އެސްއެސްސީގެ ދިވެހި ޕޭޕަރު ޕްރިންޓްކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެ ޕޭޕަރު އަލުން ޕްރިންޓްކުރަން ނިންމައިފި އެވެ.

އިމްތިހާން އިންތިޒާމްކުރާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން (ޑީޕީއީ)އިން ބުނީ ޕްރިންޓްކުރުމުގައި މައްސަލަ ދިމާވީ ދިވެހި މާއްދާގެ އެސްއެސްސީ އިމްތިހާނުގެ ކަރުދާސް އެކެއް ގައި ކަމަށެވެ.

ޕްރިންޓްކުރުމުގައި މައްސަލަ ދިމާވި ނަމަވެސް ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރީހުގައި އިމްތިހާނު ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.

ދިވެހި އިމްތިހާން ޕްރިންޓްކުރުމުގައި ދިމާވި ކޮން މައްސަލައެއް ކަމެއް ޑީޕީއީއިން ބުނެފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.

މީގެ ކުރިން ވެސް ޑީޕީއީގެ އިމްތިހާންތަކުގައި ކުދި ކުދި މައްސަލަތައް ފާހަގަވެފައި ވެއެވެ.

އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާގެ އެއްވަނަ ކަރުދާސް އޮންނާނީ މާދަމާއެވެ. އަދި ދެވަނަ މާއްދާ ހޯމަ ދުވަހު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސްކޫލުން

    ޕޭޕަރުން ބައެއް ލީކު ވެގެން ކަމަށް އަހަރެމެން ސްކޫލުން ބެލެނިވެރިންނަށް އަންގައިފި. ނޫސްތައް މިއުޅެނީ ވ ވ ފަހަތުގަ.

    2
    1