުލޫމާތު ދީފައެވެ.

އެދަރިވަރުން ބުނީ، ޗައިނީސް ގަވަމަންޓް ސްކޮލަޝިޕް ދަށުން ހޮވިފައިވާ ދަރިވަރުންނަށް މިވަގުތު ޗައިނާ ސަރުކާރުން އަދި މިނިސްޓަރީ އޮފް ހަޔަ އެޑިއުކޭޝަނުން އެއްވެސް ކަހަލަ އެދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވާއިރު އަނެއްކާވެސް ހަޔާ އެޑިއުކޭޝަނުން ވަނީ ޗައިނާ ސްކޮލާޝިޕަށް ދަރިވަރުން ހޮވަން ދެ އިއުލާނެއް ކޮށްފައި ކަމަށެވެ. މީގެ ތެރެއިން އެއް އިއުލާނަށް ކުރިމަތި ލީ ކުދިން ނޯމިނޭޓް ކޮށްފައިވާއިރު އަނެއް އިއުލާނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

ބޭރުގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް މިފަދަ އެތައް ގޮންޖެހުންތަކަކާއި މައްސަލަތަކެއް ހުރިއިރު، ދިވެހި ސަރުކާރުން މިކަންކަން ބަލައި އެދެވޭ ހައްލެއް ހޯދުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Anonymous

  ޗައިނާއިން މައްސަލައެއް ފެނޭތޯ ބަލާތި! މިހާރު ތި ތިބީ ވިކި ހުސްވެފަ!!

  15
  1
 2. ޏަވިޔަނި

  ދިވެހި ދައުލަތުގެ ނުކުޅެދޭ ކަން ތި އެގެނީ

  37
  1
  • ކަނީރު

   ކަލޭވެސް ހިމެނިހެން. އެންމެބޮޑު ޒިންމާއެއް ނަގަންޖެހެނީ ކަލޭ

   7
   4
  • ޏަވިޔަނި

   ދުނިޔެ އިން ބޭރަށް ކިޔަވަން ފޮނުވާ ރައިސް ކޮބާ

 3. އަކަޔަންބޯ

  އަކަޔަންބޯ ހެދިފައި ދެއިރު ދެދަޅައަށް ޗައިނާ ސަރުކާރަށް ދުލަށް އައިހާ އެއްޗެއް ގޮވާ މަތިހަށިނަގާފައި ހުންނަ ބަހުލޫލަކާހެދި މިހުރިހާ ކަމެއް މި ގައުމަށް މިޖެހެނީ. މި ހަރުކަށިފިކުރު ހުންނަ ނުބައި ކަލޭގެ މައިތިރިވި ދުވަހަކުން މިގައުމަށްވެސް މިގައުމުގެ ރައްޔިތަކަށްވެސް ނޭވާލެވެން އޮތީ.

  25
 4. އަހަންމާގެނަސޭހަތް

  އެއްވެސް އިރެއްގަ ދިވެހި ދައުލަތަކީ އެދައުލަތުގެ ބޮޑުންގެ ކުދިންނޫން އެހެން ބަޔަކަށް އެހީތެރިކަމެއް ވެދޭތަނެއްނޫން... މިހާރެއް އޭރެއް ކިޔާނެކަމެއްނެތް... މިހެން މިކިޔަނީ ވަކި ކަމެއް ހާސިލުކުރަން... އަސްލު އޮތްގޮތް މީ.. އަހަރެންގެ ތަޖުރިބާ މިއީ ހަމަ ތިޔަކަހަލަ ސްކޮލަޝިޕެއްގައި ކިޔަވާ ދަރިވަރެއްގެ ހައިސިއްޔަތުން... މިހުންނަނީ ދެރަކަންކަން.. މިގައުމުގަ އުޅެންވީ އިބޫސޯލިހާ، ނަޝީދާ ޔާމީނާ އަދުރޭގެ ދަރިން އެކަނިކަން އެމީހުން މިސާލުން އެބަބުނެދޭ! ސްކޮލާޝިޕަށްފަހު ބޭރުން ވަޒީފާ ހޯދާ ސައުދީ ކަހަލަ ގައުމަކުން.. މަދޭނެ ނަސޭހަތެއް މިނޫނީނެތް...

  16
  1
 5. މާމަކުނު

  ކޮންމެ ދަރަިވަރަކަށް ޔުނިވަރސިޓީ އެޑިއުކޭޝަން ހިލޭ ، އެވެސް ހިތުލީ ތަނަކުން ދުނިޔެއާ ދުނިޔޭން ބޭރުން...ހުރިހާކަމެއް ސޯލިހުވީމަ މިހެންވޭ!

  18
 6. ބަހުސް

  ބަހާބަލަ މި ސަރުކާރުން އައިސް ކިޔަވާ ކުދިންނަށް ޖައްސާ އުނދަގޫ. އެ ކުދިންނަށް ސަރުކާރުން ދޭ ގިނަ އެލަވަންސް ތައްވެސް ކަނޑާލާފައި. ވާ ރަނގަޅު

  18
 7. ޓީޗަރު

  ކޮންމެ ސަރުކާރެއް އަޔަސް ބަލަން ޖެހޭނީ ކިޔަވާ ކުދިންނަށް ފަސޭހަގޮތް ހޯދައި ދިނުމަށް. ހާއްސަކޮށް ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރާ ފަރާތްތަކަށް ބަލަންޖެހޭ. މީގައި ބުނާގޮތުން ސަރުކާރުން ދޭ ސޮކްލަޝިޕްތަކުގައި ދާ ކުދިންނަށް ސަރުކާރުންދޭ 02 އެލަވަންސެއް ކަނޑާލާފައިވާ ކަމަށް ބުނެފައިވޭ. މި ވާހަކަތަކަކީ މުޅިން ތެދު ވާހަކަތައް ކަމުގައި ވަނީ ނަމަ، މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަ ކުރެވޭ ހާއްސަކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިކަން ރަނގަޅުކޮށްދެންޖެހޭ. ޢަލުގަނޑަކީ ކުރިން ރާއްޖެއިން ބޭރުން ކިޔަވާފަހުރި ކުއްޖަކަށްވާތީ، މިކުދިންތަކުގެ އިހްސާސް ވަރަށް ރަނގަޅަށް އެނގޭ.

  14
 8. ކާފަދ

  އެލާރިކޮޅާހެދިތަ މިހާލަތުގަވެސް ތި ތެޅިބާލަނީ.

  4
  9
  • ކާފަދ ޕްރޯ

   އެ ލާރިކޮޅުގެ މާނައަކީ ކޮބާ؟ އެއީ ކުދިންގެ ހައްގެއް. ކަލޭމެން ނުކިޔަވާ ސިޔާސީ މަޤާމު ތަކުގައި ތިއްބަސް ކިޔަވާ ނިކަމެތި ކުދިން އުޅޭ. އަދު ސަރުކާރުން ކޮވިޑް ސަޕޯޓް އެލަވަންސް ތައް ދޭއިރު އަމިއްލަ ގައުމުގައި ހާލުގައި ޖެހިފަ މިތިބި ކުދިންނަށް ސްޓައިޕެންޓް ނުދެވުމަކީ ދެރަކަމެއް އަދި އެވެސް ދިވެހި ސަރުކާސުން ސްކޮލަޝިޕަށް ހޮވާފަތިބި ދަރިވަރުން ތަކަކަށް

   14
   1
   • ޙަސަން

    ތިހިރަ ބުޜާންޗޯ ސްރައިޕެންޑަކީ ކޯއްޗެއްކަން އިގޭތަ. ޢަމިއްލަ ޤައުމުގަ ތިބޭއިރު ދޭއްއެޗެއް ނޫން އެއީ

    1
    8
    • ޕްރޯ

     ބަލަ މިހަރަ ބީތާ އާ. އަހަމެނަށްވެސް އެނގޭ ސްޓައިޕެންޑަކީ ކޯއްޗެއްކަން. ބީތާ ރަނގަޅަށް ސިޗުއޭޝަންް ބަލާފަ ވާހަކަ ދައްކާބަލަ. ކުދިން އޮންލައިން ކިޔެވަންޔާ ހަރަދެއް ނުހިނގާތަ؟ އާ ތި ބީތާ ރާއްޖޭ ދިރިއުޅެނީ މުޅިން ހިލޭ. ވަޒފާއަކަށް ނުގޮސް ކައިބޮއިގެން. ދެންވެސް ހާލަތު ރަނގަޅަށް ބަލާފަ ވާހަކަ ދައްކާތި

     9
     1
 9. ސަފާ

  ސްޓަެިޕެންޑް ލިބޭނީ އެ ގަެުމެއްގައި ތިބޭއިރު. ގޭގަ ނިދާފަ ގޭގަ ކައިފަ ދެން ތިއުޅެނީ ސްޓަެިޕެންޑް ހޯދަން. ސްޓައިޕެންޑްގެ މާނަ ޑިކްޝަނަރީން ބަލާލާ

  9
  5
  • ހެއްވާ ސަފާ

   އަހަރެމެނަށްވެސް އެނގޭ ސްޓައިޕެންޑްގެ މާނަ. ކުދިން ޗައިނާ އަށް ނުގޮސް އެ ތިބީ އެކުދިން ދާން ބޭނުން ނުވެގެންތޯ؟ އަދި އޮންލައިން ކޮށް ކިޔަވާއިރު ހަރަދެއް ނުހިނގާނެތޯ؟ ޢިންޓަރނެޓް ކަނެކްޝަން އާއި 3 އިރު ކެއުމާއި ފޮތް ފަންސުރާއި ގޭގެ ކުލި ސަފާ އެކުދިންނަށް ހަމަޖައްސައި ދޭންވީނުން. އަމިއްލަޔަށް ނުކިޔަވާ ހާލު، އެހެން މީހުންގެ އިހްސާސްތައް ދެނެގަންނަށް މަސައްކަތް ކޮށްބަލަ.

   6
   1
   • އަލީ

    ޗައިނާ އިން އަޅާފައިވާ ފިޔަވަޅެއް އެއީ އިންޓަނޭޝަނަލް ކިޔަވާ ކުދިން ނުގެނައުން. އަދި ސްޓައިފެންޑަކި ވެސް ސްކޮލާޝިޕް ކުދިންނަށް ޗަައިނާ ސަރުކާރުން ދޭއްއެޗެއް. އެމީހުން ނިިންމާނީ ދޭނީތޯ ނޫންތޯ.

    3
    4
    • ގަމާރު ނަންބަރު 1

     ބަލަ އަލީ، އަޅުގަނޑުމެންނަށްވެސް އެނގޭ އެއީ ޗައިނާ ސަރުކާރުން ދޭ އެއްޗެއްކަން. މިވަގުތު ޗައިނާގައި ނެތުމުން ކުދިންނަށް އެލަވަންސް ނުދޭތީ ބައިވަރު ގައުމުތަކުގެ ކުދިން އެކުދިންގެ ސަރުކާރަށް ޝަކުވާ ކުރޭ. އަދި އެހެން ގައުމުތަކުން ދަނީ އެކުދިންނަށް އެހީވުމުގެ ގޮތުން ޗައިނާ އަށް ދެވެންދެން ކޮންމެ މަހަކު ސްޓައިޕެންޑަށް ވާ ފައިސާ ސަރުކާރުގެ ފަރާތުން ދެމުން. މީގެ ތެރޭ އެފްރިކާގެ ގައުމުތަށްވެސް ހިމެނޭ. ދެން ކީއްވެ ރާއްޖެ އިން ނުދެވެންވީ؟ ހަމަ ގައިމުވެސް އެފްރިކާގެ ބައެއް ގައުމުތަކަށް ވުރެ ރާއްޖޭގެ އިޤްތިސާދު ރަނގަޅު. ތިޔަށްވުރެ ރަނގަޅުވާނެ ބުނަންް ސަރުކާރުގެ އިސް މަޤާމެއްގައި ހުރި މީހެއްގެ ދަރިއެއް ޗައިނާ އިން ނުކިޔަވާތީ އޭ. މީ ކަންތައް ވާ ގޮތަކީ. މި ސަރުކާރުން އައި ފަހުން ކުދިންނަށް ކުރަނީ އުނދަގޫ. ސްކޮލަޝިޕް ކުދިންގެ އެލަވަންސް ތައްވެސް ކަނޑާލާފައި. މީ ދެން އެ ކުދިންނަށް ކުރާ ޖެއްސުން. އެހެންވިއްޔާ، ބޮޑުންގެ ދަރިން ތިބޭނީ ރާއްޖެއިން ބޭރު އަމިއްލަ ހަރަދުގައި ކިޔަވަންގޮސް. ނިކަމެތި މީހާ ޖެހެނީ ސަލާން ޖަހާ އާދޭސް ކުރަން.

     ކޮންމެ ސަރުކާރެއް އަޔަސް އެޑިއުކޭޝަން ސެކްޓަރ އާ ކުޅުމަކީ ގޯހެއް. ސަބަބަކީ ކުދިން ކިޔަވައިގެން އައީމާ އެއީ ގައުމަށް ލިބޭ ކުރިއެރުންް. ހީވާ ގޮތުގައި މި ސަރުކާރުން ކުދިން ކިޔަވަން ސްކޮލަރޝިޕް ދޭކަށް ބޭނުމެއް ނުވޭ. ބޭނުން ވަނީ އެކުދިންނަށް އުނދަގޫކޮށް، އެކުދިންނަށް ރުފިޔާއެއް ނުދީ ހުރިހައި އެލަވަންސްއެއް ކަނޑާލަން. އަދި އެ ކުދިން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް އެހީ ހޯދަން ދިޔައީމަ ބުނަނީ "ބަޖެޓް ނުކޮށް ހުރި ކަން ކަމަކަށް ހަރަދު ނުކުރާކަމަށް" އަޅެ ފަހެ، މުޅި ދުނިޔެއަށް ކޮވިޑް އައީ ބަޖެޓް ކޮށްގެންތޯ؟ އެޗް.އީ.އޯ.ސީ އިން ކުރާ ހަރަދު ތަކަކީ ބަޖެޓް ކޮށްގެން ކުރާ ހަރަދުތޯ؟ ހަމަ ނިކަމެތި ދަރިވަރުން ތަކެއް ވީމަ ހަދަނީ ހަދާނެ ގޮތުން މި ސަރުކާރުން. އެއީ ތެދަކީ

 10. އާސިދާ..

  އަދިވެސް ބަޔަކުފެންނަ އިރައް ބައިކަޅުކޮފީ ދޭއިރައް ވޯޓް ދެވޭތޯ ބަލާ....އޭރުން ތިތަ ހުރި ހާ ޕެންޑޯއެއް ލިބޭނެ..