އެހެރަ ޓޯލް ބިލްޑިންއަކީ ކޮންތަނެއް؟ އެއީ ކާކު ހެދިތަނެއް؟ ކޮން އިރަކު އެތަން ހެދީ؟ އިލޮއްޓެއްހެން އެތަން ހުންނަނީ؟ މިއީއަހަރެން ފުރަތަމަ ފަހަރަށް މާލެއައިފަހަރު މާލޭގެ ހުކުރު މިސްކިތުގައި ހުންނަ މުންނާރު ފެނި މަންމައަށް ބަންޑުންކޮށްލި ސުވާލުތަކެވެ.އެދުވަހު އަހަރެންގެ ސުވާލުތަކަށް އަހަރެން ބޭނުންވިވަރަށް ޖަވާބެއްނުލިބުނެވެ. ނަމަވެސް މިއަދު އަހަރެންގެ އަތުގައި އަހަރެންގެ ސުވާލުތަކަށް ޖަވާބު އެބަހުއްޓެވެ.

އެހެރަ ހަދާނިމެނީ 25 ބުރީގެ ބޮޑު އިމާރާކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް 25 ބުރިޔަށް ނަގާފައި ހުއްޓަސް މީގެ ބައިގަރުނެއްހައި ކުރިއަށް ޖެހިލާއިރު މާލޭގައި މާ އުސް އިމާރާތްތަކެއް ނެތެވެ. އޭރު މާލޭގައި އުޅުނު އަދި މާލެއަށް އެކި ކަންކަމު އަރާ ފޭބި މީހުނަށް ބޮޑު ހައިރާންކަމެއް ގެނުވީ އެދިގު މުންނާރު ފެނިފައެވެ. އެއީ މާލޭގައި އޭރު އެންމެ އުސްކޮށް ހުރިތަނެވެ. ދިގުމިނުގައި ހުންނަނީ 35 ފޫޓް 9 އިންޗިއެވެ.

މުންނާރު ބިނާ ކުރެއްވީ އިސްކަންދަރު ސުކޫލް އެރަސްކަލަކަށް ނިސްބަތްވާ އައްސުއްތާން އިބްރާހިމް އިސްކަތްދަރު ސްރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. 1674 ވަނަ އަހަރު ހެއްދެވި މިއިމާރާތަށް މިއަދު 343 އަހަރުވަނީ ފުރިފައެވެ. މުންނާރާ ބެހޭގޮތުން މާބޮޑު މައުލޫމާތެއް އެއްކުރެވިފައިނެތަސް، މިހާރު ފެންނަން ހުރިގޮތަށް މުންނާރުގައި ލޮއިންބަންދުތަކެއް މުންނާރުގައި އެޅީ މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައެވެ. އެމަސައްކަތްކުރީ ހުކުރު މިސްކިތު ޓިނުލީ ދުވަސްވަރު އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ. މުޅިންވެސް ހިރިގަލުން ހަދާފައިވާ ހުންނަ މިމުންނާރުގެ އެތެރޭގައި މައްޗަށް އެރުމަށް ސިޑިބަރިއެއް ހުރެއެވެ. މުންނާރުގެ ވަމަށައިގެން ހުންނަނީ ބަންގީގެ ކަލިމަތަށް ލިޔެފައެވެ. އެހެންނަމަވެސް މިލިޔުން ފަށާފައިވަނީ ބިސްމިނުގެ ބަރަކާތުންނެވެ. އަދި ނިންމުމުގައި މުންނާރު ނިސްބަތްވާ އިސްކަންދަރު ރަސްގެފާނުގެ ނަންފުޅާއި އެބިނާ ހަދާނިމުނު ތާރީޚް ލިޔެފައިވެއެވެ. މިތަނުގައި ބަންގިގޮވާ މީހާއަށް ކިޔަނީ "މުންނާރު ކަލޭގެ"އެވެ. އަދި ތާރީޚް ބުނާގޮތުން އޭރު މިމީހާއަކީ ދައުލަތުން ބޮޑު ޚަރަދެއްކުރާ ޤަދަރުވެރި މީހެކެވެ.

ހުރިހާ މައުލޫމާތެއް އެއްކުރިފަހުން ލިބުނީ ކުއްލި ޝޮކެވެ. މިހާރު ފެންނަން އެހެރީ އަސްލު މުންނާރެއް ނޫނެވެ. އެއީ ކުރިން ހަދާފައިވާ މުންނާރުގެ ނަމޫނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޅޯޯީޯޏޛޞޙޞޛ

  ލޮލް

 2. ކައުންސެލަރު

  ކޮންހާސަރެއްތަ މުޅިމަގުގައި ދަމާފަމިއޮތީ. ކަލޭމެންނަށް ކިޔޭއެއްޗެއް އެނގޭތަ؟

 3. މުބީން

  ކޮބާތަ ކުރިން ހެދި މުއްނާރުގެ މައުލޫމާތު؟

 4. ނުރަބޯ

  މީގެ ފަންސާސް އަހަރުގެ ކުރިން ވެސް ހުރީ ހަމަ ތިޔަ މުންނާރު....؟

 5. ޖޮއްބެ

  ހަހަހަ ހުރިހާ މައުލޫމާތެއް އެއްކުރި ފަހުން ލިބުނީ ކުއްލި ޝޮކެކެވެ. މިހާރު ފެންނަން އެހެރީ އަސްލު ހުކުރު މިސްކިތެއްނޫނެވެ. އެއީ ކުރިން ހަދާފައިވާ ހުކުރު މިސްކިތުގެ ނަމޫނާ އެކެވެ...!!!?