ސީސީޓީވީ ފޫޓޭޖުން ފެންނަނީ ހަމަޖެހިލައިގެން ހުރި މީހަކު ފިހާރަ ތެރެއަށް ވަދެގެން އައިސް، އެ ތަނުގައި ހުރި ގޮނޑިއެއްގައި އޭނާ ގެންގުޅުނު ކުޑައެއް ބާއްވާ ތަނެވެ. ފެންނަ ފެނުމުގައި އެމީހާގެ ހަށިގަނޑު ހުރީ ފުދޭ ވަރަކަށް ބިޔަކޮށެވެ. ވީޑިއޯ އިން ފެންނަ މީހާ ހުރީ ބޫޓަކަށް އަރައިގެން ވިއްސާރަ ކޯޓެއްގައެވެ. ކާކު ކަން ނޭނގޭ ގޮތަށް މާސްކް ފަދަ އެއްޗެހި އަޅައިގެން ހުރި އެމީހާ ކޮންމެވެސް އެއްޗެއް ނަގަން އުޅޭ މަންޒަރު ވީޑިއޯ އިން ފެނެއެވެ. އެކަމަކު މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ރޭ ދަންވަރު ފިހާރައަށް ވަދެގެން ވަގަށް އެއްޗެއް ނުގެންދެއެވެ.

ބެލެވޭ ގޮތުގައި، ވައްކަން ކުރަން "ޓޫ އެސް ބީ" ފިހާރަ އަށް ވަދެ އުޅުނު މީހާ މަސައްކަތް ކުރީ އެ ފިހާރަ ފައިސާ ވަގަށް ނަގާށެވެ.

އެ ފިހާރައަކީ ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާ ފިޔަވައި އާންމުކޮށް ބޭނުން ކުރާ ޒަރޫރީ ތަކެތި ވިއްކަން ހުންނަ ފިހާރައެކެވެ. ފިހާރަތެރޭގެ އެއްބައި މި ތަކެތި ވިއްކަން ހާއްސަކޮށްފައިވާ އިރު، އަނެއް ބައިގައި ހުންނަނީ ސްވެނިއާ ތަކެތި ވިއްކަން ބަހައްޓައިފައެވެ.

ފިހާރަ އިން ވައްކަން ކުރަން މަސައްކަތް ކުރަނީ. --

ވީޑިއޯ އިން ފެންނަ އެ މީހާ ފިހާރަ އަށް ވަދެފައި ވަނީ ފިހާރައިގެ މައި ދޮރުގެ ބިއްލޫރިގަނޑު ކަފާލައިގެންނެވެ.

މިއީ އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު 57، އަނިޔާވެރި ގޮތަކަށް މަރާލުމުގެ ދެ ހަފްތާ ކުރިން ހިނގި ކަމެކެވެ. ފަޅާލި ފިހާރަ ހުންނަނީ މަހްމޫދު މަރާލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ދިރިއުޅޭ "ނެދުންގެ" ހުންނަ މަގުގައެވެ.

ފިހާރަ ފަޅާލި ކަމަށް ބުނެ، އެ ރަށު މީހުން އެންމެ ފުރަތަމަ ތުހުމަތު ކުރީ މަހުމޫދުގެ މަރުގެ ތުހުމަތު ވެސް އެންމެ ފުރަތަމަ ކުރެވުނު އއ. ތޮއްޑޫ ދެމީހުންގެ ތެރެއިން އެކަކަށެވެ. އެއީ މިފަދަ ކަންކަން އެ ރަށުގައި ކުރަން ކެރޭ މީހަކަށް ހުންނާނީ އެ ދެމީހުން ކަމަށް ރަށު މީހުން ގަބޫލު ކުރެއެވެ. އެކަމަކު، އެ ކުށް ހީތައް ފިލައިގެން ދިޔައީ، މަހްމޫދު މަރާލުމުގައި ސާލިމް ބައިވެރިވެފައިވާ ކަމާއި އެކަމުގެ ހެކިތައް ލިބިފައިވާ ކަން ފުލުހުން ހާމަކުރުމުންނެވެ. އަދި އިތުރު މީހެއްގެ ބައިވެރިވުން ނެތް ކަމަށް ފުލުހުން ބުނުމަކީ ދަނގެތި ރައްޔިތުންގެ ޝައްކުތައް ފިލައިގެން ދިޔަ ކަމެކެވެ.

ފިހާރަ އިން ވައްކަން ކުރަން މަސައްކަތް ކުރަނީ. --

އެކަމަކު، މަހްމޫދުގެ މަރުގެ މައްސަލައިގައި ސާލިމް ހައްޔަރު ކުރުމާއެކު އެ ރަށު ރައްޔިތުންނަށް ލިބުނީ ހައިރާން ކަމެވެެ. މަޑުމައިތިރި މިޒާޖެއްގެ އަހުލާގު ރަނގަޅު، ފަސް ވަގުތު ނަމާދު ކުރާ ސާލިމް އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކިތަންމެ ބަޔަކު އެބަތިބިއެވެ.

ފިހާރަ އިން ވައްކަން ކުރީ ވެސް ސާލިމް؟

މަހުމޫދުގެ މަރުގެ ތުހުމަތުގައި ސާލިމް ހައްޔަރުކޮށް، ފުލުހުން އޭނާ ދިރިއުޅުނު އެ ރަށު ނެދުންގެ ބަލައި ފާސްކުރަނިކޮށް، އެ ގެއިން ބައެއް ތަކެތި ވަޅުލާފައި ހުއްޓާ ފެނިފައިވެއެވެ. އޭގެތެރޭގައި މަހުމޫދުގެ މަރާލަން ބޭނުން ކުރި ބައެއް ސާމާނާއި ބައެއް އަންނައުނު ހިމެނެއެވެ. ރަށުގެ ބައެއް މީހުން ފާހަގަ ކުރާ ގޮތުގައި ފުލުހުން ހޯދި ބައެއް ސާމާނުގެ ތެރޭގައި ވީޑިއޯ އިން ފެންނަ މީހާ ލައިގެން ހުރި ބައެއް ސާމާނު ހިމެނެއެވެ.

ސާލިމް ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދަނީ. --- ފޮޓޯ: މިހާރު

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ފިހާރަ އަށް އެމީހާ ވަނުމަށް ފަހު، އެ ފިހާރަ "ހާވައިގެން" އެއްޗެއް ހޯދަން އުޅޭ މަންޒަރު ފެނެއެވެ. ދަންވަރު 1:30 ހާއިރު ދަނގެތީގެ އެ ފިހާރަ އަށް ވަނުމަށް ފަހު ނުކުމެގެންދާ މަންޒަރު ވެސް ސީސީޓީވީ ފޫޓޭޖަށް އަރާފައިވެއެވެ. އެމީހާ ނުކުމެގެންދާ އިރު، ސައިކަލެއްގެ ލައިޓް ކަމަށް ޝައްކު ކުރެވޭ ލައިޓެއް ވެސް ސީސީޓީވީ ފޫޓޭޖުން ފެނެއެވެ.

ބެލެވޭ ގޮތުގައި، އެ ސައިކަލްގައި އިން މީހާއަކީ ފިހާރައަށް ވަން މީހާ ބަލައި އައި މީހާއެވެ.

މި ހުރިހާ ކަމެއް ހިނގިތާ ދެ ހަފްތާ ފަހުން، އެ ރަށުގައި ހިނގީ އެއަށް ވުރެ މާ ބޮޑު ކަމެކެވެ. އޮކްޓޯބަރު 14 ވަނަ ދުވަހު މަހްމޫދު މަރާލާފައި އޮއްވައި ފެނުނީ އޭނާގެ އުފަން ގޭގައި ހުރި ވަޅެއްގެ ތެރެއިންނެވެ. ފަޅަށް ހުރި އެ ގޯއްޗަކީ ވެސް ނެދުންގެއާ ފުދޭ ވަރަކަށް ކައިރި ގޯއްޗެކެވެ. އޭގެ އެއް ދުވަސް ފަހުން، އެ މައްސަލައިގައި ސާލިމް ހައްޔަރުކޮށް ހަމައެރޭ ބަންދަށް 15 ދުވަސް ޖެހިއެވެ.

ސާލިމް މަހްމޫދުގެ ޖަނާޒާގައި ބައިވެރިވަނީ.

މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި، މަހްމޫދު މަރާލާފައި ވަނީ ފައިސާ ދޭން އެދުމުން އެކަމަށް އިންކާރު ކުރުމުންނެވެ. ސާލިމް ހަމައެކަނި މަހްމޫދުގެ ކައިރިން އެދުނު ކަމަށް ވަނީ ރަށަށް ފައިސާ ފޮނުވުމަށްޓަކައި ކޮންމެހެން ވެސް ފައިސާ ބޭނުންވާ ކަމެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ފިހާރައިގެ ސީސީޓީވީ ފޫޓޭޖް އިން ފެންނަނީ ސާލިމް ކަން ޔަގީންކަމާއެކު ބުނަން ދައްޗެވެ. އަދި އެއީ މި ރަށު މީހުން "ޖޯކަކަށް" ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް އެމީހުން ބުންޏެވެ.

"ސާލިމްއަކީ ވަރަށް ބަސް މަދު މީހެއް، އާދަމްބެ (ސާލިމް ބަލަހައްޓާ އުމުރުން ދުވަސްވީ މީހާ) އާ އެކުގައި ބޭރަށް ނުކުމެ އުޅޭ އިރު ވެސް ބޭރުތެރެއިން މީހުންނާ ވަރަށް ވާހަކަ ނުދައްކާނެ. ވަރަށް މަޑު މަޑުން ހުންނާނީ. ރަށު ތެރޭގެ ކަމެއްގައި ވެސް ނޫޅޭނެ. ބަރާބަރަށް ނަމާދުން ފެނޭ. އެހެންވެ އޭނާ އާއި މި ރަށު މީހަކާ ގުޅިގެން ފިހާރަ ފަޅާލި ކަމަށް ގަބޫލު ކުރަން ދަތި،" ދަނގެތިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ބައެއް ބިދޭސީ ފިރިހެނުން ބޭރަށް ނުކުމެ އުޅޭ އިރު ވަރަށް އަނގަ ގަދަ ވާނެ، އަހާނެ ކޮބާ ކިހިނެއްހޭ؟ ކޮން ތަނަކަށްހޭ ތި ދަނީ؟ ކޮން އެއްޗެއްހޭ އަތުގައި ތިއޮތީ؟ ކިއާފައި ސުވާލުކޮށް ވަރަށް ވާހަކަ ދައްކާނެ، އެކަމަކު ސާލިމް އަކީ މިހެން އުޅޭ މީހެއް ނޫން،"

މަހްމޫދު ފެނުނު ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތްތެރިވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ސީސީޓީވީ ފޫޓޭޖް އިން ފެންނަ މީހާ އާއި ސާލިމްގެ އަމަލުތަކާ ވަރަށް ތަފާތު ކަމަށެވެ.

"ސާލިމްގެ ހިނގުމާއި އޭނާގެ އުޅުމާއި ސީސީޓީވީ ފޫޓޭޖް އިން ފެންނަ މީހާ އާ ވަރަށް ތަފާތު، އެހެންވެ މި ސަބަބުތަކާ ހުރެ ސާލިމް އެ ފިހާރަ އިން ވައްކަން ކުރި ކަމަށް ޔަގީން ކަމާއެކު ނުބުނެވޭނެ ކަމަށް އަޅުގަނޑު އަމިއްލަ ހިޔާލުގައި ގަބޫލު ކުރަނީ،" އެމީހާ ކިޔައި ދިނެވެ.

ވައްކަން ކުރި ފިހާރަ.

ނަމަވެސް ސީސީޓީވީ ފޫޓޭޖް އިން ފެންނަ މީހާ ފިހާރައަށް ވަދެ ގެންގުޅުނު އެއްޗެހި ސާލިމް ގެއިން ހޯދިފައިވާ ކަމަށް ބުނެ ރަށުގެ ތެރޭގައި އަޑު ފެތުރިފައިވެއެވެ. "ވަގުތު" އާ ވާހަކަ ދެއްކި މީހުން ބުނީ ފިހާރަ އިން ވައްކަން ކުރަން ވަން މީހާ އާއި ސާލިމްއާ ރަށު މީހުން ގުޅުވަނީ އެކަން "ޖޯކަކަށް" ހަދައިގެން ކަމަށެވެ.

ކޮންމެއަކަސް ފުލުހުން ޔަގީންކަންދޭ އެއް ކަމެއް އެބައޮތެވެ؛

އެއީ މަހްމޫދު މަރާލުމުގައި ސާލިމް ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން ނެތް ކަމެވެ. އެހެންވެއްޖެ ނަމަ، ސާލިމް މީހެއްގެ ބައިވެރިވުމާ އެކުގައި ދަނގެތި ފިހާރައަކަށް ވަދެ ފިހާރަ ފަޅާލަފާނެ ބާވައެވެ؟ ފިހާރަ އަށް ވަނީ ހަމަ ސާލިމް ބާވައެވެ؟

މި ހުރިހާ ސުވާލެއްގެ ޖަވާބު ދާދި އަވަހަށް ފުލުހުން ދޭނެ ކަމަށް ބެލެވެއެވެ.

މަހްމޫދުގެ މަރާ ގުޅިގެން ނެދުންގޭ ކައިރީގައި ފުލުހުން ހަރަކާތްތެރި ވަނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ރަށު އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ މަހްމޫދުގެ ފަހު ވަގުތުކޮޅު ވޭނާއި ކެކުޅުމުގައި ހޭދަކުރީ ނެދުންގޭގައި ކަން ތަހުގީގަށް ވަނީ އެނގިފައެވެ. މަހްމޫދުގެ ގާތިލް ހޯދަން އެންމެ ބޮޑު އެހީއަކަށްވީ ވެސް އެ ރަށުގެ އަންހެނަކަށް ފެނުނު މަންޒަރުންނެވެ. ނެދުންގޭގެ ފާރުމަތިން ބޯ ދިއްކޮށް ބަލާލި އިރު، މީހަކު އެއްޗެއް ދަމާފައި ގެންދާ ކަހަލަ މަންޒަރެއް ފެނުނެވެ. އެކަމަކު މުޅި ގެ އަނދިރިކޮށް އޮތުމުން އެ ހިނގީ ކޮން ކަމެއް ކަން ސާފު ނުވީއެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ އޮންނަ ސާލިމް އުޅޭ ގެއަށް މަހްމޫދު ގެންދަނީ މަހްމޫދަށް އޮޅުވާލައިގެން ވާހަކައެއް ދައްކައިގެންނެވެ. މަހްމޫދު އެގެއަށް ގެންދަނީ އެނގިފައިވާ ގޮތުގައި އާދަމްބެ ނަމަކަށް ކިއާ އުމުރުން ދުވަސްވީ މީހާ ވަރަށް ބަލިވެ އުޅޭ ކަމަށް ބުނެ، ވީއެންމެ އަވަހަށް ގެއަށް އައުމަށް ދައުވަތު ދީގެންނެވެ. އެއީ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ނުވައެއް ޖަހާކަން ހާއިރެވެ.

މަހްމޫދުގެ ކަރަށް ވަޅިން ހަމަލާ ދިން ތަން "ވަގުތު" ގެ ނޫސްވެރިންނަށް ދައްކާލަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ގެއަށް ވެއްދުމަށް ފައިސާ ދިނުމަށް ސާލިމް އެދުނީ މަހްމޫދު ކައިރީގައެވެ. އެކަމަކު، ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގައި މަހްމޫދު އިދިފުށަށް ވެއްޓި އެއްޗެއްގައި ބޯ ޖެހި އަނިޔާވީއެވެ. އަދި ފަހުން ސާލިމް ވަޅިން ހަމަލާދީ މަހްމޫދު ވަރަށް ބޮޑަށް ޒަހަމްކޮށްލައެވެ. އެއަށް ފަހު، ފައިގައި ހިފާފައި ދަމާފައި ގަސްތަކެއްގެ ކައިިރިއަށް ގެންދިޔައެވެ. އަންހެން މީހާ އަށް ބޯދިއްކޮށްލެވުނީ މި މަންޒަރަށެވެ.

މަހްމޫދު މަރާލުމަށް ފަހު ބޯކޮޅުން ގޯންޏެއް އަދި ފައިކޮޅުން ގޯންޏެއް ލެއްވުމަށް ފަހު އައްސައި، އެ ގޭ ފާރުމަތިން ބޭރަށް، މަގުމައްޗަށް ވައްޓާލުމަށް ފަހު މަހްމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ފަޅުގެއެއްގެ ފެންވަޅަށް ވައްޓާލީއެވެ. އެ ރެއަކީ ވިއްސާރަ ރެއެއް ކަމުން ރަށުގެ ގިނަ މީހުން ބޭރަކަށް ނުނިކުމެއެވެ. އަދި އެއީ ގިނަ ބަޔަކު ގޭގައި ޓީވީ ބަލަން ތިބި ރެއެކެވެ. އެއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ މެޗު ކުޅުނު ރެއެވެ. ހަށިގަނޑު ހިފައިގެން ސާލިމް ފަޅުގެއަށް ދިޔަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖް ފުލުހުންނަށް ވަނީ ލިބިފައެވެ.

މަހްމޫދު މަރާލި މައްސަލައިގައި ސާލިމް ކުށަށް އިއުތިރާފްވި ނަމަވެސް ފުލުހުން ވަނީ ސާލިމްއާ ދެކޮޅަށް ގިނަ ހެކިތަކެއް އެއްކޮށްފައެވެ. އެއީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފްވިޔަސް، ޝަރީއަތުގެ މަރުހަލާގައި ކުށަށް އިންކާރުކޮށްފާނެ ކަމަށް ބަލައިފައެވެ. މިހާތަނަށް ބެލި ބެލުމުން ސާލިމްގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ގިނަ ހެކިތަކާއި ގަރީނާތަކެއް ވަނީ ހޯދައިފައެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ތަހުގީގު ނިންމައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    މަހުމޫދު މަރައިލިކަމަށް ބިދޭސީ މީހާ ހަދައި އެ މިސްރާބުން ފުލުހުންގެ ތަހުޤީޤު ކުރިއަށް ގެންދިއުމަކީ ފުލުހުންގެ ނާގާބިލުކަން

    37
    15
    • ސަހުލާ

      ބިދޭސީމީހާ އަމިއްލަޔަށް އިއުތިރާފްވެ އަދި އޭނާ އުޅޭތނުން ހެކި ހޯދީމަވެސް ؟
      ކޮއްމެވެސް އެއްޗެކޭ ކިޔާތި ވާނުވާ ނޭނގުނަސް

      19
      7
  2. ިަލަި

    ތިކަމަކީ ތިޔަބިދޭސީ މީހާއަށް އެކަނިކުރެވޭނެކަމެއްނޫން ތިކަމުގައި އެހެންބަޔަކުވާނެ

    55
    15
  3. ޖހހ

    ތިކަމަކީ ތިޔަބިދޭސީ މީހާއަށް އެކަނިކުރެވޭނެކަމެއްނޫން ތިކަމުގައި އެހެންބަޔަކުވާނެ

    40
    14
  4. ސާލިމް

    ފޫޓޭޖުން ފެންނަނީ ސާލިމް އެއްނޫން އެއީ އެއްވެސް ޝައްކެއް އޮއްކަމެއް ނޫން.

    35
    6
  5. ސާލިމް

    ޝައްކެއް

    12
    6
  6. އަކަސަކަ

    ތިކަހަލަ ކަންކަމުގައި ދަނގެތީ މީހުން ދައްކާ ވާހަކަތައް މިހާރު ޤަބޫލުކުރަންދަތި. ސާލިމް އަކީ މައުސޫމް މީހެކޭ، އޭނާ ގޯސްކަމެއް ނުކުރާނެކަން ޔަޤީނޭ ކިޔަނިކޮށް އޭނާ މީހަކު މަރާލި ކަމަށް އެއްބަސްވީ. ދެން އަދިވެސް ތިކިޔަނީ އޭނާ ވައްކަން ކޮށްފާނެކަމަކަށް ޤަބޫލެއް ނުކުރެވެއޭ. ތީ ދަނގެތި މީހުނަށް ހާދަ ސާލިހް ސާލިމެކޭ ދޯ

    67
    9
    • ލަންޑަން

      އެރަށުގަ ތިބެނީ ރޯނުއެދުރުން ކިތަންމެރަގަޅައް އުޅޭމީހާވެސް ބޮޑު ކަމެތް ކޮއްފާނެ މިހާރުވެސް އެއުޅެނީ ގުރުއާން ޓީޗަރަކު ކުޑަކުއްޖެއްގެ ދުވަސް ދުއްވާލައިގެން

      10
      2
  7. އަސްލު ޤާތިލް ﷲ ދެނެވޮޑިގެންވަނީ

    ތިވީޑިއޯއަކީ ތިފުލުހުންތައްޔާރު ކޮފަ އަސްލު އެކަކުއެކަނި ނުކުރެވޭނެ ތީގަ އަސްލުޤާތިލުން ފުލުހުން ހިމާޔަތް ކުރީ މިހުރިހާދުވަސް ވިއިރު ނުކުރާކަމެއް މިހާރުކުރަންވީ ކީކުރަން ތިކަމުކައި ފުލުހުން ދޮގުހަދައިފި ކަން ޔަޤީން މަހުމޫދުގެ މަރާގުޅޭގޮތުން ދޮގު މަޢުލޫމާތު ދިންފުލުހުން މިދުނިޔެމަތީގައި މާތްﷲ އެބަޔަކު ބޭޒާރުކުރައްވާނެ މާޝާﷲ

    9
    4
  8. ކަކަ

    ތަހުގީގުކުރާސޭ ކިޔާފަ މި ފުލުހުންގެ މީހުން ކަންފޮރުވަންއުޅެނީ ތިކަން ޖެހޭނީ އެމްޑީފީ މީހުންނާއި ހަމައިން

    8
    1
  9. ޙާލަތު

    ނޮވެމްބަރު 3 ޚާއިނުންގެ ވާހަކަ އޮއްބަންތަ އިރުކޮޅަކާ ގޮތަކަށް އަނބުރާފަ މިވާހަކަ އެއް މި ދައްކަނީ

    11
    3
  10. އަލިބެއްޔާ

    ދަނގެތީ މީހުން ޤަބޫލެއް ނުކުރާނެ.. ބުރާންތި ތަކެއް..

    8
    1
  11. ދަނގެތީ މީހާ

    ކީއްވެގެންތަ ދިވެހިން އިންޑިޔާ އަށް އެކަނި އައުޓް ކިޔަނީ؟ ބަންގާޅިންގެ މުސީބާތާ އާބާދީވެސް ރާއްޖޭގަ މާބޮޑު! ބަންގާޅިން ކުށްކުރާ އަދަދުވެސް ރާއްޖޭގަ މާބޮޑު! ބަންގާޅިންނަށް ވަކިން ޖަލެއްވެސް ހަދާފަވަނީ ހުޅުމާލޭގަ. ސޯ އައި ރިއަލީ ތިންކް މޯލްޑިވިއަންސް ޝުޑް ސްޓާޓް ސެއިންގް "ބަންގްލަދޭޝް އައުޓް" ޓޫ!! ދިވެހިންނަށް ބޮލުގެ ބޭނުން ނުކުރެވޭ ބަންގާޅިން ވަރަށްވެސް. ލަދުދޯ؟! ގްރޯ އަޕް މޯލްޑިވިއަންސް، ދިސް އިސް 2021! ޑޯންޓް ބީ ލައިކް ދަނގެތީ ޕީޕަލް!

    12
    6
    • ބުރާންތި

      ބުރާންޗާ. ބަންގްލާދޭޝްގެ ސަރުކާރުގެ ބަޔަކު ނޫނޭ މިތަނުގައި އެއުޅެނީ. އިންޑިޔާ ސަރުކާރުގެ މިލިޓަރީ ބަޔެކޭ މިތަނަށް އަރައިގަނެގެން އެއުޅެނީ.

      15
  12. ޢަލީ

    ގޯނި ލައްވާފައި ފާރުމަތިން މަގުމަެްޗައް ވައްޓާލިއިރު ކީއްވެތޯ އަނެއް ދުވަހުވެސް ނުވަރަ އެރޭވެސް ވަޅިން ހަމަލާދިންމީހޭއްވީމަ ލޭފޮދެއްވެސް ފެންނަންނެތީ.
    ސާލިމް ބޮލައް އެއްކޮއް ކަނޑާލަން އުޅޭހެމް ތިރީގައިވާ ލިޔުމުންވެސް ދޭހަވޭ

    … މަހްމޫދު މަރާލި މައްސަލައިގައި ސާލިމް ކުށަށް އިއުތިރާފްވި ނަމަވެސް ފުލުހުން ވަނީ ސާލިމްއާ ދެކޮޅަށް ގިނަ ހެކިތަކެއް އެއްކޮށްފައެވެ. އެއީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފްވިޔަސް، ޝަރީއަތުގެ މަރުހަލާގައި ކުށަށް އިންކާރުކޮށްފާނެ ކަމަށް ބަލައިފައެވެ. މިހާތަނަށް ބެލި ބެލުމުން ސާލިމްގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ގިނަ ހެކިތަކާއި ގަރީނާތަކެއް ވަނީ ހޯދައިފައެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ތަހުގީގު ނިންމައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާށެވެ.…

    4
    4
  13. ހާރު

    ބިދޭސީން އެކަނި ހިންގާފަ ހުންނަ ޖަރީމާތައް ކްރައިމް ޕެޓްރޯލް އިންއާއި ސަވްދާން އިންޑިޔާއިން ދައްކާތަން ނުފެންނަނީތަ؟ އެ މީހުން އެކަނިވެސް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އަދިވެސް ދަނގެތީ މީހުން ހާދަ ލޯތްބެތް އެސޮރުދެކެ ވެއޭދޯ

    4
    3
  14. ޫހަސަން

    ތި ރަށު މީހުން ނޫނީ ކއުންސިލް ނޫނީ ކައިރި ރަށްތަކުގެ މީހުން ބުނާ އެއްޗަކަށް ހަބަރު ނުލިޔުން އެދެން. ދޮގު ހަބަރު އަހަރެމެންނަށްވެސް ގަބޫލުކުރެވިދާނެ، ކުށްނުކުރާ މީހުންނާ ނަފްރަތު އުފެދިދާނެ.

    1
    2
  15. ސަމް..

    ޖިންނި ސަައިޡާނުންނަކީ އިންސާނުނައް ބަދަލު ވެވޭ އެއްޗެކޭ ބުނާފަދައިން އޭނައަކީ ކޮންމެ ފަދަ މީހަކައްވެސް ވެދާނެ. އޭނަގެ ހަށިގަނޑު، އޭނަގެ ހިތް އަދި ސިކުނޑި ތެރޭގަ ހިނގަނީ ކޮންފަދަ ނުބައި ރޫހެއް ކަމެއް ނޭނގޭނެ. މަތި އޮމާން ކޮއްގެން ފަސްވަގުތު ނަމާދު ކުރާމީހަކައްވެސް ވުން އެއީ އޭނަގެ ފަރުދާ ކަމައްވެސް ވެދާނެ. އެކަމަކު އޭނަ އެ މައުސޫމް މަޙްމޫދު މަރާލިކަމައް ތިއޮތި އޭނަގެ ދުލުން ބުނެފަ.

    2
    1
  16. ތުއްތު

    އޭނާ އެކަނަްކުރި ގޮތް އޭނާ އަތުންނާ ފައިން ކިޔައި ދިނީމާ ވެސް ޤަބޫލުނުވަނީ ކީއްވެ؟

  17. އަހުމަދު

    ކީއްވެބާ ފުލުހުން ސާލިމް މަހުމޫދުގެ ހަށިގަނޑު ދަމާފައި ގެންދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް އާއްމު ނުކުރީ؟ ހަމަ އެކަނި ފައިސާ ހޯދުމަށް މި ފަދަ ކަމެއް ކުރާނެ ކަމަކަށް ނުފެނޭ. ކޮންމެސް އެހެން ހަސަދަ އެއް ނުވަތަ މައްސަލައެއް ދެމީހުންގެ މެދުގައި ހިންގާފައިވާ ކަމަށް ލަފާ ކުރެވޭ.

  18. ސީނު

    މުސްކުޅިން ބަލަހައްޓަން ބިދޭސީންނާ ހަވާޅުކުރާފަރާތްތަށް ވަރަށް ވިސްނަންޖެހޭނެ. މުސްކުޅިޔާއަށް ގޯނާކޮށްވެސް ހަދަންފަހަކު ނުދާނެ،،،،