ލ.ގަމުގައި ފްލެޓް އަޅާ ސަރަހައްދު ކޮންނަނިކޮށް ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން އަޅުކަންކޮށް އުޅުނު ބުދެއް ފެނިއްޖެ އެވެ.

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ބުނި ގޮތުގައި، ހިރިގަލުން ހަދާފައިވާ އެ ބުދު ފެނުނީ މުކުރިމަގު އަވަށުގައި މިހާރު ފްލެޓް އަޅަމުން އަންނަ ސަރަހައްދުން ނެގި ވެލިތަކުގެ ތެރެއިންނެވެ. އެޖަމިއްޔާ އަކީ ރާއްޖޭގެ ތާރީހާއި ސަގާފަތް ހިމާޔަތްކޮށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ.

އެތަނުން ނެގި ވެލި ހުރީ އެތަނާ ކައިރި ހިސާބެއްގައި ފުންޏަކަށް ޖަހައިފަ އެވެ. ބުދު ފެނުނީ އެ ވެލިފުނި ފަތުރާލިތަނާ އެވެ.

ލ.އަތޮޅުގެ ތާރީޚް ދިރާސާ ކުރައްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ތޯހާ އަބޫބަކުރު ވިދާޅުވީ ގަމުން ފެނުނު ބުދުގައި ހަތް އިންޗި ހުރި ކަމަށެވެ. މިހާރު އެ ބުދު އޮތީ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިބުދަށް 900 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ލަފާކުރެވެއެވެ.

1153މ. ވަނަ އަހަރު ރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގަތުމާއެކު ރާއްޖޭގެ ދީނަކީ އިސްލާމްދީންކަމަށް ހަމަޖައްސަވައި ފަތްތޫރަ ހިންގަވާފައިވީނަމަވެސް ރާއްޖެތެރޭގެ ދަތުރުފަތުރުގެ ދަތިކަމާއެކު ހުރިހާ ރަށްރަށަށް އެ ދީނުގެ އަލިކަން ފެތުރުއްވުމުގެ މަސައްކަތްކުރެވިފައި ވަނީ އެތައް އަހަރަކުންނެވެ. ސްރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި ލިޔެވިފައިވާ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުން އެނގޭ ގޮތުގައި ރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގަތްތާ 42 އަހަރުފަހުން އިސްދޫ އިސްލާމްކުރެވުނީ 1195މ. ގައެވެ. ދަނބިދޫ އިސްލާމްކުރެވުނީ އޭގެ އެއް އަހަރު ފަހުން 1196މ. ގައެވެ.

ހައްދުންމަތީގެ އިސްދޫ، ދަނބިދޫ، މުންޑޫ، ގަން، ގާދޫ އަދި ހިތަދޫ މިރަށްރަށަކީ ބުދުދީނުގެ ބޮޑެތި ވޭރުތައް ހުރި ރަށްރަށެވެ. ފޮނަދު އާއި ކައްދު އާއި ވަޑިނޮޅާއި މުންޏަފުށީގައި ހުރި ތަންތަން ވީރާނާވެ ހިނގައްޖެއެވެ. ހައްދުންމައްޗަކީ ދިވެހިން އިސްލާމްދީން ޤަބޫލުކުރުމުގެ ކުރީގައި ބުދުދީނުގެ މަރުކަޒީ ސަރަޙައްދެއް ކަމަށް ފޮތްތަކުގައި ލިޔެފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިޔު

    ރާއްޖޭގައި ގެންގުޅުނު ފާޑުގެ ބުދަކާ ވައްތަރުބާ؟! ބަޔަކު ގެނެސް ވަޅުލި އެއްޗަކަށް ނުވިއްޔާ ރަނގަޅު.

    11
    7
  2. އުގުރި

    ތިޔަ ބުދުއާއި ހިތާ ނުވިޔާ ރަގަޅު..

    7
    3
  3. ލޯބިވާ ވަތަން.

    ދެން ތިޔަށް އިރެއްގާ އަޅުކަން ދިވެހިން ކުރިޔޭ ކިޔާގެން ބަޔަކުލައްވާ އަޅުކަން ކުރުވަން ތިފިރުވަން ވީކީނޫން ތިނައްތާލަން ވީ رسول لله صلی الله ހެއްދެވީ އެގ ތަށް.

    8
    2
  4. ލޯބިވާ ވަތަން ..

    ދެން ތިޔަށް އިރެއްގާ އަޅުކަން ދިވެހިން ކުރިޔޭ ކިޔާގެން ބަޔަކުލައްވާ އަޅުކަން ކުރުވަން ތިފިރުވަން ވީކީނޫން ތިނައްތާލަން ވީ رسول لله صلی الله ހެއްދެވީ އެގ ތަށް.

    4
    2
  5. ޙުކުމް

    ތި ތަޅާ ފުނޑު ފުނޑު ކުރޭ....

    10
    3
  6. ޙަދީޖާ

    ތިޔައީ މާބޮޑު ކަމަކައްހަދާކައް ނުޖެ ތިޔަތަޅާއެއްލީމަ ނިމުނޫން، ކޮންކަމެއް ކުޑައިރު ވެލިކާ ކުދިންވެސް އުޅޭނުން ބޯހަލާކު..

  7. ތަކުރު

    އަވަހައް ތިޔަ ތަޅާ ނައްތާލާ،