މާލެ އަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން މީހުން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ރަށެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 40.2 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. އެއީ 2،27،486 މީހުންނެވެ. މި ހުރިހާ އެންމެން ދިރިއުޅޭނެ ތަނެއް މާލެއަކު ނެތެވެ. އެކަމަށް ރައީސް މައުމޫންގެ ދައުރުގައި ހިއްކީ ހުޅުމާލެއެވެ. ނަމަވެސް ރައީސް މައުމޫންގެ ވެރިކަން ނިމި ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެޅިފައި ވަނީ ވަރަށް މަދުއަދަދެއްގެ ފްލެޓްތަކެކެވެ. އަދި އޭގެ ތެރެއިން ވެސް ހުޅުމާލެ އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވީ މަދުބައެކެވެ. ސަބަބުތައްވެސް އޮތެވެ.

އެ ސަބަބުތަކަށް ނިމުން ގެނެސް ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖަކުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގުޅާލިއެވެ. އެހިސާބުން ގިނަ ބަަޔަކު ހުޅުމާލެ އަށް ދާން ބޭނުންވިއެވެ. މާލޭގެ ކޮންކްރީޓު ޖަންގަލިން މިނިވަންވެ، ހިތްފަސޭހަ ހުޅުމާލޭގައި އާއިލާއެކު ދިރިއުޅުމަށް އެތައް ބަޔަކު މަސައްކަތް ފެށިއެވެ. އެހެންނަމަވެސް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ އާއިލާތަކަށް އެކަމަކީ ކުރެވޭނެ ކަމަކަށް ނުވިއެވެ. ސަބަބަކީ އައީ ކުއްޔެވެ. އެޑްވާންސެވެ. މި ދެކަން ކޮށްފައި ހުޅުމާލެއަށް ބަދަލުވާއިރު މީހާ ހުންނަނީ ދަރާ ވިކިފައެވެ.

ރައްޔިތުންގެ އެ ތަސައްލީތަކަށްވެސް ރައީސް ޔާމީންގެ ވެރިކަމުގައި ނިމުން ގެނައުމުގެ މަސައްކަތް ފެށިއެވެ. ހުޅުމާލޭގެ ދެގުނަ ބޮޑު ހުޅުމާލެ އެއް ހިއްކާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދު ކުރަން ފެށިއެވެ. ސޯޝަލް ހައުސިންގެ މެގަ ޕްރޮޖެކްޓުތަކެއް ހިންގިއެވެ. އޭގެތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓަކީ "ހިޔާ މަޝްރޫއު"އެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ބިޔަ މަޝްރޫއު އަށް އެތައް ހާސް ބަޔަކު ކުރިމަތިލިއެވެ. އޭރުގެ ސަރުކާރުން އެއިން ކޮންމެ ފްލެޓެއްގެ ކުއްޔަކީ 5،600 ރުފިޔާ ކަމަށް ކަނޑައަޅާ އެކަންވެސް އިއުލާން ކުރިއެވެ. އެއާއެކު ބޮޑު ކުލި ދައްކައިގެން ދެކޮޅު ނުޖެހޭ އެތައް އާއިލާތަކަކަށް ހިނިތުންވުން ގެނުވިއެވެ. ސަބަބަކީ ފްލެޓު ހައްގުވާ ނަމަ އެތަން ލިބި އެމީހުންގެ ދިރިއުޅުމަށް ހަމަޖެހުމެއް ލިބިގެން ދާނެކަން ޔަގީންވާތީއެވެ.

ނަމަވެސް އެ ވެރިކަމުގައި ފްލެޓުތައް ހަވާލު ނުކުރެވި އުޅެނިކޮށް ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވިއެވެ. އަދި ފްލެޓުތައް ކުރީގެ ސަރުކާރުން ހަވާލު ކޮށްފައި ވަނީ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ އަލުން ފްލެޓުތައް ދިނުމަށް ފްލެޓު ކޮމެޓީ އެއް އެކުލަވާލާ ފްލެޓުތައް ދިނުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތް ނިންމާ މި ސަރުކާރުން ބުނާ ގޮތުން ނަމަ މިހާރު ފްލެޓުތައް ލިބިފައިވާ ފަރާތްތަކަކީ ހައްގުވެރި ފަރާތްތަކެވެ.

ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ހިޔާ މަޝްރޫއު" ގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީން އާއްމުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުއެވެ. ނަމަވެސް ފްލެޓު ލިބުނު ނަމަވެސް ހިތްހަމަޖެހުމެއް ނެތެވެ.

"އަޅުގަނޑު މާލޭގައި ދިރިއުޅޭތާ 26 އަހަރު. ދަރިންނަށް މިކޮޅުގައި ކިޔަވައިދޭން ފެށުނީތީ ދެން ދަރިން ސްކޫލުން ކަނޑާލައިގެން އަނބުރާ ރަށަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ މާލޭގައި މަޑުކުރީ. ސަރުކާރުތަކުން އިއުލާންކުރި ކޮންމެ ފްލެޓަކަށް ލިން. އެކަމަކު ހިޔާ ފްލެޓުން ފްލެޓު މި ލިބުނީ. ލިބުނުއިރު ކުލި މިއޮތީ ބޮޑުވެފައި. އެހެންވީމަ އެންމެ ރަނގަޅެކޭ ނުބުނެވޭނެ،" ހިޔާ ފްލެޓު ލިބުނު މީހަކު ބުންޏެވެ.

އޭނާ އެ ކިޔައި ދިނީ ފްލެޓު ލިބުނު ނަމަވެސް ދިރިއުޅުން ހަމަ ނުޖެހޭނެ މައިގަނޑު ސަބަބެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައި އޮތީ ހިޔާ ފްލެޓު ލިބުނު މީހުން 25 އަހަރު ދުވަސް ވަންދެން މަހަކު 7،500 ރުފިޔާ މަހު ކުލީގެ ގޮތުގައި ދެއްކުމަށެވެ. އަދި ފްލެޓުގެ މެނޭޖުމަންޓު ފީގެ ގޮތުގައި 1،000 ރުފިޔާއާއެކު ޖުމްލަ 8،500 ދައްކަން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

"އަޅުގަނޑަށް ލިބެނީ 12،000 ރުފިޔާ. އަންހެނުންނާއި ދެ މީހުން މަސައްކަތް ކޮށްގެން މިއުޅެވެނީ. އަދި ވަޒީފާއަކަށް ދާވަރުގެ ކުއްޖެއް ވެސް ނެތް. އަންހެނުންނަކީ ސިވިލް ސާވަންޓެއް. ސްކޫލެއްގެ މަސައްކަތު މީހެއް. ލިބެނީ ހައެއްކަހާސް ރުފިޔާ. އަޅުގަނޑަކަށް ނުވިސްނޭ ފްލެޓް ލިބިގެން ދިރިއުޅުން ދެކޮޅު ޖެހޭނެ ގޮތެއް،" ކުރިންވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ލޯނު ނަގައިގެން ހެދި ހިޔާ ފްލެޓުތަކުގެ ކުލި ކުރީގެ ސަރުކާރަށް 5،600 ރުފިޔާ އިން ނިންމާލެވުނުއިރު މި ސަރުކާރަށް ފްލެޓުތަކުގެ ކުލި 8،500 އަށް ނިންމާލެވުނީ ކީއްވެގެން ހެއްޔެވެ. މިއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. މިފަދަ ބޮޑެތި މަޝްރޫއުތައް އެކި ގައުމުތަކުގައިވެސް ހިންގައެވެ. ސަރުކާރު ކުންފުނިތަކުގެ ނަމުގައި ލޯނު ނެގި ނަމަވެސް އެ ލޯނު ދެއްކުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއެވެ. ނަމަވެސް މި ސަރުކާރު އައިސް ފްލެޓުތަކުގެ ކުލީގެ އަގު ބޮޑުކުރީ ސަރުކާރުން މި ލޯނު ނެގި ސަރުކާރުގެ ކުންފުނި އެޗްޑީސީ އަށް އެހީނުވުމަށެވެ. އެހެންކަމުން ލޯނަށްވާ ބައި ރައްޔިތުންގެ އަތުން ނަގަނީއެވެ. މިއީ ސިޔާސަތުތައް ބަދަލުވުމުން ރައްޔިތުންނަށް ލިބޭ ގެއްލުންތަކެވެ.

މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި ހިޔާގެ ކުލި މިހާރު އޮތް އަގަކީ ރައްޔިތުންނަށް ދޭ ވަރަށް ބޮޑު ހިތްދަތިކަމެކެެވެ. ނަމަވެސް މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ސިފަ ކުރައްވާ ގޮތުގައި ހިޔާ ފްލެޓުތައް އިމާރާތްކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލެޓަކަށް އަސްލު ޖެހޭ އަގަކީ 11،000 ރުފިޔާއެވެ. ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ ވެސް އެތައް އެއްޗެއް ކެނޑުމަށް ފަހު ކަނޑައެޅި އަގެއް ކަމަށް ވިދާޅުވިއެވެ.

ސޯޝަލް ހައުސިން ސަރުކާރުތަކުން ފޯރުކޮށްދެނީ ރައްޔިތުންގެ ޖީބަށް ލުއި ކުރުމަށެވެ. ރައްޔިތު މީހާ ދިރިއުޅޭ ދަތި ހާލުން މިންޖު ކުރުމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓުތައް އެޅީ އެ މަގުސަދުގައެވެ. ކުލި ކަނޑައެޅީ ރައްޔިތުންގެ މާލީ ހާލަތު ރަނގަޅުވާނެ ގޮތަށް ބަލައިގެންނެވެ. ނަމަވެސް މި ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުލީގެ އަގަށް ގެނައި ބަދަލަކީ މި ސަރުކާރަށް މިހާތަނަށް އައިއިރު މިވަރުގެ ބޯހިޔާވަހިކަމުގެ ވައުދެއް ފުއްދިފައި ނުވާއިރު ރައްޔިތުންނަށް ދެވުނު ވަރަށް ބޮޑު އަނިޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ހައިލީ

    މާލޭގައި 15 ހާސް އާއި 30 ޙާސް އާއި ދެމެދަށް ކުލިތަށް ދީގެން އުޅެމުން އައި މީހުން ފްލެޓްތަކަށް 8 ހާސް ފަސްސަތޭކަ ރުފިޔާ ދައްކަން ވީމާ ކުލިނުދެއެްކޭވާހަކަ ކިހާ ހެއްވާ ކަމެއްދޯ . ހިލޭ ފްލެޓް ހޯދާގެން ތިބެންވީއެއްނު ،

    39
    105
    • ޢާލިމް

      މިގޮތަށް ކުލި ދީގެން ތިބެނީ އެތައް ބަޔަކު ކުލި ޝެއަރ ކޮށްގެން. ބީތާވެގެން ވާނުވާ ނޭގެންޏާ ކޮމެންޓް ނުކުރީމަ މާ ރަނގަޅު ވާނެ.

      89
      19
      • ސިކުނޑި

        ބަލަ ހަމަ އެގޮތަށް ދެންވެސް ސެއާރކޮށްގެން އުޅެވޭނެ ދޯ. ވެރިމީހާ އެތާ އުޅުން ދޯ އޮންނަނީ. އެހެން މީހަކަށް ފުލެޓު އެއްކޮށް ކުއްޔަށްދީފަ އަޗާތަޅަން އެހެންތާކު ނޫޅޭށޭ

        20
        39
        • މަރީނާތު

          ވަރަށް ޖާގަ ބޮޑު ވިއްޔާ ޝެއަރ ކުރަން. ޙާލުގަ އުޅެން ނުޖެހޭ މީހިން އަނގަ ނުބާނަ ތިބުން ރަނގަޅީ.

          33
          6
        • ޢާލިމް

          އެހާލަތުން މިންޖުވެވޭތޯ ދޯ ސޯޝަލް ފްލެޓް ލިބޭތޯ މި ބަލަނީ. އިތުރަށް އަނެއްކާ 2 ލައްކަ ލޯނެއްގައި އެ ތަން ހަދާފަ ވެސް ހަމަ އެހާލުގަތަ އުޅެންވީ. މީތޯ ހަމަ ޙައްޤު މިންވަރަކީ؟

          12
          1
    • މާނާ

      އަސްލުވެސް

      28
      2
    • ބީތާ

      ކަލޭ ތީ ކުލި ބޮޱެ ކޮށް ނަގައިގެން އުޅޭ ބީތާ އެއް ދޯ

      30
      16
    • ރައްޔިތުމީހުން

      ޝޯޝަލް ހައުސިންގ ހުންނަންވާނީ އެންމެ ކުޑަމުސާރަ ކެޓަގަރީގެ މީހުންނަށްވެސް އެފޯޑް ކުރެވޭވަރަށް.
      މިހާރު މިތަން މިވަނީ ޕްރީމިއަމް ޕްރައިސް ތަނަކަށް.
      ކޮންމެ ސަރުކާރަކުން ހެދި ތަނެއް ކަމުގައިވިއަސް ދެން ވެރިކަމަށް އަންނަ ބަޔަކު މަސައްކަތް ކުރަންވާނީ އެތަނުގަ މައްސަލައެއް އުޅެންޔާ އެ ރަނގަޅުކުރަން. ރައްޔިތުން މީ ސަރުކާރު ހޮވާމީހުން. ރައްޔިތުންނަށް ލުއިގޮތް ހަދާދިނުން އެއީ ސަރުކާރުގެ ވާޖިބް. ހެޔޮ ވެރިކަމޭ، ރައްޔިތުންގެ ވެރިކަމޭ، ރައްވެހި ދިރިއުޅުމޭ ކިޔާ އެކި ސްލޯގަން ބޭނުންކޮށް، ރައްޔިތުން ހައްލާލައިގެންއައިސް އޭގެބަދަލުގައި މިސަރުކާރުން މިދަނީ މިކަންތައްތަކުގަ ރައްޔިތުންނަށް ޖެއްސުން ކުރަމުން.

      20
      3
    • މޮހޮނާ

      މެންޓަލް ހެލްތް ކެއަރ ސެންޓަރ ތައް ރާއްޖެއަށް އިންތިހާއަށް ބޭނުން ޖެހިފަވާކަން މި ކޮމެންޓް އަށް ބަލާލުމުން އެނގޭނެ. މިފަދަ ކިތައް ކޭސް އުޅޭނެ.

      4
      1
  2. Anonymous

    "އަޅުގަނޑަށް ލިބެނީ 12،000 ރުފިޔާ. އަންހެނުންނާއި ދެ މީހުން މަސައްކަތް ކޮށްގެން މިއުޅެވެނީ. އަދި ވަޒީފާއަކަށް ދާވަރުގެ ކުއްޖެއް ވެސް ނެތް. އަންހެނުންނަކީ ސިވިލް ސާވަންޓެއް. ސްކޫލެއްގެ މަސައްކަތު މީހެއް. ލިބެނީ ހައެއްކަހާސް ރުފިޔާ. އަޅުގަނޑަކަށް ނުވިސްނޭ ފްލެޓް ލިބިގެން ދިރިއުޅުން ދެކޮޅު ޖެހޭނެ ގޮތެއް،"
    ________________
    ވަރަށް ހިތައްއެބައަރާ މިހާރު އުޅެނީ ކިހިނެއްބާއޭ

    46
    15
    • ގާސިމު

      ފަގީރުންގެ ހާލަތު ވިސްނޭވަރަށްވުރެ މުއްސަނދިކަމަށް ލަފާކުރެވެނީ. ދުވަހަކުވެސް ފަގީރުކަން އިހުސާސްވެފައިވާނަމަ، މިހާރު އުޅޭނެގޮތް ވިސްނާލަން ނަގާނީ މަދު ސިކުންތުކޮޅެއް،

      36
      4
  3. ރަންނަ

    "އަޅުގަނޑަށް ލިބެނީ 12،000 ރުފިޔާ. އަންހެނުންނާއި ދެ މީހުން މަސައްކަތް ކޮށްގެން މިއުޅެވެނީ. އަދި ވަޒީފާއަކަށް ދާވަރުގެ ކުއްޖެއް ވެސް ނެތް. އަންހެނުންނަކީ ސިވިލް ސާވަންޓެއް. ސްކޫލެއްގެ މަސައްކަތު މީހެއް. ލިބެނީ ހައެއްކަހާސް ރުފިޔާ. އަޅުގަނޑަކަށް ނުވިސްނޭ ފްލެޓް ލިބިގެން ދިރިއުޅުން ދެކޮޅު ޖެހޭނެ ގޮތެއް،"
    _____________
    ހިތައްއަރަނީ މިހާރު އުޅެނީ ކިހިނެއްބާއޭ

    23
    15
  4. ޢާލިމް

    ސޯޝަލް ހައުސިން ޕޮލިސީއެއްގައެއް ނޫން އަގު މިހާރު ކަނޑައަޅާފައި ތި ވަނީ. ވިޔަފާރި އުސޫލުން ފައިދާ ހޯދުމަށް މިހާރު ތި ވަނީ ޕޮލިސީ ބަދަލު ކޮށްފަ. ރައްޔިތުން އަތުން ހުރިހާ ކަމަކަށް ޓެކްސް ނަގައިން ސޯޝަލް ހައުސިން ދޭނަމަ ފައިދާ ހޯދާކަށް ނޫން ވިސްނަން ޖެހޭނީ. ސަރުކާރުގެ ވެރިންގެ ކުއްޔަށް ދޫކޮށްފައިވާ އެޕާރޓްމަންޓް ތަކުގެ ކުލި ކުޑަވިޔަ ނުދިނުމަށް ހިންގާ ގޭމްއެއް ތީ މިހާރު.

    42
    4
  5. ﷲއަށްބިރުވެތިވޭ އަނިޔާވެރި ދޮގުވެރިންނާ ދުރައްދޭ

    ވޯޓު ހޯދަންވީމަ ނިކަމެތި ރަޔަތުމީ ހާ ވެރިކަންލިބުމުން ހަދާންނެތިފަ ނިކަމެތިންގެކަރައް ފައިންއެރުން އެބުރިވޯޓު ހޯދަންނާންނާތި

    41
    5
  6. ހަލަމަން

    މީދިވެހިނެއްނު ރަގަޅު އެއްގޮތެއްވެސް ނޯންނާނެ

    10
    30
  7. ބޮންދުބެ

    ސޯޝަލް ހައުސިންގ އެއްގަ ކުލި ކަނޑައަޅަން ވާނީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ފެންވަރަށް ބެލުމަށްފަހު. މަށަށް އެނގޭކަމަކީ ހިޔާ ފްލެޓުތަކަށް ބަދަލުވާން ބޭނުންވާ ގިނަ މީހުންނަށް. 8500 ރުފިޔާ އަކީ އެފޯޑް ކުރެވޭނެ އަގެއް ނޫންކަން. މާޭގެ އެވަރެޖް އިންކަމް އަކީ 10 ހާސް. މިވަރުން ފްލެޓު ލިބޭމީހާ ހުންނަން ޖެހޭނީ އޮރިޔާމުން.

    34
    2
  8. ނޫންތަ

    ރަށްރަށުގެ ފްލެޓްތަކަށް 3000 ނަގަނީ. އެވަރުވެސް ބޮޑު. ސޯޝަލް ހައުސިންގ އަގު 5000 އަށްވުރެ ބޮޑުވީމާ، އެއީ ސޯސަލްއެއް ނޫން. އަގު ހެޔޮކުރެވޭނެ އެތައް ގޮތެއް އޮންނާނެ. 30 އަހަރަށް ބަހާބަލަ. ފުރަތަމަ 5 އަހަރުކުޑަކޮށްފައި، ކޮންމެ 2 އަހަރަކުން ބޮޑުކޮށްބަލަ. އަސްލަމު ހިސާބުހެދިއިރު، 7000 ފްލެޓުން އުނިކުރިބަޔަށްޖެހޭ (މިތަންތަނުން ބޮޑުކުލިލިބޭނެ) އަގުވެސް ދައްކަންޖެހެނީ ފްލެޓްލިބުނު މީހުން. މުއިއްޒުގޮތަށް ކަންކަން ދަންނަ ހިންގާލެވޭވަރު މިނިސްޓަރެއް ބޭނުންވޭ

    31
    2
  9. ްއިސްލާހު

    ވަރަށް ރަނގަޅުވާހަކައެކެވެ. ޔާމީން ގެ ސަރުކާރުން އަޅާފައިވާ ފްލެޓްތަކެއް ވީމައި މިސަރުކާރުން އުޅެނީ ރައްޔިތު މީހާ އަށް ޖެއްސުން ކުރާށެވެ. ކޮންމެސް ބަހަނާއެއް ދައްކައިގެން މާދަމާ، އަންނަ މަހު ކިޔާލަކިޔާލަ އެތަން ނުދީ ދިގުދަންމަނީއެވެ. ކުލިވެސް ހުރީ މީހުންނަށް ޖެއްސުން ކުރުމުގެ ބީދައިންނެވެ. ޔާމީނުގެ ވެރިކަމުގައި އެޅިތަނަކަށް ވީމައެވެ. ނުވިތާކަށް އެތަނަށް މީހަކު ވަންނާކަށްވެސް މިސަރުކާރުން ބޭނުމެއްނުވެއެވެ. މިކަން އެނގެނީ ސަރުކާރުގެ އެހެން ހައުސިން ޕްރޮޖެކްޓަކުން މިހާރުފްލެޓް ލިބިފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ވާހަކަ އާއި އެއްބަސްވުމުގައި ސޮއިކުރިޔަސް އެފުރުސަތު އޮތްވާހަކަ ތަކުރާރު ކޮށް ކިޔާތީއެވެ.
    އެހެނަސް އެފުރުސަތު ގެ ބޭނުން ހިފަން މި "ކޮތަރުކޮށި" ދޫކޮއްލި މީހަކު އުޅޭކަމެއް ނޭންގެއެވެ.

    10
    2
  10. ޙައިރު

    ދެން ވާދަކުރާ ސަރުކާރަކުން މެނިފެސްޓޯ އަށް ތިކުލިލާންފެނޭ! ތިރީހަކަށްހާސް ވޯޓު ހުސްބުޅީގައި ލިބޭނެ!

    16
  11. ކޮރަލް

    ތިވަރުން ވެއްޖެނު ފަނުން ގެހަދައިގެން އަތިރިމަތީ ތިބެން

    7
    4
  12. އާޒިމު

    ކުޅި ބޮޑެއްނޫން މާލޭން ތަންތަން ހިފާ އިރު އޯކކޭ ސަރުކާރައް އެއްޗެއް ދޭންވީމާ ބޯޑުވީ ، ބަލަގަ މަވެސްމީ އައއ އްޑޫ މީހެ އް މާގިނަލާރިތަކެއ އް ނުލިބޭ ތިންބޭން ސެ އަރ ކިއްލީމަވޭ ތިޔައުޅެނީ،އެތަނުންވެސް ފައިދާނަގަން ރައްފުށުގަވެސް އުޅެނީ ބޮޑުފައިދާ ހޯދަން އުޅޭމީހުން ރަށަ އް ބަދަލު ވުންމުހިންމު ތިޔަވަރައ އް ކުލި ނުދެވެންޏާ..

    4
    11
  13. ސީމާ

    މިގޮތަށްދޫކުރާ ފުލެޓުތަކަކީ ރައްޔިތުންނަށް ފަސޭހައިން ދެއްކޭވަރުގެ ތަންތަނަށްވާންވާނެދޯ މާލޭމީހަކަށްވިއަސް ވަޒީފާނެތީމާ އުޅެންޖެހޭހާލުން ތިތަނަށް ދާންބޭނުންވީ އެކަމަކު އަގުވ. ބޮޑު މި ފުލެޓު އެންމެ އަގުބޮޑުކޮށް ތިދެނީ އެހެން ފުލެޓުތައް އެވަރެއްނޫ މީރައްޔިތުންނެއްނޫންތަ

    8
    2
  14. Anonymous

    ކިހާބޮޑު ނުހޮރައްޕާނެއް ދޮގުހަދައިގެން މީހުންގެ ފުލެޓުތައް އަތުލާފަ ހިލޭއުޅެންތަ ތިއުޅެނީ
    ވަޒީފާގަ އުޅޭތާ 32 މުސާރަ 32ހާސް ޖަހައިގެން ގިނަމީހުން މީހުންގެ ގެދޮރު ފޭރިގަތީ
    ކުލިނުދެއްކެންޏާ ދޫކޮށްލާ
    ފުލެޓުތަކުން އެއްޗެއް ލިބިގެންދޯ އެހެންބަޔަކަށް ބޯހިޔާވަހިކަން ހޯދަދެވޭނީ

    1
    4
  15. ގުދުގުދާބެއްޔާ

    ކުލި ނުދެއްކެންޏާ ރަށައްބަދަލުވުން ބުއްދިވެރީ! އެކަކުންޏެއްގެ ހަރު ކޮންނަންވާނީ އެކަންޏެއް ހޮރުގައި އިނދެވޭވަރަށް!

    5
    7
    • ގުދުގުދާބެއްޔާގެ ބޯކޮބާ

      ދާނެ ރަށެއް ނެތް މީހުން ދާނވީ ކޮންތާކަށް؟ ކަނޑަށްދޯ ފުންމާލަންވީ؟؟؟؟؟

      3
      1
  16. ލިއު ކޭންގު

    ތިޔައީ ބޭފުޅުންނަށް އެފޯޑު ކުރެވޭ ވަރުގެ ތަން ތަން. ލާރިގަނޑު ލިބުނީމަ މަވެސް ނަގާނަން

  17. ޢައިސް

    ފްލެޓް ލިބެނީ އެންމެ ގިނަ ދަރިން ތިބި މީހުންނަށް 15 ޢަހަރުގެ އަންހެންކުއްޖެއް 16 އަހަރުގެ ފިރހެން ކުއްޖެއް ހަގަށް 9 އަހަރުގެ ކުއްޖަކާ 4 އަހަރުގެ ކުއްޖެއް ދިރއުޅުން އާރާސްތުކުރަން މިލިބުނީ ހަމަ އެއްކަލަ ބަންކް ބެޑްގަ ފޮތި ދަމައިގެން ހަދާ ކޮޓަރިތައް...

  18. ޕޮފް

    ދެންއޮންނާނީ ހުސްލިބުނު މީހުންގެ ހައްގުތަށް
    މިމީހުންނަށް ފުލެޓްދިނަސް ސަލާމަތެއްނެތް